Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން ބުނާތީ 42

Itxlevender
Itxlevender Level 310 Stories100 Comments100 Login
August 11, 2026 8 Mins Read
13 Comments

“ކައިލް ސްޓޮޕް…!” ޒޭޑެންގެ ހަޅޭކުގެ އަޑާއިއެކު ދެން އިވުނީ މީހަކު ފައިން ޖެހުމާއެކު ބަންކިޔާފައި ދޮރު ހުޅުވިގެންދިޔަ އަޑެވެ. އެ ދެލޯ މަރާލެވުމުގެ ކުރިން ލިއާއަށް އެންމެފަހުން ފަނޑު ގޮތަކަށް ފެނުނީ ދޮރުމަތީ މާނޭވާތަކެއް ލަމުން ހުއްޓިލައިގެން ހުރި ކައިލްއެވެ. އެއަށްފަހު އެ ދެލޯ މެރި، ކަނު އަނދިރިކަމެއްގެ ތެރެއަށް ގެނބިގެންދިޔަ ވަގުތު ކައިރާ ދުވެފައި އައިސް އޭނާގެ ގާތުގައި ކަކޫ ޖަހާލިކަން އެނގުނެވެ. ބަނޑުމަތީގައިވި ލިއާގެ އަތުން ވަރު ހުސްވެ ގޮސް ބިންމަތީގައި ޖެހުނެވެ.

ދޮރުމަތީ ކައިލްއަށް ހުރެވުނީ ގަނޑުވެފައެވެ. ވަށައިގެންވި އެހެން ހުރިހާ މަންޒަރެއް ފުސްވެފައިވާއިރު އެ ލޮލަށް ފެންނަމުންދިޔަ ހަމައެކަނި މަންޒަރަކީ ލޯމެރިފައި އޮތް ލިއާއެވެ. އަދި ލިއާގެ ބޮލާއި ދިމާލުގައި ވި ލޭތަކެވެ.

“ނޫން…!” ކައިލްގެ ތުންފަތް ފޫއަޅުވާލާފައި ނިކުތީ އުނދަގުލާއެކުއެވެ. ހިނދުކޮޅަކަށް އޭނާއަށް ހީވީ އަމިއްލަ މީހާގެ މަރު ކުރިމަތިން ފެނުނުހެންނެވެ. ލިއާގެ ގާތަށް މި ދެވެނީކަން ނޭނގި ހުރެ ކުރިއަށް ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔައެވެ. އެ ނަޒަރު ލިއާއިން ވަކިވެގެން ނުދެއެވެ. ކުރިމަތިން ހަމަލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލުކުރަން ސިކުނޑިން ދެކޮޅު ހަދަމުންދިޔައެވެ. އަތްފައި ފިނިވެފައިވީއިރު ތޫނު އެއްޗަކުން ހިތް ކޮށާ ކުދިކުދި ކުރަމުން ދާކަހަލައެވެ. ކުރިމަތީ ހަރަކާތް ހުސްވެފައި އެއޮތީ ފުރާނައަށްވުރެވެސް ބޮޑަށް ލޯބިވާ އަންހެންކުއްޖާއެވެ. އޭނާގެ ލިއާއެވެ. ކައިލްގެ މޭގެ ތެރޭވި ހިތް ފުނޑުފުނޑުވިހެން ހީވިއެވެ. އޭނާ ލަސްވީއެވެ. މާބޮޑަށްވެސް ލަސްވީއެވެ. ކުއްލިއަކަށް ހަގީގަތުގައިވެސް ލިއާ އޭނާއާއި ވަކިވީ ކަމުގެ ހިޔާލުން ކައިލް ހަމަބިމަށް ގެނައިކަހަލައެވެ.

“ލިއާ…” ވައި އަޑަކުން ގޮވާލެވުމާއެކު އެކު ކައިލްއަށް ދުވެފައި ގޮސް ލިއާ ގާތަށް ތިރިވެވުނެވެ. އިފާ އަވަސްއަވަހަށް ދުރަށް ޖެހިލީ ކައިލް ދެކެ ގަތް ބިރުންނާއި، ކައިރާވެސް ލިއާ ގާތު އިނުމުންނެވެ. ކައިރާ އިނީ ރޮވިފައެވެ.

“ޝީ ވޯން’ޓް ވޯކް އަޕް…” ކައިރާއަށް ރޮމުން ލިއާއަށް ބަލާލާފައި ބުނެވުނެވެ. ކައިލްއަށް ހިންދިރުވާލެވުނީ އުނދަގޫ ގޮތަކަށެވެ. އޭނާއަށް ބަލާކަށް ނުހުރެ އޭނާގެ އަތުތެރެއަށް ލިއާގެ ހަށިގަނޑު ގެނެވުނެވެ. “ލިއާ ޕްލީޒް…” ކައިލްގެ އަޑު ނިކުތީ ތުރުތުރު އަޅަމުންނެވެ. ކައިލް މިހާ ބަލިކަށިވެފައި ހުއްޓާ މީގެ ކުރިން އެކަކަށްވެސް ފެނިފައެއް ނުވެއެވެ.

“ލޯ ހުޅުވަބަލަ…އަހަންނަށް ބަލާބަލަ…” ލިއާގެ ކޯތާފަތުގައި އެއްއަތުން ހިފަހައްޓައިގެން އިން ކައިލް ހިތް ކުދިކުދިވެ އިނދެ ވާހަކަ ދެއްކިއެވެ. އެ ބަލިކަށި އަޑު އެހެން މީހަކަށް އިވިދާނެ ކަމަށް އޭނާގެ ސަމާލުކަމެއް ނެތެވެ. ލިއާ އޮތް ހާލަތުން އޭނާއަށް ހީވަމުންދިޔައީ އެ އަތުގެ ތެރެއިން މުޅި ދުނިޔެ ދޫވަމުންދިޔަހެންނެވެ. އޭނާއަށް ކަމެއް ފާހަގަވިއެވެ. ލިއާގެ ތުންފަތް ފަޅައިގެން ގޮސްފައި ވާއިރު ކޯތާފަތްމަތިން އަތްތިލައެއްގެ އިނގިލިތަކުގެ ނިޝާނެއް ހުއްޓެވެ. އިތުރަށް އޭނާ ހިތްދަތިވީ ލިއާ ރައްކާތެރިކުރުމުގައި އޭނާ ފޭލްވެއްޖެކަން އެނގުމުންނެވެ. އޭނާއަށް ލިއާގެ އަތުގައި ހިފުނެވެ. “އައެމް ހިއަރ ލަވް…ޕްލީޒް ވޭކްއަޕް…ކަމް ބެކް ޓު މީ…” ހިތުން ލޭކަރުނަ އޮހޭ ހާލު ކައިލްއަށް އާދޭސްކުރެވުނެވެ. ކައިލްގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިއާގެ ކޯތާފަތުގައި ބީހިލިއެވެ.

