Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 28

Shyyyms
Shyyyms Level 610 Stories100 Login100 Comments100 Stories
September 22, 2026 6 Mins Read
8 Comments

“ލީވް. ހާ. އެލޯން.” އިޒިކިއަލްގެ އަޑުގައި ވަނީ އިންޒާރެކެވެ. “ޑޯންޓް މެސް އެރައުންޑް ވިތު ހާ. އެން އައި ޑިޑްންޓް ޓެލް ހާ ޔުއަ ސީކްރެޓް.” އިޒިކިއަލް ލޯ އަޅާލަމުން އަނެއް އަތުން އައިކަންގެ އަތް އަމިއްލަ ގިރުވާނުން ނައްޓާލައި ހޫރާލިއެވެ. އަދި އައިކަންގެ ގިރުވާނުން އަތް ދޫކޮށްލަމުން ތެދުވެ ދާން ހިނގައިގަތެވެ. “ޔޫ އާ ޕެތެޓިކް.” އެހެން ބުނުމަށްފަހު ފަސް އެނބުރި ބަލާލުމެއްވެސް ނެތި އިޒިކިއަލް އެތަނުން ދިޔައެވެ.

ޝަޔާލް ވަގުތުން އައިކަން ނަގައިދޭން އަތް ދިއްކޮށްލިއެވެ. ނަމަވެސް އެއަށް އަޅާނުލައި އައިކަން ތެދުވެގެން ހިނގައިގަތެވެ. އައިކަން އެތަނުން ދިޔުމުން ޝަޔާލް އެނބުރި ވިޝާލަށް ބަލާލިއެވެ. “ޝީ އިޒް ބެކް؟”

“ޔެއަ. ޝީ އިޒް..”

========================

 

ކުލާހުގެ އެންމެ ފަހަތު ސީޓުގައި އިށީނދެގެން އިން އިޒިކިއަލް އިނީކީ މުދައްރިސްގެ ފިލާވަޅަށް ސަމާލުކަން ދީގެނެއް ނޫނެވެ. އޭގެ ބަދަލުގައި އިޒިކިއަލް އިނީ އޭނާގެ އަމިއްލަ ހިޔާލުތަކަށް ގެއްލިފައެވެ. އޭނާއަށް ޒިވްޔާ އައިއްސި ކަން އެނގުމާއެކު އެންމެ ފުރަތަމަ ވެސް މުޅި ކޮލެޖުގެ އެކި ބްލޮކްތަކާއި، ފްލޯތަކުފެ ހޯލު ތަކުގައި އެނބުރުނީ ޒިވްޔާ ފެނޭތޯއެވެ. ކައިރިއަށް ގޮސް ވާހަކަ ދައްކާށެއް ނޫނެވެ. ނޫނެކެވެ. އޭނާ ބޭނުންވީ ދުރުން ނަމަވެސް ޒިވްޔާގެ ސޫރަ ދެކިލާށެވެ. އޭނާއަށް ޒިވްޔާ ފެންނަންވެސް ފެނުނެވެ. އެހެނަސް ޒިވްޔާ ހުރި ގޮތް ފެނިފައި އޭނާއަށް އިތުރަށް އެތާގައި ހުންނަން އޭނާއަށް ކެތްނުވީއެވެ. އޭނާގެ ރުޅިގަނޑު އުތުރި އަރައިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. އެންމެފަހުން އޭނާ ޖެހުނީ އެތަނުން ދާށެވެ.

