ތަޤުދީރު-18
”މަންމާ…. ބައްޕާ މީ އަހަރެން އިންނަން އުޅޭ ކުއްޖާ….މެހެކް“ ޔުވާންގެ ޖުމްލައިން އެންމެ ބޮޑު ސިހުމެއް ލިބުނީ ލިއަމް އާއި ޔަލްވީއަށެވެ.
”ވަޓް؟؟ ދޮންބޭ!!“ އެންމެންގެ މޫނުމަތިން އުފާވެރިކަން ފެންނަން ހުރި އިރު ޔަލްވީއާއި ލިއަމްގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ.
”ދަރިފުޅާ މަންމަ ވަރަށް އުފާވެއްޖެ… މަންމަމެން އަބަދުވެސް އިންތިޒާރު ކުރަމުން އައީ ދަރިފުޅު މަންމައަށް ޅީދަރިއަކު ހޯދައިދޭނެ ދުވަހަކަށް“ ރާމިޒާ ހުރީ އުފަލުން ހުރިހާ ދަތެއް ފެންނަ ވަރަށް ހިނިތުންވެލައިގެންނެވެ. ރާމިޒާ އާއި ފިރިމީހާ ޔާފިއު މެހެކް އާއި ސަލާމްކޮށް މަރުހަބާ ކިއެވެ.
”ދަރިފުޅުމެން ކޮންއިރަކު ކައިވެނިކުރަން ތި ވިސްނަނީ؟ ކޮބާ މެހެކްގެ އާއިލާ މީހުން؟“ ޔާފިއު ކާން އިށީނަމުން ޔުވާން ކުރެން އެހިއެވެ.
”އަޅުގަނޑުގެ މަންމަ ވަނީ އަޅުގަނޑު ވަރަށް ކުޑައިރު ނިޔާވެފަ….ބައްޕަ ވަނީ މާލޭގަ….ބައްޕަ އަންނާނެ ކައިވެނީގެ ދުވަސް ކައިރި ވީމަ…ދެން ހުންނާނީ އަޅުގަނޑު ގެ ބޮޑު ބޭބެ އަދި ލިއަމް….އިތުރު އެހެން މީހަކު ނުހުރޭ އާއިލާގަ“ އިސްދަށަށް ޖަހައިގެން އިންއިރު މެހެކް އިނީ ފެންކަޅިވެފައެވެ.
”ދެރަ ނުވޭ ދަރިފުޅު މިހާރު ތީ މިއާއިލާ ކުއްޖެކޭ…. މީވެސް ދެން މަންމަ އެންނު….ލިއަމް އަކީ މެހެކްގެ އާއިލާ ކުއްޖެއްތަ؟“ ރާމިޒާ މެހެކްގެ ބޮލުގައި ލޯބިން ފިރުމާލިއެވެ.
”ލައްބަ….މެހެކް އަކީ އަޅުގަނޑުގެ ދެބެންގެ ދެދަރި ކުއްޖެއް…..އަޅުގަނޑަކަށް ވެސް އެނގިފައެއް ނުވޭ މެހެކް އާއި ޔުވާން ކައިވެނި ކުރަން އުޅޭ ކަމެއް….ނުވި ތާކަށް ނުވެސް ބުނޭ ދެމީހުން އެކަކު އަނެކަކު އެނގޭކަންވެސް“ ލިއަމް ބަލާލީ ޔުވާން އަށެވެ. ”ސޮރީ…. އެއްވެސް މީހަކު ކައިރީ ނުބުނެވުނީ…. ހުރިހާ ކަމެއް ވެސް ވަރަށް އަވަހާވީ އެހާ ކުޑަ ދުވަސްކޮޅެއް ތެރޭގަ ދޯ ބޭބް“ ޔުވާން ލިއަމް އަށް ބަލާލަމުން މެހެކްގެ އަތުގައި ހިފާލިއެވެ. މެހެކް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.
