Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 11

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
June 26, 2016 6 Mins Read
18 Comments

 

ސުމާމެންނަށް ގެއަށް ދެވުމާއި އެކު ކާރުން ފައިބާ ގޭގެ ތެރެއަށް ވަނީ ދުވެފައެވެ. އަދި ލިފްޓުން މަައްޗަށް އެރުމަށްފަހު ދޮރުަަމަތީ ސުމާ މަޑުކޮށްލީ އޭނާ ތެމިފައިވީމައެެވެ. “ޒިން.. ބޭބީ… މަންމި ފެންވަރަންެދެން ޒިން މަޑުކޮށްލަންވީނު.. މަންމި އެއްކޮށް ތެމިފަ މިހުރީ..” ސުމާ ދޮރުމަތީ ހުރެ އެހެން ބުނެލުމުން ޒިން އާއެކޭ ބުނެލުމަށްފަހު އޭނާގެ ކުޅޭ އެއްޗެހި ކައިރިއަށް ދުވެފައި ދިޔައެވެ. ސުމާ ދުވެލާފައި އެތެރެއަށް ވަނެވެ. އަދި ތެތްއެއްޗެހި ބޭލުމަށްފަހު އަވަސް އަވަހަށް ފެންވަރާލައިގެން ނިކުތީ ޒިން ގައިދޮއްވާލަންށެވެ. ސުމާ ކޮޓަރީގައި އޮވެފައި ޒިންއަށް ގޮވާލުމާއި އެކު ޒިން ދުވެފައި ކޮޓަރިއަށް ވަނެވެ. ސުމާ ފަސޭހަކަމާއި އެކު ޒިން ގައިދޮއްވާލުމަށްފަހު ނެރެލިއެވެ.

“ޒިން އިނގޭތަ… މަންމިއަށް ޖޮބް ލިބުނީ….” ސުމާ ޒިންގެ ގައިގާ ބައްދާލަމުން ބުނެލިއެވެ. “ވާއު މަންމީ… ދެން ޒިން އެކަނި ހުންނަންޖެހޭނީ؟” ޒިން ދެރަވެލާފައި އެހެން އަހާލުމުން ސުމާވެސް ދެރަވިއެވެ. “ނޫނޭ ބޭބީ… ބޭބީ ރީހަންބެ ގެއަށް ދަނީ.. އެހެންނޫނަސް މަންމި އަންނާނަމޭ… ބޭބީ އެކަނި އެއް ނުކޮށްލާނެ އެއްނު ދޯ.. ޒިން ސުކޫލަށް ދަންޏާ އޯކޭވާނެ.. އެން ޒިންއަށް މަންމިއާއި އެކު ހޮސްޕިޓަލަށްވެސް ދެވޭނޭ.. މަންމި ގެންދާނަން އިނގޭ..” ސުމާ ޒިންގެ ގައިގާ ބައްދާލަމުން ބުނެލީ ޒިންގެ ހިތްހަމަޖައްސާލުމަށްޓަކައެވެ. އެކަމުގައި އޭނާ ކާމިޔާބުވެސް ވިއެެވެ. ޒިންގެ މޫޑްރަނގަޅުވިއެވެ. “ބޭބީ ބުނެބަ ސުކޫލް މަޖާތަ؟ ނިއު ފްރެންޑްސް؟؟؟” ސުމާ އަހާލީ ޒިން ގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެލަމުންނެވެ. ޒިން ވަގުތުން ސުކޫލުގައި ވީ ހުރިހާ ކަމެއް ކިޔައިދިނެވެ.

