Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-41

Zidu Level 110 Stories
July 27, 2026 4 Mins Read
0 Comments

*އެރޭ އެދެމީހުންގެ ދެމެދު މާގިނަ ވާހަކަ ތަކެއް ނުދެކެވެއެވެ. އެދެމީހުންގެ މެދުގައި ފާޑެއްގެ ހިމޭން ކަމެއް އުފެދިފައި ވިއެވެ.*

“ރުޅި އައިސްފަތަ؟” ގެއަށް ވަނުމުގެ ކުރިން މިންހާ އަހައިލި އެވެ.

“ނޫން. ކޮންކަމަކާ؟”

“އަހަރެން ދާތީ.” މިންހާ މަޑުމަޑުން ބުންޏެވެ.

“ކީއްވެ ރުޅި އަންނަންވީ. މިން އަށް މީއެންމެ ރަނގަޅު ގޮތްހެން ހީވަންޔާ އެގޮތަށް ކަންތަށް ކުރޭ. އަހަރެންނަށް އަންޑަސްޓޭންޑް ވޭ.”

“އޯކޭ. ގުޑް ނައިޓް.”

“ގުޑް ނައިޓް.” ނާއިލް ދިޔައެވެ. ނާއިލް ދިޔަ ދިމާލަށް ބަލަން ހުރެފައި މިންހާ ވެސް އިރުކޮޅަކުން އެތެރެއަށް ވަނެވެ.

ޖެހިގެން އައި ދުވަހު މެންދުރުގެ ވަގުތު މިންހާ މާލެދާން ފުރި އެވެ. އޭނާ ފުރުވަން ގޭގެ އެންމެން އައެވެ.

“މިން ވެސް ދަނީ. ގެއަކު އެކަކުވެސް ނުޅޭނެ ދެން.” މިންހާ ގައިގައި ކުޑަކޮށް ބައްދައިލަމުން މައިހާ ބުންޏެވެ.

“ދޮންތި ދިޔައީމަ ހަނާ ވަރަށް ފޫހިވާނެ. ދޮންތި ނުދޭބަ ޕްލީޒް.” ހަނާ އައިސް މިންހާގެ އަތުގައި އެލިގަންނަމުން ބުންޏެވެ.

“އެހެންނޭ. ދެން ހޮސްޕިޓަލުގަ ބްރޭކް ގަޑީ އަހަރެން ގޮސިޕް ކުރާނީ ކާކާ އެއްކޮށް.” މާޔާ ވެސް ބުންޏެވެ.

“ތިމީހުން އުޅޭ ގޮތުން ހީވަނީ އަހަރެން އުމުރު ދުވަހަށް ދަނީހެން. މަންތް އަކަށޭ މިދަނީ. ދުވަސް ކޮޅަކުން އަންނާނަމެއްނު.” މިންހާ ހިނިތުން ވެލައިގެން ހުރެ ބުންޏެވެ.

“ދަރިފުޅާ ބަލައިގެން އުޅޭތި. މަންމަ އަށް ގުޅާތި.” ރިޝްފާ އައިސް މިންހާ ގައިގައި ބައްދައިލަމުން ބުންޏެވެ.

“ބައްޕަ އެހާ ހިތްހަމަ އެއް ނުޖެހެ ދަރިފުޅު އެކަނި ދާކަށް.” ހަސަން ބުންޏެވެ.

“ބައްޕަ ހާސްނުވެބަލަ. އަޅުގަނޑު މެލޭޝިޔާގަ ވެސް އުޅުނީ އެކަންޏޭ. މިދަނީ އަދި މާލެއަށް.” މިންހާ ހިނިތުން ވެހުރެ ބުންޏެވެ.

“މިންހާ ލޯންޗު ނައްޓައިލާ ގަޑި ޖެހިއްޖެ. އަވަހަށް އަރާ.” ނަދީމް ގޮވައިލި އެވެ. މިންހާ އަވަހަށް އަރަން ދިޔައެވެ. “ބަލައިގެން އުޅެއްޗޭ.”

