Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ބުނާތީ 41

Itxlevender
Itxlevender Level 310 Stories100 Comments100 Login
August 10, 2026 7 Mins Read
1 Comment

⚠️ CONTENT WARNING ⚠️

This episode contains scenes of violence, physical assault, and threats to a character’s life. Some parts may be intense or upsetting for sensitive readers

ދުވަސްތައް ފާއިތުވަމުންދިޔައެވެ. ކައިލްގެ މިޒާޖަކަށް އެއްވެސް ބަދަލައް ނާދެއެވެ. ލިއާ އަމިއްލަ ނަފްސަށް މަޖުބޫރުކުރަމުން ދިޔައީ ކައިލްގެ އެ ބަދަލުތަކަށް ހޭނުމަށެވެ. ނަމަވެސް ހަޔާތުން ހީވަނީ ބައެއް އުނިވެފައިވާހެންނެވެ. ބައެއްފަހަރު ހިތުގައިވާ އިހުސާސްތަކާމެދު ލިއާ ބިރުގަންނަގޮތްވެއެވެ. އޭނާ އަދިވެސް ރިހާންދެކެ ލޯބިވެއެވެ. ނަމަވެސް ކައިލްދެކެ ލޯބިވެއޭ ބުނެފިއްޔާ ދޮގަކަށް ވެދާނެހެއްޔެވެ؟ ކޮންމެ ގޮތަކަށް ކަންތައް ވިޔަސް ލިއާއަށް ޔަގީންވާ ކަމަކީ ކައިލްއަކީ ލިއާއަށް ވަރަށް ހާއްސަ ފަރާތެއް ކަމެވެ. ކައިލްއާއި މެދު ހިތުގައިވާ އިހުސާސްތަކަކީ ލޯބިކަމެއް ލިއާއަކަށް ޔަގީނެއް ނޫނެވެ. މީ ލޯބިހެއްޔެވެ؟ އޭނާއަށް ދެމީހުން ދެކެ ލޯބި ވެވުނީހެއްޔެވެ؟ ދެން އުފެދޭ ސުވާލަކީ، ރިހާން ލިއާއާއި ދޭތެރޭ ދުވަހަކުވެސް ދެރަކޮށް ކަންތައްކޮށްފައި ނުވާނަމަ ލިއާއަށް އެ ހިތުން ދެންވެސް ކައިލްއަށްޓަކައި އެ ހާއްސަކަން ދެވިދާނެބާއެވެ؟

އަނެއްކޮޅުން އަލީޝާގެ މުޅި ދުނިޔެ ފުނޑުފުނޑުވެފައި ވާފަދައެވެ. ކައިލްއަކީ އޭނާގެ ދިރިއުޅުމަށް ގެންނަން އޭނާ ބޭނުންވާ ހުރިހާ ސިފައެއް ހަމަވާ ޒުވާނެކެވެ. އުމުރުގެ މިހާތަނަށް އައިއިރު އަލީޝާ ހިތްއެދޭ ހުރިހާ ސިފައެއް ހުރި ހަމައެކަނި ޒުވާނަކަށް ފެނުނީ ކައިލްއެވެ. އެ ހަޔާތަށް ގެންނަން އޭނާ ބޭނުންވަނީ އެފަދަ ނުރައްކާތެރި ދަރަޖައަކަށް ރީތި ޒުވާނެކެވެ. ނަމަވެސް އެ ހުވަފެން ކާމިޔާބު ނުވީއެވެ. އަލީޝާއަށް އެކަމުގެ ޒިންމާ އެޅުވެމުންދިޔައީ ލިއާގެ ބޮލުގައެވެ. ލިއާގެ ކުށެއް ނެތްކަމަކު ބަދަލު ހިފުމުގެ ރޫހުން ހިތް އަނދަމުންދިޔައެވެ. ހަސަދައިން ހިތް ވަނީ ކަޅުވެފައެވެ. އެ ހަސަދަ ފިލުވާލަން އަލީޝާ ވަނީ ކެތްމަދުވެފައެވެ. ނަމަވެސް ހަފްތާއެއް ފާއިތުވީއިރުވެސް އޭނާ ބޭނުންވާފަދަ ފުރުސަތެއް ލިބޭގޮތެއް ނުވެއެވެ. ސްކޫލުގައި އުޅޭ ވަގުތު އަބަދުމެ ކައިރާ ލިއާ ގާތު ހުންނާތީއެވެ. ފުރުސަތަކަށް ބަލަ ބަލާހުރި އަލީޝާއަށް ކާމިޔާބުވާގޮތްވީ އެތައް ދުވަހެއް ފަހުންނެވެ.

