Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

މަންޝާ (ސާދަވަނަ ބައި)

Shax Lyn Level 4100 Stories10 Stories500 Comments100 Comments
May 5, 2016 9 Mins Read
15 Comments

ފެން ހޫނު ކުރަން ޖެއްސުމަށްފަހު ކޮތަޅުގައި ހުރި ހެދިކާތައް ތައްޓަކަށް އަޅަންހުއްޓާ މަންޝާގެ ފޯނު ގެނެސް މޭޒުމަތީ ބޭއްވުމަށްފަހު އަޒީމް ކޮޓަރި ތެރެއަށް ހިނގައިގަތެވެ. ފޯނު ނަގާ ކޯލް ލިސްޓު ބަލާލީ އަޒީމް ދެންމެ ވާހަކަ ދެއްކީ ކާކާތޯ ބަލާށެވެ. ކޯލް ލިސްޓުގައިވާ ނަންބަރަކީ މަންޝާވެސް ދަންނަ ނަންބަރެއް ނޫނެވެ. ނަމަވެސް އެ ކޯލަކީ އިންކަމިންގް ކޯލެއް ކަމުން މަންޝާ ކޮޓަރިއަށް ދިޔައީ އެ ގުޅި މީހަކު އަޒީމް ގާތުން އޮޅުން ފިލުވާށެވެ.

“ދެންމެ އެ ގުޅީ ކާކު؟…” ކޮޓަރިތެރެއަށް ބޯދިއްކޮށްލަމުން މަންޝާ އަހާލިއެވެ.

ހެނދުން ބަދަލުކުރަން ހުރި އަޒީމް ޖަވާބުދިނެވެ. “ދެންމެ އެ ގުޅީ ހަސަންބެ….”

އެ ވަގުތު މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

“ހަސަންބެޔޭ…. ކީއްކުރަން ހަސަންބެ ގުޅީ…..” ދެ ބުމަ ގޮށްޖަހާލަމުން މަންޝާއަށް ވާހަކަ ދެއްކުނީ ވަރަށް ބާރަށެވެ. އެތައް ދުވަސްތަކަކަށްފަހު ހަސަންބެ ގުޅުމުން މަންޝާ ހުރީ ވަރަށް ބޮޑު ޝޮކެއްގައެވެ. މަންޝާގެ ހަރަކާތް ހުރި ގޮތުން އަޒީމަށް ލިބުނީ ހައިރާންކަމެކެވެ.

“ކިހިނެއްވީ؟… މަންޝާ… ހާދަ ރުޅިއެއް އައިސްފަ… މަން… މަން މާލޭގަ ކިޔަވަން ބެހެއްޓީވެސް އެމީހުންނެއްނު…” އަޒީމް ހެދުން ބަދަލުކޮށްލައިގެން އައިސް އެނދުގައި ޖައްސާލަމުން އަހާލިއެވެ.

“ކަމެއްނުވޭ….” ފޫހި ގޮތަކަށް އެހެން ބުނަމުން އަޒީމަށް ފުރަގަސްދެމުން މަންޝާ ކޮޓަރިން ބޭރަށް ނުކުތީ މޫނު ކުނިކޮށް ވައްތަރު ޖައްސާ ކުދި ކިޔަމުންނެވެ. އެނދުގައި އަރިޔަކަށް އޮށޯވެގެން އޮތްއިރު އަޒީމް ވިސްނަމުން ދިޔައީ މަންޝާގެ ހާލާ މެދުގައެވެ. މަންޝާ އެފަދަ ގޮތަކަށް އަމަލު ކުރުމާ ގުޅިފައިވަނީ މިއަދު ފެނުނު ލޭގެ ރިޕޯޓްގެ ނަތީޖާކަން އަޒީމަށް ވިސްނުނެވެ. އެހެންވެ މިއަދު މަންޝާގެ މޫޑު ހުންނާނީ އެހެންކަން އެނގޭތީ އެންމެ ރަނގަޅުވާނީ އެކަނިމާ އެކަނި ބެހެއްޓުންކަން އަޒީމަށް ވިސްނުނެވެ. އަމިއްލައަކަށް ހަމަޔަކަށް އެޅިގެން ސަކަރާތްޖަހާ މަޖާކުރަންދެން ބަހައްޓަން ނިންމިއެވެ. މަންޝާއަކީ މާގިނަ އިރުތަކެއް ވަންދެން ކަމަކާ ރުޅިއައިސް ހިތްހަމަ ނުޖެހިފަ އިނދެވޭ ޒާތުގެ މީހެއް ނޫނެވެ.

*** *** *** *** *** ***

“ކޮބާ މިހާރު އެ މަންޖެއަށް ގުޅީތަ؟… ކީކޯ ބުނީ؟…” ކާ މޭޒުމަތީގައި ހޫނު ކަޅުސައި ތައްޓެއް ބަހައްޓަމުން މުނީރާ ވާހަކަ ދެއްކީ ހަސަނާއެވެ.

ތައްޓަކަށް ރޮށި ފުނޑުކުރަން އިން ހަސަނު މުނީރާއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު މުނީރާ އެ ތައްޓަށް ރިހަފޮދަކާއި މަސްކޮޅެއް ލައިދިނެވެ.

“ދެންމެ ގުޅިން…. އަޒީމް ފޯނުނެގީ…. ބުނި މަންޝާ ވީ ފާޚާނާގައޭ…. އެހެންވެ އަހާލިން ހަދިޔާތައް ބަލާ އާދެވޭނެހޭ…. ބުނީމަ އެސޮރު ބުނި ޑިއުޓީއިންނޯ އެ އައީ….” ރޮށިތައް ރިހަޔާ އެއްކޮއްލާ އަތުން ރޮށިތައް މޮޑެމުން ހަސަނު ވާހަކަ ދެއްްކިއެވެ.

“އެެހެންތަ… ދެން ބުނި ނަމަ ގެއަށް ގެންގޮސްދީފާނަމޭ…” މުނީރާ ހަގު ދެކުދިންނަށް ސައި ތައްޔާރު ކުރަމުން ވާހަކަ ދެއްކިއެވެ.