ސުމާ ޒިން ރީތިކޮށްލުމަށްފަހު ޒިން ގޮވައިގެން ރީހަންމެން ގެއަށް ދިޔައެވެ. މިފަހަރު އޭނާ އަމިއްލަ ނަފްސް ކޮންޓްރޯލްކުރަމުން ބެލްޖަހާލީ އެއްފަހަރުއެވެ. އަދި ދޮރު ކައިރި މަޑުކޮށްލައިގެން ހުރެލިއެވެ. ދޮރު ހުޅުވީ ރިލްވާންއެވެ. ރިލްވާން ހިނިތުންވެލަމުން ސުމާ ވަންނަން ތަންދިނެވެ. ރިލްވާން ފެނުމާއި އެކު ޒިން ރިލްވާންގެ ގައިގާ ބައްދާލިއެވެ. ރިލްވާން ޒިން އުރާލިއެވެ. ސުމާ ގޮސް ރިލްވާން ކައިރި ހުރެލުމަށްފަހު ރިލްވާންއައި އެކު ސަކަރާތް ޖަހަމުން ދިޔަ ޒިންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ރިލްވާންވެސް ހެމުން ހެމުން ޒިންގެ ގައިގާ ގިލިގިލި ކޮށްޓަމުންދިޔައެވެ. އެ ތިންމީހުންގެ ސަކަރާތްބަލަން ދުރުގައި ހުރި މަރިޔަމް ހުރީ ހެވިފައެވެ. މަރިޔަމްގެ ފަހަތުގައި ހުރި މިޝްޔާ މަރިޔަމްގެ ކޮނޑުގައި އަތްލިއެވެ. މަރިޔަމް ސިހިފައި ފަހަތަށް ބަލާލުމުން މިޝްޔާ ހިިނިގަނޑެއް ޖަހާލިއެވެ. ދެމީހުން އެއްކޮށް އެ ތިންމީހުންނާއި ކައިރިވެލިއެވެ. “ކޮބާ ސުމް ޖޮބް ލިބުނީތަ؟” މަރިޔަމްގެ އަޑު އިވުމާއި އެކު ތިންމީހުންވެސް ހުނުން މަޑުކޮށްލާ މަރިޔަމްއާއި ދިމާލަށް ބަލައިލިއެެވެ. ސުމް ބޯޖަހާލިއެވެ. މަރިޔަމް އުފަލުން ސުމާގެ ބޮލުގައި ފިރުމާލިއެވެ. އަދި މަރުހަބާ ކިޔަމުން ސުމާއަށް ރަނގަޅު ދުވަސްކޮޅެއް ކުރިއަށް އޮތުމަށް ދުޢާ ކޮށްލިއެވެ. “އެހެންވީމަ ޒިން އަންނާނީ މިގެއަށޯ.. ދޯ ޒިންންންންންން…” މިޝްޔާ ރިލްވާންގެ އަތުން ސުމާ ނަގަމުން އެނބުރިލިއެވެ. ޒިން މަޖާވެގެން ހޭންފެށިއެވެ. ސުމާވެސް ހޭންފެށިއެވެ. އަލާން ކޮޓަރީގައި ކުޅެން އޮވެފައި ނުކުމެގެން އައީ މިޝްޔާ ގޮވާ އަޑަށެވެ. އަލާން  ޒިން ގޮވައިގެން ކުޅެން ވަނުމުން ސުމާ ސޯފާ މަތީ އިށީނީ މިޝްޔާއާއި ވާހަކަ ދައްކާލާށެވެ.

“ކޮންއިރަކުން ދަނީ ދެން؟ އެން އިންޓަވިއު ރަނގަޅުތަ؟؟” މިޝްޔާ އަހާލިއެވެ. ރިލްވާން ވެސް އެމީހުންގެ ކައިރި އިށީނދެލިއެވެ. “ހުމްމް ބުނީ ގުޅާނަމޯ… މިޝީ އިންޓަވިއުގެ ވާހަކަ ނުދައްކާ… އޭނާ އިނގޭތަ ސުމްކޮ ދޮރުމައްޗަށް އެރުމާއި އެކު ބުނެފި ޖޮބް އެއް ނުލިބޭނެޔޭ ބޮޑު ހެދުން ލާފަ ހުރީމަ އޯ.. ދެން ސުމްކޮ އޭނައާއި ދިމާލަށް ދެތިން އެއްޗެއް ބުނެފަ ނިކުތީ.. އަނެއްކާ ގޮވައިފި ދަނިކޮށް.. ދެން ވަންނައިރަށް ފައިލްވެސް ބެލީ.. ދެން ބުނީ ސެލެކްޓެޑްއޭ… އައި ވޯސް ވޮންޑަރިން ހައު އިޓް ހެޕަންޑް.. ސަރ ބުނީ ސުމްކޮ ނިކުންނަނިކޮށް ވަންނަން އުޅުނު ކުއްޖާގެ ސަބަބުންނޯ އެހެންވީ.. އޭނާ ބުނީއޯ ސުމްކޮގެ ޕާރފޯރމެންސް ބަލާށޭ…ކޮންމެއަކަސް އޭނާއަށް ޝުކުރު ހައްޤު.. އެކަމް ސުމާ ދިޔައީ އޭނާ ކޮށްޕާލާފަ އޭރު ރުޅިއައިސްގެން.. ހަހަ އައި ޑޯންޓް ނޯ ނުވެސް ފެނުނު މޫނެއް..” ސުމާ އިންޓަވިއުގައި ވީ ކަންތަށް ކިޔައިދިނުމުން މިޝްޔާ ފެށިީ ހޭށެވެ. “އޯ ގޯޑް.. ހަހަހަ ސުމް ރުޅިއައިއްސަ އޭނާ ކޮށްޕާލާފަ ދިޔައީ އޭ.. ހަހަހަ އެން ހީ ޑިޑް ދެޓް. އޯ ގޯޑް ސުމް.. ޔޫ އާރ އިމްޕޯސިބަލް.. ހަހަ” މިޝްޔާ ހެމުން ހެމުން ބުނެލިއެވެ. ސުމާވެސް ހޭންފެށިއެވެ. “އަދި އެހެން ކަމެއްވެސް ވިއޭ… ކާރެއް ނުލިބިގެން ވިއްސާރައިގައި ހިނގާފައި ދިޔައީ ދޯ ކާރެއް ލިބިދާނެކަމަށް… ދަނިކޮށް މީހަކު ކުޑައެއް ފަހަތުން ދިއްކޮށްލި. ސުމްކޮ އެއީ ކާކުތޯ ބަލަން ފަސްއެނބުރުމުން ޖަހާ ކުޑަ އެއްލާލާފައި ދުވެފައި ގޮއްސި.. ބިރުން ހަލާކުވެސް ނުވީ ކިރިޔާ..” ސުމާ އެވާހަކަ ކިޔައިދިނީ ކުޑަކޮށް އެ ވާހަކަ ހަނދާންކޮށްލަމުންނެވެ. “އެހެންތަ.. ހުމްމް ވެދާނެ ޖިންނިއެއް ކަމަށް… ބޫ..” ރިލްވާން ސުމާގެ އަތުގައި ހިފާ ތަޅުވާލަމުން އެހެން ބުނެލިއެވެ. އަދި ބަރުއަޑަކުން ހަޅޭލަވައިގަތެވެ. މިޝްޔާއާއި ސުމާއަށް އެއްފަހަރާ ހަޅޭލަވައިގަނެވުނެވެ.

