” ޔާން ތެދުވެބަލަ. ސްކޫލަށްދާ ގަޑި ޖެހެނިއްޔޭ. ބަލަ މިހާރު އެޔޮއް 7 ގަޑި ބައިވަނީ.” އެތައް ފަހަރަކު އާޔަންއަށް ގޮވި ނަމަވެސް އާޔަން ތެދުވާގޮތެއް ނުވިއެވެ. އީނާޝްއަށް މޮޅު އައިޑިޔަރެއް ލިބުނެވެ. އަދި ވަގުތުން ކޮޓަރީގެ ދޮރުން ބޭރަށް ބޯދިއްކޮއްގެން އޮވެ ބުނަމުން ދިޔައެވެ.” ވާއު ބައްޕާ. މިހާ ބޮޑު ޗޮކްލެޓެއް ހޯދީ ކޮންތާކުން. 1 އަހަރު ތެރޭވެސް މިޗޮކްލެޓް ހުސް ނުވާނެ ކަންނޭނގެ. އަޅެ ހާދަ މީރު ވާނެޔޭ.”
އާޔަން ދެލޯ ކަވި ކޮށްލައިގެން އީނާޝްއާއި ދިމާލަށް ބަލައިލިއެވެ. އާޔަންއަށް އެންމެ މީރު އެކައްޗަކީ ޗޮކްލެޓެވެ. ހަމަ އަސްލުވެސް ބައްޕަ ޗޮކްލެޓެއް ގެނައީ ހެއްޔެވެ؟ ހަމަ އެހާ ބޮޑު ޗޮކްލެޓެއް ހެއްޔެވެ؟ އާޔަންގެ ހިތުގައި އެތައް ސުވާލުތަކެއް އަމުނާ ލެވުނެވެ.
” ބައްޕާ. މީ ހަމައެކަނި އަހަންނަށް ގެނައި ޗޮކްލެޓެއްތަ؟ ބައްޕާ ޕްލީޒް ތިޗޮކްލެޓް އަހަރެންގެ ކޮޓަރިއަށް ލައިދީބަލަ. އެހެންނޫނީ ޔާން ތެދުވެފަ ތިޗޮކްލެޓް ކާން ރޯނެ ކަންނޭނގެ.” އާޔަންއަށް އަޑު އިއްވުމަށްޓަކައި އީނާޝް ބުނަމުން ދިޔައެވެ.
އާޔަންއަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. އޭނަޔަށް ވެގަން ވަންޏާ އޭނަޔަށް ނުދީ ދޮންތަ އެކަނި ޗޮކްލެޓެއް ކެޔަކަ ނުދޭނެއެވެ.
” ނޮންނޫ. ނޮންނު ހީކުރީ އާޔަންއަށް ނުދީ ޗޮކްލެޓް ކާން އުޅޭކަން އާޔަންއަކަށް ނޭނގޭނެ ކަމަށްތަ؟ ނޯ ވޭ.” ހިތްހަމަނުޖެހި ހުރެ މިހެން ބުނަމުން އާޔަން ވެސް ކޮޓަރިން ބޭރަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އެއްވެސް އެއްޗެއް ނުފެނުމުން އާޔަން ގާތަށް ރުޅިއައެވެ.
” ޔާންއަށް އިނގެއްޖޭ ނޮންނު ހެދީ ހުސް ދޮގުކަން. ތިއުޅެނީ އާޔަން ހޭލައްވާކައްނު.”
” އޯކޭ. ގަބޫލް ނުކުރަންޏާ އޮވެ. އެޗޮކްލެޓް ހިފައިގެން ބައްޕަ ގޮއްސި ބަދިގެއަށް. ނޮންނު އެކަނި ކާލާނީ. ބާއި. ޔާން އަވަހަށް ނިދާލާ.”
ހަމަ އީނާޝް މިހެން ބުނުމާއިއެކު ދުވެވޭ އެންމެ ބާރަކަށް ދުވެފައި އާޔަން ވަނީ ބަދިގެޔަށްށެވެ. ފަހަތުން އީނާޝްވެސް ދުއްވައިގަތެވެ.
