ލޯބި-40
*”ހިމް. ދެން ކިހިނެއް އެތަން ބަލަން އެނގުނީ ކުއްލިއަކަށް؟”*
“ދެރެއެއް ކުރިން ފޯނެއް އައި. އަންހެނެއް. ބުނީ އޭނާގެ ގޭގަ އެބަހުއްޓޭ ޓްރަގްސް. ބަލަން ދާ ވާހަކަ ބުނީމަ ބުނީ އޭނާގެ ފިރިމީހަ އެ ހިފައިގެން ގޮއްސިއޭ. ހަމަ އޭނަ ގެއިން ނުކިތީރަށޯ މިގުޅީ. އެރެއިން އެރެއަށް ހޯދަން ފަށައިފިން.”
“ނަސީބެއްނު އެމީހާ ވެސް އެންގިކަން. އެހެން ނޫންނަމަ އަދި ވެސް ނޭނގެނެ. ކޮންނަމެއް ކިޔަނީ؟”
“ރަނާ” ނައުޝާން ބުނީ އާދައިގެ ގޮތަކަށެވެ. ނަމަވެސް ރީހާންގެ ސިކުނޑީގައި ރަގަބިލެއް ޖަހައިލި އެވެ.
“ރަނާ؟ ކޮން ރަނާ އެއް؟”
“ރަނާ މުހަންމަދު. ކިހިނެއްވީ؟ ދަންނަ މީހެއްތަ؟” ރީހާންގެ މޫނުމައްޗަށް އެރި ކުލަވަރު ފެނިފައި ނައުޝާން އަހައިލި އެވެ.
“އެއީ މައިހާގެ ދައްތަ އެއް.” ރީހާން ބިއްލޫރި ގަނޑާއި ކައިރި ވެލައި ރަނގަޅަށް އެތެރެ ބަލައިލި އެވެ.
“އެއީ މަޔާން ތަ؟” އެތަނުން މީހަކަށް އިޝާރާތް ކުރަމުން ރީހާން އަށް އަހައިލެވުނެވެ.
“މިރަށުގެ މީހުންނެއް ނޫން ގިނައިން ތިބީކީ އެއް. އެކަމަކު އުޅޭ ދެތިން މީހެއް. އެންމެންގެ އައިޑެންޓިޓީ ބަލައިލަން ބުނެގެން މިއުޅެނީ.” ނައުޝާން ބުންޏެވެ.
އިރުކޮޅަކުން ޕޮލިހެއް ގަނޑުތަކެއް ހިފައިގެން އައެވެ.
“ނައުޝާން ބުނި އެއްޗެހިތައް.” އެމީހާ އެގަނޑުތަށް ދިއްކޮއްލަމުން ބުންޏެވެ.
ރީހާން އާއި ނައުޝާން އެކުގައި އެގަނޑުތަށް ރަނގަޅަށް ބެލި އެވެ.
“ޝާމް. އޭނާ ވެސް އަތުޖެހުނީ އެންމެފަހުން.” ނައުޝާން ގަނޑެއް ނަގަމުން ބުންޏެވެ.
“ތީ މިކަމުގަ ބޮޑަކަށް ހުރި މީހާ.” ދެން ހުރި ޕޮލިސް މީހާ ކިޔައިދިނެވެ.
“މަޔާން. ރީހާން. މަޔާން އެއް އެބައިން. ބަލައިލަބަ.” ނައުޝާން އަނެއް ގަނޑު ނަގައި ރީހާން އަށް ދެމުން ބުންޏެވެ.
“ބެލެވޭ ގޮތުން ކުރީރޭ ގުޅި އަންހެން މީހާގެ ފިރިމީހާ އަކީ އެއީ.” އެމީހާ ކިޔައިދިނެވެ.
“އެންމެ ރަނގަޅު. ދެން ދޭ.” ރީހާން އެމީހާ ފޮނުވައިލި އެވެ.
“މީ މަޔާން. އަހަރެން ވެސް ކިހާ މޮޔަ. މަގޭ ގޭތެރޭގައޭ އުޅުނީ.” ރީހާން ރުޅިގަދަ ވެފައި ބުންޏެވެ.