“އަދި މީ ވަރުގަދަ ފިރިހެނެއް..” މިޝްޔާ ރިލްވާންގެ އިސްތަށިގަނޑަށް ދަމާލަމުން ބުނެލިއެވެ. ސުމާ އެދެމީހުންގެ ކޯޅުންގަނޑު ބަލަން ހެވިފައި އިނެވެ. މިޝްޔާ އެއީ ރިލްވާންގެ ފަހަރިއަށްވުރެ ބޮޑަށް އެއްބަނޑު އެއްބަފާ ކުއްޖެކޭ އެއްފަދައެވެ. އެދެމީހުން އެހާ ވެސް ގާތެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ސުމާ ޒިން ގޮވައިގެން ދިޔައީ ޒިން ނިދާގަޑި ޖެހެނީ އޭ ބުނެފައެވެ. ޒިން ހުރީ އަލާންއާއި އެކު ކުޅެވުމުން ވަރަށް ހިތްހަމަޖެހިފައެވެ. ސުމާ ނަމާދުކޮށްލާ ހަދައިގެން ޒިންއަށް ކާންދިނުމުގައި އުޅުނެވެ. ޒިން އަމިއްލަ ވާހަކައިގައި ކައި ނިންމާލިއެވެ. އެއަށްފަހު ނިދަން އޮތީ ސުމާވެސް އެނދުގައި ޒިން ބޭއްވުމާއި އެކުަގައެވެ. ޒިން ނިދުމާއި އެކު ސުމާ ބޭރަށް ނިކުމެލިއެވެ. އޭނާ ހުރީ ރޯގާ ވައްތަރުވެފައެވެ. އެހެންކަމުން ހޫނު ފެންފޮދެއް ބޯލީ ކުޑަކޮށް ރަނގަޅުވޭތޯއެވެ.

