Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގުރާފުޅު – 3

Flamingo Level 1
August 17, 2026 8 Mins Read
0 Comments

“އަމް ސޮރީ ތަރީމް…” އަހަރެން ފުން ނޭވާއެއް ދޫކޮށްލީމެވެ. އިތުރުގޮތެއް އޮތްނަމަ މިގޮތެއް ނުނިންމާނައެވެ. އަހަރެން ލައިގެން ހުރި ޓީޝާޓު ގަޔާއި ވަކިކޮއްލަމުން ތަރީމް އޮތް ފަރާތްނޫން އަނެއް ފަރާތުގައި އޮށޯވެލީމެވެ. އަހަރެން މަޑުމަޑުން ތަރީމް އޮތް ދިމާލަށް ބަލާލީމެވެ. އަހަންނަށް މާފުކުރާށެވެ. ހުރިހައި ކަމަކަށް ނިމުން ގެނެވޭނީ މިގޮތުންނެވެ. މިނޫން އެހެން ގޮތެއް ނެތެވެ. އެެހެން އޮއްވައި އަހަންނަށް ނިދި ޖެހުނު އިރެއްވެސް ނޭނގެއެވެ.

“ތަރީމް.. ތަރީ…” އަހަންނަށް ހޭލެވުނީ އިލްޔާސްބޭގެ އަޑަށެެވެ. އޭރު ތަރީވެސް ސިއްސައިގެން ގޮސް ތެދުވަނީއވެެ. އަހަންނަށް ޓީޝާޓް ފެނުނު ނަމަވެސް ތެދުވީ ނުލައެވެ. ގަސްތުގައެވެ. އަހަރެން ފެނުމުން ތަރީމް ބުމަކައިރި ކޮއްލީ މިވަނީ ކިހިނެއްކަމެއް ނޭނގުނީމައެވެ.

“ތަރީމް.. މީ ކޮންކަމެއް؟…” އިލިޔާސްބެ މިފަހަރު އެހެން ބުނިއިރު އަޑުގައި ތުރުތުރު ލުމެއް އެބަހުއްޓެވެ. ތަރީމްގެ އަދިވެސް އަހަރެންނަށް ބަލަހައްޓައިގެން ހުރީ ސުވާލުން ފުރިގެންވި ނަޒަރަކުންނެވެ. އަހަރެންގެ މޫނަށް ވެރިވީ ހިނިތުންވުމެކެވެ. ލޮލުގެ ކޮޅުން އިލިޔާސްބެ ތަރީމްއާއި ދިމާލަށް އަންނަތަން ފެނުނީ ދެނެވެ.

“ނޫން…” ތަރީމްއާއި އިލިޔާސްބެއާއި ދޭތެރެއަށް ވަންނަމުން އަހަރެން ބުނެލީމެވެ. އެނދުގައި އޮތް ޓީޝާޓިގައި ބޮލަށް މަހާލީ ދޮރުން ސަހިންތަ ވަންތަން ފެނުނީމައެވެ. އަހަރެންގެ މަންމަވެސް މެއެވެ. އަހަރެން ފަހަތަށް އެނބުރި ތަރީމްއަށް ބަލާލީމެވެ. އެދެލޮލުގައި ވިދަމުންދިޔަ ކަރުނަތަށް ފެނުމުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ތަދެއް އިހްސާސްވިއެވެ.

“ތަރީ…” ސަހިންތަ އައިސް ތަރީމް ކައިރީގައި މަޑުކޮއްލަމުން ބަލައިލީ އެމޫނަށެވެ.

“އިއްބާން… އަހަރުމެންމީ ކުޑަ ކުދިންނެއް ނޫން.. ތަރީމްއާއި އިންނަން ބޭނުންނަމަ ރީތިކޮށް ބުނާނީ… މީ ހަޑި ގޮތެއްނު…” އިލިޔާސްބެ އަހަރެންގެ ލޮލަށް ބަލާލަމުން ބުނެލިއެވެ. މިހާރު އިލިޔާސްބެ އެއްވެސް ވަރަކަށް ތަރީމްއަކަށް ނުބަލައެވެ.

“އަޅުގަނޑު ބޭނުން ތަރީމްއާއި ކައިވެނި ކުރަން….” ފުރުސަތުގެ ބޭނުން ހިފަމުން އަހަރެން ބުނެލީމެވެ.

“ބައްޕާ… އަޅުގަނޑު”

“ނޫން…” ޝަހާދަ އިނގިލި ތަރީމްއާއި ދިމާލަށް އިލިޔާސްބެ ދިއްކުރިއިރުވެސް އިލިޔާސްބެ ތުރުތުރު އަޅައެވެ. އަހަރެން ކުޑަކޮށް ބިރުވެސް ގަތެެވެ.

“އަހަންނަށް ބައެއް  ފަހަރު އޮޅެނީ… ޔާސްމީންއާއި ތަރީމްގެ ތަފާތު… އަމިއްލަ ލޭ މިހިނެއް ނޫޅޭނެ…” އިލިޔާސްބެ އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. އަހަރެން ތަރީމްގެ މޫނަށް ބަލާލީމެވެ. މިވާގޮތެއް ނޭނގިހުރި ތަރީމްގެ މޫނުން މިހާރު ފެންނަން ހުރީ ހިތާމަވެރި ކަމެވެ. މަންމަ އަހަރެންގެ އަތުގައި ހިފައިގެން ކޮޓަރިން ނެރުނީ މިވެގެން އުޅޭ ގޮތެއް ބަލާށެވެ.