ލޯންޗަކަށް އެރުމުގެ ކުރިން މިންހާ ފަސްއެނބުރި އޭނާގެ އާއިލާގެ މީހުންނާއި ދިމާލަށް ބަލައިލި އެވެ. އެވަގުތު ދުރުގައި ބަލަހައްޓައިގެން ހުރި ނާއިލް ފެނުނެވެ. މިންހާ އަށް އޭނާ ފެނުމާއި އެކު ނާއިލް ވަގުތުން ދުރު ބަލައިލި އެވެ. އޭނާ އަވަސް އަވަހަށް އަވިއައިނު އަޅައި ސައިކަލު ދުއްވައިލި އެވެ. އެނބުރި މިންހާ އާއި ދިމާލަށް ބަލައި ވެސް ނުލައެވެ. މިންހާގެ ހިތަށް ތަދުވި އެވެ.

“ކޫބޭ. ކޫބޭ. ބަލާބަ އައިނީ އަށް ލިބުނު އެއްޗެއް.” ކުޅޭ އެއްޗެއް ހިފައިގެން ދުވަމުން އައިނީ އައެވެ. އޭރު ނާއިލް އޮތީ ސޯފާގައި ފޯނާ ކުޅޭށެވެ.

“ކޫބޭ. ބަލާލަ މީތި ރީތިކަން.” ނާއިލް ކައިރި އަށް ހުއްޓިލަމިން އައިނީ ބުންޏެވެ.

“ހިމް. ވަރަށް ރީތި.” އޮތް ގޮތަށް އޮވެ ނާއިލް ބުންޏެވެ.

“ކޫބެ ނުވެސް ބަލަ. ދެން ބަލާފަ ބުނެބަލަ.” އައިނީ އަނެއްކާ ވެސް ބުންޏެވެ.

“މިގަޑީ އަކު ނޫން. އައިނީ އިހައް ދޭބަލަ.” ނާއިލް އެހެން ބުނީ އައިނީ ދެރަކޮއްލާކަށެއް ނޫނެވެ.

ނާއިލްގެ ދުރުކަން އިހުސާސް ކުރެވި އައިނީ ދެރަވި އެވެ. އިތުރު އެއްޗެކޭ ނުބުނެ އައިނީ ދުވެފައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. އައިޒާ ހުރީ މިމަންޒަރު ބަލާށެވެ.

“އައިނީ އާއި ދިމާލަށް ހަޅޭލެވީ. އައިނީގެ ކޮން ކުށެއް އޮތީ.” އައިޒާ އައިސް ނާއިލް ކައިރި އަށް ހުއްޓިލިއެވެ.

“ސޮރީ. ފަހުން ގޮވައިގެން ބޭރަށް ގޮސްލީމަ އޯކޭ ވާނެ.” ނާއިލް ތެދުވެ އިށީންދެލިއެވެ.

“މިންހާ ދިޔައީމަތަ ތިހާ ރުޅިއެއް ތިއަންނަނީ. ދޮންބެދައްތަ އަށް ހީވަނީ މިންހާ ކަންތަށް ކުރީ އެންމެ ރަނގަޅަށްހެން. އެހާ ބައިވަރު ކަންތަށް ވީމަ މިންހާ ވެސް ބްރޭކް އެއް ބޭނުންވާނެ. ނާއިލް އަށް ވެސް އެވަރު އަންޑަސްޓޭންޑް ވާންވާނެ.” އައިޒާ ނާއިލް ކައިރީ އިށީންދެލިއެވެ.

“ރުޅި އަންނަނީކީ ނޫނޭ. އަހަރެންނަށް އަންޑަސްޓޭންޑް ވޭ. އެކަމަކު…” ނާއިލް ދެއަތް ތިލައިން މޫނު ފޮރުވައިލި އެވެ.

“އެކަމަކު ކިހިނެއްވީ؟ ދޮންބެދައްތަ އަށް ޝެއަރ ކޮަށްބަލަ.”

“ނޭނގެ. ބިރުގަންނަނީ.” ދެއަތް ތިރިކޮއްލަމުން ނާއިލް ބުންޏެވެ.

