Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 40

Itxlevender
Itxlevender Level 310 Stories100 Comments100 Login
August 6, 2026 9 Mins Read
0 Comments

ރިހާން ލިއާ ގޮވައިގެން އިރުކޮޅަކު ދުއްވާލުމަށްފަހު ސައިކަލު މަޑުކޮށްލީ ތުނޑިއާއި ދިމާލަށެވެ. މުޅި ހިސާބުގައި ވަނީ އަނދިރިކަމެވެ. އެކަމުން ލިއާއަށް ހިތްހަމަޖެހުން ލިބުނީ ލޮލުގައިވި ކަރުނަތައް ރިހާންއަށް ސިއްރުކުރެވޭނެތީއެވެ. ސައިކަލުން ފައިބެފައި، ރިހާން ލިއާގެ އަތުގައި ހިފައިގެން ގަސްތަކުތެރެއިން ލާފައި ގޮސް ތުނޑިއަށް ނިކުތެވެ. އޭރު ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުން ލިއާގެ އިސްތަށިގަނޑު އުދުހެމުން ދިޔައެވެ. ރުޅިއައިސް ހުޅިނަގަމުން ދިޔަ ރާޅުތައް ދޮންވެލިގަނޑަށް ޖެހެމުން އަންނަ އަޑު އިވިއިވި ހުއްޓެވެ.

ލިއާއާއި ކުރިމަތިވާހެން ހުއްޓުމާއެކު ރިހާން މަޑުމަޑުން ލިއާގެ މޫނުގެ ދެފަރާތުގައި ހިފާއްޓާލިއެވެ. އޭނާއަށް ފާހަގަވީ ލިއާ އޭނާއާއި ހަތަރުކަޅި ހަމަކުރަން މަސައްކަތް ނުކުރާކަމެވެ.

“އަހަންނަށް ކީއްވެ ހީވަނީ ލިއާ އަހަންނާއެކު ހެޕީ ނޫންހެން…؟” ރިހާން އެހިއެވެ. ލިއާގެ ހިތުގައި ޖެހިލުންވުން އުފެދުނެވެ. ރިހާން އެހެން ބުނުމުން ހިތަށް އުނދަގޫވިއެވެ.

“ތިހެން ހީވާން ޖެހޭ ސަބަބެއް ނެތޭނު…އަހަރެން ކިހާ ދުވަހަކު އިންތިޒާރު ކުރިފަހުން ރިހާން ލިބުނީ…؟ ރިހާނަށްވުރެ ބޮޑަށް ލޯބިވަނީވެސް އަހަރެން ނޫންތަ…؟” ލިއާ އޭނާގެ ވާހަކަތަކުން ރިހާންގެ ހިޔާލު އަނބުރާލަން މަސައްކަތްކުރިއެވެ. މުޅިއަކުން ތެދަކަށް ނުވިޔަސް މިވަގުތު އެ ނޫންގޮތެއް ނެތެވެ. ލިއާގެ ވާހަކައިން ރިހާން ހިތްހަމަޖެހުނުކަން އެނގުނީ މަޑުމަޑުން ލިއާގެ ގައިގަ ބައްދާލުމާއެކުއެވެ. ލިއާއަށް އެ މޭގައި މޫނު ޖައްސާލައިގެން ހުރެވުނީއެވެ. ރިހާންގެ ކަނދުރާގައި އޭނާ އަތްއަޅުވާލައިގެން ހުރި ގޮތުން ހީވަނީ ވަރު ނެތިފައި ހުރިހެންނެވެ. އޭނާގެ ހިޔާލުތަކުގައިވީ ކައިލްއެވެ. ކައިލް މިހާ ގާތްވާއިރު ކިތައްމެ ލަދުގަންނަ ނަމަވެސް ކައިލްގެ ބައްދާލުމުން ލިބެނީ ތަފާތު ހިތްހަމަޖެހުމެކެވެ.

އިރުކޮޅަކު އެހެން ހުރެފައި ރިހާން ދުރުވެލިއެވެ. އެ މޫނުމަތީގެ އަސަރުތައް ހުރީ ބަދަލުވެފައެވެ. ލިއާގެ ހިތް ތެޅިގަތީ ދެން ވާން އުޅޭކަންތައް ފަހުމް ވުމުންނެވެ. ލިއާގެ ކަނދުރާއާއި ދިމާލުން އިސްތަށިގަނޑު ދަށަށް ދެއަތް ލައްވާލަމުން ކަނދުރާއާއި މޫނާއެކު ހިފާއްޓާލަމުން ރިހާން މަޑުމަޑުން އެ މޫނު ގާތްކޮށްލިއެވެ. ލިއާއަށް މަޑުން ހުރެވުނު އިރު ހިތް ތެޅެމުންދިޔައީ ނުހަނު ބާރަށެވެ. އޭނާއަށް ސިފަވެގެން އައީ ކައިލްއެވެ. ލައިބްރަރީގައި ހިނގައިދިޔަ ކަންތައް ސިފަވުމާއެކު ލިއާއަށް އަވަހަށް ދުރަށް ޖެހިލެވުނީ ރިހާންގެ މަގުސަދު ފުރިހަމަ ނުވަނީހެންނެވެ.

“ވަޓްސް ރޯންގް…؟” އެހާ ބޭނުންވެފައި ހުރި ވަގުތުގައި ލިއާ ކަންތައްކުރިގޮތުން ރިހާން ހިތްހަމަނުޖެހުނެވެ. އޭނާ ލިއާގެ ގާތަށް ޖެހި ލިއާގެ ކޮނޑުގައި ދެއަތުން ހިފާއްޓާލިއެވެ.

