Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިން ބުނާތީ 39

Itxlevender
Itxlevender Level 310 Stories100 Comments100 Login
August 4, 2026 9 Mins Read
16 Comments

އިޝާން އައިސް ވަނުމާއެކު ކައިރާއަށް ބަލާލެވުނީ މޫނު ހަދާފައެވެ. އަދި މީނާއަށް އަންނަން އެނގުނީވެސް ހުރިހާ ކަމެއް ވެ ނިމުމުންތާއޭ ކައިރާގެ ހިތަށް އެރިއެވެ. ކައިރާ އިންގޮތުން އިޝާން ހައިރާންވިއެވެ. އޭރު އަދި ހިނގައިގެން އުޅޭ ކަންތަކުގެ ހިލަމެއް އޭނާއަކަށް ނުވެއެވެ. ކައިލްއަށް ބަލާލިއިރު އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ. ހިމޭންކަމާއެކު ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންއިރު އެ ނަފްސު މުޅިން އެހެން ދުނިޔެއެއްގައި ވާފަދައެވެ. ކައިލް ގާތަށް އިޝާން ދިއުމާއެކު ކައިރާ ކަންބޮޑުވިއެވެ. އިޝާން އިށީންނަމުން ކައިރާއަށް ބަލާލި ވަގުތު ކައިރާ އަވަސްއަވަހަށް ދެފަރާތަށް ބޯހޫރާލި ގޮތުން އެ ބުނަނީ ކައިލްއާއި އެއްވެސް ސުވާލެއް ނުކުރާށޭކަން އިޝާންއަށް ނަގައިގަނެވުނެވެ. އެއާއެކު ކަމެއް ހިނގައިފިކަމުގެ ޔަގީންކަން އިޝާންއަށް ލިބުނެވެ.

ކްލާހަށް ހުރިހާ ކުދިން އައިސް ގަޑި ފެށުނުއިރުވެސް ކައިލް އިނީ ހިމޭންވެފައެވެ. މޫނުމަތިން ސީއިއަސް ކުލަވަރު ފާޅުވާން ހުރިއިރު އެ ހިމޭން ނަޒަރު ދޭތެރެއަކުން ލިއާއަށް ހުއްޓެއެވެ. އެ ޒުވާނުންގެ މެދުގައިވި ނުތަނަވަސްކަން އެހެން ކުދިންނަށްވެސް ނަގައިގަނެވުނުކަހަލައެވެ. އަލީޝާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ. ކައިލް އާއި ލިއާގެ ދެމެދުގައިވި ނުތަނަވަސްކަމުން އޭނާގެ ހިތަށް ހަމަޖެހުން ގެނެސްދީފިއެވެ. އެ ތުންފަތުގައިވި ނުލަފާ ހިނިތުންވުން އެކަމަށް ހެކިދެއެވެ.

ގަޑި ނިމުމާއެކު އެހެން އެކަކަށްވުރެވެސް ކުރިން ލިއާ ކްލާހުން ނިކުތެވެ. އޭނާއަށް ހަމަނޭވާއެއްވެސް ލެވުނީ ގޭޓުން ބޭރަށް ނިކުމެވުން ފަހުންނެވެ. މާ ކުރިން މަޑުކޮށްގެން އޮތް ބަހަށް އަރާ ހަމަޖެހިލުމާއެކު އޭނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭރު ބަހަށް މަޑުމަޑުން ކުދިންތައް އަރަމުން ދެއެވެ. ލިއާގެ ހިޔާލުތައް އަނެއްކާވެސް ދިޔައީ މިއަދު ލައިބްރަރީގައި ހިނގައިދިޔަ ކަންތަކަށެވެ. ކައިލްގެ ބޮސްދިނުން ސިފަވެގެން އައި ވަގުތު ބަނޑުގައި ކޮކާތަކެއް އުދުހިގަތްކަހަލަ އިހުސާސެއް ކުރެވުނެވެ. ލިއާއަށް އަވަސް އަވަހަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ހަނދާންކުރަން ބޭނުން ނުވިޔަސް ހިތުގެ އެންމެ ފުންމިނުގައި އެ ބޮސްދިނުމުގެ ވަގުތުކޮޅު ރައްކާކުރެވިއްޖެއެވެ.

އެރޭގެ ވަގުތެވެ. ވައިރޯޅިތައް ބާރުވެފައި ވީއިރު ވިއްސާރަ ކުލަވަރު ދައްކާލާފައި އޮތެވެ. އުޑުމަތީގައިވި ތަރިތައް މަދުވެފައިވީ ގިނަވެފައިވާ ކަޅު ވިލާތަކުގެ ސަބަބުންނެވެ. މަޑު ހިނގުމެއްގައި ލިއާ ހިނގާފައި ދިޔައިރު ފަހަތަށް އައްސާލެވިފައިވާ އިސްތަށިގަނޑު ވަޔާއި ނަށަމުންދިޔައެވެ. ރިހާންގެ އެދުމުގެ މަތިން ލިއާ އެދަނީ ރިހާންއާއި ބައްދަލު ކުރާށެވެ. ލިއާ ހިނގަމުންދިޔައީ އަތުގައި އޮތް ފޯނަށް ބަލަމުންނެވެ. އޭރު ކައިލްގެ އެތައް މެސެޖެއް ލިބިފައި ހުއްޓެވެ. މާފަށް އެދުމުގެ އިތުރުން އޭނާއާއި ވާހަކަ ދެއްކުމަށް އެދި އާދޭސްކޮށްފައި ވެއެވެ. ލިއާ އޭގެން އެއްވެސް މެސެޖަކަށް ރައްދު ދީފައެއް ނުވެއެވެ.

އަނދިރިކޮށް އޮތް ހިސާބުގެ އަތިރިމަތީގައި ހަދާފައިވާ ހޮޅުއަށްޓެއް ކައިރި ލިއާ މަޑުކޮށްލައިގެން ހުއްޓެވެ. ވިއްސާރަ ކުލަވަރު ދައްކާލާފައި އޮތުމުން ކަންނޭނގެއެވެ. އެވަގުތު މަގުމަތިން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ރިހާން ހުރި ހިސާބެއް ބަލާލުމާއެކު ލިއާ ދެއަތުން ގައިގަ ވަށާލީ ފިނީގެ އަސަރު ކުރަން ފެށުމުންނެވެ. މިއަދު ސްކޫލުގައި ހިނގައިދިޔަ ކަންތަކަށްފަހު ރިހާން ކުރިމައްޗަށް ދާންވުމުން ލިއާ ހުރީ ޖެހިލުންވެފައެވެ. ކުށްވެރި އިހުސާސްތަކެއް ކުރެވެމުންދިޔައެވެ.

