ނޭދެން ވަކިވާކަށް 28 ވަނަ ބައި
ޔޫލީގެ ދެއަތް ބޭއިހްތިޔާރުގައި އުފުލި، މާންގެ ފުޅާ ކޮނޑުގައި ވަށާލެވުނެވެ. އޭނާގެ އެ ހަރަކާތުގައިވީ މަސްތުކަމުގެ ސަބަބުން އޭނާގެ ވިސްނުން އޮޅުންބޮޅުން ވެފައިވީވަރު ހާމަވެއެވެ. އެވަގުތު ދެމީހުންނަށްވެސް މުޅި ދުނިޔެ އެކީ ހުއްޓުނުފަދަ އިހުސާސެއްވިއެވެ.
މާން މަޑުމަޑުން މޫނު ދުރުކޮށްލާ ޔޫލީގެ ލޮލަށް ބަލާލީ އޭނާއަށް ޔޫލީއާއި ގާތްވުމަށް އިޒުނަދޭށޭ ބުނާ ފަދަ ނަޒަރަކުންނެވެ. ޔޫލީގެ ލޮލުގައިވި މަސްތީ އަސަރާއި އެ ލޯ މަޑުމަޑުން މަރާލުމުން އެއީ ދައުވަތެއްކަމުގައި މާންއަށް ފުދުނެވެ.
‘ވައި ޑޫ އައި ފީލް ބަޓަފްލައިސް ވެން އައި ރިއަލީ ހޭޓް ދިސް ހެންޑްސަމް ބީސްޓް’
“މައިޓް ބީ ބިކޯސް ޔޫ ލަވް ހިމް…” މަސްތީ އަސަރުން ފުރިގެންވީ ބަރު ރާގެއްގައި މާން މަޑުމަޑުން ބުނެލިއެވެ.
‘އޯ ޝޫޓް… އައި ސެޑް ދެޓް އެލައުޑް؟’ ހިތުގައިވީ ބަސް މިފަހަރުވެސް ބޭރުވީ ދުލުންކަން އެނގުމުން ޔޫލީގެ ދެލޯ ބޮޑުވެގެންދިޔައެވެ.
“ޔެސް ޔޫ ޑިޑް، މައި ބިއުޓިފުލް ޑިސާސްޓަރ…” މާން ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިކުރަމުން، ޔޫލީއާ އިތުރަށް ގާތްވެލިއެވެ.
ޔޫލީގެ ތުންފަތުގައި މަޑުމަޑުން ފިރުމާލުމަށްފަހު، އެ މައުސޫމް މޫނަށް ބަލާލީ އިންތިހާއަށް ލޯބިވެތި ފުން ނަޒަރަކުންނެވެ. އަދި މަޑުމަޑުން ބޯ ތިރިކޮށްލައި، އެ ތުންފަތުގައި ބޮސްދިންއިރު، އެ އަމަލުން އިންތިހާ ދަރަޖައިގެ އޯގާތެރިކަމާއި ފުން ލޯތްބެއް ޔޫލީގެ މުޅި ހަށިގަނޑަށް އިހުސާސްކުރެވިގެންދިޔައެވެ.
އެ ބީހިލުމުން ދެމީހުންގެ ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ހިނގައިގަތް ފަދައެވެ. މާންގެ އެ ފުން ބޮސްދިނުމުގައިވީ ބުނެދޭން ނޭނގޭފަދަ ލޯތްބާއި، ކެތްމަދުވެފައިވާ ޖަޒުބާތުތަކުން ޔޫލީގެ ގައިން ހީބިހިނަގައިގަތެވެ. ޔޫލީގެ އަތުގެ އިނގިލިތައް މާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހާލެވުނީ ބޭއިހުތިޔާރުގައެވެ. މާން ޔޫލީގެ އުނގަނޑުގައިވި އަތް އިތުރަށް ބާރުކޮށްލަމުން، ގާތަށް ދަމާލަމުން ޔޫލީގެ ހަށިގަނޑު އެ ބާރުގަދަ އަތުގެތެރޭ ގައިދުކޮށްލިއެވެ.
ޔޫލީގެ ހިތާއި ސިކުނޑި ޖަޒުބާތުތަކުން މަސްހުނިވެފައިވީއިރު އޭނާގެ ހަށިގަނޑު ދިޔައީ މާންގެ ކޮންމެ ބީހުމަކަށް މަރުހަބާ ކިޔަމުންނެވެ. މާންގެ އަތުގެ ހަރަކާތްތަކުން އޭނާ ޔޫލީގެ ހަށިގަނޑުގެ ބައްޓަން ހިތު ދަސްކުރަން އުޅޭ ކަހަލައެވެ. ޖަޒުބާތުގެ ސަބަބުން ޔޫލީގެ ހަށިގަނޑުން ބާރު ދޫވެ އޭނާގެ ފައިން ވަރުދާފަދަ އިހުސާސެއް ކުރެވުމުން، އައިލެންޑް މަތީ އަޅުވާލަން މަސައްކަތް ކުރި އަތުން ޖެހި ބިސް އަޅާފައި ހުރި ބޯތަށި ވެއްޓި ތެޅުނެވެ. ހިމޭންކަން ފޫ އަޅުވާލި އެ ބާރު އަޑުން ޔޫލީ ހަމަ ބިމަށް ގެނެސްދިނެވެ. އަވަސް އަވަހަށް މާންގެ އަތުގެ ތެރެއިން ވީއްލި ހިއްސުތައް ހަމައަކަށް އަޅުވާލަން މަސައްކަތްކޮށްލިއެވެ.