“ކޮންކަމަކާ؟”

“މިން އަށް ކަމެއް ވެދާނެތީ. ކިރިޔާއޭ ސަލާމަތް ވެފަ އެހުރީ. އޭރު ވެސް އަހަރެންނަކަށް މިން ސަލާމަތް ކުރާކަށް ނުވެއް ދެވުނު. އެގޮތަށް ދުރުގަ ހުއްޓަ ކަމެއް ވެއްޖެއްޔާ…” ނާއިލް އަށް ވާހަކަ ދެއްކުނީ ވަރަށް އަވަސް އަވަހަށެވެ.

“އޯކޭ. ނާއިލް ހާސްވާ ވަރު އަންޑަސްޓޭންޑްއަބަލް. އެކަމަކު ނާއިލް ތިހަދާގޮތުން މިން އަށް ހަރޓް ވާނެކަން އެނގޭތަ؟”

ނާއިލް އައިޒާ އާއި ދިމާލަށް ސުވާލުގެ ނަޒަރަކުން ބަލައިލި އެވެ.

“މިން ދިޔަ ފަހުން ވީކް އެއް ވަނީ. ނާއިލް ގުޅާލިންތަ؟ މެސެޖެއް ކޮއްލިންތަ؟ މިން އަށް ހީވަނީ ނާއިލް ރުޅިއައިސްފައި ހުރިހެން.” އައިޒާ ބުންޏެވެ.

“މިން އަމިއްލަ އަށް ވެސް ނުގުޅާ.” ނާއިލް މަޑުމަޑުން ބުންޏެވެ.

“މިން ދާ ވާހަކަ ބުނީމަ ނާއިލް ހުރީ ފާޑަކަށް. ރަނގަޅަށް ވާހަކަ ދެއްކީއެއް ނޫން. މިން އަށް ހީވަނީ ނާއިލް ރުޅި އައިސްފައި ހުރިހެން. ތިދެމީހުންނައް ތިތިބީ މިހާ ހިސާބަށް ވެސް އާދެވިފަ. މީގެ އަށް އަހަރު ކުރިން ވީކަންތައް އަލުން ރިޕީޓް ނުކުރޭ.” އައިޒާ ތެދުވެގެން ދިޔައެވެ.

ނާއިލް ވިސްނައިލާން ހުރެފައި ފޯނު ނަގައި މިންހާގެ ނަންބަރަށް ޑައިލް ކޮއްލި އެވެ.

މިންހާ ރަސްފަންނު ބީޗް ކައިރިން ހިނގައި ފައި ދަނިކޮއް އަތް ދަބަހުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ފޯނުނަގައި އުޅެނިކޮށް ކުރިމަތިން އައި އަންހެނެއްގެ ގައިގައި ޖެހިފައި އެމީހާ އަތުގައި އޮތް ފައިލު ވެއްޓުނެވެ.

“ސޮރީ.” މިންހާ އަވަހަށް ފައިލު ނަގައި އެ އަންހެން މީހާ އަށް ދިއްކޮއްލި އެވެ. އެވަގުތު ދެމީހުން ވެސް ހުއްޓުން އެރިއެވެ.

“މިންނަ. ތަނަކަށް ތަދުވިތަ؟” ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުރި ފިރިހެނެއް އައިސް މިންނަގެ ކޮނޑުގައި ހިފައިލަމުން އެހިއެވެ.

“ނޫން.” މިންނާ އާއި ދިމާލައް ބަލަހައްޓައިގެން ހުރެ މިންނަ ބުންޏެވެ.

“އޯހ. ތެންކިއު.” އެފިރިހެން މީހާ މިންހާ އަތުގައި އޮތް ފައިލު ނެގިއެވެ.

“މިންނަ…؟” ހައިރާންވެ ހުރެ މިންހާ އަށް ކިޔައިލެވުނެވެ.

“ދަންނަންތަ؟” ފިރިހެން މީހާ އަހައިލި އެވެ.

“ދޮންތި. މީ މިންނަގެ ދޮންތި.” މިންނަ ފިރިހެން މީހާ ކައިރީ ބުންޏެވެ.

“އެހެންތަ؟ ފައިނަލީ މިންނަހެ ފެމެލީ ކުއްޖަކާ ދިމާވި ދޯ. އަހަރެން މީ ވިއާމް.” އެމީހާ ތައާރަފް ވެލިއެވެ.