ކުއްލިއަކަށް ސައިކަލެއް ގާތްކޮށްލި އަޑާއެކު ލިއާ ސިހުނެވެ. ލޮލަށް އެޅިފައިވި އަލީގެ ސަބަބުން ލިއާއަށް ލޯ މަތީ އަތްއެޅުނެވެ. އޭރު ސައިކަލުގައި އިން މީހާގެ މޫނެއް ލިއާއަކަށް ނުފެނެއެވެ. އެ ސައިކަލު މަޑު ދުވެއްޔެއްގައި ލިއާއާއި ކައިރިކޮށްލުމާއެކު ހުއްޓިއްޖެއެވެ. އަނދިރިއަށް ލޯ ހޭނިފައިވުމުން ސައިކަލުގައި އިނީ ކާކުކަން ލިއާއަށް ފާހަގަވިއެވެ. ލިއާގެ މުޅި ހަށިގަނޑު އައީ ފިނިވެގެންނެވެ. “ކައިލް…!” ލިއާއަށް މަޑުމަޑުން ބުނެވުނެވެ.

އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް ހަރަކާތްކޮށްނުލިއެވެ. ލިއާ ހުއްޓުން އަރާފައިހުރިއިރު ކައިލް ހިމޭންވެފައި އިނީ މި އަނދިރީގެ ތެރެއިން ލިއާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ހޭވެރިކަންވުމާއެކު ލިއާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ވަޔާއި އެކު ގެނެސްދިން ހިތްގައިމު ފިރިހެންވަންތަ ސެންޓްގެ ވަހުން އެކަނިވެސް ލިއާއަށް އެއީ ކައިލްކަން ޔަގީންވެއްޖެއެވެ. ކައިލް މިތަނަށް އައިސްފާނެ ކަމަކަށް ލިއާ ހިއެއް ނުކުރެއެވެ. އަމުދުން ލައިބްރަރީގައި ހިނގައިދިޔަ ކަންތަކަށްފަހު ކައިލް މިހާ އަވަހަށް ލިއާ ގާތަށް އައިސްފާނެ ކަމަކަށް ހީވެފައެއް ނެތެވެ.

ކައިލް ފެނުމާއެކު ލިއާ މި ހުރިހާއިރު ހަނދާން ނެތިފައިވި ހުރިހާ އިހުސާސެއް އެއްފަހަރާ ހަށިގަނޑަށް އިހުސާސްކުރެވުންކަހަލައެވެ. ބިރުވެރިކަމާއި ހައިރާންކަމުގެ އިތުރުން ރުޅިވެރިކަމެވެ. އަދި އޭގެ އިތުރުން ލިއާ ނަގައިގަންނަން ބޭނުންނުވާ ޖަޒުބާތެއްވެސް އިހުސާސްކުރެވުނެވެ.

ކައިލް މަޑުމަޑުން ސައިކަލުގެ އިންޖީނު ނިއްވާލިއެވެ. އެވަގުތު އިހުނަށްވުރެ ފުން ހިމޭންކަމެއް މާހައުލަށް ވެރިވެގެން ދިޔައެވެ. ލިއާއަށް އަތުގައިވި ފޯނަށް ބާރުކޮށްލެވުނީ ކައިލްގެ ނަޒަރު ލިއާއަށް ހުރިކަން އެނގޭތީއެވެ.

“ކައިލް…” އަނެއްކާވެސް ލިއާއަށް މަޑުމަޑުން ބުނެވުނެވެ.

ކައިލްގެ މޫނުމަތިން ފެންނަނީ ވަރުބަލިކަމެވެ. ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ އަސަރެއް އެ މޫނުގައި ނުވެއެވެ. އެތައް ދުވަހެއް ވަންދެން ހިތާމައިގައި އުޅެފައިވާ މީހެއް ފަދައެވެ. ލިއާ ކައިލްއަށް ބަލަމުންދިޔަ ނަޒަރު ކައިލްއަށް ފާހަގަވިއެވެ. އުނދަގޫ ގޮތަކަށް ކައިލްއަށް ނޭވާއެއް ދޫކޮށްލެވުނެވެ.

“އައި ހެޑް ޓު ކަމް…ލިއާ…އަހަރެން ބޭނުން ވާހަކަ ދައްކަން…ބަޓް ޔޫ ކެޕްޓް އިގްނޯރިން މައި ޓެކްސްޓްސް އެންޑް ކޯލްސް…!” ކައިލް މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ.

“އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކާކަށް…!” ލިއާ ހިތްވަރުކޮށްފައި ބުންޏެވެ.

“އެނގޭ…!” ކައިލް ބުނެލީ އެ މޫނަށް ބަލަން ހުރެއެވެ.

ކައިލް ސައިކަލުން ފޭބިއެވެ. ކައިލްގެ ފައި ބިމުގައި ޖެހުނުވަގުތު ލިއާއަށް ފަހަތަށް ޖެހެވިއްޖެއެވެ. ކައިލް ވަގުތުން ހުއްޓުނީއެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކައިލް ކުރިޔަކަށް ނޭޅިއެވެ. ލިއާގެ އެ އަމަލާއެކު އެ މޫނުމަތިން ފާޅުވެގެން އައި ރިހުން ފޮރުވަން ކައިލް ނުކުޅެދުނެވެ. އެ ހިތަށް ކުރި އަސަރު ހުރީ އެ މޫނުމަތިން ހާމަވާށެވެ.

“އައެމް ނޮޓް ގޮއިން ޓު ޓަޗް ޔޫ…” ދެއަތް ޖީބަށް ޖަހާލަމުން ކައިލް ބުނެލީ މަޑުމައިތިރިކޮށެވެ. “އައި ޕްރޮމިސް…!”

ލިއާއަށް ކައިލްއަށް ބަލަންހުރެވުނެވެ. މިއަދު ލައިބްރަރީގައި ކައިލް ފެނުނު އިރު އެ މޫނުގައިވި ރުޅިވެރިކަމާއި ހިލާފަށް، ލިއާއަށް މިވަގުތު ކައިލް ފެނުނީ ހިތް ހަލާކުވެ މާޔޫސްވެފައިވާ ޒުވާނެއްގެ ގޮތުގައެވެ. އަދި ކައިލް ސައިކަލުން ފޭބި ވަގުތު އޭނާ ފަހަތަށް ޖެހިލުމުން ކައިލްގެ މޫނުމަތިން ފާޅުވި ރިހުމުގެ އަސަރުވެސް އޭނާއަށް ފާހަގަނުވެ ނުދިޔައެވެ. ކައިލްދެކެ އޭނާ ޖެހިލުންވުމުގެ ސަބަބުން އެހިތަށް ލިބުނު ވޭން ހުރީ ހާމަވާށެވެ. ކޮންމެ ސަބަބަކާ ހުރެ ކަމުގައިވިޔަސް ކައިލްގެ އެ ހާލަތުން ލިއާގެ ހިތަށްވެސް އަސަރުކޮށްފިއެވެ. ކައިލް މިހާލަތުގައި ވާކަށް ލިއާ ނޭދެއެވެ. ކައިލް ލިއާއާއި މެދު ކަންތައްކުރި ގޮތަށްފަހުވެސް އަދި ކައިލް އޭނާގެ އަމަލުތަކުގައި ހައްދު ފަހަނަޅައަޅައިގެން ގޮސްފައިވީނަމަވެސް ލިއާގެ ސަބަބުން ކައިލް ހިތާމަކުރާކަށް ލިއާގެ ހިތްނޭދެއެވެ. ލިއާގެ ހިތަށް ބަރުކަން އިހުސާސްވިއެވެ.

