Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހާދަހާވޭ ކުރާހިތް ސަމާސާ 35 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 26, 2016 12 Mins Read
41 Comments

އެމީހާ އެތަނަށް އައުމުގެ ކުރިން ފައުޒާންއަށް އެގޮނޑިއަށް ދެވުނު ނަމައޭ ހިތަށް އެރީ މާ ފަހުންނެވެ. ދެން އިތުރު ކަމެއް ނުކުރެވުނެވެ. ލޯންޗު ނައްޓާލި އިރުވެސް ހިބާއާއި ދިމާއަށް ބަލަހައްޓައިގެން ފައުޒާންއަށް އިނދެވުނީ އެވެ. ބައެއް ފަހަރު ހިބާއާއި ދިމާއަސް ދާންވެސް ފޫ ހިއްލާލައެވެ. ނަމަވެސް އަދި މަދުކޮށްލެވެނީއެވެ. އެހާ ދުވަސް ފަހުން ފެނުނު ފުރަތަމަ ފަހަރު ކަމުން ދުރުގަ އިންދެގެން ހިތްފުރެންދެން ހިބާއަށް ބަލާނީއޭވެސް ހިތަށް އަރައެވެ. ހިބާ ފެންނަލެއް ހާދަ ހިއްކެވެ. މޫނުމަތި އެވަނީ މުޅިން މިލާފަ އެވެ. އަދިވެސް އެރީތި ދެލޮލާއި ތުންފަތަކަށް ބަދަލެއް ނާދެ އެވެ. ހިސާބަކަށް ކޯ ވަނީ ވަޅުވަދެފަ އެވެ. ފައުޒާންގެ ލޮލަށް ކަރުނަ ގިނަވަމުން ދިޔަ އެވެ.

ވިލިގިއްޔާ ހިސާބުން ހިބާގެ އުރުގައި ނިދާލާފައި އޮތް ތުއްތު ތުއްތު ރަހާ ހޭލައިފި އެވެ. ހޭލައިގެން ހިބާގެ ބުރުގާއާއި ކުޅެން ފެށި އެވެ. މަޑަކުން ނޯވެވުނެވެ. ތެދުވެއްޖެ އެވެ. ކައިރީގައި އިން ދޮން މީހާ ވެސް ރަހާގެ އެލިފައި އިން ބޮޑު ދޮން ކޮލުގައި ކޮށްޓާލި އެވެ. ކޮށްޓާލުމުން ކޯކޮޅު ތެޅިލައިފި އެވެ. ރަހާ ލޯބި ގޮތަކަށް އެމީހާއަށް ހީލި އެވެ. އެހީލުމުން ހިބާގެ ތުންފަތް ސިފަވެގެން ދިޔަ ކަހަލަ އެވެ. އެދެމައިންގެ ކޮންމެ ހަރަކާތަކަށް ދުރުގައި ބަލަންއިން ފައުޒާންގެ ލޮލަށް އައީ ކަރުނަ ގިނަވަމުންނެވެ. ހިތް އެދެމުން ދިޔައީ ހަމަ މިހާރު ގޮސް އެދެމީހުން ފައުޒާންގެ ހިމާޔަތަށް ގެންނާށެވެ. އެއްފަހަރާ ދެމީހުން ގައިގައި އޮޅުލައިގަންނަން ހިތް އެދެމުން ދާންފެށި އެވެ.

ރަހާ ހިބާގެ ޝޯލްއާއި ކުޅެކުޅެފައި ފޫހި ވެއްޖެ އެވެ. ކައިރީގައި އިން ދަބަހަކުން ހިބާ ފެން ފުޅިއެއް ނަގައިގެން ރަހާގެ އަނަގައިގައި ޖެއްސި އެވެ. ރަހާ ފެނެއް ބޯކަށް ނޫޅުނެވެ. އެންމެ އިރުކޮޅަކުވެސް ރަހާއަށް މަޑެއްކޮން ނީންދެވެ އެވެ. ވަރަށް ހަލަންޏެވެ. ހިބާ ކަހަލަ ހަލަނި ދައިތައެކޭ ފައުޒާން ހިތަށް އެރިއެވެ. އަދި ތުންފަތަށް ހިނިތުން ވުމެއް ވެރިވިއެވެ. އިރުކޮޅަކުން ހިބާގެ ހެދުން މަތިން ހިބާގެ މެޔާ ދިމާލުގައި ރަހާ މޫނުޖަހަން ފެށި އެވެ. އަދި ރޮވެން ފެށިއެވެ. ހިބާ ކަންތައް ބޮޑުވެގެން ފަހަތަށް ބަލައިލި އެވެ. އަދި ޖެހިގެން އިން މީހާއަށް ވެސް ބަލައިލި އެވެ. ފައުޒާންއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ. އަވަހަށް ލޯ ފޮހެލާފައި ގޮނޑިން ތެދުވި އެވެ.