“ހޫން ތިހެން މަބުނީމޭ… ދެން ފަހުން އެގޭ ދޮށަށް ދާނީ….” ހަސަނު ހޫނު ސައިތަށީގައި ތުން ޖަހާލަމުން ކުޑަ އެތިފޮދެއް ބޯލިއެވެ.

“އަފްނާނޫ… އަމާންއާ އީމާނަށް ގޮވާބަލަ…އަދިވެސް ނުހޭލާތަ….” އަޑުގެ ކޮޅަށް މުނީރާ ގޮވާލީ ކޮޓަރީގައި ހުރި އަފްނާނަށް އަޑު އިވޭނެ ވަރަށެވެ. މުނީރާ ސައި ހަދާ ނިމުނު އިރުވެސް އެއިންކުއްޖެއްގެ ހިލަމެއް ނުވިއެވެ. އެހެންވެ މުނީރާ ހެދުންގަނޑު އަރުވާ ޖަހައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ކުދިންގެ ކޮޓަރީގެ ދޮރު ހުޅުވާލަމުން އަފްނާނުއަށް ގޮވާލިއެވެ. އަފްނާނު އިނީ ކަންފަތަށް ހެޑްސެޓް ޖަހައިގެން ކަމުން މުނީރާ ގޮވި އަޑު އޭނާއަކަށް ނީވުނެވެ. ކުރިމަތިން ހިޔަންޏެއް ވީހެން ހީވެގެން ފޯނުން ނަޒަރު ދުރުކޮށްލަމުން ދޮރާ ދިމާލަށް އަފްނާން ބަލާލިއެވެ. ރުޅިއައިސް ރަތްވެފައި މުނީރާ ހުރިގޮތް ފެނުމުން އަފްނާން ކަންފަތުން ހެޑްސެޓް ވަކިކޮށްލިއެވެ.

“އަފްނާނަށް ގޮވާ ގޮވާ އަހަރެން ކަރުން ހަންދާ ވަރު ވެއްޖެ… މީހަކު މަރުވިޔަސް އަފްނާނަށް ރޭކާލާނެތަ… މިހާރު ހިސާބުގަނޑު އެންމެން އެއްވާ ވަރަށް ގޮވިއްޖެ… ހަމަ އެހާ އަޑުބާރުކޮށްގެންތަ ތި އިނީ… ތި ބަހައްޓާފަ އާދޭ ސައިބޯން…” މުނީރާގެ ހަޅޭކުގެއަޑު އިވުމުން އަވަހަށް ހެޑްސެޓް އޮޅާލައި ފޯނާ އެކު މޭޒުމަތީ ބޭއްވުމަށްފަހު ބަދިގެއަށް ދިޔުމަށް އަވަސްވެގަތެވެ. އެ ކޮޓަރީގައި ގޮދަޑިއަޅައިގެން ނިދާފަ އޮތް އަމާން އާއި އީމާނަށް މުނީރާ ގޮވަން ފެށީ ސްކޫލަށްދިޔުމުގެ ކުރިން ސައިބޮއެގެން ފިލާވަޅު ދަސްކުރަން ތެދު ކުރުވުމަށެވެ.

*** *** *** *** *** ***

ހެނދުނު ވީއިރުވެސް ރިޔާޒް ގެއަކަށް ނައެވެ. އެތައްފަހަރަކު ރިޔާޒްގެ ނަންބަރަށް ގުޅުމުންވެސް އޭނާ ފޯނަކަށް ޖަވާބެއް ނުދެއެވެ. މީރާ އިނީ ކަންބޮޑުވެފައެވެ. މިހާރު ރިޔާޒްގެ ނަންބަރަށް ގުޅުމުން ކިޔަނީ އެފޯނު ވަނީ ނިއްވާލާފައި ކަމަށެވެ. އެންމެފަހުން ރިޔާޒް ބައްޕަގެ ނަންބަރަށް ގުޅާލީ އޭނަވީ ހޮސްޕިޓަލުގައިތޯ ޔަގީން ކުރާށެވެ. އެހާ އިރު ވީ އިރުވެސް ނުގުޅާ ހުރީ އެކަމުން ރިޔާޒްގެ ބައްޕައަަށް އިތުރު ކަންބޮޑުވުމަކާއި ހިތްދަތިކަމެއް ލިބި ދާނެތީއެވެ.

“ހަލޯ ބައްޕާ…. ކޮބާ ރިޔާޒް؟…” ޟިރާރު ފޯނު ނެގުމާއި އެކީ މީރާ ސުވާލުކޮށްލިއެވެ.

“ރޭގަ އައިގޮތަށް މިތަނުގަ އުޅުނު… މިހާރު ނެތް… ފަހަރެއްގާ ސައިބޯން ނުކުތީ ކަންނޭނގެ…” ރިޔާޒް ރޭ ހަތަރުދަމު ހޮސްޕިޓަލުގައި ހުރިއިރު އެކަން މީރާއަށް ނޭންގީ ކީއްވެެބާއޭ މީރާގެ ހިތަށް އެރިއެވެ. ފޯނު ބޭއްވުމުގެ ކުރިން ރިޔާޒްގެ މަންމަގެ ހާލު އޮޅުން ފިލުވާލިއެވެ. ޟިރާރު ބުނީ އަދިވެސް އާމިނަގެ ހާލަށް އިތުރު ބަދަލެއް ނާންނަކަމެވެ. ޑޮކްޓަރުންނަށް ވަކި އެއްޗެއް ބުނަން ވަރަށް ދަތިކަމަށެވެ.

