Skip to content
އެސްފިޔަ
PRO · MVR 2.00

ހުރީމެ ތިހިތުން ޖާގަ ދޭތޯ 5

“ބައެއް ސުވާލުތަކުގެ ޖަވާބު އިނގުމަށްވުރެ ނޭނގުން ރަނގަޅުވާނެ… އަދި ބައެއް ކަންކަމަކީ… އަމިއްލަ ނަފްސަށް މައާފުކުރަން ބޭނުންވިޔަސް މައާފުދެވޭނެ ކަންކަމެއް ނޫން… ނަވާ…” ފޯނުގެ ސްކްރީނަށް އެޅިފައިވާ އަލިކަމުގެ ތެރެއިން އެ މެސެޖު ކިޔާލުމާއެކު ހިނދުކޮޅަކަށް އަހަރެންގެ ހިތުގެ ހިނގުންވެސް މަޑުޖެހިލައިގެންދިޔަކަަހަލައެވެ. އެއީ ސީދާ ޝަދަފްގެ މެސެޖެކެވެ. އެ ކުރު ބަސްކޮޅުގެ ފަހަތުގައިވާ މާނަ އަހަންނަށް ދެނެނުގަނެވޭނެހާ ފުނެވެ. އަހަރެން އަވަސްއަވަހަށް ކުޑަދޮރުން ތިރިއަށް ނަޒަރު ހިންގާލީމެވެ. އޭރު ޝަދަފް ފޯނު ޖީބަށް ޖަހާލުމަށްފަހު އިސްއުފުލާލަމުން ސީދާ އަހަރެން ހުރި ދިމާލަށް ނަޒަރު ދިމާކޮށްލީއެވެ. އަަހަރެމެންގެ ދެމެދުގައިވާ ދުރުމިނާއި އެކުވެސް، ރޭގަނޑުގެ މަގުބޮކީގެ އަލީގެ ތެރެއިން އެ ދެލޯ ވިދަމުންދިޔަ ތަން އަހަންނަށް ސާފުކޮށް ފެނުނެވެ. ދެމީހުންގެ ދެމެދުގައިވާ ދުރުމިނާއެކުވެސް އެ ހިމޭން ނަޒަރުން އެތައް ވާހަކައެއް ދެކެވިގެންދިޔައެވެ. ޝަދަފް މަޑުމަޑުން ތުންފަތް ފިއްތާލުމަށްފަހު، އެންމެ ފަހު ފަހަރަށް އަހަންނަށް ބަލާލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ގޮސް ކާރަށް އެރި…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.