ލޯބިން ބުނާތީ 38
ލިއާ ދުވަމުން ދިޔައިރު އެއް އަތުން އަނގަމަތީ އަތްއަޅާ ނިވާކޮށްލާފައިވެއެވެ. ފަހަތުން ކައިލް އަންނަކަން އެނގޭތީ އޭނާ ދުވުން ބާރުކޮށްލިއެވެ. ބްރޭކްގަޑި ކަމަށް ވާތީ ހޯލްވޭގައި އެއްވެސް ކުއްޖަކު ފެންނަންނެތީ ނަސީބަކަށެވެ. ލިއާ ދުވެފައި ގޮސް ކްލާސްރޫމް ދޮރުމައްޗަށް ހުއްޓުމާއެކު ކުއްލިއަކަށް ގަނޑުވާގޮތްވިއެވެ.
ހަނދާންނެތިގެން މުހިއްމު ފައިލެއް ބާއްވާފައި ދިޔަ ޒޭޑެން ސިހިފައި ދޮރާއި ދިމާލަށް ބަލާލިއެވެ. ޓީޗަރަށް ހާއްސަކުރެވިފައި ޑެސްކްގެ ކަބަޑުތައް ޗެކްކުރަން އިނދެފައި އޭނާ ތެދުވީ ލިއާ ހުރި ގޮތް ފެނުމުންނެވެ. ކަމެއް ގޯސްވެއްޖެކަން ޒޭޑެންގެ ތޫނުފިލި ސިކުނޑިން ނަގައިގަނެވުނެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވީ ލިއާ ހުރިގޮތް ފެނުމުންނެވެ.
“ލިއާ…؟ ވަޓްސް ރޯންގް މައި ޑިއަރ…؟” ޒޭޑެން ކުރިޔަށް ފިޔަވަޅެއް އެޅިއެވެ.
“ނަތިން…އައި…އައި އެމް ފައިން…!” ލިއާ އަވަސްއަވަހަށް މޫނުގައި އަތް ހާކާލާ ހަމަޔަކަށް އެޅޭތޯ އުޅުނެވެ.
“ޔޫ އަރ ކްރައިން…!” ޒޭޑޭން ލޯ ހަނިކޮށްލަމުން ބުނެލިއެވެ.
“އައެމް ފައިން ސަރ…!” ލިއާ އަނެއްކާވެސް ބުނެލިއެވެ.
ޒޭޑެން އަތުގައިވި ފައިލް މަޑުމަޑުން ތިރިކޮށްލިއެވެ. ޓީޗަރެއްގެ ގޮތުގައި މިވީހާ ދުވަހު އޭނާއަށް ލިބިފައިވާ ތަޖުރިބާތައް މަދެއް ނޫނެވެ. މަޝްހޫރު އެތައް ސުކޫލަކުންނާއި ކޮލެޖުތަކުން އޭނާއަށް ވަނީ އެތައް މިޒާޖެއްގެ ކުދިންނާއި ދިމާވެފައެވެ. މިހާރުވެސް ލިއާ އޭނާއަށް ނުބަލަން މަސައްކަތްކުރަމުން ދިއުމުގެ ސަބަބުން ޒޭޑެންއަށް ނަގައިގަނެވުނީ ބޮޑު ކަމެއް ދިމާވެގެން ލިއާ އެކަން ސިއްރު ކުރަން މަސައްކަތް ކުރާކަމެވެ. ކްލާސްޓީޗަރުގެ ހައިސިއްޔަތުން ނޫނަސް ހެޔޮއެދޭ މީހެއްގެ ހައިސިއްޔަތުން ލިއާއަށް ދިމާވެގެން އުޅޭ ކަންތަކުގައި އެހީވުމަށް ޒޭޑެން ބޭނުންވިއެވެ.
“ހޫ ޑިޑް ދިސް…؟” ޒޭޑެންގެ ސުވާލާއެކު ލިއާ ސިހިގެން އައެވެ. ޒޭޑެން ލޯ ހަނިކޮށްލައިގެން ބަލަން ހުރިގޮތުން އޭނާއަށް އޮޅުވާނުލެވޭނޭ އެ ލޮލުން ބުނާކަހަލައެވެ. ލިއާ ހިޔާރުކުރީ ހިމޭންކަމެވެ.