“އާ.. މަންމާ..” މަންމަގެ އަތް އަހަރެންގެ ކަންފަތުން ވަކިވުމުން އަަހަރެން އެމޫނަށް ބަލާލީމެވެ.

“އިއްބާ… މަންމަ ބުނިން ދޯ ތަރީމް އެއް ނޫނޭ…” ނުރުހުންވީ ވަރުން އަހަރެން ހައިރާންވިއެވެ. އަހަރެން ބުމަ ކައިރި ކޮއްލަމުން މައްސަލައަކީ ކޮބާތޯ ބަލައިލީމެވެ. މަންމަ ޖަވާބެއް ނުދިނެވެ. މަންމަ ދިޔައީ އިލިޔާސްބޭގެ އަޑު ހުރި ދިމާލަށެވެ. އަހަރެން ނިތުގައި އަތް އުނގުޅާލީމެވެ.

ޖެހިގެން އައި ހަފްތާއިގައި އަހަރެން ތަރީމް ފެންނަ ހިސާބަށްވެސް ނުދަމެވެ. ހަޤީޤަތުގައި އެދުވަހު ހެނދުނު އިލިޔާސްބެ ބުނި ވާހަކަ އަހަންނަށް ފަހުމްވީ ފަހުންނެވެ. ތަރީމްއަކީ އިލިޔާސްބޭގެ ދަރިއެއް ނޫނެވެ. މަންމަވެސް ލަދުން ސަހިންތަ މެންގެއަށް ނުދާ ވާހަކަ ދުވާލަކު ދެފަހަރަކު ބުނެއެވެ. ކައިވެނީގެ ވާހަކަ އެދުވަހު ދެކެވުނު ފަހުން އިތުރަކަށް ނުދެކެވެއެވެ. އަހަރެން ބޭނުންވަނީ ތަރީމް ގޮވައިގެން މާލެ ދާށެވެ. އަހަރެން ބޭނުންވާ ނަތީޖާ ފެންނާނީ އޭރުންނެވެ. ކޮޓަރީގައި ޓަކި ދިނުމުން އަހަރެން ދޮރު ހުޅުވީމެެވެ. ކުރިމަތިން ތަރީމްއާއި ޔާސު ފެނުމުން ކުޑަކޮށް ހައިރާންވެސް ވެއްޖެއެވެ.

“އިއްބަ…” ޔާސު ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައެވެ.

“ޔެސް..” އަހަރެން ހިނިތުންވަމުން ބުނެލީމެވެ. ޔާސްމީން އަދިވެސް ހުރީ ރުޅި އައިސްފައެވެ. ތަރީމް އިސް އުފުލައި ބަލާވެސް ނުލައެވެ. އެމޫނުމަތިން ހިނިތުންވުން ފިލަިއގެނ ްދިޔަ ކަހަލައެވެ.

“އިއްބަ ކީއްވެ ކޮއްކޮ ކޮޓަރިއަށްވަނީ.. އެނގޭދޯ ބައްޕަ ކޮއްކޮގެ ކައިވެނީގެ ކަންތައް ނިންމަނީކަން…” އަހަރެން  ތަރީމްގެ މޫނަށް ބަލާލީމެވެ. އެހެން ބުނުމުން އަހަރެން ތަރީމްގެ މޫނަށް ބަލައިލީމެވެ. މިހާރު ތަރީމްހުރީ އަހަރެންގެ މޫނަށް ބަލާށެވެ.

“ކެން ޔު ގިވް އަސް ސަމް ޓައިމް…” އަހަރެން ތަރީމްއަށް ބަލާލަމުން ބުނެލީމެވެ. ޔާސު ތުންފިއްތާލު ނަމަވެސް ބޭރަށް ހިނގައްޖެއެވެ. އަހަރެން ދޮރު ކައިރި ކުރުމާއިއެކު ތަރީމް ދުރަށް ޖެހިލައިފިއެވެ.

“ވައި…” އަހަރެން ލޮލަށް ބަލައި ލަމުން ތަރީމް ބުނެލީ އެހެންނެވެ.

“އައި ތިންކް ޔޫ ނޯ ވައި…” އަހަރެން  ބުނެލީމެވެ. ތަރީމް އަދިވެސް ހުރީ އަހަންނަށް ބަލާށެވެ. ހީވަނީ ވާހަކައެއް ބުނަންބޭނުންވެ ނުބުނެވިގެން އުޅޭހެންނެެވެ.

“އަޅުގަނޑު އަދި 18….” ތަރީމް އިސްޖަހާލީ ވާހަކަ ކުރިއަށް ނުގެންދެވުމުންނެވެ. އަހަރެން ތަރީމެގް ދަތްދޮޅީގައި ހިފައި މައްޗަށް ނެގީ އަހަންނާއި ހަތަރުކަޅި ހަމަ ކުރަން ބޭނުން ނުވާކަން އެނގުނީމައެވެ.

“ޔާސު އެބުނީ ތަރީމްގެ ކައިވެނީގެ ކަންތައް ނިންމަނީއޭ… ސުވާލަކީ ކާކުއާހޭ ތަރީމް އިންނަން ތިއުޅެނީ…” އަހަރެން ރަނގަޅަށް އެހެން ނުބުނެވިގެން އުޅެނިކޮށް ތަރީމް ދުރަށް ޖެހިލައިފިއެވެ.

“މިގޭމެއް ނޫން އިއްބާން… މީ އަހަރެންގެ ދިރިއުޅުން…” އަހަރެންގެ ލޮލަށް ސީދާ ބަލާލަމުން ތަރީމް ބުނެލީ ރުޅިއައިސްފައެވެ. އަހަރެން ވަކި ގޭމެއް ކުޅެން އުޅޭހެއްޔެވެ. އަދި ގޭމު ކުޅުން އޮތީއެވެ.

