Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-33

flower_ Level 110 Stories
July 17, 2026 4 Mins Read
2 Comments

*”ކައިވެންޏޭ؟ އެމީހާ ކައިވެނި ކުރާނަމޭ ބުނީމަ ދެންވީ ރަށުމެދައް ބަލިވާންތަ؟ މީ ކުދިންނާ ރައްޓެހި ވެގެން ވެސް އުޅެންވީ އުމުރެއް ނޫން؟”*

“މަންމަ އަކަށް ތިހެނެއް ނުބުނެވޭނެ. ދޮންތަމެން ވެސް ކުދިންނާ ރައްޓެހިވެގެން އުޅުނީ މިއުމުރުގަ.” ރަނާ އާއި ދިމާލައް ބަލައިލަމުން މިންނަ ބުންޏެވެ.

“ލަދެއް ވެސް ނުގަނެއޭ މީނާއެށް. އަހަރެންގެ ކުރިމަތީ އަދި އެބަ ޒުވާބު ކުރަން އުޅެއޭ. ދޮންތިމެންނޭ ބުނާއިރު ދޮންތިމެން އުޅުނީ މަންމަމެންނަށް ސިއްރުންތަ؟ ދޮންތިމެން ކަލޭ ގޮތަށް ރަށުމެދައް ބަލިވިތަ؟ ކަލޭ މިގޭގައި ވެސް ދެން ނުބަހައްޓާނަން. ނުކުމޭ.” ރައުފާ މިންނަގެ އަތުގައި ހިފައި ކުރިއަށް ކޮއްޕައިލި އެވެ.

“މަންމާ އަހަރެންނަށް ތިހެން ނުހަދާ. އަހަރެންނަށް ކުށެއް ކުރެވުނީ.” މިންނަ ބާރަށް ރޯންފެށި އެވެ.

ރަނާ ގޮސް ރައުފާ މިންނަ އާއި ދުރު ކޮއްލި އެވެ. އެވަގުތު މާޔާ ވެސް އައެވެ.

“ތުއްތާ. ތުއްތަބެ އަންނަންދެން މިންނަ ބަހައްޓާ. ހިނގާ ދާން. ހަނާ ވެސް މިހާރު އަންނާނެ.” މާޔާ ބުންޏެވެ.

“ކަލޭ މި ކޮޓަރިން ނުނުކުންނާތި ކަލޭގެ ބައްޕަ ނާންނަނީސް.” ރައުފާ ރުޅި އައިސް ފައި ބުންޏެވެ. އަދި ނުކުމެ ދޮރު ވަރަށް ބާރަށް ޖެހި އެވެ. ހަނާ ހުރީ މިހުރިހައި މަންޒަރެއް ބަލާށެވެ.

ރައުފާ ހުއްޓައި ނުލައި ރޮނީއެވެ. އޭނާވެ ހާލުދެރަވާން ފެށި އެވެ. ކައިރީގައި ތިބެގެން ރަނާ އާއި މާޔާ އެކި ވާހަކަ ދައްކަމުން ދިޔައެވެ. ހަނާ ވެސް އެތާ ކައިރީގައި ހުއްޓުވެ. އެންމެފަހުން ހަދާނެގޮތް ހުސްވެގެން ރަނާ ރިޝްފާއަށް ގުޅައި އައިސް ދިނުމަށް ބުންޏެވެ.

“ދަރިފުޅޫ. މަންމަ އަންނާނަން ރަނާ ގުޅައިފަ ބުނީމަ ގެއަށް ގޮސްލައިފަ. ނާއިލް ހުންނާނަން ދޯ ދައްތަ އަންނަންދެން؟” ރިޝްފާ ބުންޏެވެ.

“ދައްތާ ދޭ ގޮސްލާފަ އަންނަން. އަހަރެން ހުންނާނަން.” ނާއިލް ހިނިތުން ވުމަކާއި އެކު ބުންޏެވެ. ރިޝްފާ މިންހާގެ ބޮލުގައި ފިރުމައިލައިފައި ދިޔަ އެވެ. ހަމަ އެވަގުތު މައިހާ އާއި ރީހާން އައެވެ.

“ރެއިން ފެށިގެން މިތާގަތަ؟” ނާއިލް ފެނިފައި ރީހާން އަހައިލި އެވެ.

