ތަޤުދީރު-17
ޔަލްވީގޮސް ގޭތެރެއަށް ވަތްއިރު ކާފަ އިނީ ޤުރުއާން ކިޔަވާށެވެ. މެންދުރު ނަމާދަށް ދިއުމުގެ ކުރިން ކާފަގެ އާދައެކެވެ. މާމަ އިނީ ފަން ވިންނާށެވެ. މާމަގެ ދާދި ގާތުގައި ހެވިފައި އެއިނީ ލިއަމް ނޫން ދެވަނަ މީހެއް ނޫނެވެ. ޔަލްވީ ގޮސް ވަނުމާއެކު ލިއަމް އިސް އުފުލާ ބަލާލިއެވެ. އެހިނދު ޔަލްވީއާއި ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޔަލްވީ އަވަސް އަވަހަށް ލިއަމްގެ މޫނުން ނަޒަރު ވަކި ކޮއްލަމުން މާމަ ކައިރީ އިން ކުޑަ ގޮނޑީގައި އިށީނެވެ.
”އަނހާ މި އައީނު މާމަގެ ދަރިފުޅު….ދަރިފުޅާ ދޭބަލަ މިސޮރު ގޮވައިގެން ބަގީޗާތެރޭގައި ހުންނަ ރުއް ދައްކަން…. މިދަރި އަށް އެނގެޔޯލަ ކުރުބާ އަޅަން“ މާމަ ގެ ބަހުން ޔަލްވީއަށް ލިބުނީ ހައިރާން ކަމެކެވެ. ލިއަމް ކަހަލަ މީހަކަށް ކުރުނބާ އަޅަން އެނގޭނެ ހެއްޔެވެ؟
”މާމާ ކީއްކުރާ ކުރުބާ އެއްތަ؟ އެހެނޫނަސް ދޮންބެ ކޮބާ ތަ…. ދޮންބެ އަށް އެނގޭނެ އެއްނު ކުރުބާ އަޅަން؟“
”ދަރިފުޅު ހާދަ ސުވާލެކޭ ދޯ….. އެއީ މެންދުރު ކާން ވާއިރަށް ކުރުބާ ފަނި ގިރަން ވެގެނޭ…. ޔުވާން އޮތީ ނިދާފައި…..ލިއަމް ދަރިފުޅު ބުނީ އޭ ރާމިޒާ މެން ކުރުބާ ހޯދަން އުޅެންފެށީމަ އަޅާދޭނެ ވާހަކަ….އެހެންވެ އޭ މާމަ ޔަލްވީ ހޯދީ…..ދެން އަވަހާ ދޭބަލަ އެފަރާތަށް“ މާމަ އެހެން ބުނުމުން ޔަލްވީ ބޯޖަހާލާފައި ބިއްދޮށު ދޮރުން ނުކުންނަން ހިނގައި ގަތެވެ. ފަހަތުން ލިއަމް ވެސް ނުކުތެވެ.
ގޭގެ ބިއްދޮއް ފަރާތަށް ނުކުމެވުން އިރު ހަތަރު ވަރަކަށް ރުކާއި އެކި ވައްތަރުގެ މޭވާ ގަސްތައް އިންދާފައި ހުއްޓެވެ. ޖާގަ ބޮޑުވެފައި ތަނަވަހެވެ.
”އާ ޔޫ ޝުއާ ރުކަށް އެރޭނެކަން؟ މާމަ ކުރިމަތީ އެހެން ބުންޏަސް އޯކޭ އޭ ނޭރެވުނަސް….ބައްޕަ ކައިރީ ބުނާނީ ކުރުބާ އަޅާދޭން“ ޔަލްވީ ވާހަކަ ދެއްކީ އިސް ޖަހާލައިގެން ހުރެއެވެ. ލިއަމްގެ ލޮލަށް ނުބަލަން ހުވާ ކޮއްގެން ހުރި ކަހަލައެވެ.