ޒިވްޔާ ކޮލެޖަށް ނައިސް ދިޔަ ދެ މަސް ތެރޭގައި އިޒިކިއަލަށް ރަނގަޅަށް ނުވެސް ނިދެއެވެ. ޒިވްޔާގެ ހާލެއް ނޭނގޭތީއެވެ. އޭނާ ހުރީ ގޮތް ހުސްވެފައެވެ. އޭނާއަށް ނިދޭ އިރަށް ވެސް ސިފަވަނީ އެ ފިނިފެންމާ ބެޑެވެ. އޭގެ ގަސްތަކުތެރޭގައި ރަޙުމްކުޑަ ގޮތަކަށް އެއްލާލާފައި އޮތް ޒިވްޔާއެވެ. ޒިވްޔާގެ ހަށިގަނޑުގައި ވީ ޒަހަމްތަކެވެ. ލެޔެވެ. ހަނދާނުން އެމަންޒަރު ފުހެލަން އޭޏާ ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އެއީ އޭނާއަށް ނުވި ކަމެކެވެ. އެ މަންޒަރު ވަނީ އޭނާގެ ސިކުނޑީގެ ތެރެއަށް ބިންވަޅު ނެގިފައެވެ. އެވަގުތު އޭނާގެ ހިތަށް ލިބުން ސިހުމެވެ. ބިރެވެ. ހިތާމައެވެ. ޝަކުވާއެވެ. ރުޅިއާއި ނަފްރަތެވެ.

އޭގެ ފަހުން އެރޭގައި އެތަނުގައި ތިބި އެކަކު ވެސް ހޭތަން ފެނުނަސް ވެސް އޭނާގެ ގާތަށް އަންނަން ފެށީ ރުޅިއެވެ. އެއީ އެމީހުންގެ ކުށެއް ކަމަށް ނުވިޔަސް ވެހެވެ. އެމީހުން ހެކުމް ދިޔައީ މުޅިން އެހެން ކަމަކާ ކަމުގައި ވިޔަހެވެ. އޭނާއަށް ހީވާ ކަހަލައެވެ. އެންމެން ވެސް ޒިވްޔާ މަތިން ހަނދާން ނެތުނީއެވެ. އެރޭގެ ހާދިސާ މަތިން ވެހެވެ. އެންމެން އެރޭ އެއްވެސް ކަމެއް ނުވާ ފަދައިން އަމަލުތައް އެ ބަހައްޓަނީ ކީއްވެ ހެއްޔެވެ؟

 

އެއް ދުވަހަކު ހިޝާމް އައިސް އިޒިކިއަލް ގާތު މަޖާ ވާހަކައެއް ދެއްކުމުން އިޒިކިއަލް ރުޅިގަދަ ވެގެން ހިޝާމްގެ ގިރުވާނުގައި ވެސް ހިފިއެވެ. ނަމަވެސް އެކަންތައް ހުއްޓުވީ ޝަޔާލާއި، ވިޝާލެވެ. އަދި އެދެމީހުން އިޒިކިއަލަށް ވިސްނާ ދިނެވެ. އެއިން އެއްވެސް މީހެއްގެ ހަނދާނަކުން އެބިރުވެރި ދުވަހެއް ނުދާ ކަމެވެ. އެހެނަސް ކޮންމެ މީހަކުވެސް އެހަނދާންތަކުން ދުރުވާން އަމަލު ކުރާނީ އެކި ގޮތަށް ކަމަށެވެ. އެއީ އެއިން އެކެއްގެ ވެސް ކުށެއް ނޫންކަމެވެ.

އެހެންކަމުން އިޒިކިއަލް ވެސް އޭނާގެ ރުޅިގަނޑު ކޮންޓްރާލް ކުރިއެވެ. ނަމަވެސް އިޒިކިއަލް އެއިން އެއް ކަމަކާ އެއްބަހެއް ނުވިއެވެ. އޭނާގެ ހިތް ބުނަނީ އޭނާއަށް ކޮންމެވެސް ކަމެއް އޮޅިފައި ވާ ކަމަށެވެ. އެހެންކަމުން އޭނާ ހުރިހާ ކަމެއްގެ ހަޤީގަތް ހޯދަން ފެށިއެވެ. އޭނާގެ ނިންމުމަކީ އެރޭގެ އެކަކަށް ވެސް އެއްކޮށް އިތުބާރު ނުކުރުމެވެ. ހަޤީގަތް ނުހޯދެނީހެވެ. އެންމެ ފުރަތަމަ އޭނާ ފެށީ އެކި ސުވާލުތައް ކުރާށެވެ. ވަރަށް ނުދެނެހުރި ކަމަށް ހަދާފައެވެ. އެއިން ކޮންމެ މީހަކާވެހެވެ. އަދި އެމީހުންގެ އަމަލުތަކަށާއި އެކި ވާހަކަތަކަށް ކަނުލާ އަޑު އަހަން ފެށިއެވެ. ކަންކަން ސިކުނޑީގައި ނޯޓު ކުރަން ފެށިއެވެ. އެހެންމީހުން އަޅާނުލާނޭ އެކި ކަންކަން އޭނާ ފާހަގަ ކުރިއެވެ.