“ތަރީމް ލައިކް ވިއަސް ނުވިޔަސް ތަރީމް އިންނަން ޖެހޭނީ އަހަންނާ… އެކަމަށް ތަރީމް އެހައި ރުޅި އަންނަންޏާ މާފު ކުރޭ…..” އަހަރެން އެހެން ބުނެފައި ނިކުމެގެން ދިޔައީއެވެ. އިތުރަށް އަހަރެން ދައްކާނެ ވާހަކައެއް އެބައޮތް ހެއްޔެެވެ.

ތަރީމް 3 އަހަރު ކުރި

އަހަރެން ސިޓިންރޫމުގައި ދެކޮޅަށް ހިނގަމުން ދިޔައީ ބައްޕައާއި ވާހަކަ ދައްކާނެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ. އަހަރެން ބޭނުންވީ ބައްޕައަށް ކިޔައި ދޭށެވެ. އަހަންނާއި އިއްބާންއާއި ދެމެދު އެއްވެސް ގުޅުމެއް ނެތެވެ. އެރޭގައި އިއްބާން އަހަރެންގެ ކޮޓަރިއަށް ވަނީ ކިހިނެއް ކަމެއްވެސް އަހަންނަށް އިނގެނީއެއް ނޫެނެވެ. މަންމައާއި އަހަރެން ވާހަކަ ދެއްކި ނަމަވެސް މަންމަ ބުނީ އެންމެ ރަނގަޅު ގޮތަކަށް ވާނީ ބައްޕައާއި ވާހަކަ ދެއްކުން ކަމެވެ. މިވީ ދެހަފްތާގައި ގެ ތައްޔާރުކޮށް ރަންކިޔައި ހުރިހައި ކަމެއް ކުރިއިރު އަހަންނާއި ޖެހުނީ ހަމައެކަނި ފޯމެއްގައި ސޮއި ކުރާށެވެ. އިއްބާންވެސް ހުދު އަހަރެންގެ ކުރިމައްޗަކަށް ނާދެއެވެ. ފޯނު ރިންގްވާން ފެށުމުން އަހަރެން އެއަށް ބަލާލީމެވެ. ދާނިޔަލް ގެ ނަން ފެނުމުން އަހަރެން ހިނިތުން ވެލީމެވެ. ބައްޕަވެސް ގޭގެ ދޮރު ހުޅުވާލީ އެވަގުތު ގައެވެ. ފަހަތުން ދޮންބެވެސް ވަގެން އައިސް އަހަރެން ގަޔާއި ކައިރިކޮއްލީ އުފަލުންނެވެ.

ބައްޕަގެ މޫނަށް އަހަރެން ބަލަމުން ދިޔައީ ވާހަކަ ދައްކަން ބޭނުން ވެފައި ހުރުމުންނެވެ. ނަމަވެސް ޕާޓީގެ ކަންކަމުގައި އުޅޭ މީހުންނާއި ވާހަކަ ދެއްކުން ނޫންކަމެއް ބައްޕަ ނުކުރެއެވެ. އަހަރެން މިތާނގައި ހުރިހެނެއްވެސް ބައްޕައަށް ހީނުވާ ކަހަލައެވެ. ސިޑިން މައްޗަށް އަރަންދިޔަ ބައްޕަގެ އަތުގައި އަހަރެން ހިފާލީމެވެ. ދޮންބެވެސް ދަބަސް ކޮޓަރީގައި ބަހައްޓާފައި ތިރިއަށް އޭރު އަންނަނީއެވެ.

“ބައްޕާ އަޅުގަނޑު….”

“އަހަންނަކީ ތަރީމްގެ ބައްޕައެއް ނޫން.. ތަރީމްގެ ބައްޕަ ތަރީމްގެ ވަލީ ކޯޓާއި ހަވާލު ކޮއްފި…” އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން ބައްޕަ ބުނެލައިފިއެވެ. އޭރުވެސް ބައްޕަހުރީ ދުރަށް ބަލާށެވެ.

“ބައްޕާ.. އަޅުގަނޑަށް ނޭނގެ އިއްބާން އަހަރެންގެ ކޮޓަރިއަށްވަނީ ކިހިނެއް ކަމެއް…” އަހަރެން ދޮންބެއާއި ދިމާލަށް ބަލާލީ އާދޭސް ކުރާކަހަލަގެ ގޮތެއްގައެވެ.

“ދެން ތަރީމް ބުނަންވީ އިއްބާން އެއްޗެހި ނުލާވެސް ހުރިކަމެއް ތަރީމްއަކަށް ނޭނގެއޭ…” ބައްޕަ މިފަހަރު އަހަރެންގެ މޫނަށް ބަލާލައިފިއެވެ. ވަގުތުން އަހަރެން މޫނަށް ހީވީ އައްސި ވެގެން ދިޔަހެންނެވެ. ލަދުން ބުނާނެ އެއްޗެއް އަހަންނަށް ނޭނގުނެވެ. އަހަރެން ބައްޕައަށް ބުނެދޭނީ ކިހިނެއް ހެއްޔެވެ.

“ބައްޕާ ކޮއްކޮ ދައްކާ ވާހަކަ އަޑު އަހާލަން ވީނު…” ދޮންބެ އަހަރެންގެ ބޮލުގައި އަތް ބާއްވަމުން ބައްޕައާއި ދިމާލަށް ބުނެލީ ހިތްހަމަ ނުޖެހިފައެވެ.