” ޑޭޑް. ކޮބާ އާޔަންގެ ޗޮކްލެޓް؟” ސައިބޯން އިން މިފްޒަލްގެ އަތުގައި ހިފައި ދަމަމުން އާޔަން އަހައިލިއެވެ.
” ނޫން ބައްޕާ. ޔާންއަށް ޗޮކްލެޓް ނުދޭތި. އެއީ ނޮންނުއަށް ގެނައި އެއްޗެއް.” އާޔަންއަށްވުރެ ޅަވެލަމުން އީނާޝް ބުންޏެވެ.
ސައިބޯން އިން މިފްޒަލް ކުށި އަރައިގަތެވެ. އޭނަޔަކަށް ވާނުވާއެއް ނޭނގެއެވެ.
” ދަރިފުޅާ. ކޮން ޗޮކްލެޓެއްގެ ވާހަކައެއްތަ ތިދައްކަނީ؟ ބައްޕައެއް މިގެޔަކަށް ޗޮކްލެޓެއް ނުގެނޭ.” ކުށި އަރަމުން ދިޔަ މިފްޒަލްގެ އަތަށް ފެންތައްޓެއްދެމުން އަމީނާ އަހައިލިއެވެ.
އީނާޝް އާޔަންއާއި ދިމާލަށް ލޯ ހަނިކޮށްލިއެވެ. ހަމަގައިމުވެސް އާޔަންގެ ނިދި މިހާރު ހުންނާނީ ފިލައިފައެވެ.
” ބޮޅެއް. ހަމަ ހޭލާކައްނު ޖެހުނީ.” އީނާޝް ބުންޏެވެ.
” ނޮންނޫނޫނޫނޫ. ޔޫ ލަޔާ…” އަޑަށް ބާރުލަމުން އާޔަން ގޮވައިލިއެވެ. އަދި ބާރަކަށް އީނާޝް ފަހަތުން ދުއްވައިގަތެވެ.
އީނާޝްވެސް އާޔަންއަށް އަތުނުވަން ދުވައިގަތެވެ. މަންޒަރު ބަލަން ތިބި މިފްޒަލްއާއި އަމީނާއަށް ހުރީ ހެވިފައެވެ. އާޔަންއާއި އީނާޝްގެ ދެމެދުގައި ކިތަންމެ އަހަރުތަކެއްގެ ފަރަގު ހުއްޓަސް ދެކުދިން ކިހާ ގުޅޭ ހެއްޔެވެ؟ އެމީހުން ނެތް ދުނިޔެއެއްގައިވެސް އާޔަން ނިކަމެތި ނުޥާނެކަން އެދެމަފިރިންނަށް ޔަގީންވިއެވެ.
” ދެން ތިހެން ސަކަރާތްޖަހަން ހަދައިގެން ޔާންއަކަށް ސްކޫލަކަށް ނުދެވޭނެ. މިހާރުވެސް އެޔޮއް ގަޑި ޖެހޭން 45 މިނެޓަށްވީ.” އާޔަންގެ އަތުގައި ހިފައި ސޯފާގައި ބައިންދަމުން އަމީނާ ބުންޏެވެ.
” މަންމާ. އާޔަން ރެޑީ ކުރާނީ އީނޫ.” މަންމަގެ ކޮނޑުގައި ބޯ އަޅާލަމުން އީނާޝް ބުންޏެވެ.
” ނޫން. ޔާންއެއް ނޮންނު ކައިރިއަކަށް ނުދާނަން. ނޮންނު ވަރަށް ގޯސް.” ބޮޑާހާކަމުން އާޔަން ބުންޏެވެ.