އެހެނަސް ކޮންމެ މީހެއްގެ ޖަވާބުން ވެސް އޭނާއަށް ކުރިމަތި ވަމުން ދިޔައީ ކުރިއަށް ނުދެވޭގޮތަށް ބަންދުކޮށްފައިވާ ފާރަކާއެވެ. ސަބަބަކީ އެހާދިސާ ހިނގި ވަގުތު އެއިން ކޮންމެ މީހަކު ވެސް ހުރި ކަމަށް ބުނާ ތަނެއް ވާތީއެވެ. އަދި އެއަށް އެއްބާރުލުން ލިބޭ ހެކިތައް ވެސް ހުރީމައެވެ. އޭނާގެ ހޯދުން ތަކަށް ކުރިއެއް ނުލިބުނެއް ކަމަކު އިޒިކިއަލް ހުރީކީ ގޮތް ދޫކުރާކަށް ނޫނެވެ. އޭނާ ހުރީ ކަނޑުގެ އެންމެ ފުނަށް ފީނައި އަތުފުނާ އަޅަން ޖެހުނަސް ތައްޔާރަށެވެ.

ޔަޝްމީ، ވިޝާލް އަދި ޝަޔާލްގެ ފަރާތުން އޭނާއަށް ލިބުނު މަޢުލޫމާތަކީ ޒިވްޔާ ހޭއެރި އިރު ހިނގައި ދިޔަ ހާދިސާގެ އެއްވެސް ހަނދާނެއް ނެތް ކަމެވެ. އެކަން އެނގުމުން އިޒިކިއަލްގެ ރުޅިގަނޑު ކެކިއެރީ އިންތިހާއަށެވެ. ޒިވްޔާދެކެއެއް ނޫނެވެ. ދުވަހަކުވެސް ޒިވްޔާ ދެކެއެއް ނޫނެވެ. އޭގެ ބަދަލުގައި އިޒިކިއަލްގެ ދިލަ ރުޅިގެ އަލިފާންގަނޑު އަމާޒުވެފައި ވަނީ ޒިވްޔާއަށް އެފަދަ ވިޔާނުދާ އަނިޔަލެއް އެކުރި ގޮތްނޭނގޭ މީހާއާއި ދިމާއަށެވެ. އެހާ ބޭއިންސާފު އަމަލެއް ޒިވްޔާއަށް ކޮށްފައި ހަމަޖެހިލައިގެން ދިޔައީތީއެވެ.

 

ޒިވްޔާ ހޮސްޕިޓަލުގައި އެޑްމިޓު ކޮށްފައި އޮތް ދުވަސްތަކުގައި އިޒިކިއަލް ޒިޔާރަތް ކުރިއެވެ. ނަމަވެސް ހޮސްޕިޓަލުގެ އެތެރެއަށް ވަންނާކަށް އޭނާއަކަށް ނުކެރުނެވެ. އޭގެ ބަދަލުގައި ހޮސްޕިޓަލުގެ ބޭރުގައި އެތައް އިރެއް ވަންދެން އޭނާ އިށީނދެ އިނެވެ. އޭނާ ކިތަންމެހާވެސް ޒިވްޔާ ދެކެން ބޭނުންވިއެވެ. ނަމަވެސް އެއީ ވާނޭ ކަމެއް ނޫން ކަން އޭނާއަށް އިނގޭތީވެ އޭނާ އެދުވަސް ތަކުގައި ކެތް ކުރިއެވެ. އޭނާގެ ވަށައިގެން އޭނާގެ އާއިލާ ތިބީމައި އެކަންޏެއް ނޫނެވެ. ހުދު ޒިވްޔާއަށް އަމިއްލަ މީހާއަށް ވެގެން އުޅޭގޮތް ވެސް ނޭނގެ އުޅޭއިރު އެތަނަށް އިޒިކިއަލް ގޮއްސިނަމަ އިޒިކިއަލަށް އެނގޭކަން އެނގޭނެތީއެވެ. އެއީ އެ ހާލަތުގައި އެންމެ ރަނގަޅު ގޮތް ނޫންކަން އިޒިކިއަލަށް އެނގޭތީއެވެ. އެހެން ކަމުން އިޒިކިއަލަށް ކުރެވުނުހާ ވެސް ކަމަކީ ދުރުގައި ބަލަން ހުރުމެވެ. މަޑުކުރުމެވެ. ކެތްތެރިވުމެވެ.

