ގުރާފުޅު – 2
ތަރީމް
އަތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓީގައި އިނގިލި ބީހިލުމާއެކު އަހަރެން އޭގެއަށް ބަލައިލައިފީމެވެ. އަނގޮއްޓި ނަގައި ބެޑް ސައިޑް ޓޭބަލް މަތީގައި ބޭއްވީ އެއަޅަން ބޭނުން ނުވުމުންނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވުމުން އަހަރެން ގޮސް ހުޅުވީމެވެ. ޔާސްމީން ހިނިތުންވެފައި އައިސް އަހަރެންގެ ގަޔާއި ކައިރި ކޮއްލައިފިއެވެ. ނަމަވެސް އޭގެއަށް ރައްދެއް އަހަރެންނަކަށް ނުދެވުނެވެ. ޔާސުއަށް އެކަން ފާހަގަވި ނަމަވެސް އެއްޗެކޭ އެއް ނުބުނެއެެވެ. ކޮޓަރިއަށް ވަންނަމުން އެކި ދިމަ ދިމާލަށް ބަލާލީ އާރާ ފެނޭތޯކަން ޔަޤީނެވެ. އެނދުގައި ނިދާފައި އޮތް އާރާ ފެނުމާއެކު
އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އެއީ އަހަރެންގެ ދަންނަ ދޮންތައެވެ. އެނދުގެ އަރިމަތީގައި އިށީނދެފައި އާރާގެ ކޮލުގައި ހިފައިލީ ވަރަށް ލޯބިންނެވެ. އަހަރެން ދޮރު ލައްޕާލާފައި އައިސް އިށީނީ އެނދުގެ އަނެއް ފަރާތުގައެވެ. ނާދިޔައްތަ އަޔަސް މައްޗަށް އަންނާކަށް ނުކެރޭނެކަން އަހަންނަށް އެނގެއެވެ. އެއީ އިއްބާން ބުނެފައިވާ ގޮތެވެ.
އަހަރެން މާލެ އައިފަހުން ދޮންތައާއި ބައްދަލު ކުރަން އެއްބސްވި މީ ފުރަތަމަ ފަހަރެވެ. އަހަރެން ދޮންތަދެކެ ރުޅިއެއް ނާދެއެވެ. ނަަމަވެސް ކަންތައްވީ ގޮތުން އުނދަގޫވަނީއެވެ. ދޮންތަގެ މޫނަށް ބަލަން އަހަރެން ހުރީ ޖެހިލުންވެ ހުރެއެވެ. އަނެއްކާވެސް އެރުޅި އަލުން އިއާދަ ވެދާނެ ހެއްޔެވެ. ދޮންތައަށް އިއްބާންއާއި އެއްގެއެއްގައި އެހެން އުޅެން ފަސޭހަވަނީ ކީއްވެ ހެއްޔެވެ.
“އިއްބާން އުޅެނީ އެގޭގަ އެއްނޫން…” ދޮންތަ އަދިވެސް އިނީ އާރާ
ގެ މޫނަށް ބަލާށެވެ.
“އަދިއަންއާ މަންމައާއި ދެމީހުން ހިތްހަމަ ނުޖެހޭތީ އިއްބާން ވަކިން ބަދަލުވީ.. އަހަރެން ނޫޅޭނަން އިއްބާން އުޅެންޏާއެއް… ތަރީއަށް އެކަން އެނގޭދޯ…” ޔާސު ކުރީ ސުވާލެކެވެ. އަހަރެން އެހުރި ގޮތަށް ހުރީއެވެ.
“ތަރީ އަދިވެސް ހީކުރަންތަ އެއީ އަހަރެން ކުރި ކަމެކޭ…. ލޯބި އަމް ނޮޓް ޔުއަރ އެނެމީ…” ޔާސު އަހަރެންނާއިވީ ފަޅިއަށް އަންނަމުން ބުނެލިއެވެ. އަހަރެންނަށް އެކަން ޤަބޫލު ކުރަން އުދަނގޫވަނީ ކީއްވެ ބާވައެވެ.