އެއްދުވަހެއްގެ ބްރޭކް ގަޑިއެވެ. މިއަދު ކައިރާ އާއި އިޝާން ސައިކަލުގައި ދުރުގައި ހުރި ރެސްޓޯރެންޓަކަށް ދިއުމުން ލިއާ ކެންޓީނުގައި އިނީ އެކަނިވެފައެވެ. ކައިލް ވީ ހިސާބެއް ނޭނގެއެވެ. ލިއާގެ ލޯ ފިރިހެންކުދިން ތިބި ދިމާލަށް ހިންގާލީ ކައިލް ފެނޭތޯއެވެ. ނަމަވެސް އެމީހުންގެ ތެރެއަކު ކައިލްއެއް ނެތެވެ. ހިފައިގެން އިން ޖޫސްތަށީގައިވި ހޮޅިން މަޑުމަޑުން އިނދެގެން އެތިފޮދުފޮދު ބޮމުންދިޔައިރު ލިއާ އިނީ ހިޔާލަކަށް ގެއްލިފައެވެ. ކައިލްގެ ފަޅުކަން އެ ހިތަށް ދަތިކުރަމުންދިޔައެވެ. ލިއާއަށް ނުފެނުނީ ފުރަގަސް ދީގެން ނުރައްކާތެރި ގޮތަކަށް ބަލަމުން ދިޔަ އަލީޝާއެވެ.

ބްރޭކް ގަޑި ނިމެން ފަސް މިނެޓަށް ވުމުން ލިއާ ތެދުވިއެވެ. އޭނާގެ މިސްރާބު ހުރީ ލައިބްރަރީއަށެވެ. ބޭނުމަކީ ކައިލް އެތަނުގައި އިންނަމަ ދުރުދުރުން ނަމަވެސް ކައިލް ދެކިލުމެވެ. ކުރިއަށް ފިޔަވަޅު އަޅަމުންދިޔަ ލިއާއަށް ފަހަތުން ބަޔަކު އަންނަކަމެއް ނޭނގެއެވެ.

ލައިބްރަރީގެ ދޮރު ހުޅުވާލަމުން ލިއާ އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެގާރައިގެ ކްލާހުގެ ދެތިން ކުއްޖަކާއި ލައިބްރޭރިއަންގެ އިތުރުން އެހެން މީހަކު އެތަނުގައި ނެތެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލިއާ ދޮރު ލައްޕާލިއެވެ. ފަހަރެއްގައި ކައިލް މިހާރު ކްލާހުގައި އިނދެދާނެކަމަށް ލިއާގެ މިސްރާބު ބަދަލުކޮށްލީ ކްލާހާ ދިމާލަށެވެ. އެވަގުތު ފާހަނަބަރިއާއި ދިމާލަށް ދާން އޮތް ހަނި ގޯޅިގަނޑު ތެރެއިން އައިނައި ގޮތެއް ނޭނގި ބަޔަކު އޭނާގެ ކުރި ބައްދައިފިއެވެ.

“ވެލް، ލުކް ހޫ އިޓް އިޒް…!” ކުރިމަތީގައި އަލީޝާ ހުރީ ދެއަތް އުރާލައިގެންނެވެ. ބުޅި އިސްތަށިގަނޑު މައްޗަށް އައްސާލެވިފައިވާއިރު އެ ދޮންދޮން މޫނު ރަތްވެފައިވަނީ އައިސްފައިވާ ގަދަ ރުޅިންނެވެ. ލިއާގެ ހިތަށް ބިރުވެރިކަންވަނެވެ. ކަމެއް ގޯސްވާން އުޅޭކަމުގެ އިންޒާރު އޭނާގެ ހަވަނަ ހިއްސުން ދީފިއެވެ. އަލީޝާގެ ދެފަރާތުގައި މީޝާއާއި އިފާ ތިބީ އަލީޝާގެ އިޝާރާތަކަށް މަޑުކޮށްގެންކަހަލައެވެ.

އަލީޝާއާއި ނަޒަރު ވަކިކޮށްލަމުން ލިއާ ކުރިޔަށް ހިނގައިގަނެވޭތޯ ބެލިއެވެ. ނަމަވެސް އޭނާއަށް އެޅުނީ އެންމެ ފިޔަވަޅެކެވެ. އަލީޝާ ލިއާގެ ކޮނޑުގައި އަތް އަޅުވާ ކޮއްޕާލައިފިއެވެ. ސިހުން ލިބިގެން އައި ލިއާއަށް ހަށިގަނޑު ބެލެންސް ކުރެވުނީ ކިރިޔާއެވެ.