“އިތުރު ކޮންވާހަކައެއް ދައްކަން އޮތީ… މިރޭގަ ކައިވެނި އޮތީ… ބައްޕަ ބޭނުންވީ އަވަހަށް މިކަން ނިންމަން….” ކަންފަތުގައި ޖެހުނު ގުގުރީގެ އަޑާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. މިހެންއަހަންނަށް ވާންވީ ކޮން ސަބަބަކާއި ހުރެ ހެއްޔެވެ. އަހަރެންގެ ކުށަކީ ކޮބައި ހެއްޔެވެ.

“ތަރީމް….” އަހަރެން ގެއިން ނިކުމެގެން ދުއްވައިގަތީ ބޭރަށެވެ. ދޮންބެއަޑު ވަކި ހިސާބަކަށް އަންނަންދެން އަހަރެންގެ ކަންފަތުގައި ހުއްޓެވެ. ރަށުގެ ތުނޑީ ކޮޅަށް ހަމައަށް ދެވެންދެން އަހަރެން ދުވުން މަޑު ނުކުރަމެވެ. ބައްޕަގެ އަސްލު ދަރިއަކަށް އަހަރެންވީނަމަ ބައްޕަ އަހަރެންދެކެ މިއަށްވުރެ ލޯބި ވީހެވެ.

ތުނޑީގެ ވެލިގަނޑު މަތީގައި އަހަރެން އިނީ މޫދަށް ބަލާށެވެ. އަހަރެންގެ ކައިވެނި ކުރެވޭނީ އަހަރެން ގެއަށް ދިޔައިއްޔާ ނޫންހެއްޔެވެ. ފޯނުވެސް އޮންނާނީ ގޭގައެވެ. އިރުގެ ރަތް ދޯދިތަކުން އަހަރެންގެ އަތް ރަތްވަމުންދިޔަ މަންޒަރު ބަލަން އަހަރެންނަށް ހުރެވުނީއެެވެ. ހަތެއް ޖަހާއިރު ހުރިހާ މީހުން ގެއަށް ހަމަވާނެއެވެ. ބައްޕަ މިކަން ކުރަން ބޭނުންވަނީ މާ ކުލަގަދަ ކޮށެއްވެސް ނޫނެވެ. ކަކޫ މެޔާއި ކައިރި ކޮއްލަމުން އަހަރެން ބޯއަޅައިލީމެވެ. މަންމަ އަހަންނަށް މިހެންވާކަށް ބޭނުމެއް ނުވާނެކަން ޔަޤީނެވެ. މަންމައާއި އަހަރެން ވާހަކަ ދައްކާނީއެވެ. މަންމަ އަހަރެންގެ ކޮޅު ނަގާނެއެވެ. މަންމަ އަހަރެން ދައްކާ ވާހަކަ ޤަބޫލު ކުރާނެއެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ހުދު ވެލިގަނޑުގައި ޖެހުނުއިރުވެސް އަހަރެން ހުރީ ބަލާށެވެ. އިރުވެސް އެއްކޮށް އޮއްސެނީއެވެ. ދުނިޔެ މައްޗަށް އަނދިރިކަން ވެރިވަނީއެވެ. އަހަރެންގެ ހަޔާތަށްވެސް މެއެވެ.

“ތަރީމް……” ސިހުނު ވަރުން އަހަރެން ޖެހުނީ ފަހަތަށެވެ. އަހަރެން އިސްއުފުލާ ބަލައިފީމެވެ. ޖީބަށް އަތް ޖަހައިލައިގެން ހުރި އިއްބާން ހުރީ އަހަރެންގެ ލޮލަށް ބަލާށެވެ. ކަޅު ކުލައިގެ ފަޓުލޫނަކާއި ހުދު އަތްދިގު ގަމީހެއް ލައިގެން ހުރިއިރު އެފިރިހެންވަންތަކަން ދެގުނަހެން ހީވެއެވެ. އަހަންނަށް އެމޫނަށް ބަލަން ހުރެވުނީއެވެ. އިއްބާން ޖީބުން އައި ނަގަމުން އަހަންނާއި ޖެހިގެން އިށީނީ ވެލިގަނޑު މަތީގައެވެ. އަހަރެންހެން ފައި ކައިރި ކޮއްލަމުން އަތް ބޭއްވީ ކަކޫމަތީގައެވެ. އިއްބާންވެސް އަނގައަކުން ނުބުނެއެވެ. އަހަރެންވެސް އިރުއޮއްސި އަނދިރި ވާންދެން ތިބީއެވެ. އަހަރެން ލޮލުގެ ކަނުން އިއްބާންއަށް ބަލައިލީމެވެ. މޫދަށް ބަލަންހުރި އިއްބާން އަހަންނާއި ދިމާލަށް އެނބުރުނީ އަހަރެން ބަލަންހުރިކަން އެނގިގެން ކަންނޭނގެއެެވެ. އަދިރީގައިވެސް އަހަރެން ލަދު ގަންނަ ގޮތްވިއެވެ.

“ހިނގަ ދާން…” އިއްބާން ބުނެލީ މަޑުންނެވެ. އެހެންނާއި އެހުންނަ ހަރުކަށި ކަމެއް މިއަދު އެއަޑުގައެއް ނެތެވެ.