“އަހަރެން ގަނެފިން އެޕާރޓްމެންޓްއެއް… ހުޅުމާލެއިން… އަންނަ ހަފްތާ އެކޮޅަށް ބަދަލުވާން ކަމަށް…” އަހަރެން އެވާހަކަ ދައްކަން ބޭނުން ނުވުމުން ބުނީއެވެ.
“އެއީ ކީއްވެ؟ ތަރީއަށް ހުރި ގެ މަދީތަ؟..” ޔާސު ހިނިތުން ވަމުން ބުނެލިއެވެ. އެކަމަކު އެހިނިތުންވުން އެލޮލާއި ހަމައަކަށް ނުފޯރިއެވެ.
“މިއީ ޔާސުގެ ދޮންބެގެ ގެތަކެއްނު…” އަހަރެން ސަމާސާ ރާގަކަށް ބުނެލީމެވެ. ނަމަވެސް ޔާސްމީން އެއްޗެކޭއެއް ނުބުނިއެވެ.
“ތަރީ… ޔޫ ރޭން އަވޭ… ބައްޕައާ މަންމައާ ތަރީ ހޯދަން އުޅުނު ގޮތް އެނގޭތަ؟ އިއްބާން… އިހަށް އިއްބާން ބަހައްޓަމާ….” ޔާސު ސުވާލުތަށް ބަނޑުންވީ އެއްކޮށެވެ. އަހަރެންގެ މޫނަށް ފުރަތަމަ ފަހަރަށް ހިނިތުންވުމެއް ވެރިވީ ދެނެވެ. އެއީ އަހަރެން ދަންނަ ޔާސުއެވެ.
“އައި މިސްޑޫ ދޮންތާ…” އަހަރެން އައިސް ދޮންތަ ގައިގައި ބައްދާލަމުން ބުނެލީމެވެ. އެތަށް ދުވަހެއްގެ ނުތަނަވަސްކަން ފިލައި ދިޔަ ކހަލައެވެ. އަރުބެދިގެން ލޮލަށް ކަރުނަ ޖަމާވި އިރުވެސް ޔާސުގައިން އަހަރެން ދޫކޮށެއް ނުލަމެވެ. ވަރަށް ދުވަހުގެ ރުޅި ހީވީ އެއްކޮށް ފިލައިގެން ދިޔަހެންނެވެ.
“ޕްލީޒް ޓެލްމީ އަހަންނާއެކު ޕާރޓީއަށް ދާނަމޭ…” ޔާސު އެހެން ބުނެލުމުން އަހަރެން ބޯ ޖަހައިލީމެވެ. ދިއުމަކުން ގޯހެއް ނެތެވެ. ކޮން ޕާރޓީއެއް ކަމެއްވެސް ނޭނގެއެވެ.
“އާރާވެސް ގޮވައިގެންދޯ ދާނީ… އަހަރެން އިންނާނޭ ވަރަށް ރީތި ހެދުމެއް ގަނެފަ…” އަހަރެންނަކަށް މާގިނަ ވާހަކައެއް ނުދެއްކުނެވެ. ޔާސު އަހަރެން ވާހަކަ ދައްކާނެ ފުރުސަތެއް ނުދިނެވެ. ހުރިހާ ވާހަކައެއް ދައްކައި ނިންމާފައި އަމިއްލައަށް ނިކުމެގެން ދިޔައީ ޔާސުއެވެ. ވިއްސާރަކޮށް އޮތީމަ ކަމަށް ބުނެ ޔާސުއާއި އަދިއަން ނިކުމެގެން ހިނގައްޖެއެވެ.