“ކޮންތާކަށް ނުދެވިގެންތަ ތިއުޅެނީ…؟” އަލީޝާ ވާހަކަ ދެއްކީ ނުލަފާ ވައްތަރަކަށެވެ. މޫނުގެ ދެފަރާތުން ބުޅި އިސްތަށިކޮޅު ވެއްޓިފައި އޮތްއިރު ފެންނަލެއް ކިތައްމެ ފުރިހަމަ ނަމަވެސް، ނުރައްކާތެރި ކުލަވަރެއް އެ މޫނުގައި ވެއެވެ. ފިލްމްތަކުން ފެންނަ ‘ވިލެން’ އެއް ފަދައެވެ.

ލިއާ ޖަވާބެއް ނުދިނެވެ. މީޝާ ލިއާގެ ގާތަށް ޖެހިލުމާއެކު ލިއާގެ އަތުގެ މުލައްދަނޑީގައި ހިފިއެވެ. “އޭތް…! ކަލެއާއޭ އެ ވާހަކަ ދައްކަނީ…!” މީޝާ ރުޅިވެރި ރާގަކަށް ވާހަކަ ދެއްކިއެވެ.

ލިއާގެ ހިތުގައި ބިރުވެރިކަން އުފެދި ވަށައިގެން ބަލާލެވުނެވެ. ލިއާގެ ބަދުނަސީބުކަމުން އެއިން ހިސާބަކުވެސް އިތުރު މީހަކު ފެންނާކަށް ނެތެވެ. އަލީޝާ އާއި އީފާ އަދި މީޝާގެ ދެމެދު ބެލުމެއް ބަދަލުކޮށްލެވުނެވެ. އެވަގުތު އަލީޝާ ކުއްލިއަކަށް ހުރެފައި އެންމެ ކައިރީގައި ހުރި ހުސް ކްލާސްރޫމްގެ ދޮރު ހުޅުވާލުމާއެކު މީޝާ އާއި އިފާ ލިއާގެ ދެއަތުގައި ހިފާ ގެންގޮސް އެތަނުގެ ތެރެއަށް ކޮއްޕާލައިފިއެވެ. އަލީޝާ ދޮރު ޖެހުމާއެކު ތަޅުލާފައި ލިއާ ގާތަށް އައެވެ.

“ކިހިނެއް ވެގެންތަ ތިއުޅެނީ…އަހަރެން ކްލާހަށްވެސް ދާން ޖެހޭ…!” ބިރުގަނެފައި ހުރިކަން ސިއްރުކުރަމުން ލިއާ ހިތްހަމަނުޖެހިފައި ވާހަކަ ދެއްކިއެވެ. އޭނާ ބިރުން ހުރިކަން އެނގި އެމީހުންނަށް އިތުރު ހިތްވަރެއް ލިބޭކަށް ނޭދެއެވެ. ލިއާއަށް އެ ކްލާސްރޫމްތެރެއަށް ނަޒަރު ހިންގާލެވުނެވެ. ބަލާބެލުމަށް ވައްތަރީ ގުދަނަކާއެވެ. ދުވަސްވެފައި ހުރި ޑެސްކްތަކާއި، އައު ޑެސްކްތައް ބަރިބަރިއަށް ޖަހާފައިވެއެވެ. ލިއާގެ ނޭވާ ހާސްވާގޮތްވިއެވެ. ނިތްކުރިމަތިން ދާތިކިތައް ވިދަމުންދިޔައެވެ.

ލިއާ ބުނި ވާހަކަ އަހާފައި އަލީޝާ ނުލަފާ ގޮތަކަށް ހީލިއެވެ. “އޭޒް އިފް އެނީވަން ވުޑް މިސް ޔޫ…” މަލާމާރުގެ ރާގަކަށް އަލީޝާ ބުނެލީ ލިއާ ދަށްކޮށްލުމުގެ ގޮތުންނެވެ. އޭރު އިފާ އާއި މީޝާ ކުޑަދޮރުތަކުގައިވާ ކާޓެއިންސްތަކަށް ދަމަމުން ކްލާސްތެރެ ނިވާކުރުމައިގެން އުޅުނެވެ. އަލީޝާ ބަލަހައްޓައިގެން ހުރިގޮތް ފެނިފައި ލިއާ ޖެހިލުންވިއެވެ.

އަލީޝާ ލިއާ ގާތަށް ފިޔަވަޅެއް އަޅާލިއެވެ. އެ ލޮލުގައިވަނީ ނަފްރަތާއި ހަސަދައިގެ ކަޅުކަމެވެ. “ކަލޭ ހިތުން ތި ކުރެވެނީ މާ މޮޅު ކަމެއްތަ…؟” އަލީޝާގެ އަޑު ރުޅިން ފޯވެފައިވެއެވެ.

