ހުރީމެ ތިހިތުން ޖާގަ ދޭތޯ 4
އަހަރެންގެ އެ ސުވާލާއެކު މުޅި މާހައުލަށް ފުން ހިމޭންކަމެއްވެރިވެގެންދިޔަކަހަލައެވެ. ޝިއާގެ މޫނުމަތީގައިވީ ރީތި ހިނިތުންވުން ވަގުތުން ފިލައިގެންދިިޔައިރު އިސްޖަހާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. އެ ދެލޮލުން ފާޅުވާންހުރީ ފޮރުވަން މަސައްކަތްކުރިޔަސް ފޮރުވޭވަރަށްވުރެ ހިތްދަތި އަސަރުތަކެކެވެ.
“ނަވާ… ނުވެސް ދެނަހުރިންތަ؟ ކައިރާއެއް މިހާރަކު ނެތް…” ޝިއާގެ އަޑު ތުރުތުރުއަޅައިގެން ދިޔައެވެ. ޝިއާގެ އެ ބަސްތަކުން އަހަންނަށް ހީވީ ފައިދަށުން ބިންގަނޑުވެސް ދެމިގެންދިޔަހެންނެވެ. ހިނދުކޮޅަކަށް އަހަރެންގެ މޭގެ ތެރޭގައިވ�



