Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް 26 ވަނަ ބައި

wish
wish Level 3100 Login10 Stories100 Comments
July 27, 2026 6 Mins Read
6 Comments

“ކާކުތަ؟” ޔޫލީ ވިސްނައިލަން މަސައްކަތްކުރިއެވެ. ނަމަވެސް ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން އޭނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. “ޑޯންޓް ޓެލް މީ އިޓްސް ރިލްވާން!”

“ނޯ… ނޯ… އެކަމަކު ކީއްވެތަ އޭނާދެކެ ކުއްލިއަކަށް ތިހާ ރުޅިއެއް އައިސްގެން ތިއުޅެނީ؟” ޝިފްނާ ހައިރާންވެފައި އަހައިލިއެވެ.

“ހާއި ޝިފޫ”

ފަހަތުން އިވުނު ފިރިހެންވަންތަ އަޑަށް ޔޫލީ މަޑުމަޑުން ފަހަތަށް އެނބުރި ބަލައިލިއެވެ.

“މާހިން؟؟” ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައި ޔޫލީ ބުނެލިއެވެ. ‘މާހިން، މާންގެ ކޮއްކޮ ކިހިނެއް ޝިފްއާއި މިހާ ގާތްވީ.. ސްމޯލް ވޯލްޑް’ ޔޫލީގެ ހިތަށް އެރިއެވެ.

“ޔޫ ހަނދާން އެބަހުރި ދޯ މާހިން؟” ޝިފްނާ ހީކުރީ ފިހާރައިން މާހިންއާއި ދިމާވި ހަނދާން ޔޫލީ ހުރީ ކަމަށެވެ. ނަމަވެސް އެދުވަހު މާހިން ނަމެއް ހިއްސާއެއް ނުކުރެއެވެ.

“ޝިފް .. ހީ އިސް މާންސް ބްރާދަރ އޭ…” މަޑުމަޑުން ޝިފްނާގެ ކަންފަތް ދަށުގައި ޔޫލީ ބުނެލިއެވެ.

“ވަޓް” ޝިފްނާއަށް ލިބުނު ކުއްލި ހައިރާންކަމެއްގެ ސަބަބުން ބާރަށް ބުނެލެވުނެވެ. އޭނާގެ ދެލޯވެސް ބޮޑުވެގެންދިޔައެވެ.

“އަހަރެންގެ ވާހަކަ ދޯ ތިހާ ސިއްރުން ތި ދައްކަނީ؟” މާހިން ޔޫލީއާއި ކައިރިން ގޮޑިއެއްގައި އިށީންނަމުން ލާނެތް ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“އަރ ޔޫ މާންސް ބްރަދަރ؟” ޝިފްނާ މާހިންއަށް ތަންކޮޅެއް ނުރުހުމުގެ ގޮތަކަށް ލޯ އަޅާލަމުން އަހައިލިއެވެ. އޭނާ ހުރީ މިފަދަ ބޮޑު ކަމެއް މާހިން ސިއްރުކުރުމުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.

“ޔޭސް… ޝިފޫއަށް އެނގެއެއްނު؟” އެއް ބުމަ ހިއްލައިލަމުން ކުޑަކޮށް ހައިރާންވެފައި މާހިން ބުނެލިއެވެ. އޭނާ ހީކުރީ ހަމަ އަސްލުވެސް ޝިފްނާއަށް އެކަން ކުރިންވެސް އެނގޭނެ ކަމަށެވެ.

“ސޯ އިންޓްރޮޑަކްޝަންއެއް ބޭނުމެއް ނުވާނެއެއްނު… ތި ދެމީހުންނަކީ ބޭސިކަލީ ފެމެލީތާ؟” ޝިފްނާ ކޮނޑު އަރުވައިލަމުން ބުނެލިއެވެ. އޭނާގެ އަޑުގައި ހައިރާންކަމާއި މާޔޫސްކަމުގެ ރާގެއް އެކުލެވިފައިވިއެވެ.

ޔޫލީއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މާހިންއާއި ކުރިމަތިލާން ޖެހުމުން އޭނާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. މާންއާއި އޭނާގެ ދެމެދުގައި އޮތް ގުޅުމުގެ ހަގީގަތް މާހިންއަށް އެނގޭ ބާވައެވެ؟

މާހިންގެ މޫނުމަތިން ފެންނަމުންދިޔަ ހަމަޖެހުމާއި ސާފު ހިނިތުންވުމުން، އޭނާއަށް އެއްވެސް އެ ސިއްރު އެނގޭހެނެއް ހިއެއްނުވެއެވެ. އެއާއެކު ޔޫލީ ހިތާހިތުން ފުން ނޭވާއެއްލިއެވެ.