”ޕްރިންސެސް…. ޑޯންޓް އަންޑަރއެސްޓިމޭޓް ދަ ކެޕެބިލިޓީ އޮފް އަ މިލިޓަރީ ގާއި….މީ އެއްވެސް ކަމެއް ނޫނެއްނު މި ރުއްތައް އެހާ ދިގެއްވެސް ނޫން ވިއްޔާ…..އެހެންނޫނަސް ޓްރެއިނިން ތަކުގައި މިއަށްވުރެ ދިގު ރުކަށް ވެސް އަރާފަ ހުންނާނީ“ ލިއަމް ހިނިތުން ވެލަމުން ޔަލްވީގެ މޫނަށް ބަލާލިއެވެ.
”އޯކޭ“ ޔަލްވީ އިތުރު އެއްޗެއް ނުބުންޏެވެ.
”ކިހިނެއް ވެފަތަ ތިހުންނަނީ؟ ބުނެބަ ކަމެއް އުޅެންޏާވެސް އޭރުން ދޯ ހައްލު ކުރޭވޭނީ“ ޔަލްވީއަށް އައިސްފައި ހުރި ބަދަލު ލިއަމްއަށް ވެސް ފާހަގަ ވެއެވެ. މާމަ ކައިރީ ބުނެގެން ޔަލްވީއަށް ގޮވީ ވެސް އެކަނި ވެލައި ޔަލްވީއަށް ވެފައި ހުރި ގޮތެއް އޮޅުން ފިލުވުމަށެވެ. ޔަލްވީގެ ދަތްދޮޅީގައި ހިފައި އުފުލާލިއެވެ. އަދި ފަރުވާތެރިކަމާއެކު އެ މައުސޫމު ދެލޮލަށް ބަލާލިއެވެ.
ޔަލްވީއަށް ހީވީ މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮއްލިހެނެވެ. ލިއަމްގެ އެ އަނދިރި ރެއެއް ފަދަ ކަޅުކަންގަދަ ފުން ދެލޯ ފެނި މުޅި ގައިން ހީބިހި ނަގުވާލިއެވެ. ”ރިލޭކްސް ބޭބީ….ބުނެބާ ވާގޮތެއް“ ލިއަމް މަޑުމަޑުން ޔަލްވީގެ އުނަގަނޑުގައި ހިފައި ގާތަށް ދަމާލިއެވެ.
”އައިޑޯންޓް އަންޑަސްޓޭންޑް ޔޫ ލިއަމް….ވައި ޑޫ ޔޫ ބިހޭވް ލައިކް ދިސް؟ އައި ނޯ މިދޭތެރޭގައި ފްރެންޑްޝިޕް ނޫން ގުޅުމެއް ނުވާކަން….ދެން ކީއްވެ؟ ވައި ޑޫޔޫ އެކްޓް ލައިކް ދިސް؟ ދެޓް ރިންގް އޮފް ޔުއާސް؟؟ އިފް ޔޫ ހޭވް އަ ވައިފް އޯ ފިއޯންސޭ ވައި އާ ޔޫ ސޯ ކްލޯސް ވިތް މީ؟“ ޔަލްވީ ފެންކަޅިވިއެވެ.
”ވަޓް؟ ފިއޯންސޭ؟؟ ލުކް އެޓް މީ ބޭބީ ދިސް އިޒް ނޮޓް އަ އެންގޭޖްމެންޓް ރިންގް އޯ ވެޑިން ރިންގް….. އަހަރެންގެ ހަޔާތުގައި އިތުރު އަންހެނެއް ނުހުރޭ….އައި ޖަސްޓް ކާންޓް ހޭވް…..އާހްހް“ ލިއަމްގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. ކަރުތެރެއިން ވޭނީ އާހެއް ބޭރުކޮއްލަމުން އިސްތަށިގަނޑުގައި އެއް އަތް ހިންގާލިއެވެ.
”އައި ޑޯންޓް ބިލީވް ޔޫ“ ޔަލްވީ ލިއަމް އާ ދުރަށް ޖެހިލިއެވެ. ހަދާނެގޮތެއް ނޭނގި ހުރެފައި ލިއަމް ރުކައް އަރަން ފެށިއެވެ. ފަރިތަކަމާއެކު ރުކައް އަރައި ކުރުބާ އެޅިއެވެ.