“ނޭނގިދާނެ. ބޭނުން ކޮއްގެން ހުންނައިރު މީހުންނަށް ނޭނގޭހާ މަދުން ވެސް ބޭނުން ކޮއްފާނެ.” ނައުޝާން ބުންޏެވެ.
މެންދުރުގެ ވަގުތެވެ. ގޭގެ ހުރިހައި އަންހެނުން ތިބީ މެންދުރުގެ ކެއުމަށް ފަހު ސިޓިންރޫމުގައި ވާހަކަ ދައްކާށެވެ. ހީ ސަމާސާކުރަމުން ދަނިކޮއް ކުއްލި އަކަށް ވަނީ ރީހާން އެވެ. އޭނާ ވަދެގެން އައީ ވަރަށް ބާރަށެވެ. އޭރު އޭނާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނުމަތިން ފެންނަނީ ރުޅިވެރި ކަމެވެ.
“ރަނާ! މަޔާން ކޮބާ!؟” ރީހާން ރުޅި އައިސްފައި އެހިއެވެ. އެންމެން ތިބީ ވާނުވާގަ އެވެ. ނަމަވެސް ރަނާގެ މޫނުމަތިން އެއްވެސް ވަރެއްގެ ހާސްކަމެއް ނުފެނެ އެވެ.
“ނޭނގެ މަށަކަށް. ރޭގަ ނުކުންގޮތަށް އަދި ނާދެ.” ރަނާ އާދައިގެ ގޮތަކައް ބުންޏެވެ.
“މަޔާން އެބައޮތް ޕޮލިސް ސްޓޭޝަންގަ. ހަމަ ހެއް ނެތް. ރަނާ އަށް އެނގި ހުރެ އަހަރެން ކައިރީ ނުބުނީ ކީއްވެ!؟”
“ރީހާން ގޭތެރެއިން އެކަން ނިންމާލަން އުޅިފާނެތީ. ވަކި މަގޭ ފިރިމީހަ އޭ ކިޔައިފަ މަށެއް ވެސް މަޑަކުން ނުހުންނާނަން.” ރަނާ ވެސް ސީރިއެސް ވެލިއެވެ.
“ކިހިނެއް މިވަނީ؟ ރީހާން؟ ކޮންހާ އަޑުގަދައެއް؟” ހަސަން އާއި ނަދީމް ވަދެގެން އަންނަމުން އެހިއެވެ.
“މަޔާން ޑްރަގްސް ނަގާ. އަހަރެންނަށް އެނގުނީމަ އަހަރެން ޕޮލިހުންނަށް އެންގީ. މިހާރު އެއުޅެނީ އެންމެން އަތުލައިގަނެގެން.” ރަނާ ކިޔައިދިނެވެ. އެންމެންނަށް ލިބުނީ ޝޮކެކެވެ.
ރީހާން އަށް އެއްޗެކޭ ބުނެވުމުގެ ކުރިއަށް އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަނީ ނައުޝާން އެވެ. ރީހާން ވަގުތުން ފޯނަށް ޖަވާބުދިނެވެ.
“އޯކޭ. މިދަނީ.” ރީހާން ފޯނު ކަންފަތާއި ދުރު ކޮއްލި އެވެ.
“މިންހާގެ ފަހަތުން އުޅުނު ޝާމް ވެސް ހުރީ އެމީހުންނާއި އެކު. އެމީހުންނަށް ވާހަކަ ދެއްކޭ ވަރުވެއްޖެ. މަ މިދަނީ.” ރީހާން ބުންވީ އެއްޗެއް ބުނެފައި ނުކުމެގެން ދިޔައެވެ.
ރޭގަނޑުގެ ވަގުތެވެ. ވައި މަޑެވެ. ހަނދު އަދި ނާރާތީ އަތިރިމަތި ފެންނަނީ ކުޑަކޮށް އަނދިރި ކޮށެވެ. ދޮންވެލިގަނޑު މަތީގައި އަތުގުޅާލައިގެން ހިނގަމުން ދިޔަ ދެލޯބިވެރިންގެ މޫނުމަތިން މާ ބޮޑު އުފާވެރިކަމެވެ ނުފެނެއެވެ.