” އޯކޭ. އައި އެމް ސޮރީ ޔާން. ޕްލީޒް ފޮގިވް މީ މައި ޕްރިންސް.” ތުން އަނބުރައިގެން އިން އާޔަންގެ ފައި ފައިމަތީ އޮށޯއްވެލަމުން އީނާޝް ބުންޏެވެ. އާޔަންގެ މޫނުގައި ކުއްލިއަކަށް ހިނިތުންވުމެއް ކުރެހުނެވެ. އޭނާޔަށް މޮޅު ހިޔާލެއް އައި ފަދައެވެ.
” މާފު ކުރެވޭނީ ހަމަ އެންމެ ގޮތެއްގެ މަތިން.”
” އެއީ ކޮންގޮތެއް؟”
” ނޮންނު ޖެހޭނީ މިއަދު ހަވީރު އާޔަންއަށް 2 ޗޮކްލެޓް ގަނެދީގެން ޔާން ބުނާތާކަށް ދާން.”
” އޯކޭ. ނޮންނު ދާނަން.”
” ރިއަލީ؟ އައި ލަވް ޔޫ ނޮންނޫ.”
އީނާޝްގެ ގައިގައި ބައްދައިގަންނަމުން އާޔަން ބުންޏެވެ.
*****
” އުނޫ.” ނަޝާޔާ ފޯނުން ވާހަކަ ދައްކަމުން ދިޔައީ އޭނާގެ ލޯބިވެރިޔާއާއިއެވެ.
” ހުމްމްމްމް. ކީއްކޮށްލަނީތަ ބޭބީ؟”
” އުނޫޔާ ވާހަކަ ދައްކަނީއެއްނު. ބައި ދަ ވޭ އުނޫ ކީއްކޮއްލަނީތަ؟”
” އަހަރެންވެސް ކަމެއް ނުކުރަން.”
” ބަލީތަ؟ އަޑުން ހީވަނީ ވަރަށް ބަލިހެން.”
” ނޫނޭ. ކުޑަކޮށް ބޮލުގަ ރިއްސަނީ. އެކަމް ބޭސް ކާލާއިރަކަށް ރަނގަޅުވެދާނެ.”
” ހުމްމްމްމްމް. ބޭސްކައިގެން އަވަހަށް ރަނގަޅުވޭ. އެހެންނޫނަސް މިފަހަރު ކައިވެންޏަށް އެއްވެސް ބަހަނާއެއް ދައްކައިގެން ނުވާނެ. ރަން ކިޔަން އެންމެ މަހަކަށް ވީމަ އުނޫ ގަބޫލް ނުވެއްޖިއްޔާ ވަރަށް ދެރަވާނެ. އެހެންނޫނަސް މިފަހަރު ހުރިހާ ތައްޔާރިއެއްވެސް ވެއްޖީމެއްނު.”
” ޓްރަސްޓްމީ. މިފަހަރު އަހަރެމެން ކައިވެނި ކުރާނަން. ތިޔެއް ނޫނޭ. މަންމަ ބުނީ އަބަދު މާލޭގަ ހުރީމަ މަންމަމެންވެސް ހިތްހަމައެއް ނުޖެހެޔޭ. ވެޑިން ޑްރެސް ލިބުނީމަ އަވަހަށް އަންނާށޯ. މިއަދުގަ ވެޑިން ޑްރެސް ލިބޭނެ.”
” އާން. ދެން ވެޑިން ޑްރެސް ލިބުނީމަ ނަޝާ ދޭބަލަ ރަށަށް. ”
” ނޫން. އުނޫ ނުދަންޏާ އަހަރެންވެސް ނުދާނަން. ކަމް އޯން އުނޫ. މިހާރު ރަށަށް ނުދާތާ 5 އަހަރު ވިއްޔޭ. އުނޫގެއ މަންމަމެންވެސް ހިތްހަމައެއްނުޖެހޭނެ ކަންނޭނގެ އަބަދު މާލޭގަ ހުރީމަކާއެއް. އަހަރެމެން ވެޑިން އޮންނާނީވެސް ރަށުގައެއްނު. އަނެއްކާ ކައިވެންޏަށްފަހު އަހަރެމެން އުޅޭނީވެސް ރަށުގައެއްނު. ދެން އެހެންމަ ޖޮބް ދޫކޮށްލާފަ މިހާރު ދާން މަށަށް ފެންނަނީ.”