…………………………
”ގާއިސް….ޔުވާން ދޮންބެ އިޒް ގެޓިން މެރީޑް…..ފައިނަލީ ވީ ގެޓް ޓު ޕާޓީ…..ޔޭއި“ ޔާވިން އާއި މައުރާ އަދި ރާޔާ ތިބީ ކައިނިމިގެން ގޯތި ތެރޭގައި ހުރި ބޮޑު އަށި މައްޗަށް އަރައެވެ. ”ރާޔޫ ކީއްވެފަ ތި އިންނަނީ ……ހެޕީ އެއްވެސް ނުވޭތަ ދޮންބެ ދައްތަ އެއް ލިބުނީމަ…..އެބަ އިނދޭ މާކަނައެއް ހެން ބިމަށް ތުން ހަރައިގެން“ އެންމެ އަނގަ ގަދަކޮށް އުޅޭ ރާޔާ ނެގިމަޑުވެފައި އިނުމުން ޔާވިން އަށް އެއްޗެއް ބުނެނުލާ ނީދެވުނެވެ.
”ނޭގެ….އައިޑޯންޓް ލައިކް ހާ…..ޝީ ގިވްސް ނެގެޓިވް އެނާޖީ“ ރާޔާ އެންމެ ފަހުން ހިތުގައި އޮތް ޖުމްލަ ޔާވިން އާއި މައުރާ އަށް ހިއްސާކުރިއެވެ.
”ސްސްސް…މަޑުން ވާހަކަ ދައްކަބަލަ….މީހަކަށް އަޑު އިވިދާނެ…އެއީ ދޮންބެގެ ގާރލް ފްރެންޑް އޭ ވީ ކާންޓް ޓޯކް ބޭޑް އެބައުޓް ހާ“ މައުރާ ރާޔާގެ އަނގަ މަތީގައި އަތް އެޅިއެވެ.
……………………………..
ހެނދުނުގެ ވަގުތެވެ. ޔަލްވީ އިނީ ބަގީޗާ ތެރޭގައި ހުރި ބޮޑު އުނދޯލީގައި ޗިޕްސް ޕެކެޓެއް ކާށެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ހިޔާލަކަށް ގެއްލިފައެވެ. “ޕޮއް….ޔައްލު ކޮންކަމަކާތަ އެހާ ގެއްލިފަ ތީނީ….ލިއަމް ކަމެއް ކުރީތަ…އިއްޔެ މެންދުރުން ފެށިގެން ހާދަ ފާޑަކަށް ތިއިންނަނީ؟“ އާޔަތު އައިސް ޔަލްވީ ކައިރީ އުނދޯލީގައި އިށީނެވެ.
”ނޭގެ ލިއަމް އިޒް އެކްޓިން ސޯ ވިއާޑް…. ދެޓް ރިންގް ހީ އިޒް ވެއަރިން….އިޓްސް ބޮދަރިން މީ…. ސަމް ޓައިމްސް ހީ އެކްޓް ލައިކް ހީ ކެއާ އެބައުޓް މީ…..އާހް! ދެން ނޭގެ…އަދި އެ މެހެކް ގަނޑު….“ ޔަލްވީގެ ވާހަކަ މެދު ކެނޑުނީ އަޒާން އަންނަތަން ފެނުމުންނެވެ.
”ހެއި …..ހާދަ އޮލަ ވާހަކައެއްގަ އޭ…..އެމް އައި އިންޓަރަޕްޓިން؟“ ހިނިތުން ވެލަމުން އަޒާން އިށީނީ ޖޯލީގައެވެ.
”ޔެސް ޔޫ އާ…އައުޗް“ އާޔަތު ބުނަން އުޅުނުއެތި ފުރިހަމަ ނުކުރެވެނީސް ޔަލްވީ އާޔަތުގެ ފައިގައި ވިކައިލިއެވެ.
”އާޔޫ….ބޭޑް މޭނާސް“ ޔަލްވީ ލޯ އަޅާލިއެވެ.
”އަޒާން….ކޮބާ ލިއަމް؟“
”ލިއަމް އެބައުޅޭ ގޭބިއްދޮށު ޖޫލިޔާ ދައްތައަށް ކާށި އެހެން އެހީވެ…..އަހަރެން އެހާ ގަޔާވާ ކަމެއް ނޫންވީމަ މި އައީ ދެން“ އަޒާން ޖޯލީގައި ހަމަޖެހިލިއެވެ.