“ނޫން… އަހަރެން ބޭނުމެއް ނޫން މެރީ ކުރާކަށް…” އަހަރެން އަޑު ކިރިޔާ ގައިން ބޭރުވީއެވެ. ބުނަން އުޅުނީ ވަރަށް ބާރަށެވެ. އެކަމަކު އިއްބާން އަހަންނާއި އިށީނދެގެން ހުރިލެއް ކައިރިކަމުން އަހަރެން ބިރުވެސް ގަތީއެވެ.

“އިޓްސް އީދަރ މީ އޯރ ސަމްވަން އެލްސް… ތަރީމް ބައްޕަ ހީކުރަނީ ތަރީމް ބަނޑުބޮޑު ވެދާނެ ކަމަށް….” ފުން ނޭވާއެއް ދޫކޮށްލަމުން އިއްބާން ބުނެލިއެވެ.

“ބައްޕަ އެހުރީ ރުޅި އައިސްފަ….” އަހަރެން ވާހަކަ ދައްކަން ބޭނުންވި ނަަމަވެސް އިއްބާންގެ ކުރިމަތީގައި ފަސްޖެހެވެނީ ކިހިނެއް ވެގެން ހެއްޔެވެ.

“އަހަރެންވެސް އަސްލު ލައިކްވަނީ އެހެން ކުއްޖަކާ… އެކަމަކު އިޓް އިސް ވަޓް އިޓް އިޒް…” އިއްބާން އަހަރެންނަށް ބަލާލަމުން އަނެއްކާވެސް ބުނެލިއެވެ.

“ކީއްވެ ދެން އަހަރެންގެ ކޮޓަރިއަށް ވަނީ…” އަހަރެން މިފަހަރު ބުނެލީ ބާރަށެވެ.

“ތަރީމް އަހަރެން މިތަނަށް މިއައީ ތަރީމްގެ ސުވާލުތަކަށް ޖަވާބު ދޭކަށް ނޫން… އަހަރެން މިއައީ ތަރީމް ބަލާ…” މިފަހަރު އިއްބާން ބުނެލީ އަހަރެން ދަންނަ ގޮތަށެވެ. އެހަރުކަށި ކަމެވެ. އަހަރެން އެއްޗެކޭ ބުނުމުގެ ކުރިން އިއްބާން ތެދުވީ އަހަރެންގެ އަތުގައި ހިފައިގެންނެވެ. މަޑު ކުރުމެއް ނެތި އެބާރުމިނުގައި އައިސް ގެއަށް ވަދެވުނު އިރުވެސް އަހަންނަށް ނޭނގުނެވެ. އަހަރެން ލައިގެން ހުރީ ހެނދުނު ލައިގެން ހުރި ޖިންސާއި އަޅި ކުލަިއިގެ ގަމީގެހެކެވެ. އެހެން އެންމެން ތިބީ ވަރަށް ރީތި ވެގެންނެވެ. ގާޒީ ކައިވެނީގެ ކަންތައް ފެށިއިރުވެއް އަހަރެން ހުރީ ގަނޑުވެފައެވެ. އަތާއި ފަޔާއި އެއްކޮށް ފިނިވެ އަހަރެންގެ އިއްބާންގެ އަތު ތެރެއިން އަހަރެންގެ އަތް ދަމައި ގަންނަން އުޅުމީނެވެ. ނަމަވެސް އިއްބާސް ހިފަހައްޓައިގެން ހުރީ އެއަށްވުރެ މާބާރަށެވެ.

“އަނބި ޤަބޫލު ކޮއްފިން…” އިއްބާން އެހެންބުނި އަޑު އިވުމާއެކު އަހަރެން ގައިން ހުރިހައި ބާރެއް ދޫވި ކަހަލައެެވެ. ދެން އަހަރެން ކުރާނެ ކަމެއް ނެތެވެ.

“ތަރީ…” ބައްފަގެ އަޑު  އަހަރެންގެ ކަންފަތުގައި ޖެހުމާއެކު އަހަރެން ރުޅީ އައިސްފިއެވެ. މިހާރު ބައްޕަ ހުރީ ހިނިތުންވެފައެެވެ. ހީވަނީ ބައްޕަގެ ބޮލުން އުނދަގުލެއް ފިލައިގެން ދިޔައީހެނެވެ.

އިތުރަށް އަހަރެން ދައްކާނެ ވާހަކައެއް ނެތެވެ. އެމީހުން ބޭނުންވި ކަންތައް ނިމުނީއެވެ. ގޮނޑި ދުރުކުރަމުން އަހަރެން ތެދުވެގެން ހިނގައިގަތީ ބޭރަށެވެ. ފަހަތުން ބައްޕަ ގޮވައިލި އަޑު އިވުނުހެންވެސް އަހަންނަށް ހީވިއެވެ. ލޮލުންކަރުނަ ފައިބާކަން އަހަންނަށް އިހްސާސްވެސްވީ ޔާސު  ފަހަތުން ދުވެފައި އަހަރެން އަހަރެންގައި ހިފެހެއްޓުމުންނެވެ. ފަހަތުން އަހަރެންގައި ބައްދަމުން ޔާސުހުރީ އަހަރެން ގެއިން ނުފޮނުވާށެވެ. ވާރޭގެ ކެރިތަށް އަހަރެންގެ މޫނުގައި ޖެހެން ފެށުމާއެކު އަހަރެންގެ ނޭވާވެސް އަވަސް ވެއްޖެއެވެ. މެއަށް ބާރުވާން ފެށުމުން އަހަރެން ހެދުން ގަޔާއި ދުރުކޮށްލަމުން ހިނގައިގަތީމެވެ. އަހަރެން މަންމައާއި ބައްޕަނަމަ އަހަންނަށް މިހެން ހަދާނެ ހެއްޔެވެ. ނޭވާ ކުރިއަށް ވުރެ ހާސްވާން ފެށުމުން އަހަރެން ކުރިއަށް ވުރެ ބާރަށް ހިނގައިގަތީމެވެ.