މީރާ ފޯނު ބޭއްވުމަށްފަހު އެނދުގައި އިށީނެވެ. ހޭވިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އަތުގެ އިނގިލިތައްް މަހާލަމުން އިސްތަށިތަކުގެ ބުޑުގައި ބާރަށް ހިފާލިއެވެ. ރިޔާޒަށް އެހީތެރިވާން އިންތިހާއަށް މީރާ ބޭނުމެވެ. ނަމަވެސް މީރާ ދުރުކޮށްލައިގެން ރިޔާޒް އެ އުޅޭ ސަބަބު އޭނާއަށް ނޭނގޭތީ އެ ހުންނަނީ އިންތިހާއަށް ރުޅި ގަދަވެފައެވެ. ރުޅި މައިތިރި ކުރެވޭތޯ ދެލޯ ފިއްތާ ބާރުކޮށްލެވުނެވެ. އެ ވަގުތު ގޭގެ މައި ދޮރު މަޑުމަޑުން ލެއްޕުނު އަޑު މީރާގެ ކަންފަތުގައި ޖެހުނެވެ. އަވަސްއަވަހަށް އެނދުމަތިން ތެދުވެ ކޮޓަރިން ބޭރަށް ނުކުތުމަށް މީރާ އަވަސްވެގަތެވެ. ކޮޓަރިން ބޭރަށް ބޯދިއްކޮށްލި އިރު ރިޔާޒް އައިސް ސޯފާ ތެރެއަށް ވެއްޓިގަތެވެ.

މަޑު ހިނގުމެއްގައި އައިސް ރިޔާޒް ގާތުގައިި މީރާ އިށީނެވެ. “ރިޔާޒް…. ރިޔާ…”

މީރާ ދައްކަން އުޅުނު ވާހަކަ މެދުކެނޑުނީ ސޯފާގައި ލޯމަރައިގެން އޮތް ރިޔާޒް އޭނާގެ ތުންފަތުގައި ސަހާދަތް އިނގިލި ޖައްސަމުން “ޝްޝްޝް” އޭ ބުނުމުންނެވެ.

ބަހެއް ނުބުނެ މަޑުކޮށްގެން މީރާ އިނީ ރިޔާޒް ބަހެއް ބުނާނެ ވަގުތަކަށެވެ. އެހެން އިންނަތާ އިރުކޮޅެއް ވުމުން ރިޔާޒާ ދިމާލަށް ބަލާލީ މަޑުމަޑުން ގުގުރިދަމާ އަޑު އިވެން ފެށުމުންނެވެ. އޭރު ރިޔާޒް އޮތީ ސޯފާގައި ޖެހުނުގޮތަށް ގަދައަށް ނިދިފައެވެ. އެހެންކަަމުން މީރާ އިތުރަށް އޭނައަށް އުނދަގޫ ނުކޮށް ރިޔާޒްގެ ފައި އުފުލާލާ ސޯފާ މައްޗަށް އަރިއަކަށް އަރުވާލިއެވެ. މީރާ ރިޔާޒްގެ ފައިން އަތް ދޫކޮށްލީ ރިޔާޒް ތެޅިގަތުމުންނެވެ. އަރިއަށް ފުރޮޅިލަމުން ރިޔާޒް އެ ސޯފާ ތެރޭގައި ހަމަޖެހިލައިގެން އޮށޯތެވެ. ރިޔާޒަށް ނިދިފައި އޮތުމުން އޭނާއަށް އުނދަގޫނުކޮށް މީރާ ގޮސް ވަނީ ކޮޓަރިއަށެވެ.

*** *** *** *** *** ***

ދެމީހުންނަށް ކެވޭވަރުގެ ކުޑަ ބަތްކޮޅަކާއި ގަރުދިޔަ ފޮދެއް ކައްކާލުމަށްފަހު މަންޝާ ކޮޓަރިއަށް އައިސް ވަނީ ފެންވަރާލައިގެން ތާޒާ ވާށެވެ. އޭރު އަޒީމް އޮތީ ގަދައަށް ނިދާފައެވެ. އެހެންކަމުން އަޒީމަށް ނުގޮވާ މަންޝާ ފާޚާނާއަށް ވަދެ ރީތިވެގެން ތައްޔާރުވެލީ ޒުހާމެން ގެއަށް ދިޔުމަށެވެ. ކާމޭޒުމައްޗަށް ކާން ހެދުމަށްފަހު ގެއިން ނުކުތުމަށް ދަމުން އަޒީމާ ދިމާލަށް މަންޝާ ބަލާލިއެވެ. މިއިން އިރަކު ހޭލާނެ ހެނެއް ހިޔެއް ނުވެއެވެ.

މެންދުރުގެ ހޫނުގަދަ ވަގުތުކަމުން މަގުމަތީގައި ލޯހުޅުވައިގެން ހިނގުމަކީ ކުޅަދާނަ ކަމަކަށް ނުވާނެއެވެ. އެހެންކަމުން މަގުމައްޗަށް ނުކުމެ މަންޝާގެ އަތްދަބަސް ތެރެއިން އަވިއައިނު ނަގާ ލޮލުގައި އަޅާލިއެވެ. އަދި މަގުގެ އެއް ފަރާތުން މަޑު ހިނގުމެއްގައި ޒުހާމެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.

ޒުހާމެން ގެއާ ހަމައަށް ދެވުނު އިރު މަންޝާ ހުރީ ދާހިއްލާ ފޯވެފައެވެ. ކަރު ހިއްކާފައެވެ. ޒުހާމެން ގެއަށް ވަތްއިރުު ޒުހާގެ މަންމަ އުޅުނީ ސިޓިންގް ރޫމުގައި ތުއްތު ޒައިކަށް ކާން ދޭށެވެ. ގެއަށް ވަނުމަށްފަހު މަންޝާގެ ލޮލުގައި އަޅާފައިވާ އައިނު ނަގާ ދަބަސްތެރެއަށް ލަމުން ފިނި ފެންފޮދެއް އެބަހުރިތޯ އަހާލިއެވެ. އައިސް-އަލަމާރިއާ ދިމާލަށް ޒުހާގެ މަންމަ އިޝާރާތް ކުރުމުން އެ ދިމާލަށް މަންޝާ ހިނގައިގަތެވެ. ސިޓިންގް ރޫމްގަ ހުރި ގޮނޑިއެއްގެ މަތީގައި އަތްދަބަސް ބެހެއްޓުމަށްފަހު ފެންފުޅިއެއް ނަގައިގެން ޒުހާމެންގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

ޒުހާމެން ކޮޓަރިއަށް ވަތްއިރު ޒުހާ އުޅުނީ އެ ކުޑަމަންޖެ ފެންވަރުވައިގެން ނެރެ ބަނޑު ހޫނުކޮށް ރީތި ކުރާށެވެ. ފެންފުޅީގެ މަތިނަގާ ފެންކޯވަރެއް ބޯލިއެވެ. “މީ ހާދަ ހޫނު ގަދަ ދުވަސްކޮޅެކޭ… އަހަރެން މީނީ ދެވަރުން އެއްވަރުވެފަ….” ފެންފުޅި މަތިޖަހާފައި މޭޒުމަތީ ބަހައްޓަމުން މަންޝާ ވާހަކަ ދެއްކިއެވެ.