” އޯކޭ. މައި ލަވް. އެނީތިން ފޯރ ޔޫ. ހެޕީ”
” ވަރަށް ވަރަށް ހެޕީ. ލަވް ޔޫ ބާއި.”
” ލަވް ޔޫ މޯރ. ބާއި ފޯރ ނައު.”
******
ހަވީރުގެ ހިތްގައިމު ވަގުތެވެ. މޫސުންވެސް ފުދޭވަރަކަށް ރަނގަޅެވެ. އީނާޝް ތައްޔާރުވަމުން ދިޔައީ އާޔަންއަށް ވައުދުވި ފަދައިން ބޭރަށް ނިކުލުމަށްށެވެ. ރީތިވެ ނިމުމުން ލޯގަނޑު ކުރިމައްޗަށް އެރި ހިނދު އީނާޝްއަށް އަމިއްލަ ރީތިކަން އިހްސާސް ކުރެވުނެވެ. އީނާޝްއަކީ ކަޅު ޖިލްބާބަކުން ނިވާވެގެން ހުރި ފަތްމިންޏެއްހާ ރީތި ކުއްޖެކެވެ. މިހާރުގެ ކުދިން ކާތާ ފާޑު ފާޑުގެ ކްރީމް އާ އޭތި މީތި ނުކޭތިޔަސް ގުދުރަތުން އޭނާޔަށް ދެއްވާފައިވާ ރީތިކަން އެހާމެ ފުރިހަމައެވެ.
” ނޮންނޫ. އަދިވެސް ލޯގަނޑުން ބަލަން ހުންނަނީއެއްނު. ލޯގަނޑުން ނުބެލިޔަސް ނޮންނު ރީއްޗޭ. ހިނގާބަލަ އަވަހަށް ދާން. ޔާންއަށް ލަސްވަނިއްޔޭ.” އީނާޝްގެ އަތުގައި ހިފައި ދަމަމުން އާޔަން ބުންޏެވެ.
އީނާޝް ފިހާރަޔަށް ގޮސް އާޔަންއަށް ދެ ޗޮކްލެޓް ގަނެދިނެވެ. އަދި އާޔަން އެބުނާ ތާކަށް ދިއުމަށް މިސްރާބު ޖެހިއެވެ.
” ބައި ދަ ވޭ. ޔާން ކީއްކުރަން ދެ ޗޮކްލެޓް ގަތީ. ނޮންނުއަށް ދޭންވެގެންތަ؟”
” ނޫނޭ ނޮންނޫ. މީ ހާއިޝް ކޮއްކޮޔަށް ދޭންވެގެންނޭ. ”
” ހާއިޝް އެއީ ކާކުތަ؟”
” އެއީ ޔާންގެ ބެސްޓް ފްރެންޑެއް.”
” އެހެންތަ؟ ދެން ކީއްވެތަ ހާއިޝް ކޮއްކޮ ކިޔަނީ؟”
” ހާއިޝް ކޮއްކޮޔަށްވުރެ ކުޑަ ވީމާ. ހާއިޝްއަށް އަދިވީ އެންމެ 6 އިޔާސް.”
” އެހެންތަ؟ ހާއިޝް މަންމަޔަށް ކިޔަނީ ކޮން ނަމެއްތަ؟ އޭރުން ދޮންތަޔަށް އިނގޭނެ ހާއިޝްމެންގެޔަށް ދާން.”
” ހާއިޝް މަންމަޔަށް ކިޔާ ނަމެއް ނޭނގޭ. އެކަމް ހާއިޝްގެ ބައްޕަޔަށް ކިޔަނީ ލާމިއު.”