“މައި ކްލަމްސީ ކުއީން” ފުން ނޭވާއެއް ދޫކޮށްލަމުން މާން އެހެން ބުނެލިއިރު އޭނާގެ އަޑުގައި ވީ މަސްތީ ކުރެހުމުން އޭނާއަށް ކޮށްފާވި އަސަރުވެސް ސިއްރެއްނުވިއެވެ.
“އައިމް ނޮޓް ޔުއަރ އެނީތިންގް” ލޯ އަޅާލަމުން ޔޫލީ ރައްދު ދިން އިރު އެ އަޑުގައިވެސް ވީ މަޑު ތުރުތުރެކެވެ.
“ޔޫ އަރ މައި ވައިފް” އެއް ލޯ މަރާލަމުން މާން ލޯބިވެތި ގޮތަކަށް ބުނެލިއެވެ.
“ވައި އަރ ޔޫ ޑުއިން ދިސް… އަހަރެންދެކެ ތިހާ ނަފުރަތު ކުރާއިރު އަހަރެންނާ ގާތް ތިވަނީ ކީއްވެތަ؟ އަހަރެންނާއި މެދު އެހާ ހަޑިކޮށް ވިސްނާއިރު ތި ކުރަނީ ކޮން އެކްޓެއްތަ؟ ބޯ ގޮވާވަރުވޭ…” އެ ހިތަށް ކެތް ނުކުރެވުމުން ޔޫލީ ބުނެލިއެވެ.
“ކާކު ބުނީ އަހަރެން ޔޫލީއަށް ނަފުރަތު ކުރެއޭ؟”
“އެއީ މީހަކު ބުނަން ޖެހޭ ވާހަކައެއްތަ؟ އެކަން އެނގޭނެ ދޯ އަހަރެންނާއިމެދު ވިސްނާ ގޮތުންވެސް…. އެހެންނަމަ އަހަރެންނާއި ރިލްވާން…”
“ޑޯންޓް އީވަން ސޭ ހިސް ނޭމް އިން ފްރަންޓް އޮފް މީ” ޔޫލީގެ އަތުގެ މުލައްދަޑީގައި ހިފަހައްޓާލަމުން މާން ބުންޏެވެ. އެ ނަން އަޑު އިވުމުން މާންގެ ތަބިއްޔަތު ކުއްލިއަކަށް ބަދަލު ވިއެވެ. އެ އަޑުން ހަރުކަށިކަމާއި ރުޅިވެރިކަން ފާޅުވިއެވެ. މާންއަށް އައި ކުއްލި މި ބަދަލުގެ ސަބަބުން ޔޫލީ ސިހި މާންގެ ހިފެހެއްޓުމުން ސަލާމަތްވުމަށް ފަހަތަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރިއެވެ.
“ކެއަރފުލް” މާން ޔޫލީގެ އަތަށް ދަމާލަމުން ބުނެލިއިރު އޭނާގެ ނަޒަރު އަމާޒުވެފައިވީ ބިންމަތީ ބުރައިގެން ގޮސްފައިވި ބިއްލޫރިތަކަށެވެ.
“ލީވް މީ” ގަދަހަދާލަމުން ޔޫލީ އެހެން ބުނުމުން މާން އޭނާގެ އަތުން ދޫކޮށްލިއެވެ. ކޮށްފާވި ފުން އަސަރުން ޔޫލީ ފަސް އެބުރި ހިނގައިގަތް އިރު އޭނާގެ ހައިކަންވެސް ހަނދާންހުރިހެނެއް ހިއެއްނުވެއެވެ.
“ނާއިލްއަށް ކާ އެއްޗިސް ތައްޔާރުކުރަން އަންނަ އިރު ޔޫލީއަށް ކެވޭ ކަހަލަ އެއްޗެއް ތައްޔާރުކުރަން ކަވީތާ ގާތު އަހަރެން ބުނާނަން … ދެން ޔޫލީ އެކަނި ބަދިގެއަށްވަދެ ކައްކަން އުޅެގެން ނުވާނެ.” ހަރުކަށިކަމާއިއެކު މާން ބުނެލިއެވެ.
“ކޮންޓްރޯލިން ފްރީކް” ފަސްއެބުރި ބަލާލުމެއްނެތި ޔޫލީ ބުނެލީ މަޑުމަޑުންނެވެ.