ޒޭޑެންގެ މޫނުގެ ކުލަވަރު ބަދަލުވެފައި ވީއިރު އޭނާގެ ބޮލުގައި އަތް ހާކާލެވުނީ ހާސްކަމާއެކުއެވެ. ނަމަވެސް ޒޭޑެން އޭނާގެ ވާޖިބު އަދާކުރުމަށް އަވަސްވެގަތެވެ. އެމްބިއުލެންސްއަށް ގުޅުމާއެކު ދެން އޭނާ ގުޅީ ސްކޫލްގެ އޮފީހަށެވެ. ކުރު ގޮތަކަށް ކަންތައް ވީގޮތް ކިޔައިދިނުމަށްފަހު ފޯނު ޖީބަށްލިއެވެ. ދެން އޭނާގެ ނަޒަރު އެތަނުގައިވި ކޮންމެ ޒުވާނަކަށް ވަކިވަކިން ހުއްޓުނެވެ.

“އަލީޝާ…!” ޒޭޑެންގެ ހަރުކަށި އަޑު އިވުމާއެކު އަލީޝާ ތުރުތުރު އަޅާހުރެ ބަލާލިއެވެ. ޒޭޑެންއަށް އިތުރު އެއްޗެކޭ ނުބުނެވި އުޅެނިކޮށް ކައިރާ އެ ދިޔަގޮތަށް ގޮސް އަލީޝާ ކޮއްޕާލައިފިއެވެ. އެ ހަރަކާތުން އިޝާންވެސް ސިހުނެވެ.

“ޔޫ ޑިޑް ދިސް…!” ކައިރާ ހަޅޭއްލަވައިގަތެވެ. އަނެއްކާވެސް އަލީޝާއާއި ދިމާލަށް ދާން އުޅެނިކޮށް ޒޭޑެން ކައިރާގެ ދެކޮނޑުގައި ހިފަހައްޓާ ދުރުކުރިއެވެ. އިޝާންއައިސް ގަދަކަމުން ކައިރާ ދުރަށް ގެންދިޔައެވެ. ކައިރާ އޭނާ ކޮއްޕާލި ނަމަވެސް އަދިވެސް އަލީޝާގެ ނަޒަރު ހުއްޓިފައިވަނީ ހަރަކާތެއް ނެތް ލިއާއަށެވެ. ކައިލްގެ އަތުތެރޭ ލިއާ ހިފާއްޓާލައިގެން އިންގޮތުން އޭނާއަށް ކަމެއް ސާފުވިއެވެ. ކައިލްގެ ހިތަކީ އެހެން މީހަކަށް މިލްކުވާނެ އެއްޗެއް ނޫންކަމެވެ. އެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ.

އިޝާން ކައިރާ ހިފެހެއްޓުމުން ޒޭޑެން އަނެއްކާވެސް އެތާ ތިބި ތިން އަންހެންކުދިންނާ ކުރިމަތިލިއެވެ. އެ މޫނުގައިވަނީ ރުޅިވެރިކަމެވެ. ޒޭޑެން ރުޅިއައިސްފައިވަނިކޮށް މީގެކުރިން އެތަނުން އެއްވެސް ޒުވާނަކަށް ފެނިފައެއް ނުވެއެވެ. ޒޭޑެންގެ އިނގިލި ދިއްކޮށްލީ އަލީޝާއާއި ދިމާލަށެވެ. “ޔޫ އަރ ނޮޓް މޫވިން ފްރޮމް ދެޓް ސްޕޮޓް…ޔޫ ވިލް ސްޓޭ އެގްޒެކްޓްލީ ވެއަރ ޔޫ އަރ އަންޓިލް ދަ ޕޮލިސް އެރައިވްސް…!” ޒޭޑެންގެ އަޑުގައިވީ ހަރުކަށިކަމެވެ. ޕޮލިހުންގެ ނަން އިވިފައި މީޝާއާއި އިފާ ރޫރޫ އަޅާލިއެވެ.

“ގަސް…ތުގަ…އެއް…ނޫން…” ތުރުތުރު އަޅަމުން އަލީޝާއަށް ބުނެވުނެވެ. އޭނާގެ ސިކުނޑި ސުމަކަށް ގޮސްފައި ވުމުން ޒޭޑެންއާއި ވާހަކަ ދެއްކުނީ ދިވެހިންކަމެއްވެސް ރެއަކާނުލިއެވެ. ޒޭޑެން އެކަމަށް ފަރުވާލެއް ނުދިނެވެ. އޭނާގެ ނަޒަރު ދެން ހުއްޓުނީ އިފާ އާއި މީޝާއަށެވެ. “ޔޫ ބޯތް ސްޓޭ ދެއަރ ޓޫ…!” ޒޭޑެން ބުނެލިއެވެ. އެ ތަނަވަސް ނިތްކުރީގައި ދާތިކިތައް ވިދަމުންދިޔައެވެ. އެ މާހައުލުގައިވި އުދާސްކަމަށް އެކަކުވެސް ސަމާލުކަމެއް ނުދޭ ކަހަލައެވެ. ލިއާއަށް ބަލާލާފައި ޒޭޑެންއަށް ހާސްކަމާއެކު މޫނުގައި އަތް ހިންގާލެވުނެވެ. ކަމަކާ ވިސްނަމުން އިރުކޮޅެއް ވަންދެން އޭނާއަށް އެގޮތުގައި ހުރެވުނެވެ. ދެން އަނެއްކާވެސް އެ ތިން އަންހެންކުދިންނަށް ނަޒަރު ހުއްޓާލިއެވެ.

