ތަޤުދީރު-16
ފަތިސް ނަމާދުގެ ބަންގީގެ އަޑާއި އެކުވެގެން އާޔަތުގެ ފޯނުގެ އެލާމްގެ އަޑު މުޅިކޮޓަރި ތެރޭގައި ހިފާލާފައި ހުއްޓެވެ. ކަންނެތް ގޮތަކަށް ދެފަރާތަށް ފުރޮޅިލަމުން ތެދުވެ މޯޅިއަކަށް ދެމިލާފައި އާފުރެމުން ކޮޓަރިން ނުކުމެ މިސްރާބުޖެހީ ޔަލްވީގެ ކޮޓަރިއާ ދިމާއަށެވެ. އާޔަތު ގޮސް ޔަލްވީގެ ކޮޓަރިއަށް ވަތްއިރު ޔަލްވީ އޮތީ ގަދަނިދީގައެވެ. އާޔަތު ޔަލްވީއަށް ގޮވުމުން ތެދުވެގެން ގޮސް ފާހަނާއަށް ވަނެވެ. ދެން ގޮސް މަހީރް ނަގާ ތެދުކޮށްފައި ފެންވަރާ ތާޒާވެލައިގެން ނުކުމެ ނަމާދުކޮށްލިއެވެ. ސިޓިން ރޫމަށް ނުކުތްއިރު ޔަލްވީ ބަދިގެތެރޭގައި އުޅެއެވެ.
”ޔައްލު ކޮބާ މިންމި އަދިވެސް ނުނިމެނީތަ“ ކޮފީ މެޝިން ކައިރީ ހުރި ޔަލްވީ ގާތު އާޔަތު އެއްސެވެ. ”ނުނިމެނީހޭ؟ ބަލާބަލަ އެއޮތީ ރެޑީވާން ފޮނުވި މީހާ“ ޔަލްވީ އިޝާރާތް ކޮއްލީ ސޯފާގައި ރަޖާގަނޑު އަޅައިގެން ނިދާފައި އޮތް މަހީރް އަށެވެ. އާޔަތު ގޮވުމުން ތެދުވެގެން އައިސް ސޯފާގައި އޮވެ ނިދީއެވެ. ދެފަރާތަށް ބޯހޫރާލާފައި އާޔަތު ގޮސް އަނެެއްކާވެސް މަހީރް ނަގާ ތެދުކުރިއެވެ. ގަދަނިދީގައި އޮއްވާ ގޮވުމުން މަހީރް މޫނު ހަދާލާފައިގޮސް ކޮޓަރިއަށް ވަނެވެ.
މީގެ ދެދުވަސް ކުރިން ރަށަށް ދާން އުޅޭ ހަބަރު ޔުވާން ދިން ފަހުން މަހީރް ހުންނަނީ ނުހަނު އުފަލުންނެވެ. އެންމެން އެކީގައި ރަށަށް ދެވޭތީ މަހީރްގެ އުފާވެރިކަން ދެގުނަވިއެވެ. ކުރިއަށް އެއްޗެހި ފޮށިތަކަށް އަޅައި ތައްޔާރު ކޮއްނިންމާލިއެވެ.
”ކޮބާ މިންމި؟ ނައްޓާލާ ގަޑި ޖެހެނީއޭ މިހާރު“ ކޮޓަރިން ނުކުތް ޔުވާން އަތުކުރީ ގަޑިއަށް ބަލާަލަމުން ކާމޭޒު ދޮށުގައި ތިބި ޔަލްވީއާއި އާޔަތު އަށް ބަލާލިއެވެ. ”އަމް ރެޑީ….ދޮންބެ ވެސް ދެން ކީއްކުރަންތަ މިހާ ފަތިހު ފްލައިޓެއް ހަމަޖެއްސީ“ އާފުރެމުން މަހީރް ގޮސް ސޯފާގައި އިށީނެވެ. މަހީރް އުޅޭގޮތުން އެންމެން ގާތަށް އައީ ހިންޏެވެ.