ކުއްލިއަކަށް ސުމާ އަށް އިވުނީ ބެލްޖެހިއަޑެވެ. ސުމާ ގަޑިއާއި ދިމާލަށް ބަލައިލީ މިގަޑީގައި ކާކުބާއޭ ހިތާއެވެ. އެ ހިޔާލުގައި ހުރެ ބުރުގާ އަޅާލަމުން ސުމާ ދޮރުހުޅުވިއިރު ކުރިމަތީ ހިނިތުންވެލައިގެން ހުރީ ރިޝްފާއެވެ. ސުމާ ހިނިތުންވެލަމުން ރިޝްފާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ. “ހާދަ ރޭގަނޑަކު؟” ސުމާ އަހާލީ ރިޝްފާ ސޯފައިގާ އިށީނދެލުމުންނެވެ. “އާނ…. މިތާ ކައިރި ފިހާރައަކަށް ވަދެފަ ހިތަށް އެރީ ސުމް ކައިރިއަށް އައިއްސައޭ ދާނީ…. އަން! މީނީ ޒިންއަށާއި ސުމްއަށް ގެނެސްދިން ޗޮކްލެޓެއް..” ރިޝްފާ އޭނާ ގެނައި ކޮތަޅުން ދެ ޗޮކްލެޓް ނަގަމުން ބުނެލިއެވެ. “ދެން ކީއްކުރަންތަ.. ހެހެހެ” ސުމާ ރިޝްފާކައިރި ބުނެލިއެވެ. ސުމާ ނުހިފުމުން ރިޝްފާ އެ ދެ ޗޮކްލެޓް ގެންގޮސް ފްރިޖަށްލިއެވެ. “އުޅޭ މާދަމާ ހިނގާލަން ދާން…. ހަވީރު ރަސްފަންނަށް ދާން މިއުޅެނީ…” ރިޝްފާ ސޯފާގައި އިށިނދެލަމުން ބުނެލިއެވެ. “ޒިންގެ ސުކޫލް ނިމެނީވެސް 5 ގަ ސޯ ވީ ކާންޓް… އެހެން ދުވަހަކުން ދޯ” ސުމާ ބުނެލިއެވެ. އޭނާވެސް ހުރީ ރިޝްފާއާއި އެކު ހިނގާލަން ދާންބޭނުންވެފައެވެ. “އޯވް… އެހެންވިއްޔާ ވީކްއެންޑްގަ ދޯ..” ރިޝްފާ އެހެން ބުނެލިއެވެ. އިރުކޮޅަކު ދެމިހުން ވާހަކަ ދައްކާލަން ތިބުމަށްފަހު ރިޝްފާ ދިޔައީ އޭނާގެ ނަމްބަރ ވެސް ސުމާއަށް ދީފައެވެ. ސުމާ ހިތްހަމަޖެހިފައި ހުރެ ރިޝްފާ ފޮނުވާލީިއެވެ. އާ އެކުވެރިއެއް ލިބުނީތީ އޭނާ ހުރީ ވަރަށް އުފާވެފައެވެ.

ސުމާ މިރޭވެސް ބެލްކަނީގައި މަޑުކޮށްލިއެވެ. ވާރޭ ހުއްޓާލާފައި ވިއެއް ކަމަކު ޖެހޭ ވައިގައި ވަނީ ތެތްކަމެކެވެ. ޖައްވުގައި ދުވަނީ މީރުވަހެކެވެ. ސުމާ ލޯ މަރާލައިގެން އިރުކޮޅަކު އެހެން ހުރީ އެ ފިނިރޭގެ އުފާ ހޯދާލުމުގެ ބޭނުމުގައެވެ.

“ޒިންންންން…. މިހާރު ފެނުނީމަ މާ އުނދަގޫވެ… އަބަދު އެދެވެނީ ކައިރި ހުންނަން.. ކުރިން ކެތްކޮށްލެވުނަސް މިހާރު ވަރަށް އުނދަގޫ.. ތި ސޫރަ ދެކެން އަބަދު ބޭނުމީ….. ބަޓް…. ޔޫ އަރ ސަމްވެއަރ އެލްސް.. އަސްލު ހެޕީ ވި ވަރަށް…. ވަރަށް ހެޕީވި ސުމްކޮ މަތިން ހަނދާންހުރީމަ….”

…..

“ހާދަ ލޮތްބޭ ދޯ ތިހިރަ ބަލާލުން.. އިނގެޔޭ އެބަ އަސަރު ކުރާކަން…” ލޯ މަރައިގެން ބެލްކަނީގައި ހުރި މާޒިން ލަވައިގެ އެބައި ކިޔައިލިއެވެ. ސުމާ ފެނުނުފަހުން އޭނާގެ ހިތް ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވިއެވެ. ނަމަވެސް އެ ހުންނަނީ  ވަރަށް އުނދަގުލުންނެވެ. ކެތްތެރިކަން އޭނާ އިހްތިޔާރުކުރާތީއެވެ. ހިތަށްވުރެ ބޮޑަށް ސިކުނޑިއަށް އިސްކަންދޭތީއެވެ.

“ހިތް އަތުލާފައި ދުރުގައި ހުރުމުން…

ކެތްކުރެވޭހޭ ލޯބިން….” މާޒިން ކިޔާލިއެވެ.

………………………………..

“ހިތް އަތުލާފައި ދުރުގައި ހުރުމުން..

ކެތްކުރެވޭހޭ ލޯބިން…” ސުމާ ކިޔާލިއެވެ.