“ވަރަށް ލަސްވެއްޖެ…ދައްތަވެސް މިހާރު ޑިއުޓީ ނިންމާފައި އައިސްފާނެ…ގެޔަށް ގެންގޮސްދޭންވީނު…؟” ލިއާ ބޭނުންވެފައި ހުރީ އެކަނިވެލާށެވެ. ނަމަވެސް ރިހާން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

“އަހަރެން ގާތްވާން އުޅުނީމަ ދުރަށް ތި ދަނީ ކީއްވެތަ…؟ އައެމް ޔުއަރ ބޯއިފްރެންޑް….ޔޫ ނޯ އައި ވޯންޓް ޓު ޑޫ ދެޓް…އަހަރެން ބުނިން ދޯ ލިއާ ކިޔަވާ ނިމޭހާ އަވަހަކަށް މެރީ ކުރާނަމޭ…އެހެންވީމަ އެވަރު ސިމްޕަލް ކަމެއް ރެފިއުޒްނުކޮށްބަލަ…” ރިހާން ވާހަކަ ދެއްކީ ލިއާގެ މޫނަށް ބަލަންހުރެއެވެ. ލިއާއަށް އިސްޖަހާލެވުނީއެވެ. ރިހާންގެ ރާގު ހުރިގޮތުން ލިއާ ގަޔާވާގޮތް ނުވިއެވެ.

”މިހެން އަބަދަކު ލިއާ ގާތަށް އާދެވެނީއެއްވެސް ނޫނޭނު…؟ މިހެން އަންނަފަހަރަކު އެވަރު ކަމެއް ކޮށްލުން އެއީ މައްސަލައެއްތަ…؟“ ރިހާން ވާހަކަ ދެއްކުމާއެކު ލިއާ ވިސްނާލަން ފުރުސަތު ނުދީ ގާތްވެލާފައި އޭނާގެ ބޭނުން ފުރިހަމަކޮށްލައިފިއެވެ. ލިއާއަށް ސިހުން ލިބުނު ވަގުތު ދުރުވެލަން އުޅުނު ނަމަވެސް ރިހާން އެ ފުރުސަތެއް ނުދިނެވެ. ތުންފަތް ހައްޔަރުވެފައި ހުރުމުން ލިއާއަކަށް ވާހަކައެއް ނުދެއްކުނެވެ.

ގެޔަށް ދާން ސައިކަލުގައި އިންއިރު ލިއާ އިނީ ހިމޭންވެފައެވެ. އޭނާ ހިތްހަމަނުޖެހިފައި އިންކަން ރިހާނަށް ދައްކަން ބޭނުންނުވާތީ އެއްޗެއް ނުބުނެ އިނެވެ. ގޭ ކައިރިއަށް މަޑުކޮށްލުމާއެކު ސައިކަލުން ފައިބެގެން ހިނގައިގަތުމުން ރިހާން ގޮވާލައިފިއެވެ. ”އިރުކޮޅަކުން ފުރަން މިއުޅެނީ…ހަގެއްވެސް ނުދީތަ ދަނީ…؟“ ރިހާން އެހިއެވެ. ފުން ނޭވާއެއް ދޫކޮށްލުމާއެކު ލިއާ ބަލާލީ ގޭގެ ދޮރޯއްޓަށެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި އައިސް ރިހާން ގާތަށް ހުއްޓުމާއެކު ރިހާން ސައިކަލުން ފައިބެގެން ހުއްޓުނެވެ. ލިއާގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ރިހާން ބައްދާލިއެވެ. ލިއާ އިރުކޮޅަކު ހުރެފައި ރިހާންގެ ކަނދުރާގައި އަތް އަޅުވާލިއެވެ.

ދުވަސްތައް ފާއިތުވެދިޔައިރު ކަންކަންވަނީ ނުހަނު ބޮޑަށް ބަދަލުވެފައެވެ. ކައިލްގެ މިޒާޖު ނުހަނު ބޮޑަށް ބަދަލުވެފައި ވީއިރު އެއީ ކްލާހުން އެންމެ ފުރަތަމަ ދުވަސްކޮޅު ފެނުނު ކުރީގެ ސީރިއަސް މިޒާޖުގެ ކައިލްއެވެ. އިހުނަށްވުރެ އެ މިޒާޖު ފިނިވެ، ގަނޑުވެފައިވާއިރު އެ ނޫކުލައިގެ ލޮލުން އަބަދުމެ ފެންނަނީ ޖެހިލުންވާހާ ސީރިއަސްކަމެވެ. ކްލާހުގައި އުޅޭ ވަގުތު ކައިލްގެ ނަޒަރުތައް ލިއާއާއި އަމާޒުވުން ހުއްޓިއްޖެއެވެ. މަޖުބޫރު ހާލަތެއް ދިމާވެގެން ލިއާއަށް ބަލާލަން ޖެހިއްޖެނަމަވެސް އެ ނަޒަރުގައި އެއްވެސް އިހުސާސެއް އެކުނުލަވާ ވޭތޯ ކައިލް އަމިއްލަ ނަފްސަށް ބާރުއަޅައެވެ.

މުޅި ކްލާހަށްވެސް މިކަން ފާހަގަވެފައި ވެއެވެ. ލިއާ އާއި ކައިލް މުޅިން ދުރުވެފައި ވާއިރު ކައިރާ އާއި އިޝާން އާއި އެކުވެސް ކައިލް ކުރިން އެ އޮންނަފަދަ ގާތް ގުޅުމެއް ނުބާއްވައެވެ. ކައިރާ އާއި އިޝާންވެސް ކައިލް އާއި އެކު ވަގުތު ހޭދަކުރަން މަސައްކަތްކުރިނަމަވެސް އެކަމަށް އެއްބާރުލުން ނުލިބެނީ ކައިލްގެ ފަރާތުންނެވެ. ކްލާސްތެރޭގައި ކައިލް އާއި ލިއާއާއި ބެހޭ ގޮތުން ސިއްރިޔާތުގައި އެކިއެކި ވާހަކަ ދެކެވެއެވެ. ޓީޗަރުންނަށްވެސް ވަނީ މިކަން ފާހަގަވެފައެވެ.

ލިއާއަށްވެސް ކައިލްގެ ދުރުކަން އިހުސާސްކުރެވެއެވެ. އެ ދުރުކަމުގެ ސަބަބަކީ ލިއާ ކަމުގައި ވާތީއެވެ. ކައިލް ވަނީ ލިއާއަށް އެކަން އިހުސާސް ކުރުވާފައެވެ. ނަމަވެސް އެއީ އެ ހިތުގައި ރުޅިވެރިކަން ވާތީއެއް ނޫނެވެ. ހަމައެކަނި ވަކި އިމެއްގައި އެ ގުޅުން ބޭއްވީއެވެ. އެ ދެމެދުގައި ކައިލްއަށްވެސް ގިރާނުކުރެވޭނެހާ އުސް ފާރެއް ކައިލް ބިނާކޮށްފިއެވެ.