ވާރޭގެ ކޮންމެ ތިއްކެއް ހީވަނީ ލަސްލަހުން ބިންމަތީގައި ޖެހޭ ހެންނެވެ. ފަހަރަކު ތިއްކެއް ވަކިވަކިން ޖެހޭ ހެންނެވެ. އަހަރެން ދެއަތުގައި ފިރުމާލީ ހީކަރުވައި ގަތީމައެވެ. އަހަރެންނަށް ވާރޭގައި ހުރިކަން އިހުސާސްވީ ދެނެވެ. ވަގުތުން ވަށައިގެން ހޯދާލައިފީމެވެ. އެއްވެސް މީހަކު މަގުގައި ފެންނާކަށް ނެތެވެ. އަަހަރެން މިތަނަށް އައީ ކިހިނެއް ހެއްޔެވެ. ހިތުގައި ބުނެދޭން ނޭނގޭ ހާޖާނު ގަނޑެއް އުފެދުނު އިރުވެސް އަހަަންނަކަށް ނޭނގުނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތީ ހިތުގައި ޖެހުނުލެއް ބޮޑުކަމުންނެވެ. ނަމަވެސް ސަބަބަކީ ކޮބައި ހެއްޔެވެ. އަހަރެން މަގުމަތީ ވާރެއާއި ތެމިގެން މިކުރަނީ ކީއްހެއްޔެވެ؟
“ގުރާ…” ކަންފަތު ބުޑުގައި އެއަޑު ޖެހުމާއެކު އަހަރެން ފަހަތަށް ބަލައިލައިފީމެވެ.
“ގުރާ… ލިސެން…” އަހަރެން ހަމަ ގައިމުވެސް މިމީހާއަށް އިތުބާރު ކުރަމެވެ. އެއަތުގައި އަހަރެން ހިފާލީ ހީކަރުވައިގަނެފައި ހުރީމައެވެ.
“ރޯކަށް ނުވާނެ… ބަލަ…” އެމީހާ އަހަރެންގެ ކޮލުގައި ދެއަތުން ހިފަހައްޓަމުން ނިތުގައި ތުންފަތް ޖައްސާލީ ލޯބިންނެވެ. އަހަރެންނަށް ރޮވެންފެށީ ދެނެވެ. މިވާރޭގައި މިވާ ފިންޏަށް ވުރެން ހިތުގައި އަޅަމުން މިދާ ވޭން ދެގުނައަށް ބޮޑެވެ. ކައިރީގައި ހުރި ބޮޑުގޭގެ ދޮރުގައި އެމީޙާ ބާރަށް ޖަހަމުން ދުވެފައި ދިޔައީ ދުރަށެވެ. އަހަރެންގެ މަންމަ ބަލައި ކަންނޭނގެއެވެ. ލައިގެން ހުރި ޓީޝާޓުގައި މެއާއި ދިމާލުން ހިފަމުން އަހަރެން ތިރިވީމެވެ.
“އިލިޔާސް…” ދޮރު ހުޅުވާލުމާއެކު އަންހެނެއްގެ އަޑު އައީ ނުހަނު ބާރަށެވެ. ވަގުތުން ކަންފަތް މަތީގައި އަހަރެން އަތް އަޅައިފީމެވެ. ގުގުރީގެ އަޑާއިއެކު އަހަންނަށް ނިދިން ހޭލެވިއްޖެއެވެ.
“ތަރީމް…” އަހަންނަށް ހޭލެވުނީ މަންމަގެ އަަޑަށެވެ. މަންމަ ދެލޯ ބޮޑު ކޮއްލައިގެން އަހަރެންގެ ކައިރީގައި ހުރިއިރު ދުރުދުރުން ވާރޭގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހެއެވެ.
“ދަރިފުޅުގެ އަޑު އިވިގެން މަންމަމެން މިއައީ…” ކައިރީގައި ބައްޕަ ހުރިކަން ރެއަކާލީ ދެނެވެ.
“ބައްޕައާއި މަންމަ މިފްލޯރއަށް ބަދަލުވަންތަ؟…” ބައްޕަ އަހަރެންގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އަހަރެން ނޫނެކޭ ބުނެ ބޯހޫރުވާލީމެވެ.
“ދަރިފުޅު ތައްޔާރުވެގެން ތިރިއަށް އަންނަންވީނު… މަންމަ ހުންނާނެ ތަރީމްގެ ފެވަރިޓް މަސްހުނި ހަދާފަ…” މަންމަގެ އެހެން ބުނެފައި ތިރިއަށް ހިނގައި ގަނެއްޖެއެވެ. އާރާ ގޮވައިގެން އަހަރެން ފޭބީ އޮފީސްގަޑި ޖެހޭތީއެވެ. ތިރިއަށް ފޭބުމާއެކު އަހަރެންގެ މޫޑު ސަކަރާތް ވެއްޖެއެވެ.