ދެމީހުންނަށް ނޭނގުނުކަމުގައިވިޔަސް ދެމީހުންގެ ހިތުގައި ވަނީ އެކައްޗެކެވެ. ތެޅެނީ އެކަކު އަނެކަކަށްޓަކައެވެ. ބަދަލުކުރެވިފައިވާ އެ ދެހިތް ދުވަހަކުވެސް ވަތްކެއްނުވާނެއެވެ. ދެޖިސްމު ވަކިވެގެން ދިޔަޔަސްހެވެވެ. އެތަށްއިރަކު އެ ފިނި ރޭގެ އުފާހޯދާލަން ސުމާ އިނެވެ. މާޒިންވެސް ބެލްކަނީގައި އިން ގޮނޑީގައި އިށީނދެލައިގެން އިނެވެ. ދެމީހުންގެ ނަޒަރު ހުއްޓިފައި ވަނީ ހަނދަށެވެ. ވިލާތަކުގެ ތެރެއިން ދުނިޔެ އަލިކުރަމުން އަންނަ އެ ފަޅިހަނދަށެވެ. ފުރިހަމަ ހަނދެއްކަމުގައި ނުވިޔަސް މިރޭ އެ ހަނދު އަދާ ކުރާ ރޯލް ކުޑައެއްނޫނެވެ.

“އޭ… ކިޔާލަ ދީބަލާ…. ބޭނުން ކަލާ.. ބޭނުން ކަލާ…

އަހާ ވާ ގޮތް މިތާ…. ކިޔާލަ ދީބަލާ.. ބޭނުން ކަލާ… ބޭނުން ކަލާ….

ވާ ގޮތް މިތާ…. ” ސުމާ ހިނިތުންވެލަމުން އެ ލަވައިގެ ބައި ކިޔާލީ އޭނާގެ ހިތުގެ އަޑު ފޯރާނެކަމަށެވެ.

….

“ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ…

ހާދަހާ ހިތަށް ތަދުވެޔޭ ނުފެނުމުން ކަލާގެ ސޫރަ…

“ޗާލޭ…. ޗާލޭ މަގޭ ސުމްކޮޅާ… ޗާލޭ މަގެ ދުންޏާ… ޗާލޭ މަގޭ ސުމްކޮޅާ…….”

މާޒިންވެސް އޭނާގެ ހިތުގެ އަޑު އިއްވާލިއެވެ. އެއީ އަބަދުވެސް އޭނާ ސުމާއަށް ކިޔައިދޭ ލަވައެކެވެ. ދެމީހުންވެސް އެކި ލަވަ ލަވަ އެދެމީހުންގެ ނަން ލައިގެން ކިޔައިފާ ހުންނާނެއެވެ.

ދެމީހުންވެސް ހަނދަށް ބަލަންތިބީ އެ ހަނދު އެދެމީހުންގެ ހިތުގެ އަޑު އެ ފަރާތަކަށް ފޯރުކޮށްދޭށޭ ބުނާފަދަ ގޮތަކަށެވެ.

ދެމީހުންނަށް ނިދުނީވެސް އެތަށް ދަމެއްވީފަހުން އެތާ އޮއްވައެވެ.

…..

ސުމާއަށް ފަތިހު ހޭލެވުނީ ހަމަކުއްލިއަކަށެވެ. އޭރު އިރު ދިޔައީ އޭގެ ވާޖިބް އަދާކުރުމުގެ ގޮތުން ދުނިޔެ އަލިކުރަމުންނެވެ. އެ ހިތްގައިމު މަންޒަރަށް އިރުކޮޅަކު ސުމާ ބަލަން އިނުމަށްފަހު ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ނަސީބަކުން އޭރު ޒިންއެއް ނުހޭލައެވެ. އެހެންނޫންނަމަ ޒިން އެއްޗެހި ގޮވީސްކަން ޔަޤީނެވެ. ސުމާ ފެންވަރާއިގެން ނިކުމެ ނަމާދުކޮށްލިއެވެ. އެއަށްފަހު ބަދިގެއާއި ދިމާލަށް ގޮސް ފެން ހޫނުކޮށްލާ ކޮފީއެއް ހަދާލިއެވެ.

ސުމާ ކޮފީތަށި ހިފައިގެން ބެލްކަނިއަށް ނިކުމެލިއެވެ. އެއަށްފަހު ރެއިލިންގައި ވާއަތް އަޅުވާލައިގެން އަނެއްއަތުން ކޮފީތަށި ހިފައިގެން ހުއްޓެވެ. ތެތްވެފައި ވާ އޭނާގެ އިސްތަށިގަނޑު ޖެހޭ ފިނި ވައިރޯޅިއާއި އެކު ތެޅިލައެވެ. އަދިވެސް ފަޒާގައި ވަނީ ފިނިކަމެވެ. އިއްޔެއާއި ބަލާފައި އުޑުމަތި ސާފުވިއެއްކަމަކު އޮންނަނީ ކުޑަކޮށް ބަނަކޮށެވެ. ސުމާ އެހެން ހުރެ ކޮފީތަށި ބޯލާ ހުސްކޮށްލިއެވެ. މާލޭގެ މަގުމަތި ހަލަބޮލި ވާންފެށީ އެވަގުތުގައެވެ. ސުކޫލަށްދާ ކުދިން ސުކޫލަށް ދާތަން ފެނެއެވެ. ސުމާ އެދިމާ ބަލަން ހުރުމަށްފަހު އެތެރެއަށް ވަދެލީ ކޮޓަރިއަށް ދިޔުމުގެ ބޭނުމުގައެވެ.