“ބޭސިކަލީ ފެމެލީ.. އެކަމަކު ޔޫލީ އަދި މާންއާއި މެރީ ކުރި ފަހުން ދިމާ މިވީ ދެވަނަ ފަހަރަށް… ދޮންބެވެސް އިންޓޮރޮޑަކްޝަންއެއް ދިނުމެއް ނެތްވިއްޔަ.. ދެން ވެދާނެ ދެމީހުންގެ ހަނީމޫން ފޭސްވީމާ އަދި އަހަރުމެންނާއި ދިމާކޮށްނުދެވިގެން އުޅެނީ ކަމަށް.” ހިތުގައިވީ ރިހުން ލާނެތްކަމާއި ސަކަރާތުގެ ތެރެއިން ފޮރުވާލަމުން މާހިން ބުމެލިއެވެ. އޭނާގެ ތޫނު ނަޒަރު ހުރީ ޔޫލީއަށް ހުއްޓިފައެވެ.

“އަސްލުވސްތަ؟ އެހެންވީމާ ޔޫ އެކަންޔެއްނޫންތާ .. މާންއަކީވެސް ވަރަށް ސިއްރުވެރި މީހެއްތާ..” މާހައުލަށްވެރިވެފައި ވީ ނުތަނަވަސްކަމުގެ ނިޝާނެއްނުވާ ޝިފްނާ ބުނެލިއެވެ.

“ހައްހައް.. ހުމްމްމް… ތިހެންތާ އެވީ ދޯ” މާހިން ރައްދު ދިނެވެ.

“ހޭ ޔޫ.. ބުނެބަލަ މާހިން ބޯކޮށާލީމާ އަސްލުވެސް މާ ގުޅޭ ދޯ… ޔޫ ބުނީމެއްނު ފިހާރައިން ދިމާވެގެން މާހިންއާއި ދިމާލަށް ބޯ ކޮށަން..” ކުއްލިއަކަށް އެދުވަހު ޔޫލީ ބުނި ބަސް ހަނދާންވުމުނެ ޝިފްނާ ބުންޏެވެ.

“ކީއްކޭ؟؟ ކޮން ފިހާރައަކުން؟؟” ހިޔާލުތަކަށް ގެއްލިފައި އިން ޔޫލީ އަހާލީ އެއްގޮތަކަށްވެސް އެކަން ހަނދާނުގައި ނެތިމުންނެވެ.

“އަޅޭ ހަނދާނެއްނެތްދޯ.. މާން ހޯދަން އެ ފިހާރައަށް ދިޔާމެއްނު … ދިޔައިރު މާން ނުފެނިގެން ޔޫ ވަރ ސޯ ފްރަސްޓްރޭޓަޑް.. ދެން މާހިންއާއި ދިމާއަށް ބުނީމެއްނު ………..” ޝިފްނާ ޔޫލީއަށް ހަނދާންކޮށްދިނުމަށް އެ ދުވަހު ކަންހިނގި ގޮތް ކިޔާދިނެވެ.

“އޯ.. ސޯ އިޓް ވޯސް މާހިންތަ؟”

ހަގީގަތް ހާމަވުމުން މާހިންގެ ހިތުގައި ރިއްސާލިއެވެ. ޔޫލީއަށް ފުރަތަމަ ފެނުނީ މާންއެވެ. އަދި އޭނާ ހޯދަން ދާނީ އެ ހިތުގައި ހާއްސަކަމެއް ދެވިގެންތާއެވެ. ނަމަވެސް މާހިންނަށް ޔޫލީ ފެނުމާއިއެކު އެ ހިތުގައި ޔޫލީއަށް ހާއްސަވެގެން ދިޔަ މަގާމަށް އޭނާ ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ. އެ ހިތް ކިޔަމަން ކުރަން އޭނާ މަސައްކަތް ކުރަންވެސް ބޭނުމެއްނުވެއެވެ. ޔޫލީ ވާންޖެހޭނީ އޭނާގެ މީހަކަށެވެ.

“ސޯ އަސްލު އެ ފިހާރައިގެ އޯރނަރ އަކީ މާހިން ދޯ؟” ކުޑަކޮށް ރަކިވެލާފައި ޔޫލީ އަހައިލިއެވެ.