“ނޫން. އައިނީ ގޮވައިގެން އައިސްލީ.” ނާއިލް ބުންޏެވެ.

“ކިހިނެއް ވީ ކުއްލިއަކަށް؟ މިން ގަވައިދުން ބޭސް ނުކައި އުޅެނީ ދޯ؟” މައިހާ އައިސް މިންހާ ކައިރިއަށް ހުއްޓިލަމުން އެހި އެވެ.

“ބޭސްކަން ގަވައިދުން.” މިންހާ މަޑުމަޑުން ބުންޏެވެ.

“ދެން ކިހިނެއްވީ؟ ތިދެމީހުން މައްސަލައެއް ޖެހުނީތ؟” މައިހާ އަނެއްކާވެސް އަހައިލި އެވެ. މިންހާ ބޯހޫރައިލި އެވެ.

“ނާއިލް! ކަލޭ މިން އާއި ދިމާލަށް އެއްޗެކޭ ބުނީ ދޯ؟ ކަލޭ ކީކޭ ބުނީ؟” މައިހާ ނާއިލް އާއި ދިމާލައް ބަލައިލިލަމުން ބުންޏެވެ.

“މަ ނުބުނަން އެއް ވެސް އެއްޗެކޭ.” ނާއިލް އަވަސް އަވަހައް ބުންޏެވެ. މައިހާ ލޯއަޅައިލި އެވެ.

“ނާއިލް ނުބުނެއޭ އަހަރެންނާއި ދިމާލައް އެއް ވެސް އެއްޗެކޭ.” މައިހާ ގަބޫލު ނުކުރާކަން އެނގުމުން މިންހާ ބުންޏެވެ.

“ދެން ކިހިނެއްވީ ކުއްލިއަކަށް؟” ރީހާން ވެސް އަހައިލި އެވެ.

“މާ ބޮޑައް ސްޓްރެސް ވީއޭ ބުނީ.” ނާއިލް ބުނެލި އެވެ. ހަގީގަތުގައި ކަން ވީގޮތް މިންހާ ހުރިތާކު ބުނާކަށް އޭނާ ބޭނުމެއް ނުވި އެވެ.

“ދެން ދަނީއޭ. އަދި ގެއަށް ވެސް ނުގޮސް މިއައީ.” އިރުކޮޅަކު މިންހާ އާއި ވާހަކަ ދައްކާލަން ހުރުމަށް ފަހު މައިހާ ބުންޏެވެ.

“ކީއްވެ ގެއަށް ނުގޮސް ތިއައީ؟ ގެއަށް ގޮސް ކައިގެން ރެސްޓް ކޮއްލައިފަ އައިނަމަ. އަހަރެން ބުނީމެއްނު ރެސްޓް ކުރަން ޖެހޭނޭ.” މިންހާ ބުންޏެވެ.

“އަމިއްލަ އަށް ތިއޮތީ ހޮސްޕިޓަލަށް އެނދުގަ. އަހަރެން ކައިރީ ރެސްޓް ކުރަން ނުބުނެ އަވަހައް ރަނގަޅުވެގެން ގެއަށް އާދޭ.” ހެމުން މައިހާ ބުންޏެވެ. އަދި ނުކުމެގެން ދިޔައެވެ.

“މިންހާ ދައްތަ ރަނގަޅުވާނީ ކޮންއިރަކުން؟” މައިހާ އާއި ރީހާން ނުކުމެގެން ދިއުމުން އައިނީ އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.

“ވަރަށް އަވަހަށް ރަނގަޅުވާނެ. އިންޝާ ﷲ.” މިންހާ ހިނިތުންވެލަމުން ބުންޏެވެ.

“މިންހާ ދައްތަ ރަނގަޅުވީމަ އަންނާނަން ދޯ އައިނީގެ ގެއަށް؟ ކޫބޭ. ކޫބެ ކޮންއިރަކުން މިންހާ ދައްތަ އައިނީމެން ގެއަށް ގެންދާނީ؟” އައިނީ ނާއިލް އާއި ދިމާލައް ބަލައިލަމުން އެހި އެވެ. ނާއިލް ގާތައް ހިނިއައެވެ.