އެހެންވިޔަސް ސްކޫލުގައި ހޭދަކުރަން ނުޖެހޭ ވަގުތުތަކުގައި ކައިލްގެ މިޒާޖު ބަދަލުވެފައި ވެއެވެ. ކޮންމެ ދުވަހަކުވެސް ލިއާއަށް ކައިލް މެސެޖު ކުރެއެވެ. އާދައިގެ މެސެޖު ތަކެވެ. ލިއާގެ ހާލު އެހުމާއެކު ދުވަސް ދިޔަ ގޮތާއި މެދު ސުވާލު ކުރެއެވެ. ދަންވަރު އެ ކުރާ މެސެޖުތައް ވަނީ މުޅިން ހުއްޓިފައެވެ. އެހެނަސް ލިއާއަށް ދަންވަރު ކައިލް އޮންލައިންގައި އިންނަތަން ފެނެއެވެ.

ކައިލްގެ އެ މެސެޖުތައް ފެންނަ ކޮންމެ ފަހަރަކު ލިއާގެ މެޔަށް ބާރުވެ، ހިތް ފިތިގެން އާދެއެވެ. ސަބަބަކީ އެ މެސެޖުކުރާ ކައިލް އާއި، ސްކޫލުން ބައްދަލުވާ ކައިލް ހާސްބައި ތަފާތުވީމައެވެ. މެސެޖުތަކުގައި ކައިލްގެ ފަރާތުން އަޅާލުން އިހުސާސްވެއެވެ. ލިއާއަށް މެސެޖު ކުރުމުގައި ފަރުވާތެރިވާކަން އެނގެއެވެ. ހީވަނީ ކައިލްގެ ސަބަބުން ލިއާއަށް އުނދަގުލެއް ވެދާނެތީ އެކަމަށް ވިސްނައިގެން މެސެޖު ކޮށްފައިވާހެންނެވެ.

ނަމަވެސް ދެމީހުން ދިމާވެއްޖެނަމަ ކައިލްއެކޭ ބީރައްޓެއްސެކޭ އެއްފަދައެވެ. އެއްދުވަހުގެ އެކްސްޓްރާ ކްލާހުގެ ވަގުތުގައި ލިއާ އިނީ ކްލާހުގައި ފޯނު ހިފައިގެންނެވެ. ކައިލްވެސް ދުރުގައި އިނީ ފޯނާއި ކުޅޭށެވެ. އެ މޫނުމަތީގައިވީ އެންމެންވެސް ޖެހިލުންވާ ނުރައްކާތެރި ސީރިއަސް ކުލަވަރެވެ. ކައިލްގެ ވަށައިގެން ގަނޑުފެނުގެ ފަށަލައެއް ލެވިފައި ވާކަހަލައެވެ. އެ ދެމީހުންނާއެކު ކްލާހުގައި ތިބީ ފަސްވަރަކަށް ކުދިންނެވެ. ކައިރާ އާއި އިޝާން ވީ ދިމާލެއް ނޭނގެއެވެ.

ފޯނަށް މެސެޖެއް އައުމުން ލިއާ ސިހުނެވެ. އެއީ ކައިލްގެ މެސެޖަކަށް ވާތީއެވެ. ކައިލްގެ ބީރައްޓެހިކަމުން ހިތްދަތިވެފައި އިންދާ ކައިލްގެ މެސެޖު ލިބުމުން ހިތް ފިނިވެގެން އައީ ބިރުގަންނަ ވަރަށެވެ. ”ޔޫ ޑިޑިންޓް ރިޕްލައި ޔެސްޓަރޑޭ…އާރ ޔޫ އޯކޭ..؟“ ކައިލްގެ މެސެޖުގައި ވެއެވެ.

ލިއާގެ އިނގިލިތައް ތުރުތުރު އަޅަމުންދިޔައެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ލިއާގެ ހާލު ރަނގަޅުކަމެއް ނޫންކަމެއް ލިއާއަކަށްވެސް ޔަގީންކޮށް ބުނާކަށް ނޭނގުނެވެ. ނަމަވެސް ލިއާއަށް އެނގޭ އެއްޗަކީ ކައިލްއަށް އޭނާގެ ހާލު ވިސްނޭނެ ކަމެވެ. އެހެނަސް ލިއާއަށް ނަގައިނުގަނެވިގެން އުޅެނީ ކައިލްގެ މިޒާޖެވެ. އެ ދެމެދުގައި އެހާ ނުތަނަވަސްކަން ވާއިރުވެސް، މެސެޖު ކުރާ ވަގުތުތަކުގައި ކައިލްގެ ފަރާތުން އެހާ އޯގާވެރިކަން ފެންނަ ސަބަބެއް ލިއާއަކަށް ނޭނގެއެވެ. އިރުކޮޅެއް ފަހުން ކައިރާއާއި އިޝާންވެސް ކްލާހަށް އައެވެ. ޓީޗަރު އަންނަން ވަގުތު އޮތީތީ ދެމީހުންވެސް އިހަށް އިށީނީ ގާތުގައެވެ.

ކްލާހުގެ ކުޑަދޮރު ކައިރި ކައިލް އިނެވެ. ނަޒަރު ހުއްޓިފައިވަނީ އަތުގައިވި ފޯނަށެވެ. ދެބުމަ ކައިރިވެފައިވާއިރު އެ މޫނުމަތީގެ އަސަރުތައް ބަޔާންކުރުމަކީ އެކަކަށްވެސް ކުޅަދާނަކަމަކަށް ނުވާނެއެވެ.

”ކައިލް މިހާރު ހާދަ ތަފާތޭ…!“ އިޝާން ގާތަށް ޖެހިލަމުން ކައިރާ ބުނެލީ މަޑުމަޑުންނެވެ. އެ އަޑުގައިވީ މާޔޫސްކަމެވެ. އިޝާން މަޑުމަޑުން ބޯ ޖަހާލިއެވެ. “ހީ ސީމްސް ލައިކް ހީ ޑަޒަންޓް ކެއަރ އެބައުޓް އެނީތިންގް…!“ އިޝާން ބުންޏެވެ. ލިއާއަށް އެ އަޑުތައް އިވުނެވެ. ނަމަވެސް އެ ދެ ޒުވާނުންނަށްވުރެ ރަނގަޅަށް ލިއާއަށް ކައިލްގެ ހާލަތު އެނގެއެވެ.