“ކޮބާ އަޒީމް… އެކަނިތަ ތިއައީ؟….” ތުއްތުކުއްޖާ ބަނޑުހޫނުކޮށް ނިންމާލުމަށްފަހު އެކުއްޖާގެ ހަތަރެސްފައި ދަމާލަމުން ޒުހާ ވާހަކަ ދެއްކިއެވެ. އެވަގުތު މަންޝާ އެމަންޖެ އުރާލަން ގާތްވެލިއެވެ.

“ޑިއުޓީއިން އައިސް ނިދިފަ އޮތީ… އެހެންވެ ނުގޮވާ އަހަރެން އެކަނި މިއައީ…” ތުވާއްޔާ އެކީ މަންޝާ އެ ތުއްތު މަންޖެ އުރާލިއެވެ. ޒުހާ އެ ވަގުތު އެނދުމަތިން ތެދުވެ ބޭރަށް ނުކުތީ ހެދުން ހިއްކަން އަޅުވާފަ ހުރި ބުރުން ކުޑަމީހާގެ ހެދުންކޮޅުތަކެއް ނަގާށެވެ. މަންޝާގެ މޫނާ ދިމާލަށް ކަޅި ޖަހާނުލާ އެތުއްތު ކުއްޖާ ބަަލަން އޮތެވެ. މަންޝާ ލޯބިކޮށްލަން އެ ކުއްޖާގެ ނިތްކުރިއަށް ބޮސްދިނުމަށް ގާތްވެލިއެވެ. ހަމައެއާ އެކު އެ ކުއްޖާ ކުކުރާލިއެވެ. މަންޝާ އެ ކުއްޖާ ހުއްޓުވޭތޯ ދެއަތަށް ހެއްލާ ހެދުމުންވެސް ހުއްޓޭ ގޮތެއް ނުވިއެވެ. ރުއިން ވީ ފަހަރެއް ފަހަރެއް ގަދައެވެ.

ކޮޓަރިއަށް ވަދެގެން އައި ޒުހާ ފެނުމުން މަންޝާ ހުރީ ވަރަށް ހާސްވެފައެވެ. “ޒުހާ މިމަންޖެ އަހަންނާ ހާދަ ރުޅިއޭ….” އިންތިހާއަށް ދެރަވެފައި ހުރެ މަންޝާ އެހެން ބުނެލީ ޒުހާ އަތަށް އެކުއްޖާ ދެމުންނެވެ.

“ނޭނގެ… ތި ވާނީ މަންޝާ މިފަހަރު ޕްރެގްވީ ކަމަށް… މަންޝާއަށް ލިބޭނީ އަންހެން ކުއްޖެއް ކަންނޭނގެ…. އެހެންވީމަ މި މަންޖެ ރުޅިވާނެއްނު… މަންމަމެން ބުނާނެ ވަރަށް އެހެން…” ޒުހާ އެ ތުއްތު ކުއްޖާ އުރާލައިގެން މަސަލަސް ކުރަމުން ވާހަކަ ދެއްކީ މަންޝާއަށް ފުރަގަސްދީގެން ހުރެއެވެ. އޭރު ހިފެހެއްޓުމެއްނެތި މަންޝާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެއްޓިއެވެ. ތުއްތުކުއްޖާގެ ރުއިމުގެ އަޑު ކެނޑުމުން ޒުހާ އެ ކުއްޖާ ނެޕީ ޖަހާ ހެދުން ލައްވާ ލުމަށްފަހު ގާތުން ކިރުދޭން އެނދުގައި އިށީނެވެ.

“އަހަން… މަން ރޮނީތަ؟…” ކުއްޖާއަށް ސަމާލުކަން ދީގެން އިން ޒުހާއަށް މަންޝާ ނޭފަތް ދަމާލި އަޑު އިވުމުން މަންޝާއާ ދިމާލަށް ބަލާލިއެވެ.

މަންޝާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ އިނގިލިތަކުން ފޮހެމުން އައިސް ޒުހާގެ ގާތުގައި އިށީނެވެ. “ޒުހާ…. އަހަރެންގެ ރިޕޯޓްސް ނެގެ…” މަންޝާއަށް އެ ޖުމްލަ އެއްކޮށް ފުރިހަމަ ނުކުރެވެނީސް ބަޑި ފަޅައިގެން ދިޔައެވެ. އެވަގުތު ޒުހާއަށް ބުނެވުނު ބަހުން މަންޝާ ހިތުގައި ޖެހުނުވަރު އިހްސާސްވެ ޒުހާއިނީ އިންތިހާއަށް ދެރަވެފައެވެ.

“މަން ނުރޮއި ހުއްޓާލާ… އަދި ލިބޭނެ… އަންނަ އަހަރު ލަންކާއަށް ދަމާ…” މަންޝާ ހަމައަކަށް އަޅުވަން ޒުހާ މަސައްކަތް ކުރިއެވެ.