…..

މިއަދުވެސް ޒިން ލާފައި ސުމާ ގެއަށް އައިސް އުޅުނީ ފޫހިވާތީއެވެ. ކުރާނެ ކަމެއް ނެތިގެން އުޅެނިކޮށް މިޝްޔާ އެގެއަަށް އައެވެ. ދެމީހުންވެސް ވާހަކައިގައި ޖެހުނީ މިޝްޔާއަށްވެސް ލަސްނުވާނެތީއެވެ. އަލާން ސުކޫލަށް ލާފައި އައިސް މިޝްޔާވެސް އުޅުނީ ފޫހިވާތީއެވެ. ދެމީހުން ވެގެން ނޫޑްލްސް ކޮޅެއް ކައްކާލާ ޓީވީ އިން ފިލްމެއް އަޅުވައިގެން އެ ބަލަން ތިބިއިރު ހީވަނީ އެމީހުންގެ ޅަދުވަސްކޮޅުހެންނެވެ. ކުރާނެކަމެއްނެތް ބައެއްހެންނެވެ. މިޝްޔާއާއި ސުމާގެ އުމުރުގައި ހުރީ ދެއަހަރުގެ ތަފާތެވެ. މިޝްޔާއަށް އަލާން ލިބުނީވެސް އޭނާ ވަރަށް ޅައިރުގައެވެ. ކައިވެނި ކުރިއިރުވެސް އުމުރުން 19 އަހަރުގައެވެ. އެއީ މިހާރު އެންމެ ރަނގަޅުގޮތެވެ. މާ ގިނަދުވަހު ރައްޓެހިވެ އުޅުމުގެ ބަދަލުގައި އަވަަހަށް ކައިވެނި ކުރުން ރަނގަޅުކަމުގައި ގިނަ މީހުން ދެކެއެވެ.

ސުމާ އާއި މިޝްޔާ އިނީ ޓީވީއަށް ގެއްލިފައެވެ. އަންނަމުން ދިޔަ ފިލްމް އެމީހުންގެ ހުރިހާ ޝައުގުވެރިކަމެއް އަތުލިއެވެ. ދެމީހުންނަށް އެއްފަހަރާ ސިއްސައިގެން ދިޔައީ ގޭގެ ބެލްޖެހި އަޑަށެވެ. ސުމާ ބުރުގާ އަޅާލާފައި ދޮރާއި ދިމާލަށް ދިޔައީ އަވަސްހިނގުމެއްގައެވެ. ދޮރުމަތީ ހުރީ ރީހަންއެވެ. ސުމާ ރީހަން ކައިރި އެތެރެއަށް ވަނުމަށް އެދުނެވެ. ރީހަން އެތެރެއަށް ދެމިގަތީ ވަރަށް މަޑުމަޑުންނެވެ. އަދި ޓީވީއަށް ގެއްލިފައި އިން މިޝްޔާ ކައިރިއަށް ގޮސް ހަޅޭލަވައިގަތެވެ. އެއާއި އެކު މިޝްޔާވެސް ހަޅޭލަވައިގަތެވެ. ދޮރު ލައްޕާފައި އައި ސުމާ ހޭންފެށިއެވެ. “ސާބަހޭ. ކިރިޔާ އޭ މޭގަނޑު އަތަށް ނައީ…” މިޝްޔާ އޭނާގެ މޭގައި އަތްއަޅައިގެން ހުރެ ރީހަންއާއި ދިމާލަށް ބުނެލީ ލޯ އަޅާލުމުންނެވެ. “އަންނަންވީ އެއްޗެއް އަންނާނެ.. ދެލޯވެސް ނިކުންނާނެ.. އެވަރު އެބަ ކުރަމެއްނު..” ރީހަން މިޝްޔާގެކޮލަށް ދަމާލަމުން އެހެން ބުނެލިއެވެ. މިޝްޔާ ރީހަންގެ އަތް ފޮޅާލިއެވެ. “ދެން ވަރަށް އުނދަގޫ ބޮޑުވާނެ.. މިއަދު ފޮނިކަމުން އޮފީހަށްވެސް ނުދޭ.. ސުމްއަށް އިނގޭތަ ބުނެލި އެއްޗެއް… މިޝީ ނުގޮވީއޯ… މީހަކު އަޖައިބެއްނުވާނެތަ.. މިޝް ގޮވަ ގޮވަ ހުއްޓާ 8ވެސް ޖެހީ… ތެދުވަން އުޅޭ މީހަކަށް ދޯ ގޮވައިގެން ވެސް ނެގޭނީ.. މީނަ އުޅުނީ ތެދުވާކަށްނޫންވިއްޔަ.” މިޝްޔާ ރީހަންއާއި ދިމާލަށް ލޯ އަޅާލަމުން އެހެން ބުނެލިއެވެ. ސުމާ ހޭންފެށިގޮތުން މިޝްޔާއަށް ވަގުތުން ހެވުނެވެ. ސުމާ ރީހަން ކައިރި އެއްޗެއް ބޭނުންތޯ އަހާލުމުން ރީހަން ނޫނެކޭ ބުނެލިއެެވެ. އެހެންކަމުން ސުމާ ވެސް އައިސް ޓީވީ ބަލަން އިށީނދެލިއެވެ.