“ޔޫ ނޯ ރައިޓް…” ތޮލްހަތު އެހެން އަހާލަމުން އަހަރެން ބުމަ ކައިރި ކޮއްލީމެވެ. އެމޫނުން އަދިވެސް ކުރީގެ ރުޅި ފާޅުވާން ހުއްޓެެވެ.
“ކޮއްކޮ އެބަހުރި މާލޭގަ… އާރާވެސް… ” ޔާސު އެހެން ބުނުމާއެކު އަހަރެންގެ ހިތުގެ ވިންދު އަވަސްވީ އެހެނެއް ނޫނެވެ. އަަހަރެން އެއްޗެކޭ ނުބުނެވުނު ތާނގައި އެސްފިޔަވެސް ނުޖެހުނެވެ.
“އިއްބަ އަމް އާސްކިން ފޯ ދަ ލާސްޓް ޓައިމް… ކޮއްކޮދެކެ ލޯބިވޭތަ…” ދެންވެސް އަހަރެން އެއްޗެކޭ ނުބުނީމެވެ.
“އާރާ؟ އާރާއަކީ ކާކު…” ހިތުގައި އުފެދުނު ޝައްކާއި ހުރެ އަހަންނަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ.
“ވަޓް…” ތޮލްހަތު ތެދުވީ ރުޅި އައިސްފައެވެ. ޔާސު ވަގުތުން ތޮލް ކައިރީގައި އިށީނުމަށް ބުނެލިއެވެ.
“ޔުއަރ ބޭބީ… ކޮއްކޮ ނުބުނޭދޯ…” ޔާސު އެހެން ބުނުމާއެކު އަހަރެންގެ މެއަށް ދިޔައީ ފިނިވެެގެންނެވެ. އަހަރެން ހީކުރީ ތަރީމް ޔާސްމީންއާއި ހަސަދަވެރިވެގެން ދެއްކި ވާހަކައެއް ކަމަށެވެ .
3 އަހަރު ކުރި
އިއްބާން
ގޭޓު ހުޅުވާލުމާއެކު ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އެތެރެއަށް ވެދެގެންއައި އަންހެން ކުއްޖާއެވެ. ޔާސު ފެނުމާއެކު އަހަރެން ހިނިތުން ވެލީމެވެ. ނަމަވެސް އޭގެ ރައްދެއް އަހަންނަކަށް ނުއެއް ނުލިބުނެވެ. އެމޫނުން ފެންނަން ހުރީ ރުޅިވެރި ކަމެވެ. މިހާރު މިކަމަކަށް ދެއަހަރު ވަނީއެވެ. އަދިވެސް މިމީހުން ރުޅި މައިތިރިވާކަށް ނޫޅެއެވެ. އަހަރެން ޔާސުގެ އޮފީހަށް ވަނުމާއެކު އެތެރެއިން ތޮލްވެސް އައިސްފިއެވެ. މިވީ ތިންއަހަރު ދުވަހު ނުދެއްކި ވާހަކައެއް ދެން ދެއްކުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. އަހަރެން ފޯނު ރިންގް ވެލުމާއެކު އޭގެއަށް ނަޒަރު ހިންގާލީމެވެ. ޝަހީދުގެ ނަން ފެނުމާއެކު އަހަރެން މޫޑު ސަކަރާތް ވެއްޖެއެވެ. ތިން މީހުން މޭޒު ކައިރީގައި އިށީނުމަށްފަހު އެކަކު އަނެކަކުގެ މޫނަށް ބެލުން ނޫން ކަމެއް ނުކުރިއެވެ.