”ދެން މިންމި ނިދަން ބޭނުން ވަންޏާ އޮވޭ ގޭގަ އަހަރުމެން ރަށަށް ގޮސް މަޖާ ކުރާނީ ދޯ“ ޔުވާން މަހީރްއަށް ޖެއްސުން ކޮއްލިއެވެ. މަހީރް ތުންކޮޅު އޫ ކޮއްލަމުން ބޮޑާހޭކިއެވެ. ޔަލްވީ ހަދާދިން ކޮފީތަށި އެއްނޭވައިން ދަމާލުމަށްފަހު ޔުވާން ނުކުތީ ޑްރައިވަރާއެކު ފޮށިތައް ބޭލުމަށެވެ. ފަހަތުން އާޔަތުމެން ވެސް ނުކުތެވެ.
………………………
އެއާޕޯޓުގެ ފަތުރުވެރިން މަޑުކުރުމަށް ހާއްސަކުރެވިފައިވާ ގޮނޑިބަރީގައި އިށީދެލައިން މީކައިލް އާއި ލިއަމް އިންއިރު ޖީބަށް އަތް ޖަހާލައިގެން އެމީހުން ކުރިމަތީގައި އަޒާން ހުއްޓެވެ. ޗެކިންވާ ގަޑި ކުޑަތަން ވެފައި ވުމުން އެމީހުން އެތިބީ ޔުވާންމެންގެ އިންތިޒާރުގައެވެ. އެހެންތިބޭތާ ބައިގަޑިއިރު ފަހުން ޔުވާން އަންނަތަން އަޒާންއަށް ފެނުނެވެ. ފަހަތުން ޔަލްވީ އާއި އާޔަތު އަދި މަހީރްވެސް އައެވެ.
”ކީއްކުރާނީ މި އަންހެންވެރީން ގޮވައިގެން އުޅޭ އިރު ވާނީ މިހެން. ބުޅާ ހަތްހާލަށް ލާހެން މިމީހުންގެ ހާލު އެހާ ބޮޑު“ ޔުވާން ހިނިގަނޑެއް ޖަހާލަމުން ލަސްވީ ސަބަބު ބުނެލީ އަޒާން ގަޑިއަށް ބަލާލުމުންނެވެ.
”މަނިކުފާނު އެހުންނެވީ ލަސްވެގެން ކެތްތެރިކަން ކޮޅުންލާފަ ….ކޮން އިރެއް މިހާރު މިތާގަ ދެކޮޅަށް ހިނގާތާ“ ލިއަމް ތެދުވެގެން ގޮސް އަޒާންގެ ކޮނޑަށް އަތް ވައްޓާލަމުން ޔަލްވީއާ ނަޒަރު ސީދާ ކޮއްލިއެވެ. ލިއަމް އާއި ހަތަރު ކަޅި ހަމަވުމާއެކު ޔަލްވީ ފެށީ ދުރުބަލާށެވެ. ޔަލްވީގެ މޫނު މަތިން ފެންނަނީ ހިތްހަމަ ނުޖެހުމެވެ. އެވީ ގޮތެއް ލިއަމް އަށް ނަގައެއް ނުގަނެވުނެވެ. ބުމަ ގޮއްޖަހާލަމުން ލިއަމް ޔުވާން އާއެކު ފޮށިތައް ލާފައި ހުރި ޓްރޮލީ ހިފައިގެން ޗެކިންވާ ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
އާޔަތު އަޒާންއަށް ލުއި ހިނިތުން ވުމެއް ހަދިޔާކޮއްލިއެވެ. އަޒާން އާޔަތުއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ޔުވާން އާއި ލިއަމްގެ ފަހަތުން އަވަސްއަވަހާ ހިނގައިގަތީ އާޔަތުގެ ހިނިތުންވުން ރައްދުކުރަން ބޭނުން ނުވެގެން ކަހަލައެވެ.
”މީނަ ހީކުރަނީ މީނަ މީ އަދި މާ މަތީ މީހެއް ކަމަށްތަ؟ މީހަކު ހިނިތުން ވެލީމަވެސް އޭގެ ރައްދު ދޭންވެސް ނޭގޭ…ސޯ އެރޮގެންޓް….އައި ހޭޓް…“ އާޔަތު ކުދިކިޔަމުން ޔަލްވީއާ އެކު ހިނގައިގަތެވެ.