*** *** *** *** *** ***

ގަދައަށް ނިދާފައި އޮތް ރިޔާޒަށް ހޭލެވުނީ ގައި ކަހާތީއެވެ. މުޅި ގައި ހިރުވާތީ ލައިގެން ހުރި ޓީޝާޓު ބާލާ ކޮޓަރިތެރެއަށް ވަނީ ފެންވަރާށެވެ. ކޮޓަރިއަށް ރިޔާޒް ވަނުމާއި އެކީ މީރާ ކުރަންހުރި މަސައްކަތް ހުއްޓާލުމަށް ފަހު ރިޔާޒަށް ސަމާލުކަން ދިނެވެ. ބަހެއްވެސް ނުބުނެ ރިޔާޒް އެދިޔަގޮތަށް ގޮސް ވަނީ ފާޚާނާއަށެވެ. ރިޔާޒް ފާޚާނާއަށް ވަނުމުން އަނެއްކާވެސް މީރާ ކުރަންހުރި މަސައްކަަތަށް އެނބުރި ދިޔައެވެ. ރިޔާޒާ މީރާގެ ދޮވެފައި ހުރި ހެދުންތައް އިސްތިރިކުރަމުން ހެދުންތައް އަލަމާރީގައި އަޅުވަމުން ދިޔައެވެ. ގިނަ އިރުތަކެއްނުވެ ރިޔާޒް ފާޚާނާއިން ބޭރަށް ބޯ ދިއްކޮށްލަމުން މީރާ ގާތުގައި ތުވާލި ދިއްކޮށްލުމަށް އެދުނެވެ. ރިޔާޒް އަތަށް ތުވާލި ދިނުމަށްފަހު އަނެއްކާވެސް މީރާ އަނބުރާ އައިސް އޭނާ ކުރަން ހުރި މަސައްކަތާއިގެން އުޅުނެވެ.

ފާޚާނާއިން ރިޔާޒް ނުކުތް އިރު އޭނާގެ ބުރަކަށީގައި ފިތްގަނޑުތަކެއް ނަގާފައި ހުއްޓެވެ. ރީތިވާ މޭޒުގައި ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓުމަށްފަހު ކޯލޯންފުޅި ނަގާ ބުރަކައްޓައް އޮއްސާލިއެވެ. ނަގަންފެށި ދިލައިން ރިޔާޒުގެ އަނގައިން އަޑެއް ލައްވާލެވުނެވެ. ރިޔާޒާ ދިމާލަށް މީރާއަށް ބަލާލެވުނީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވުމަށެވެ. ރިޔާޒް ރުޅި އައިސްދާނެތީ ބަހެއް ނުބުނެ ހުރީއެވެ. ނަަމަވެސް ރިޔާޒްގެ ބުރަކައްޓަށް ވެފައި ހުރި ގޮތް ފެނުމުން މީރާއަކަށް ހިމޭނަކުން ނުހުުރެވުނެވެ.

“ރިޔާޒް މީކޮން ފިއްގަނޑުތަކެއް…. ދައްކަބަލަ ބަލާލަން…. ޔާރައްބީ… ހިނގާ ޑޮކްޓަރަށް ދައްކަން ދާން….” މީރާ ދެލޯ ބޮޑުކޮށްލީ އެ ބޮޑެތި ފިއްގަނޑުތައް ފެނުމުންނެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ފަޅައިގެން ގޮސްދާނެހެންނެވެ. ރިޔާޒްގެ ނިޔަފަތިން ކެހިފައި ހުރުމުން ބައެއް ދިމަދިމާލުން ހަންގޮސްފައި ހުއްޓެވެ.

“ނޭނގެ…. ނިދާފަ އޮއްވާ ގައިކަހާތީ މި ހޭލެވުނީ… މީރާ އަހަރެން ވަރަށް ބަނޑުހައި…. ގައިވެސް ވަރަށް ކަހާ….” ރިޔާޒް ގޭގައި ލާން އުޅޭ ސޯޓު ބުރި ލަމުން ވާހަކަ ދެއްކިއެވެ.

“އެހެންތަ؟… ހިނގާ ކާންދާން…. ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ…. ކައިގެން ޑޮކްޓަރަށް ދާނީ….” މީރާ ގެ ފަހަތުން ރިޔާޒްވެސް ކޮޓަރިން ނުކުތީ އަވަހަށް ކާން ބޭނުންވެފައި ވާތީއެވެ. އިރުއޮއްސެމުން އައި ވަގުތު ކަމުން ސިޓިންގް ރޫމްތެރެ އޮތީ ކޮންމެވެސް ވަރަކަށް އަނދިރިކޮށެވެ. ހޮޅިބުރި ދިއްލާލުމަށްފަހު މީރާ ބަދިގެއަށް ވަދެ ތަށިތަކަށް އެއްޗެތި އަޅާ ކާމޭޒު މައްޗަށް ކާން ހަދާލިއެވެ. އެ ވަގުތު ރިޔާޒް ގޮސް  ސޯފާގައި އިށީނެވެ.

ދެމީހުންނަށް ކާން ހެދުމަށްފަހު ކާން އައުމަށް ރިޔާޒަށް ގޮވާލިއެވެ. އޭރު ރިޔާޒް އޮތީ ސޮފާ ތެރޭގައި އޮށޯވެލައިގެންނެވެ. ހޫމް ލައްވާލަމުން އަނެއްކާވެސް ރިޔާޒަށް ކަންނެތް ކަންމަތީ އޮވެވުނީއެވެ. އެންމެފަހުން މީރާ ރިޔާޒް ގާތަށް ދިޔައެވެ. އަނގައިން ބަހެއް ބޭރު ނުވަނީސް މީރާއަށް ފާޑެއްގެ ދިރޭ ސޫއްޕެއް ފެނުނެވެ. “ރިޔާޒޫ…. މީ ކޯއްޗެއް…..”

މީރާގެ ތޫލި އަޑުން އެހެން ބުނުމުން ރިޔާޒް ދިޔައީ ސިއްސައިގެންނެވެ. ހަމަޖެހިލަމުން މީރާ ދައްކާ ދިމާލަށް ބަލާލިއެވެ. ސޯފާގެ އަތްގަނޑު މަތީގައި އޭނީ ތަތްމަކުނެކެވެ. “މީ ކިހިނެއް މިގެއަށް ވަތް އެއްޗެއް…” ރިޔާޒް ތެދުވެ މޭޒުމަތީ ހުރި ޓިޝޫ ޕެކެޓުން ޓިޝޫއެއް ނަގައިގެން އައިސް އޭތި ނަގާ ފިތާލިއެވެ.  އޭގެން ނުކުތީ ހުސް ލެއެވެ. ރަގަޅަށް ސޯފާ ބަލާ ޗެކްކުރަން ރިޔާޒް ފެށިއެވެ. އަތްގަނޑު ކައިރިންނާ ސޯފާގެ ދެފަރާތު ކަނުންނާ އެކި ދިމަދިމާލުން ތަތްމަކުނު ފެނުނެވެ.