“މިންހާ ދައްތަ ރަނގަޅުވީމަ ވަރަށް އަވަހައް ގެންދާނަން.” ނާއިލް ހިނިއައިސްފައި ހުރެ މިންހާ އާއި ދިމާލައް ބަލައިލަމުން ބުންޏެވެ.

“އަސްލުކޮއް ވެސް؟” އައިނީ ދެލޯބޮޑުކޮއްލަމުން އަހައިލި އެވެ. ނާއިލް ހިނިއައިސްފައި ހުރެ ބޯޖަހައިލި އެވެ. “އައިނީ ވަރަށް ހެޕީ ވެއްޖެ.”

“މިން! މިހާރު ކިހިނެއް؟ އައިނީ ވެސް އެބައިން ދޯ.” އައިޒާ ވަންގޮތައް ބުންޏެވެ.

“ކުރިއަށް ވުރެ ރަނގަޅުހެން ހީވަނީ. މިތާ އޮވެއޮވެ ފޫހި ވެއްޖެ. އައިނީ ވެސް އައިކަން ނަސީބެއް.” މިންހާ ޝަކުވާ ކޮއްލި އެވެ.

“ދެން ބޭރައް ނުކުމެލާ. ޑޮކްޓަރ އަންގައިފަ އޮތީ މިތާ ގަރޑަން އަށް ނުކުމެލަން. ނާއިލް ދޭބަލަ މިންހާ ގޮވައިގެން.” އައިޒާ ބުންޏެވެ.

“މަންމީ! ކޫބެ ބުނީ މިންހާ ދައްތަ ރަނގަޅުވީމަ އައިނީމެން ގެއައް ގެންދާނަމޭ.” އައިނީ އުފާވެފައި ހުރެ އައިޒާގެ ފައިގައި ބައްދައިލަމުން ބުންޏެވެ. އައިޒާ އައިނީ އުރައިލި އެވެ.

“އެހެންތަ؟ ކޫބެ ހަމަ އެހެން ބުނިތަ؟” އައިޒާ ވެސް ހައިރާންވި އެވެ. ނާއިލް އާއި ދިމާލައް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ނާއިލް މަޑުމަޑުން “ހީމް”އޭ ބުނެލި އެވެ.

“ނުވެސް ބުނެލާ.” އައިޒާ ޝަކުވާ ކޮއްލިއެވެ.

“ބުނަން ވަގުތު ނުވީ.” ނާއިލް ބުންޏެވެ.

“ބުނަން ވަގުތު ނުވީތަ ނޫނީ މިންހާގެ ބައްޕަ އާއި އަދި ވާހަކަ ނުދެއްކެނީތަ؟” އައިޒާ ސަމާސާ ކޮއްލި އެވެ.

“ތިކަން ނިމިއްޖެ. ހަމަ ވަގުތު ނުވެގެން ނުބުނެވުނީ.” ނާއިލް ބުންޏެވެ.

“ސޯ ޑރ. މިންހާ އަހަރެމެން ގެއައް އޮފިޝަލީ އަންނަން ދޯ އުޅެނީ.” އައިޒާ ބުންޏެވެ. “އަހަރެން މިދަނީ ގެއަށް. އައިނީ ހިނގާ ދާން.”

ގެއައް ވަދެވުމާއެކު އެކު ރިޝްފާގެ ކަންފަތުގައި ޖެހުނީ ރައުފާގެ ދިއުމުގެ އަޑެވެ. އަވަސް ފިޔަވަޅުތަކެއްގައި ރިޝްފާ ގޮސް ރައުފާގެ ކޮޓަރިއަށް ވަނެވެ. އޭރު ވެސް ރައުފާ ހުއްޓުމެއް ނެތި ރޮނީ އެވެ.

“އެއްފަހަރު ވެސް މި މައިމީހާގެ ހިތުގައި އަޅާނެ ވޭނާ ދޭތެރޭ ވިސްނައިނުލި. އަހަރެން ކުރި ހުރިހައި ކަމެއްގެ ބަދަލަކީ މިއީތަ.” ރައުފާ ރޮމުން ބުނަމުން ދިޔަ އެވެ.

“ރައުފާ! ކިހިނެއްވީ؟ ކީއްވެ ތިހާވަރަކައް ތިޔަ ރޮނީ؟” ރިޝްފާ އައިސް ރައުފާ ކައިރީ އިށީންނަމުން ބުންޏެވެ.