”ބޭބީ ގާލް ހާދަ މޫޑީ ވެފައޭ ތިހުރީ….ވަޓް ހެޕެންޑް ޓު ދެޓް ޕްރިޓީ ސްމައިލް“ މީކައިލް މަހީރްގެ އަތުގައި ހިފާލަމުން ގާތަށް ދަމާލީ މީހަކު ނެތްކަން ޔަގީން ކޮށްފައެވެ. ”ދެން ވަރަށް ފޫހިވޭ ދޮންބެގަނޑު ހަމަ ގަސްތުގައޭ މިހާ ފަތިހު ފްލައިޓެއް އެނެގީ…. މައި ޕްރިޝިއަސް ސްލީޕް އިޒް ރުއިންޑް“ މަހީރް ތުން ކޮޅު ދަމާލަމުން ޝަކުވާކޮއްލިއެވެ. މަހީރް އަދިވެސް އެހުންނަނީ ފަތިހު ހޭލަން ޖެހުމުން ބޮޑާހާކާފައެވެ.
”އަޅޭ މައި ލިޓްލް ބޭބީ ގާލް ގެ ސްލީޕް ހަލާކުވީ ދޯ…. އިޓްސް އޯކޭ ޔޫކޭން ސްލީޕް ފްލައިޓަށް އަރާފަ“ މީކައިލް މަހީރްގެ ކޮލުގައި ފިރުމާލަމުން ހިތްހަމަ ޖައްސާލަދިނެވެ.
…………………..
ޗެކިން ވުމަށްފަހު އެންމެން ވެސް މަޑުކޮއްލައިގެން ތިބީ ފްލައިޓަށް އަރާނެ ވަގުތަކަށެވެ. މާގިނަ އިރެއް ނުވެ ކައްދޫ އަށް ފުރާ މީހުން ނުވަ ނަންބަރު ގޭޓުން ނުކުތުމަށް ގޮވިއެވެ. އެންމެންވެސް އަވަސްވެގަތީ ބޯޑިން ޕާސް ދެއްކުމަށްފަހު ފްލައިޓަށް އެރުމަށެވެ.
30 މިނެޓުގެ ދަތުރަކަށްފަހު މޯލްޑިވިއަންގެ ފްލައިޓް ކައްދޫ އެއާޕޯޓުގައި ޖެއްސުމުން ދަތުރުވެރިން އަވަސްވެގަތީ ފްލައިޓުން ފައިބައި ފޮށިތަންމަތި ނެގުމަށެވެ. ފޮށިތައް ލާފައި ހުރި ޓްރޯލީ ހިފައިގެން ލިއަމް އާއި ޔުވާން ނުކުތްއިރު ދާދި އެއްހަމައެއްގައި އަޒާން އާއި މީކައިލް އިތުރު ދެފޮށި ހިފައިގެން ތިއްބެވެ. އޮލަ ވާހަކައެއްގައި ތިބެ ފަހަތުން ޔަލްވީއާއި އާޔަތު އަދި މަހީރް ވެސް ނުކުތެވެ. ޔަލްވީގެ ބައްޕަ ޔާސިރު އާއި އާޔަތުގެ ބައްޕަ އަދީލް އަދި މިއުވާން އެއާޕޯޓަށް އައިސް އެތިބީ އެކުދިނަށް މަރުޙަބާ ކިޔުމަށެވެ.
”ދަރިފުޅުމެން އެންމެން އެކުގަ ދޯ މިފަހަރު މިއައީ….ހާދަ އުފާ ވެއްޖޭ“ އަދީލް ހުރީ އެތަކެއް ދުވަހެއް ފަހުން ދަރިފުޅު ފެނުމުން ނުހަނު އުފާ ވެފައެވެ. ”ބައްޕަ މެނަށް ސަޕްރައިޒް އަކަށް ވެސް ނުވި ދޯ….މި ދޮންބެ ވެއްޖޭ ބުނަން އެންމެން އަންނަ ވާހަކަ….ކިހާ މަޖާ ވާނެ ދޯ ނުބުނެ އަންނަން“ އާޔަތު ބައްޕަ ގައި ބައްދާލަމުން ޔުވާން ގެ ޝަކުވާ ކޮއްލިއެވެ.