އިރު އެރުމާއެކު އަހަރެން ނިކުތީ ބޭރަށެވެ. ޝާހިދު އަންނަ ވާހަކަ ބުނީއްސުރެ އަހަރެންގެ މޫޑު ހިނގައްޖެއެވެ. އަހަންނަށް މިކަން އެކަނިވެސް ވެދާނެއެވެ. ބެލްކަނީގައި އަތް އަޅުވާލައިގެން އަހަރެން ހުރީ ފޯނަށް ބަލާށެވެ. މަންމަ ކޮޓަރީގައި އަހަރެން މަޑު ކޮއްލައިގެން ހުރީ މަންމަގ ެއެދުމުގެ މަތިންނެެވެ. އެބަ އަންނަމޭ ކިޔާފައި ދިޔަ މީހާ އަދިވެސް ނާދެއެެވެ. އަހަރެންގެ ނަޒަރު ދަތުރު ކޮއްލީ ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެންއައި ތަރީމްއަށެވެ. ކޮޓަރިއަށް ވަދެ ވަށައިގެން ނަޒަރު ހިންގާލުމަށްފަހު އަނެއްކާވެސް ދޮރާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ.
“ހައި..” އަހަރެން އަވަހަށް ކޮޓަރިއަށް ވަންނަމުން ބުނެލީމެވެ. ތަރީމް ދެލޯ ބޮޑު ކޮއްލަމުން ބޯޖަހާލީއެެވެ.
“މިތާ ކީއް ކުރަނީ…” ތަރީމްގެ ހާސްވަމުން ދިޔަ މޫނަށް ބަލާލަމުން އަހަރެން ބުނެލީމެވެ.
“ދައްތަ ބުނި މަތީގައ ހުންނާނޭ އެއްޗެއް ތިރިއަށް ގެންނާށޭ…” ތަރީމް އެހެން ބުނުމާއެކު އަހަރެންނަށް ހިނިތުން ވެވިއްޖެއެވެ. މަންމަ އެބުނީ އަހަރެންގެ ވާހަކައެވެ. މަންމައަށް ހަމަ ޔަޤީނުންވެސް އަހަރެން ތަރީމްއަށް ބަލާކަން ފާހަގަ ވެއްޖެއެވެ.
“އޯ.ކޭ ލެޓްސް ގޯ…” ދޮރާއި ދިމާލަށް ހިނގައި ގަންނަމުން އަހަރެން ބުނެލީމެެވެ. ނަމަވެސް ތަރީމް ހޯދަންފެށީ ކޮޓަރިތެެރެއެވެ. އެއްޗެއް ހުރިތޯ އަދި އެއްފަހަރު ބަލަނީ ކަންނޭނގެއެވެ. ހުރިހައި ކަމެއްވެސް ކުރުން އޮތީ އަވަހަށެވެ. އަހަރެން ކޮޓަރީގެ ދޮރު ޖެހިއަޑާއެކު ތަރީމް ދިޔައީ ފުންމައިގެންނެވެ. އެމޫނުން އިތުރަށް ހާސްކަން ފާޅުވެގެން ދިއުމާއެކު އަހަރެން ކުޑަކޮށް ދެރަވެސް ވިއެވެ.
“ވަޔާއެކު ދޮރު ޖެހުނީ..” ދޮގު ހަނދަން ބޭނުން ނުވި ނަަމަވެސް އަަހަރެން އަވަހަށް ބުނެލީމެވެ. ތަރީމް އަވަހަށް ބޯ ޖަހާލަމުން ދޮރު ހުޅުވާލައިފިއެެވެ.
“ދަރިފުޅު…” އިލިޔާސްބޭގެ އަޑު އިވުމާއެކު ބޭއިޙްތިޔާރުގައި އަހަންނަށް ޖެހެވުނީ ދޮރުގެ ފަހަތަށެވެ. އެކަމަކު މިއީވެސް ރަނގަޅު ގޮތެއް ނޫނެވެ. އަހަރެންގެ ތަރީމްގެ ފަހަތުން ދޮރާއި ކައިރިއަށް ޖެހިލީމެވެ.
“ދަރިފުޅު ދޮރު ލައްޕައޮގެން މިތާ…”
“ވަޔާއެކު ދޮރު ޖެހުނީ… ކާން ބަލާ ތަރީމްއައީ…” އަހަރެން ތަރީމްއަށްވުރެ ކުރިން ބުނެލީމެވެ. އެމޫނުން އަދިވެސް އެހާސްކަން ފިލައި ނުދެއެވެ.