“އެކްސް ކިއުޒްމީ،” ފައުޒާން ގޮސް ހިބާ ކައިރީ އިން ބޭރު މީހާ ކައިރީ ބުންޏެވެ. ހިބާއަށް ކުއްލިއަކަށް އެގޮތަށް ފައުޒާން އައިސް ބުނުމުން ބަލަހައްޓައިގެން އިނދެވުނީ އެވެ. އޭރުވެސް ރަހާ ރޮނީ އެވެ. “ކެން އައި ހޭވް ދެޓް ޝީޓް ޕްލީސް.” ފައުޒާން ބުންޏެވެ. އެމީހާ ފާޑަކަށް ހިތްހަމަ ނުޖެހިފައި ފައުޒާން އަށް ބަލައިލި އެވެ. އޭރުވެސް ހިބާއަށް އިނީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. އެފަދަ ގޮތަކަށް އެދަނޑި ވަޅުގައި ފައުޒާން ފެނިދާނެޔޭ ހިބާ ހިތަށްވެސް ނާރަ އެވެ.

“ވައި؟ ދެއަރ އާރ ސޯމެނީ ވޭކަންޓް ޝީޓްސް.” އެމީހާ ހުސް ގޮނޑިތަކަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އޭރުވެސް ރަހާ ރޮނީ އެވެ. ރަހާ ހުއްޓާލައްވަން ވެސް ނޫޅެ ފައުޒާންއަށް ބަލަހައްޓައިގެން ހިބާއަށް އިނދެވުނީ އެވެ.

“ޝީ އިޒް މައި ވައިފް އެންޑް މައި ޑޯޓަރ.” ފައުޒާން ހިބާދައްކާލަމުން ބުންޏެވެ.

“އޯހް! ސޮރީ ސޮރީ!” އެމީހާ ތެދުވަމުން ހިބާއަށް ބަލައިލާފައި ހިނިތުން ވެލަމުން އެތަނުން ގޮސް އެހެން ހުސް ގޮނޑިއެއްގައި އިށީނެވެ. ފައުޒާން އެތާ އިށީނދެ ހަމަ ޖެހިލި އެވެ. އަދި ހިބާއަތުގައި އިން ރަހާ އުރާލި އެވެ.

“އެޓް ލާސްޓް، ބައްޕަގެ ދޫނީ!” ފައުޒާން ރަހާ މޭގައި ޖައްސާލާ ބޮންޑިކޮށްލި އެވެ. އުފާވެރިކަން ހިތަށް ލިބިގެން ދިޔަ އެވެ. ލޮލަށް ގިނަވެފައިވާ ކަރުނަތަށް ކޯރާފަތް މައްޗަށް ފައިބައި ގަތެވެ. ފައުޒާން ރަހާގެ މޫނަށް ބޮސްދިނެވެ. އޭރުވެސް ރަހާ ހުއްޓާނުލާ ރޮނީ އެވެ.

“ހިބާ، އެހަށް މީނައަށް ފީޑްކުރޭ.” ފައުޒާން ރަހާ ހިބާގެ އުނގަށް ލަމުން ބުންޏެވެ. ހިބާ އަދިވެސް ގަބޫލު ނުކުރެވިފައި ފައުޒާންއަށް ބަލަން އިނެވެ. ކޯތާފަތް މައްޗަށް ކަރުނަތަށް އެޅެމުން ދިޔަ އެވެ. “ހިބާ، އިހަށް އެންމެކުރިން ފީޑްކޮށްބަލަ.” ފައުޒާން އަނެއްކާވެސް ބުންޏެވެ.