ކުއްލިއަކަށް ކްލާސްރޫމް ދޮރުހުޅުވުނެވެ. ޒޭޑެންއާއި ލިއާގެ ނަޒަރުވެސް ހުއްޓުނީ ކްލާސްރޫމް ދޮރަށެވެ. ކްލާހަށް ވަދެވަދެހުރި ކައިލްއަށްވެސް ޒޭޑެން ފެނުމުން މަޑުޖެހޭގޮތްވިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ނަޒަރު ހުއްޓުނީ ލިއާއަށެވެ. ކައިލްފެނިފައި ލިއާ ސިހިފައި ފަހަތަށް ފިޔަވަޅު އެޅިގޮތުން ކައިލްގެ ހިތަށް ތަދުވިއެވެ. ލިއާ އޭނާދެކެ ޖެހިލުންވެފައި ހުންނާކަށް އޭނާ ނޭދެއެވެ. ނަމަވެސް ރުޅީގައި އޭނާއަށް ހެދުނު ގޯހަކުން ހުރިހާކަމެއް ބޮއްސުންލައިފިއެވެ.
ޒޭޑެންގެ ނަޒަރު ކައިލްއިން ފެށިގެން ލިއާއަށް ހުއްޓުނެވެ. އޭނާއަށް ހުރިހާ ކަމެއް ނަގައިގަނެވުނެވެ.
“ކައިލް…” ޒޭޑެންގެ ބަރު އަޑުން މަޑުމައިތިރިކޮށް ގޮވާލިއެވެ. “ކަމް އިންސައިޑް…!”
ކައިލް މަޑުމަޑުން ކްލާސްރޫމްތެރެއަށް ވަނެވެ. ކައިލް ވަނުމާއެކު އަތުގައި އޮތް ފައިލު ބާއްވާފައި ޒޭޑެންގޮސް ކްލާސްރޫމް ދޮރު ތަޅުލައިފިއެވެ. ލިއާއާއި ކައިލްގެ މޫނުމަތިން ކަންބޮޑުވުން ފެނުނެވެ. ދޮރު ތަޅުލާފައި ޒޭޑެންއަށް ހިނގައިނުގަނެވި އުޅެނިކޮށް ދޮރުގައި ތަޅައިގަތްއަޑު އިވުނެވެ.
“ދޮރު ހުޅުވާ…!” ކައިރާގެ އަޑު އިވުނެވެ. ދޮރުގައި ތަޅަމުންދިޔައިރު ދެންމެ ދެންމެ ދޮރު ވައްޓާލަން އުޅުނުކަހަލައެވެ. “ކައިލް އައި ސްވެއަރ އައެމް ގޮނަ ކިލް ޔޫ…!”
ޒޭޑެންގެ ނަޒަރު ކައިލްއަށް ހުއްޓުނެވެ. ކައިލް ހުރީ ހިމޭންވެފައެވެ. އަނެއްކާވެސް ކައިރާ ދޮރުގައި ތަޅައިގަތްއަޑު އިވުނެވެ. ޒޭޑެންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. “އައި ސްވެއަރ ޓު ގޯޑް…! ދިސް ގާރލް……!” ކުދިކިޔަމުން ޒޭޑެން ގޮސް ދޮރު ހުޅުވިއެވެ. އެވަގުތު ކައިރާ އެތެރެއަށް ދެމިގަތީ ކޮށްޓަކުން މިނިވަންކޮށްލި ސިންގާއެއް ފަދައިންނެވެ. ނަމަވެސް ޒޭޑެން ފެނިފައި ކައިރާ ހުއްޓުން އަރާ ފާޑަކަށް ރަކިވާގޮތްވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި ކައިލް ފެނިފައި އަނެއްކާވެސް މޫނުމައްޗަށް ރުޅިވެރިކަން ވެރިވެގަތެވެ.
“ހީ ޑިޑް އޯލް ދިސް…!” އައިސްފައި ހުރި ރުޅީގައި ކައިރާ ބޭނުންވީ ޒޭޑެން މެދުވެރިކޮށް ވިޔަސް ކައިލްއަށް އަދަބެއް ދޭށެވެ. ޒޭޑެންއަށް ދެފަފާތަށް ބޯހޫރަލަމުން ކައިރާއަށް ގޮވާލެވުނެވެ.
“ނޯ ސީރިއަސްލީ ސަރ…ލުކް ހައު ޓެރިފައިޑް ޝީ އިޒް…!” ލިއާއަށް އިޝާރަތްކޮށް ކައިރާ ބުންޏެވެ.