”ލީވް އިޓް….އަހަރެން ގެންދާނަން“ ޔަލްވީ ބިންމަތީގައި ހުރި ކުރުބާތައް ނަގަން އުޅެން ފެށުމުން ލިއަމް އެކަން މަނާ ކުރިއެވެ.
”މަންމާ މިހުރީ ކުރުބާ ގެނެއްސަ“ ލިއަމްގެ ފަހަތުން ޔަލްވީ ބަދިގެ ފަރާތަށް ގޮސް ޖޫލިޔާ އަށް ގޮވިއެވެ.
”އަހަރެން ކުރުބާތައް ހަދާ ދޭނަން… ޕްރިން….އަމް ޔަލްވީ އާދޭ ޖަގު ހިފައިގެން“ ޖޫލިޔާ ހިނިތުން ވެލާފައި ބަދިގެ ތެރެއަށް ވަނީ ލިއަމް ކުރުބާ ހަދަން ފެށުމުންނެވެ. ކައިރީ ޖަގު ހިފައިގެން ޔަލްވީ އިނެވެ.
…………………………….
ނިދާ ހޭލައި ތާޒާ ވެލައިގެން އަޒާން ނުކުތީ ބޭރަށެވެ. އޭރު ބަންގި ގޮވާ އަޑު އިވެއެވެ. އަޒާން ގަސްދު ކުރީ މިސްކިތައް ގޮސް ނަމާދު ކޮއްލާށެވެ. އެރަށަކީ އަޒާން އަށް އާރަށަކަށް ނުވުމުން މިސްކިތް އިންނަ ތަން އެނގެއެވެ. ޖަމާއަތުގައި ނަމާދު ކޮއްލައިގެން ފޭބި އިރު ކާފަ ޒިކުރު ކުރަން އިންތަން ފެނިގެން ގޮސް ކާފަ ގާތު އިށީނެވެ. ކާފަ ޒިކުރު ކުރާދެކަށް އަޒާން ޙަތިމެއް ނަގައިގެން ޤުރުއާން ކިޔަވަން އިނެވެ. ކާފަ ޒިކުރު ކޮއް ނިމުމުން އަޒާން ކޮނޑުގައި ޖަހާލާފައި ދާން ވެއްޖެ ކަމަށް އިޝާރާތް ކޮއްލިއެވެ. ޙަތިމް ލައްޕާލައި ހަރުގައި ބާއްވާފައި އަޒާން ކާފަގެ ފަހަތުން މިސްކިތުން ނުކުމެ ގެއަށްދާން ހިނގައި ގަތެވެ. ކާފައާއި އެކި ވާހަކަ ދައްކަމުން ދިޔައިރު މަގުމަތިން ފެންނަ ދުވަސްވީ މީހުންނާ ސަލާމް ކޮއްލަން ކާފަ މަޑުކޮއްލައެވެ. ކާފަ ކޮންމެ މީހަކަށްވެސް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާ ކޮއްލަމުން ސަލާމް ކޮއްލުމުން އަޒާން ވެސް އޭގެން ކޮންމެ މީހަކާ ސަލާމް ކޮއްލައެވެ. އެކަން ކާފައަށް ވަރަށް ކަމުދިޔަކަން ކާފަގެ ހިނިތުންވުމުން ފާހަގަވެއެވެ.
”އިޔޫ ގެ ޔާން ބޭބެ……ޔޭއި“ އަޒާން ގޭގެ މައިދޮރުން ވަދެވުމާއެކު ކުޑަކުޑަ އިޒްޔަން ދުވަމުން ގޮސް އަޒާން ގައި އޮޅުލައިގަތެވެ. ”ހަހަހަހަ…..އިޒޫ އެހުންނަނީ އަޒާން ނަމާދުން އަންނަންދެން….އިރުއިރުކޮޅުން ގޮސް ދޮރުން ބޭރު ބަލާނެ އާދޭތޯ…..ބޮޑު ފަތިހާ ހޭލައިގެން އުޅެފައި އަޒާންމެން އައި އިރު ނިދިގެން ވެއްޓިއްޖެ…. ރޭގަވެސް ނިދީ އެހާވަރުން ތިމީހުން އަންނަކަން އެނގިގެން ނުނިދަން ގަދަހަދާލާފައި ހުރީ“ ފަރީދާ ހެމުން ވީގޮތް ކިޔާދިނެވެ.