“ހޫމް…” އިލިޔާސްބެ އެހެން ބުނުމާއެކު ތަރީމް އަހަންނަށް ބަލައިލީ ފާޑަށެވެ. އަހަރެން ހިނިތުން ވެލީ ހިތުގައި ކުރެހެމުްނ ދިޔަ މަގުސަދުގެ ބޭނުމުގައެވެ.
“އިއްބާން…” ތަރީގެ ފަހަތުން ހިނގައިގަތުމާއެކު އިލިޔާސްބެ އަހަންނަށް ގޮވާލައިފިއެވެ. ޝަހީދު ހުރި ގެސްޓް ހައިސްއާއި ހަމައަށް ދެވުނުއިރު އަހަރެން ހުރީ ދެވަރުން އެއްވަރު ވެފައެވެ. ބޭރުގައި ހުރެ ފޯނުން ގުޅަލަމުން އަހަރެން ހިނގައިގަތީ ދުރަށެވެ. ދެވަނަ ފަންގިފިލާއިން ނިކުމެ ޝާހިދުވެސް ފޯނު ނަގައި ހުރިހައި ކަމެއްގެ އަޕްޑޭޓްސް އަހައިލިއެވެ.
“ހަމަ ޔަޤީންތަ މިކުއްޖާކަން… އަބަދު ބިރު ގަނެފަ އޭނަ އިންނަނީ……” އަހަރެން ހިތްހަމަ ނުގެހިފައި ބުނެލީމެވެ. ނިތުގައި އިނގިލިތަަށް ޖެހުމާއެކު އަހަރެން އަވަހަކަށް ބުނެލީމެވެ.
“އަހަންނަށް ނޭނގޭ އެއްޗަކީ އެމީހުން މިހެން ރަށެއްގައި އުޅެން ޖެހޭ ސަބަބެއް… އެނގޭތަ އިލްޔާސްއަކީ ކާކުކަން…” އަހަރެން ޝާހިދަށް ބަލާލަމުން ހިނގައިގަތީ ދުރަށެވެ.
“ޔެސް… އަހަރެންވެސް ވަރަށް ހައިރާންވާ ކަމެއް ތީ… އެހައި މުއްސަނދި ބައެއް ކީއްވެބާއޭ މާލޭގަ ދިރިއުޅެން ބޭނުން ނުވަނީ..” ފޯނު ކަންފަތާއި އަހަރެން ވަކިކޮެއްލީ ދުރުން އައި ތަރީމް ފެނުމުންނެވެ. އެކޮލަށް އެޅިފައުވާ އަޑިކޮޅަށް އަހަރެން ބަލާލީމެވެ. އިންސާނަކު މިހައި ރީތި ވެދާނޭ ދުވަހަކުވެސް އަހަރެން ހިއެއް ނުކުރަމެވެ. ޒައިދާންއާއި ވާހަކަ ދައްކަމުން އައި ތަރީމްގެ މޫނުން ހިނިތުންވުން ފިލައިގެން ދިޔައީ އަހަރެން އެފުމުންނެވެ. ވަގުތުން ތަރީމް އިސްޖެހީއެެވެ. މިހައި ދުރުންވެސް އެދިގު އެސްފިޔަތަށް އަހަންނަށް ފާހަގަ ވިއެވެ. ބޭއިޙްތިޔާރުގައި އަހަންނަށް ހިނިތުންވެވުނީ އެމަންޒަރު ފެނުމުންނެވެ. މިކުއްޖާއަކީ ކާކުކަން އޭނާއަށް ހުދު އެނގޭ ބާވައެވެ.
ރޭވިއިރުވެސް އަހަރެން ހުރީ ފައިލްތައް ހާވާށެވެ. ވާރޭއަށް ނަޒަރު ހުއްޓާލައިގެން އަަހަރެން ހުރީމެވެ. ހިތުގައިވީ އެންމެ ބަހެކެވެ. ގުރާފުޅެެވެ. ގުރާފުޅަށް ގުރާފުޅުގެ ހަޤީޤަތް އެނގޭނަަމަ އެހެން އުޅެވޭނެބާއެވެ. ފައިލް ދަބަހުގެ އަޑިއަށް ލަމުން އަހަރެން ނިކުތީ ބޭރަށެވެ. މި ކޭހަކީ ރާއްޖޭގެ ދެވަނަ ސީރިއަލް ކިލަރގެ ކޭހެވެ. އަހަންނަށް މިކަން ވާނެބާވައެވެ. ހިތުގައި އޮތީ އެންމެ ސުވާލެކެވެ. މިކަމުން މި ގެއްލުން ދެވެނީ މައުސޫމަަކަށެވެ. ނަމަވެސް މިކަން ނުކޮށް އެމީހާ އެނގޭނެ ގޮތެއްވެސް ނެތެވެ.