ކައިލްއަކީ ކުއްލިއަކަށް ހުރެފައި، އަޅާލުން ހުއްޓާލާނެފަދަ ޒުވާނެއް ނޫނެވެ. ކައިލްއަކީ އެހިތުގައި އިންތިހާ އޯގާތެރިކަންވާ، އެހެނަސް އެ އިހުސާސްތަކާމެދު ހަދާނެގޮތް ހުސްވެފައިވާފަދަ ޒުވާނެކެވެ. ހުރިހާވެސް މައްސަލައަކީ އެޔެވެ. އަދި އެ މައްސަލައިގެ ހަގީގީ ސަބަބަކީ ލިއާއެވެ. ކައިލް މި ހާލަތަށް ދިޔައީ ލިއާގެ ސަބަބުންނެވެ.

ކްލާހުގެ އެންމެންނަށް ލިއާއާއި ކައިލްގެ ދުރުކަން ފާހަގަވެފައި ވާއިރު އެކަން އެންމެ ބޮޑަށް ފާހަގަވެފައިވަނީ އަލީޝާއަށެވެ. އޭނާގެ ޖާސޫސީ ނަޒަރު ކައިލްއާއި ލިއާއަށް އަމާޒުވެފައި ހުންނަތާ އެތައްދުވަހެކެވެ. ކައިލްއާއި ލިއާއާއި ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އެންމެ ރަނގަޅަށްވެސް ފާހަގަވަނީ އޭނާއަށެވެ. ހިތާ ހިތާ އޭނާއަށް އެކަންކަމާއި މެދު އުފާކުރެވެއެވެ. ކައިލް ލިއާއާއި މެދު ބަހައްޓަމުންދިޔަ އޯގާތެރި ކަމަކީ އޭނާ ނަފްރަތު ކުރަމުން އައި ކަންކަމެވެ. އެހެން ހުރިހާ އަންހެންކުދިންނާއި ހިލާފަށް ލިއާ އާއި މެދު ކައިލް އަމަލުކުރަމުން އައި ގޮތަކީ އަލީޝާއަށް ބަރުދާސްތުކުރަން ދަތިވި މަންޒަރުތަކެވެ. އަހަރަކަށްވުރެ ގިނަދުވަސްވީއިރުވެސް އޭނާއަށް އެންމެފަހަރަކުވެސް ކައިލްގެ ސަމާލުކަން ހޯދިފައެއް ނެތެވެ. އެކަމަށް އޭނާ ކިތައްމެ މަސައްކަތް ކުރިނަމަވެސް ކައިލްގެ ފަރާތުން އެއްވެސް ޝައުގުވެރިކަމެއް ނުލިބެއެވެ.

ނަމަވެސް މިހާރު ލިއާ އެނބުރި އޭނާގެ ކުރީގެ ލޯބިވެރިޔާ ގާތަށް ދިއައީއެވެ. ކައިލް އެކަނިކޮށްފައެވެ. އަލީޝާއަށް ގަބޫލުކުރެވުނީ މީ އޭނާއަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމުގައެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. ސްކޫލުގެ ބްރޭކް ވަގުތު ކައިލް އިނީ ކައިރި ހުރި ކެފޭއެއްގައެވެ. އޯޕެން އޭރިއާގައި އެކަނި އިށީނދެ އިންއިރު ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ބޭރުން ފެންނަ މަންޒަރުތަކަށެވެ. ކައިލް އިން ދިމާލުން ބޭރު ބަލާލާއިރު ފެންނަނީ ރަށުގެ ބަނދަރެވެ. ލުއި ހިތްފަސޭހަ ވައިރޯޅި ޖެހެމުންދިޔައިރު ކައިލްގެ އިސްތަށިގަނޑު ހަރަކާތްކުރަމުންދިޔައެވެ. އެހެން އިންއިރު ކުރިމަތީ އިން ކޮފީތަށިން އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. ލަކުޑިން ފަރުމާކޮށްފައިވާ ކައުންޓަރގައި ތިބި ވޭޓަރ ދެ އަންހެންކުދިން ތުއިތުއިވެފައި ކައިލްއަށް ބަލަމުން އެކަކު އަނެކަކު ކައިރި ސިއްރު ވާހަކަ ދައްކަމުންދިޔައެވެ. ކައިލްގެ މޫނުމަތީގައި ހިނިތުންވުމެއް ނުވާއިރު ފެންނަލެއް ސީރިއަސްކަމުންނާއި ފިރިހެންވަންތަކަމުން އެކުދިންގެ ހިތް މޭފަޅާ ނިކުންނަން އުޅޭކަހަލައެވެ.

ކުއްލިއަކަށް ކައިލްގެ ކުރިމަތީ އިން ގޮނޑި ތަޅުމުގައި ކެހުނު އަޑު އިވުނެވެ. ކައިލްގެ ކުރިމަތީ މީހަކު އިށީންކަން އެނގުނެވެ. ކައިލްއަށް ބަލާލެވުނެވެ. ކުރިމަތީ އިނީ އަލީޝާއެވެ.

ކައިލްއަށް އިރުކޮޅެއް ވަންދެން އަލީޝާއަށް ބަލަން އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަށް ދެފަރާތަށް ބަލާލެވުނެވެ. ހުރިހާ ދިމާލެއްގައިވެސް ހުސްކޮށްހުރި އެތައް މޭޒެއް ހުއްޓެވެ. ދެން އޭނާއާއި އެއް މޭޒެއްގައި އަލީޝާ އެ އިނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟

”ވަޓް ދަ…“ ދުލުން ބޭރުވާން އުޅުނު ބަސް ކައިލް ހިފާއްޓާލީ މާހައުލަށް ވިސްނާފައެވެ. އެ ދެބުމަ ގޮށްޖެހިގެން އައެވެ. ކުރިން މޫނުމަތިން ފާޅުވަމުން ދިޔަ ވަރުބަލިކަން ބަދަލުވެގެން އައީ ރުޅިވެރިކަމަށެވެ. “ވަޓް ދަ ފަ…… ހެލް އާރ ޔޫ ޑުއިން…؟” ކައިލް ރުޅިވެރިކަމާއެކު އެހިއެވެ.