އެންމެފަހުން ޒިވްޔާ ގެއަށް ދޫކޮށްލުމުން ވެސް އިޒިކިއަލް ޒިވްޔާ އަކާއި ކުރިމަތިލާކަށް މަސައްކަތެއް ނުކުރެއެވެ. އެހެނަސް އެއްދުވަހަކު އޭނާއަށް ޒިވްޔާ ފެނުނެވެ. ތެރަޕީއަށް ދަނިކޮށެވެ. އެދުވަހު މަޑުމޮޅިވެފައި ހުރި އެ ޒިވްޔާގެ ދެލޮލުން އޭނާއަކަށް އެއްވެސް ދިރުމެއް ނުފެނުނެވެ. އޭނާގެ ހިތުގައި ކުޑަވަރެއްގެ ބިރެއް އުފެދުނީ އެދުވަހެވެ.

އެހެންކަމުން އޭނާ ޒިވްޔާއަށް ފޮނުވަން ފެށީ އެކި ކަހަލަ ހަދިޔަލެވެ. އަނގުބޮޑު އެއްޗެއްސެއް ނޫނެވެ. ޗޮކްލެޓެވެ. ފޮތެކެވެ. ހާބަލް ސައިފަތެވެ. އެންމެފަހުން ކުޑަ ކެކްޓަސް ގަހެކެވެ. ޒިވްޔާއަށް ކޮންމެވެސް ކަހަލަ ހިތްވަރެއް ދެވޭތޯ އެކި ނޯޓްކޮޅުތަކެވެ. ލިޔަންވީ އެއްޗެއް ނޭނގިގެން އެކި ފަހަރުމަތިން ލިޔެލިޔެފައި، ފޮހެފޮހެފައި ލިޔެފައެވެ. ކޮންމެ ފަހަރަކު ވެސް ދޭންވީ ކޮންއެއްޗެއްކަން ނޭނގިގެން އޭނާ ފިހާރަތަކުގައި އެތަކެއް އިރެއް ހޭދަކުރަން ޖެހުނެވެ. އަދި ގަނުމަށްފަހު އޭނާ އެހުރިހާ އެއްޗެއް ވެސް ޕެކް ކުރީ އަމިއްލައަށެވެ. ވަރަށް ހާލުނެވެ. އޭނާއަށް ރަނގަޅަށް ޕެކް ކުރަން ނޭނގޭތީއެވެ. ނަމަވެސް އޭނާ ބެލީ ވީވަރެއް ކުރެވޭތޯއެވެ.

އޭނާގެ އެއްވެސް ހަދިޔަލެއްގައި ވެސް އަދި ނޯޓެއްގައި ވެސް އަމިއްލަ ނަމެއް ނުލިޔެއެވެ. އެއީ އޭނާއަށް މުހިންމު ކަމަކަށް ނުވިއެވެ. އޭނާ ހަމައެކަނި ބޭނުންވީ ޒިވްޔާއަށް ކުރިއަށް ދިޔުމަށް ހިތްވަރު ދޭށެވެ. ޒިވްޔާގެ ހިތާމައިގެ އަނދިރިގަނޑުގެ ތެރޭގައި ކިތަންމެ ކުޑަ ނަމަވެސް އުއްބައްތިއެއްގެ އަލިކަން ފޯރުކޮށްދޭށެވެ. ބަދަލުގައި ޒިވްޔާގެ ފަރާތުން އެއްވެސް އެއްޗަކަށް އެދުމެއް ނެތިއެވެ.