‘އޭނާ މިގޭ މަސައްކަތު މީހުންތައް ފޮނުވާލާ ޖެއްސުން ކުރީ ގައިމު އަހަރެން ބަދިގެއަށް ވައްދާކަށް ނޫންހެއްޔެވެ. އަހަރެންނަށް ކައްކަން ނޭނގޭ ވާހަކަ ބުނީމާ ވެސް ދަސްކުރީމަ ނިމުނީ ނޫންހޭ ބުނީ ހަމަ އެނގިހުރެ ނޫންހެއްޔެވެ؟’ ކޮޓަރިއަށް ވަތް ޔޫލީގެ ހިތުގައިވިއެވެ.
މާން ބަދިގޭގެ މެދުގައި ހުއްޓިގެން ހުރިއިރު، އޭނާގެ ފުން ނޭވާތައް އޭރުވެސް ހަމައަކަށް ނޭޅެއެވެ. ބިންމަތީގައި ތެޅިފައިވި ބިއްލޫރިތަކަށާއި، އޭގެ ތެރެއަށް އޮއްސިފައިވި ބިސްތަކަށް ބަލަހައްޓައިގެން ހުރި މާންގެ ސިކުނޑީގައި އެކި ކަހަލަ ހިޔާލުތައް އެނބުރެން ފެށިއެވެ.
‘މިއަދު އަހަރެން ނެތް ނަމަ ވާނީ ކިހިނެއްބާ؟’
އެ ނުރައްކާތެރި ހިޔާލާއިއެކު މާންގެ މުޅި ހަށިގަނޑު ސިހިގެން ދިޔައެވެ. އެ ހޫނު ތެޔޮގަނޑު ތެރެއަށް ފެން އެޅުނުނަމަ… އެ އަލިފާންގަނޑު މުޅި ބަދިގެއަށް ފެތުރި، ޔޫލީއަށް ކަމެއްވިނަމަ…؟ އެ ފިކުރުން އެކަނިވެސް މާންގެ އަތްފައި ފިނިވެ، އަމިއްލަ ނަފުސު ކުށްވެރިކުރެވުނެވެ.
‘އަހަރެންގެ މޮޔަކަން! ޔޫލީއަށް ކައްކަން ނޭނގޭކަން އެނގިހުރެ، އެކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނީ އަހަރެންނަށް’ މާން އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލަމުން، ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
‘އަހަރެން ޔޫލީއަށް ނަފުރަތު ކުރަނީއޭ…؟’
މާންގެ ތުންފަތްމައްޗަށް ވެރިވީ މާޔޫސީ ހިނިތުންވުމެކެވެ. ޔޫލީއަށް އެއްވެސް އެއްޗެއް ނޭނގެއެވެ. މާންގެ ހިތުގައި އޭނާއަށްޓަކައި ވާ ފުން ލޯބީގެ އިހުސާސް ޔޫލީއަށް ދެނެގަނެވޭނެ ނަމައެވެ. އޭނާއަށްޓަކައި މާންވާ ގުރުބާނީގެ ހަގީގަތް އެނގޭނެ ނަމައެވެ.
ޔޫލީގެ ދުލުން ‘ރިލްވާން’ގެ ނަން އިވޭއިރަށް މާންގެ މުޅި ތަބިއްޔަތު ބަދަލުވެގެންދެއެވެ.
‘ރިލްވާން…’ އެ ނަން މާންގެ ސިކުނޑީގައި ގުގުމާލުމާއިއެކު، އޭނާގެ އަތްމުށްކެވި، ދަތްކުނޑިވިކާލެވުނެވެ.
ޔޫލީއާއި ރިލްވާންގެ ދެމެދުގައިވާ ގުޅުމުގެ ޝައްކުތަކަކީ މާންގެ ހިތުގައި އަނދަމުންދާ އެންމެ ބޮޑު އަލިފާނެވެ. ޔޫލީގެ އެ މައުސޫމް ދެލޮލުން މާންއަށް ފެންނަނީ ހަގީގީ ލޯބި ހެއްޔެވެ؟ ނުވަތަ އެއީ ދައްކާ ދަޅައެއް ހެއްޔެވެ؟
‘ނޫން… ދެންމެ އަހަރެންގެ އަތުގެ ތެރޭގައި ޔޫލީ ވީއިރު… އަހަރެންގެ ބީހުންތަކަށް އޭނާގެ ހަށިގަނޑުކީ މަރުހަބާއަކީ އޮޅުވާލުމަކަށް ނުވާނެ. އޭނާގެ ހިތުގައި އަހަރެންގެ މައްޗަށް އިހުސާސްތަކެއް ނުވާނަމަ …. އެކަމަކު އޭނާއަށް މީ އާދައިގެ ކަމަކަށްވެސް ވުން އެކަށީގެންވޭ.. ރިލްވާންއާއި އެ ގައިގޯޅިވުމާއި ރިލްވާންއާއި އެކު އޭނާ އެ އުޅުނު ގޮތް އެއީ އޭގެ ހެއްކަކަށް ފުދޭނޫންތަ؟’
މާން މަޑުމަޑުން ތިރިވެ، ބިންމަތީގައިވި ބިއްލޫރިކޮޅުތައް ނަގަން ފެށިއެވެ. އޭނާގެ ހިތުގައިވި މަސްހުނި ހިޔާލްތަކުގެ ސަބަބުން އޭނާގެ ބޯހާސްވިއެވެ.