“އަހަންނަކަށް ނޭނގެ ތި ދައްކަނީ ކޮން ވާހަކައެއް ކަމެއް…” ލިއާ ހިތް ނުތަނަވަސްވެފައިހުރެ ވާހަކަ ދެއްކިއެވެ. އަލީޝާ މިހާ ރުޅިއަންނަން ޖެހޭ ސަބަބެއް ނޭނގުނަސް ކައިލްއާއި ގުޅުމެއް އޮވެދާނޭ ހިތްބުނެލިއެވެ.

އަލީޝާ އިހުނަށްވުރެ ލިއާ އާއި ގާތަށް ޖެހިލުމާއެކު ލިއާ ފަހަތަށް ޖެހުނު ގޮތުން އެތާ ހުރި ޑެސްކެއްގައި އަޅައިގަތެވެ. ރުޅިން ފޯވެފައިހުރި އަލީޝާ ލިއާ އާއި ދިމާލަށް އިނގިލި ދިއްކޮށްލުމާއެކު ހީވީ ލިއާގެ ލޮލަށް އިނގިލި ކޮއްޕާލަން އުޅުނުހެންނެވެ.

“ކީއްވެގެންތަ ކަލޭ ތިހާ ހުތުރުއިރުވެސް ކައިލްގެ ހިތް ކާމިޔާބުކުރެވުނީ…؟ މީހާގެ ފެންވަރެއް ނެތްތާގަ ރީތި ސިފައެއް ލިބިފަހުރި ނަމަވެސް ރަނގަޅޭ…މާ ނިކަމެތިކަން ދައްކައިގެން ކައިލް ހައްލާލައިގެން ތިއުޅެނީ ހިތުން މޮޅުތަކެއް ވާނެ ކަމަށްތަ…؟ އުޑަށް އެރޭތޯ ނޫޅެބަލަ…ކައިލްއަކީ ކަލޭގެ ފެންވަރެއް ނޫން…މިކަހަލަ ސްކޫލަކަށް އާދެވުނީމަ މީހާގެ ހައިސިއްޔަތު ހަނދާންނެތިފައި ތިހުރީ…” އަލީޝާ ދެއްކި ވާހަކަތައް އަހާފައި ލިއާއަށް ތުންފަތުގައި ދަތްއެޅުނެވެ. އެ އަޑުގައިވި މަލާމާތުގެ އަސަރުން ހިތަށް އަސަރުކުރިއެވެ. އަލީޝާ ކޮންމެހެން ލިއާއަށް އޭނާގެ ފެންވަރު ހަނދާންކޮށްދޭކަށް ނުޖެހެއެވެ. އެކަންކަމަކީ ތާއަބަދު ލިއާ އޭނާގެ ސިކުނޑީގައި ނޯޓްކޮށްގެން އުޅޭ ކަންކަމެވެ.

“ގްރޭޑް އެގާރައިގަ އުޅުންއިރު ދިން ގްރޫޕް ޕްރޮޖެކްޓަށްފަހު މީހާއަށް މީހާގެ ފެންވަރު އޮޅިފަ ތިހުރީ…ތިމާއާއި ނުވެސް އެކަށީގެންވާ ބައެއް ތެރޭގަ އުޅޭއިރު ލަދެއްވެސް ނުގަނޭ ދޯ…؟ އަބަދު ކައިލް އާއި ކައިރާ ފަހަތުން…އާން އެހެންތާ ވާނީ…މުއްސަންޖަކު އަތު އަޅުވާލީމައޭނު ތިކަހަލަ ގަމާރު ފަގީރެއްގެ ބޭނުންތައް ފުއްދޭނީ…! އަދި މާ މަޑުމައިތިރި މީހަކަށް ވެގެން އުޅޭނެ…ޑޫ ޔޫ ރިއަލީ ތިންކް ޔޫ ބިލޯންގް އިން ދެއަރ ގްރޫޕް…؟” އަލީޝާގެ ރަހުމްކުޑަ މަލާމާތުގެ ބަސްތައް އިވިގެންދިޔައެވެ. ލިއާގެ ހިތަށް ވެރިވި ދަތިކަމާއި ލަދުވެތި ކަމުގެ ސަބަބުން ލޮލަށް ކަރުނަ ޖަމާވާގޮތްވިއެވެ. އޭނާއަށް ލައިގެން ހުރި ސްކާރޓްގައި ހިފާ ބާރުކޮށްލެވުނެވެ.

“އައި ނެވަރ އާސްކްޑް ޓު……” ލިއާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އަލީޝާ މެދުކަނޑާލަމުން ވާހަކަ ދައްކަން ފެށިއެވެ.