”ކޮބާ މިހާރު މަށެއްނު މި ގޯސްވީ ދޯ ދޮންބޭ….އެކަމު ދަތުރު ރޭވީ ވެސް މަށޭ“ ޔުވާން ހިނިގަނޑެއް ޖަހާލަމުން އަދީލް އާއި ސަލާމް ކޮއްލިއެވެ. ޔަލްވީގެ ބައްޕަ ޔާސިރުވެސް ލޯބިވާ ދަރިފުޅު ފެނުމުން ހުރީ ނުހަނު އުފަލުންނެވެ.
“ދަރިފުޅާ އެއީ ކޮން ކުދީނެއް؟“ ޔާސިރު ލިއަމް މެނަށް އިޝާރަތް ކޮއްލަމުން ޔަލްވީ ކުރެން އަހާލިއެވެ. ”ބައްޕާ އެއީ ދޮންބެގެ ފްރެންޑްސް“ ޔަލްވީ އެހެން ބުނުމުން ޔާސިރު ގޮސް ލިއަމް މެނާއި ސަލާމް ކޮއްލިއެވެ. ޔުވާންގެ އެކުވެރިން އާއިލާގެ މީހުނަށް ތައާރަފު ކޮއްދިނުމަށްފަހު އެންމެންވެސް އަވަސްވެގަތީ ކާރަށް އެރުމަށެވެ.
ޔަލްވީއާއި އާޔަތު އަދި މަހީރް ދިޔައީ ޔާސިރު އަދި އަދީލް އާއެކު އެއް ކާރުގައެވެ. މިއުވާންގެ ކާރަށް ޔުވާން އާއި ޔުވާންގެ އެކުވެރިން އެރިއެވެ.
ދެކާރު ދަތުރު ފެށީ ކައްދޫ އިން ގަމަށް ށެވެ. ”މިންމި ހާދަ ރީތި އައިނެކޭ ދޯ މީނީ އަޅައިގެން….ދޮންބެއަށް ވެސް ގެނެސްދިން ނަމަ ދޯ ތީގެ އައިނެއް“ އަދީލް މަހީރް އާއި ސަމާސަ ކޮއްލިއެވެ. ”ދޮންބެ ނާޅާނެ މިންމި ދިނަސް މީގެ އައިނެއް….މީ މިއުމިއު ބްރޭންޑްގެ ފެޝަން ގްލާސެސް އެކޭ“ މަހީރްވެސް އަދީލްގެ ސަމާސާ ގައި ބައިވެރިވެލިއެވެ. އެކިއެކި މަޖާ ވާހަކަ ތަކުގައި ޖެހިފައި އެންމެންވެސް ތިއްބެވެ.