“އައި ސެޑް ކާލމް ޑައުން…!” ޒޭޑެން ހަރުކަށިކޮށް ބުނެލިއެވެ. ކައިރާ މައިތިރިވިތަން ފެނި އޭނާގެ ނަޒަރު ވަކިވަކިން އެ ތިން ޒުވާނުންނަށް ހުއްޓުނެވެ. ކަމުގެ ސީރިއަސްކަން އޭނާއަށް ނަގައިގަނެވުނެވެ. ކައިލް ދެބުމަ ގޮށްޖަހައިގެން ހުރި ކަމަކު ހުރީ ހިމޭންވެފައެވެ. އަމިއްލަ ނަފްސު ދިފާއުކުރާކަށް ކައިލް މަސައްކަތެއް ނުކުރެއެވެ. އެ މޫނުމަތިން ފެންނަމުންދަނީ މާޔޫސްކަމެވެ. ޒޭޑެން ދެއަތް އުރާލިއެވެ.
“ސަމްވަން އެކްސްޕްލެއިން…! ނައު…!” ޒޭޑެން ހަރުކަށިކަމާއެކު އަމުރުކޮށްލިއެވެ. އޭނާގެ އެ ބަސްތަކާއެކު އިހުނަށްވުރެ ކްލާސްތެރެ ހަމަހިމޭންވެގެން އައެވެ. ތިން ޒުވާނުންކުރެ އެކަކުވެސް ހަރަކާތްކޮށްނުލިއެވެ. ލިއާ އިސްޖަހައިގެން ހުރިއިރު ކައިރާ ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައީ އަނެއް ޒުވާބު ފަށަން ތައްޔާރަށްހުރިކަހަލަ ގޮތަކަށެވެ. ކައިލް ދެޖީބަށް އަތްޖަހައިގެން ހުރިއިރު އެ ކުށްވެރި ނަޒަރު އިރުއިރުކޮޅާ ލިއާއަށް ހުއްޓެމުންދިޔައެވެ. ޒޭޑެން ފަރުވާތެރި ބެލުމަކުން އެ ތިން ޒުވާނުންނަށްވެސް ބެލިއެވެ.
“އޯލްރައިޓް…!” އަތްތިރިކޮށްލަމުން ޒޭޑެން ބުނެލިއެވެ. “ސިންސް ނަން އޮފް ޔޫ އަރ ޓޯކިން، އައިލް ސްޓަރޓް އާސްކިން ކުއެސްޝަން މައިސެލްފް…!”
“ގުޑް…!” ކައިރާ އަތް ޖަހާލިއެވެ. “ސްޓާރޓް ވިތް ދަ ކްރިމިނަލް..!”
“ކައިރާ…!” ޒޭޑެން ހަރުކަށިކަމާއެކު ގޮވާލިއެވެ.
“ޑޯންޓް ކައިރާ މީ ސަރ…އައެމް ޓްރައިން މައި ބެސްޓް ޓު ކޮންޓްރޯލް މައިސެލްފް…!” ކައިރާ ދެއަތް އުރާލަމުން ބުނެލިއެވެ.
“ނޯ…! ޔޫ އަރ ފެއިލިންގް ވެރީ ލައުޑްލީ…!” ޒޭޑެން ބުނެލިއެވެ.
ކައިލް ލިއާއަށް ބަލަމުން ދިޔަ ނަޒަރުތައް ޒޭޑެންއަށް ފާހަގަވިއެވެ. ހަމައެއާއެކު ލިއާ އިސްޖެހިގޮތަށް އިސްއުފުލާވެސްނުލިއެވެ. ނަމަވެސް ޒޭޑެން ކައިރާއާއި ދިމާލަށް ބުނި ފަހު ޖުމްލައާއެކު ލިއާގެ ތުންފަތުން ފަނޑު ހިނިތުންވުމެއް ފާޅުވިތަން ފެނުނެވެ. އަދި އެ ހަރަކާތާއެކު ކައިލްގެ ނިތްކުރިއަށް އަރުވައިގެން ހުރި ރޫތައް ފިލި މަންޒަރުވެސް ފެނުނެވެ. ދެ ޒުވާނުންގެ ހަރަކާތްތަކުން އޭނާ ހީކުރިވަރަށްވުރެ ބޮޑަށް ކަންކަން ނަގައިގަނެވިގެންދިޔައެވެ.
“ޑޯންޓް ހެސިޓޭޓް ޓު ޓޯކް ޖަސްޓް ބިކޯޒް އައެމް ޔުއަރ ޓީޗަރ…ޔޫ ގައިޒް ކެން ޝެއަރ މީ އެނީތިންގް…” ޒޭޑެން ބުނެލީ ތިން ޒުވާނުންނަށް އިޝާރަތްކޮށްފައެވެ.