“ދޮންތީ. މިގަޑީ ހުރެވޭކައް ނެތް. އެޕޮއިންޓްމަންޓް އެއް އެބައިން. ދެން އެހެން ފަހަރަކުން މީޓް ވެލާނީ.” މިންނަ ބުންޏެވެ. އަދި އޭނާ އައް ގުޅޭނެ ފޯނު ނަންބަރު ދިނެވެ.

މިންނަ އާއި ވިޔާން ދިޔައިރު ވެސް މިންހާ ހުރީ ހުއްޓުން އަރައިފަ އެވެ. އެހެން ހުއްޓައި އަނެއްކާވެސް މިންހާގެ ފޯނު ރިންގު ވާން ފެށިއެވެ. ސްކްރީން އަށް އަރައިފައިވާ ނާއިލްގެ ނަން ފެނުމުން މިންހާ އުފާ ވާންވީ ވަރަކަށް އުފަލެއް ނުވިއެވެ. ފޯނު ކަންފަތުގައި ޖައްސައިލަމުން މިންހާ ގޮސް ބެންޗެއްގައި އިށީނދެލިއެވެ.

“މިން. ކިހިނެއް؟” މިންހާ ފޯނަށް ޖަވާބު ދިނުމުން ނާއިލް އެހައިލި އެވެ.

“ރަނގަޅު.” މިންހާގެ ޖަވާބު ކުރެވެ. އެއަޑުގަިއ ވެސް ވީ މަޑުމޮޅިކަމެވެ.

“މިހާ ދުވަސް ވީއިރު ވެސް އަހަރެން މަތިން ހަނދާން ނުވަނީތަ؟”

“ވަރަށް ބޮޑަށް މިސް ވޭ.” މިންހާ މަޑުމަޑުން ބުންޏެވެ.

“ދެން ކީއްވެ ނުގުޅީ؟ މެސެޖެއް ވެސް ނުކޮއްލީ؟”

“އަހަރެންތަ އަދިވެސް ނާއިލް އަށް ގުޅަންވީ. ނާއިލް އަހަރެން މަތިން ހަނދާނެއް ވެސް ނުވެއްނު. ނާއިލް އެއްނު އަހަރެން ދެކެ ރުޅި އައިސްފަ ހުރީ.” މިންހާ ހިތުގައި ވާހާ އެއްޗެއް ބޭރުކޮށްލި އެވެ.

“ސޮރީ. މިން އައް ތިހީވީ ނުބައި ކޮށް. މިން ދާ ވާހަކަ ބުނީމަ އަހަރެން ބިރުގަތީ މިން އަށް ކަމެއް ވެދާނެތީ.”

“ނާއީ ކީއްވެތަ ކަމެއް ވީމަ ވާހަކަ ދެއްކުމުގެ ބަދަލުގަ ޑިސްޓެންސް ވާން ޗޫޒްކުރަނީ؟” އެތަށް ދުވަހަކަށް ވަންދެން މިންހާގެ ހިތުގައި ވީ ސުވާލު ނާއިލް އާއި ކުރިމަތި ކުރުވި އެވެ.

“މިން…އައިމް ސޮރީ…މިން އަށް ހަރޓް ކުރާކަން ނޫން އުޅުނިއެއް.”

“އަހަރެން ކުރި ސުވާލަށް ޖަވާބުދީފާނަންތަ؟” މިންހާގެ އަޑުގައި އެއްވެސް ޖަޒުބާތެއް ނެތެވެ.

“ގަސްތުގައެއް ނޫން. ގެސް އައިމް ނޮޓް ގުޑް އެޓް ޓޯކިންގް އެބައުޓް މައި އިމޯޝަންސް.” އެތަށް އިރެން ފަހުން ނާއިލް ޖަވާބުދިނެވެ.

“ނާއީ އަށް އެނގޭތަ ނާއީ ތިހެން ކަންތަށް ކުރާ ކޮންމެ ފަހަރަކު ނާއީ އަންއިންޓެންޝަނާލީ އަހަރެންނަށް ހަރޓް ކުރެވޭކަން؟”

“އެނގޭ…”

“ދެން ވައި…؟” މިންހާގެ ލޮލަށް ކަރުނަ ޖަމާވިއެވެ.