“އެކަމަކު ދޯ… މީގެ ކުރިންވެސް އަހަރެން މިތާ އޮވެ ނިދަން…. މީ ކޮން އިރަކު ކިހިނެއް ވަތް އެއްޗެއް… މިހެންވެ ކަންނޭނގެ މަގޭ ގައި ހިރުވައިގެން މި ހޭލެވުނީ….” ރިޔާޒް ހުރީ ކޮންމެވެސް ވަރަކަށް ރުޅިގަދަވެފައެވެ. “ދެން ތި ސާފުކުރާނީ ފަހުން އާދޭ ކާން….” މީރާގެ އެދުމަށް ރިޔާޒް އަވަސް ވެގަތީ ކާމޭޒު ދޮށަށެވެ. ކާން ހަދާފަހުރީ ބަތާ ކުކުޅު ރިހައެވެ. އެއީ ރިޔާޒަށް ވަރަށް މީރު ކެއުމެކެވެ. ކާން ތައްޓަށް ބަތާ ރިހައާ އަޅައިގެން މޮޑެން ފެށިއެވެ. އަނގަޔަށް ސުވައެއް ލުމަށްފަހު މީރުވެގެން މީރާއާއި ދިމާލަށް ބަލާލިއެވެ.

“ވާއު… ވަރަށް މީރު… މީރާވެސް ކާންފަށާ…” ރިޔާޒް މީރާ ގާތުގައި ކާން އައުމަށް އެދުނެވެ. ރިޔާޒް ނުކައި ހުރުމުން މީރާވެސް ހުންނާނީ ނުކައިކަން ރިޔާޒަށް އެނގެއެވެ.

*** *** *** *** *** ***

ޒުހާމެން ގޭގައި އިން އިރު ވަގުތު ދިޔަގޮތެއްވެސް ނޭނގުނެވެ. މަންޝާއަށް އެގެއިން ނުކުމެވުނު އިރު އިރުއޮއްސިއްޖެއެވެ. މަންޝާ ގެއަށް ދިޔުމަށް އަވަސްވެގަތީ އަޒީމް ޑިއުޓީއަށް ދާންވާއިރަށް ހޭނުލާފާނެތީއެވެ. ފޯނުން ދެތިން ފަހަރަކު އަޒީމަށް ގުޅުމުންވެސް ފޯނަށް ޖަވާބެއް ނުދެއެވެ. އެހެންކަމުން މަންޝާގެ ފިޔަވަޅު އިތުރަށް އަވަސްކޮށްލިއެވެ.

ގެއާ ހަމަޔަށް އާދެވުނު އިރު މަންޝާ ހުރީ ވަރަށް ވަރުބަލިވެފައެވެ. އަވަސް އަވަހަށް ސިޑިން މައްޗަށް އެރުމަށްފަހު ދޮރު ހުޅުވަން ތަޅަށް ތަޅުދަނޑި ކޮއްޕާލަން ގުދުވެލިއެވެ. މަންޝާއަށް ލިބިގެން ދިޔައީ ބޮޑު ހައިރާންކަމެކެވެ. ދޮރުފަތްހުރީ އެއްކޮށް ރަނގަޅަށް ނުލެއްޕިއެވެ. މަންޝާ ފަސްޖެހޭގޮތްވިއެވެ. މަންޝާ ގެއިން ނުކުތް ވަގުތު ރަނގަޅަށް ހަނދާންކުރަން މަސައްކަތް ކުރިއެވެ. އާއެކެވެ. މަންޝާ ގެއިން ނުކުމެ ދޮރު ތަޅުލިހަނދާން ވެއެވެ. ދެން މި ދޮރު ހުޅުވިފައި އެހުރީ ކީއްވެ ބާއޭ ހިތަށް އެރިއެވެ. ދޮރު އެއްކޮށް ހުޅުވާލަމުން އެތެރެއަށް ވަދެ ފައިވާން ބަހައްޓާ ހަރުމަތީ ފައިވާން ބަހައްޓާލިއެވެ.

“މަންޝާ…” ހަރުކައިރީ ގުދަށް އޮތް މަންޝާ ދިޔައީ ސިއްސައިގެންނެވެ. ފަހަތަށް ބަލާލީ ދެ ލޯ ބޮޑުކޮށްގެން ހުރެއެވެ. ނުލަފާ ފާޑަކަށް ހެވިފައި ހުރެ މަންޝާގެ ހަށިގަނޑާ ދިމާލަށް ބަލަހައްޓައިގެން މިހުރީ ހަސަންބެއެވެ. މަންޝާ ތެދުވެ ހަސަންބެއާ ދިމާލަށް ލޯ އަޅާލިއެވެ. އެވަގުތު ކާ މޭޒުމަތީހުރި ހަދިޔާ ދަޅުތައް ދައްކާލަމުން އެއީ މަންޝާގެ މަންމަ ރަށުން ފޮނުވި ހަދިޔާކަމުގައި ބުންޏެވެ. މަންޝާ އަވަސްވެގަތީ އެ ހަދިޔާތަކާ ދިމާލަށެވެ. މަންމަ ހަދާ ކުދި ގުޅަ ނުކާތާ ލައްކަ ދުވަސް ވެއްޖެއެވެ. ކުޑަ ކުއްޖަކު ފަދައިން ދުވެފައިގޮސް ފަހަރަކު ދަޅެއްގެ މަތި ނަގާ ބަލާލިއެވެ. ކުދި ގުޅަ ދަޅު ފެނުމުން އޭގެން މުށުފުރާ ގުޅަކޮޅެއް ނަގައިގެން ކަމުންކަމުން ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. އޭރު އަޒީމް ކޮޓަރިތެރޭ ހުރީ ރީތިވާށެވެ.