ޑެސްކް ކައިރިހުރި ޓީޗަރަށް ހާއްސަކުރެވިފައިވާ ގޮނޑިއަށް ޒޭޑެން ދަމާލިއެވެ. ތިން ޒުވާނުންނާ ކުރިމަތިވާހެން ގޮނޑި ގެނެސް ބަހައްޓަމުން އިށީނދެ، ދެއަތްތިލައިގެ އިނގިލިތައް ގުޅުވާލިއިރު ޕްރޮފެޝަނަލް ކުލަވަރު ހުއްޓެވެ. “ލިއާ…ލުކްއެޓް މީ…!” ޒޭޑެން ލިއާއަށް ބަލާލާފައި ބުންޏެވެ.
ލަދުން ހުރެ ނަމަވެސް ލިއާ އިސްއުފުލާލިއެވެ.
“ޑިޑް ކައިލް ހާރޓް ޔޫ…؟” ޒޭޑެން ބޭކާރު ވާހަކަދެއްކުމެއް ނެތި ލިއާއަށް ބަލަމުން ސީދަލަށް އެހިއެވެ. ކައިލްގެ ނަޒަރު ޒޭޑެންއިން ލިއާއަށް ހުއްޓުނެވެ. ލިއާއަށް އަނެއްކާވެސް އިސްޖަހާލެވުނީއެވެ. ޒޭޑެން ބަލަން އިންގޮތް ފެނި ލިއާގެ އަތްފައި ފިނިވެފައިވެއެވެ.
“ނޯ…!” ލިއާ ބުނެލިއެވެ. ކައިލްގެ މޫނުމަތިން ހައިރާންކަން ފެނުނުއިރު ދެބުމަގޮށްޖެހުނެވެ. ލިއާގެ އެޖަވާބަށް އޭނާ އުއްމީދުކޮށްފައިނުވާކަން އެ މޫނުމަތިން ފާޅުވި ކުލަވަރުން ދޭހަވިއެވެ.
“ލިއާ…!” ގަބޫލުކުރަން ދަތިވެފައިހުރެ ކައިރާއަށް ބާރަކަށް ގޮވާލެވުނެވެ.
“ނޯ…!” ކައިރާއަށް ލިއާ ބަލާލަމުން ބުނެލީ އިންޒާރެއް ގޮތަށެވެ. އަނެއްކާވެސް އެ ނަޒަރު ޒޭޑެންއަށް ހުއްޓާލަމުން ލިއާ ވާހަކަދެއްކިއެވެ. “ހީ ޑިޑިންޓް ހާރޓް މީ…!” ލިއާ ބުނެލިއިރު ޒޭޑެންއާއި ހަތަރުކަޅި ހަމަނުކޮށް ވޭތޯ މަސައްކަތްކުރިއެވެ.
ޒޭޑެންގެ މޫނުގައިވަނީ ސީރިއަސްކަމެވެ. “ދެން ވައި އަރ ޔޫ ކްރައިން…؟” ޒޭޑެން ސުވާލުކުރިއެވެ.
އަނެއްކާވެސް ވެރިވީ ހިމޭންކަމެވެ. ލިއާއަށް ދެއަތްދެއަތާ ފިއްތާލައިގެން ހުރެވުނުއިރު ކައިރާ ހުރީ ހިތްހަމަނުޖެހިފައި ބަލާށެވެ. ޒޭޑެން ލިއާގެ ޖަވާބެއްގެ އިންތިޒާރުގައި އިންއިރު ހިމޭންކަން ދިގުލައިގެން ދިޔައެވެ. އެ ހަމަހިމޭންކަމުގެ ތެރެއިން އޭސީއިން އަންނަމުންދިޔަ ވައިގެ އަޑު އިވެއެވެ.
“ބިކޯޒް އޮފް މީ…!” އެންމެފަހުން ކައިލްގެ އަޑު އިވުނެވެ. އެންމެންނަށް އެއްފަހަރާ ކައިލްއަށް ބަލާލެވުނެވެ. ޒޭޑެން އެއްބުމަ އަރުވާލިއިރު ލިއާއަށް އިސްއުފުލާ ކައިލްގެ މޫނަށް ބަލާލެވިއްޖެއެވެ. ހަމަ އެހާމެ އަވަހަށް އިސް ޖަހާލެވުނީ ދާދި ދެންމެއަކު ހިނގައިދިޔަ ކަންތައްތައް ހަނދާންވުމުންނެވެ. އެ ދެމެދުގައި ވީ ކަންތަކަށްފަހު ކައިލްގެ މޫނަށް ބެލުމަކީ ފަސޭހަކަމަކަށް ނުވިއެވެ.