”އެ ތެދެއް ކޮއްކޮ ނުނިދަން ވެގެންތަ އުޅުނީ…. ނުނިދަންޏާ ކާރު ނުދުއްވޭނެ އެއްނު ދޯ“ އަޒާން އިޒްޔަން ނަގާ އުރާލިއެވެ. އިޒްޔަން އަޒާން އާހެދި ފޯރި ހުންނަ ވަރުން އެންމެން ވެސް ތިބީ މަޖާ ވެފައެވެ.
އެންމެންވެސް ކެއުމަށް ހާއްސަކުރެވިފައި ހުރި ތަނައް ދިޔައެވެ. އާއިލާގެ އެންމެން ބައިވެރިވާ ޚާއްސަ ދުވަހަކަށް ވުމުން މިއަދުގެ ކެއުން ތައްޔާރު ކުރެވިފައިވަނީ ބަގީޗާތެރޭގައި ހުރި ބޮޑު އަނބު ގަސް ދޮށުގައެވެ. ބޮޑު މޭޒެއް މަތީގައި ދިވެހި ކެއުންތައް ނަން ހުސްކޮއް ހުއްޓެވެ.
”ލާމު އަތޮޅުގެ އެންމެ ޚާއްސަ އެއްޗަކަށް މިވަނީ ގޮޅަ ރިހަ ކަމަށް އަބަދުވެސް އަޑުއަހަން…މިއަދު ރަހަވެސް ބެލޭނެތާ ދޯ“ މީކައިލް ހުރީ ކާމޭޒު ފެނި ވަރަށް ގަޔާވެވިފައެވެ. ”އެހެންވީރު ލަސްނުކޮށް އަވަހާ ފަށަމާ ދޯ“ މިއުވާން ހިނިތުން ވެލަމުން މީކައިލްގެ ބުރަކަށީގައި މަޑުމަޑު ޖަހާލިއެވެ. އެންމެން ވެސް ކެއުމަށް އިންސާފު ކުރަންފެށިއެވެ. ކާއެއްޗެހީގެ މީރުކަމުން ބަނޑު ފުރާ ކެއެވެ.
”އަނހާ އަޒާން ހާދަ އަވަހާ ނިންމާލީ…..އަދި ކާން ވާނެ“ ކާފަ އުޅުނީ އަޒާން ކެއިވަރު މަދުވެގެންނެވެ. ”ނޫން ކާފާ…..މިހާރުވެސް ބަނޑަށް އުނދަގޫ ވާވަރަށް ކެވިއްޖެ“ އަޒާން ބަނޑުގައި ފިރުމާލިއެވެ. އަޒާން މާގިނައިން ކެއުމުން އުނދަގޫ ވެގެން ހިނގެނީވެސް އެހާ އުނދަގުލުންނެވެ. އެކަން އާޔަތު އަށް ވީ މާ މަޖާ ކަމަކަށެވެ. ހޭންފެށި ތަނާ އަނގައިގަ ހުރި ބަތް ސުވާ ދިޔައީ ނުބައި ހޮޅިއަކުންނެވެ. ކޮށި އަރައިގެން އާޔަތު ކެއްސަންފެށިއެވެ. ބަލާކަށް ނުހުރެ އެންމެ ފުރަތަމަވެސް ދުއްވައިގަތީ އަޒާންއެވެ. އަޒާން ގޮސް އާޔަތަށް ފެންތަށި ދިއްކޮއްލުމުން އާޔަތު އޭގައި ހިފައި ބޯލިއެވެ. އަދިވެސް އާޔަތުގެ ކެއްސުމަށް ބަދަލެއް ނާންނާތީ އަޒާން އާޔަތުގެ ބުރަކަށިގައި ފިރުމާލާފައި ދެތިން ފަހަރަކު މަޑުމަޑުން ޖަހާލިއެވެ. އިސާހިތަކު އާޔަތުގެ ކެއްސުން ވެސް ހަމައަކަށް އެޅުނެވެ. ”އާޔޫ އޯކޭ؟ އަދި ފެން ފޮދެއް ބޯލާ“ އާޔަތުގެ ބުރަކަށީގައި ފިރުމަމުން އަޒާން އަނެއްކާވެސް އާޔަތުއަށް ފެންދިނެވެ.