“އައި ޑޯންޓް ކެއަރ ވަޓް އާރގިއުމެންޓް ޔޫ ވާރ ހޭވިން…އައި ޑޯންޓް ކެއަރ ވަޓް އެނީވަން ސެއިޑް ބިފޯރ ދިސް ހެޕެންޑް…ޔޫ ޑޯންޓް ޕުޓް ޔުއަރ ހޭންޑްސް އޮން އަނަދަރ ސްޓޫޑެންޓް…ޑޫ ޔޫ ހިއަރ މީ…؟!” ފަހު ޖުމްލަ ޒޭޑެން ބުނެލިލެއް ބާރުކަމުން އިފާ އާއި މީޝާ ރޫރޫ އަޅާލިއެވެ. އަލީޝާ ހުރީ ހިމޭންވެފައެވެ. ދުރުގައި ހުރި އިޝާންގެ އަތުތެރޭ ހުރި ކައިރާ ލޮލުގައިވި ކަރުނަތަކާއެކު ރުޅިވެރިކަމާއެކު ބަލަމުންދިޔައީ އަލީޝާމެންނަށެވެ. ދެންމެ ދެންމެ އިޝާން އަތުން ވީއްލިގެން ގޮސް އަލީޝާ ގަޔަށް ބޮލަށް އަރައިގަނެފާނެ ކަހަލައެވެ. ނަމަވެސް އިޝާން ވާހަކަ ދެއްކުމާއެކު ކައިރާއަށް ބަލާލެވުނީ ކައިލްގެ އަތުތެރޭ ހަރަކާތެއް ނެތިފައި އޮތް ލިއާއަށެވެ. ކައިރާގެ މޫނުގައިވި ރުޅިވެރިކަން ފިލިއެވެ. އޭނާ ލިއާ ގާތަށް ދިއުމުން އިޝާންވެސް ފަހަތުން އައެވެ.

“އައި ޑިޑިންޓް މީން ޓު ހާރޓް ހާރ…” އަލީޝާ ބިރުން ފެންކަޅިވެފައި ހުރެ ޒޭޑެންއަށް ބަލާލާފައި ބުނެލިއެވެ. ރުޅި ކޮންޓްރޯލުން ނެއްޓިގެން އޭނާއަށް ކުރެވުނު ކަންތަކާމެދު ޖެހިލުންވެފައިވެއެވެ.

“ބަޓް ޔޫ ޑިޑް…!” ޒޭޑެން ބުނެލިއެވެ.

އިފާގެ ރުއިމުގެ އަޑު އިވުނެވެ. އޭނާގެ ހިތް ބިރުގަނެފައި ހުރިވަރުން މީހާ ތުރުތުރު އަޅަމުންދިޔައެވެ. މީޝާ އިސްޖެހިގޮތަށް އިސްއުފުލާވެސްނުލިއެވެ. އަލީޝާއަށް އެހީވުމުގެ މޮޔަ ހިތަށް އަރާފައި ވާކަހަލައެވެ.

“ސާރ…” އިފާ ރޮމުން ބިރުގަނެފައި ހުރި ކަހަލަ ގޮތަކަށް ގޮވާލިއިރު ދެއަތްދެއަތާ މޮޑެމުންދިޔައެވެ. ޒޭޑެން އިފާއަށް ބަލާލިއެވެ. އިފާ އުޅުނީ ކޮންމެވެސް ވާހަކައެއް ބުނަން ބޭނުންވެ ނުބުނެވިގެން އުޅޭކަހަލަ ގޮތަކަށެވެ.

“ވީ ވާރ ޓްރައިން ޓު ސްކެއަރ ހާރ…” އިފާ ވާހަކަ ދައްކަން ފެށިއެވެ. އޭރު ކައިލް ލިއާ އަތްދަނޑިމައްޗަށް ލައިގެން ތެދުވީއެވެ. އެ ތިން އަންހެންކުދިންނަށް އެމަންޒަރެއް ނުފެނެއެވެ. އިފާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އަލީޝާ އާސްކްޑް އަސް ޓު ޑްރެގް ލިއާ ހިއާރ…ޝީ ވޯންޓެޑް ޓު ސްކެއަރ ލިއާ ސޯ ޝީ ވުޑް ސްޓޭ އަވޭ ފްރޮމް ކައިލް…އައި ޑިޑިންޓް ތިންކް ޝީ ވުޑް ޕްޝް ހާރ ދެޓް ހާރޑް…ބޯތް މީ އެންޑް މީޝާ ޓްރައިޑް ޓު ސްޓޮޕް ހާރ ވެން ޝީ ފަސްޓް ސްލެޕްޑް ލިއާސް ފޭސް…އައި ޓްރައިޑް ޓު ހެލްޕް ލިއާ…އައި ޔޫސްޑް މައި ސްކާފް ޓު ސްޓޮޕް ދަ ބްލީޑިން…އައި ނޯ…… އައި ނޯ އައި ހެލްޕްޑް ބްރިންގް ލިއާ ހިއާރ…އެންޑް އައެމް ރިއަލީ ސޮރީ ފޯރ ދެޓް ބަޓް އައި ޑިޑިންޓް ތިންކް އަލީޝާ ވުޑް ގޯ ދިސް ފާރ…” އިފާ ރޮމުން ވާހަކަ ދެއްކިއެވެ. އޭނާގެ ހިތް ބިރުން ފުރެމުންދިޔައީ ޕޮލިހަށް ގެންގޮސްފިނަމަ ވާނެ ގޮތެއް ނޭނގޭތީއެވެ. މައިންބަފައިންނަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟

މާހައުލަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ޒޭޑެން ދެ އިނގިލިކުރިން ނޭފަތާއި ނިތްކުރިއާ ގުޅިފައިވާ ހިސާބުގައި ހިފާއްޓާލައިގެން އިސްޖަހައިގެން ހުރިއިރު އިޝާން އާއި ކައިރާގެ ނަޒަރު ހުއްޓުފައިވަނީ އިފާމެންނަށެވެ. އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. ކައިލް ފިޔަވައެވެ.