ހެނދުނު ހެނދުނާއި އަހަރެން ސިޓިން ރޫމަށް ނިކުމެފީމެވެ. ކޮޓަރީގެ ދޮރު ލެއްޕުނު އަޑާއިއެކު ސިޓިންރޫމުގައި ތިބި ޔާސު އާއި ދޮންބެ ދިޔައީ ސިއްސައިގެންނެވެ. އަންނަން ނުޖެހޭ ތަނަކަށް އާދެވުނު ކަމުގެ އިހުސާސު ވުމާއެކު އަހަރެން އަވަހާއި އެތަނުން ނިކުންނަން ހިނގައިގަނެފީމެވެ. ޔާސުގެ ކޮލަށް އަރާފައިވަ ރަތްކުލަ މިހައި ހިސާބުންވެސް ފެނެއެެވެ. އިސްޖަހއިގެން ހުރެ އަހަރެން ނިކުތީ އެހެންވެއެވެ. ދޮންބެ އެހެން އަންހެން ކުއްޖެއް ގޮވައިގެން އުޅުނު ތަނެއް ނުދެކެމެވެ. ބޭރު ދޮރު ކައިރީގައި ތަރީމްހުރީ މަގުގެ ދެކޮޅު ބަލާށެވެ. ހީވަނީ މީހަކު އައުސްފާނެތީ ހުރިހެންނެވެ. އަހަރެން ފެނުމާއެކު ދެލޯ ބޮޑު ކޮއްލަމުން ދުރަށް ޖެހިލައިފިއެވެ. ދޮރުކަނީގައި ލެގިލަމުން އަހަރެން މަޑުކުރީ ތަރީމް ހަދާގޮތެއް ބަލާށެވެ. އިސްއޮބާލައިގެން އަދިވެސް އެހުރި ގޮތަށް ހުރީއެވެ. ހަމަޔަޤީނުންވެސް ތަރީމް މިހުރީ މީހަކު އަދޭތޯ ބަލާށެވެ. ރޭގައި ޝާހިދު ދެއްކި ވާހަކަ މަތިން ހަނދާން ވުމުން އަހަރެން އެ މައުސޫމު މޫނަށް ބަލާލީމެވެ. ޔާސު ބުނި ގޮތުން ވިއްޔާ ތަރީމްއަށް އަދި ކިރިޔާ 18 އަހަރު މިވީއެވެ.
“ތަރީމް..” އަހަރެން ދަމާލަމުން ގޮވާލީމެވެ. ތަރީމް އަހަރެންގެ މޫނަށް ބަލާލައިފިއެވެ. އެކަމަކު ޖެހިލުންވެ ހުރެއެވެ.
“ޔާސު މަތީގަ ބަހައްޓައިގެން ފާރައަށްތަ ތިހުރީ…” އެރަންކުލައިގެން އިސްތަށިގަނޑަށް ބަލާލަމުން އަހަރެން ބުނެލީއެވެ.
“އިލްޔާސްބެ ޑަޒަންޓް ހޭވް ރެޑް ހެއަރ… އޯރ ޔުއަރ އައި ކަލަރ…” ތަރީމް އެއްޗެއް ބުނުމުގެ ކުރިން އަނެއްކާވެސް އަހަރެން އަހާލީމެވެ. އެލޮލުން ހިތާމައިގެ އަޗަރު ފުރަތަމަ ފަހަރަށް އަހަންނަށް ފެނުނެވެ. މިއީވެސް ދުނިއެވެ.