އާޔަންގެ ދުލުން ބޭރުވި ބަސް އީނާޝްގެ ކަންފަތަށް ހޮނު ގުގުރިއެއް އެޅި ފަދައެވެ. އޭނާގެ ސިކުނޑީގައި އެނބުރެން ފެށީ އޭނަޔާ އުނޫޝްއާއި ފަހުމާއާއި ލާމިއު ކަނޑައެޅި ކައިވެނީގެ ތާރީހެވެ. އެތާރީހަކީ 2010-10-10 އެކެވެ. އެހެންވީމާ ލާމިއު ޒަވާޖީ ހަޔާތެއް ފެށީ އެތާރީހުގައެއް ނޫން ހެއްޔެވެ؟ ލާމިއު ކައިވެނި ކުރީ ފަހުމާޔާ ހެއްޔެވެ؟ ލާމިޔު އާއިއެކު ލާމިއުގެ އެންމެ އެކުވެރި އުނޫޝްވެސް ހަޔާތެއް ފެށީ ހެއްޔެވެ؟ ނޫނެކެވެ. އެހެނެއް ނުވާނެއެވެ. އުނޫޝް އިންތިޒާރު ކުރާނީ ހަމައެކަނި އޭނަޔަށްށެވެ. އީނާޝްގެ ސިކުނޑީގައި އެތައް ސުވާލުތަކެއް އުފެދުނެވެ.
” ނޮންނޫ. ކިހިނެއްތަވީ؟ އަވަހަށް ހިނގާބަލަ ދާން.” ހުއްޓުން އަރާފައި ހުރި އީނާޝްއަށް ހަމަހޭވީ އާޔަންގެ އަޑަށްށެވެ.
އާޔަން ގޮވައިގެން ހިނގަމުން ދިޔައިރު އީނާޝްގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލެއް އެހިތުގައި ވަނީ އުފެދިފައެވެ. މިޔޮއް ހުރިހާ ދުވަހު އޭނާ ކުރި އިންތިޒާރު ފެނަށް ދުއްވާލާކަށް އީނާޝް ބޭނުމެއް ނޫނެވެ.
ލާމިއުމެންގެޔާ ހަމަޔަށް އެރުމާއިއެކު ދުވެފައި ކަހަލަ ގޮތަކަށް އާޔަން ގޮއްސިއެވެ. އީނާޝްއަށް ހުރެވުނީ ޖެހިލުންވެފައެވެ. ގެޔަށް ވަނުމާއިއެކު ފަހުމާގެ އަމަލުތައް ހުންނާނެ ގޮތެއްވެސް ނޭނގެއެވެ. ނަމަވެސް އާޔަންއަށްޓަކައިވެސް އޭނާ ޖެހޭނީ އެގެޔަށް ވަންނާންށެވެ.
” އައްސަލާމް އަލައިކުމް” ގޭގެ ދޮރުމަތީ ހުއްޓިލަމުން އީނާޝް ސަލާމް ގޮވައިލިއެވެ. އެވަގުތު ސަލާމް ބަލައިގަތީ ފަހުމާއެވެ. އީނާޝްގެ ހިތް ހީވަނީ އަތަށް އައިސް ދާނެހެންނެވެ. ސަލާމް ގޮވީ އީނާޝް ކަން އެނގުނުނަމަ ފަހުމާ ސަލާމް ބަލައިގަތީސް ހެއްޔެވެ؟
” އަހަނ. އީނޫތަ؟ އަވަހަށް އެތެރެޔަށް ވަދޭ.” ފަހުމާގެ އަމަލުތައް ހުރިގޮތުން އީނާޝް ހައިރާންވިއެވެ. ފަހުމާޔަށް ހުރިހާ އެއްޗެއް އެނގުނީ ހެއްޔެވެ؟
އީނާޝް އަވަހަށް ގޮސް ސޯފާގައި އިށީނދެލިއެވެ. އޭރު އާޔަން އާއި ލާމިއުގެ ދަރިފުޅު ލައިޝަމް ގޮވައިގެން ލާމިއު އުޅެނީ ކުޅެއެވެ. އެވަގުތު ޖޫސް ތައްޓެއް ހިފައިގެން އައި ފަހުމާ ލާމިއު ކައިރީގައި ލޮލުގެ އިޝާރާތުން އާޔަން އާއި ލައިޝަމް ގޮވައިގެން ބޭރަށް ދިއުމަށް ބުންޏެވެ.