ވާހަކަ ދައްކަން ފެށުމުގެ ކުރިން ކައިލް ދުރުބަލާލިއެވެ. ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ޖީންސެއްގައި ކައިލް ހުރިއިރު ކިތައްމެ ފިރިހެންވަންތަވެފައި ހިތް ދަމައިގަންނަ ގޮތެއް ހުއްޓަސް އެ މޫނުމަތީގައިވަނީ ހިތް ހަލާކުވާފަދަ އަސަރެކެވެ. ހިތާމައިގެ ތަސްވީރެއް ފަދައެވެ. ކުރެހުންތެރިއަކު އެންމެ ކުރަހާލަން ބޭނުންވާފަދަ ތަސްވީރެކެވެ. އަނދިރީގެ ތެރެއިން އެ ފިރިހެންވަންތަކަން އިތުރުވެފައިވާކަހަލައެވެ. ކައިލް އަމިއްލަ ނަފްސަށް ހިތްވަރު ހޯދަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އަހަރެން ޗުއްޓީއަށް ދިއުމުގެ ކުރިން، އެންމެ ފަހުން އަހަރެމެން މީޓްވި ރޭ…” ކައިލް ވާހަކަ ދައްކަމުން ލިއާގެ މޫނަށް ބަލާލިއެވެ. އެ އަޑު ޖެހިފައި ލިއާގެ ހިތުގައި ކޫރުން އަޅުވާލީ އެ އަޑުގައިވި ރިހުމުންނެވެ.

“…ޔޫ ވަރ ބިހައިންޑް މީ…!” ކައިލްގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. “ޔޫ ލުކްޑް ލައިކް ޔޫ ނީޑެޑް ޕްރޮޓެކްޝަން ފްރޮމް ރިހާން…ޔޫ ވާރ ސްކެއަރޑް ލިއާ…އެރޭ ލިއާ އަހަރެންގެ ހިމާޔަތުގައި ހުރި ގޮތުން އިހުސާސްވީ އަހަންނަކީ ލިއާ އިތުބާރު ކުރެވޭ ހަމައެކަނި ފަރާތޭ…!” ކައިލްގެ އަޑު ހިނދަކަށްވުރެ ހިނދެއް މަޑުވަމުން އައެވެ.

“އެރޭ އެ ވީ ކަންތަކަށްފަހު، އަހަންނަށް ކިހިނެއް ހީކުރެވޭނީވެސް އަހަރެން ދުރުގައި ހުރި ވަގުތު ލިއާ އެނބުރި ރިހާންގެ ހަޔާތަށް ގޮސްފާނެޔޭ…؟” ހިތް ހަލާކުވެފައިވާ އަޑަކުން ކައިލްއަށް ބުނެވުނެވެ. ލިއާ ހުރީ ހިމޭންވެފައެވެ.

“އައި ވޯޒް ގޯން ފޯރ ޓޫ މަންތްސް…” ވޭނުން ފުރިގެންވި ހިނިތުންވުމެއް ކައިލްގެ ފުށުން ފާޅުވިއެވެ.

“އަހަރެން އެނބުރި އައުމުންވެސް ލިއާގެ ބަދަލުވެފައިވި މިޒާޖުގެ ހަގީގަތެއް ނޭނގުނު…ލިއާ އެކަންޏެއް ނޫން…ކައިރާ އާއި އިޝާންގެވެސް…ކޮންމެވެސް ކަމެއް ގޯސްވެފައިވާކަން ހިތްބުނޭ…އެހެނަސް ހިތަށް ނާރާ ލިއާ އަލުން ރިހާންއާއި ގުޅިދާނެކަމަކަށް…އައި ވޯޒް ޓޯކިން ޓު ކައިރާ އެންޑް އިޝާން އެބައުޓް ހައު އައި ވޯޒް ގޮއިން ޓު އާސްކް ޔޫ ޕްރޯޕަރލީ…” ކައިލް ވާހަކަ ދައްކަ ދައްކާ ހުއްޓާ ލިއާއަށް އެ މޫނަށް ބަލާލެވިއްޖެއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވިއެވެ.

“އައި ވޯޒް ގޮއިން ޓު ޕްރޮޕޯޒް ޓު ޔޫ ޕްރޮޕާރލީ…ލިއާ…” އެ ޖުމްލަ ބުނެލި ވަގުތު ކައިލްގެ ހިތް ކުދިކުދިވިކަހަލަ އިހުސާސެއް ކުރެވުނެވެ. ކައިލްއަށް އިރުކޮޅަކަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. ޖީބުގައިވި ދެއަތްތިލަ މުއްކެވިގެން އައި ގޮތުން އެ ހިތްދަތި އިހުސާސްތައް އޮއްބަން މަސައްކަތް ކުރާކަން ހާމަވެއެވެ.

“އެކަމަކު…ހަމަ އެރޭ އެނގުނީ ލިއާ އަލުން ރިހާންއާއި ގުޅިއްޖެކަން…” ކައިލްގެ އަޑުގައިވި ރިހުމުން ލިއާގެ ހިތް ފިތިގެން އައިކަހަލަ އިހުސާސެއް ކުރެވުނެވެ.

“ޑޫ ޔޫ ނޯ ވަޓް ދެޓް ފެލްޓް ލައިކް…؟ އަހަރެންގެ ހިތަށް ދުވަހަކުވެސް އެހާ ތަދެއް ނުވޭ…އައި ނެވަރ ފެލްޓް ޕެއިން ލައިކް ދެޓް ބިފޯރ…” ކައިލްއަށް ވާހަކަ ދެއްކުނީ މަޑުންނެވެ. “އައި ނެވަރ ތޯޓް އެނީ ގާރލް ކުޑް ބްރޭކް މައި ހާރޓް…! އެންޑް ސަމް ހައު…، އިޓް ވޯޒް ޔޫ…!” ކައިލްގެ ލޮލަށް ފުސްވެގެން އައީ ލޮލަށް ގިނަވި ކަރުނައިންނެވެ.