އަހަރެން ދޮރާއި ދިމާލުން އިއްބާން ފެނުމުން ހައިރާންވި ވަރުން ހުއްޓުން އެރީއެވެ.  އަހަރެން އިއްބާންގެ މޫނަށް ބަލާލީމެވެ. ކިތަންމެ ޝަކުވާ ކުރަން ބޭނުން ނަމަވެސް ބުނާނީވެސް ކީކޭ ހެއްޔެވެ. އޭގެ ބަދަލުގައި ވާރޭ ތެރޭގައި އަހަންނަށް އިސްޖެހުނީއެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަންފެށީ ފިނި ވާތީއެއް ނޫނެވެ. ރޯން ބޭނުން ނޫންނަމަވެސް އަހަންނަށް ގިސްލެވެން ފެށުނީ ގަސްތަކާއި ނުލައެވެ. މަންމަ ހުރި ނަމަވެއެވެ. އަހަރެންގެ ބައްޕަ ހުރިނަމައެވެ. އެހެން ކުދިންހެން ރުޅިވެގެންވެސް ދާނެ ގެއެއް ހުރި ނަމައެވެ. ދުރުގައި ހުރި އިއްބާން އައިސް އަހަރެން ގަޔާއި ކައިރި ކޮއްލުމާއެކު އަހަރެން ކުރި ހުރިހައި ހިތްވަރު ފިލައިގެން ހިނގައްޖެއެވެ. އިއްބާސް ދެއަތުން ގެނެސް މެއާއި ބޮޑަށް ކައިރި ކޮއްލީ އަހަރެންގެ ހަޑިގަނޑުން ގިސްލެވުމާއެކު ތުރުތުރު އަޅާތީއެވެ.

“މަންމަ…” އަހަންނަށް ބުނެވުނީ އެހެންނެވެ. އިއްބާން އަހަރެންގެ ބޮލުގައި ފިރުމާލީ ވަރަށްވެސް ކުލުނާއި އެކުގައެވެ. މިހާރު އެ ހަރުކަށި ކަމެއް ނެތެވެ.

“އައި ނޯ… ޝޫޝް…” އިއްބާން އެހެން ބުނެލިީ ވަރަށް މަޑުންނެެވެ. ހީވަނީ އެހެން މީހަކަށް އަޑު އިވިދާނެތީ އުޅުނު ހެންނެވެ. އަހަރެން އިއްބާންއާއި ދުރުވެލަން އުޅުނީމެވެ. ނަމަބެސް އިއްބާން އަހަރެންގެގައި ހިފަހައްޓައިގެން ހުރީ އެއަށްވުރެ ބާރަށެވެ.

3 އަހަރު ކުރި

އިއްބާން

ތަރީމް އަހަންނާއި ދުރުވާން އުޅުމުން އަހަރެން ދިޔަކަ ނުދިނީމެވެ. އަހަންނަށް މިކުރެވުނީ ރަނގަޅު ކަމެއް ހެއްޔެވެ. އަހަރެން ތަރީމްމެންގެއާއި ދިމާލަށް ބަލައިލީމެވެ. ސަހިންތަ ދޮރުމަތީގައި ބަލަހައްޓައިގެން ހުރީ އަހަރެންގެ ލޮލަށެވެ. މޫނަކަށްވެސް ނޫނެވެ. އަހަރެންގެ ލޮލަށެވެ. ސަހިންތަގެ ފަހަތުގައި އިލްޔާސްބެ ހުއްޓެވެ. އިލްޔާސްބެ ބަލަންހުރީ އެއާއި ހިލާފަށް ތަރީމްއަށެވެ. ދޮރުން ނިކުމެގެން އިލްޔާސްބެ އަންނަން އުޅުނީ ތަރީމް ކައިރިއަށެވެ. ނަމަވެސް ސަހިންތަ އިލިޔާސްބެ ހުއްޓުވީއެވެ. އެންމެ ފިޔަވަޅެއްވެސް އިތުރަށް އެޅިޔަކަ ނުދިނެވެ. އަހަންނަށް ބަލާލަމުން ސަހިންތަ ބޯޖަހާލިއެވެ. ތަރީމް ގޮވައިގެން ދާށޭ ބުނާ ކަހަލަ ގޮތަކަށެވެ.

ސަހިންތަ ބޯ ޖަހާލާފައިދާން ބުނުމުން އަހަރެން ހިނގައިގަތީމެވެ. ތަރީމްގެ އަތުގައި ހިފައިގެން އަހަރެން ނިކުމެ މަޑުކުރީ އަހަރުމެންގޭގެ ދޮރުކައިރީގައެެވެ. ވައި އިހުނަށްވުރެ ބާރުވެފައިވުމުން ދެމީހުންވެސް ތިބީ ދެމި ފޮއެވެފައެވެ. އަހަރެން ތަރީމްއާއި ދުރުވެލީމެވެ. ގޭގެ ދޮރު ހުޅުވާލާފައި އަހަރެން އެތެރެއަށް ވަނީ ތަރީމްއަށް ބެލުމެއް ނެތިއެވެ. ފަހަތުން މަޑުމަޑުން ތަރީމްވެސް އާދެއެވެ. ކޮޓަރިއަށްވަދެ ބޯފުހެލާފައި ލައިގެން ހުރި ގަމީސް ގަޔާއި ވަކި ކޮއްލިއިރު ތަރީމް ހުރީ ކޮޓަރީގެ ދޮރުމަތީގައެވެ. އަހަރެން ތަރީމްއަށް ބަލާވެސް ނުލައި ތުވާލި ހިފައިގެން ގޮސްވަނީ ފާހާނާއަށެވެ. ވަގުތުން އަހަރެން ފޯނުނަގައި ޝާހިދުއަށް މެސެޖު ކޮއްލީމެވެ. ލޯންޗު އޮތީ ފުރަން ތައްޔާރަށްތޯ ބަލާލަމުން އަހަރެން ފޯނު ނިއްވައިލީމެވެ.. މިހުރިހައި ކަމެއް މިހައި އަވަހަށް މިކުރެވެނީ ތަރީމް މިރަށުން ބޭލުމަށެވެ. އަހަރެންގެ ބެލުމުގެ ދަށަށް ތަރީމް ގެނައީވެސް އެހެންވެއެވެ.