” ކިހިނެއްތަ؟ “ފުރަތަމަ ވާހަކަ ދެއްކީ ފަހުމާއެވެ.
” ރަނގަޅު. ފަހޫ ކިހިނެއްތަ؟”
” އަހަރެމެންވެސް ވަރަށް ރަނގަޅު. ވަރަށް ހެޕީ. 6 އިޔާސްގެ ކުއްޖެއްވެސް މިހާރު ހުރޭ.”
” އެނގޭ. ކޮންއިރަކުތަ މެރީ ކުރީ؟”
” 10-10-2010 އެއްގަ. އަހަރެމެން ކުރިންވެސް ޕްލޭން ކުރި ގޮތަށް.”
” ފަހޫމެން އެކަނިތަ މެރީ ކުރީ؟”
” އާން. އެކަމް އުނޫމެންވެސް އަންނަ މަހު މެރީ ކުރޭ.” އީނާޝްގެ ހިތް ކުދިކުދި ވި ފަދައެވެ. ނަމަވެސް ފަހުމާގެ ކުރިމަތީގައި އޭނާ ޖެހޭނީ ހިތްވަރު ކުރަންށެވެ.
” ކާކަތަ؟”
” ނަޝާ ދޮންތަޔާ؟”
” އަލްހަމްދުލިއް ﷲ. ފައިނަލީ ހީ ގޮޓް ހިޒް ލައިފް. ކޮބާތަ އެމީހުން؟ ރަށަކުން ނުމެއް ފެނޭ.” ރޮވެމުން ދިޔަ ހިތަށް ބާރު ފޯރުވަމުން އީނާޝް ބުންޏެވެ.
” އާން އެމީހުން މާލޭގަ އުޅޭތާ 5 އަހަރުވެއްޖެ. އެކަމް 2 ދުވަހެއްގެ ތެރޭގަ އަންނާނެ. އީނޫ ދިޔަ ފަހުން ނަޝާ ދޮންތަގެ ބޯއި ފްރެންޑް ނަސާތު އޭނަޔަށް ޗީޓް ހެދީ. މާލެއިން ބިޓެއް ނަގައިގެން އުޅެން ފެށީ. ދެން އެހަބަރު އުނޫއަށް ލިބުމާއިއެކު ނަޝާ ދޮންތަޔާ ރައްޓެހިވީ. އެމީހުން އުޅެނީ ވަރަށް އުފަލުގަ.” އިނާޝްއަކަށް އިތުރަކަށް ނުހުރެވުނެވެ. ވަގުތުން ބަޑި ފަޅައިގެން ދިޔައެވެ. ލޯއްބަކީ ހިތި އެއްޗެއްކަން މިއަދު އޭނަޔަށް އެވަނީ ތަޖްރިބާ ކުރަން ޖެހިފައެވެ.