ކޮންމެ ހަދިޔަލެއް ވެސް ޒިވްޔާގެ ގޭދޮށަށް ލާފައި އިޒިކިއަލް ދުރުގައި އިރުކޮޅަކަށް މަޑުކޮށްލައެވެ. އޭނާ ހިތާ ހިތާ ސުވާލު ކުރިއެވެ. އެ ހަދިޔާ ފެނިފައި ޒިވްޔާ ހަދާނީ ކިހިނެއްބާވައެވެ؟ ހީލާނެ ހެއްޔެވެ؟ ނުވަތަ އެއްލާލާނީ ބާވައެވެ؟ ޒިވްޔާ އެ ހަދިޔާތަކާ މެދު ކޮންމެގޮތަކަށް ކަންތައް ކުރިޔަސް އޭނާއަކަށް މައްސަލައެއް ނެތެވެ. އެއީ ޒިވްޔާގެ ނިންމުމެވެ. އިޒިކިއަލަށް މުހިންމީ ޒިވްޔާ ކުރިއަށްދާން ހިތްވަރެއް ދިނުން އެކަންޏެވެ. އެއިން ކޮންމެ ފަހަރަކު ވެސް އޭނާގެ ހިތަށް އަރައެވެ. ޒިވްޔާ މިހާރު ކިހިނެއް ބާވައެވެ؟ ނަމަވެސް އެއިން އެއްފަހަރަކު ވެސް އޭނާއަކަށް ޖަވާބެއް ނުލިބުނެވެ. އެހެނަސް އޭނާ އެކަމެއް ހުއްޓައެއް ނުލައެވެ. އޭނާއަށް ވަނީ ޒިވްޔާދެކެ ލޯބިވެވިފައެވެ. ނަމަވެސް އެ ލޯބީގައި އޭނާއަށް މުހިންމީކީ ޒިވްޔާ އާއި ކައިރިވުމެއް ނޫނެވެ. މިވަގުތަށް އޭނާއަށް މުހިންމީ ހަމައެންމެ ކަމެކެވެ. މިދުނިޔޭގައި ޒިވްޔާ ހުރީ އެކަނިވެރިވެފައި ނޫންކަން އަންގާދިނުމެވެ.

—————

 

ޒިވްޔާ އަނބުރާ އައިތާ ހަފްތާއެއް ވެގެން ދިޔައިރު އިޒިކިއަލް ދިޔައީ އޭނާގެ ކްލާސްތައް ނެތް ވަގުތުތަކުގައި ދުރުދުރުން ހުރިހާ މަންޒަރެއް ވެސް ބަލަމުންނެވެ. ޒިވްޔާ އާއި ކައިރީގައި އުޅޭ މީހުނެވެ. ޒިވްޔާ އާއި ކައިރިވާން އުޅޭ މީހުނެވެ. އެމީސްމީހުން ވާހަކަ ދައްކާގޮތެވެ. އަމަލުތަކެވެ. އެއިން އެއްވެސް އެއްޗަކުން ކިރިޔާވެސް އޭނާއަށް ޖަވާބެއް ލިބޭތޯއެވެ. އިޝާރާތެއް ލިބޭތޯއެވެ.

އިޒިކިއަލަށް ޒިވްޔާ ސިއްރުކުރަމުން ދިޔަ އެކިއެކި އަމަލުތައް ފާހަގަވިއެވެ. މީހުން މާގިނަ އިއްޔާ އެހިސާބަކާ ދުރުދުރުން އުޅޭކަމެވެ. މީހަކު މާ ކައިރި ވެއްޖެނަމަ އޭނާ ހުއްޓުން އަރާގޮތެވެ. އޭނާގެ ގައިގައި އެއަޅަން ފަށާ މަޑު ތުރުތުރެވެ. އަވަސް އަވަހަށް އެންމެ ކައިރީގައި ހުންނަ ދޮރެއް ހޯދާލާގޮތެވެ. ކޮންމެ މީހަކާ ވެސް ވާހަކަ ދައްކާ އިރު އެ ބަހައްޓާ ދުރުމިނެވެ.