ހިބާ ރަހާއަށް ބަލައިލި އެވެ. ހިބާ އިނީ އަނގައިންވެސް ބުނަން ނޭގިފައެވެ. އަދި ލައިގެން އިން ކުރުތާގެ ދެތިންގޮށް ނައްޓާލާ ރަހާ ކައިރި ކޮށްލި އެވެ. އެއްފަހަރުން ރަހާގެ ރުއިމުގެ އަޑު ކެނޑިގެން ދިޔައެވެ. ފައުޒާން ހަމަޖެހިލަމުން ރަހާގެ ފައިގައި ހިފާލި އެވެ. އަދި ހިބާއަށް ހިނިތުންވަލާފައި ބަލައިލި އެވެ. ހިބާވެސް ފައުޒާންއަށް ބަލައިލި އެވެ. އޭރު ހިބާއަށް ރޮވެނީ އެވެ.

“ޒާން ފެނުނީމަ ހިބާ ހާދަ ދެރަޔެކޭ ދޯ ތިވަނީ.” ގަސްތުގައި ފައުޒާން ހިބާއާއި ދިމާއަށް ބުނީ ސަމާސާ ކޮށްލުމުގެ ގޮތުންނެވެ.

“ހިބާ…ހިބާ ދެރަ… ނޫން.. ހިބާ ވަރަށް… ވަރަށް އުފާވެފަ.. މީނީ.” ހިބާ ހިންދިރުވާލަމުން އެހެން ބުނެވުނީ ވަރަށް އުނދަގުލުން ނެވެ.

“ދެން ތި ރޮނީ ކީއްކުރަން.” ފައުޒާން ހިބާގެ ކަރުނަތައް ފައުޒާން އަތުން ފޮހެލަ ދެމުން ބުންޏެވެ.

“ހިބާ، ހިބާ… ނުރޮމޭ. ހިބާ މީނީ ވަރަށް އުފާވެފަ ޒާން ފެނުނީމަ.” ހިބާ ފައުޒާންއަށް ބަލައިލަމުން ބުންޏެވެ.

“ބައްޕަ ދޫނީ. މަންމި މިހާރު ހެނީ ހާދަ އެހެން ގޮތަކަށޭ މަންމިއަށް ހޭކަށްވެސް ނޭގޭތަ މިހާރަކު؟” ފައުޒާން ރަހާގެ ފައިގައި ކޮށްޓާލަމުން ބުންޏެވެ. ރަހާވެސް ބޯ އަރިކޮށްލާފައި ފައުޒާންއަށް ބަލައިލީ ފައުޒާން އެބުނި އެއްޗެއް އިނގިގެން ހެން ހީވިއެވެ. ފައުޒާންއަށް ލޯބި ހިނިތުން ވުމެއް ދިނުމަށް ފަހު އަލުން އެ ކުރަން އޮތް މަސައްކަތަށް ރަހާ ރުޖޫއަ ވެއްޖެއެވެ.

ފައުޒާން ހިބާގެ ކޮނޑުގައި އަތް އަޅުވާލަމުން ހިބާ ފައުޒާންއާއި ކައިރި ކޮށްލި އެވެ. އަދި ފައުޒާންއަށް ވެސް ރޮވެން ފެށިއެވެ. ހިބާ ފައުޒާން ކޮނޑުގައި ބޯ އަޅައިލައިގެން އޮތެވެ. ހިބާގެ ލޮލުން ވެސް ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ހަމަ ހިމޭން ވަގުތު ކޮޅެއް އެގޮތުގައި ވޭތިވެގެން ދިޔަ އެވެ.

“ހިބާ، ކޮން އިރަކު އައީ؟” ފައުޒާން މަޑުމަޑުން އަހާލި އެވެ.

“ހަމަ މި އައީ.” ހިބާ ބުންޏެވެ.

“އެކަނިތަ؟” ފައުޒާން އަހާލި އެވެ.

“ނޫން.” ހިބާ އެއްއަތުން  ކަރުނަތައް ފޮހެލި އެވެ. “މަންމައާއި ބައްޕަ ވެސް އައި.” ހިބާ ބުންޏެވެ.

“ދެން ކޮބާ އެމީހުން؟” ފައުޒާން އަހާލި އެވެ. އޭގެން އެމީހުން ފެންނަން ނެތީމަ އެވެ.