“ދެން ޝާމްގެ އުނދަގުލެއް ވެސް ނުވާނެ ދޯ. މިން ވެސް ދެން ހަމަޖެހިބަލަ.” ނާއިލް ބުންޏެވެ.
“އަހަރެން ހިތަށް އަރަނީ ރަނާ އަށް ކިހިނެއްހޭ ނެރުނީ އަމިއްލަ އަށް ރިޕޯޓް ކުރަން ކެރުނީ. އެހެން ނޫނަސް ރަނާގެ ހަޒްބެންޑް ވިއްޔާ.”
“ދެން އެކަހަލަ މީހަކާ އެއްކޮށެއް ނުވެއް އުޅެވޭނެއްނު. އަހަރެންނަށް ހީވަނީ ރަނާ ކަންތަށް ކުރީ އެންމެ ރަނގަޅަށްހެން.”
“އަހަރެން ވެސް ނުބުނަމެއްނު ގޯހެކޭ. ބަޓް ވަރަށް ކަރޭޖް ބޭނުންވާނެ. ރީހާން ވެސް އޭރު ދިޔަގޮތަށް އަދި ހަބަރެއް ނުވޭ. މެންދުރު އައިރު ވެސް ހުރީ ވަރަށް ރުޅި ގަދަވެފަ.”
އިރުކޮޅަކު އަތިރިމަތީގައި ހިނގައިފާއި މިންހާ އާއި ނާއިލް މިސްރާބުޖެހީ މިންހާގެ ގެއާއި ދިމާލަށެވެ. ގެއާއި އަރައި ހަމަވި ވަގުތު ރީހާން ސައިކަލުގައި އައިސް މަޑުކޮއްލީ އެވެ.
“ނާއިލް ވެސް އެތެރެއަށް.” ރީހާން އަމުރު ކޮއްލި އެވެ.
ނާއިލް އާއި މިންހާ އިތުރު އެއްޗެކޭ ނުބުނެ ސުވާލުން ފުރިގެން ވީ ނަޒަރަކުން ރީހާން އަށް ބަލައިލައިފައި އެތެރެއަށް ވަނެވެ.
“ކިހިނެއްވީ؟ މަޔާން އާއި ވާހަކަ ދެއްކުނުތަ؟” ރީހާން ފެނިފައި ނަދީމް އެހި އެވެ.
“ކަންތަށް ހީކުރި ވަރަށް ވުރެ މާ ގޯސް.” ރީހާން ސިޓިންރޫމު ތެރޭ ދެކޮޅަށް ހިނގަމުން ބުންޏެވެ. ގޭގެ އެންމެން ސިޓިންރޫމަށް ޖަމާވިއެވެ.
“ރީހާން ދެން ވީގޮތެއް ބުނެބަލަ.” މައިހާ ބުންޏެވެ.
“މިންހާ ބުނީމެއްނު މިން ހޮސްޕިޓަލުގަ އޮތް އިރު މީހަކާ ދިމާވިއޭ. އެއީ ޝާމް. މިން އަށް މާބޮނޑި ފޮނުވުމާ މިން ކިޑްނެޕް ކުރަން އުޅުމާ ހުރިހާ ކަމެއްގައި އެހީވި މަޔާން. މަޔާން އެމީހާ އަށް މިންގެ ހުރިހާ މައުލޫމާތެއް ދެނީ. ޝާމް މަޔާން އަށް އެކަމަށް ލާރި ވެސް ދޭ.” ރީހާން ކިޔައިދިނެވެ.
“ބަލާބަލަ. މަގޭ ފުރާޅު ދަށުގަ އުޅެމުން މަގޭ ދަރި ވިއްކައިލަން އެއުޅުނީ. އޭނަގެ ކޮން ހައްލެއް އޮތީ މަގޭ ދަރިއަށް.” ހަސަން ރުޅިއައިސްފައި ބުންޏެވެ. އެންމެން ތިބީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ.
“މިން މެލޭޝިޔާ އިން އައިއްސުރެ މަޔާން އެއުޅެނީ އެކަމުގަ.”