އޭނާވެސް ޒިވްޔާ އާއި ވަކި ވަރަކަށް ދުރުމިން ބެހެއްޓިއެވެ. ފާހަގަވާނެހާ ބޮޑަކަށެއްނޫނެވެ. ނަމަވެސް ޒިވްޔާއަށް އުނދަގޫ ނުވާނެ ވަރަށެވެ. ކުރިންހެން މާގިނައިން ގޮވައެއް ނުހަދައެވެ. ޒިވްޔާ އިށީނދެގެން އިންނަ ގަނޑީގައި ކުރިން ގޮސް ދެން އިން ގޮނޑިއަށް ވެއްޓިގަންނަ އިޒިކިއަލް މިހާރު ހަދާ އެއްޗަކީ ކުޑަކޮށް ދުރުގައި ކޮޅަށް ހުރެ ވާހަކަ ދައްކާލަނީއެވެ. ދުރުން ފެނިއްޖެނަމަ ހަނާ އަޅާލަނީއެވެ. ޒިވްޔާ ތަނަކަށް ހިނގާފައިދާނަމަ ފަހަތުން ފުދޭވަރަކަށް ދުރުމިން ބަހައްޓައިގެން ހިނގުމެވެ. އޭނާގެ ފިޔަވަޅުތައް އިވޭނެ ވަރަށެވެ. އެއްވެސް ފަހަރަކު ކުއްލިއަކަށް އައިސް ސިހޭނެ ގޮތަކަށް އޭނާ އަމަލުތަކެއް ނުބަހައްޓައެވެ. އޭގެ ބަދަލުގައި ފުރަތަމަ ވެސް މަޑުން އައިސް ގޮވާލަނީއެވެ. އޭނާކަން އަންގާލުމަށެވެ. ފަހުން ނުސިހޭނީ އޭރުން ކަމަށް ވީތީއެވެ. މީގެއިތުރުން އޭނާގެ ވާހަކަ ދައްކާ ގޮތަކަށް މާބޮޑު ބަދަލެއް އޭނާ ނުގެނެއެވެ. އެހެން ހަދައިފިނަމަ އޭނާއަށް ހަޤީގަތް އެނގޭކަން ޒިވްޔާއަށް އިނގިދާނެތީއެވެ. އޭނާއަކީ ހަމަ އިޒިކިއަލެވެ. ނަމަވެސް އޭނާގެ އަމަލުތައް ކުރިންހާ ލާނަތެއް ނޫނެވެ.

———

 

“ބިޒްނަސް މެނޭޖްމެންޓް؟” ޒިވްޔާގެ ފަހަތުން ހިނގައމުން ދިޔަ އިޒިކިއަލް އަހާލިއެވެ. އެހެން ފަހަރުތަކެކޭ އެއްފަދައިން ޒިވްޔާ ފަސް އެނބުރި ބަލައެއް ނުލައެވެ. “ހުމް.”

“ކޮންގްރެޖުލޭޝަންސް.” އިޒިކިއަލް އެހެން ބުނެލީ ވަރަށް ސީރިއަސް އަޑަކުންނެވެ. އަދި އައިސް ޒިވްޔާ އާއި އަރާ ހަމަ ކުރިއެވެ. ނަމަވެސް އޭނާ ހުރީ ކޮންމެވެސް ވަރަކަށް ދުރުގައެވެ. ޒިވްޔާ މިފަހަރު އިޒިކިއަލަށް ބަލާލިއެވެ. އެހެން ބުނީ ކީއްވެހޭ އަހާފަދަ ގޮތަކަށެވެ.

“ޔޫ ހޭވް އޮފިޝަލީ ބިކަމް ބޯރިން.” އިޒިކިއަލްގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވީ ދެނެވެ. “އެހެންމަ ކޮންގްރެޓްސް.”

ޒިވްޔާ ހުރީ ރަނގަޅަށް ވެސް ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ދެއަ ޝީ އިޒް..” އިޒިކިއަލްގެ ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ.