“މަންމަ ފޮނުވި ހަދިޔާތައް ކާން ފެށީދޯ… ހެއި އައިމް ގެޓިންގް ލޭޓް.. ދަނީ އިނގޭ…” އަޒީމް ކޮޓަރިން ބޭރަށް ނުކުންނަމުން މަންޝާގެ މޫނުގައި ފިރުމާލަމުން ބުންޏެވެ.

“އަޒީމް ކައިފިންތަ؟… އަހަރެން މިއައީ ޒުހާމެން ގެއަށް ގޮސްފަ… ކީއްވެ ފޯނު ނުނެގީ…. ވަރަށް ގުޅިން… އަޒީމަށް ނިދިފަ އޮވެދާނެތީ…” މަންޝާ އެއްފައްޗަކަށް އެތައް ސުވާލެއް އަމުނާލިއެވެ.

“ހޫން ކައިފިން…. ކައިގެން ފެންވަރައިގެން ނުކުތް ތަނުން ހަސަންބެ އައީ… ދޭ އަވަހަށް ހަސަންބެއަށް ސައިހަދަން… އަދި އަލަކަށްނު މިގެއަށް އެ އައީ… ދެން ދަނީ އިނގޭ…. މިރޭ ފްރީވީމަ ގުޅާނަން…” އަޒީމްގެ ވޮލެޓުން ފައިސާކޮޅެއް ނަގާ މަންޝާ އަތަށް ދިނުމަށްފަހު ފަހަތު ޖީބަށް ވޮލެޓު ލިއެވެ. އަދި މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ނަގައިގެން ގެއިން ބޭރަށް ނުކުތުމަށް ހިނގައިގަތެވެ.

“ހަސަންބޭ… ދެން ދަނީ… ޑިއުޓީއަށް ދާން ޖެހޭތީ އެހެން ނޫނަމަ މަޑުކުރީމުސް.. ރަނގަޅަށް ސައި ބޮއިގެން ދާންވާނީ… ދެން ފަހަރަކު ކުދިވެރިންވެސް ގޮވައިގެން އަންނާތި….” އެޕާޓްމަންޓްގެ ދޮރު ލައްޕާލަމުން އަޒީމް މިހެން ބުނުމުން ހަސަންބެ ވެސް އާއެކޭ ބުނަމުން ބޯ ޖަހާލިއެވެ.

މަންޝާ ބަދިގެއަށް ކައިރިވުމަށްފަހު ސައިހަދަން ފެއްޓިއެވެ. “ކޯއްޗެއް ބޯނީ… ސައިތަ ކޮފީތަ؟…” ތައްޓަކަށް ހަދިޔާދަޅުން ބައެއް ތަކެތި އެޅިއެވެ. އަނެއް ތައްޓަށް ބިސްކޯދުކޮޅެއް ލުމަށްފަހު މޭޒުމަތީ ބެހެއްޓިއެވެ. އަދި ހަސަންބެ ބޭނުންވި ގޮތަށް ކޮފީތައްޓެއް ތައްޔާރުކޮށް ދިނެވެ. އޭރު ހަސަންބެ އިނީ ސޯފާގައި އިށީނދެގެން ޓީވީން ދައްކަމުން ދިޔަ ފިލްމެއް ބަލާށެވެ. ދޭތެރެއަކުން ވަގުވަގަށް މަންޝާއާ ދިމާލަށް ހަސަންބެ ބަލާލައެެވެ. މަންޝާއަށް ވެސް އިރުއިރުކޮޅުން ހަސަންބެއާ ދިމާލަށް ބަލާލެވެއެވެ.

ކޮފީ ހެދުމަށްފަހު ސޯފާ ކައިރީ ހުރި މޭޒަށް ތަށިތައް ގެންގޮސް ބެހެއްޓި ވަގުތު ހަސަންބެ ސޯފާއިން އުފުރިގެން ނުދިޔައީ ހަމަކިރިޔާއެވެ. ކަރުބޮޑު ޓޮޕްކޮޅުން މަންޝާގެ އޮމާން މޭމަތި ފެނި ހަސަންބެގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ހަސަންބެ ޖައްސަމުންދިޔަ ވައްތަރުތައް ފެނި މަންޝާ ހުރީ ވަރަށް ބިރުންނެވެ. މަންޝާއާއި އެކީ އެ އެޕާޓްމަންޓުގައި އިތުރު މީހަކާ ނުލާ ހަސަންބެ ހުރުމުންނެވެ. ހަސަންބެއަކީ ކިހާވަރެއްގެ މީހެއްކަން މަންޝާއަށް އެނގޭތީއެވެ.

ހުޅުވާފައިވާ ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއަކާއި އެކީ މަންޝާގެ ހޭވިފައިވާ އިސްތަށިތަކުން މޭމަތި ފޮރުވިގެން ދިޔައެވެ. މިއީ މި މަންޒަރު ބަލަން ދުރުގައި ހުރިި ރޫހާނީ ބާރުގެ ވެރިފަރާތަށް ކެތްނުކުރެވިގެން ހެދި ގޮތެކެވެ. މަންޝާގެ ހަށިގަނޑާ ދިމާލަށް އެގޮތް މިގޮތަށް އަރިވަމުން ހަސަނު ބަލަމުން ދިޔައިރު އޭއްޗަށް ވަރަށް އުނދަގޫތައް ވަމުން ދިޔައެވެ.

ބަދިގެތެރޭ ހުރި އައިސް-އަލަމާރިން މަންޝާ ފެން ފުޅިއެއް ނަގާ ހަސަންބެއަށް ފެންތައްޓެއް އަޅާދިނެވެ. އަދި އަނގަމައްޗަށް ނަގާ އެ ފެންފުޅިން އެތިފޮދެއް އަނގަޔަށް އަޅާލި ވަގުތު އަނގައިން ބޭރަށް ފެން އެޅިގެން ދިޔައެވެ. އެ ފެންތައް މަންޝާ ކަރުމަތިން އައިސް ލައިގެން ހުރި ޓޮޕްކޮޅުގެ މޭމަތި އެކީހެން ތެތްމާލިއެވެ.