ލިއާއަށް ދުރު ބަލައިލެވުނެވެ. ކައިލްގެ ވާހަކަތަކުން ހިތް ކަތިލެވިގެން އައިކަހަލަ އިހުސާސެއް ލިއާއަށް ކުރެވުނެވެ. އޭނާ ލޯބިވަނީ ރިހާންދެކެ ނޫންހެއްޔެވެ؟ މިއީ ލިއާ އޭނާގެ އަމިއްލަ ނަފްސަށްވެސް ވިސްނައިދެމުން އައި ގޮތެވެ. އެހެނަސް ކައިލް މިފަދަ ހާލެއްގައި ވުމުން އެ ހިތަށް މިހާ ވޭން ލިބެނީ މި ކީއްވެހެއްޔެވެ؟ ހިތަށް ހީވަނީ ތޫނު އެއްޗެއް ހެރިފައި ވާހެންނެވެ. އެ ވާހަކަތަކުން އޭނާގެ ނިންމުންތަކާމެދު ކުށްވެރިކަން އިހުސާސްވިއެވެ. ނަމަވެސް ލިއާ އެހެން ކަންތައް ކުރުމުގެ މަގުސަދަކީ ކައިލް ދުރުގައި ބެހެއްޓުން ކަމެއް ކައިލްއަށް އެނގޭނީ ކިހިނެއްހެއްޔެވެ؟

“އެންޑް ދެން ޔޫ އިގްނޯރޑް މައި ޓެކްސްޓްސް…އަހަރެން ވާހަކަ ދައްކާނެ އެއްވެސް ފުރުސަތެއް ލިއާ ނުދިން…ވެގެން ވިއްޔާ ބެލީ އަހަރެން ކުރިމަތީވެސް ނުހުރެވޭތޯ…!” ކައިލް ފުން ނޭވާއެއް ދޫކޮށްލަމުން ވާހަކަ ކުރިޔަށް ގެންދިޔައެވެ.

“އައި ވޯޒް ހާރޓް ލިއާ…!” އެ ބަސްތައް ނިކުތްއިރު ކައިލްގެ އަޑު ކުރެހިއްޖެއެވެ.

“އައި ވޯޒް އެންގްރީ…އައި ވޯޒް ކޮންފިއުޒްޑް…އައި ޑިޑިންޓް ނޯ ވަޓް ޓު ޑޫ ވިތް އެވްރިތިން އައި ވޯޒް ފީލިންގް…” ކައިލްއަށް އިސްޖަހާލެވުނު އިރު އަޑު ބަދަލުވެއްޖެއެވެ. “ދެޓްސް ވައި އައި ޑްރެގްޑް ޔޫ އިން ޓު ދަ ސްޓޯރ ރޫމް…” ކައިލްގެ ވާހަކަތަކާއެކު ލިއާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވެގެން އައިތަން ފެނުނެވެ. ކައިލްއަށް އެކަން ފާހަގަވިއެވެ.

“އައި ނޯ…” ކައިލް ހިމޭންކަމާއެކު ބުނެލިއެވެ. އައި ނޯ އައި ޝުޑުންޓް ހޭވް ޑަން ދެޓް…!” އެ ދެމެދަށް ވެރިވި ހިމޭންކަމުން ދެހިތަށްވެސް ދަތިކަން ގެނުވިއެވެ.

“ލިއާ ރިހާންދެކެ ލޯބިވާކަން ހާމަކުރި…އެ ހުރިހާ ދުވަހު އަހަންނަށް ގަބޫލު ކުރެވުނު ކަންތަކަށްފަހު، އަދި ކުރެވުނު އުއްމީދުތަކަށްފަހު…” ޖުމްލަ ފުރިހަމަ ނުކޮށް ކައިލްއަށް ހިންދިރުވާލެވުނެވެ. “އައި ލޮސްޓް ކޮންޓްރޯލް އޮފް މައި އެމޯޝަންސް…” ކައިލް ބުނެލިއެވެ.

ލިއާގެ ކޯތާފަތަށް ރަތްކަން ވެރިވެގެންދިޔައީ ސްޓޯރރޫމްތެރޭ ހިނގައިދިޔަ ކަންތައް ހަނދާންވުމުންނެވެ. ކައިލްއާއި ދެމެދު ހިނގައިދިޔަ ގާތްކަމާއި، އޭގެފަހުން ކައިލް ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. ހަމަ އެއާއެކު އެވަގުތު އޭނާއަށް ކުރެވުނު އިހުސާސްތައް މަތިންވެސް ހަނދާންވިއެވެ. ކައިލް ގާތްވި ވަގުތުކޮޅު ސިކުންތަކަށް ނަމަވެސް ލިއާއަށް ހީވީ ވަށައިގެންވި އެހެން ހުރިހާކަމެއް ފަރުދާވެގެންދިޔަހެންނެވެ. ވަގުތު މަޑުޖެހުނުހެންނެވެ. އަދި ލިއާ ހިތުންވެސް އިގުރާރުވާން އެންމެ ބޭނުން ނުވާ އިހުސާސްމަތިން ހިތް އޭނާއަށް ހަނދާންކޮށްދިނެވެ. ހިނދުކޮޅަކަށް ނަމަވެސް ކައިލްގެ އެ ގާތްކަންދެކެ އޭނާއަށް ގަޔާވެވުންކަމެވެ. ނަމަވެސް އެކަން ނަގައިގަނެވުމާއެކު ކުށްވެރި އިހުސާސްތަކެއް އުފެދުނެވެ. ސަބަބަކީ އޭނާ ލޯބިވަނީ ރިހާންދެކެ ކަމުގައި ވާތީއެވެ. އަދި ރިހާނަށް ބޭވަފާތެރި ވެވުނު ކަމުގެ އިހުސާސް ކުރެވެމުން ދާތީއެވެ. ރިހާން ކޮންމެ ގޮތަކަށް ލިއާއާއި މެދު ކަންތައްކޮށްފައި ވީނަމަވެސް ރިހާންއާއި ގުޅިގެން އުޅޭހާ ހިނދަކު ވަފާތެރިކަންމަތީ ހުންނަން ލިއާ ބޭނުމެވެ.

ލިއާގެ މޫނަށް އަރާ ފޭބި ހުރިހާ ކުލައެއް މި އަނދިރީގެ ތެރެއިންވެސް ކައިލްއަށް ފާހަގަވިއެވެ.

“އައެމް ނޮޓް ގޮނަ ލައި…އައި ވޯންޓެޑް ޓު ކިސް ޔޫ…!” ކައިލް ބުނެލިއެވެ. ލިއާއަށް ލޯ ހަނިކޮށްލެވުނެވެ.