“ޔާން ބުނެގެން ހިބާ ރިސޯޓަށް ފޮނުވަން ބައްޕަ އެއްބަސްވެ ލެއްވީ. ދެން ހިބާ ޔާންއާ އެއްކޮން މިއަށް އެރީމަ މަންމަ އާއި ބައްޕަ މާލެ ދިޔައީ.” ހިބާ ބުންޏެވެ. ފައުޒާންއަށް ޒެކްގެ ރޭވުމެއްކަން އިނގިގެން ދިޔައެވެ. ފައުޒާން ކައިރިއަށް ހިނިއައެވެ.

“ރަހާއަށް އެކަނި އިނދެވޭތަ މިހާރު؟” ފައުޒާން އަހާލި އެވެ.

“އާން، ރަހާ މިހާރު ފިރުކޭ. ބައެއްފަހަރު ތަންތާ ހިފައިގެން ތެދުވެ ހުންނަނީ.” ހިބާ ބުންޏެވެ.

“ރަހާ އަދި ގަސް ގަހަށްވެސް އަރާނެތާ ދޯ.” ފައުޒާން ބުންޏެވެ. ހިބާ ފައުޒާންއާއި ދިމާލަށް ބަލައިލި އެވެ. “ރަހާ މަންމި ވެސް އުޅޭ ގޮތެއްނު.” ފައުޒާން ހީލަމުން ބުންޏެވެ.

“ރަހާ ބައްޕި އުޅޭ ގޮތަށޯ ރަހާ އުޅޭނީ.” ހިބާ ބުންޏެވެ.

“ރަހާތަ ބުނީ؟ ރަހާ ވާހަކަވެސް ދައްކާތަ؟” ފައުޒާން މަޖާވެލާފައި އެހި އެވެ.

“ޒާން،” ހިބާ ފައުޒާންގެ މޭގައި މަދުމަޑުން ޖަހާލި އެވެ. ފައުޒާން ހިބާ އަދިވެސް ކައިރި ކޮށްލި އެވެ.

ރަހާ ބަނޑުބޮޑު ކޮށްލައިގެން މިހާރު އަނެއްކާވެސް އޮތީ ނިދާލާފަ އެވެ. ފައުޒާންރަހާ ނަގާ ފައުޒާންގެ އުގުގައި ބޭއްވި އެވެ. އަދި ރަހާގެ މައުސޫމް ތުއްތު މޫނަށް ބަލަހައްޓައިގެން އިނެވެ. ލޯ މަރާލައިގެން އޮތް އިރު ދިގު އެސްފިޔަތަކުން ލޯކައިރިއަށް ވަނީ ހިޔަނި އެޅިފައެވެ. ފައުޒާން ހިބާގެ ލޮލަށް ބަލައިލި އެވެ. ތަފާތެއްނެތެވެ. އެލޮލެވެ.

“ހިބާގެ ލޯ.” ފައުޒާން ބުންޏެވެ.

“ޒާންގެ ކަޅި.” ހިބާ ބުންޏެވެ. ފައުޒާން ހިބާއަށް ބަލައިލި އެވެ. “ހިބާގެ ކަޅި ބްރައުންއެއް ނޫނޭ. ޒާންގެ އިންނަނީ ބްރައުން ކަޅިއެއް.” ހިބާ ބުންޏެވެ.

“ޒާންގެ ކުއްޖެއްކޭ މީ.” ފައުޒާން ރަހާ ގެނެސް މޭގައި ޖައްސާލި އެވެ. އަދި އަނެއް އަތުން ހިބާ ކައިރިކޮށްލި އެވެ. އެގޮތަށް އިރުކޮޅަކު ތިއްބެވެ.

“ހިބާ!” ހަމަހިމޭން ވަގުތު ކޮޅަކަށް ފަހު ފައުޒާން ސީރިއަސް ވެލާފައި ގޮވާލި އެވެ.

“ހޫމްމް؟” ހިބާ މަޑުމަޑުން އަޑު ލައްވާލި އެވެ.

“ބައްޕަގެ ރުޅިގަނޑު މިހާރު ކިހިނެއް؟” ފައުޒާން އަހާލި އެވެ.