ފާހާނައިން ނިކުތްިއިރު ތަރީމްހުރީ އަދިވެސް ކުރިން ހުރި އެއްޗެހި ލައިގެންނެވެ. އަހަރެން މާބޮޑަށް އެކަމަށް ސަމާލުކަމެއް ނުދީ ހުދު ޓީޝާޓެއް ނަގައި ތަރީމްއާއި ދިމާލަށް ނަގައި އެއްލީމެެވެ. އޭގައި ހިފަމުން ތަރީމް އަހަންނަށް ބަލާލީ ހައިރާންވެފައެވެ. އަހަރެން މާކުރިން މިކަމަށް ތައްޔާރުކަމެއް ތަރީމްއަށް އެނގެނީ ކިހިނެއް ހެއްޔެވެ. އަލަމާރި ހުޅުވާލާފައި ސްޕެޓް ޕޭންޓްސްއެއް ނަގައި އެވެސް އަހަރެން ތަރީމްއަށް ދިނީމެވެ.

“ގެޓް ރެޑީ… ވީއަރ ލީވިން….” އަހަރެން އެހެން ބުނުމާއެކު ތަރީމް ލޯބޮޑު ކޮއްލާފައި އަނެއްކާވެސް ބަލާލައިފިއެވެ.

“ކޮންތަނަކަށް…؟” ތަރީމް ދުރަށް ބަލައިލަމިުން އެހެން  ބުނެލީ މަޑުމަޑުންނެވެ.

“މާލެ… ލޯންޗު ފުރަންއޮތީ ތައްޔާރަށް…” އަހަރެން އެހެން ބުނެފައި ތަރީމްގެ މޫނަށް ބަލައިލީމެވެ. މިވާގޮތެއް ނޭނގުނު ނަމަވެސް ތަރީމްވެސް ހީވަނީ މިރަށުން ދާން ބޭނުންވެގައި ހުރި ހެންނެވެ.

“އޯ.ކޭ…” އިތުރު ވާހަކަތަކެއް ގިނަ ނުކޮށް ދެމީހުންވެސް ތައްޔާރުވެގެން ބަނދަރާއި ހަމައަށް ދިޔައީ ސައިކަލުގައެވެ. ލޯންޗަށް އެރުމަށްފަހު އަހަރެން މަންމައަށް މެސެޖު ކޮއްފައި ފުރާ ވާހަކަ ބުނެލީމެވެ. މަންމަގެ ފުރަތަމަ ކޯލުއައީ ލޯންޗު ނައްޓާލި ފަހުންނެވެ. ދެން އަލިވިތަން ފެނުނީ ތަރީމްގެ ފޯނެވެ. ފޯނު ނިއްވާލާފައި ކޮނޑުގައި އޮތް ދަބަހަށް ތަރީމް ފޯނުލީތަން ފެނުމުން އަހަރެންގެ ކޮޅު މޮޅުވާނެކަން އަހަންނަށް ވިސްނިއްޖެއެވެ. ގެއްލެމުން ދިޔަ ރަށާއި ދިމާލަށް ބަލަން ހުރި ތަރީގެ ލޮލަށް ޖަމާވަމުންދިޔަ ކަރުނަތަށް އަހަންނަށް ފެނުނެވެ. ނަމަވެސް އަހަރެން ނުފެންނަ ކަމަށް ހެދިގެން ހުރީއެވެ. ތަރީމްއަށް ނޭނގުނު ނަމަވެސް އަހަރުމެންތިބި ލޯންޗު އެއްކޮށްހެން ތިބީ އެމް.އެން.ޑީ.އެފް މުވައްޒަފުންނެވެ. ޝާހިދު ދުރުގައި ހުރި ސީޓުގައި ހުރެގެން އަހަންނަށް ބަލާލއެވެ.

ރަށުން މާލޭ އާދެވެނީ ތިން ގަޑިއިރުން ކަމުން އަހަރުމެންތިބީ ވަރުބަލިވެފައެވެ. ތަރީމް ނިދިގެން އަހަރެންގެ ކޮނޑުގައި ބޯއެޅުނުއިރުވެސް އަހަންނަކަށް ނޭނގެއެވެ. މީގެ ގަޑިއިރެއް ކުރިން ކޯލުތަށްވެސް މަޑު ޖެހުމަކަށް އައިސްފިއެވެ. ތޮލްހަތުގެ ދެމެސުޖު އަހަންނަށް އައިސްފައި އެބައޮތެވެ. މާލޭގެ ފަޅުން އެތެރެއަށް ލޯންޗު ވަނުމާއެކު އަނެއްކާވެސް އަހަރެންގެ ފޯނު ވައިބްރޭޓް ވެއްޖެެއެވެ. މިފަހަރު ރާއްޖެއިން ބޭރު ނަންބަރެކެވެ. މެސެޖު ހުޅުވާލުމާއެކު އަހަރެންގެ މެޔާއި މޫނު ހީވީ ފިނިވެގެން ދިޔަ ހެންނެވެ.