“ދައްތާ. ކީކޭ އަހަރެން ބުނާނީ؟ ދަރިންނަށް ޓަކައި ކުރި ކަމެއް ކުރީ. އަހަރެން ދިން ތަރުބިއްޔަތުގައި ކޮންކަމެއް މަދުވީ؟ އަހަރެންނަށް ދެކެން ދެން އޮތީ މިދުވަސްތަ؟” ރައުފާ ރޮއިގަތެވެ.

“ހަނާ ދޭ ކޮޓަރިއަށް.” ރަނާ ބުނެލި އެވެ. ހަނާ މަޑު ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.

“ރައުފާ ރުއިން ހުއްޓައިލައިފަ ވީގޮތެއް ބުނެބަލަ.” ރިޝްފާ ހާސްވާން ފެށިއެވެ.

“ކިހިނެއް ބުނާނީ؟ އަހަރެން ލަދުވެސް ގަނޭ ބުނަން.” ރައުފާގެ އަޑުބެދޭގޮތް ވިއެވެ.

“ރަނާ. މާޔާ. ބުނެބަލަ ވެގެން އުޅޭގޮތެއް.” ރިޝްފާ ހާސްވެފައި ބުންޏެވެ.

“ދައްތާ. މިންނަ…މިންނަ…އިނީ…ބަލިވެ.” ރަނާ އަޅައިގަންނަމުން ބުންޏެވެ. ރިޝްފާ އަށް ވެސް ހީވީ ފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ.

“ކީކޭ؟ ކޮންއިރަކު؟ ކާކުގެ ދަރިއަކަށް؟” ރިޝްފާ އަށް އަހައިލެވުނެވެ.

“ކޮންމެސް ޒިލާލް އެއް. ރޭގަ އެނގުނީ. އެނގިގެން ދޮންތި މިންނަ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހެދީ. އެ ޝޮކުގަ ދޮންތި އަނބުރައިގަތީ.” މާޔާ ކިޔައިދިނެވެ. ރަނާ ވެސް އިނީ ހައިރާން ވެފަ އެވެ.

“މަގޭ މިންހާގެ ހިތަކަށް އެފަދަ ކަންކަން ކެތެއް ނުކުރެވޭނެ. ކޮން ޒިލާލް އެއް؟ މިރަށު ކުއްޖެއްތަ؟” ރިޝްފާއަށް ވެސް ރޮވުނެވެ.

“މިރަށު މީހެއް ހެންނެއް ހިޔެއް ނުވޭ. ނޭނގެ ކާކު ކަމެއް. ތިއްތަބެ ކައިރީ ބުނެގެން ހޯދައިލެވިދާނެ.” މާޔާ ބުންޏެވެ.

“އަނ. ރަނގަޅު. އެމީހާ ހޯދައިފައި މިންނަ އެމީހަކާ ދެވައިފަ އަވަހައް ފޮނުވައިލަންވީ.” ރައުފާ ބުންޏެވެ.

“ތުއްތާ. ތިކަހަލަ އެއްޗެހި ނުބުނޭ. އެއީ ކާކުކަމެއް ކޮންކަހަލަ މީހެއް ކަމެއް ވެސް ނޭނގެ އެއްނު.” ރަނާ ބުނެލި އެވެ.

“ދެން މިންނަ ވެސް ކަންތައްތައް ކުރީރު އެވަރު ވިސްނައިލިތަ. އަހަރެން މިބުނީ އެންމެންގެ ވެސް އެންމެ ބޮލައް ފަސޭހަވާނެ ގޮތް. ނަދީމް އައީމަ ދެން އެކަމާ ވާހަކަދައްކާނީ.” ރައުފާ ރުޅި އައިސްފައި ބުންޏެވެ.

އިރުކޮޅަކު ތިބެލުމައް ފަހު އެންމެން ނުކުތެވެ. ހަމަ އެއާއި އެކު ހަނާ މަޑުމަޑުން ގޮސް ރައުފާގެ ކޮޓަރިއަށް ވަނެވެ.