އޭރު އެންމެން ހާސްވެފައި އެދެމީހުން ގާތު ތިއްބެވެ. ހަމަޖެހުމުގެ ނޭވައެއް ލެވުނީ އާޔަތު ރަނގަޅު ކަމަށް ބުނުމުންނެވެ. އާޔަތުގެ ބުރަކަށިގައި އޮތް އަތް އަޒާން ދުރުކޮއްލީ އާޔަތު ފަހަތަށް ޖެހިލުމުންނެވެ. ލޯ އަޅާލާފައި އާޔަތު އެތަނުން ދިޔައީއެވެ.
………………….
ހަވީރުގެ ވަގުތެވެ. އެންމެން ނުކުތީ ރަށުތެރެ ބަލާލުމަށެވެ. ދެކާރުގައި ދެބަޔަކަށް ބެހިލައިގެންނެވެ. އެއްކާރުގައި ލިއަމް ދުއްވަން އިންއިރު އެކާރަށް އެރީ ޔަލްވީ އާއި ރާޔާ އަދި އާޔަތުގެ އިތުރުން ޔަލްވީގެ ކޮއްކޮ ޔާވިން އެވެ. އަނެއް ކާރަށް ދުއްވަން އެރީ އަޒާން އެވެ. އިޒްޔަން އިނީ އަޒާންގެ އުނގުތެރޭގައެވެ. ޔުވާން އާއި މައުރާ އެރީ އަޒާންގެ ކާރަށެވެ. ރާޔާ އާއި ޔާވިން އާއެކު އެއް ކާރަށް ނޭރެވުމުން މައުރާ އިނީ ދެރަވެފައެވެ. އަޒާން އިން ކާރަށް އަރަން އާޔަތު ބޭނުން ނުވީއެވެ. މަހީރް އާއި މީކައިލް ބޭނުންވީ ސައިކަލުގައި ދާށެވެ. ކާރުތައް ނައްޓާލުމުން މީކައިލް އާއި މަހީރްވެސް އެއްހަމަ އެއްގައި ދުއްވަމުން ދިޔައެވެ.
ކުދިންތައް ބުރުޖަހަން ދިޔުމުން މަންމަމެން ދިޔައީ ރަށުގެ އަންހެނުންގެ ކޮމެޓީ ފަރާތުން ރަށުތެރެ ކުނިކަހާށެވެ. ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4 ކުން 6 ކަށް ރަށުތެރެ ކުނިކަހަން ގިނަ އަދަދެއްގެ އަންހެނުން ނުކުމެ އުޅެއެވެ. ފޫހިފިލުވާލުމަށާއި އެކުވެރިންނާއެކު އަނގަތަޅާލުމަށް ލިބޭ ފުރުސަތެއް ގޮތުގައި އެމީހުން ދެކެއެވެ. ކާފަ އާއި މާމަ ދިޔައީ އާދައިގެ މަތިން ވަލަށެވެ. ދަނޑު ހެއްދުމާއި ފަން ހޮވުން ފަދަ ކަންކަމަކީ އެދެމަފިރިން ފޫހި ފިލުވުމަށް ކޮށް އުޅޭ ކަންކަމެވެ. އުމުރުން ދުވަސް ވުމުން މަސައްކަތް ނުކޮށް ތިބޭކަށް އެދެމަފިރިން ބޭނުމެއް ނުވެއެވެ. އެހެން ކަމުން އެދެމަފިރިންވެސް ދައްކަނީ އުމުރަށް ވުރެ ސިއްޙަތު ރަނގަޅު ކޮށެވެ.