“އެގްޒެކްޓްލީ…ކަލޭ ނުއެއް ބުނާނެ…ޔޫ ޖަސްޓް ސިޓް ދެއަރ ވިތް ދެޓް ފޭކް އިނޮސެންޓް ފޭސް އެންޑް ސަމްހައު އެވްރިވަން ފީލްސް ސޮރީ ފޯރ ޔޫ…!” އަލީޝާގެ ބަސްތައް ރުވާފައި ދޫކޮށްލި ތީރެއްހެން ލިއާގެ ހިތަށް ހެރުނެވެ. މީހަކަށް އޭނާ ނިކަމެތި ކޮށްލެވޭނީ މިވަރަކަށެވެ. ބަޔާންނުކުރެވޭހާ ބޮޑަށް އެ ބަސްތަކުން ހިތަށް އަސަރުކޮށްފިއެވެ.

ޒޭޑެން ކްލާހަށް ވަދެގެން އަންނަމުން ކްލާހަށް ނަޒަރު ހިންގާލިއެވެ. ބްރޭކް ގަޑި ނިމި ކްލާސް ގަޑި ފެށުނުއިރު ބައެއް ކުދިން މަދުކަން ފާހަގަވިއެވެ. މޭޒުމަތީ އޮތް ހާޒިރީ ނަގާ ޒޭޑެން ޗެކްކޮށްލިއެވެ. އެއަށްފަހު ނަޒަރު ހުއްޓާލީ އެންމެ ގާތުގައ އިން ކައިރާއަށެވެ.

“ވެއަރ އިޒް ލިއާ…؟” ޒޭޑެންގެ ސުވާލާއެކު ފޯނާއި ކުޅެން އިން ކައިލްގެ ނަޒަރުވެސް ކައިރާއަށް ހުއްޓުނެވެ. ކައިރާއަށް ބަލާލެވުނީ ކައިލްއަށެވެ. ނަމަވެސް ކައިލްގެ ބެލުމުން އޭނާއަށްވެސް ލިއާ ވީ ތަނެއް ނޭނގޭކަން ކައިރާއަށް އެނގުނެވެ. ޒޭޑެންއަށް ބަލާލާފައި ކައިރާ އިނގިރޭސިން ނޭނގޭ ބުނެލިއެވެ.

“ހމމ…އެންޑް ވެއަރ ޑިޑް އަދަރ ތްރީ ގާލްސް ޑިސެޕިއަރޑް ޓު…؟” ޒޭޑެން އިޝާރަތްކުރި ދިމާލަށް ކައިރާ ބަލާލިއިރު ފެނުނީ ހުސްކޮށް ހުރި އަލީޝާމެންގެ ޑެސްކްތަކެވެ. ކައިރާގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ.

ކައިލްގެ ބޮލުގައި ނުބައިގޮތަކަށް ރިއްސާލިއެވެ. އޭނާ ކައިރާ އާއި އިޝާންއަށް ބަލާލިއިރު އެ ދެމީހުންގެ މޫނުގައިވެސް ވަނީ އެއް ކުލަވަރެކެވެ. އެމީހުންގެ ވިސްނުމުގައި ވަނީވެސް ކައިލްގެ ވިސްނުމުގައި ވާ ކަންތައް ފަދައެވެ. އޭރު ޒޭޑެން އުޅުނީ ދުވަހުގެ ފިލާވަޅު ފެށުމަށެވެ. ކައިލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މޫނުމަތިން އެއްވެސް އަސަރެއް ދައްކާނުލާ އިންކަމަކު ކެތްތެރިކަން ކޮޅުންލައިގެން ދާގޮތްވިއެވެ. ސިކުނޑީގެ އެއް ދިމާލަކުން ލިއާގެ ނަން ގުގުމާލިއެވެ.

ކައިލް ކުއްލިއަކަށް ތެދުވިއެވެ. ހަމަ އެވަގުތު ކައިރާ އާއި އިޝާންވެސް ތެދުވެއްޖެއެވެ. ޒޭޑެންއަށް ގޮވާލެވެން ވާއިރަށް ކައިލް ދުވެފައި ކްލާހުން ނިކުތެވެ. “ސްޓޮޕް…! ޔޫ ތްރީ……!” ޒޭޑެން ވާހަކަ ދައްކަ ދައްކާ ހުއްޓާ ކައިރާ އާއި އިޝާންވެސް ދުވެފައި ނިކުތެވެ. ޒޭޑެންގެ މޫނުމަތިން ކަންބޮޑުވުން ފާޅުވިއެވެ. އެ ޒުވާނުންގެ މޫނުގެ ކުލަވަރު ހުރި ގޮތުން އޭނާއަށްވެސް ކަމެއް ގޯސްވެއްޖެކަމުގެ އިހުސާސްކުރެވުނެވެ.