މަންޒަރު ބަލަން އިން ހަސަންބެގެ ތުނބުގައި ޖަހަޖަހާ އިން ހޫނު ކޮފީތަށި އުނގަށް ބަންޑުން ވިއެވެ. ކުރިމަތި ފަރާތުގައި ފިރުމަމުން ހަސަންބެ ތެދުވެ ތެޅިގަތެވެ. ނަމަވެސް މަންޝާ ބަލާލުމުން މާ ބޮޑުކަމެއް ވީ ކަމަށް ނުހެދެން ވެގެން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަނބުރާ ގޮނޑީގައި އިށީންނަން އުޅުމުންވެސް ހަސަންބެ އުނގަށް ހޫނު ކޮފީ އެޅުނު ތަނުން ވަރަށް ގަދައަށް ދިލަނަގަމުން ދިޔައެވެ. އެހެންވެ ހަސަންބެ ބޭނުންވީ އަވަހަށް ގެއަށް ދާށެވެ.

“މަންޝާ… ދެން ބޭބެ ގޮސްލަނީއޭ…. އަދި ފަހުން އަންނާނަން… މުނީރާ ވަރަށް ސަލާމް ބުނި…” ގެއިން ބޭރަށް ނުކުންނަމުން ހަސަންބެ މިހެން ބުނެލިއެވެ. އެޕާރޓްމެންޓްގެ ދޮރުފަތް ލައްޕަމުން މަންޝާ ހިތާ ހިތުން ބުނެލިއެވެ. “އަންނާނެކަމެއް ނެތް…. ކޮންފަދަ ސިޑިން ވެއްޓި ތަނެއް ބިނދޭނެ ނަމަ…”

މަންޝާ ދޮރުފަތް ލެއްޕުމުން ހަސަނު މަޑުމަޑުން އޭނާގެ އަތުން ކުރިމަތި ފަރާތުގައި ފިރުމާލީ އަނގަޔަށް ވައްތަރެއް ޖައްސަމުންނެވެ. ދެފައި ފިއްތައިގެން ހިނދުކޮޅަކު ހުރުމަށްފަހު ސިޑިން ތިރިއަށް ފައިބަން ހިނގައިގަތެވެ. ހަމައެވަގުތު ސިޑި މައްޗަށް އަލިވާ ގޮތަށް ހުރި ބޮކީގެ އަލި ދެބުރަކަށް ނިވި ދިއްލުނެވެ. ހަސަނަށް ކޮންމެވެސް ވަރެއްގެ ސިހުމެއް ލިބުނެވެ. އޭރު މުޅި ދުނިޔެވެސް ވަނީ އަނދިރިވެފައެވެ. ބޮކި ނިވިދިއްލޭ އިރު ސިޑިމަތި ނުފެންނަވަރަށް އަނދިރިވެއެވެ. ގޯތި ތެރޭގައި ހައްދާފައިވާ ބިޔަ ކާނިގަހުގެ ހިޔަނިން މުޅި ގޯތިތެރެ އިތުރަށް ބިރުވެރިކަމަށް ދައްކައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ބިރުވެރި

Share Article

Follow Me Written By

Shax Lyn

Level 4100 Stories10 Stories500 Comments100 Comments

Other Articles

Previous

އަސަރު 2

Next

ހަދަހާވޭ ކުރާހިތް ސަމާސާ 40 ވަނަ ބައި (ފަހު ބައި)

Next
May 6, 2016

ހަދަހާވޭ ކުރާހިތް ސަމާސާ 40 ވަނަ ބައި (ފަހު ބައި)

Previews
May 4, 2016

އަސަރު 2

15 Comments!

  1. zully? says:
    May 5, 2016 at 1:21 am

    Wow…. Hasan ungah hoonu coffee bandun veema mashah he’s kiyaafa hevunu…. Lol…. Ehaa nubai meehakah Ehen vaan vee… Nice story dhaa goiy…. Love it…

  2. hunaa says:
    May 5, 2016 at 6:45 am

    Hmmmm v hevunu hasanbe ungah coffee verunyma adhi vehtithaney bindheyne kanneynge hahahaha

  3. Noora says:
    May 5, 2016 at 8:17 am

    Hasanbeah thive vanvegoih… adhi mansha bunihen sidinves vehteynama rangalhy… Nice story…

  4. ken? says:
    May 5, 2016 at 9:48 am

    sidin ves vattaalan vee…thanei ves bindguneema hey araanee…btw storyv habeyss.?

  5. swan says:
    May 5, 2016 at 10:07 am

    ? salhi

  6. zee? says:
    May 5, 2016 at 10:16 am

    Varah fakkaa dhimaalakah coffee bandun vee….. Hehehe lol

    1. abd says:
      May 5, 2016 at 12:25 pm

      Kiyevve fakka vy…..

  7. AdduKujja says:
    May 5, 2016 at 12:30 pm

    hasanuge unguge dhuvas dhiyaee dho.. hahahahahahahaha.. hasanah thiyaa vee hama vaan vee gothah. abadhu innany aiy kaahtha kaahthaalaa dho

  8. FrnDđ¥ÿýyyy says:
    May 5, 2016 at 1:59 pm

    OMG?.. Hassanbe vx dhww?? Hahahhahaha??.. Lol….Mi part kiyaafa Hee hee avadhi vejje.. Hassanbe ah ehn ehadhany e mahuloogu dhww… Story hama habeyysss… nxt part avahah up kohlaaa….

  9. Someone says:
    May 7, 2016 at 9:15 am

    Awesome! waiting for the next part:)

  10. Masw says:
    May 7, 2016 at 10:26 am

    Oh my god hasanbe ge soat ??????

  11. same says:
    May 8, 2016 at 4:18 pm

    Next part up kuranee konirakun?

  12. Shax Lyn says:
    May 9, 2016 at 12:23 am

    thanks for commenting… this week has been a busy week.. so I was unable to reply to all ur comments… but thank u soo much for ur support and love…. <3

  13. raf says:
    September 17, 2016 at 4:25 pm

    v nice

  14. jaxz says:
    May 9, 2017 at 9:00 am

    lwbiness overload………;)

Comments are closed.

Next Episodeމަންޝާ (ފަނަރަވަނަ ބައި)←


All Right Reserved!