“ޔަރ.. އެއީ އަހަރެންގެ ފިހާރައެއް… ބޮސް ހޯދާކަށްނޫނެއްނު އެކަމަކު އައީ” އެ ރީތި ދޮން މޫނަށް ކަޅިޖަހާނުލާ ބަލަހައްޓައިން އިނދެ މާހިން ޖަވާބުދިނެވެ.

ޝިފްނާގެ ހުނުމާއިއެކު ރަކިވި ވަރުން ޔޫލީ އިސްޖަހާލިއެވެ.

އެ ހިސާބުން ތިން މީހުންގެ މެދުގައި މަޖާ އެކި ވާހަކަތަކެއް ފެށުނެވެ. މާހިންގެ މަޖާ ސަކަ މިޒާޖުގެ ސަބަބުން، ޔޫލީގެ ހިތުގައިވީ ބަރުކަން ކުޑަހިނދުކޮޅަކަށް ނަމަވެސް ފިލައިގެންދިޔައެވެ. ޝިފްނާއާއި މާހިން އެކަކު އަނެކަކާ ދިމާކޮށް، ސަމާސާ ކުރަމުންދިޔަ މަންޒަރު ފެނިފައި ޔޫލީއަށްވެސް ހީނގަނެވުނެވެ. އޯޑަރުކުރި ކާތަކެތި މޭޒުމައްޗަށް އައުމާއިއެކު، ވާހަކައިގެ ފޯރި އިތުރަށް ގަދަވިއެވެ. ޔޫލީ ހަމަޖެހިލައިގެން އިނދެ، ބަނޑުފުރާ ކާލިއެވެ. ޝިފްނާ އިރުއިރުކޮޅާ މާހިންއަށް ބަލައިލާ ލޯބިވެތި ގޮތްގޮތުން ޔޫލީ އިނީ އެ ރަހްމަތްތެރިޔާއަށްޓަކައި ހިތާހިތުން އުފާކުރާށެވެ. ކެއުން ނިމި، ބިލް ދެއްކުމަށްފަހު ތިން މީހުން މޭޒުން ތެދުވިއެވެ.

ތިން މީހުން އެކީގައި ވާހަކަދައްކަމުން ރެސްޓޯރެންޓްގެ ބޮޑު ބިއްލޫރި ދޮރުން ނުކުންނަން ދިޔައެވެ. ދޮރާ ހަމައަށް ފޯރުނު ވަގުތު، އިމާރާތުގެ ލިފްޓުން ނުކުމެގެން ރެސްޓޯރެންޓަށް ވަނުމަށް އައި މާން ފެނިފައި ޔޫލީގެ ފިޔަވަޅުތައް ހުއްޓުނެވެ. އެއީ ޔޫލީ ހިތައްވެސް އެރި ކަމެކެވެ. ވާނިވެސް އެހެންތާއެވެ. މިއީ މާންގެ އޮފީސް އިމާރާތުގައި އިން ރެސްޓޯރެންޓެވެ. ނަމަވެސް ޝިފްނާގެ މަސައްކަތްތައް ހުރި ގޮތުން މިއަދު އެހެންތާކަށް ލަންޗްއަށް ދެވެން ނެތީއެވެ.

ގަމީހުގެ އަތުކުރި އޮޅާލައިގެން ހުރި މާންގެ މޫނުމަތިން ފާޅުވަމުންދިޔައީ އިންތިހާ ދަރަޖައިގެ ވަރުބަލިކަމެވެ. އެ ރީތި ހަށިގަނޑަށް ގަމީސް ހިފާލާފައި ހުރިއިރު، އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. މާންގެ ފަހަތުން ޒޯޔާއާއި އިމްތިޔާޒްވެސް އައެވެ.

ކުރިމަތިން ނުކުންނަން އައި ތިން މީހުން ފެނި މާންގެ ފިޔަވަޅުތައްވެސް މަޑުޖެހުނެވެ. ޒޯޔާއަށް އެ މަންޒަރު ފެނި ބޭއިހްތިޔާރުގައި ތުން އަނބުރާލެވުނެވެ.