“ބަޓް ވޯންޓިން ސަމްތިން ޑަޒަންޓް ގިވް މީ ދަ ރައިޓް ޓު ފޯރސް އިޓް…އައި ވޯޒް އެންގްރީ އެންޑް އައި ލެޓް މައި އެމޯޝަންސް ކޮންޓްރޯލް މީ…ދެޓް ވޯޒް ރޯންގް…އެކަމަކު އަހަރެން ދެއްކި ހުރިހާ ވާހަކަތަކަކީވެސް ހަގީގަތް…އައި ލަވް ޔޫ ލިއާ…” ކައިލް ވާހަކަ ދެއްކިއެވެ. ލިއާއަށް އިސްޖަހާލެވުނީއެވެ.

“އައި ޑޯންޓް ރިގްރެޓް ހޭވިން ފީލިންގްސް ފޯރ ޔޫ އޯރ ނީޑިން ޔޫ…ބަޓް އައި ރިގްރެޓް މޭކިން ޔޫ ފީލް ޓްރެޕްޑް…އައި ނެވަރ ވޯންޓް ޔޫ ޓު ބީ ސްކެއަރޑް އޮފް މީ…ވެން އައި ސޯ ޔުއަރ ރިއެކްޝަން އާފްޓަރވަރޑް، ދެޓް ހާރޓް މޯރ ދޭން އައި އެކްސްޕެކްޓެޑް…” ކައިލްގެ ލޮލުގައިވި ރިހުން ގަދަވިއެވެ. ލިއާއަށް އަތުތެރޭގައިވި ފޯނަށް ބާރުކޮށްލެވުނެވެ.

ގަދަ ރިހުމެއް މޭގައި އުފެދުނުހެން ލިއާއަށް އިހުސާސްވިއެވެ. އޭނާ ވާހަކަ ދައްކަން ބޭނުންވިއެވެ. ކައިލް ގާތު ދެރަނުވާށޭ ބުނަން ބޭނުންވިއެވެ. ކައިލްއަށް އޭނާ ނަފްރަތު ނުކުރާކަން ހާމަކުރަން ހިތް އެދުނެވެ. ނަމަވެސް ލިއާގެ ދުލުން ބަހެއް ނުނިކުތެވެ. ކަރުތެރޭގައި ހީވަނީ ތޫނު ބިއްލޫރިގަނޑެއް އަޅައިގަނެފައިވާހެންނެވެ.

“އައެމް ސޮރީ ލިއާ…ޕްލީޒް ފޮގިވް މީ…” ކައިލްގެ ހިމޭން އަޑުން ބުނެލިއަޑު އިވުނެވެ.

ލިއާ އެއްވެސް ޖަވާބެއް ނުދިނެވެ. ލިއާ ދުރު ބަލަހައްޓައިގެން ހުރި ވަގުތު ވީ ކައިލްއަށް އެ މޫނަށް ބަލަން ލިބުނު ފުރުސަތަކަށެވެ. އިރުކޮޅެއް ވަންދެން އެ މޫނަށް ބަލަން ހުރެފައި ކައިލް މަގަށް ނަޒަރު ހުއްޓާލިއެވެ.

“އާރ ޔޫ ގޮއިން ޓު މީޓް ރިހާން…؟” ކައިލް އެހިއެވެ.

ލިއާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވިއެވެ. “ވައި…؟ އާރ ޔޫ ގޮނަ ސްޓޮޕް މީ…؟” ލިއާ އެހިއެވެ.

ކައިލްއަށް ލިއާއަށް ބަލާލެވުނެވެ. އިރުކޮޅެއް ވަންދެން ކައިލްއަށް އެއްޗެއް ނުބުނެ ހުރެވުނެވެ. ދެން އެ ތުންފަތަށް ހިތި ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެއީ އެތައް ހާސް ރިހުމަކަށްވުރެ ވޭންގަދަ ހިނިތުންވުމެކެވެ. ހިތް ކުދިކުދިވެގެން އަންނަ ހިނދު، އެކަން ފޮރުވަން މީހަކު ވެރިކޮށްލާފަދަ ހިނިތުންވުމެކެވެ.

“ނޯ ލިއާ…!” ކައިލް މަޑުމަޑުން ބުނެލިއެވެ. އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. “އައެމް ނޮޓް ގޮއިން ޓު ސްޓޮޕް ޔޫ…!”

ލިއާގެ ހިތަށް ހީވީ ތޫނު ވަޅިއެއް ހަރާލެވުންހެންނެވެ. ކައިލްގެ ހިތްދަތި އަޑު ޖެހުނު ވަގުތު ހިތް ގިރިގެން ފޭބިކަހަލައެވެ. މިފަދަ ހާލަތެއްގައި ކައިލް ވަނިކޮށް ދުށުން އެއީ ހިތަށް ކެތްވާވަރު ކަމަކަށް ނުވިއެވެ. އެވަގުތު ލިއާއަށް ހިތުން އެދެވުނީ ކައިލް ރުޅި އައުމަށެވެ. އޭނާ އާއި ޖަދަލު ކުރުމަށެވެ. މި ހިތްދަތިކަމުގައި ކައިލް ވަނިކޮށް ދުށުމަށްވުރެ، އެ ނޫން ކޮންމެ އިހުސާސެއްގައި ކައިލް ވަނިކޮށް ދުށުންވެސް މާ ހިތަށް ފަސޭހަވާނެއެވެ. އޭރުންވެސް ކައިލް މިހާލަތުގައި ހުރުމުން ލިއާގެ ހިތަށް ލިބޭ ވޭނަށް ވުރެ މާ ބޮޑަށްވެސް ހިތަށް ލުއިވާނެއެވެ.

 ނަމަވެސް ކައިލް އޭނާއަށް ބެލީ އެ ހިތްދަތި އަސަރާއެކުއެވެ.

“އަހަރެން ލިއާ ބޭނުން…!” ކައިލް ބުނެލިއެވެ. ލިއާގެ ނޭވާ ހިފާއްޓާލެވުނެވެ.

“އަހަރެން ބޭނުމީ ހަޔާތުގެ ބައިވެރިއެއް ކަމުގައި ލިއާ ވާން…އައި ވޯންޓް އެ ފިއުޗަރ ވިތް ޔޫ…ލިއާ އާއި އެންމެ ގާތުގައި އަބަދުވެސް ހުންނާނެ މީހެއް ކަމުގައި އަހަރެން ވާން ބޭނުންވަނީ…އައި ވޯންޓް ޓު ފޯރސް ޔޫ ޓު ޗޫޒް މީ…ބަޓް އައި ކާންޓް ޑޫ ދެޓް…” ކައިލްގެ ނަޒަރު ހުއްޓިފައިވަނީ ލިއާގެ ލޮލަށެވެ.