“އެހެންވެތަ…އެހެންވެތަ މަޔާން އަހަރެން ކައިރީ ނުބުނީ…ނާއިލް…” މިންހާގެ އަރުވަނީ ބެދިފަ އެވެ. އޭނާއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ނަމަވެސް ރީހާން އައް ނަގައިގަނެވުނެވެ.
“އާނ. އެހެންވެ. އޭނަ މާ ރަނގަޅަކަމަށް ހެދިގެން ނާއިލް ކައިރީ ބުނާނަމޭ ކިޔާފަ ހަގީގަތް އެނގި ހުރެ ވެސް ނުބުނެ ހުރީ. ދެން އުޅުނީ މިން އެމީހާއާއި ހަވާލު ކުރަން. ތިދެމީހުންގެ ނަސީބު ގަދައީ. އެހެން ނޫންނަމަ މިން ސަލާމަތް ނުވީސް.” ރީހާން ބުންޏެވެ.
“ތުއްތަބޭ. މާދަން އަހަރެންނަށް އެހީވެދޭ ތި ވަރީގެ ފޯމް ހުށަހަޅަން.” ރަނާ ކުއްލި އަކަށް ބުންޏެވެ.
“ރަނާ. ވިސްނައިލައިފަ ކަންކަން ކުރޭ.” މައިހާ ބުންޏެވެ.
“އަހަރެން ވަރަށް ވިސްނައިފިން. އަހަރެން ބޭނުމީ މަޔާން ކައިރިން ވަރިވާން. އެކަހަލަ ނުބައި މީހަކާ އެކީގައެއް ނޫޅެވޭނެ.” ރަނާ ބުންޏެވެ.
“ރަނާ ބޭނުން ވަނީ އެގޮތް ކަމުގައި ވަނީނަމަ އެކަން ކޮއްދޭންވާނެ.” ހަސަން ބުންޏެވެ.
“އާނ. މާާދަން އެކަމާ އުޅެން ވާނެ.” ނަދީމް ވެސް ބުންޏެވެ.
އެތަށް ފަހަރަކު މަތިން ކޯޓު އިއްވުންތަކަށް ގޮސް އެންމެފަހުން މަޔާން ރަނާ ވަރިކުރި އެވެ.
އޭގެ ދުވަސް ކޮޅެއް ފަހެވެ. އެއްރެއެވެ. ރަން އޮތީ ބޭރު އޮދޯލީގައެވެ. އެހެން އޮއްވައި މިންހާ އަށް ނުކުމެވުނެވެ.
“ކޮބާ ޕްލޭން އަކީ؟” ރަނާ ކައިރީގައި އިން އޮދޯލީގައި އިށީންދެލަމުން މިންހާ އެހި އެވެ.
“މިހިތަށް އަރަނީ މަންމަމެން ކައިރިއަށް ރަށަށް ދާން. ދެން އަހަރެން މިތާ ހުރެގެން ވަކި ކީއްކުރާނީ. މަންމަމެން ކައިރީ ހުރީމަ މަންމަމެން ވެސް ހިތްހަމަޖެހޭނެއްނު.”
“ތީ ވެސް ރަނގަޅު ގޮތެއް. ރަނާ މިހާރު ރަނާގެ ރަށަށް ނުދާތާ ވެސް ވަރަށް ދުވަސް ވެއްޖެ އެއްނު.” މިންހާ އެއްބަސްވިއެވެ.
ދުވަސް ކޮޅެއް ފަހުން ރަނާ އޭނާގެ ރަށަށް ދިޔައެވެ. މަޔާން ވަނީ ޖަލަށް ލެވިފަ އެވެ. އެއްވެސް ވަރަކަށް މިންނަގެ ޙަބަރެއް ނުވެއެވެ.
އެއްރެއެވެ. މިންހާ އާއި ނާއިލް ތިބީ ރެސްޓޯރެންޓް އެއްގައެވެ. އެކުގައި ވަގުތު ހޭދަ ކޮށްލުމަށެވެ.