“ނޯބޮޑީ މޫވްސް…!” ހައިރާންވެ ސުވާލު އުފެދިފައިހުރި ކްލާހާއި އިޝާރަތްކޮށް ޒޭޑެން ހަރުކަށިކަމާއެކު ކުދިންނަށް ބުނެލިއެވެ. އެއަށްފަހު އޭނާވެސް ކްލާހުން ނިކުތެވެ.

“އަހަރެން ބޭނުމެއް ނޫން އެއްވެސް މައްސަލައެއް އުފެދޭކަށް…” ފަހަތަށް ޖެހެވޭނެ ޖާގައެއް އޮތްތޯ ބަލަމުން ލިއާ އަލީޝާއާއި ވާހަކަ ދެއްކިއެވެ.

“އެހެންތަ…؟ އެހެންވިއްޔާ ކައިލްއާއި ދުރުގައި ހުރޭ…!” އަލީޝާ ބުންޏެވެ.

ލިއާގެ ހިތުގައި ރުޅިވެރިކަން އުފެދުނެވެ. އަލީޝާ މިފަދަ ނުހައްގު ގޮތަކަށް އޭނާއާއި މެދު ބޭއިންސާފުން ކަންތައް ކުރުމުގެ ބޭނުމެއް ނެތެވެ. “ކައިލް ބޭނުން މީހަކާ ކައިލްއަށް ވާހަކަ ދެއްކޭނެ…!” ލިއާ ލިބުނު ހިތްވަރުގައި ބުނެލީ އަލީޝާގެ މޫނަށް ބަލަން ހުރެއެވެ.

“ވްރޯންގް އާންސަރ…!” ލިއާ ނުވިސްނާ ހުއްޓާ އަލީޝާ އަތްދަމާފައި ލިއާގެ މޫނުމަތީ ޖެހިއެވެ. ޖެހިލެއް ބާރުކަމުން ލިއާގެ ބޮލަށް އެނބުރުން އެރިއިރު ލޭގެ ވަސް ނޭފަތުގައި ޖެހިއްޖެއެވެ. ލިބިފައިވި ސިހުން ނުކެނޑިހުރެ ލިއާއަށް ތުންފަތުގެ އެއްކައިރީގައި އަތް ޖައްސާލާ އިނގިކިތަކަށް ބަލާލެވުނެވެ. އޭރު އިނގިލިތަކުގެ ކޮޅުގައި ލޭ ހޭކިފައި ހުއްޓެވެ.

“އެލީ ދެޓްސް ޓޫ މަޗް…!” ކަންބޮޑުވެގެން އައި އިފާއަށް ބުނެވުނެވެ. މީޝާވެސް ހުރީ ދެލޯބޮޑުވެފައެވެ. ލިއާގެ މޫނުމައްޗަށް ވީއްލާލެވުނު އެތިފަހަރާއެކު އަލީޝާގެ ހިތްހަމަޖެހުނީ ކަންނޭނގެއެވެ. އެ މޫނުމަތިން ނުލަފާ ހިނިތުންވުމެއް ފާޅުވިއެވެ.

“އާރ ޔޫ މެންޓަލީ އިލް…؟ ޔޫ ހޭޓް މީ އޯވަރ ހިމް…! ބިލީވް އިޓް އޯ ނޮޓް…އައި އެކްޗުއަލީ އާސްކްޑް ހިމް ޓު ބީ ވިތް ޔޫ…ގެސް ވަޓް…؟ ހީ ސެޑް ނޯ…ދެން އޭގަ އަހަރެން ކީއްކުރާނީ…؟” މޫނުން ދިލަނަގަމުންދިޔަ ދިމާލުގައި އަތް އަޅައިގެންހުރެ ލިއާއަށް ވާހަކަ ދެއްކުނީ ރުޅިވެރިކަމާއެކުއެވެ. ނަމަވެސް އޭނާގެ ޖުމްލަތައް ވެގެން ދިޔައީ އަލިފާނަށް ޕެޓްރޯލް އެޅުންފަދަ ކަމަކަށެވެ.

އަލީޝާ ލިއާ ކޮއްލާލިލެއް ބާރުކަމުން ލެނގިގެން ހުރި ޑެސްކާއެކު ލިއާ ވެއްޓުނެވެ. މީޝާ އާއި އިފާއަށް ބާރަށް އަލީޝާއަށް ގޮވާލެވުނެވެ. އަލީޝާ ހުރީ ހަމައިގަހެން ހީނުވެއެވެ. މޫނު ރަތްވެފައިވާއިރު، ލޮލުން ކަރުނަ އައިސްފައިވަނީ ހަށިގަނޑުގައި އުފެދިފައިވާ ގަދަފަދަ ރުޅިންނެވެ.  އެމީހުންނަށް އަލީޝާ ނުހިފޭއްޓެނީސް އަލީޝާ ވެއްޓިފައި އޮތް ލިއާގެ ބަނޑާއި ވާގޮތަށް އަރައިގެން ހުރި ބޫޓުގެ ކޮޅުން ޖެހިއެވެ. ލިއާއަށް އާހެއްގެ އަޑާއިއެކު ދެފައި ކުރުކޮށްލެވުނެވެ. ފަހަތުގައި ހުރި މީޝާއަށް އަލީޝާ އަތުގައި ހިފާ ދަމައިގަނެވުނެވެ.