“ސްޓޭ އަވޭ ފްރޮމް ކައިލް…” މަޑުމަޑުން ކައިލްއަށް ބުނެވުމާއެކު އެންމެންގެ ނަޒަރު ހުއްޓުނީ ކައިލްއަށެވެ. އޭރު ކައިލް ހުރީ ހުސްކަމުގެ ތެރެއަށް ގެއްލި ހުއްޓުން އަރާފައެވެ. އެ އަތުތެރޭގައި ލިއާ އަދިވެސް އޮތީ ހަރަކާތް ހުއްޓިފައެވެ. ކައިލްގެ މޭގައި ލިއާގެ ބޯޖެހިފައި ވާއިރު ހިނގަމުންދިޔަ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ހާލު މުޅި ހަށިގަނޑު ހިމޭންވެފައިވެއެވެ. ކައިލް ހުއްޓުން އަރާފައި ހުރިއިރު ސިކުނޑީގައި ތޫފާނެއް އުފެދިފައިވާކަހަލައެވެ. އިފާ ދެއްކި ހުރިހާ ވާހަކައެއް ކައިލްއަށް އަޑު އިވުނެވެ. އަލީޝާ އެ މަސައްކަތްކުރީ ލިއާ އޭނާއާއި ދުރުކުރުވާށެވެ. ލިއާއަށް މި ހާލަތު ދިމާވުމުގައި ކުށްވެރިއަކީ އޭނާ ހެއްޔެވެ؟ އޭނާގެ ސަބަބުން ބަޔަކު ލިއާގެ މައްޗަށް އަނިޔާވެރިވެއްޖެއެވެ. ނަގައިގަނެވިގެން ދިޔަ ހަގީގަތުން ކައިލްގެ ހަށިތެރޭ މުޅިން އެހެން ބާރެއް އުފެދުނު ކަހަލައެވެ. އަތުތެރޭވި ލިއާގެ ހަށިގަނޑަށް ކުރިޔަށްވުރެ ބާރުކޮށްލެވުނެވެ. ލިއާގެ ހިމޭންވެފައިވާ މޫނަށް ނަޒަރު ހުއްޓާލެވުމާއެކު ކައިލްގެ އެތެރެހަށީގައި ނިދާފައިވާ ރުޅިގަދަ ސިންގާއެއް ހޭލިފަދަ އިހުސާސެއް ކުރެވުނެވެ.

ކައިލް އެނބުރިލީ އިޝާން އާއި ދިމާލަށެވެ. އިޝާން އާއި ކައިރާ ހުރީ ކަންބޮޑުވެފައި ކައިލްއަށް ބަލާށެވެ. ކައިލް މަޑުމަޑުން އިޝާން ގާތަށް ޖެހުނެވެ. އެކަން ނަގައިގަނެވި އިޝާން އަވަހަށް ކައިލް ގާތަށް އައެވެ.

“ހޯލްޑް ހާރ…!” ކައިލްގެ އަޑުގައިވި ފިނިކަމުން ހިތްތަކުން ހީބިހި ހަލުވާލާހާވެއެވެ. ކައިލްގެ އަތުތެރޭ އޮތް ލިއާ އިޝާންގެ އަތުތެރެއަށް ލައިދިނީ އަތުގައިވި އަގުބޮޑު އަމާނާތެއް ހަވާލުކުރާ ފަދައަކުންނެވެ. އިޝާން އޭނާގެ އަތްދަނޑިމައްޗަށް ލިއާ އުފުލާލީ ފަރުވާތެރިކަމާއެކުއެވެ. ކައިލްއަށް އެހުރި ގޮތަށް ހުރެވުނީއެވެ. ޔުނީފޯމްގައި ލިއާގެ ބޮލުން ފޭބި ލޭ ހޭކިފައިވެއެވެ. އެ މޫނުގައި މީހަކު ބިރުން ފިތްކަނޑުވާލާނެހާ ނުރައްކާތެރި ކަމެކެވެ. އެ މޫނު ފެނި ކައިރާގެ ސިކުނޑީގައި ނުރައްކަލުގެ ރަނގަބީލު ޖަހާލައިފިއެވެ.

“ކައިލް…” ކައިރާ ވާހަކަ ދައްކަން އުޅުނެވެ. ކައިލް ޖަވާބެއް ނުދިނެވެ. އޭނާގެ އަލިފާންފަދަ ނަޒަރު ހުއްޓުނީ އަލީޝާއަށެވެ. ކައިލްގެ ފިޔަވަޅުތައް އަޅަން ފެށީ އަލީޝާ ހުރި ދިމާލަށް ދިއުމަށެވެ. މިތަން ފެނި އަލީޝާގެ މޫނު އެއްކޮށް ހުދުވެގެން އައެވެ. “ކަ…އިލް…” އަލީޝާއަށް ބިރުންހުރެ ފަހަތަށް ފިޔަވަޅު އެޅުނެވެ.

ޒޭޑެން އަވަސްއަވަހަށް ކައިލްގެ ކުރިމައްޗަށް އެރީ އަލީޝާމެންނާ ހުރަހެއްގެ ގޮތުގައެވެ. ކައިލް އައިސްފައި ހުރި ރުޅި ފެނި ޒޭޑެން ހުރީ ކަންބޮޑުވެފައެވެ. “ކައިލް ސްޓޮޕް…!” ޒޭޑެން ބުނެލިއެވެ. ކައިލްއަށް އެ އަޑު ނީވޭ ކަހަލައެވެ. އޭނާ ނުހުއްޓުނެވެ. އޭރު ޒޭޑެންގެ ފަހަތުގައި ތިބި ތިން އަންހެންކުދިން ރޫރޫ އަޅަމުންދިޔައެވެ. ޒޭޑެން ކައިލްގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. “ޔޫ ނީޑް ޓު ސްޓޭ ހިއާރ…!”