“ޔޫލީ… މައި ބިއުޓިފުލް ޑިސާސްޓަރ… ޔޫލީ ކިތަންމެ ބޭނުންވިޔަސް އެހެން މީހަކު ތި ހަށިގަނޑުގައި ބީހޭކަށް ހުއްދައެއް ނުދެވޭނެ” މާން މަޑުމަޑުން އަމިއްލަ ނަފުސަށް ބުނެލިއެވެ. “އަހަރެންގެ މުޅި ދިރިއުޅުން އޮޅުންބޮޅުންކޮށްލިޔަސް… އަދި ޔޫލީގެ ހިތުން މި ކައިވެންޏަށް 2 އަހަރުގެ މުއްދަތެއްދީފައި ވިޔަސް އަހަރެން ޔޫލީ ދޫކޮށްލާނެކަމަށް ހީކުރުމަކީ ކުށްހީއެއް”
*****
އެ ދެބަސްވުމަށްފަހު ދެ ހަފުތާ ފާއިތުވެގެން ދިޔައީ ޔޫލީގެ ހިތަށް ނުހަނު ބޮޑު ނުތަނަވަސްކަމެއް ގެނެސްދެމުންނެވެ. މާންގެ އޯގާތެރި ބީހުންތަކާއި، އޭނާގެ ހަރުކަށި ބަސްތަކުގެ މެދުގައި ޔޫލީގެ ހިތް ވަނީ މުޅިން އޮޅުންބޮޅުންވެފައެވެ. އެ ޖަޒުބާތީ ތަކުލީފުތަކަށް އިތުރަށް ކެތްނުކުރެވިގެން، އެންމެ ފަހުން އޭނާ ހުރިހާ ވާހަކައެއް އެންމެ ގާތް އެކުވެރިޔާ ޝިފްނާއަށް ކިޔައިދިނީ ޝިފްނާ އިންތިހާއަށް ބާރު އަޅެމުންނެވެ. ޔޫލީގެ ހާލަތު ސިއްރުކޮށްދިނުމަށް އެދުނީ އޭނާގެ ކައިވެނީގެ ހަގީގަތް އިތުރު އެއްވެސް މީހަކަށް އެނގެން އެހިތް ނޭދޭތީއެވެ.
ޔޫލީގެ މޫނުމަތިން ފެންނަން ހުރި މާޔޫސްކަމާއި، އެ ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފެނި ޝިފްނާގެ ހިތަށް ވަރަށް އަސަރުކުރިއެވެ. އޭނާ ބޭނުންވީ ކޮންމެވެސް ގޮތަކުން ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ޔޫލީގެ މޫޑު ރަނގަޅުކޮށް، އެ މޫނަށް ހިނިތުންވުނެއް ގެނެސްދޭށެވެ. އޭނާގެ ހަނދާނަށް އައީ މާހިންގެ ވާހަކަތަކެވެ. އެ ޕެންޓްހައުސްގައި ވީކެންޑް ހޭދަކޮށްލުން ރަގަނޅު ހިޔާލަކަށް ވެދާނެއެވެ. އެކަމަކު އެ ތަނަކީ މާންގެ ތަނެއްކަން ޔޫލީއަށް އެނގިގެންވެސް ނުވާނެއެވެ.
ޝިފްނާ އެ ހިޔާލު ހިއްސާކުރުމުން މާހިން އެކަމަށް އެއްބަސްވީ ނުހަނު އުފަލުންނެވެ. އެއީ އޭނާއަށްވެސް ލިބުނު ރަނުގެ ފުރުސަތެކެވެ. ޔޫލީގެ ހިތަށް ބާރުފޯރުވަން ބޭނުންނަމަ އޭނާއާއިއެކު ވަގުތު ހޭދަކުރުން މުހިންމެވެ. އެކަމަކު ބައްދަލުވުން ތަކުގައި ޝިފްނާ ނެތި އެއް ގޮތަކަށްވެސް ޔޫލީއާއި ބައްދަލުވެވޭ ގޮތެއް ނުވެއެވެ. ޝިފްނާއާއި ވާހަކަ ދައްކާ އޭނާއާއި އެކު ވަގުތު ހޭދަކުރަން މާހިންނަށް ކިތަންވެ ފަސޭހަވީ ނަމަވެސް އޭނާގެ ހިތް ޔޫލީއާއިއެކު އެކަނިވުމަށް އެދެއެވެ.
ހުކުރު ދުވަހުގެ ހެދުނު ޔޫލީ ބަލައި ޝިފްނާ އައީ މާހިންއާއިއެކު ކާރުގައެވެ. ގަޔަށް ބާރު ފެހި ކުލައިގެ ޓީޝާޓަކާއި ޖީންސް އެއްގައި ޔޫލީ ފެންނަނީ ވަރަށް ހިތްގައިމު ކޮށެވެ. މޫނުމަތީ ކޮށްލާފައިވި ފަޑު މޭކަޕް އޭނާއާއި ނުހަނު ގުޅެއެވެ. އެ ރީތީ ކަމަށް ހިތާހިތުން ތައުރީފުކުރަމުން މާހިން މަގަށް ބަލައިލަމުން ކާރު ދުއްވާލީ ޔޫލީ ކާރަށް އަރާ ހަމަޖެހިލީމައެވެ.