”ގަޔާނުވަނީތަ ނޫނީ ނޭގެނީތަ؟“ އާޔަތުގެ މޫނުމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ.
އަޒާން އިތުރު އެއްޗެކޭ ނުބުނެ ޖޯލީގައި އޮތެވެ. ޔަލްވީ ކާން އިން ޗިޕްސް ޕެކެޓު ކުޑަ މޭޒުމަތީގައި ބާއްވާފައި އެބަ އަންނަން ކަމުގައި ބުނެފައި ދުވަމުން ގޭބިއްދޮށަށް ދިޔައީއެވެ.
”ތީ ޔައްލުގެ އެއްޗެއް“ އަޒާން ޔަލްވީގެ ޗިޕްސް ޕެކެޓު ނަގައިގެން ކާން ފެށުމުން އާޔަތު ބުނެލިއެވެ. ދެކޮނޑު އަރުވާލާފައި އަޒާން ކެއުމައިގެން ކުރިއަށް ދިޔައެވެ. އާޔަތު އަޒާން އަތުން ޗިޕްސް ޕެކެޓު ޖަހައިގަންނަން މަސައްކަތް ކުރިއެވެ. ޖޯލީގެ އަރިމަތީ ދަގަނޑުގައި އެއް އަތް އަޅުވައިލައިގެން އަޒާންއާ ދިމާއަށް ގުދުވެގެން އޮވެ އާޔަތު ބެލީ ޗިޕްސް ޕެކެޓު ޖަހައިގަނެވޭތޯއެވެ. އެހިނދު އަޒާންގެ އަތް އާޔަތުގެ އުނަގަނޑުމަތީ ވަށާލައި ލުއްކެއް ޖެހިއެވެ. އާޔަތުގެ ހަށިގަނޑު ނުހިފެހެއްޓި އަޒާންގެ ގައިމައްޗަށް ޖެހުނެވެ.
އަޒާންގެ މޫނު އެހާ ކައިރިން ފެނުމުން އާޔަތުގެ ނޭވާ އަވަސް ވިއެވެ. ހަށިގަނޑުގައި މަޑު ތުރުތުރެއް އުފެދުނެވެ. އަޒާންގެ ފިރިހެންވަންތަ ހަށިގަނޑުގެ ބާރުގެ ދަށުގައި ގައިދުވެފައި އޮންނަން ބޭނުންވީ ކީއްވެ ކަމެއްވެސް އާޔަތު އަކަށް ނޭގުނެވެ. ފިރިހެނުންނަށް އިންތިހާއަށް ނަފްރަތު ކުރާއިރު އަޒާންގެ ގާތް ކަމަށް އެދެވެނީ އިޙްތިޔާރަކާ ނުލައެވެ. އެ ރީތިކަމަށް ހިތް އެދެވެނީއެވެ.
ކަޅިޖަހާނުލާ އަޒާން ދިޔައީ އާޔަތުއަށް ބަލަމުންނެވެ. ލޯބި މޫނުގައި ބީހިލަން ހިތްއެދެވެނީއެވެ. އެ މައުސޫމް ދެލޮލުގެ ފަހަތުގައިވާ ރުޅިވެރި ކަމަކީ ކޮބާ ތޯ ބަލަން ބޭނުންވެއެވެ. މުޅި އުމުރަށް ވެސް ރައްކާތެރިކަން ދޭން ބޭނުން ވެއެވެ. ދުރުވާން މަސައްކަތް ކުރިޔަސް އެކަން ވަނީ ބޭކާރެވެ. އެ މޫނަށް ހިނިތުން ވުމެއް ގެނައުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރަންވެސް ބޭނުންވެއެވެ. އަޒާންގެ ހިތުގެ ހާލު އާޔަތުއަށް އިވޭނެނަމައެވެ. ހުރިހާ ފިރިހެނުންނަކީ އެއްގޮތަކަށް އުޅޭނެ ބައެއް ނޫންކަން އާޔަތުއަށް ވިސްނޭނެ ނަމައެވެ. އާޔަތުގެ ހަޔާތަށް ވެސް އުފާވެރިކަން އަންނާނެކަން ޤަބޫލުކުރާނެ ނަމައެވެ.