އަލީޝާ ހިތްބިރުގަނެފައި އިނދެ އެ ހިމަ ދިގު އަތުގެ އިނގިލިތަކާ ކުޅެމުންދިޔައެވެ. އޭނާ މިހިސާބަށް އައީ ވަރަށް ހިތްވަރުކޮށްފައެވެ. ކައިލްގެ ރުޅިވެރިކަން ފެނި އޭނާގެ ހިތަށް ދަތިވިއެވެ. “ޕްލީޒް…” އަލީޝާއަށް މަޑުމަޑުން ބުނެވުނެވެ. “ޖަސްޓް ލިސެން ޓު މީ…” އަލީޝާ ޖެހިލުންވެފައި ހުރެވެސް އެދުނެވެ.

”ނޯ…!“ ކައިލް ވަގުތުން ބުނެލިއެވެ.

“ކައިލް……”

“އަހަރެން ބިޒީ…!” އަލީޝާ ގޮވާލުމާއެކު ކައިލް ބުނެލިއެވެ.

“ޔޫ އަރ ހޭވިން އެ ކޮފީ…!” އަލީޝާ ކައިލްއަށް ބަލާލިއެވެ.

“އެންޑް…؟” ކައިލްގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ.

“ޔުއަރ ސިޓިން އެލޯން…” އަލީޝާއަށް ބުނެވުނެވެ.

”އެގްޒެކްޓްލީ…!“ ކައިލް ދުރު ބަލާލިއެވެ. އެ ބަރު އަޑު ޖެހުނު ވަގުތު އަލީޝާއަށް އިސްޖަހާލެވިއްޖެއެވެ.

އަލީޝާގެ ހިތަށް ތަދުވީ އޭނާއާއި ވާހަކަ ދައްކާއިރު ކައިލްގެ ރާގު ހުންނަ ގޮތުންނެވެ. ދުޝްމަނަކާއިވެސް އެއަށްވުރެ ރީއްޗަށް ވާހަކަ ދައްކާނެ ކަންނޭނގެއެވެ. އެ އަޅާލުންކުޑަކަމުން އޭނާ މާޔޫސްވާގޮތްވިއެވެ. “އަހަރެން ވަރަށް ދުވަސްވެއްޖެ ކައިލް އާއި ވާހަކަ ދައްކަން މަސައްކަތްކުރާތާ…” އަލީޝާ ހިތްވަރުކޮށްފައި ބުނެލިއެވެ. ކައިލްގެ ފަރާތުން ފެނުނީ ޝައުގުވެރިކަން ނެތްކަމެވެ. އެކަމުން އަލީޝާގެ ހިތަށް އުނދަގޫވެ ލަދުވެތިކަން އިހުސާސްވިއެވެ.

“ކައިލް އަހަންނަކަށް އެ ފުރުސަތެއް ނުދޭ…އަހަރެން ގާތަށް އަންނަން މަސައްކަތްކުރާ ކޮންމެ ފަހަރަކު ކައިލް އަހަރެން އިގްނޯރ ކޮށްލާ…!” އަލީޝާގެ ވާހަކަތައް ކުރިޔަށް ގެންދިޔައެވެ.

ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ބަލާލީ ކެފޭތެރެއަށެވެ. އޭރުވެސް ކައުންޓަރގައި ތިބި ވޭޓަރުން އެތަނުގައި ތިއްބެވެ. އެވަގުތު ކެފޭގައި ތިބި ކަސްޓަމަރުންވެސް މަދެވެ. ކައުންޓަރގައި ތިބި ވެއިޓަރުންގެ ނަޒަރު ކައިލްއާއި އަމާޒުވާކަން ކައިލްއަށް އެނގެއެވެ. ކައިލް އެ އިންގޮތަށް އިނެވެ. އެހެން އިންއިރު ފޫހިކަމާއެކު އަތުގެ އިނގިލިތަކުން މޭޒުގައި ބީޓަކަށް ތަޅަމުން ގެންދިޔައެވެ. އެ މޫނުމަތީގައިވި ފޫހިކަމާއި ނުރައްކާތެރި ސީރިއަސްކަމުން އަލީޝާއަށް ހިންދިރުވާލެވުނެވެ.

“އެއްފަހަރު ނަމަވެސް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ…” ހިތްވަރު ކޮށްލާފައި އާދޭހުގެ ރާގަކަށް އަލީޝާ އެދުނެވެ. ކައިލް ދީފާނެ ޖަވާބަކަށް ހިތް ބިރުގަނެފައި ވިއެވެ.

“ޔޫ ހޭވް ޓޫ މިނެޓްސް…!” ފުން ނޭވާއެއް ދޫކޮށްލުމާއެކު ކައިލް ބުނެލީ ޝައުގެއް ނެތް ރާގަކަށެވެ. އަލީޝާގެ މޫނުމަތިން ހައިރާންކަން ފެނުނެވެ. ހަމަ ރަނގަޅަށްވެސް ކައިލްގެ ކުރިމަތީގައި އޭނާގެ އެއްވެސް އަގެއް ނެތްކަން އެނގުނެވެ. “ޓޫ މިނެޓްސް…؟” އަލީޝާއަށް އެހުނެވެ.

”ޔޫ ވޯންޓެޑް ޓު ޓޯކް… ޓޯކް…!” ކައިލްގެ ބަރުއަޑުން އަލީޝާގެ ގައިން ހީބިހި ހަލުވާލިއެވެ.

އަލީޝާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އިރުކޮޅެއް ވަންދެން އޭނާއަށް އިނދެވުނީ ވާހަކަ ފަށާނެ ގޮތެއް ނޭނގިފައެވެ. އޭރު ކައިލް ބަލަމުންދިޔައީ ފާރުގައި އިން ގަޑިއަށެވެ.

“ވަން މިނެޓް އެންޑް ފިފްޓީ ސެކެންޑްސް…!” ކައިލްގެ އަޑުން އަލީޝާއަށް ސިހިފައި ބަލާލެވުނެވެ.

“ކައިލް……”

”ވަޓް…؟!!“ ކައިލްއަށް ބޮލަށް އުނދަގޫވެފައި ހުރިކަހަލަ ގޮތަކަށް ބުނެވުނެވެ.

