Skip to content
އެސްފިޔަ
PRO · MVR 2.00

ހުރީމެ ތިހިތުން ޖާގަ ދޭތޯ 3

Listen to this story Audio · 26:06 Powered by Esfiya Voice
0:00 26:06

އަހަރެން ހައިރާންކަމާއެކު އެ ކުޑައިގައި ހިފަމުން، ކުރިމަތީން ފެންނަމުން ދިޔަ މަގާއި ދިމާލަށް ނަޒަރު ހިންގާލީމެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރެއިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެހެން ނޫނަސް ތުއްތު ކުއްޖާ އުރާލައިގެން ދިޔައިރު ޝަދަފްގެ އަތުކުރީގައި އެ ކުޑަ އަޅުވާލެވިފައި އޮތްތަން އަހަރެން ދެކުނީމެވެ. ވާރޭގެ ތެރޭގައި ތެމިގެން އަހަރެން ގެއަށްދާން އުޅޭނެކަން އެނގޭތީ އަމިއްލަ ކުޑަ އަހަންނަށްޓަކައި ދޫކޮށްލާފައި އެދިޔައީއެވެ. އެއީ އެ ގޮތަށް ސިއްރުން ޝަދަފް އަހަންނަށް އެހީވި ފުރަތަމަ ފަހަރަކަށް ނުވާނެއެވެ. އެދުވަހުގެ އެ ސިއްރު އޯގާތެރިކަމާއި އަޅާލުންތައް މިއަދު ވެސް ބަދަލެއްނުވެއެވެ. އެކަމާއި ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް އަހަންނަކަށް ނޭނގުނެވެ.
އަތުގައި އޮތް ކުޑައިގައި ބާރަށް ހިފަހައްޓާލަމުން އަހަރެން ވެހެމުންދިޔަ ވާރޭގެ ތެރެއަށް ނުކުތީމެވެ. ފިނި ވާރޭގެ ތިކިތައް ކުޑައިގެ މައްޗަށް ވެއްޓެމުންދިޔަ އަޑާއެކު، އަހަރެންގެ ކޯތާފަތް މައްޗާއެކު އޮހެމުންދިޔަ ކަރުނަތަކާއިއެކީ އެކުވެގެން އަނެއްކާވެސް މާޒީގެ ސަފްހާތަކުގެ ހަނދާންތައް އާލާވާންފެށި ކަހަލައެވެ.
އަހަރެންގެ އިޙުސާސްތައް ރޫޔ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.