“ބިކޯޒް އިފް ޔޫ އެވަރ ޗޫޒް މީ، އައި ވޯންޓް އިޓް ޓު ބީ ބިކޯޒް ޔޫ ވޯންޓް މީ…” ކައިލް ބުނެލިއެވެ. ލިއާއާއި ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. ލޮލަށް ކަރުނަ ގިނަވަމުން އަންނަކަމުގެ އިހުސާސް ލިއާއަށް ކުރެވުނެވެ.

“ބަޓް އައިލް ވެއިޓް…!” ކައިލް ބުނެލި އަޑަށް ލިއާ ސިހުނެވެ. ލޮލަށް ގިނަވެފައި ހުރި ކަރުނަތަކާއެކު ލިއާއަށް ބޯ ހޫރާލެވުނެވެ. “ކައިލް…،”

“އަހަރެން އިންތިޒާރު ކުރާނަން…އަންޓިލް މައި ލާސްޓް ބްރެތް…!” ކައިލްގެ އަޑުގައިވަނީ ޔަގީންކަމެވެ. ލިއާއަށް ޖަވާބެއް ދެވުމުގެ ކުރިން ފޯނު ރިންގްވާން ފެށިއެވެ.

ގުޅަމުންދިޔައީ ރިހާނެވެ. ކައިލްއަށް ނަޒަރެއް ދީފައި ލިއާ ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“ހެލޯ…” އަޑަށް ހަމަޖެހުން ގެންނަން މަސައްކަތްކުރަމުން ލިއާ ބުނެލިއެވެ.

“ލިއާ…؟” ލިއާގެ އަޑު ކުރެހިފައިވާކަން ރިހާނަށް ނަގައިގަނެވުނެވެ. އޭނާ ލިއާއަށް ގޮވާލިގޮތުން ސުވާލު އުފެދިފައިވާކަން އެނގެއެވެ. “ކިހިނެއް އަޑު ތިހުރީ…؟”

“ގޮތަކަށް ނޫނޭނު އަޑު ހުރީކީ…” ލިއާ ހިތް ނުތަނަވަސްވެގެން އައިވަރުން ކައިލްއާ ނަޒަރު ވަކިކޮށްލެވި ފޯނަށް ސަމާލުކަން ހުއްޓުނެވެ.

“ރޮނީހެން ހީވަނީ…” ރިހާން ޝައްކުމަތީ ހުރެ ބުނެލިއެވެ. ލިއާއަށް އަވަސްއަވަހަށް ނޫނެކޭ ބުނެވުނެވެ.

“ހާދަ ގިނައިރެއް ތި ނަގަނީ އަންނަން…؟ ކޮންތާކު ތި ހުރީ…؟” ރިހާން ސުވާލުކުރިއެވެ. ލިއާއަށް ބަލާލެވުނީ ކައިލްއަށެވެ. ރިހާނަށް ދޭނެ ޖަވާބެއް ލިއާއަކަށް ނޭނގުނެވެ. ލިއާގެ އެ ހަމަހިމޭންކަމުން ފޯނުގެ އަނެއްކޮޅުގައި ހުރި ރިހާންގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ.

“ލިއާ…! ކޮންތާކުހޭ ތި ހުރީ…؟!” ރިހާންގެ އަޑުން ރުޅިވެރިކަން ފާޅުވިއެވެ. “އަހަރެން އެބަ ދަން…!” ޖުމްލަ ބުނެފައި ރިހާން ފޯނު ކަނޑާލިއެވެ.

“ރިހާން ނޯ…!” ލިއާ ވާހަކަ ދައްކަން އުޅެނިކޮށް ފޯނު ކެނޑުމުން ބަލާލެވުނެވެ. އޭނާއަށް ހާސްކަމާއެކު ބަލާލެވުނީ ކައިލްއަށެވެ. އޭނާއަށް އެ ހުރެވުނު ތަނަކީ ރިހާނާއި ބައްދަލުކުރަން ބުނެފައިވާ ތަނާ މާ ދުރުގައި ހުރި ތަނެއް ނޫންކަމުން ކޮންމެ ވަގުތެއްގައިވެސް ރިހާން އަތުވެދާނެކަމުގެ ބިރު ލިއާގެ ހިތަށް ވެރިވިއެވެ. ކައިލްއަށް ވަގުތުން ނަގައިގަނެވުނެވެ.

“ހީ އިޒް ކަމިން…؟” ލިއާ ބޯ ޖަހައިލިއެވެ. ކައިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އެ މޫނުން ހިތްދަތިކަން ފާޅުވި ނަމަވެސް ކައިލް ނުހަނު އަވަހަށް އެ ކުލަވަރު ފަރުދާކޮށްލިއެވެ. “އޯކޭ ދެން…އައެމް ލީވިން…”

“ކައިލް…” ކައިލް ދާން އުޅުމާއެކު ބޭއިހްތިޔާރުގައި ލިއާއަށް ގޮވާލެވުނެވެ.

“އައި ޑޯންޓް ވޯންޓް ޔޫ ގެޓިން އިން ޓު ޓްރަބަލް ބިކޯޒް އައެމް ހިއަރ…!” ކައިލް ލިއާއަށް ފަސް ދިނުމާއެކު ގޮސް ސައިކަލަށް އެރިއެވެ. ކައިލް ސައިކަލު ސްޓާރޓްކުރިއިރު ލިއާއަށް ހުރެވުނީ ބަލާށެވެ. އެ ހިތުން ގޮވަމުން ދިޔައީ ކައިލް ހުއްޓުވުމަށެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ފަހަރެއްގައި އެ ހިތްދަތިކަމުގައި ހުރެ ކައިލް އެވަގުތު އެތަނުން ދާން ލިއާގެ ހިތް ނޭދެނީއެވެ. ނޫނީ އެ ދެމެދުގައި ދެކެވުނު ވާހަކައަށް މިފަދަ ނިމުމެއް އަންނަން ބޭނުންނޫނީއެވެ. ނޫނީ އެ ހިތުގައި ކައިލް އާއި މެދު ވާ އިހުސާސްތަކަށް ބީރު ކަންފަތެއް ދޭން ހިތަށް ކެތްނުވީއެވެ.