ކުޑަ އިރުކޮޅަކަށް ޒިވްޔާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވާން އުޅުންހެންވެސް ހީވިއެވެ. ނަމަވެސް ވަގުތުން ޒިވްޔާ މޫނު އަނބުރާލިއެވެ. ޒިވްޔާއަށް ނޭނގުން ކަމަކީ އެވެރިވާން އުޅުން ހިނިތުންވުން އިޒިކިއަލަށް ވެސް ފާހަގަ ކުރެވުނު ކަމެވެ. އެހެނަސް އެކަން ފާހަގަ ނުވާ ކަމަށް އިޒިކިއަލް ހެދިލިއެވެ.

 

“ޒިވްސް އެކަމް ހާސްނުވޭ ދެން. އަހަރެން ޔަގީންކޮށްދޭނަން ޒިވްސް މާ ފޫހި ވެގެން ގޮސް އޯވާ ވާރަށް ރެސްޕޮންސިބަލް މީހަކަށް ނުވާކަން.”

“ޔޫ އާ ނޮޓް.. ރެސްޕޮންސިބަލް.” ޒިވްޔާ ވަރަށް މަޑުމަޑުން ބުނެލިއެވެ.

“އެގްޒެކްޓްލީ. އައިމް ކޮލިފައިޑް.”

ޒިވްޔާ ބޯހޫރާލީ އިޒިކިއަލް ކިޔަން އުޅޭ އެއްޗެއް ނޭނގިގެނެވެ. ޔަގީނުން ވެސް ކޮންމެވެސް ހަމަނުޖެހޭ އެއްޗެކެވެ. އެހެން ކަމުން ޒިވްޔާ ކުރިއަށް ހިނގަމުން ދިޔައީއެވެ. ހެމުން އިޒިކިއަލް ވެސް ފަހަތުން ދިޔައެވެ. 4 ވަރަކަށް ފޫޓު ފަހަތުނެވެ. މާބޮޑަށް ކައިރިނުވެއެވެ.

——

 

ޒިވްޔާއަށް އިޒިކިއަލްގެ ތަފާތުކަން އިހުސާސް ކުރެވުނެވެ. އޭނާ އެބަހައްޓާ ދުރުމިނެވެ. ކުރިން އުޅޭގޮތާއި އިންތިހާއަށް ތަފާތެވެ. ނަމަވެސް ކޮންމެވެސް ގޮތަކުން އޭނާގެ އުޅުމަކަށް މާބޮޑު ތަފާތެއް ނާދެއޭ ވެސް ޒިވްޔާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް އެހެންމީހުނާއި ހިލާފަށް އިޒިކިއަލް ވާހަކަ ދައްކާއިރު އެބަހައްޓާ ދުރުމުން އޭނާއަށް ކަމުދިޔައެވެ. އޭނާ ކުރިން އިޒިކިއަލްގެ ކޫސަނި ގޮތްގަނޑު ދެކެ ފޫހިވި ނަމަވެސް މިހާރު އޭނާއަކަށް މާބޮޑަށް އުނދަގޫ ވާހެނެއް ހިޔެއް ނުވެއެވެ. ފަހަރުގައި އެއީ ޔަޝްމީ، ހަޔާލް، ވިޝާލް އަދި އޭނާގެ އާއިލާ އޭނާގެ ކައިރީގައި މިހާރަކަށް އައިސް އެ ބަހައްޓާ ގޮތްގަނޑު އިޒިކިއަލް ނުބަހައްޓާތީ ކަމަށް ވެސް ވެދާނެއެވެ.

އެހެން މީހުން ޒިވްޔާ ކައިރީ އަބަދު ކިޔަނީ ‘ކެއަފުލް.. ބީ ކެއަފުލް.. ރަނގަޅުތަ؟ އާ ޔޫ އޯކޭ؟’ އެކަހަލަ ސުވާލު ތަކެވެ. އަބަދުވެސް ޒިވްޔާގެ ހާލާ މެދު ސުވާލު ކުރުން ނޫން ކަމެއް ނުކުރެއެވެ. ޒިވްޔާގެ ކައިރީގައި އުޅެނީ ވެސް އެހާ ބަލައިގެނެވެ. ނަމަވެސް އިޒިކިއަލް އެގޮތެއް ނުބަހައްޓައެވެ. ފަހަރުގައި އެއީ ހަޤީގަތް ނޭނގޭތީ ކަމަށް ވެސް ވެދާނެއެވެ.