ކައިލް ޒޭޑެންއަށް ބަލާލިއެވެ. އެ ލޮލުގައިވި ކުލަވަރުން ޒޭޑެންވެސް ނުތަނަވަސްވާގޮތްވިއެވެ. އެ ލޮލުގައިވަނީ މީގެ ކުރިން ޒޭޑެންއަށް ދުވަހަކުވެސް ފެނިފައިނުވާ ރުޅިވެރިކަމެކެވެ.

“ދެޓް ބި* ޑިޑް ދިސް ބިކޯޒް އޮފް މީ…!” ކުރިމަތީ ހުރީ ޓީޗަރެއްކަމަކު މިވަގުތު ކައިލްގެ ސަމާލުކަމެއް އެކަމަކަށް ނެތެވެ. ކައިލްގެ ބަހުރުވަ ހުރި ގޮތުން އެކަން އެނގެއެވެ. ޒޭޑެންވެސް އެކަމާ ބެހޭ ގޮތުން އެއްޗެއް ނުބުނީ ކައިލްގެ ހާލަތު އެނގޭތީއެވެ.

“ކައިލް އައި ނޯ ޔޫ އަރ އެންގްރީ…”

“އެންގްރީ…؟” ޒޭޑެން ބުނި ވާހަކަ އަހާފައި ކައިލްގެ އަޑު ނިކުތީ ފިނިކަމާއެކުއެވެ.

“ޔޫ ތިންކް އައެމް އެންގްރީ…؟” ޒޭޑެންގެ އަތް ފޮޅުވާލާފައި ކައިލް ދުރަށް ޖެހުނެވެ. އޭނާގެ ނަޒަރު ޒޭޑެންއަށް ހުއްޓުނީ ދެނެވެ.

“ޝީ ވޯޒް ލައިން ދެއަރ…” އިރުކޮޅެއް ކުރިން ލިއާ ވެއްޓިފައި އޮތް ދިމާލަށް އިޝާރަތްކުރިއިރު ކައިލްގެ އަޑު ކުރެހިއްޖެއެވެ. “އައި ތޯޓް……” ޖުމްލަ ފުރިހަމަ ނުކުރެވި ކައިލްއަށް އުނދަގޫ ގޮތަކަށް ހިންދިރުވާލެވުނެވެ. އޭނާއަށް ތުންފަތުގައި ދަތް އެޅުނީ ހިތަށް ކޮށްފައިވާ އަސަރު ފޮރުވުމަށެވެ. “އައި ތޯޓް އައި ލޮސްޓް ހާރ…”

މާހައުލަށް ހަމަހިމޭންކަން ވެރިވިއެވެ. ކައިލްގެ އަޑު އިވި އެންމެންގެ ހިތްތަކަށްވެސް އަސަރުކުރިއެވެ. ކައިލް ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލުމާއެކު އަތް ފޮޅުވާލާ ގޮތަކަށް އަތް ތިރިކޮށްލުމާއެކު އެ ހަރަކާތުން ކައިލް ހަމައިން ނައްޓަނީއޭ ހީވިއެވެ. އޭނާއަށް ދެއަތްތިލަ މުއްކަވާލެވުނުއިރު އަލީޝާއަށް ބަލާލެވުނެވެ. އެ ލޮލުގައިވި ނުރައްކާތެރި ކުލަވަރުން އަލީޝާގެ މޭގަނޑު އަނގަޔަށް އައިކަހަލައެވެ. ކައިލް ކުރިޔަށް ފިޔަވަޅެއް އެޅިއެވެ. ނަމަވެސް ޒޭޑެން ސަމާލުވެ ހުރެ ކައިލްގެ ކުރިމައްޗަށް އެރިއެވެ.

“މޫވް…!” ކައިލް ޒޭޑެންއަށް ބަލަން ހުރެ ބުނެލިއެވެ.

“އައި ވޯން’ޓް…!” ޒޭޑެންވެސް ބުނެލިއެވެ.

“މޫވް ސާރ…!” ފަހަތުން ފެންނަމުންދިޔަ އަލީޝާއަށް ބަލަންހުރެ ކައިލް ބުނެލީ ނުރައްކާތެރި ރާގަކަށެވެ. ޒޭޑެން މިފަހަރުވެސް ކައިލްގެ ކޮނޑުގައި ހިފާއްޓާލިއެވެ. “އައި އަންޑަރސްޓޭންޑް ވައި ޔޫ އަރ އެންގްރީ……” ޒޭޑެން ކައިލް ހަމަޖެއްސޭތޯ އުޅުނެވެ. ނަމަވެސް ދެން ވީ ގޮތެއް ނޭނގުނެވެ. ފެނުނީ ޒޭޑެންގެ އަތުތެރެއިން ދެމިގަނެގެން ކައިލް އަލީޝާއާއި ދިމާލަށް ދިޔަތަނެވެ. އީފާ އާއި މީޝާއަށް އަވަސްއަވަހަށް ދެފަރާތަށް ޖެހުވުންއިރު އަލީޝާއަށް ހަޅޭއްލަވައިގަނެއްޖެއެވެ. ކައިލް އެ އައި ގޮތަށް އަލީޝާގެ ދެކޮނޑާއި ދިމާލުގައި އަތް އަޅުވާ ކޮއްޕާލީ އަމިއްލަ ބާރު އިހުސާސްނުވާ ފަދައިންނެވެ. އެހެން ނޫންނަމަ އޭނާއަކީ އަންހެނެއްގެ ގަޔަށް މިގޮތަށް އަތް އިސްކުރާނެ ޒުވާނެއް ނޫނެވެ. ނަމަވެސް އަލީޝާ ހުރިހާ އިމެއް ފަހަނައަޅައިގޮސްފިއެވެ. ކައިލްގެ ކެތްތެރިކަމުގެ އެންމެ ފަހު ވާފަށްވެސް ބުރިވީއެވެ. އާދެވިފައިހުރި ރުޅީގެ ސަބަބުން ކައިލް ހުރީ ހަމަޔަކު ނޫނެވެ. އަލީޝާ ގޮސް ފާރުގައި ޖެހުނު އިރު ލޯމައްޗަށް އަނދިރިވާގޮތްވިއެވެ. ކައިލް ދެންވެސް މައިތިރިވާގޮތެއް ނުވިއެވެ.