“ކައިލް…!” ކެތްނުވެގެން ލިއާއަށް ގޮވާލެވުނެވެ. ކައިލް މަޑުޖެހިލިތަން ފެނުނެވެ. އިރުކޮޅެއް ވަންދެން އެ ގޮތުގައި އިނދެފައި ކައިލް މަޑުމަޑުން އެނބުރި ލިއާއަށް ބަލާލިއެވެ. ދެ ޒުވާނުންގެ ހަތަރުކަޅި ހަމަވިއެވެ. ލިއާ ވާހަކަ ދައްކަން ބޭނުންވިއެވެ. ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް ދުލުން އެ ބަސްތައް ބޭރުވާން ދެކޮޅުހެދިއެވެ. ކައިލް އެންމެ ފަހުފަހަރަށް ބަލާލާ ފަދައިން ލިއާއަށް ނަޒަރެއް ދިނެވެ. ލޯބިން ފުރިގެންވި އެހެނަސް ވޭން އެކުލެވޭ ނަޒަރެކެވެ. ހަމައެއާއެކު އެހާ އަވަހަށް މޫނު އަނބުރާލައިފިއެވެ. ކައިލް ސައިކަލު ސްޓާރޓްކޮށްލި އަޑާއިއެކު ލިއާއަށް މޭގައި އަތް އެޅުނެވެ. ހަމަހިމޭންކަންވި މަގުގައި އެ އަޑުން ހިމޭންކަން ނަގާލިއެވެ. ލިއާއަށް އެހުރިގޮތަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ކައިލްގެ ސައިކަލު ގޮސް އެ އަނދރިކަމުގެ ތެރެއަށް ގެއްލެންދެން ލިއާއަށް ބަލަން ހުރެވުނެވެ.

ކޯތާފަތްމަތިން އެއްޗެއް ފިރުކިލިހެން ހީވެގެން ލިއާއަށް އަތްޖައްސާލިއިރު އިހުސާސްވީ ތެތްކަމެވެ. ލިއާއަށް ރޮވެމުންދާކަންވެސް އެނގުނީ ދެނެވެ. ލިއާ އަވަސްއަވަހަށް އެ ކަރުނަތައް ފޮހެލިއެވެ. ނަމަވެސް އެ ހިތުގައިވި ވޭނަށް ބަދަލެއް ނައެވެ. ފުރަތަމަ ފަހަރަށް ލިއާއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ. އަދިވެސް އޭނާގެ މުޅި ހިތް އެކީ މިލްކުވެފައިވަނީ ރިހާނަށް ހެއްޔެވެ؟

ކައިލް އެހާ ހިތްދަތިކޮށްފައި މިރޭ ރިހާންއާއި ބައްދަލުކުރުމަކީ ލިއާއަށް ކުޅަދާނަކަމަކަށް ނުވިއެވެ. ރިހާން އެތަނަށް އައުމުގެ ކުރިން ލިއާ ދާން ހިނގައިގަތްއިރު ދެންމެ ދެންމެ ރޮވިދާނެތީ، ލިއާ ހުރީ ގަދަކަމުން ކަރުނަތައް ކޮންޓްރޯލް ކޮށްގެންނެވެ. ނަމަވެސް އޭނާއަށް ވަކި ހިސާބަކަށް ދެވުނުއިރަށް، އެ މަގުން އައި ސައިކަލެއް ލިއާ އާއި ދާދި ގާތަށް މަޑުކޮށްލައިފިއެވެ. ސައިކަލުގައި އިނީ ރިހާނެވެ.

“ތި ދަނީ ކީއްވެ…؟” ރިހާން ވަގުތު ބޭކާރުނުކޮށް، ސައިކަލު ނިވާލުމާއެކު އޭގެން ފޭބިގޮތަށް ލިއާގެ ކުރިމައްޗަށް ހުއްޓުނެވެ. ލިއާއަށް އިސްޖަހާލެވުމާއެކު އަވަސްއަވަހަށް އެސްފިޔަ ޖަހާލެވުނީ ލޮލަށް ގިނަވެފައި ހުރި ކަރުނަތައް ހިންދާލުމަށެވެ. ރިހާން ލޯ ހަނިކޮށްލައިގެން ހުރެ ލިއާގެ ދަތްދޮޅިދޮށަށް އިނގިލި ލައްވާލާ އިސްއުފުލުވާލިއެވެ. އެވަގުތު ލިއާ ފުން ނޭވާއެއް ދޫކޮށްލުމާއެކު ރިހާންގެ އަތުގައި ހިފާ ދުރުކޮށްލިއެވެ.

“މި ހިސާބަށް އާދެވުންގަޑީ ވައި ގަދަވިއިރަށް އެހެރަ ގަސްތައް ހެލިގަތްގަޑީ މާ ބޮޑަށް ބިރުގަތީ…ދެންމެ ކަޅު ބުޅަލެއްވެސް ފެނުން…” ރިހާނާއި ހަތަރުކަޅި ހަމަނުކުރަން މަސައްކަތްކުރަމުން ލިއާ ވާހަކަ ދެއްކިއެވެ. ދޮގުހެދުން އޭނާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.

އިރުކޮޅަކު ލިއާއަށް ބަލަންހުރެފައި ރިހާންގޮސް ސައިކަލަށް އެރިއެވެ. ލިއާއަށް ގޮވާލާފައި ފަހަތަށް އެރުމަށް ބުނުމުން ލިއާ އައީ މަޖުބޫރުވެފައި ހުރި ފަދައިންނެވެ. ލިއާ ސައިކަލަށް އެރުމާއެކު ރިހާން ކުދި ކިޔާލީ ލިއާ އިންލެއް ދުރުކަމުންނެވެ. އޭނާ ފަހަތަށް ބަލާލާފައި ލިއާގެ ދެއަތުގައި ހިފާލުމައެކު ގެނެސް އޭނާގެ ބަނޑުގައި އަޅުވާލިއެވެ. ރިހާންގެ މި ހަރަކާތުން ލިއާ ސިހުނެވެ. ހިތް ފުރިގެން އައީ ކައިލްގެ ހިޔާލުތަކުންނެވެ. ކައިލް އާއިއެކު ސައިކަލު ދުއްވާލަން ދާ ރޭތައް މަތިން ލިއާ ހަނދާންވިއެވެ. ރިހާން އެ ކުރި ކަމަކީ ލިއާ ގޮވައިގެން ސައިކަލު ދުއްވާއިރު ކައިލް އާއްމުގޮތެއްގައި ކުރަމުން އައި އަމަލެކެވެ. ލިއާގެ ހިތުގައި އެ ހަނދާންތައް ބިންވަޅު ނެގިފައި ވިއެވެ. ރިހާން ސައިކަލު ދުއްވާލުމާއެކު ލިއާގެ އެސްފިޔަތަކަށް ނުކުޅަދާނަވެގެން ކަރުނަ ފައިބަންފެށިއެވެ. އެ މަގު އަނދިރިވެފައި، ރިހާންގެ ފަހަތުގައި އިނދެވުނުކަން ނަސީބެކެވެ. އަޑު ބޭރުވެދާނެތީ ލިއާއަށް ތުންފަތުގައި ދަތް އަޅާލައިގެން ހުރެވުނީ ކަނޑައިގެންދާހާ ބާރަށެވެ. ކައިލްގެ ހަނދާންތަކުން އެ ހިތް ރޯންވި ސަބަބެއް ލިއާއަކަށް ނުވިސްނެއެވެ. މިއީ އޭނާ ބޭނުންވި ގޮތެއް ނޫންހެއްޔެވެ؟