ޒޯޔާގެ ނަޒަރު ޔޫލީއަށް ހުއްޓުމާއިއެކު، އޭނާގެ ހިތަށް ވެރިވި ނުބައި ހިޔާލެއްގެ ސަބަބުން ތުންފަތްމައްޗަށް ވެރިވީ މަކަރުވެރި ހިނިތުންވުމެކެވެ. ޔޫލީއަށް ދައްކާލުމުގެ ގޮތުން އޭނާ ކުއްލިއަކަށް މާންއާއި ދިމާއަށް ފިޔަވަޅެއް ގާތްވެލިއެވެ. އަދި ބޭއިހްތިޔާރުގައި ކަހަލަ ގޮތަކަށް މާންގެ އަތުގައި ހިފާލަމުން، މާހިންއާ ދިމާއަށް ބަލައިލިއެވެ.

“މާހިން؟ ދިސް އިސް އަ ސަޕްރައިޒް! ކީއްކުރަނީ މިތާ؟ އަންގާވެސް ނުލި މިހިސާބަށް އައިސް” ޒޯޔާގެ އަޑުގައިވީ އާދަޔާ ޚިލާފު ގާތްކަމެކެވެ.

ޒޯޔާ މާންގެ އަތުގައި ހިފާލަމުން ގާތްވެލުމާއިއެކު، މާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފާޅުވިއެވެ. އޭނާ އެއްވެސް ފަރުވާލެއް ނެތި ހަރުކަށިކަމާއިއެކު އޭނާގެ އަތް ޒޯޔާގެ އަތްދަށުން ދަމައިގަތެވެ. އަދި ޒޯޔާއާ ތަންކޮޅެއް ދުރަށް ޖެހިލަމުން، އެދެމެދުގައި ހުރި ދުރުކަން ސާފުކޮށްދިނެވެ.

މާންގެ އެ އަމަލުން ޒޯޔާގެ މޫނުމަތި ކުޑަކޮށް މިލައިގެންދިޔަ ނަމަވެސް، އޭނާ ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އޭނާ އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ.

“އަންގާލިނަމަ އެއްނު… އަހަރުމެންވެސް މިއައީ ލަންޗަށް .. އޭރުން ބައިވެރި ވެލެވުނީސް އެއްނު.”

އެމީހުން ދައްކާ އެއްވެސް ވާހަކައަކަށް މާންގެ ސަމާލުކަމެއް ނެތެވެ. އޭނާގެ ތޫނު ނަޒަރު ސީދާ ވެފައިވީ ޔޫލީގެ މޫނަށެވެ. އެ ބެލުމުގައިވީ ކޮން އިހުސާސްތަކެއްކަމެއް ބުނެދޭކަށް ނޭނގެއެވެ. ޝަކުވާއާއި، ރުޅިވެރިކަމާއި، އަދި ހަމައެއާއިއެކުވެގެންވީ ފުން ރިހުމެއް އެ ދެލޮލުން ފާޅުވަމުންދިޔައެވެ.

‘ޔަގީން އެ ފުރޭތަގަނޑު އޭނާ ދުރު ކުރީ އެ އަހަރެން މިތާ ހުރީމާ.. އެހެންނޫންނަމަ ތިބޭނީ ތަތްވެގެން.’ ޔޫލީއަށް އެ މަންޒަރު ފެނުމުން އޭނާ ހިތުގައި ހަސަދައިގެ އަލިފާންގަނޑެއް ރޯވެގެންދިޔައެވެ. އޭނާގެ ޒަމީރު އޭނާއަށް މާންގެ އަސްލު ވިސްނައިދޭން އުޅޭ ކަހަލައެވެ. މާން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން ޔޫލީގެ ހިތަށް ކެތްކުރަން ދަތިވިއެވެ.

ޒޯޔާ މާހިންނާއި ވާހަކަދެއްކި ގާތްގޮތާއި އުޅެގަން ގޮތުން ޝިފްނާވެސް ހުރީ ކަންބޮޑުވެ ހާސްވެފައެވެ. އޭނާގެ ހިތްވެސް ވަނީ ނުތަނަވަސްވެފައެވެ.

“ލެޓްސް ގޯ ޝިފް” ޒޯޔާއާއި މާހިން ވާހަކަ ދައްކަން ހުރުމުގެ ސަބަބުން އެތަނުން ނުދެވިފައި ހުރި ޔޫލީ ޝިފްނާގެ އަތުގައި ހިފާލަމުން އާދޭހުގެ ރާގަކަށް ބުނެލީ، އެތަނުގައި އިތުރަށް މަޑުކުރުމަށް ކެތްނުވެގެންނެވެ. އޭނާގެ އަޑުގައިވީ ތުރުތުރުލުމާއި ކަރުނައިގެ އަސަރު ޝިފްނާއަށް ވަގުތުން ވިސްނުނެވެ.

