ހުރީމެ ތިހިތުން ޖާގަ ދޭތޯ 2
“އެކަމް ހީ އިޒް މެރީޑް އެހެންނު…” ރޫޔާ ފަރާތުން އެ ޖުމްލަ އަޑުއިވުމުގެ ކުރީން އަހަރެން ފުރިހަމަކޮށްދިނީމެވެ. އެއީ މާޒީގައިވެސް އެތައްފަހަރަކު ރޫޔާގެ ފަރާތުން އަހަންނަށް އަޑުއިވުނު ޖުމްލައެކެވެ. ބައެއްފަހަރު ރޫޔާގެ ވާހަކަތައް ހުންނަގޮތުން ޝަދަފްދެކެ ލޯބިވުމަކީ އަހަންނަށް ކުރެވުނު ކުށެއްކަމަށް އިޙުސާސްކޮށްދޭން އުޅޭހެން އަހަންނަށް ހީވެއެވެ. އަހަރެންގެ ނަޒަރު ފުރަތަަމަ ފަހަރަށް ޝަދަފްއަށް ހުއްޓިގެންދިޔައިރު އެއީ އެހެން އަންހެންކުއްޖެއްގެ ލޯބިވެރިއަކަށްވެދާނެކަމަށް އަހަރެން ހިޔެއްނުކުރަމެވެ. ކައިރާއާއި ޝަދަފްއާއި ދެމ