އެންމެފުރަތަމަ ޒިވްޔާ އަކަށް އެކަންކަން ފާހަގަ އެއް ވެސް ނުކުރެވުނެވެ. އޭނާ އިޒިކިއަލާއި ދުރުދުރުން އުޅޭވޭތޯ ބެލިއެވެ. ނަމަވެސް މަޑުމަޑުން އޭނާއަށް ކަންކަން ފާހަގަވާން ފެށިއެވެ. އިޒިކިއަލް އެންމެ ފަހަރަކު ވެސް ޒިވްޔާގެ ގައިގައި އަތެއް ނުލައެވެ. އަބަދުވެސް ހުންނަނީ ވަކި ދުރުމިނެއްގައެވެ. އޭނާ ސިހޭ ފަދަ އަމަލު ތަކެއް މިހާރަކު ނުކުރެއެވެ. އޭނާ އެކަނި ހުއްޓައި އައިސް ބައްދަލުކޮށް ހަދާކަށް ނޫޅެއެވެ. ގަދަކަމުން ހުއްޓުވާކަށް ވެސް ނޫޅެއެވެ. އޭނާ ދެމަސްދުވަސް ވަންދެން ނައި ސަބަބު ހޯދާކަށް ވެސް ނޫޅެއެވެ. ޒިވްޔާ ކުއްލިއަކަށް މަޑު ޖެހުމުން އެކަމަކާ ވެސް ސުވާލުކޮށެއް ނުހަދައެވެ. ޒިވްޔާ އެއްވެސް ޖަވާބެއް ނުދީ އެތަނަކުން ދާން އުޅެފިނަމަ ހުއްޓުވާކަށް ވެސް ނޫޅެއެވެ. އޭނާ ޒިވްޔާ ދިޔަދެއެވެ.

އެއްވެސް ސުވާލެއް ނުކުރެއެވެ. ދަނީ ކީއްވެ ހެއްޔެކޭއެއް ނާހައެވެ. ހުންނާށެކޭ ވެސް ނުބުނެއެވެ.

=================

 

މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަން.

ޝައިމްސް

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 610 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ލޯބިވޭ އަނަންތަކަށް… – 4

Previews
September 22, 2026

ލޯބިވޭ އަނަންތަކަށް… – 4

8 Comments!

  1. Anonymous says:
    September 22, 2026 at 1:44 pm

    Izekial and zivyaa nugulhuvahcheyy plzzz…
    When next??
    I thought chocolate fonuvee aikan kamah 😭😭
    Alhey aikan ah v nama

    1. Shyyyms Shyyyms says:
      September 22, 2026 at 4:13 pm

      Haha. Let’s see what happens 😉🩷

  2. Anonymous says:
    September 22, 2026 at 2:17 pm

    Ixikiel aki goas meeheh nooniya ixikiel aa xivya v gulhey 🫶🏼 aikan ves too dho ekam ixikiel dheke maa loabivevijje kanne
    Can’t wait for the nextpatt
    Lysm shyms 🫶🏼🫶🏼

    1. Shyyyms Shyyyms says:
      September 22, 2026 at 4:12 pm

      We’ll have to see what happens ryt?😅

      Lysm more🫶🏻🩷

  3. El says:
    September 22, 2026 at 4:15 pm

    This my dear author is insane. I’m starting to question myself who I want more for Zivya: Izikiel or Aikan.
    My heart says Aikan. My mind says Izikiel. But at this point I’m fine with any of them ending up with her. I like them both🫢

    1. Shyyyms Shyyyms says:
      September 22, 2026 at 5:41 pm

      Oops😂

  4. lara_11 says:
    September 22, 2026 at 4:49 pm

    vrh reethi
    but i am starting to question myself at this point
    like who i want more for zivya Izikial or aikan
    like whoo????

    1. Shyyyms Shyyyms says:
      September 22, 2026 at 5:41 pm

      😂😂😂

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 27←


All Right Reserved!