“ތުއްތާ. ތުއްތަ ހިތްވަރު ކުރައްޗޭ. ހަނާ އަށް ޓަކައި ވެސް ހިތްވަރު ކުރައްޗޭ. ހަނާގެ މަންމަ އެއްވެސް ނެތް މިއަދަކު. ބައްޕަ އެއްވެސް ނެތް. ހަނާގެ މަންމަގެ މަގާމުގައި މިއަދު ތިހުރީ ތުއްތަ. ތުއްތަ އަށް ކަމެއް ވެއްޖެއްޔާ ހަނާ ވަރަށް ދެރަވާނެ.” ރައުފާ ކައިރީ އިށީންދެލައިގެން އިނދެ ރޮމުން ހަނާ ބުންޏެވެ.

“ހަނާ ތީ ތުއްތަގެ ކުއްޖެއްނު. ހަނާ ނުކުރައްޗޭ ގޯސްކަމެއް. ތުއްތަ އަށް އެއްވެސް ކަމެއް ނުފޮރުވައްޗޭ. މިންނަ އުޅޭ ގޮތައް ނޫޅެއްޗޭ.” ރައުފާ ހަނާގެ ބޮލުގައި ފިރުމަމުން ބުންޏެވެ.

“ހަނާ ނުކުރާނަން އެއްވެސް ގޮސް ކަމެއް. ހަނާ ވަރަށް ބަސްއަހާނަން. ހަނާ ކިޔަވައިގެން ކޫއްތަ ގޮތައް ނަރސް އަކައް ވާނަން. އޭރުން ތުއްތަ ހެޕީވާނެ.” ހަނާ ރައުފާ ކައިރީ އޮށޯވެލި އެވެ. އެހެން އޮއްވައި ރައުފާ އާއި ހަނާ އަށް ނިދުނެވެ.

މައިހާ އާއި ރީހާން ގެއަށް ވަން އިރު ގޭތެރެ އާދަޔާ ޚިލާފަށް ހަމަހިމޭނެވެ. އެހެން ދުވަސް ދުވަހު އެމީހުން ގެއަށް ވަންނައިރު މަންމަ އެމީހުންނަށް މަރުހަބާ ކިޔައެވެ. ނަމަވެސް މިއަދު މަންމަ ފެންނާކަށް ނެތެވެ.

ހަވީރުގެ ވަގުތެވެ. މައިހާ އާއި ރީހާން ތިބީ ގޯތިތެރޭގައި އެލުވައިފައި ހުރި އޮދޯލިތަކުގައެވެ. މާޔާ ނުކުންތަަން ފެނުމުން މައިހާ ގޮވައިލި އެވެ.

“ކަމެއްވީތަ ގޭގަ؟ އެންމެން މިއަދު ކޮޓަރިތަކަށް ވަދެ ފިލާ؟” މައިހާ އަހައިލި އެވެ.

“ހިމް. ވަރަށް ބޮޑު ކަންތައްގަޑެއް ހިނގި.” މާޔާ ވެސް އޮދޯއްޔެއްގައި އިށީންނަމުން ބުންޏެވެ.

“ކިހިނެއްވީ؟” ރީހާން ވެސް ޝައުގުވެރިވެފައި އަހައިލި އެވެ.

“ތިއްތަމެން ރޭގަ އެއް ސަޕްރައިޒް ދިނީރައް މިންނަ އަނެއް ސަޕްރައިޒް ދީފި. ސަޕްރައިޒް ވެގެން ގޮސް ދޮންތި އެއޮތީ ހޮސްޕިޓަލުގަ އެޑްމިޓް ކޮއްފަ.” މާޔާ ބުންޏެވެ.

“މާނަ އަކީ؟ މާޔާ ވެސް ސީދާ ސީދާ ކޮށެއް ވާހަކައެއް ނުދައްކާނެ.” މައިހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ.

-ނުނިމޭ-

Share Article

Follow Me Written By

flower_

Level 110 Stories

Other Articles

Previous

ލޯބި-32

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 73

Next
July 17, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 73

Previews
July 17, 2026

ލޯބި-32

2 Comments!

  1. Anonymous says:
    July 17, 2026 at 1:49 pm

    Kon Heem eh

  2. Amu says:
    July 17, 2026 at 3:41 pm

    next avahah nerey dheeba dhww
    vrh kiyaa hithu mi ulheynee

Comments are closed.



All Right Reserved!