ކައިލްގެ އަޑު މަޑުނަމަވެސް ސާބިތުކަންވެއެވެ. ޒޭޑެންއަށް ފާހަގަކުރެވުނީ އެ އަޑުގައިވި ރިހުމެވެ. ކައިރާއަށްވެސް އެކަން އިހުސާސްވެ ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކައިލްއާއި މެދު ހަމްދަރުދީ ވިޔަސް ކައިލް އެ ކުރީކީ އެއްގޮތަކަށްވެސް ކައިރާއަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
“އައި ކޯރނޯރޑް ހާރ އިން ދަ ސްޓޯރ ރޫމް އެޓް ލައިބްރަރީ…” ކައިލް ވާހަކަ ދެއްކުމާއެކު ލިއާއަށް ލަދުން އިސްޖަހާލެވިއްޖެއެވެ. ކައިރާ ހުރީ ހައިރާންވެ އަނގަ ހުޅުވިފައެވެ. ޒޭޑެން ގާތު ކައިލްއަށް އެއްބަސްވާން ކެރިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އެވަގުތު ލިއާ އާއި ކައިރާއަށްވެސް ޔަގީންވީ ކައިލް ކުރި ކަންތަކަށް އަދަބު ލިބިގަންނަން ތައްޔާރަށް ހުރިކަމެވެ. ޒޭޑެން ކައިލްއަށް ބަލަން އިންގޮތުން ކުރިޔަށް ގެންދާށޭ ބުނާކަހަލައެވެ. ކައިލްއަށް އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
“އައި ވޯޒް އެންގްރީ…އެކްޗުއަލީ، ބިލީވް އޯރ ނޮޓް، އައި ވޯޒް އައުޓް އޮފް މައި މައިންޑް…!” ކައިލް އިސްޖަހައިގެން ހުރެ ވާހަކަދެއްކިއެވެ.
“ދެޓް ޑަޒަންޓް އެކްސްޕްލެއިން ޔުއަރ ބިހޭވިއަރ…!”
“އައި ނޯ…!” ކައިލް ބުނެލި ޖުމްލައިން އަނެއްކާވެސް ކައިރާ ހައިރާންވެ އަންތަރީސްވިއެވެ. އޭނާއަށް ހުރެވުނީ ހިމޭންވެފައެވެ. ކައިލްގެ ކިބައިން ބަލިކަށިކަން އޭނާއަށް މިފެނުނީ އަލަށެވެ.
ކައިލްއަށް މަޑުމަޑުން ކަނދުރާ މަތީ އަތްހާކާލެވުނެވެ. “އައި ފައުންޑް އައުޓް ޝީ ގޮޓް ބެކް ވިތް ހާރ އެކްސް އެންޑް އައި ލޮސްޓް މައި ހެޑް ފޯރ އެ މޫމެންޓް…!” ކައިލް އެހާ ޒާތީ ވާހަކައެއް ޒޭޑެން ކުރިމަތީ ހާމަކޮށްލީ އޭނާގެ އަމަލުތައް އެ ދަރަޖައަށް ދާން ޖެހުނު ސަބަބު ތަފްސީލުކޮށްދޭން ބޭނުންވާތީއެވެ. ލިއާއަށް ތުންފަތުގައި ދަތް އަޅާ ބާރުކޮށްލެވުނީ އެހާ ޒާތީ ވާހައެއް ކައިލް ޓީޗަރެއްގެ ކުރިމަތީ ހާމަކުރުމުންނެވެ. ނަމަވެސް ލިއާގެ ހިތް ބުނަނީ ޒޭޑެންއަށް އެފަދަ ކަމެއްގައި އިތުބާރު ކުރެވިދާނެކަމެވެ. ކައިލްވެސް ޒޭޑެންއާއި އެވާހަކަތައް ހިއްސާކުރުމުގެ ސަބަބަކީވެސް އެއީކަމުގައި ވެދާނެއެވެ. ކައިލްއަކީ އެފަދަ ވާހަކައެއްވެސް އަދި އަމިއްލަ ވާހަކައެއްވެސް އާއްމުގޮތެއްގައި މީހުންނާ ހިއްސާކުރާ ޒާތުގެ ޒުވާނެއް ނޫނެވެ.
ލޯ ހަނިކޮށްލައިގެން އިނދެ ޒޭޑެން އެ ދެ ޒުވާނުންގެ މޫނަށް ބެލިއެވެ. “އެންޑް ވަޓް އެކްޗުއަލީ ހެޕެންޑް އިން ދަ ސްޓޯރ ރޫމް…؟” ޒޭޑެން އެހިއެވެ.