“ދެތާކަށް ނުދެވިފާ، އެތާނގައި މަހުއްޓާ

އިސާހިތު ގުރާފުޅު މަގޭ ގެއްލުނިއްޔޭ…”

ފުރަތަމަ އަހަންނަށް ޝައްކުވީ ގުރާއަކީ ޔާސްމީން ކަމާމެދުގައެވެ. ޝާހިދުބުނީ ރަނގަޅަަށެވެ. އަހަންނަށް މިއާދެވުނީ ގުރާ ގޮވައިގެންނެވެ. އަހަރެންގެ ކޮނޑުގައި ބޯއަޅައިގެން ނިދިފައި އޮތް ތަރީމްއަށް ބަލާލަމުން އަހަރެން ފޯނު ދެއްކީ ޝާހިދުއަށެވެ. ޝާހިދުގެ މޫނަށް ވެރިވީ ފާޑެއްގެ ހިނިތުން ވުމެކެވެ.

“އިޓް ބިގިންސް އިއްބާން… ތައްޔާރު…” ޝާހިދު އަހަރެންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ.

20 އަހަރު ކުރި

ގޮނޑުދޮށުގައި އިށީނދެގެން އިންއިރު އަހަރެންގެ ނަޒަރު ހުއްޓިފައިހުރީ ކުރިމަތިން ހިނގަމުން ދިޔަ އަންހެން މީހާއަށެވެ. އަހަރެން ރާއްޖެ އައިތާ ދެމަސްވީއެވެ. ރާއްޖޭގައި ނަފްސާނީ ބައްޔަށް ތެރަޕީދޭ މީހުން މަދުކަން އަހަންނަށް ފާހަގަވީ ދެނެެވެ. އަހަރެން ކިޔެވި އެއްދާއިރާއަކީ އެއީއެވެ. މިއަދު މިގޮނޑުދޮށަށް މިއައީ އަހަރެންގެ ރަހުމަތްތެރިއަކާއި ބައްދަލު ކުރާށެވެ. ތަޒީންއާއި ބައްދަލު ނުވާތާ މިހާރު 5 އަހަރު ވީއެވެ. އެންމެ ފަހުން ބައްދަލުވީ ތަޒީންގެ ކައިވެނި ޕާޓީ އިންނެވެ. އަހަރެންގެ ނަޒަރު ދަތުރުކޮއްލީ ރާޅުޖަހާ ފަށުގައި ހުރި ކުޑަ އަންހެން ކުއްޖާއަށެވެ. އިރުގެ ރަންދޯދިތަކުން އެކުއްޖާގެ އިސްތަށިގަނޑުވަނީ ދިއްލިފައެވެ. ވަގުތުން އަހަރެން ހަނދާންވީ ތަޒީންމަތިންނެެވެ. ކިޔަވަން އުޅުނު ޒަމާނުގައި އަހަރެން ތަޒީން ފާހަގަ ކުރަނީ ތަޒީންގެ ރަންކުލައިގެ އިސްތަށިގަނޑުންނެވެ. އެކުޑަކުއްޖާގެ ފަހަތުގައި އެހުރީ ތަޒީންނޫން ދެވަނަ މީހެއް ނޫނެވެ. އަހަރެން ވެލިގަނޑު މަތިން ތެދުވެ ހިނގައިގަތީ އެދިމާލަށެވެ.

ތަޒީންއަށް އަދި އަހަރެންނެއް ނުއެއް ފެނެއެވެ. އެއަށްވުރެ ބޮޑަށް ތަޒީންގެ ސަމާލުކަން ހުއްޓިފައި ހުރީ ކުރިމަތިން މޫދާއި ދިމާލަށް ދުވަމުން ދިޔަ ކުޑަ ކުޑަ ކުއްޖާއަށެވެ.

“މަންމަގެ ގުރާ…. ނުދާނެ މޫދަކަށް މިގަޑީގައެއް…” ތަޒީން ފުންނޭވާއެއްލަމުން ބުނެލީ ހާސްވެފައެވެ. ނަމަވެސް އެކުޑަކުޑަ ކުއްޖާ ހުއްޓިވެސް ނުލައި ދިޔައީ މޫދާއި ދިމާލަށެވެ. ތަޒީން އެކުއްޖާ ނަގައި އުރައިލަމުން އަހަންނާއި ދިމާލަށް ބަލައިލައިފިއެވެ. އަހަރެން ނަޒަރު ދަތުރުކޮއްލީ އެލޯބި ލޯބި ކުއްޖާއަށެވެ. ބޮޑުބޮޑު ދެލޮލުން އަހަންނަށް ބަލަން ހުރި ގޮތުން ހިނދުކޮޅަކަށް ނަމަވެސް އަހަރެން ކުރަން މިއުޅޭ ކަންތައް ވާނެބާއެެވެ.

ނުނިމޭ

Share Article

Follow Me Written By

Flamingo

Level 1

Other Articles

Previous

ހަޑިމިލޭރު – 4

Next

މަލާމާތް ލޯބި 16

Next
August 17, 2026

މަލާމާތް ލޯބި 16

Previews
August 17, 2026

ހަޑިމިލޭރު – 4



All Right Reserved!