ކާރުގޮސް ގޭޓުން ވަތްއިރު ބޮޑު ގަނޑުވަރެއް ފަދަ ގެއެއް ފެންނަން ހުއްޓެވެ. ގެއަކީ ކުރީ ޒަމާނުގެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ރީތި ބޮޑު ގެއެކެވެ. ބޮޑު ބަގީޗާ އަކާއި އުނދޯލި ގެއެއް ވަކިން ހުއްޓެވެ. ކާރުން ފައިބައިގެން ތިން އަންހެން ކުދިން އެއްފަހަރާ ދުއްވެފައި ގޮސް އޮޅުލައިގަތީ ދޮރުމަތީގައި ތިބި އެކުދިންގެ މާމަ އާއި ކާފަގެ ގައިގައެވެ. ”މާމަގެ ކުދިން ކޮޅު މިއައީ ދޯ…..ކޮން އިރެއް މިހާރު މާމަ އިންތިޒާރުގައި އިންނަތާ“ މާމަ ސަމީރާ ނުހަނު ލޯބިން އެކުދިން ގައި ބައްދާލިއެވެ. ”ވަރަށް ބޮޑަށް މިސްވި މާމަ އާއި ކާފަ މަތިން“ މަހީރް ކާފަ އިބްރާހީމް ގައި އޮޅުލައިގަތެވެ. ”ކާފަ ގެ ދޫނިތައް…..ކާފަވެސް ވަރަށް ހަނދާންވޭ ތިކުދިން މަތިން“
އާއިލާގެ އެންމެންވެސް ތިބީ އެތައް ދުވަހަކަށް ފަހު އެކުދިން އައުމުން ނުހަނު އުފަލުންނެވެ. ބޯގަންވިލާ އާއިލާ އަކީ މުޅި ލާމު އަތޮޅުގެ ވެސް ނަން މަޝްހޫރު މަސް ފެކްޓްރީ އެއް ހިންގާ އާއިލާ އެކެވެ. ސަމީރާއާއި އިބްރާހީމް މީގެ އެތަކެއް ޒަމާނެއް ކުރިން ކައިބޮއި އުޅުމަށާއި ކުދިންގެ ހަރަދު ބެލެހެއްޓުމަށް ކުރަންފެށި މަސައްކަތަކީ މަސް ކައްކާ ހިއްކައިގެން ވިއްކުމެވެ. ކުދިންތައް ބޮޑެތިވެ ދެމަފިރިން ކުރަންފެށި މަސައްކަތް އިތުރަށް ފުޅާކޮއް ބޮޑު ވިޔަފާރިއެއް ފެށިއެވެ. އޭގެ އިތުރުން މަސް ބޭނުން ކޮއްގެން އުފައްދާ އެތަކެއް އެއްޗެއް އުފައްދާ ފެކްޓްރީ އެއް ހުޅުވައި މުޅި އަތޮޅު ތެރެއަށް ވިޔަފާރި ފުޅާވެގެން ދިޔައެވެ. ވިޔަފާރި ބެލެހެޓުމުގައި އާއިލާގެ އެންމެންވެސް އެއްބާރުލުން ދެއެވެ. މަސް ފެކްޓްރީގައި އެތައް މުވައްޒަފުންނެއް މަސައްކަތް ކުރާއިރުވެސް ޔާސިރު އާއި އަދީލް މަސްކެނޑުމުގައި ބައިވެރިވެ އުޅެއެވެ. އަދި އެމީހުންގެ އަނބިން މަސްކެއްކުމުގައި ވެސް އެހީތެރިވެ އުޅެއެވެ. ބޯގަންވިލާ އާއިލާ އަކީވެސް ގުޅުން ރަނގަޅު އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ ގުޅިގެން އުޅޭ އާއިލާއެކެވެ. ސަމީރާ އާއި އިބްރާހީމްގެ ތަރުބިއްޔަތެވެ.
އަޒާން އާއި ލިއަމް އަދި މީކައިލް ހުންނަން ހަމަޖެހިފައިވަނީ ބޯގަންވިލާގެ އާއި މާދުރުނޫން ހިސާބެއްގައި ހުންނަ އެއާއިލާގެ ގެސްޓް ހައުސްއެއް ގައެވެ. ފައިމަގުގައި ވެސް 3 މިނެޓު ތެރޭ އާދެވޭހާ ގާތުގައި ހުންނަ ގެއެކެވެ. ހެނދުނުގެ ނާޝްތާ ކުރުމަށްފަހު އެންމެން ވެސް ދިޔައީ ދަތުރު ވަރުބަލިކަން ފިލުވާލުމަށް އަރާމް ކޮއްލާށެވެ. މެންދުރު ފަހު ކެއުމަށްފަހު ރަށުގެ އެކި އަވަށް ތައް ބަލާލުމަށް ދާން އެންމެންވެސް އެއްބަސްވިއެވެ.