ޝިފްނާ ބޯޖަހާލަމުން ޔޫލީއާއިއެކު ހިނގައިގަތެވެ.

ޔޫލީ ފަސްއެބުރި ހިނގާގަތް އިރުވެސް، މާންގެ އެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ހުރިކަން އިހުސާސްވަމުންދިޔައެވެ. އެ ނުތަނަވަސްކަން ހިތުގައިވީ ނަމަވެސް މާންއާއި ދިމާލަށް ބަލައިނުލުމަށް ހިތާހިތުން އަޒުމް ކަނޑައަޅައިގެން ހުރެ، ޔޫލީ ރެސްޓޯރެންޓްގެ ދޮރުން ނުކުމެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގައެވެ.

އެ ދިމާއަށް ނަޒަރު ހުއްޓައިލައިގެން ހުރި މާންގެ މޫނުމަތިން އަސަރެއް ފާޅު ނުވިނަމަވެސް އެ ދެލޮލުން ފެންނަން ހުރީ ރިހުމާއި ވޭނެވެ. އެ ހިތުގައިވީ ޝަކުވާއާއި ވޭން އެ ދެލޮލުގައިވީ އިހްސާސްތަކުން ފާޅުވެއެވެ.

“މިއައީ ޝިފޫއާއެކު ލަންޗެއް ނަގަން.. އެހެންވީމަ ދެން ނުބުނެވޭނެ ދޯ.. ޝީ އިސް އަ ކޮލޯސް ފޮރެންޑް” މާހިންގެ އަޑަށް މާން ސިހުނެވެ.

‘ ޝިފްނާ މާހިންގެ އެހާ ގާތް ރައްޓއްސަކަށްވީ ކޮން އިރަކު ކިހިނެއްބާ؟’ މާންގެ ހިތަށް އެރިއެވެ.

****

“ވާއޮ…. ދިސް ޕްލޭސް އިސް ސޯ ނައިސް” މާހިންއާއިއެކު އޭނާ ދިރިއުޅޭ ޕެންޓްހައުސްއަށް ވަދެވުމާއިއެކު ޝިފްނާއަށް ހައިރާންވެފައި ބުނެލެވުނެވެ.

“މީ ދޮންބެގެ … ދޮންބެ މެރީ ކުރި ފަހުން އުޅެނީ ޔޫލީމެން ގޭގަ… ސޯ ދިސް ޕްލޭސް ފީލްސް ލައިކް މައިން މިހާރު…” މާހިން ހިނިތުން ވެލަމުން ބުނެލިއެވެ.

ޝިފްނާ އެތަނަށް އެއައީ މާހިންގެ ހާއްސަ ދައުވަތަކަށެވެ. ފާއިތުވި ދުވަސްތަކުގައި، މާހިންއާއި ޝިފްނާގެ މެދުގައި އޮތް ގުޅުން ވަނީ ބަދަހިވެފައެވެ. އެދެމެދުގައި ވަނީ ވަރަށް ގާތް ރަހުމަތްތެރިކަމެއް އުފެދިފައެވެ. ޝިފްނާގެ ހިތްވަނީ މާ ކުރިންވެސް މާހިންއަށް ދެވިފައެވެ. އެހެންނަމަވެސް އިސްނަގާ އެ ވާހަކަ ދައްކަން އޭނާ ޖެހިލުންވެއެވެ. މިއަދު މާހިން ޝިފްނާއަށް ދައުވަތު ދިނީ އެކީގައި ފިލްމެއް ބަލާލައި، “މޫވީ ނައިޓެއް” ހޭދަކޮށްލުމަށެވެ .ޝިފްނާ އެ ދައުވަތު ގަބޫލުކުރީ އެ ހިތުގައި އުފެދެމުންދިޔަ ލޯބީގެ ޖަޒުބާތުތައް މާހިންއަށްވެސް ފަހުމްވީ ކަމުގެ އުންމީދުގައެވެ. ގާތް ގުޅުމެއް އުފެދިފައިވީ ނަމަވެސް ލޯބީގެ ވާހަކައެއް މާހިން ޝިފްނާއާއި ދައްކާފައެއްނުވެއެވެ.