“އައި……” އަލީޝާގެ އަޑު ކުރިޔަށްވުރެވެސް މަޑުވިއެވެ. “އައި ލަވް ޔޫ…!”

ކައިލް ގަނޑުވިއެވެ. މޭޒުގައި ތަޅަމުންދިޔަ އިނގިލިތަކަށްވެސް ހުއްޓުމެއް އައެވެ. އަލީޝާ އެތަނުގައި އިށީނީއްސުރެ ކައިލްގެ މޫނުމަތީގައިވި ރުޅިވެރިކަމަށްވެސް ބަދަލު އައީ އެވަގުތުއެވެ. އެ ލޮލުން ހައިރާންކަން ފާޅުވެގެން އައެވެ. އަލީޝާ ކައިލްއަށް ބަލަން އިނީ ފަރުވާތެރިކަމާއެކުއެވެ. މި ދުވަހަށް އޭނާ ހާދަ އިންތިޒާރުކުރިއެވެ. އެތައް ފަހަރަކު މި ވަގުތުކޮޅުގެ ހުވަފެންތައް އޭނާ ބެލިއެވެ. އޭނާއަށް އުއްމީދުކުރެވުނީ ކައިލް ހިނިތުންވެލާނެ ކަމަށެވެ. ނޫނީ ކަންބޮޑުވެދާނެ ކަމަށެވެ. ހަޔާތުގައިވެސް ފުރަތަމަ ފަހަރަށް ކައިލްއަށް އަލީޝާ ފާހަގަކުރެވިދާނެ ކަމަށެވެ. ނަމަވެސް ކައިލް އޭނާއަށް ބަލަން އިނީއެވެ. އިރުކޮޅެއް ފަހުން ކައިލް ގޮނޑިއަށް ލެނގިލުމާއެކު ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އަލީޝާ…” ކައިލް ގޮވާލިއެވެ. އަލީޝާގެ މުޅި ހަށިގަނޑުވެސް އައީ ފިނިވެގެންނެވެ. ކައިލް އޭނާގެ ނަމުން އެ ގޮވާލީ ފުރަތަމަ ފަހަރަށެވެ. ހިތަށް ހީވީ ފިނިފެނުގެ އެއްޗެއް އޮއްސާލެވުނުހެންނެވެ. ކައިލްގެ އަޑުގައި މިހާރު ވަނީ މަޑުމައިތިރިކަމެވެ. އޭނާގެ ހިތުގައި ވަކިކަމެއް ބަދަލުވީތީކީ ނޫނެވެ. ނަމަވެސް އަލީޝާގެ ލަފްޒުތަކުގައި ހުރި ސީރިއަސްކަން ކައިލްއަށް ނަގައިގަނެވުނީއެވެ. “އަހަންނަކަށް ނޭނގެ އަހަރެން ފަރާތުން އަލީޝާ އުއްމީދުކުރަނީ ކޮން ޖަވާބަކަށް ކަމެއް…”

“ކައިލް މިވަގުތު ޖަވާބު ނުދިނަސް އެންމެ ރަނގަޅޭ…އަހަރެން ބޭނުންވީ ކައިލްއަށް މިކަން އެނގެން…!” ކައިލް ވާހަކަ ދެއްކުމާއެކު އަލީޝާ އަވަސްއަވަހަށް ވާހަކަ ދެއްކިއެވެ. އޭނާގެ ހިތް ބިރުގަތީ ކައިލްގެ ފަރާތުން އޭނާ ހިތްހަލާކުވާނެފަދަ ޖަވާބެއް ލިބިދާނެތީއެވެ.

ކައިލް އިރުކޮޅެއްވަންދެން ހިމޭންވެފައި އިނީ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެ ވަގުތުކޮޅު ތެރޭގައި އަލީޝާ ހިތް ފުރެންދެން އެ މޫނަށް ބެލިއެވެ. ހުދު ޔުނީފޯމްގެ ގަމީހުގެ އަތުކުރި އޮޅާލާފައި ހުރިއިރު އެ ބާރުގަދަ އަތް ފެންނަގޮތް ނުހަނު ހިތްގައިމެވެ. ފަން ވަރުގަދަ އިސްތަށިކޮޅުން ބައެއް ނިތުމައްޗަށް ވެއްޓިފައި އޮތެވެ. އެއް ފަރާތަކުން އެ މޫނު ފެންނައިރު ފިރިހެންވަންތަކަމާއި ރީތިކަމުން އަލީޝާގެ ހިތުގައި ކޫރުން އެޅުނެވެ. މި ފިރިހެންވަންތަކަން އޭނާއަށް މިލްކުވާނެނަމައެވެ.

އިރުކޮޅެއް ފަހުން ކައިލްގެ ނަޒަރު އަލީޝާއަށް ހުއްޓުނެވެ. އެ ނަޒަރުގައިވީ ހަމަހިމޭންކަމެވެ. “މައި ހާރޓް އޯލްރެޑީ ބިލޯންގްސް ޓު ސަމްވަން…” ކައިލް ބުނެލީ އަލީޝާއަށް ބަލަން އިނދެއެވެ.

އަލީޝާގެ ލޮލުގައިވި ކުޑަކުޑަ އުއްމީދުވެސް ގެއްލިގެންދިޔައެވެ. ކައިލްއަށް އެކަން ފާހަގަވިނަމަވެސް ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އެންޑް ޔޫ ނޯ އެގްޒެކްޓްލީ ހޫ ޝީ އިޒް…!” ކައިލް ބުނެލިއެވެ.