” އީނޫ. މިހާރު ރުއިމުގެ އެއްވެސް ފައިދާއެއް ނެތް. ފުރުސަތުގެ ބޭނުން ހިފާކަށް އީނޫއަކަށް ނޭނގުނެއްނު. އޭރު އުނޫ އުޅުނީ އީނޫއާ ހެދި މޮޔަވެގެން. އެކަމް މީހަކަށް ދެރައެއްދީފަ އެކަކަށްވެސް އުފަލަކު ނޫޅެވޭނޭ އޭރުވެސް އަހަރެން ބުނީމެއްނު. އަހަރެން އަދިވެސް މިބަލަނީ އީނޫއަށް ވިސްނައިދެވޭތޯ. އެކަމް މިހާރު ވިސްނައިދީގެން އެއްވެސް ފައިދާއެއް ނުކުރާނެ. ތެޔޮ ނާށި ކާޅު ޖަހަގަނެފި.” އެހުރިހާ އެއްޗެއް ފަހުމާ ކީ އިރުވެސް އީނާޝް ހުރީ ހަމަހިމޭން ވެގެންނެވެ. އީނާޝްގެ ހިތަށް ކުރާނެ އަސަރު ފަހުމާޔަށް ނޭނގެނީ ހެއްޔެވެ؟ ފަހުމާޔަކީ ކޮން ކަހަލަ ބެސްޓް ފްރެންޑެއް ހެއްޔެވެ؟ އަމިއްލަ އެކުވެރިޔާގެ އިހްސާސްތައް ދެނެގަންނާކަށް ފަހުމާޔަކަށް ނޭނގެއެވެ.
” ވަރަށް ބޮޑަށް ސޮރީ. ” ކުރެހިގެންވާ އަޑަކުން އީނާޝް ބުންޏެވެ. އަދި ކަރުނަތަށް ފޮހެލައި ހަމަޖެހިލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާޔަށް ހަމަޖެހެވޭނެ ހެއްޔެވެ؟ އެއަށްވުރެ އެހިތް އެވަނީ ނިކަމެތިވެފައެވެ. އޭރު ދޮރު ދޮށުގައި ހިތްހަމަ ނުޖެހިފައި ލާމިއު ހުއްޓެވެ. އީނާޝް ފިޔަވައި ހުރިހާ ހަގީގަތެއް އެނގޭ ހަމައެކަނި އިންސާނަކީ ލާމިއުއެވެ. ނަމަވެސް އީނާޝްގެ އެދުމުގެ މަތިން މިޔޮއް ހުރިހާ ދުވަހު ހުރިހާ ސިއްރެއް ފޮރުވައިގެން ހުންނަން އޭނާޔަށް މަޖުބޫރު ވީއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




Enjoy…..
inoo unoo bla blaaa…. olhifa abadhu mi huhnnany…… vaaeh nuvaaeh neygey
pleax mi vaahakai ge charactors thah lyela dhee bala
Mivaahakaiga ulheyne. Unoosh akaa Eanaash akaa fahumaa yakaa laamiyu akaa nasaathu akaa Nashayaa akaa aayan akaa Ameenaa akaa nd some more. . Mivaakaiga ulhey charactors thakuge name evvathru vumakee ittifaageh nooney. There is a secret.. Thnxx…
Wow…vrh rythi..dhn annan part ainthixaa ga..☺☺
Thnxx..
Thedhekea dhn v eiivahtharu dhw dhe name vxx
kuru vrh .. story habeys
Adhivx kurutha? aslu midhuvasvaru Ushaayah vvvv busy.. I will try my best..
Mi stry varah kuru bt vvv reethi dhn kn irakun nxt part up kohladhey nee waiting for the nxt part
Dhigukon genesdhybala miahvuren. V salhi story.
Ya.. Next part genesdheveynee Saturday. Insha allah miah vure dhigu koh…
Thnxxxxxxxxxxxxxxxxxx
story is awsom…. um v interested to knw y the both name r so similar…. as yuh hv told that there is a secret behind that so i guess hv to wait for the day wen we gonna get to knw the secret… i jst luv the story…. hope that the nxt part wil be lil bit longer than this part…
Ya. nikki. Ur right. Nd nxt part dhigu kureveytho vvvvvvv bodah try kuraanan. Next part ga secretvx ingeyne Insha allah. Aslu Ushaa mivaahaka ekkoh liyefa up kuran fesheevx. Ekam by a mistake the whole story has been deleted. Nd thats the reason 4 the short parts.. Bt Isha allah I will try my best to make story interesting…. Thnxxxxx…
No comments yet. _?
Vaahakaiga ulhey meehunge nan ehgoi kamun v udhagoo kiyan eenash unoosh v foohi