ދެހިތުގައި ވެސް ޖަހަނީ އެއް ވިންދެކެވެ. ހިތް އެދެނީ އެކަކު އަނެކަކު ގާތުގައި ވުމެވެ. ނަމަވެސް އެހާ ގާތުގައި ވާއިރުވެސް ކުރެވެނީ އެހާދުރު އިހްސާސްއެކެވެ.
ދެމީހުން އެގޮތުގައި ތިބިއިރު ވަގުތު ވެސް ހީވަނީ އާދަޔާ ހިލާފަށް މަޑުޖެހިލިހެނެވެ. ވަށައިގެންވާ މާހައުލުވެސް ހިމޭން ވެފައިވާކަހަލައެވެ. ”ޑާލިންގް ޔޫ އާ ސޯ ބިއުޓިފުލް….. އެތެރިއަލް…މައި ލިލީ“ އާޔަތުގެ މޫނުމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު މޫނުން އެއްފަރާތް ކޮއްލަމުން އެމޫނުގައި މަޑުމަޑުން ބީހިލިއެވެ.
ކައްޓެއް ޖެހިހެން ސިހިފައި އާޔަތު ތެޅިގަތުމުން އަޒާން އާޔަތުގެ ގައިން ދޫކޮއްލިއެވެ. އާޔަތުގެ މޫނު ލަދުން ރަތްވިއެވެ. ލަދުރަކި ގޮތަކަށް މޫނުގައި އަތް އަޅައިގެން ދުއްވައިގަތެވެ.
ތުނިކޮށް ކޮށާފައި ހުރި ތުބުޅީގައި އަތް ހިންގާލަމުން އަޒާން ހީލަމުން ދެފަރާތަށް ބޯހޫރާލިއެވެ.
…………………….
ޖޫލިޔާގެ އެދުމަށް ލިއަމް އުޅުނީ ކާށި އެހެގެން ގޯންޏަކަށް އެޅުމުގައެވެ. ޔަލްވީ ދުވަމުން އައިސް ލިއަމް ކުރިމަތީގައި ހުއްޓުނުއިރު މައިނޭވާ ލެވެއެވެ. ކާށިތައް އަޅަމުން ލިއަމް ޔަލްވީއަށް ބަލާލީ ޔަލްވީ އެއްޗެއް ބުނަން ބޭނުންވެފައި ހުރިހެން ހީވެގެންނެވެ.
” ވީ ނީޑް ޓު ޓޯކް….ކީއްވެ ނުބުނީ މެހެކް އެއީ ކަޒިން އެކޭ؟ އެންޑް ކީއްވެ ދޮންބެއާ މެރީ ކުރަން އެއުޅެނީ؟ “ ޔަލްވީ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އެއްފައްޗަކަށް އަމުނާލިއެވެ.
”ކާމް ޑައުން ޕްރިންސެސް….ނާހަމެއްނު މެހެކް އެއީ ކާކުތޯއެއް…ދެން ޔޫވީ ނުބުނޭ މެހެކް އެނގޭކަމެއްވެސް…..ރޭގަ އެނގުނީ އެހުރިހާ ވާހަކައެއްވެސް….އާޔޫ އޯކޭ؟“ ޔަލްވީ ޙިޔާލަކަށް ގެއްލިފައި ހުރުމުން ލިއަމް ގޮވާލިއެވެ. ޔަލްވީ ބޯ ޖަހާލީ ރަނގަޅޭ ބުނަމުންނެވެ.
ބާރު އަޑުފައްގަނޑަކާއެކު މީހަކުގެ ހަޅޭކުގެ އަޑު އިވުނީ މާމަމެން އުޅޭ ބައިންނެވެ. ޔަލްވީ އާއި ލިއަމް އެކަކު އަނެކަކުގެ މޫނަށް ބަލާލަމުން ގޭތެރެއަށް ދުއްވައިގަތެވެ. ގޭތެރެއަށް ވަތް ޔަލްވީ މާމައަށް ގޮވަމުން ހަޅޭއްލަވައިގަތެވެ. މާމަ އޮތީ ތަޅުންގަނޑުމަތީގައި ޙަބަރު ހުސްވެފައެވެ.