“ހުރިހާ ކަމެއް ވެސް ހަމައަކަށް އެޅިއްޖެއްނު. ދެން ހިނގާ ވެޑިންގެ ކަންކަމާ އުޅެން. ކުރީ ދުވަހު ވެސް މިންގެ ބައްޕަ އާއި ދިމާވެގެން އެހި ކޮން އިރަކުން ގެ އެކަމާ އުޅޭނީ. އެހާ ބައިވަރު ކަންތަށް ތަކަށް ފަހު އެންމެން ވެސް ހިތްހަމަޖެހޭނެއްނު.” ނާއިލް ބުންޏެވެ.
މިންހާ އަށް ނާއިލް ދެއްކި ވާހަކަ އެއް އަޑެއް ނީވެއެވެ. އޭނާ އިނީ ހިޔާލެއް ގެ ތެރެއަށް ގެއްލިފަ އެވެ.
“މިން…؟” ނާއިލް މިންހާގެ އަތުގައި ހިފައިލި އެވެ. މިންހާ ސިހުނެވެ.
“ކީކޭ؟”
“އަދ ޔޫ އޯކޭ؟ ހާދަ ފާޑަކަށް ތިއިންނަނީ. ކަމެއްވީތަ؟”
“ނޫން. ކަމެއް ނުވޭ. ނާއީ ކީކޭތަކީ؟” މިންހާ ހަމަޖެހޭގޮތް ދައްކައިލަމުން ބުންޏެވެ.
“އަހަރެން ބުނީ ވެޑިންގެ ކަންތަކާ އުޅެން ހިނގާށޭ. މިންގެ ބައްޕަ ވެސް ކުރީ ދުވަހު ދިމާވެގެން އެހިއޭ.”
“ނާއީ…” މިންހާ ބުނެލީ ވަރަށް ބޮޑު ވާހަކަ އެއް ބުނަން އުޅޭފަދަ ގޮތަކަށެވެ.
“ކިހިނެއްވީ؟ މިން ބޭނުން ނުވަންޏާ ވެސް އަހަރެންނަށް އޯކޭ. ތަންކޮޅެއް ފަހުން ވެސް ކުރެވިދާނެ.”
“ނޯ. އެހެނެއް ނޫން. އަހަރެން މިވިސްނަނީ ވެކޭޝަން އަކަށް ދާން. މަންޓް އެއްހާ ދުވަހަށް. އޭގެ ފަހުން ވެޑިންގެ ކަންކަމާ އުޅެވިދާނެއްނު.” ފުންނޭވާ އެއް ލަމުން މިންހާ ބުންޏެވެ.
“ވެކޭޝަން އަކަށް ދާން ބޭނުންނުވަނީ ކީއްވެ؟” ނާއިލް ސުވާލުން ފުރިގެންވީ ނަޒަރަކުން މިންހާ އަށް ބަލައިލި އެވެ.
“ނާއީ އޯކޭ ނޫނިއްޔާ ނުދާނަން.”
“މިން ބޭނުމިއްޔާ ދޭ. އަހަރެން ހަމައެކަނި އަހާލީ ކިހިނެއްވީ ތޯ.”
“ވީ ހުރިހާ ކަމަކަށް ފަހު… އަހަރެން ބޭނުމީ ބްރޭކް އެއް.” މިންހާ މަޑުމަޑުން ބުންޏެވެ.
“ކޮންތާކަށް ދަނީ؟” ވަގުތު ކޮޅެއްގެ ހިމޭންކަމަށްފަހު ނާއިލް އެހިއެވެ.
“ފަހަރެއްގާ މާލެއަށް.” މިންހާ ބުންޏެވެ.
އެރޭ އެދެމީހުންގެ ދެމެދު މާގިނަ ވާހަކަ ތަކެއް ނުދެކެވެއެވެ. އެދެމީހުންގެ މެދުގައި ފާޑެއްގެ ހިމޭން ކަމެއް އުފެދިފައި ވިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.


Reethi 💗
Thank you 💓
Vrh mistakes huri kan faahaga kohllan
Thank you faahaga kohlai dhineethee. Double check nukohlevuneema.
Varah varah reethi
Vrh Reethi ingey dear
Thank you dear 💖
Thank you 🫶
When next??
Today
Masha allah vrh reethi mi part vx
when is next part??
thank you loabss 🫶
Next part today