“ޝިފޫ، ވޮޑް ޔޫ ލައިކް އަ ޓުއަރ؟” މާހިން އަތުގެ އިޝާރާތުން މުޅި ތަން ދައްކާލަމުން، ފަހުރުވެރި ހިނިތުންވުމަކާއިއެކު ބުނެލިއެވެ.

“އައި ވޮޑް ލަވް އިޓް” ޝިފްނާ ހިނިތުންވެލަމުން ބުނެލިއިރު އެ ދެލޮލުގައި ވިދުމެއްވިއެވެ. ޝިފްނާ މަޑުމަޑުން ހިނގަމުން މުޅި ތަނަށް ނަޒަރު ހިންގާލިއެވެ. އެއީ ހަމަ ހިތްގައިމުކަމުގެ ލާމަސީލު މިސާލެކެވެ. މުޅި އެޕާޓްމަންޓް ފަރުމާކޮށްފައިވަނީ ތަނަވަސްކޮށް، ތިން ބޮޑު ކޮޓަރިއާއި، ކުޑަ ކޮޓަރިއެއް ހިމެނޭ ގޮތަށެވެ. ގޭގެ ފާރުތަކާއި ބައެއް ފަރުނީޗަރުން ގިނައިން ފެންނަން ހުރީ ހިތްހަމަޖެހުން ގެނެސްދޭ އޮލިވް ގްރީން (ޒައިތޫނި ފެހި) ކުލައެވެ. އެ ކުލައާއި ގުޅުވައިގެން ޖަހާފައިވާ މަޑު ރަންކުލައިގެ ބޮކިތަކުގެ އަލިން މުޅި ތަނަށް ވެރިކޮށްދީފައިވަނީ މުއްސަނދި އަދި ހިތްފަސޭހަ މާހައުލެކެވެ.

ގޭގެ އެކި ދިމާލުގަޔާއި މޭޒުމަތީގައި ޒީނަތްތެރިކުރުމުގެ ގޮތުން ބަހައްޓާފައި ހުރި ތަފާތު ގުދުރަތީ ފެހި ގަސްތަކާއި މާ ޓުކުރިތަކުގެ ސަބަބުން، މުޅި ތަނަށް ދިރުމާއި ތާޒާކަން ގެނެސްދީފައިވިއެވެ.

އެންމެ ބޮޑަށް ޝިފްނާގެ ހިތް އަތުލީ ސިޓިންގްރޫމްގެ ބޮޑު ފާރާ ދިމާލުގައި ހުރި ފެހިކަންގަދަ މަސް ޓޭންކެވެ. އޭގެ ތެރޭގައި ތަފާތު ރީތި ގަސްތަކާއި ހިލަތައް އަތުރާލާފައިވާއިރު، ކުދިކުދި ކުލަކުލައިގެ މަސްތައް އަމާންކަމާއިއެކު ފަތަމުންދިޔަ މަންޒަރުން މުޅި ތަނަށް ވެރިކޮށްދީފައިވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ.

” މިއީ ވެސް ދޮންބެގެ ފެވްއެއް.. މިކޮޅުގެ އުޅުނުއިރު ވަގުތެއްވާއިރެއް މި އެއްޗިސްތަކާއި އުޅޭނެ.. ދެން މިހާރު މި އެއްޗިސްއަށް ކާންދީ ބެލެހެއްޓުން އަހަރެންގެ ޒިންމާއަކަށްވެއްޖެ.” މާހިން ހިނިތުންވެލަމުން މަސް ޓޭންކަށް އިޝާރާތްކޮށްލަމުން ބުނެލިއެވެ.

ސިޓިންގްރޫމްގެ ބިއްލޫރި ދޮރުން ނުކުމެވެނީ ބޮޑު ހާމަ ތަނަކަށެވެ. އެ ތަނުގައިވާ ހިތްގައިމު ޕޫލްގެ ނޫކުލައިގެ ފެންގަނޑު، ރޭގަނޑުގެ ބޮކިތަކުގެ އަލީގައި ދިއްލި، ވިދަމުންދިޔައެވެ. ބެލްކަނީގެ ވަށައިގެންވެސް ބޮޑެތި ފެހި ގަސްތައް އަތުރާލާފައި ހުރުމުން، މި ކާރޫބާރޫ ބޮޑު މާހައުލުގައިވެސް އެތަން ފެންނަނީ ގުދުރަތީ ރީތި ބަގީޗާއެއް ފަދައިންނެވެ. ޕޫލްގެ ކައިރީގައި ދެމީހަކަށް އިށީނދެވޭނެ ފަދަ އަރާމު ސޯފާއެއް ބަހައްޓާލައިފާވާއިރު އެކި ކަހަލަ ގޮޑި ޖަހާލައިފާ ހުއްޓެވެ.