އާހެއްގެ އަޑާއި އެކު އަލީޝާގެ ދެތުންފަތް މަޑުމަޑުން ދުރުވެލިއެވެ. ބުޅި އިސްތަށިގަނޑު މައްޗަށް އައްސާލެވިފައިވާއިރު ހަތައެއްހެން ހޭވިފައި އޮތެވެ. ނިތްކުރިއާއި ދިމާލުން ދެފަރާތުގައިވި ބުޅިކޮޅުތައް އެ ދޮންދޮން މޫނުގައި ބީހެމުންދިޔައެވެ. ބަލާލަން ކިތައްމެހާވެސް ރީއްޗެވެ. އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް ތިބީ ބަހެއް ނުބުނެއެވެ. އޭގެ އިރުކޮޅެއް ފަހުން އިސްޖެހިފައި އިން އަލީޝާގެ ލޮލަށް ކަރުނަތައް ގިނަވެގެން އައެވެ. ކައިލްއަށް އެކަން ފާހަގަވިއެވެ. އެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެ އުނދަގޫކަމެއް އިހުސާސްވިއެވެ. ކައިލްއަށް ދެން ކަންތައްކުރަންވީ ގޮތެއް ނޭނގުނެވެ. އޭނާއަކަށް ރޮވެމުންދާ މީހަކު ހިތްހަމަޖައްސައިދެން ކަންތައް ކުރަންވީ ގޮތެއް ނޭނގޭނެއެވެ. އަދި އެވެސް ހާއްސަކޮށް އަލީޝާއެވެ. ކައިލްގެ ފޫހި ލިސްޓުގެ އެންމެ ކުރީގައި އިންނަ ކުއްޖާއެވެ. އަލީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި އެ އޮމާން ކޯތާފަތްމަތީ ބީހިލާފައި ތިރިއަށް މިސްރާބު ޖެހިއެވެ.

ކައިލްއަށް ނުތަނަވަސްކަމާއެކު މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އޭރުވެސް ކައުންޓަރުގައި ތިބި ވޭޓަރުންތައް މަސައްކަތުގައި އުޅުނެވެ. ކަސްޓަމަރުން ތިބީ އެމީހެއްގެ އަމިއްލަ ދުނިޔެއެއްގައެވެ. ކައިލްގެ ނަޒަރު އެނބުރި އަލީޝާއަށް ހުއްޓުނެވެ. “އަލީޝާ…!” ނުތަނަވަސްވެފައި ހުރެ ކައިލްއަށް ގޮވާލެވުނެވެ.

“ވައި…؟” އަލިޝާ އިސްޖެހިފައި އިނދެ އެހިއެވެ. ކައިލްގެ ލޯ ހަނިކޮށްލެވުނެވެ.

“ވައި ވަޓް…؟” ދެބުމަ ގޮށްޖަހައިގެން ހުރެ ކައިލް އެހިއެވެ.

 “ވައި ހާރ…؟” އަލީޝާގެ ލޮލުން އަނެއް ކަރުނަތިކި ވެއްޓުނެވެ. ނަމަވެސް އޭނާ އަވަސްއަވަހަށް އެ ކަރުނަތިކި ފޮހެލައިފިއެވެ. ނަމަވެސް އޭނާގެ ހިތް ހީވަނީ ކުދިކުދި ވެދާނެހެންނެވެ. ރުއިމުގެ އަޑު ހިފަހައްޓަން މަސައްކަތް ކޮށް ކަރުތެރޭގައި ހީވަނީ ގާގަނޑެއް ތާށިވެފައި ވާހެންނެވެ.

“އޭނާ މާ ރީތީތަ…؟ އެހެންވެތަ ކައިލް އޭނާދެކެ ލޯބިވަނީ…؟” އަލީޝާ އެހިއެވެ. ޖަވާބު ދިނުމެއް ނެތި ކައިލް އިނީ ހިމޭނުންނެވެ. އެ ތޫނު ނަޒަރު އަލީޝާއަށް އަމާޒުވެފައި ވެއެވެ. ހިނދަކަށް ވުރެ ހިނދެއް އަލީޝާގެ އަޑުގައިވި ހިތްދަތިކަން އިތުރުވަމުން އައެވެ. “އައެމް މޯރ ޕްރެޓިއަރ ދޭން ލިއާ…!”

ކައިލްގެ ލޮލުން ފާޅުވީ ނުރައްކާތެރި ކުލަވަރެކެވެ. އަލީޝާއަށް އެކަން ފާހަގަވިޔަސް ވާހަކަ ކުރިޔަށް ގެންދިޔައެވެ. “އައެމް ރިޗް…ކައިލްއެކޭ އެއްފަދައިން އަހަރެންވެސް އައީ މުއްސަނދި، ގަދަރުވެރި އާއިލާއަކުން…ވީ އަންޑްރސްޓޭންޑް ދަ ސޭމް ލައިފްސްޓައިލް…އަހަރެމެން ދެމީހުންވެސް ނިސްބަތްވަނީ އެއް ދުނިޔެއަކަށް…!” އަލީޝާ ރުއިން ހިފަހައްޓަން މަސައްކަތްކުރަމުން ވާހަކަދެއްކިއެވެ. ކައިލްގެ އަތުގައި އިން ކޮފީތަށި މޭޒުމަތީ ބައިންދާލި އަޑު އެ ދެމެދުގައި އެކޯވެގެން އައެވެ. އަލީޝާ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. “ލިއާ ޑަޒަންޓް ހޭވް ދަ ތިންގްސް އައި ހޭވް…ޝީ އިޒް……”

“ސްޓޮޕް…!” ކައިލްގެ އަޑު އައީ މަޑުން އެހެނަސް ހަރުކަށި ކަމާއެކުއެވެ. އަލީޝާ ވަގުތުން ހިމޭންވިއެވެ. ކައިލްއަށް އަލީޝާއަށް ބަލަން އިނދެވުންއިރު ދަތްކުނޑިވިކިފައިވެއެވެ. ދެންމެއަކު އެ ނަފްސުގައިވި މަޑުމައިތިރިކަން ގެއްލިއްޖެއެވެ. އެ ނޫކުލައިގެ ތޫނު ލޯ ރުޅިވެރިކަމުން ފުރެންފަށައިފިއެވެ.

“ޑޯންޓް ޓޯކް އެބައުޓް ލިއާ ލައިކް ދެޓް…!” ކައިލް ވާހަކަ ދެއްކީ އޭނާގެ ރުޅިވެރިކަން ކޮންޓްރޯލްކުރަން މަސައްކަތްކުރަމުންނެވެ.

“ބަޓް އައެމް އޮންލީ ޓެލިން ދަ ޓްރުތް…” އަލީޝާ ހިތްވަރުކޮށްފައި ބުންޏެވެ.