“ދެން މި ނުވާނެ ބަލާކަށް…. ދެން ހުސް ރޯނީ ތިމީހުން. ބަލާބަލަ އެހާައަވަހަށް ސުމާގެ ދެލޯ ފުރިއްޖެ.. މިޝީ އޭނީ ފަޅައިގެން ދާވަރުގަ…” ރީހަން ޓީވީ ނިއްވާލަމުން ބުނެލީ އެދެމީހުންނަށްވެފައި އިންގޮތް ފެނިފައެވެ. “ދެން ރީހަން….. ހާދަ ފޫހިވެޔޭ…” މިޝްޔާ ބުނެލިއެވެ. ރީހަން ހޭންފެށިއެވެ. ސުމާވެސް އޭނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ހިނިތުންވެލިއެވެ. “ސޯ ސުމް… ހައުސް ލައިފް؟” ރީހަން މިޝްޔާ ގެ އަތުގައި ހިފާލައިގެން އިނދެ އެހެން ބުނެލީ ސުމާއާއި ދިމާބަލައިލަމުންނެވެ. ރުޅިއައިއްސާ އިން މިޝްޔާގެ ނަޒަރު ސުމާއަށް ހުއްޓުނީއެހެންވެއެވެ. “ގުޑް ހަމަ” ސުމާ ހީލަމުން ބުނެލިއެވެ. “ސުމް ދެން ތިހެން ހުންނަނީތަ؟ މެރީ ކުރާކަށް ގަސްތެއް ނުކުރަން؟”” ރީހަން ބުނެލިއެވެ. މިޝްޔާ ރީހަންގެ އަތަށް ފިތާލަމުން ރީހަންއާއި ދިމާ ބަލައިލީ ސިހިފައެވެ. މިޝްޔާއަށް އެހެންވީ ސުމާ އަޑުއަަހަން ބޭނުންނުވާނެ ސުވާލެއްކަން އިނގިހުރެ ރީހަން އެހެން އަހާލުމުންނެވެ. “ހެހެހެ..ހުމްމް ބޭނުމެއް ނުވޭ ކުރާކަށް…” ސުމާ ބުނެލީ ގަދަކަމުން ހިނިތުންވެލަމުންނެވެ. އޭނާގެ ކަރުނަތަށް ހިންދަން މަސައްކަތްކުރަމުންނެވެ. “އެކަމަކު ތީތި ކަޑައޭ…” ރީހަން މިޝްޔާގެ އިނގިލަތަކާއި ކުޅެލަމުން އެހެން ބުނެލިއެވެ. ސުމާ ހަމައެކަނި ހިނިތުންވުމަކުން ފުއްދާލިއެވެ. އެމީހުން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ސުމާއަށް އައި ކޯލެއްގެ ސަބަބުންނެވެ. ސުމާ ދުރަށްޖެހިލިއެވެ.

“މިޝީ… އައި ނޯ ބަޓް އަސްލު އަހަރެން ބޭނުމީ އޭނާ މެރީ ނުކުރާން އުޅެނީ ކީއްވެތޯ ބަލަން؟ އޭރުންނު ވީ ކޭން ޓޯކް އަބައުޓް ރިލޭ… އަހަރެން އެންމެ ބޮޑަށް އެނާގެ ލައިފްގައި ވީގޮތް ބަލަން ބޭނުންވަނީ ނަތިންގް އެލްސް.. މިޝީވެސް އަހާލަބަ… އޭރުންނު އެހީއެއްވެސް ވެދެވޭނީ ދޯ…” ރީހަން ބުނެލިއެވެ. މިޝްޔާއޭނާއާއި އެއްބަސްވެލިއެވެ.