………………
ދަތުރު ވަރުބަލިކަމާއެކު ނިދިފައި އޮތް ޔަލްވީއަށް ހޭލެވުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. މޯޅިއަކަށް ދެމިލުމަށްފަހު ފޯނު ނަގާ ބަލާލިއިރު ލިއަމްގެ މެސެޖެކެވެ. ބޭރަށް ނުކުތުމަށް އެދި ކޮއްފައި އޮތް މެސެޖެކެވެ. ޔަލްވީގެ ކޯތާފަތައް ޖަންބު ކުލަވަރު އަރަން ނެގީ މަދު ސުކުންތު ކޮޅެކެވެ. ފޯނު އެނދުމައްޗަށް އެއްލުމަށްފަހު މޫނަށް ސީރިއަސް ކަން ގެނުވަން މަސައްކަތް ކުރަމުން ފާހަނާއަށް ވަނީ ތާޒާވެލާށެވެ.
ތާޒާވެލައިގެން ގޭގައި ލައި އުޅޭ ފުޅާ ހަރުވާޅަކާއެކު އަތްދިގު މައްޗެއް ލައިގެން ޔަލްވީ ނުކުތީ ބަދިގެ ފަރާތަށެވެ. ”ދަރުފުޅޫ ޔަލްވީ މާމަ އުޅުނު ޔަލްވީ ހޯދަން ވެގެން….މަންމައަށް އަދި ނުގޮވިގެން މިއުޅެނީ“ ޔަލްވީގެ މަންމަ ޖޫލިޔާ ބަދިގެފަރާތުން ބޯދިއްކޮއްލާފައި ޔަލްވީއަށް ގޮވިއެވެ. ޖުލިޔާ އުޅުނީ މެންދުރުގެ ކެއުން ތައްޔާރު ކުރުމަށް އަވަދިނެތިއެވެ. ޔުވާންގެ މަންމަ ރާމިޒާ އާއި ފަރީދާގެ އިތުރުން އާޔަތުގެ މަންމަ ޒީނާ ވެސް ބަދިގޭގައި އެކި ކަންކަމުގައި އުޅެއެވެ.
އެ ގެ ހުންނަނީ ދެބަޔަކަށް ށެވެ. އެއްފަރާތުގައި ހުރިހާ ކުދިން އުޅެވޭ ވަރުގެ ބޮޑު ގެއެއް ހުންނައިރު އަނެއް ފަރާތް ހުންނަނީ ސަމީރާއާއި އިބަރާހީމް އުޅޭ ފަރާތެވެ. އެދެމަފިރިން ބޭނުން ވަނީ އެންމެ ކުރިންވެސް އެދެމަފިރިން އުޅުނު ތާގައި ދިރިއުޅޭށެވެ. އެތަނަކީ އެދެމަފިރިންގެ ލޯބީގެ އެތަކެއް ހަނދާނަކާއި ގުޅިފައިވާ ތަނަކަށް ވުމުން އެއްވެސް ބަދަލެއް ގެންނަން ބޭނުން ނުވަނީއެވެ. އެބަޔަކީ ކުރީ ޒަމާނުގެ ގޮތަކަށް ހަދާފައި ހުންނަ ބަލާލަން ރީތި ގެއެކެވެ.
ޔަލްވީގޮސް ގޭތެރެއަށް ވަތްއިރު ކާފަ އިނީ ޤުރުއާން ކިޔަވާށެވެ. މެންދުރު ނަމާދަށް ދިއުމުގެ ކުރިން ކާފަގެ އާދައެކެވެ. މާމަ އިނީ ފަން ވިންނާށެވެ. މާމަގެ ދާދި ގާތުގައި ހެވިފައި އެއިނީ ލިއަމް ނޫން ދެވަނަ މީހެއް ނޫނެވެ. ޔަލްވީ ގޮސް ވަނުމާއެކު ލިއަމް އިސް އުފުލާ ބަލާލިއެވެ. އެހިނދު ޔަލްވީއާއި ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ.
One Comment
Comments are closed.


OMG i missed this story sm. Mi bai ves vrh reethi. Can’t wait for the next eps. Thankolhheh avahaa up kohdhehchey pls💗