“ސްވިމް ވެއަރ ގެނައިންތަ؟” ޝިފްނާ ހިނިތުންވެލަމުން އަހާލިއެވެ.
“ހުމްމް.. ފަތަން ނޭނގުނަސް ގެންނަންވާނެއެއްނު ޕޫލްއަށް އެރެން…. ޝިފް ބުނި ވިއްޔަ އެއީ މަސްޓް އެކޭ” ހީލަމުން ޔޫލީގެ ޖަވާބުދިނެވެ.
“ފަތަން ދަސްކުރީމާ އެކަންވެސް ހައްލުވީނު” މާހިންގެ އެ ޖުމުލައަށް ޔޫލީ ސިހުނެވެ.
އޭނާގެ ހިތަށް ވެރިވީ މާންގެ އެ ޖުމުލައެވެ ‘ ކައްކަން ދަސްކުރީމާ އެކަންވެސް ހައްލުވީނު’ މާންގެ ހިޔާލުތަކުން އޭނާގެ ހިތަށް އަބަދާއި އަބަދު އުނދަގޫ މިވަނީ ކީއްވެ ހެއްޔެވެ.
‘ދެ މީހުންގެ ސިފައާއި އުޅުމުގައި ތަފާތު ތަކެއް ހުއްޓަސް މި ދެބެން ހާދަ އެއްގޮތެވެ. ވާހަކަ ދެއްކުމުގައި މި ހުންނަނީ ހަމަ އެއް ސްޓައިލެއް ވިއްޔާއެވެ.’
ކާރު ގޮސް ހުޅުމާލޭގެ އުސް އިމާރާތެއްގެ ތެރެއަށް ވަދެ ބޭސްމަންޓްގައި ޕާކުކޮށްލުމާއިއެކު، ތިން މީހުން އެކުގައި ލިފްޓުން މައްޗަށް އަރަން ފެށިއެވެ. ލިފްޓުގެ ދޮރު ހުޅުވުމާއިއެކު، މާހިން އެމީހުން ގޮވައިގެން ޕެންޓްހައުސްއަށް ވަނެވެ.
އެތެރެއަށް ވަދެވުމާއެކު ޔޫލީގެ ދެލޯ ބޮޑުވެ، މުޅި ތަނަށް ނަޒަރު ހިންގާލެވުނެވެ. އެއީ އިންތިހާއަށް ފުރިހަމަ، އަދި އެހާމެ ހިތްގައިމު ތަނެކެވެ. ކަނޑުގެ ރީތި މަންޒަރު ފެންނަން އޮތް ބޮޑެތި ބިއްލޫރި ދޮރުތަކާއި، އާދަޔާޚިލާފު ނަލަ ފަރުމާއެއްގައި ހަދާފައިވާ އެ ގޭގެ ސެޓަޕް ފެނިފައި ޔޫލީ ހުރީ އަންތަރީސްވެފައެވެ. ނަމަވެސް، އެ ފުރިހަމަކަމުގެ ފުރަގަހުން އޭނާއަށް ސިފަވީ މާންއެވެ. މިއީ މާންގެ ޑިޒައިނެއްކަން ޔަގީނެވެ. މާންގެ މޮޅުކަމާއި، އޭނާގެ ހުރި ތޫނުފިލިކަން މުޅި މި ޕެންޓްހައުސްގެ ކޮންމެ ކޯނަރަކުން ފެންނަ ކަހަލައެވެ. އެކަމަކު އެ ސުވާލުކޮށް މޫޑު ހަރާބުކުރާކަށް މިވަގުތު އޭނާ ބޭނުމެއްނޫނެވެ.
“ވާވް… މާހިން! ދިސް ޕްލޭސް އިސް އެމޭޒިންގް!” ޔޫލީއަށް ބޭއިހުތިޔާރުގައި ބުނެލެވުނެވެ.
“ގެސްޓް ރޫމް ރެޑީ ކޮށްލާފަ އިނގޭ އިންނާނީ.. ޔޫ ކޭން ޔޫސް ދަ ރޫމް .. ޝިފޫ އަށް އެނގޭނެ..” މާހިން ހިނިތުންވެލަމުން ބުނެލި ޖުމުލައިން މާހިންއާއި ޝިފްނާގެ ގާތްކަން ހާމަވިއެވެ. އަދި އެ ޖުމުލައިން ޔޫލީއަށް ނެގުނު މާނަ ތަފާތެވެ. އޭނާ އެ ދެމީހުންނަށްޓަކައި އުފާކުރިއެވެ.