ކައިލްއަށް ދަތްތައް ފިއްތާ ބާރުކޮށްލެވުމާއެކު އެ ހަރަކާތާއި ގުޅިގެން ކޯ ކަށިގަނޑު ހަރަކާތްކޮށްލިއިރު އެ މޫނުގެ ފިރިހެންވަންތަކަން އިތުރުވެގެން އައެވެ. ލިއާ ހާސްވެ ކަންބޮޑުވި ވަރުން އަނބުރައިގަނެފާނޭ ހީވިއެވެ. އޭނާ ހިތާ ހިތާ ދުއާކުރީ ކައިލް އެ ސުވާލަށް ޖަވާބު ނުދޭތޯއެވެ. އެ ޒުވާނުންގެ މޫނަށް އަރާ ފައިބަމުންދިޔަ ހުރިހާ ކުލަވަރެއްވެސް ޒޭޑެންގެ ތޫނު ލޮލުން ކާއްސާލައިގެން ނުދިޔައެވެ. އިރުކޮޅެއް ފާއިތުވިފަހުން ކައިލް ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަގުތު އިވުނީ ލިއާގެ އަޑެވެ.
“ނަތިން ހެޕެންޑް…!” ލިއާ ބުނެލިއެވެ. ކައިރާ ލިއާއަށް ބަލާލީ ލިއާގެ ބުއްދި ގޯސްވެއްޖޭ ހިތަށް އެރުމުންނެވެ.
“ލިއާ……” ކައިރާ ވާހަކަ ދައްކަން އުޅުނެވެ.
“އައި ސެޑް، ނަތިން ހެޕެންޑް…!” މިފަހަރު ލިއާގެ އަޑު އިވުނީ ރުޅިވެރި ރާގަކަށެވެ. އެ އަމަލުން އެކަނިވެސް ޒޭޑެންއަށް ޔަގީންވީ އެ ދެ ޒުވާނުން ހާމަކުރަން ބޭނުންވާވަރަށް ވުރެ އެ ހާލަތުގެ ނާޒުކުކަމެވެ. ތުނިކޮށް ހުރި ތުނބުޅީގައި އަތް ހާކާލުމާއެކު ޒޭޑެން މަޑުމަޑުން ތެދުވިއެވެ.
“ކައިލް…” ޒޭޑެން ގޮވާލީ މަޑުމައިތިރިކޮށެވެ. “ވަޓްއެވަރ ފީލިންގްސް ޔޫ ހޭވް ޑަޒް ނޮޓް ގިވް ޔޫ ދަ ރައިޓް ޓު ކޯރނޯރ ސަމްވަން ވެން ދޭ އަރ ސްކެއަރޑް…! ޑޫ ޔޫ އަންޑަރސްޓޭންޑް މީ…؟” ޒޭޑެންގެ އަޑުގައި ވަނީ ދެކޮޅު ނުހެދޭނެފަދަ ރާގެކެވެ.
“އައި ނޯ…!” ކައިލް ބޯ ޖަހާލިއިރު އެ އަޑުގައި ވަނީ ސީރިއަސްކަމެވެ. އެ ފިރިހެންވަންތަ މޫނުމަތީގައިވަނީ ބަޔާންކުރަން ދަތި އަސަރެކެވެ.
“ލުކް އެޓް މީ އެންޑް އާންސަރ ޕްރޮޕަރލީ…!” ޒޭޑެން އެންގިއެވެ.
ކައިލް މަޑުމަޑުން އިސްއުފުލާލިއެވެ. އެ ނޫކުލައިގެ ތޫނު ލޮލުގައި އެތައް ހާސް އަސަރެއް އެކުލެވިގެން ވެއެވެ. “އައި އަންޑަރސްޓޭންޑް…!” ކައިލް ބުނެލިއެވެ. އެ މޫނުނަތީގައި މީގެ އިރުކޮޅެއް ކުރިން ވީ ރުޅިވެރިކަމެއް ނުވެއެވެ. ލިއާއަށް ނަޒަރު ހުއްޓާލިއިރު އެ މޫނުމަތީގައިވަނީ ކުށްވެރިކަމެވެ.