ޝިފްނާ ހުރީ އެ ރީތި މަންޒަރުތަކުން ބުނާނެ އެއްޗެއް ނޭނގި، އާޝޯހުވެފައެވެ.

“ޝިފޫ ބޭނުމިއްޔާ ހިނގާ ކޮޓަރިތައްވެސް ބަލާލަން” މާހިން ހިނިތުންވުމާއިއެކު ޝިފްނާ ގޮވައިގެން ކޮޓަރިތަކާއި ދިމާއަށް ހިނގައިގަތެވެ.

އެންމެ ފުރަތަމަ އެމީހުންނަށް ވަދެވުނީ އެޕާޓްމަންޓްގެ އެންމެ ބޮޑު ކޮޓަރި، މާސްޓަރ ބެޑްރޫމަށެވެ. އެ ކޮޓަރިއަށް ވަނުމާއިއެކު ޝިފްނާއަށް ހުއްޓެވުނެވެ. މުޅި ކޮޓަރިން ސިފަވަމުންދިޔައީ މާންގެ ވަރުގަދަ، ކެރޭ ޝަހުސިއްޔަތެވެ. ކޮޓަރީގެ މައިގަނޑު ފާރުގައި ވަނީ ވަރަށް ފުން، ޝާހީ ޑާކް އެމަރަލްޑް ގްރީން ކުލައެއް ލާފައެވެ. އެ ކުލައާއި ގުޅުވައިގެން ހުރި އަނދިރި ލަކުޑީގެ ބަރު ފަރުނީޗަރުތަކާއި، ކަޅުކުލައިގެ މެޓަލް ޑީޓެއިލްތަކުން ކޮޓަރިއަށް ގެނެސްދީފައިވަނީ ޝާހީ ސިފައެކެވެ.

ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑު މޭޒުމަތީގައި ތަރުތީބުން އަތުރާލެވިފައި ހުރި ވިޔަފާރިއާއި ގުޅުންހުރި ފޮތްތަކާއި، ކާމިޔާބީގެ އައްޑަނަތަކުން އެ ކޮޓަރީގެ ހައިބަތު އިތުރުކޮށްދެއެވެ. އެނދުގެ ފުރަގަހުން ފާރުގައި ހަރުކޮށްފައި ހުރި ކުރެހުމުންވެސް ސިފަވަނީ ރީތި ގުދުރަތީ މަންޒަރެކެވެ.

“މިއީ ދޮންބެގެ ކޮޓަރި. ފީލްސް ލައިކް އަ އޮފީސް ދޯ؟” މާހިން ބުންޏެވެ. “ދެން މިއީ އަހަރެންގެ ކޮޓަރި”

ޖެހިގެން ހުރި ކޮޓަރިއަކީ މާހިންގެ ކޮޓަރިއެވެ. އެތަން މާންގެ ކޮޓަރިއާއި މުޅިން ތަފާތެވެ. އެތަނުން ފެންނަނީ މާހިންގެ ސަކަ މިޒާޖެވެ. މަޑު އަޅިކުލައަކާއި ހުދުކުލައިގެ ފާރުތަކާއިއެކު، މިއުޒިކް ސާމާނާއި އެކި ކަހަލަ ޒަމާނީ ކުރެހުންތައް އެތަނުގައި ހުއްޓެވެ.

“މިއުޒިކްވެސް ކުޅެންތަ؟” މާހިންގެ ކޮޓަރިން ނިކުންނަމުން ޝިފްނާ ބުނެލީ ހައިރާންވެފައެވެ.

“ހުމްމް… ގިޓަރ”

ތިންވަނަ ކޮޓަރިއަކީ މެހެމާނުންނަށް ޚާއްސަކޮށްފައިވާ، ހިތްފަސޭހަ ސާދާ ކޮޓަރިއެކެވެ.