ޔޫލީގެ ނަޒަރު އެންމެ ބޮޑަށް ދަމައިގަތީ ސެންޓްރަލް އޭރިއާގައި ހުރި ބޮޑު، ހިތްގައިމު މަސްޓޭންކެވެ. ޔޫލީ މަޑުމަޑުން ގޮސް އެ މަސްޓޭންކް ކައިރީގައި ހުއްޓި، އޭގައިވާ މަސްތަކުގެ ހަރަކާތްތަކަށް ބަލަން ފެށިއެވެ. އޭނާގެ އަތުގެ އިނގިލިތައް ބިއްލޫރިގަނޑުގައި ޖައްސާލުމާއެކު، ކުޑަކުޑަ ރީތި މަހެއް އައިސް އޭނާގެ އިނގިލި ހުރި ހިސާބުގައި މަޑުކޮށްލިއެވެ. އެ މަންޒަރު ފެނި ޔޫލީގެ ތުންފަތްމައްޗަށް ވެރިވީ ވަރަށް ލުއި ހިނިތުންވުމެކެވެ. އޭނާގެ މޫނުމަތީގައިވި ނުތަނަވަސްކަން މަޑުމަޑުން ފިލައި، ކުޑަ ހަމަޖެހުމެއްގެ ކުލަވަރު ފާޅުވާން ފެށިއެވެ.
“ޔޫލީއަށް މަސްޓޭންކް ކަމުދިޔައީދޯ؟” މާހިން މަޑުމަޑުން އައިސް ޔޫލީގެ ކައިރީގައި ހުއްޓެމުން އަހާލިއެވެ.
“އާނ، ވަރަށް ރީތި. އިޓް ގިވްސް އަ ފޮރީޑަމް ޓު މައިންޑް” ޔޫލީ މަސްތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ޖަވާބުދިނެވެ.
“ޝިފޫ… މިއަދު އަހަރުމެންނަށް ކައްކައިދެނީ ޝިފޫއެއްނޫންތަ؟” މާހިން ލާނެތް ގޮތަކަށް ޝިފްނާއާއި ދިމާއަށް ބަލާލަމުން އަހާލިއެވެ.
“އާނ! މިއަދު މީ އަހަރެންގެ ކެއްކުމެއް އޮންނާނެ ދުވަހެއް” ޝިފްނާ އުފަލުން ބުނެލިއެވެ. “ޔޫ… ހިނގާ ބަދިގެއަށް. އަހަރެން މިއަދު ހަދައިދޭނީ ޔޫ އަށް އެންމެ މީރު ޗިކަން ބިރިޔާނީ!”
“ބިރިޔާނީ؟ ވާވް ޝިފް! ތީ އަސްލުވެސް މިއަދު މައިންޑް ރިލޭކްސްކޮށްލަން އެންމެ ގުޅޭ ކެއުން!” ޔޫލީގެ ދެލޯ އުފަލުން ދިއްލިގެން ދިޔައެވެ.
ތިން މީހުން އެކުގައި ބަދިގެއަށް ވަދެ، ބިރިޔާނީ ތައްޔާރުކުރުމުގެ މަސައްކަތް ފެށިއެވެ. ޝިފްނާ ކުކުޅުމަސްތައް ތެލީގައި މެރިނޭޓްކޮށް، ބިރިޔާނީއަށް ބޭނުންވާ ހުރިހާ ސާމާނާއި ހަވާދުތައް އަތުރާލިއެވެ. މާހިންއާއި ޔޫލީއަށް ޖެހުނީ ފިޔާ ކޮށުމުގެ މަސައްކަތެވެ.
“މާހިން! ފިޔާ ކޮށަން ތިއުޅެނީ ކޮން ކަހަލަ ޝޭޕަކަށް؟ ތިއީ ބިރިޔާނީއަށް ފިޔާ ކޮށާ ގޮތެއްވެސް ނޫން!” ޝިފްނާ މާހިން ކޮށަން އިން ފިޔާގަނޑަށް ބަލާލަމުން ހީގަތެވެ.
“އޭނ… މިއީ އަހަރެންގެ އަމިއްލަ ސްޓައިލް! ބިރިޔާނީގަނޑު ކާލީމާ ހަމަ ދާނީ ބަނޑަކަށްނު” މާހިން ދިފާއުގައި ބުނެލި ގޮތުން ޔޫލީއަށްވެސް ބާރަށް ހީގަނެވުނެވެ.
އެކަކު އަނެކަކަށް ޖެއްސުންކުރުމާއި، ސަމާސާ ކުރުމުގެ ތެރެއިން މުޅި ބަދިގެތެރެ ގުގުމައިގެން ދިޔައީ އެމީހުންގެ ހުނުމުގެ އަޑުންނެވެ. ޝިފްނާ ތެލީގެ މަތިނަގައި، މަޑުގިނީގައި ބިރިޔާނީ ކައްކަން ފެށުމާއިއެކު، އެއިން ދުވި މީރު ވަހުން މުޅި ޕެންޓްހައުސް ފުރިގެން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. އެ ވަސްޖެހުމާއިއެކު އެމީހުންގެ ބަނޑުހައިކަން އިތުރުވެގެން ދިޔައެވެ.