ފުން ނޭވާއެއް ދޫކޮށްލުމާއެކު ޒޭޑެންގެ ނަޒަރު ލިއާއަށް ހުއްޓުނެވެ. “އެންޑް ޔޫ…،” ޒޭޑެން ވާހަކަ ދައްކަން ފެށުމާއެކު ލިއާއަށް ސިހިފައި ބަލާލެވުނެވެ. “ޔޫ ޑޯންޓް ހޭވް ޓު ޕްރޮޓެކްޓް ޕީޕަލް ވެން ދޭ މޭކް ޔޫ އަންކޮމްފޯރޓެބްލް…!” ޒޭޑެން ވާހަކަ ދެއްކުމާއެކު ލިއާއަށް ލަދުން އިސްޖަހާލެވުނީއެވެ.
“ކައިލް ޔޫ އިޑިއަޓް…!” ކައިރާ ހުރެފައި ކައިލްގެ ބުރަކަށީގައި ޖެހިއެވެ. ޒޭޑެންއަށް ކައިރާގެ ނަމުން ބާރަކަށް ގޮވާލެވުނެވެ. އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނީ ވަރުބަލިވެފައި ހުރިކަހަލަ ގޮތަކަށެވެ. “ޔޫ ފޯރ އާރ ގޮއިން ޓު ޑިސްޓްރޯއި މައި ލައިފްސްޕެން…!” ފައިލްތައް ނަގަމުން ޒޭޑެން ބުނެލިއެވެ.
“ދެއަރ އިޒް އޮންލީ ތްރީ އޮފް އަސް…!” ކައިރާ ރަނގަޅުކޮށްލަދިނެވެ.
“އެގްޒެކްޓްލީ މައި ޕޮއިންޓް…!” ކައިރާއަށް ބަލަން ހުރެ ފައިލުތައް ނަގާފައި ޒޭޑެން ހިނގައިގަތެވެ. ކައިރާއަށް ޒޭޑެން ބުނި އެއްޗެއް ނަގައިގަނެވުނީ މާ ފަހުންނެވެ.
ޒޭޑެން ނިކުމެގެން ދިޔަފަހުން ކައިރާއަށް ޖެހެވުނީ ލިއާގެ ގާތަށެވެ. ކައިލް އެ ދެމީހުންނަށް ބެލުމެއް ނެތި ގޮސް އޭނާގެ ޑެސްކް ކައިރި އިށީނދެ ޑެސްކްގައި އުޅޮނބޮށި ވިއްދާލުމާއެކު ދެއަތުން ބޮލުގައި ހިފާއްޓާލައިގެން އިނެވެ. ބަޔާންކުރަން ނޭނގޭ ފުން ހިމޭންކަމެއްގައި ކައިލްގެ ނަފްސު ވާފަދައެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުނުވެއެވެ.
ލިއާއަށް ސިއްރުން ކައިލްއަށް ބަލާލެވުނުއިރު ހިތުގެ ތެޅުން އަވަސްވެއްޖެއެވެ. ސްޓޯރ ރޫމްގައި ދެންމެ ހިނގައިދިޔަ ކަންތައް ސިފަވުމާއެކު ލިއާއަށް ދެއަތްތިލަ ފިއްތާލެވުނެވެ. “ޔޫ ލައިކް އިޓް…ޑޯންޓް ޔޫ…؟” ކައިލްގެ އެ ބަސް ސިކުނޑީގައި ގުގުމާލިއެވެ. ލިއާ އެއްބަސްވާން ބޭނުންނުވިޔަސް އެ ވަގުތުކޮޅުތެރޭގައި އިރުކޮޅަކަށްވިޔަސް އޭނާގެ ބާރުގެ ދަށުން އެ ނަފްސު ދޫވެގެން ދިޔައެވެ. ކައިލްގެ ހަރަކާތްތަކުގައިވީ މޮޔަކޮށްލާފަދަ އަސަރެކެވެ. ނަމަވެސް ފަހު ވަގުތު އޭނާ ބިރުގަތީއެވެ. ކައިލްގެ އަމަލުތައް ހައްދުފަހަނައަޅާނޭ ހީވިއިއެވެ. އެ ބިރުވެރިކަމުގައި ވަނިކޮށް ކައިލް ދެއްކި ވާހަކަތަކުން އެ ބިރު އިތުރުވެގެން އައީއެވެ. ލިއާގެ އިހުސާސްތަކަށް ކައިލް އިހުތިރާމް ނުކުރޭ ހިތަށް އެރިއެވެ. ނަމަވެސް ފަހުން ވިސްނާލެވުނު އިރު ކައިލްގެ އަމަލުތައް އެ ހިސާބަށް ދިއުމުގައި އޭނާގެ ކުށްވެސް އޮތްކަމަށް ގަބޫލުކުރެވުނެވެ. ކައިލްގެ ރުޅިއަކީ ހައްގު އެއްޗެކެވެ. ނަމަވެސް ލިއާއަށް ބަލައިގަންނަން ދަތިވީ ކައިލްގެ އަމަލުތައް ހުރިގޮތެވެ. ކައިލް އޭނާ ބިރުން ފިތްކަނޑުވާލައިފިއެވެ.
