ތަރީމް އަތުގެ ކަށި އިނގިލީގައި އަޅާފައިވާ އަނގޮޓީގައި އިނގިލި ބީހިލުމާއެކު އަހަރެން އޭގެއަށް ބަލައިލައިފީމެވެ. އަނގޮއްޓި ނަގައި ބެޑް ސައިޑް ޓޭބަލް މަތީގައި ބޭއްވީ އެއަޅަން ބޭނުން ނުވުމުންނެވެ. ކޮޓަރީގެ ދޮރުގައި ޓަކި ދިން އަޑު އިވުމުން އަހަރެން ގޮސް ހުޅުވީމެވެ. ޔާސްމީން ހިނިތުންވެފައި އައިސް އަހަރެންގެ ގަޔާއި ކައިރި ކޮއްލައިފިއެވެ. ނަމަވެސް އޭގެއަށް ރައްދެއް އަހަރެންނަކަށް ނުދެވުނެވެ. ޔާސުއަށް އެކަން ފާހަގަވި ނަމަވެސް އެއްޗެކޭ އެއް ނުބުނެއެެވެ. ކޮޓަރިއަށް ވަންނަމުން އެކި ދިމަ ދިމާލަށް ބަލާލީ […]
“ކެޗް….” ބޭބެގެ ދޮށީގައި ގަތް މަސްނަގައި އަހަންނަށް ދައްކާލަމުން ބުނެލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު އެމަސް ބުޅިން ނައްޓާލަމުން ބޭބެ ގޮނޑުދަށުގައި ކުޑަކަކޫ ޖަހާލިއެވެ. “އެންޑް ރިލީޒް…” އަހަަންނަށް ބަލާލަމުން އަނެއްކާވެސް ބޭބެ ހީލިއެވެ. ބަދަލުގައި އަހަރެން ހިނިތުންވުމެއް ނުދެމެވެ. ބަލަހައްޓައިގެން އިނީއެވެ. އަހަރެންގެ ހިޔާލު ގޮސް ގުޅުނީ ބުޅި އަޅައިގަނެގެން ހަލާކު ވެފައިވާ އެމަހުގެ އަނގައަށެެވެ. ފާޑަކަށް ތެޅެމުން ދުވެފައި ދިޔައިރުވެސް ދެން އެމަސް އަނބުރައި ކުރީގެ ގޮތަށް ނާންނާނެކަން އަހަންނަށް ޔަޤީނެވެ. ހިފާފައި ދޫކޮށްލީމައި ވާނީ […]