“ނޯ…!” ކައިލްގެ އަޑު ކުރިޔަށްވުރެވެސް ހަރުކަށިވެގެން އައެވެ. “ޔޫ އަރ ކޮމްޕެއަރިން ޔުއަރސެލްފް ޓު ސަމްވަން ބިކޯޒް ޔޫ ތިންކް މަނީ އެންޑް ބިއުޓީ ޑިސައިޑް ހޫ ޑިޒާވްސް ލަވް…!” ކައިލް ބުނެލިއެވެ. ހިތަށް ތަދުވެގެން އައިވަރުން އަލީޝާއަށް ދުރު ބަލާލެވުނެވެ. ކައިލްގެ ހަށިގަނޑު ސީދާކޮށްލިއެވެ. “މީގެ ފަހުން ލިއާ ދަށްކޮށްލާފައި އަހަރެން ގާތުވެސް އަދި އެހެން މީހެއް ގާތުވެސް ދުވަހަކުވެސް ވާހަކަ ނުދައްކާތި…!” ކައިލް އިންޒާރު ދިނެވެ. ހިތްދަތިވި ވަރުން އަލީޝާގެ ލޯ ކަރުނުން ފުރިގެން އައެވެ. “ބަޓް ކައިލް……” އަލީޝާ ވާހަކަ ދައްކަން އުޅުނެވެ.

“އައި މީން އިޓް…!” ކައިލްގެ އަޑުގައިވީ ދެކޮޅު ނުހެދޭފަދަ ނުރައްކާތެރި އަސަރެކެވެ. އެ މޫނުމަތީގައިވީ އެންމެންވެސް ޖެހިލުންވާ ފިނި، ނުރައްކާތެރި ކުލަވަރެވެ. އަލީޝާއަށް އިސްޖަހާލެވުނެވެ. “އައި ތޯޓް ޔޫ ވުޑް އަންޑަރސްޓޭންޑް މީ…!” ރިހުން އެކުލެވިފައިވާ އަޑަކުން އަލީޝާއަށް ބުނެވުނެވެ.

ކައިލްއަށް އިރުކޮޅަކަށް އަލީޝާއަށް ބަލަން އިނދެވުނެވެ. އެ މޫނުމަތީގައިވި ކުލަވަރު ކޮންމެސް ވަރަކަށް ބަދަލުވިއެވެ. “އައެމް ސޮރީ…އައި ކާންޓް އެކްސެޕްޓް ޔުއަރ ފީލިންގްސް…!” ކައިލް ތެދުވެ މޭޒުމަތީ އޮތް އޭނާގެ ފޯނު ނެގިއެވެ. “މައި ހާރޓް އޯލްރެޑީ ބިލޯންގްސް ޓު ލިއާ…!” ކައިލްގެ ދުލުން އެހާ ސާފުކޮށް ލިއާ އާއި މެދު ވާ އިހުސާސްތައް ހާމަކޮށްލިއިރު އަލީޝާގެ ހިތަށް ހީވީ ތޫނު ވަޅިއެއް ހެރުނުހެންނެވެ. އެ ވޭނަށް އޭނާއަށް ކެތްކުރަން ދަތިވިއެވެ. ލޯ ފުރިފައިވި ކަރުނަތަކާއެކު އަލީޝާއަށް ކައިލްއަށް ބަލާލެވުނެވެ.

“އެންޑް ބީއިން ރިޗް އޯރ ބިއުޓިފުލް ޑަޒަންޓް ޗޭންޖް ދެޓް…!” ކައިލް މޭޒުމަތީގައި ސަތޭކަ ރުފިޔާގެ ނޫޓެއް ބާއްވާލިއެވެ. އަދި އަލީޝާއަށް ބެލުމެއް ނެތި ވޮލެޓް ޖީބަށް ލަމުން ނިކުންނަން ހިނގައިގަތެވެ. އަލީޝާ އިނީ ހިމޭންވެފައެވެ. ކައިލް ދާތަން ބަލަން އިންއިރު ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުންދިޔައެވެ. ނަމަވެސް ކައިލް އެއްފަހަރުވެސް އެނބުރި ބަލާނުލިއެވެ. މި ހުރިހާ ދުވަހު ކުރި އުއްމީދުތައް ފުނޑުފުނޑުވުމުން އަލީޝާއަށް ކެތްކުރަންދަތިވިއެވެ. އިރުކޮޅަކު ހިމޭންކަމާއެކު ރޯން އިނދެފައި އަލީޝާގެ ލޮލުން ނުރައްކާތެރި ކުލައެއް ފާޅުވީ ސިކުނޑިއަށް ސިފަވެގެން އައި ސޫރައެއްގެ ސަބަބުނެވެ. ކޯތާފަތްމަތީވި ކަރުނަތަކާއެކު އެ މޫނުމަތިން ފާޅުވީ ސާފު ނަފްރަތެވެ.

“ލިއާ…! ޔޫ ބިޗް… އައެމް ގޮނަ ކިލް ޔޫ…!” އަލީޝާ ބުނެލިއިރު އަތްތިލަ މުއްކަވާލައިގެން ހުރި ގޮތުން އެ އަތުގެ ދިގު ނިޔަފަތިތައް ވަނީ އަތުގެ ހުދު ހަމަށް ހެރިފައެވެ.

ކެފޭއިން ނިކުމެ، ދެޖީބަށް އަތް ޖަހާލައިގެން ކައިލް މަޑު ހިނގުމެއްގައި ކުރިޔަށް ދިޔައެވެ. އެ މޫނުމަތީގައިވަނީ ސީރިއަސްކަމެވެ. އޭނާ އަލީޝާގެ ގާތުގައި ހާމަކުރީ ތެދެވެ. އެ ހިތް އަދިވެސް މިލްކުވަނީ ލިއާއަށެވެ. ލިއާ އެހެން ފަރާތެއް ހިޔާރުކޮށްފައި ވީ ނަމަވެސް އަދި ކައިލްއާއި ދުރަށް ދިޔަކަމުގައި ވިޔަސް އެ ހިތުގައި ލިއާއާއި މެދު ވާ އިހުސާސްތަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް އަދިވެސް ކައިލް ލިއާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ދުވަހަކު އެ ލޯތްބަށް ބަދަލު އަންނާނެހެން ހިއެއް ނުވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ނޭދެން ވަކިވާކަށް 29 ވަނަ ބައި

Previews
August 6, 2026

ނޭދެން ވަކިވާކަށް 29 ވަނަ ބައި



All Right Reserved!