“އައިމް ސޮރީ…” ނާއިލްގެ އަޑު ބެދުނެވެ.

“އަހަރެން މާލެ މިއައި ހަމައެކަނި އެހާ ގިނަ ކަންތަށް އެކަމުން ބްރޭކް އެއް ބޭނުންވާތީ އެއް ނޫން…އަހަރެން އާއި އެންމެ ބޮޑު ސަބަބަކީ ނާއީގެ ފަރާތުން ބްރޭކް އެއް ބޭނުންވާތީ.” މިންހާ އޭނާގެ ލޮލުން ފެއިބި ކަރުނަތަށް އަތުގެ ނުފުށުން ފުހެލިއެވެ.

“އެއީ…އަހަރެން ކީއްކުރީ؟” ނާއިލް ހައިރާން ވެފައި އަހައިލި އެވެ.

“ނާއީ ތިހެން ހަދާތީ. ކަމެއް ވާއިރަށް އެކަމަކާ ވާހަކަ ދެއްކުމުގެ ބަދަލުގަ ޔޫ އޯލްވޭސް ޕުޝް މީ އަވޭ…އިޓް ހަރޓްސް…ހައު އަރ ވީ ސްޕޯޓްސް ޓު ލިވް ޓުގެދަރ ލައިކް ދެސް…އެހެންވެ އަހަރެން ވެޑިންގް ވެސް ލަސް ކުރަން ބޭނުންވީ.”

“އައިމް ސޮރީ…އަހަރެން އެހުރިހާ ކަމެއް ރަނގަޅު ކުރާނަން.” ނާއިލް ޔަގީންކަން ދިނެވެ.

“ސޮރީ ނާއީ…ބަޓް…އަހަރެން އަދި މެރީ ކުރާކަށް ރެޑީ އެއް ނޫން.” ނާއިލް އަށް އިތުރު އެއްޗެކޭ ބުނެވުމުގެ ކުރިއަށް މިންހާ ފޯނު ކަޑައިލިއެވެ. އޭރު އޭނާއަށް ރަނގަޅަށް ވެސް ރޮވިއްޖެއެވެ.

އައިނީ ނިންދަވާފައި އައިޒާ ބޭރަށް ނުކުމެލީ ނައުޝާން އޭރު ގެއަށް ނާންނާތި އެވެ. ޖޯލީގައި އޮތް ނާއިލް ފެނިފައި އައިޒާ ގޮސް ނާއިލް ކައިރީގައި އިށީންދެލިއެވެ.

“މިން އަށް ވާހަކަ ދައްކައިފިންތަ؟” އައިޒާ އަހައިލި އެވެ. ނާއިލް ސިހިފައި ލޯ ފުހެލިއެވެ.

“ހިމް. ވާހަކަ ދެއްކިން.”

“ކިހިނެއްވީ؟ މައްސަލައެއް ޖެހުނީ ތަ؟” ނާއިލްގެ މޫނުމަތިން އެވެސް ދިރުމެއްނުވާތީ އައިޒާ އަހައިލި އެވެ.

“އުހުން. އަނެއްހެން ކަމެއް ނުވޭ. ހުރިހާ ވެސް މައްސަލައަކީ އަހަރެން.”

“އެއީ؟ ކީއްވެ ތިހެން ތި ބުނީ؟ މިން ކީކޭ ބުނީ؟”

ނާއިލް އައިޒާ އަށް އޭނާ އާއި މިންހާ އާއި ދެމެދު ދެކެވުނު ވާހަކަތައް ކިޔައިދިނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Zidu

Level 110 Stories

Other Articles

Previous

އިންތިހާ ލޯބި ވެވޭތީ – ހަތަރުވަނަ ބައި (4)

Next

އާއެކޭ ލޯބީވޭ… ފަންސާސް ތިންވަނަބައި (އިންތިޒާރުން ރޯޝަންވި ހަޔާތް)

Next
July 28, 2026

އާއެކޭ ލޯބީވޭ… ފަންސާސް ތިންވަނަބައި (އިންތިޒާރުން ރޯޝަންވި ހަޔާތް)

Previews
July 27, 2026

އިންތިހާ ލޯބި ވެވޭތީ – ހަތަރުވަނަ ބައި (4)



All Right Reserved!