“މިޝީޝީޝީ….. މާދަން ޖެހޭ ދާން… އޯ މައި ގޯޑް އަމް ސޯ ނަރވަސް… މިހާރުން ފަށައިގެންވެސް އެބަ ހިތްތެޅޭ.” ފޯނު ކަނޑާލުމަށްފަހު އެމީހުން ކައިރިއަށް ދުވެފައި އައި ސުމާ ބާރަކަށް ބުނެލިއެވެ. “ޔޭ.. އަމް ސޯ ހެޕީ…. ސުމްމްމް….” މިޝްޔާ ސުމާގެ އަތުގައި ހިފާލަމުން އެނބުރިލިއިރު މިޝްޔާގެ ތުންފަތްމަތީ ވަނީ ހިނިތުންވުމެކެވެ. އެކުވެރި ސުމާއަށް ލިބޭ ކޮންމެ އުފަލަކީ އޭނާގެ ވެސް އުފަލެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

އިންސާފް… 21 ވަނަ ބައި..

ބޭވަފާތެރި ނުވަމޭ ޔާރާއޭ
Next

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. (24 ވަނަ ބައި..)

Next
ބޭވަފާތެރި ނުވަމޭ ޔާރާއޭ
June 26, 2016

ބޭވަފާތެރި ނުވަމޭ ޔާރާއޭ.. (24 ވަނަ ބައި..)

Previews
June 25, 2016

އިންސާފް… 21 ވަނަ ބައި..

18 Comments!

  1. Youme says:
    June 26, 2016 at 12:10 am

    Speechless… inthixaaruga mihury stry up kureytho finally up kohdhyfi

  2. Ryn says:
    June 26, 2016 at 12:12 am

    hey guys… like finally here it is.. i am trying trying trying… geah aiinsure.. n today the network was very slow due to some reasons which made my wifi slow… load ve ve ihnany open eh nuvi. gosh..! n finally my data helped me midnight ga.. -_- m sorry that i was late again. dhn abadhu abadhu its my dialog but i am having a busy schedule n plus its ramadan.. whole day i am either studying or in classes or in tution n dhn after that helping with all the things for iftar.. if these all were not there i will surely start to upload the story like twice a week.. but night is the only time i am free… n i write too but half of episodes… mi vaahakaas apart.. hope to c u next saturday.. i didnt check yet but hope we can meet before eid.. -_- :/ okaayh tc c u n thankx for reading darls. <3 thankx for the support n i do read ur comments n its awesome m so happy to see readers loving n waiting for this.. too long… hehe so keep waiting <3

  3. amy says:
    June 26, 2016 at 12:20 am

    awesome 😀

  4. Haaxi says:
    June 26, 2016 at 12:42 am

    Dhn v beykaaru vahaka gina.
    Bt nice story

  5. Blue Lady says:
    June 26, 2016 at 12:45 am

    Mi in part ves varah reethi thankolheh kuru hen heeve. Vedhaane maa kiyaa hithun inyma ves. Waiting for da nxt saturday

  6. Chau says:
    June 26, 2016 at 1:23 am

    Nice story….

  7. Anonymous says:
    June 26, 2016 at 2:20 am

    ME VAHAKA VARAH INTRESTING..
    AKM THANKOLEH DHIGU KOHLACHEY THEN FAHARAKUN..
    HOPE TO UPDATE V SOON …

  8. Ushaa says:
    June 26, 2016 at 5:01 am

    wow Rynn.. Mi prtvx hama vrh vvvvvvvvvvvvvvvvvvvvvv salhi… Hop to c u nxt saturday…..

  9. Appy says:
    June 26, 2016 at 7:50 am

    Wow mi part vx hama v obi…..hehe miss u tooooo n waiting for next ep …..????

  10. m.j mary says:
    June 26, 2016 at 10:27 am

    this part is very nice waiting 4 next part

  11. FAI says:
    June 26, 2016 at 11:44 am

    compare to last parts this is not nice. so much of useless scripts. anyway thanks. good work:)

  12. Thaany says:
    June 26, 2016 at 2:49 pm

    V v reethi mazin r dhimaawaane dw dhn v awahah…

  13. Ameesha says:
    June 26, 2016 at 4:05 pm

    V nice mi part vx…
    Keep up your hard work….
    Waiting forever the text part….?

  14. Enash Ibrahim says:
    June 26, 2016 at 4:19 pm

    Nice

  15. hax says:
    June 26, 2016 at 8:03 pm

    Nice

  16. ken? says:
    June 26, 2016 at 11:30 pm

    awnnnn rynoooo….v miss vey mi stry mathin..? btw as usual its awesome..im jux waiting for de day dat they both meet in de hospital…hhehhe…n miulhey rish ah rangalhu landei dheythi..??
    gdlck…n b happi

  17. vishaa says:
    June 27, 2016 at 9:46 am

    wow nice ….keep it up

  18. Marsh says:
    June 28, 2016 at 4:49 pm

    Vvvvv nice mi part ves…. i lvd it

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން… 12←


All Right Reserved!