ދާދި ދެންމެއަކު ހިނގައިދިޔަ ކަންތަކަށް ފަހުވެސް، ކައިލް އިން ގޮތުން ލިއާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އޭނާގެ މޫނުމަތިން އެ އިހުސާސްތައް ފާޅުވިޔަކަނުދިނެވެ. ޒޭޑެންގެ ކުރިމަތީ އަމިއްލަ ކުށަށް އިއުތިރާފްވާން ކައިލް ތައްޔާރަށް ހުރިގޮތުން ލިއާގެ ހިތުގައިވި ޝަކުވާތައް ކޮންމެސްވަރަކަށް ފިލިއެވެ. ހިނގައިދިޔަ ހުރިހާކަމަކަށްފަހުވެސް ކައިލްއަށް ދެރަގޮތެއްވާން ހިތް ނޭދުނީ ކީއްވެކަމެއް ނޭނގެއެވެ. ޒޭޑެން ގާތުގައި ހަގީގަތް ސިއްރުކުރެވުނީ އެހެންވެއެވެ. ކައިރާ ލިއާގެ އަތަށް ދަމާލުމާއެކު ލިއާ ގޮސް އިށީނެވެ.
އިރުއިރުކޮޅާ ކްލާސްރޫމްގެ ދޮރަށް ބަލަމުން ކައިރާ ލިއާގެ ހޭވިފައިވި އިސްތަށިގަނޑު ރީތޮކޮށްލަދިނެވެ. އޭރު ކައިލް އިނީ ފޯނާއި ކުޅޭށެވެ. އެ މޫނުމަތީގައިވަނީ ޖެހިލުންވާފަދަ ސީރިއަސް ކުލަވަރެކެވެ. އެންމެ ދުވަހަކުން ކައިލްގެ މުޅި މިޒާޖު ބަދަލުވެއްޖެއެވެ. ކައިރާއަށްވެސް ކައިލްއަށް ބަލާލެވުމާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ކައިލްއާއި މެދު ހިތުގައި ހަމްދަރުދީ ވިޔަސް ކައިލް ލިއާއާއޮ މެދު ކަންތައްކުރިގޮތުން އެހާ ފަސޭހައިން މާފުދޭކަށް ކައިރާ ބޭނުމެއް ނުވެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




Wow Mr Zayden how can i get a sir like him 🤭🤭 kairaa rulhi madu ingeyy 😬 btw mi part vx v reethi waiting for the next part 🫶
Right? 😭💗 kaira has every right to be mad 😭
Working on next part 💗
whn nxt
Soon maybe
Next part kon irakun tho kiyaalan libeyni
I’m working on it ☺️
Masha Allah vhk vrh reethi 🤩💯
Vrh Gina faharu belijje vhk up vefa in thrr😅..
Enme kiyaa hithun kiyaa eh stry miyakeeeee….
Vrh furihama sifa kurun thakaa huriha kameh ves jumla koh…
Vrh kiyaa hithun indhaa nimeniiiiiii
One of my fav author ✨💫
Keep it up
When’s next??
Curiously waiting for the next part…
Avahah up kohdhehcheyy
Thank you so much for this beautiful comment! It genuinely means a lot to me knowing you check for updates and enjoy every episode this much 🥹 You’re such a sweet reader, and I’m so grateful to have you here. Thank you for supporting my story and calling me one of your favorite authors 🥺💗
Kail and kaira siblings tha
Cousins
grl ur story is very nice👍
every part ends when its geting intresting 🤔
so i wait for u to upload the next part
this one of best storys i have read🤍
ur talented authour keep it up😊❤️
whn nxt ?
waiting for next tofind out what hapen nxt🙂
Aww thank you so much 💗 Your comment genuinely made me so happy…I’m really glad you’re enjoying the story and that you find every episode interesting 💗 Thank you for waiting patiently for the next part and for supporting me…I’ll keep working hard to make the story even better 🫶🏻💗
mi part ves varh reethi👍❤️
varah kiyaahithun intha kome part ehves nimenee😊
ur a talented authour keep it up🙂
whn nxt?
curious to find what happen next🤔
Thank you so much 💗 It means a lot to me 🥹💗
I’m working on next part 💗
Mi part VX varah furihama, Masha’Allah.
Keep up 👏.
When next??
Thank you so much 💗