“ކައިލް…!” ޒޭޑެންއަށް ހަޅޭއްލަވައިގަނެވުނެވެ. ކައިލްގެ އަތުންފައިން އިތުރު ގޯހެއް ނުހެދެނީސް ޒޭޑެން ގޮސް ކައިލްގެ ގައިގަ އޮޅުލައިގަނެ ކައިލް ދުރުކުރެވޭތޯ އުޅުނެވެ. ނަމަވެސް ކައިލްއަކީ ޖާނުން ވަރުގަދަ ހަށިގަނޑުގައި ބާރު ހުރި ޒުވާނެކެވެ. ޒޭޑެންއަށް ކައިލް ހިފާއްޓާލެވެނީ ކިރިޔާއެވެ. އެވަގުތުވީ ޕްރިންސިޕަލްއާއި އެކު އޮފީހުން އައި ދެމީހެއްގެ އިތުރުން ސްކޫލްގައި މަސައްކަތްކުރާ ދެ ނަރުހަކުވެސް އައި ވަގުތަށެވެ. އޮފީހުން އައި ދެ ފިރިހެނުން އަވަސްއަވަހަށް ޒޭޑެން ގާތަށް އައި އިރު ނަރުހުންނަށް ދެވުނީ އިޝާންގެ އަތުތެރޭ އޮތް ލިއާ ގާތަށެވެ. ކައިރާގެ ލޮލުގައި އަޅައިގަތީ ކްލާހުގެ ދޮރުމަތީ ތިބި ކްލާސް ކުދިންނެވެ. އެންމެންނަށްވެސް ނުހުރެވިގެން އެންމެފަހުން އައީއެވެ. އެއިން ކޮންމެ ޒުވާނެއްގެ މޫނުމަތީގައިވި ޝޮކުގެ ކުލަވަރާއެކު ކަންތައް ހިނގައިދިޔަ ގޮތް ނަގައިގަނެވިފައިވާކަން ހާމަވެއެވެ.

“އައިލް ކިލް ހާރ…” ކައިލް މަސައްކަތް ކުރީ އަދިވެސް އަލީޝާއާއި ހަމަޔަށް ދިއުމަށެވެ. އޭނާ އައިސްފައި ހުރި ރުޅި ފެނުމުން އޮފީހުން އައި ދެ ފިރިހެނުންވެސް ޖެހިލުންވެފައިވެއެވެ. އިޝާން އިޝާރަތްކޮށްލީ ދޮރުމަތީ ހުރި އަނަފްއަށެވެ. އޭނާގެ އިޝާރަތް ދޭހަވެ އަނަފް އާއި އިތުރު ދެ ފިރިހެންކުއްޖަކު ކައިލްއާއި ގާތަށް ދިޔައެވެ. އެންމެން ހިފައިގަނެގެން ކައިލް ދުރުކުރެވުނީ ކިރިޔާއެވެ.

“ކައިލް…!” ކައިލް އުޅެމުންދިޔަ ގޮތުން ބިރުން ހަލާކުވާވަރުވެފައިހުރި ކައިރާއަށް ހަޅޭއްލަވައިގަނެވުނެވެ. އޭނާއަށް ދެ ކަންފަތްމަތީ އަތް އަޅަމުން ތިރިވެވުނެވެ. ކައިލްއަށް އެމަންޒަރު ފެނި މަޑުޖެހިލިއެވެ. އެންމެންވެސް ތިބީ މާނޭވާ ލެވިފައެވެ. ކައިލްގެ ނަޒަރު އިޝާންގެ އަތުތެރޭއޮތް ލިއާއަށް ހުއްޓި ހަރަކާތްތައް މަޑުޖެހުނެވެ. އެ މަންޒަރު އޭނާ ހަގީގަތުގެ ތެރެއަށް ގެނެސްދިން ކަހަލައެވެ. ކައިލް ލިއާ ގާތަށް ހިނގައިގަތްއިރު މާނޭވާ ލެވިފައި ހުރި ޒޭޑެން އަދިވެސް ސަމާލުވެ ކައިލްގެ ހަރަކާތްތަކަށް ބެލިއެވެ. އޭރު އޮފީހުން އައި ދެމީހުން ކުރެ އެކަކު އަލީޝާ ގާތަށް ގޮސްފިއެވެ.

“ވަޓްއެވަރ ހެޕެންސް ނެކްސްޓް……” ޒޭޑެންއަށް ވާހަކަ ދެއްކުނީ މާނޭވާލަމުންނެވެ. “ދަ ޕޮލިސް ވިލް ހޭންޑްލް އިޓް…!”

ޒޭޑެން އެހެން ބުނެ ނިމުމާއެކު ފެނުނީ ޕޮލިހުންގެ ތިން މީހަކާއެކު އެމްބިއުލެންސްގައި އައި މީހުންވެސް ކްލާހަށް ވަތްތަނެވެ. ދޮރުމަތީ ތިބި ކުދިން އަވަސްއަވަހަށް އެމީހުންނަށް ތަން ދެއްކިއެވެ. ބައެއް ކުދިން ވީޑިއޯ ކުރަމުން ދިޔައެވެ.

ކައިލްގެ އަތުތެރެއަށް ލިއާ ލައިދީފައި އިޝާން އަވަސްއަވަހަށް ކަންފަތުގައި ދެއަތް އަޅާ ތިރިވެގެން އިން ކައިރާ ގާތަށް ޖެހުނެވެ. ކައިލްގެ ސަމާލުކަން އިތުރު އެއްވެސް މީހަކަށް ނެތެވެ. ލިއާ އެ ލޯ ހުޅުވާލުމަށްވުރެ ބޮޑަށް މިވަގުތު އޭނާ ބޭނުންވާ އިތުރުކަމެއް ނެތެވެ. އެމްބިއުލެންސްގައި އައި މީހުންނާއި ސްކޫލްގެ ނަރުހުންނާއެކު ކައިލް ހިނގައިގަތީ އަވަހަށް ނިކުންނާށެވެ. ދޮރުމަތީ ތިބި ކުދިން އަވަހަށް ތަން ދެއްކިއެވެ. މިނެޓެއް ތެރޭ ކައިލް ސިޑިތައް ކަޑައްތު ކޮށްލުމާއެކު އިންތިޒާރުގައި ސްކޫލްގެ ގޯތިތެރޭ އޮތް އެންބިއުލެންސްގެ ސްޓްރެޗާރގައި ލިއާ ބޭއްވިއެވެ. އޭރު ކައިލްގެ ޔުނީފޯމުން ބައެއް ލެއިން ފޯވެފައިވެއެވެ. ފަހަތުން އައި ޒޭޑެން އަވަހަށް އެމީހުންނާއެކު އެމްބިއުލެންސްއަށް އެރިއެވެ.