އިރުކޮޅެއްގެ ތެރޭގައި، ޗިކަން ބިރިޔާނީ ތަށިތަކަށް އަޅައި، ރައިތާއާއިއެކު މޭޒުމައްޗަށް އަތުރާލެވުނެވެ. ތިން މީހުން އެކުގައި މޭޒުދޮށުގައި އިށީނދެ، ވަރަށް މަޖާ މާހައުލެއްގައި މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ.
“ޝިފޫ… އަސްލުވެސް މީ އަހަރެން ކޭ އެންމެ މީރު ބިރިޔާނީ! ޝެފަކަށްވެސް އުޅެވިދާނެ” ޔޫލީ ސަމުސަލެއް އަނގައަށް ލަމުން ތައުރީފުކޮށްލިއެވެ.
“ހޫން ދެން ގޯނި ފުލަށް ނުލާ…. އެކަމަކު ތޭންކްސް!” ޝިފްނާ ބުނެލިއެވެ.
“ދެން މިހާރު ކައި ނިމުނީއެއްނު .. ހިނގާ ޕޫލަށް” މާހިން ތެދުވަމުން ބުނެލިއެވެ.
*****
އޮފީސް ބަންދު ދުވަހެއްކަމުން މާންގެ ވިސްނުން ހުރީ މިއަދު ހުޅުމާލޭގެ އޭނާގެ ޕެންޓްހައުސްއަށް ގޮސްލާ މާހިންއާއި ދިމާވެލާ ވާހަކަދައްކާލުމަށެވެ. އެހެންކަމުން އޭނާ ހުކުރު ނިންމާލުމަށްފަހު އިމްތިޔާޒުއާއިއެކު މެންދުރު ކެއުން ނިންމާލާ މިސްރާބުޖެހީ ހުޅުމާލެއަށެވެ.
ޕެންޓްހައުސްގެ ދޮރުގެ ޕާސްކޯޑު ޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. ގޭތެރެއަށް ވެރިވެފައިވަނީ މަޑުމައިތިރި ހަމަހިމޭންކަމެކެވެ.
މާން މަޑުމަޑުން ހިނގާފައި ގޮސް، ޓެރަސްއާއި ދިމާއަށް ނުކުންނަން ހުރި ބޮޑު ބިއްލޫރި ދޮރާއި ހަމައަށް ފޯރިއެވެ. ނަމަވެސް، އެ ދޮރުން ބޭރަށް ނަޒަރު ހިންގާލި ވަގުތު، މާންގެ ފިޔަވަޅުތައް މަޑުޖެހި ފައި ބިމުގައި ތަޅުލެވުނު ފަދައެވެ. އޭނާގެ ދެލޯ ބޮޑުވެ، މުޅި ހަށިގަނޑު ސިހިގެން ދިޔައެވެ.
އޭނާގެ ކުރިމަތީގައި، ޕޫލްގެ ފެންގަނޑު ތެރޭގައި ފެންނަން ހުރީ އޭނާގެ އަބިމީހާ ނޫން ދެވަނަ މީހެއްނޫނެވެ.
ޔޫލީ ލައިގެން ހުރީ ގަދަ ފިޔާތޮށިކުލައިގެ، ހަށިގަނޑަށް މުޅިން ހިފާލެވިފައިވާ ފްރިލްސް އެކްސް-ބެކް ސްވިމްސޫޓެކެވެ. އެ ހެދުމުގެ ސަބަބުން ޔޫލީގެ އުނަގަނޑުގެ ނަލަ ބައްޓަމާއި، ދޮންކަންގަދަ އަތްފައިގެ ރީތިކަން އިންތިހާއަށް ފާޅުވާން ހުއްޓެވެ. ފެނުގެ ތެރޭގައި ތެމިފައިވާ އެ ކުރު ރެޑިޝް-ބުރައުން އިސްތަށިގަނޑާއި، މޫނުމަތިން ފެންނަ މައުސޫމް ތާޒާކަން މާންގެ ނޭވާ ހުއްޓުވާލިއެވެ. އޭނާގެ އަމިއްލަ މިލްކިއްޔާތެއް ފަދަ އެ ރީތިކަން، އެހެން އެއްވެސް މީހަކަށް ފެންނާކަށް މާން ބޭނުމެއް ނޫނެވެ.
ނަމަވެސް، މާންގެ ދެލޮލުގައި އަލިފާން ކަނި ހިލުނީ ޔޫލީއާއިއެކު ފެންގަނޑުގައި ހުރި މީހާ ފެނުމުންނެވެ.
އެއީ މާހިންއެވެ. މާހިން ހުރީ ޔޫލީގެ އުނގަނޑުގައި ދެއަތުން ބާރަށް ހިފަހައްޓައި، އޭނާގެ ހަށިގަނޑު ފެންގަނޑުގެ މައްޗަށް އުފުލާދީގެންނެވެ. ދެމީހުންގެ ދެމެދުގައިވަނީ އިންތިހާ ގާތްކަމެކެވެ. ޔޫލީގެ މޫނު ވަނީ މާހިންގެ މޭމަތީގައި ޖެހޭނުޖެހޭހާ ކައިރީގައެވެ. ދެމީހުންގެ ހުނުމާއި، ސަމާސާގެ އަޑު ފެންގަނޑުގެ ތެރެއިން މާންގެ ކަންފަތަށް ފޯރިއެވެ.