ޔާސިރާއި އަދީލް އަދި މިއުވާން ދިޔައީ މަސް ފެކްޓްރީގެ ކަންކަން ބަލާލުމަށެވެ. މިއުވާން ރަށަށް ބަދަލުވި ފަހުން އަދީލް މެނާއި ބައިވެރިވިއެވެ. ރާމިޒާގެ ފިރިމީހާ އަދި ޔުވާންގެ ބައްޕަ އަކީ ރަށު ޕޮލިސް ސްޓޭޝަންގެ ވެރިމީހާއަށް ވުމުން އާއިލީ ވިޔަފާރީގައި މާބޮޑަށް ނޫޅެވެނީއެވެ. ނަމަވެސް ހުސްވަގުތު ގައި އަތްގާތްކޮއްލަދީ އުޅެއެވެ.
………………………
ރަށުގެ އެކި ތަންތަން ބަލަމުން ގޮސް ޕަރީ ފެންގަނޑު ބަލާލުމަށް އެންމެން ވެސް ކާރުން ފައިބައިގެން ދިޔައެވެ. މުޅި ސަރަަހައްދު ބެލުމަށް ފަހު އެތަނުގެ ފޮޓޯ ނެގުމަށް ފަހު ޔަލްވީ އިންސްޓަގްރާމް އަށް ޕޯސްޓް ކޮއްލިއެވެ. ”މިތަން ހާދަ ރީއްޗޭ ދޯ…..އާންމުކޮށް ފެންނަނީ ފޮޓޯ ތަކުން….އަސްލަށް ފެންނަ އިރު މާ ރީތި“ މީކައިލް ހުރީ ފެނގަނޑަށް ނަޒަރު ހުއްޓާލައިގެނެވެ. އާޔަތު އާއި ޔަލްވީ ދުރުގައި ފޮޓޯ ނަގަން ތިއްބެވެ. އިޒްޔަން ގޮވައިގެން ހުރި އަޒާން ފޯނު ނަގައި އާޔަތުގެ ފޮޓޯ އެއް ނަގާލިއެވެ. އެމަންޒަރު އާޔަތުއަށް ރަނގަޅަށް ވެސް ފެނުނެވެ. ބުމަ ގޮއްޖަހާލަމުން އަނެއް ފަރާތައް އެނބުރުނީ އެންމެން ކުރިމަތީގައި އެއްޗެއް ނުބުނުމަށެވެ.
”އެނގޭތަ މިތާގެ ރީތިކަމާ އެއްވަރަށް އެހާ ނާމާން ވާނެ…..ދުވާލު ޕަރީ އުޅުނަސް ރޭގަނޑު އުޅޭނީ ހަންޑި ކުދިން…..ބޫވްވްހްހްހް“ ޔުވާން ބިރުވެރި އަޑަކުން ހަޅަޭއްލެވުމުން ޔާވިން އާއި ރާޔާ އަދި މައުރާ ދުއްވައިގަތީ މަގާ ދިމާއަށެވެ. އާޔަތު އާއި ޔަލްވީ ވެސް ހަޅޭއްލަވަމުން ނުކުތެވެ. މަހީރް ވެސް މީކައިލް ގެ އަތުގައި ހިފާ ދަމަމުން ހަޅޭއްލަވަނީއެވެ. ލިއަމް ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. އަޒާން އަށް ވެސް ހެވެނީއެވެ.
”ޔޫވީ އަޅެ ރަނގަޅު ތިކުރި ކަންތައް….އެކުދިން ބިރުން ހަލާކު ވާނެ މިހާރު“ އިޒްޔަން ބިރުން އަޒާން ގެ ކަރުގައި އޮޅުލައިގެން އޮތެވެ.