ބްރޭކް ގަޑިޔަށް އައިސް އުޅުނު ޝަރީފާ އަޑުލައިގެން ޝަމްނާއާއި ޝައުރާ ބަދިގެ ތެރޭގައި އުޅުނެވެ. ޝަރީފާ އުޅުނީ އުދުންމަތީ ހުރި ގަރުދިޔަތެލިން ގަރު ނެގުމުގައެވެ. މިއަދު ގެޔަށް އައި މަގުމަތީ ބަނދަރުމަތިން ތާޒާ ރޯމަސް ވިއްކަމުންދިޔަ ވަގުތު އަވަހަށް މަސްކޮޅެއް ގަތީއެވެ. ޝަމްނާއާއި ޝައުރާ އުޅުނީ އިތުރު މަހެއްގައި މިރުސްލުމުގައެވެ. ޝަރީފާގެ ފޯނު ރިންގްވާން ފެށީ ތިންމައިންވެސް ބުރަކޮށް އުޅެނިކޮށެވެ.

“މަންމާ އޮފީސް ނަންބަރަކުން އެބަ ގުޅާ…” ޝައުރާ އަވަހަށް ފޯނު ނަގާފައި ގޮސް ޝަރީފާގެ އަތަށް ލައިދިނެވެ.

“އައްސަލާމްއަލައިކުމް…” ގަރުދުޔަ ތެލި ހާވަމުން ޝަރީފާ ހައިރާންވެފައި ހުރެ ވާހަކަދެއްކިއެވެ. އޭނާގެ ހަރަކާތްތައް މަޑުޖެހުނީ އެކޮޅުން ބުނި ވާހަކަތައް އަހާފައެވެ.

“މާތްކަލާކޯ…!” ގަރުދިޔަ ތެއްޔަކާއި ތެއްޔެއް ދޫކޮށްފައި ޝަރީފާއަށް ބާރު ހިނގުމެއްގައި ގޮސް ބަދިގެއިން ނިކުމެވުނެވެ. ޝަމްނާއާއި ޝައުރާއަށް އެކަކު އަނެކަކަށް ބަލާލެވުނީ ކަންބޮޑުވުމާއެކުއެވެ. އޭރު ޝަރީފާ ގޮސް އޭނާގެ ކޮޓަރިއަށް ވަނީއެވެ. އަތްދޮވެލައިގެން ޝަމްނާއާއި ޝައުރާވެސް ފަހަތުން އައެވެ.

“މަންމާ ކިހިނެއް ވީތަ…؟” ދޮރުގައި ޓަކި ޖަހަމުން ޝަމްނާ ގޮވިއެވެ. ބޮޑު ކަމެއް ވެއްޖެކަން ދެމީހުންނަށްވެސް ނަގައިގަނެވުނެވެ. ޝަރީފާ އަނގައިން ނުބުނުމުން ޝަމްނާ ދޮރު ހުޅުވޭތޯ ބެލިއެވެ. ތަޅުނުލާ ހުރުމުން ދޮރު ހުޅުވިއްޖެއެވެ. އޭރު ޝަރީފާ ހުރީ އެއްޗެހި ބަދަލުކޮށްގެންނެވެ. ފޯނުން މީހަކަށް ގުޅަމުންދިޔައެވެ.

“ބޭބޭ…!” ޝަރީފާ ހާސްވެފައި ހުރެ ކަންފަތުގައި ފޯނު ޖައްސާލިއެވެ. ޝަމްނާއާއި ޝައުރާއަށްވެސް ޝަރީފާ ގުޅައިގެން ހުރީ ޝަރީފަށްކަން އެނގުނެވެ. “ލިއާ ގައިގަ ސްކޫލް ކުދިންތަކެއް ތަޅައިގަނެގެން ހޮސްޕިޓަލަށް ގެންގޮސްފި…ހާލު ވަރަށް ސީރިއަސް…!” ޝަރީފާ އަވަސްއަރުވާލާފައި ވާހަކަ ދެއްކިއެވެ.

“ވަޓް…؟” ޝޮކެއް ލިބިގެން އައި ޝަމްނާއާއި ޝައުރާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހާސްވެފައިވި ޝަރީފާއަށް އޭނާގެ ދަރިންނަށް ސަމާލުކަމެއް ނުދެވުނެވެ. ބުރުގާ އެޅުމާއެކު އަލަމާރި ކައިރިއަށް ޖެހިފައި އޭނާ ފައިސާ އަޅާއުޅޭ ދަބަސް ހުޅުވާލިއެވެ. އޭގެން ފުދޭވަރަކަށް ލާރި ނަގަމުން ޓެކްސީއަކަށް ގުޅިއެވެ. ޝަމްނާ ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ދުވެފައި ގޮސް ބަދިގެއަށް ވަނެވެ. ކެކި ކެކި ބަންޑުންވަމުން ދިޔަ ގަރުދިޔަތެލި ފެނި އުނދުން ނިވާލުމާއެކު އޭގެ މަތި ޖަހާލިއެވެ. އެތަން ސާފުކުރާކަށް އޭނާ ނޫޅުނެވެ. މިރުސްލާފައިވާ މަސްތަކުގައި ބޮޑު ތައްޓެއް ޖަހާލުމާއެކު އޭނާ އަވަހަށް ބަދިގެއިން ނިކުމެ ދޮރު ލައްޕާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