އޭނާގެ މުޅި ދުނިޔެ ހުއްޓުނީ، އޭނާގެ އަންހެނުން، އޭނާގެ ކޮއްކޮގެ އަތުގެ ތެރޭގައި އެހާ ގާތުގައި، އެފަދަ ހެދުމެއްގައި ވަނިކޮށް ފެނުމުންނެވެ. މާން އަށް ދަތްކުނޑިވިކައިގަނެވުނެވެ. އަތުގެ މުށް ބާރުވެ، ނާރުތައް ފާޅުވާން ފެށިއެވެ. އޭނާގެ ދެލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއި، ހަސަދަވެރިކަމުގެ ނުރައްކާތެރި އަލިފާނެވެ. އޭނާގެ މުޅި ހަށިގަނޑުގެ ލޭ ކެކިގަތެވެ.
***ނުނިމޭ***
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




What a suprise hama foohivegen vadheli thanaa mi fenunee. It made my mood. And mi part varah reethi waiting for next part
Thank You for the lovely comment koklila modi.. thee hama wish ge loyal reader eh … ehenveema foohi kuruvaakah nuvaanethaa dho… mee hama kiyuntherinnah dhookohli hadhiyaa eh .. koklila modi ah mi part kamudhiyaaima varah ufaa vehje .. abadhuves unmeedhu kuran vaahaka kiyaalaafa thikahala loabi comment dheyne kamah… ☺️🥰
Wish mee hama loabi gandeh. By tge way wish kon atholheh i am from Addu
I am from kaafu atoll .. thank you koklila modi ☺️
oh my god! alhe yooly ah evves echeh rangalhah nyvisneythee kudakoh rulhi aadhevey eba😭😭 konme gotheh viyas meehegge wife ehge gothuga hure ulhenvaa gothaa noolhenvaa goiy miyah vure rangalhah engen vaane dho😭😭
anyways vaahaka hama habeys ingey! waiting for the next episode!!💕
Thank you for the comment Nayaa, yooly ah e kaaivenyaky aslu kaaivenyeh kamah adhi gabool nukureveny hen heevanee dho.. yooly ah adhi visneyne kahneynge .. yooly maa young vefa visnun thankolheh dhashy kamah ves vedhaane dho… konme gotheh viyas ehen ulheykah nuvaane thaa dho .. Next episode Thursday ga ingey 🤗☺️🥰🥰
Wowwwww. Mikala surprise dhineema haadha ufaavey.
Komme part akah comment nukurevenee. Ekam baraabarah kiyan ingey.
Dhuvas vejje dho falakge comment ves nulibi.
Ekam v slahi ingey ….
When next part?
Thank you for the lovely comment Falak… Falak nufehnathaa carah dhuvas vejje… ekamaku comment kohlyma varah ufaa vehje ingey .. mikahala surprise hama dhevey varakun dheynan ingey .. yagyn kamaa eku bunan neyngeyne Wish ves varah busy koh ulheythy … ekamakuves vee varakun surprise ves add kohlaanan ingey 🥰🥰🥰
Mihaaru haadha reechey vaahaka kuriyah mi gendhaa goi. Maahin alhe moya veetha fahari veemaves yooly aa dhuruvaakah masahkatheh nujurey
Thank You Nadhoo for the comment ❤️ Maahin ah ves nuvisneny adhives yooly akee ehen meehehge haggehkan dho… eki meehun loabi maana kuraany adhi haasil kuran masaiykaiy kuraany thafaathu koh thaa… hingaa balamaa dhen vaa gothehves.. 🥰🥰
maa koosani vanee story, dragging the same issue for so long try to change her thinking and behavior a little bit now
Thank you for the comment Anonymous. Character development takes time nu .. And Don’t loose hope in Yooly adhi ehah ingey… There is a lot of character changes in the upcoming parts.. And the story of Maan and Yooly has a lot of chapters to go through
maa koosani vanee story, dragging the same issue for so long try to change her thinking and behavior a little bit now
Thank you for the comment shh. Character development takes time nu .. And Don’t loose hope in Yooly adhi ehah ingey… There is a lot of character changes in the upcoming parts.. And the story of Maan and Yooly has a lot of chapters to go through
dhen varah avahah aneh part ves genes dhechchey… let maan and yuly have more time, instead of others
Thank you for the comment fury…. And next episode on Thursday
Ufaa vejje. A beautiful ache wrapped in words. Aneh bayah inthizaaru kuraanan.
Thank You for the comment BlackOrchid 🙂 Kiyuntherin ufaa vaa kamah vanyaa Wish ves varah ufaavaane .. Aneh bayah Inthizaaruga hurikan ingunyma ves hama varah happy.. And really really happy for the kind words … Aneh baaai Thursday ga ingey 🙂