އަދި އެންމެ ފަހުން މާހިން ވަނީ އެ ކުޑަ ކޮޓަރިއެވެ. އެއީ ފިލްމު ބަލާ ވީޑިއޯ ގޭމް ކުޅުމަށް ފަރުމާ ކޮށްފައިވާ ކުޑަ ކޮޓަރިއެކެވެ. އެތަނުގައި ޕީ އެސް ސެޓަޕް އެއްވެސް ވެއެވެ. މުޅި ކޮޓަރީގައި ވަނީ އަރާމު ބޮޑެތި ބީން-ބޭގްތަކާއި، މަޑު ސޯފާއެއް ބެހެއްޓިފައެވެ.

“ސޯ، މިރޭގެ މޫވީ ނައިޓް އޮންނާނީ މިތާ” މާހިން ލާނެތް ގޮތަކަށް ހިނިތުންވެލަމުން، ސޯފާއާއި ދިމާއަށް އިޝާރާތްކޮށްލިއެވެ. މާހިންގެ އެ ޖުމުލައާއިއެކު ޝިފްނާގެ ހިތުގެ ތެޅުން އާދަޔާ ޚިލާފަށް ބާރުވެގެންދިޔައެވެ. މާހިންއާއި އެހާ ގާތުގައި، ދެމީހުން އެކަނި ހޭދަކޮށްލަން ލިބުމުން އޭނާގެ ހިތް އުފަލުން ނަށާލިއެވެ. ހިތުގެ އެ ޖަޒުބާތުތައް ފޮރުވަން މަސައްކަތްކުރަމުން އޭނާ ހިނިތުންވެލިއެވެ.

***ނުނިމޭ***

ހުރިހާ ކިޔުންތެރިންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ކިޔަން.

ކިޔުންތރިން އިންތިޒާރު ކުރަމުން ދިޔަ މި ހަފްތާގެ ބޯނަސް އެޕިސޯޑް

ވާހަކައިގެ މިބައި ވެސް ކަމުދިޔަ ކަމަށް އުންމީދު ކުރަން. ވާހަކަ ކަމުދިޔަ ނަމަ ކޮމެންޓެއް ކޮށްލަ ދެއްވާ.

-ވިޝް-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

wish
Follow Me Written By

wish

Level 3100 Login10 Stories100 Comments

WISH, words breathe and stories come alive. Each piece is a reflection of silent thoughts, untold emotions, and dreams waiting to be heard. This is where ink meets imagination.

Other Articles

Previous

ލޯބި-39

Next

އަނދިރި ދުނިޔޭގެ ރަސްގެފާނު – 4

Next
July 27, 2026

އަނދިރި ދުނިޔޭގެ ރަސްގެފާނު – 4

Previews
July 27, 2026

ލޯބި-39

6 Comments!

  1. Un_known says:
    July 27, 2026 at 11:23 am

    MA Vhk vrh reethi 💗
    Knme part akah comment nukurevunas gavaidhun vaahaka kiyan….
    Vrh interesting vhk eh..
    When’s next??
    Curiously waiting for the next part 🤍
    Bonus parts Gina ginain genesdhey Nama dhw🤭😅
    Keep going 🙌🏻

    1. wish wish says:
      July 27, 2026 at 11:33 am

      Vaahaka ah comment kohlyma varah ufaa vehje Un-known.. kiyuntheringe tharuheebaai hiyaal adhi comment gina gina inn libunyma thaa ingeyny vaahaka ah oiy tharuheebuves.. Tharuheebu libenyaa bonus parts nudhee kuriah nudheveyne ehnu.. Liyuntheringe back bone akee kiyuntherinn nehnu .. Next part Thursday ga publish kohladheynan ingey… Ehnme look forward kureveny comments ah ingey 🙂

  2. Koklila modi says:
    July 27, 2026 at 7:02 pm

    Awwnn Thank you so much wish for tbe suprise

    1. wish wish says:
      July 27, 2026 at 7:31 pm

      Koklila modi thank you for the comment… and you are most welcome… surprise dheyn vaane ehnu koklila modi men vaahaka kiyaaa hithun thibenyaa dho

  3. Koklila modi says:
    July 30, 2026 at 12:46 pm

    Miadhuge part submited tha? Kiyaa hithun hureveni eh noon

    1. wish wish says:
      July 30, 2026 at 2:02 pm

      awwwn… Koklika modi,, warah ufaa vehje mi vaahaka ah inthizaaru kuraaathy.. Vaahaka ah thi dhehvaa tharuheebah hama shukuriyyaa.. Vaahkaaige aneh part publishing ah submitted ingey 🙂

Comments are closed.

Next Episodeނޭދެން ވަކިވާކަށް 27 ވަނަ ބައި←


All Right Reserved!