“ލީވް…މީ…އެލޯން…” ބިރުން ފިތްކަނޑައިގެން ދާވަރުވެފައި އޮތް ލިއާއަށް ވާހަކަ ދެކެވުނީ ރޮމުން އުނދަގޫ ގޮތަކަށެވެ. އިފާ އަވަސްއަވަހަށް ލިއާގެ ދެކޮނޑުގައި ހިފާ ނަގަން އުޅުނެވެ. އެ މޫނުގައި ވަނީ ކަންބޮޑުވުމެވެ. ލިއާގެ ބަލިކަށި އަޑު އިވުނު ވަގުތު އިފާގެ ހިލަހިތް މަޑު ކަފަކޮޅަކަށް ވެއްޖެއެވެ. އޭރު މީޝާއަށް އުޅެވުނީ އަލީޝާ ނުހިފޭއްޓިގެންނެވެ. މީޝާ ހާސްވެފައި ހުރެ އެކި ވާހަކަ ދައްކަމުން އަލީޝާއަށް ވިސްނައިދެވޭތޯ ބެލިއެވެ. ލިއާއަށް އަނިޔާކުރިކަން ފަޅާއަރައިގެން އަލީޝާ އާއި އެކު އެ ދެމީހުން ލަދެއްގައި ބެދޭކަށް ބޭނުމެއް ނޫނެވެ.

ހާސްވެފައި މުޅި ހޯލްވޭ ތެރޭ އެނބުރެމުން ދިޔަ ކައިލްއަށް ލައިބްރަރީ އާއި ކައިރި ހުރި ކްލާސްރޫމްއިން އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. އަދި ދެ އަންހެންކުއްޖަކު ބާރަށް ވާހަކަ ދެއްކި އަޑު ފަނޑު ގޮތަކަށް އިވުނެވެ. އޭރު ކައިރާ އާއި އިޝާންވެސް އެދިމާލާއި އަރާ ހަމަވީއެވެ. ފަހަތުން ދުވެފައި އައި ޒޭޑެންވެސް ކައިލް ގާތު މަޑުޖެހުނެވެ.

އިފާގެ އެހީގައި ލިއާ ކޮޅަށް ތެދުވި ވަގުތުވީ މީޝާ އަތުތެރެއިން އަލީޝާ ވީއްލިގަތް ވަގުތަށެވެ. އޭނާ ހުއްޓުވަން އިފާ އުޅުނެވެ. ނަމަވެސް ބޮލަށް ޝައިތާނާ ވެރިވެފައި ހުރި ވަގުތު އަލީޝާއަށް ލިބިފައި ހުރީ އާދަޔާހިލާފު ބާރެއް ކަހަލައެވެ. އިފާގެ ގައިގަ ހިފާ އެއްފަރާތަކަށް ފޮޅުވާލުމަށްފަހު ލިއާއާއި ދިމާލަށް ދިޔައެވެ. ބަނޑުގައި އަތް އަޅައިގެންހުރި ލިއާއަށް ފަހަތަށް ޖެހިލެވުނީ ބަލިކަށި ގޮތަކަށެވެ.

“ކަ…އި…ލް…” ބަނޑުގައި ތޫނު ތަދެއް އުފެދިފައިވީއިރު ލޯމައްޗަށް ފުސްވާހެން ހީވުމުން ލިއާއަށް ބޭއިހްތިޔާރުގައި މަދަދަށް އެދި ގޮވާލެވުނެވެ. އިންސާނެއްގެ ފަރާތުން އޭނާއަށް ރައްކާތެރިކަން ލިބޭނަމަ އެމީހަކީ ކައިލްކަން މުޅި ހިތާއި ސިކުނޑިންވެސް އެއްބަސްވެއެވެ. އަލީޝާއަށް އެ އަޑު އިވި މުޅި ސިކުނޑި ހަމައިން ނެއްޓިއްޖެއެވެ. އެ ދިޔަ ގޮތަށް ބާރަށް ލިއާ ކޮއްޕާލުމާއެކު ލިއާ ޖެހުނީ ބަރިބަރިއަށް ޖަހާފައި ހުރި ޑެސްކްތަކުގައެވެ. މީޝާއާއި އިފާއަށް ހަޅޭއްލަވައިގަނެވުނީ މަތިން ޑެސްކެއް ވެއްޓުމާއެކުއެވެ. ވެއްޓެން ދިޔަ ލިއާ އާއި އެކި އެ ޑެސްކް ވެއްޓިގެން އައި ވަގުތު އޭގެ ފަޔަކުން ލިއާގެ ބޮލުގައި ޖެހުނެވެ. އަލީޝާ ގަނޑުވެގެން އައި އިރު މޫނުގައިވި ރުޅިވެރިކަން ފިލާ އެ މޫނުމަތިން ފެންނަނީ ޝޮކެއް ޖެހިފައި ހުރިކަމެވެ. ތަޅުންމައްޗަށް ވެއްޓުނު ލިއާއާއި އެކު، ލިއާގެ ބޮލާއި ދިމާލުން ލޭގެ ކޯރެއް އުފެދިއްޖެއެވެ.