“އަޅުގަނޑު… ބައްޕަ އަޅުގަނޑު…” ތަރީމްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މަންމައާއި ސަހިންތަ އައިސް ދޮރު މައްޗަށް އަރައިފިއެވެ. އަހަންނާއި ތަރީމްތިބިލެއް ކައިރި ކަމުން ސަހިންތަ ފުރަތަމަވެސް ބަލާލީ އަހަރެމެން ދެމީހުންގެ މޫނަށެވެ. އަހަރެން ކަރު ކެހިލަމުން ދުރަށް ޖެހިލީމެވެ. ޝާހިދު ބުނީ ކޮންމެ ގޮތަކުންވެސް ތަރީމްއާއި ކައިރީގައި ހުންނަން ނޫންހެއްޔެވެ. ކައިރީގައި ހުރެވޭނެ އޮތީ އެންމެ ގޮތެކެެވެ. ކިތަންމެ ބޭނުންވާ ކަންތައްތަވެސް ބައެއް ފަހަރު ދޫކޮށްލަން މަޖުބޫރު ވާ ފަހަރު އާދެއެވެ. އަހަންނާއި ޝާހިދު ދިމާވާން މިރޭ ނިންމީ ގެއިންނެވެ. މަންމަމެނާއި ކުރިން ޝާހިދު ބައްދަލު ވެފައި ހުރުމުން އޮފީހު ކުއްޖެއްކަން އެނގޭނެއެވެ. އަހަރެން ޝާހިދަށް މެސެޖް ކޮއްލަމުން މިރޭގައި ގެއަށް އައުމަށް ބުނެލީމެވެ.
އިރުއޮއްސުމާއެކު ވާރޭ ވެހެން ފަށައިފިއެވެ. ކުޑަދޮރުން ބޭރަށް އަހަރެން ބަލައިލީ ވިދާލުމުންނެވެ. ޖެހިގެން ހުރި ޔާސްމީންގެ ބައި ހުރީ ދިއްލާފައެވެ. އަހަރެން އެބަޔަށް ބަލައިލީމެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އަހަރެން މަޑުމަޑުން ގޮސް ތަރީމް މެންގެ ބަޔަށް އެރުނީ ވަރަށް ސިއްރުންނެވެ. އެމް.އެން.ޑީ.އެފް ޓްރެއިނިންގް ހެދުނީތީ މިހާރު އެބަ ޝުކުރު ވެރިވާން ޖެހެއެވެ. އަހަރެން ތަރީމް ކޮޓަރީގެ ދޮރުގައި ހިފިއިރު ހުރީ ތަޅު ހުޅުވާފައެވެ. ހައިރާންވާހާވެއެވެ. ބޮޑު ކުއްޖެއް ކޮޓަރި ތަޅު ހުޅުވައިގެން ނިދަނީ ކިހިނެއް ހެއްޔެވެ. އަހަރެން އަޑެއްވެސް ނީވޭހައި މަޑުން އެތެރެއަށް ވަނީމެވެ. އެނދު ކައިރީގައި މަޑޫކޮއްލަމުން އަހަރެން ތަރީމްގެ މޫނަށް ބަލާލީމެވެ.
“އަމް ސޮރީ ތަރީމް…” އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އިތުރުގޮތެއް އޮތްނަމަ މިގޮތެއް ނުނިންމާނައެވެ. އަހަރެން ލައިގެން ހުރި ޓީޝާޓު ގަޔާއި ވަކިކޮއްލަމުން ތަރީމް އޮތް ފަރާތްނޫން އަނެއް ފަރާތުގައި އޮށޯވެލީމެވެ. އަހަރެން މަޑުމަޑުން ތަރީމް އޮތް ދިމާލަށް ބަލާލީމެވެ. އަހަންނަށް މާފުކުރާށެވެ. ހުރިހައި ކަމަކަށް ނިމުން ގެނެވޭނީ މިގޮތުންނެވެ. މިނޫން އެހެން ގޮތެއް ނެތެވެ. އެެހެން އޮއްވައި އަހަންނަށް ނިދި ޖެހުނު އިރެއްވެސް ނޭނގެއެވެ.
ނުނިމޭ
One Comment
Comments are closed.

Love it