ކާރުތައް އޮތް ހިސާބަށް އާދެވުނުއިރު ޔުވާންގެ ފޯނު ރިންގުވަނީއެވެ. ފޯނަށް ޖަވާބު ދިނުމަށް ފަހު ޔުވާން މުހިންމު ކަމަކު ދާން ޖެހިއްޖެ ކަމަށް ބުންޏެވެ. ރައްޓެއްސަކު ސައިކަލުގައި ބަލާ އައުމުން ޔުވާން ދިޔައީއެވެ.
ރާޔާ އާއި ޔާވިން ގަދަހެދުމުން އާޔަތު ޖެހުނީ ގޮތްދޫކޮއްފައި މައުރާއަށް ލިއަމް މެންގެ ކާރުން ޖާގަ ދީފައި އަޒާން އިން ކާރަށް އަރާށެވެ. އާޔަތު ކާރަށް އެރުމުން އަޒާން ގާތަށް އައީ ނުލަފާ ހިންޏެކެވެ. ”އެއްވެސް މަޖަލެއް ނޫން….ކީއްކުރަން ތިހެނީ ….ޔޫ އާ ސޯ އެރޮގެންޓް އެންޑް ރޫޑް“ އާޔަތު ކަޅި އަޅާލިއެވެ.
”ދައްތީ އެރޮޑެންތު އެއީ ކޯޗެއް“ އިޒްޔަން ސުވާލު ކޮއްލީ އާޔަތު އަށެވެ. އާޔަތު ދެލޯ ބޮޑު ކޮއްލާފައި އަޒާން އަށް ބަލާލިއެވެ. އަޒާން އިނީ ހެވިފައެވެ. ”އިޒޫ އެހެން ނުކިޔައްޗޭ އެއީ އައްޗި ވޯޑްއެއް….އެއްވެސް ކުއްޖަކު އެހެން ނުކިޔާނެ އެނގޭ“ އާޔަތު ބެލީ އިޒްޔަން އަށް ވިސްނާ ދެވޭތޯއެވެ.
”ދައްތި ކީއްވެ އައްޗި ވޯޑްސް ކިޔަނީ….މަންމި ކައިރީ ބުނާނަން ދޯ ބޭބޭ“
މުޅި ދަތުރު މަތީގައި ވެސް އާޔަތު އިތުރު އެއްޗެއް ނުބުނެއެވެ. އިޒްޔަން ދިޔައީ ހުއްޓާނުލާ އެކި ވާހަކަތައް އަޒާން އަށް ކިޔާދެމުންނެވެ. އިޒްޔަން ގެ ވާހަކަ ތަކާ އަޒާން ވެސް ބައިވެރި ވަމުން ދިޔައެވެ. ދޭތެރެއަކުން އާޔަތުއަށް ޖެއްސުން ކޮއްލުމަށް ބަހެއް އެއްލައެވެ.
…………………..
އިޝާ ނަމާދަށް ފަހު އެންމެން ކާން އެއްވި ގަޑިއަކީ ޔުވާން ބޭރުން އައިސް ވަތް ގަޑިއެވެ. ޔުވާން އާއެކު އައިސް އެހުރީ މެހެކް އެވެ.
”މެހެކް ކޮންއިރަކު ތިއައީ؟ ނުވެސް ބުނަމެއްނު؟“ ލިއަމް ގޮސް މެހެކް ގާތު ހުއްޓުނެވެ. ޔަލްވީ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.
”މަންމާ…. ބައްޕާ މީ އަހަރެން އިންނަން އުޅޭ ކުއްޖާ….މެހެކް“ ޔުވާންގެ ޖުމްލައިން އެންމެ ބޮޑު ސިހުމެއް ލިބުނީ ލިއަމް އާއި ޔަލްވީއަށެވެ.
3 Comments!
Comments are closed.


Hey all! 🤍 Thought of posting an extra episode for you guys to make up for the missed days. 🥹✨
Hope you guys enjoy it! Do leave me your feedback. I’d love to know what you think. 💗
OMG no wayyy!!:(
Can’t wait for the next ep!!!