އިރުކޮޅެއް ވަންދެން ހުއްޓުން އަރާފައި ހުރެ މީޝާއަށް އަލީޝާއަށް ބަލާލެވުނީ ރުޅިވެރިކަމާއެކުއެވެ. އަލީޝާ ހުއްޓުން އަރާފައި ހުރިއިރު ދަތްދޮޅިން ދާތިކިތައް ތިކިތަޅަމުންދިޔައެވެ. ލިއާ ކޮއްޕާލުމަށްޓަކައި އުފުލާލެވުނު ދެއަތް އޭރުވެސް ތިރިނުވެ ހުރިއިރު އެ އިނގިލިތައް ތުރުތުރު އަޅަމުންދިޔައެވެ. އިފާ އަވަސްއަވަހަށް ޔުނީފޯމްގެ ގިރުވާނާ ދިމާލުގައި އައްސާފައިވާ ސްކާފް ދަމައިގަތުމާއެކު ލިއާގެ ގާތަށް ޖެހި ލޭ އަންނަމުންދިޔަ ތަނުގައި އަޅާ ބާރުކޮށްލިއެވެ. ހާސްވެފައި ހުރިވަރުން އޭނާގެ އަތްވެސް ތުރުތުރު އަޅަމުންދިޔައެވެ.

ކުއްލިއަކަށް ބާރަށް ދޮރުގައި އެއްޗެއް ޖެހުނު އަޑާއި އެކު ތިން އަންހެންކުދިންވެސް ސިއްސައިގެން ދިޔައެވެ. އިފާ ސިހުނެއް ކަމަކު އޭނާގެ ސަމާލުކަން ލިއާއަށް ހުއްޓާލިއެވެ. ލިއާގެ ބޯ އޭނާގެ އުނގުގައި ބާއްވައިގެން އިނދެ ބޮލުން ލޭ އަންނަމުންދިޔަ ދިމާލުގައި ސްކާފް ޖައްސާ ބާރުކުރަމުންދިޔައެވެ. ނަމަވެސް އޭރު އެ ސްކާފްވެސް ލެއިން ތެމި ފޯވަނީއެވެ. ދެވަނަ ފަހަރަށް ދޮރުގައި ބާރަށް ޖެހުނު އަޑު އިވުނެވެ. ލިއާގެ ލޯ މަޑުމަޑުން މެރެމުން ދިޔައިރު އިފާ ލިއާއަށް ގޮވަމުން ދިޔައެވެ.

“ކައިލް ސްޓޮޕް…!” ޒޭޑެންގެ ހަޅޭކުގެ އަޑާއިއެކު ދެން އިވުނީ މީހަކު ފައިން ޖެހުމާއެކު ބަންކިޔާފައި ދޮރު ހުޅުވިގެންދިޔަ އަޑެވެ. އެ ދެލޯ މަރާލެވުމުގެ ކުރިން ލިއާއަށް އެންމެފަހުން ފަނޑު ގޮތަކަށް ފެނުނީ ދޮރުމަތީ މާނޭވާތަކެއް ލަމުން ހުއްޓިލައިގެން ހުރި ކައިލްއެވެ. އެއަށްފަހު އެ ދެލޯ މެރި، ކަނު އަނދިރިކަމެއްގެ ތެރެއަށް ގެނބިގެންދިޔަ ވަގުތު ކައިރާ ދުވެފައި އައިސް އޭނާގެ ގާތުގައި ކަކޫ ޖަހާލިކަން އެނގުނެވެ. ބަނޑުމަތީގައިވި ލިއާގެ އަތުން ވަރު ހުސްވެ ގޮސް ބިންމަތީގައި ޖެހުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ހިމޭން 18

Previews
August 10, 2026

ހިމޭން 18

One Comment

  1. Rau says:
    August 10, 2026 at 8:41 am

    Dhen you part Ava’s kohlahchehy..v salhi mi part ves

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!