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Itxlevender
Follow Me Written By

Itxlevender

Level 310 Stories100 Comments100 Login

A girl lost in pages and feelings ✨

Other Articles

Previous

މަލާމާތް ލޯބި – 11

Next

މި ލޯތްބާއި ތި ވަޢުދު (26)

Next
August 4, 2026

މި ލޯތްބާއި ތި ވަޢުދު (26)

Previews
August 4, 2026

މަލާމާތް ލޯބި – 11

16 Comments!

  1. hihhh says:
    August 4, 2026 at 4:21 pm

    alhey please get back together..it’s heart breaking already..it’s so beautiful and heartbreaking too
    When is the next?

    1. Itxlevender Itxlevender says:
      August 5, 2026 at 2:37 am

      I knowww it’s heartbreaking for me too 😭 Their story is far from over though…let’s see what fate has planned for Kyle and Leah 🥺💗

  2. Anonymous says:
    August 4, 2026 at 4:43 pm

    vry nice
    very curious kofa kome part eh ves nimenee
    whn nxt

    1. Itxlevender Itxlevender says:
      August 5, 2026 at 2:38 am

      Happy to know that 💗🥰

  3. Iyesherth 🎀 says:
    August 4, 2026 at 4:57 pm

    Okay this story for sure is my favorite… ur so talented darls🥹💗allaahumma barik 💗ilysm😭💗

    1. Itxlevender Itxlevender says:
      August 5, 2026 at 2:39 am

      Jazaakillaah 💗 It means a lot 💗 Ilym 💗

  4. Un_known says:
    August 4, 2026 at 6:42 pm

    Aghhhh😩😭
    Feel bad for Kail..
    Kiyamun dhiya iru vrh dheraviii…dhn Kail dhera vaane varu vazan koh vx nuleveyy 🥲
    MA vhk vrh reethi 💗
    I think Leah vx Kail dheke kanneynge loabi vani….
    And Rehan…eyna change v kamaa medhu adhi vx shakkkuuu..
    When’s next???
    Curiously waiting for the next part…
    Dhen vaane goiii ingeyyy hithun keh Madhu vefa mihuryyyy..

    1. Itxlevender Itxlevender says:
      August 5, 2026 at 2:43 am

      I feel so bad for Kyle too… reading all your reactions makes me emotional because I know how much you all love him 🥹 yeah maybe Leah’s feelings aren’t as simple as they seem 👀 As for Rihan, your doubts might be valid 👀😂 Thank you so much for loving the story and waiting so patiently for the next part 💗

  5. Anonymous says:
    August 4, 2026 at 8:26 pm

    Aslu enmen moya vegen ulhey haa reechehh noon 🤣🤣🤣

    1. Ella says:
      August 4, 2026 at 8:44 pm

      It is reethi. Vrh reethi. Maybe you are just jealous that she is so good.
      Stop trying the demotivate authors. You have no right to do so. Reethi nooniyya nukiya. Keekkuran vaguthu beykaaru kuran v kee. And thigothah moya comments nukoh hurebala dhw.
      These haters are so annoying. Heevany kuraane kameh nethigen maa gina vaguthu libigen ulhey hen. 😒

    2. Anonymous says:
      August 4, 2026 at 8:50 pm

      If u think the story isn’t good then leave it…
      Mithanahh aiss liyumuge mistakes reethikoh bunedhey nama maa rangalhu veees hen alhugandah heevani..
      Huriha liymeh enme perfect eh nuvaane ..
      Ekan vx jeheyne gabool Kuran..
      …
      To the author:
      E dhogeh vhk vrh reethi 🤭
      Moya vaa varu vey hama😅
      Kiyaa hithun ….
      Keep going..
      Alhuganduge support IA abdhuves libeyne

    3. Eyesherth says:
      August 4, 2026 at 9:17 pm

      It’s completely okay if the story isn’t your type or if you didn’t enjoy it. Everyone has different tastes and opinions, and not every story will connect with everyone. But there’s a difference between giving a respectful opinion and spreading unnecessary hate. A lot of effort, creativity, and emotion goes into creating a story, and even if it doesn’t appeal to you, that doesn’t make it worthless or “bad.” You can dislike something without disrespecting the people who enjoy it or the person who created it. If it’s not for you, that’s fine—just move on instead of trying to ruin something that others appreciate….

      And to the author…. Don’t let the hate comments discourage you…. Your story is genuinely one of the best I’ve read, and the effort, creativity, and emotions you put into it truly show…. Not everyone will understand or appreciate it, and that’s okay…. Keep writing, keep creating, and don’t let negativity stop you from sharing your talent…..

    4. Tink says:
      August 4, 2026 at 9:53 pm

      Dhen thihaaa kamunudhanyaaaa kiyany kyh kuran tha dhw. Aharumen kiyany aharumennah story kamudhaaathy. Kamu nudhiya as komme dhuhuku hama kiyaaafa vey viyya hate comments dheyn dhw 😒

    5. Itxlevender Itxlevender says:
      August 5, 2026 at 2:46 am

      I understand that not everyone will like my story, and I respect that because everyone has different tastes. But repeatedly saying that my story isn’t good enough to be praised can come across as hurtful and unnecessary. If my story isn’t for you, that’s completely okay you’re free to stop reading
      And to everyone who defended me and shared how much you love the story thank you so so much 😭💗 Your kind words and support genuinely mean a lot to me…I never expected anyone to argue on my behalf but seeing you all stand up for me made me feel so appreciated…I’m truly grateful for every single reader who enjoys my story and waits for each episode 🥹💗

  6. Nadhoo says:
    August 4, 2026 at 9:08 pm

    Heevani lia ah ves kail dheke loabi vevijehen. Avaha lia ah ekan realise vaane baa? Reehaan lia dhookuraane baa?
    When is next part varah inthizaaru kuran ingey eba.

    1. Itxlevender Itxlevender says:
      August 5, 2026 at 2:48 am

      Maybe Leah’s feelings are deeper than she realizes 👀 But will she finally understand them? And will Rihan really leave her alone? You’ll have to wait and see 😭 Thank you so much for reading and patiently waiting for the next part 💗

Comments are closed.

Next Episodeލޯބިން ބުނާތީ 4←


All Right Reserved!