ހިޔަނި – 10

Next

ފޮނިރަހަ (ހިތްދަތިކަމުގެ ފޮނި ދަތުރު)

Next
August 11, 2026

ފޮނިރަހަ (ހިތްދަތިކަމުގެ ފޮނި ދަތުރު)

Previews
August 11, 2026

ހިޔަނި – 10

13 Comments!

  1. iyesherthhh🎀 says:
    August 11, 2026 at 7:38 pm

    well described every single moment ! 🥹 so talented ma sha allah ..💗curiously waiting for next episode!! Your story shines with creativity , Every word you’ve written reflects your passion and dedication, making the story truly special. Keep believing in your talent🥹💗

    1. Itxlevender Itxlevender says:
      August 11, 2026 at 9:00 pm

      Awww your words genuinely mean so much to me 🥹💗 Thank you for noticing and appreciating all the little details I put into the story…Comments like yours give me so much motivation to keep writing and doing my best 💗 In Sha Allah I’ll make the next episode worth the wait…Thank you for believing in my story and my work 💗

  2. Lilly says:
    August 11, 2026 at 7:54 pm

    Mi part varah VX salhi Masha’Allah.
    Keep up

    1. Itxlevender Itxlevender says:
      August 11, 2026 at 9:02 pm

      Thank you! 💗💗

  3. ޝނކސ ޝނކސ says:
    August 11, 2026 at 8:05 pm

    Aahhhhhhh love this parttt can’t wait for the next part … when is next part please upload it fast

    1. Itxlevender Itxlevender says:
      August 11, 2026 at 9:03 pm

      Aww thank you so much! 🥹💗 I’ll try my best to upload the next part soon 💗

  4. Kookie says:
    August 11, 2026 at 9:18 pm

    Mi part vx varah reethi Masha Allah!! hurihaa parts ah comment nukurevunas vaahaka kiyan ingey hama baraabarah, hehe.. Oh my dayyysss… this Alisha gandu haadha kanthah bodey dhw.. Kail vaa rulhi madu… I swear I woud’ve killed herr!!! Kail ge emotions describe kohdheefa huri goiy varah reethi!! hama rovijje… Liaa ah dhera gotheh nahadhacheyy plss…
    WHEN NEXT???? CAN’T WAIT!! Appreciate your Hardwork..
    Lyy <3

    1. Itxlevender Itxlevender says:
      August 11, 2026 at 10:25 pm

      Awww 🥹💗 This honestly made me smile so much…The fact that you read every episode even when you don’t comment means more to me than you know 🥹 Yeah Alysha is seriously insane 😭😂 I can feel your anger through this comment 😭 Poor Kyle has been through enough already 💔 I’m so happy you could feel his emotions through the way I wrote the scene. And don’t worry…I’ll try not to break your heart too much with Leah 🤭 Thank you so much for always reading, supporting, and appreciating my hard work…<3 💗✨

  5. Sheex says:
    August 12, 2026 at 12:57 pm

    Alhey gurrrl haadha emotional kohlee
    What is wrong with that aleesha
    She have to understand that she can’t get kail so move on
    But what aleehsa did was so bad I was thankfully that dezen called the police
    Pls don’t let liaa to get hurt
    Better not tell rihaakuru gandu abt this situation
    His a bad boyfriend
    CW4THENEXTP
    Tc
    BTW mi part v reethi MA

  6. Anonymous says:
    August 12, 2026 at 1:48 pm

    Option 1 — Deeply Emotional

    Well described every single moment! 🥹💗 You’re truly so talented, MashaAllah. The way you captured Kail’s emotions when he saw Liya lying on the floor, surrounded by blood… my heart actually broke with him. 🥺💔 I could almost feel his fear, shock, helplessness, and the desperate worry rushing through him. Every word made that moment feel so real and heartbreaking. Your creativity and passion shine through every line you write. Curiously waiting for the next episode! 🥹💗 Keep believing in your incredible talent—you’re making this story truly intresting. ✨ cant eait ro read next part

  7. Anonymous says:
    August 12, 2026 at 1:49 pm

    Option 1 — Deeply Emotional

    Well described every single moment! 🥹💗 You’re truly so talented, MashaAllah. The way you captured Kail’s emotions when he saw Liya lying on the floor, surrounded by blood… my heart actually broke with him. 🥺💔 I could almost feel his fear, shock, helplessness, and the desperate worry rushing through him. Every word made that moment feel so real and heartbreaking. Your creativity and passion shine through every line you write. Curiously waiting for the next episode! 🥹💗 Keep believing in your incredible talent—you’re making this story truly intresting. Keep going girl👏👏

  8. Anonymous says:
    August 12, 2026 at 1:52 pm

    Option 1 — Deeply Emotional

    Well described every single moment! 🥹💗 You’re truly so talented, MashaAllah. The way you captured Kail’s emotions when he saw Liya lying on the floor, surrounded by blood… my heart actually broke with him. 🥺💔 I could almost feel his fear, shock, helplessness, and the desperate worry rushing through him. Every word made that moment feel so real and heartbreaking. Your creativity and passion shine through every line you write. Curiously waiting for the next episode! 🥹💗 Keep believing in your incredible talent—you’re making this story truly intresting. Keep going girl 👏👏👏

  9. އަޒުހާފްލާވާ🌸 says:
    August 12, 2026 at 2:43 pm

    އަލީޝާއަށް ރަގަޅު ބޮޑިއެއް ލިބޭނެކަމަށް އުންމމީދު ކުރަން
    ހާދަ ރުޅިއަންނަ މަންޖެގަޑެކޭ އެއީ
    ލިއާއަށް އަވަސް ޝިފާއަކަށް އެދެން. ކައިލް ހިއްވަރުކޮއްލާ ދަރިޔާ
    ކޮބާތަ އެއުޅޭ ރިހާން މިހުރިހާ ކަމެއްވެދާއިރު. ބޭކާރު އެއްޗެއް ހުވާ އެއީ

Comments are closed.

Next Episodeލޯބިން ބުނާތީ 5←


All Right Reserved!