“ނޭގެ. އެކަހަލަ އެއްވެސް ވާހަކައެއް ބައްޕަ ނުދައްކަވަ. ” ހިބާ ބުންޏެވެ.

“ހިބާ އެއްފަހަރުވެސް ބައްޕަ ގާތު ނުބުނަންތަ ޒާންއާއި އެއްކޮން އުޅެން ބޭނުންވާ ވާހަކައެއް؟” ފައުޒާން އެހި އެވެ.

” ނުބުންޏަސް ބައްޕައަށް އެގިލައްވާނެ ނު. އަސްލު ހިބާއަށް ނުކެރެނީ ބުނަން. ބައްޕަ ވަރަށް ރުޅިގަދަ ވެފަ ހުންނަހެން ހީވަނީ. އެއްވެސް މީހަކާ ވާހަކަ ދައްކާ ހިތެއް ހިބާ ނުވޭ.”

“ޒާންއާ ދެން ތި ވާހަކަ ދައްކަނީޔޯ؟” ފައުޒާން އެހި އެވެ. ހިބާ އެއްޗެއް ނުބުނެ އިނީ އެވެ. ފައުޒާންއާއި ވާހަކަ ދެއްކެނީ ކީއްވެ ހެއްޔެވެ. މިޔޮށް ހުރިހާ ދުވަހު މީހަކު އެއްޗެކޭ ބުންޏަސް ޖަވާބު ދޭން ބޭނުން ނުވެފައި މިހާރު ކުއްލިއަކަށް ވާހަކަ ދެއްކެންފެށީ ކީއްވެ ހެއްޔެވެ. ހިބާވެސް އަމިއްލައަށް އައި ބަދަލާއި މެދު ހައިރާން ވެފައި އިނެވެ. ފައުޒާން ހިބާގެ މޫނާ މޫނު ކައިރިކޮށްލާފައި ހިބާގެ ނިތްކުރިއަށް ބޮސް ދިނެވެ.

“މޫމިނާއްތަ ހިބާ އެކަނި ފޮނުވަން ހުއްދަ ދިންތަ؟ މިބުނީ ރަހާ ގޮވައިގެން ހިބާ އެކަނި ދޫކޮށްލަން މޫމިނާއްތަ ގަބޫލުވިހޭ.” ފައުޒާން އަހާލި އެވެ.

“ބައްޕައާއި މަންމަ ޒެކްއާ އަޒޫދޮންތައާ ރިސޯޓަށް ދާތީ ހިބާގެ ކަންތަކާ ހަވާލުވާން އެމީހުން ކައިރީ ބުނެފަ އޮތީ. އެމީހުން ބުނެގެން ހިބާ ރިސޯޓަށް ފޮނުވަނީ. ހިބާ މީނީ ވަރަށް ރުޅިއައިސްސަ އަޒޫދޮންތަ ނައިމަ. ހިބާ ކޮބައިތޯ ބަލައިލަންވެސް އަޒޫދޮންތަ ނާދޭވިއްޔަ.” ހިބާ ތުން އޫ ކޮށްލި އެވެ.

“ވީ ގޮތް އެގިއްޖެ ދޯ ޒާން ފެނުނީމަ؟” ފައުޒާން ހީލަމުން އަހާލި އެވެ. ހިބާ ބޯޖަހާލި އެވެ. “ޒާންވެސް އިނީ ހައިރާންވެފަ އެންމެން ބޭރުގަ ތިބެފަ ޒާން އެތެރެއަށް ވެއްދީމަ. އަދި ބުނެފިޔޭ ބޭރުގަ ތިބެވޭނީ ހަމަ އެކަނި ކަޕްލްސް އަށޭ.” ފައުޒާން ބުންޏެވެ. ހިބާ ހީލި އެވެ.

“ފައުޒާން،” އަނެއްކާވެސް އިރުކޮޅެއް ފަހުން ހިބާ ވަހަކަ ދައްކަން ފެށި އެވެ. “މިހާރު ގޭތެރެ ކިހިނެއް އޮތީ؟ ފައުޒާން މަންމައަށް ހުރިހާ ކަމެއް އިނގުނު ވާހަކަ ޒެކް ބުނި. ނަދޫ ކޮންތާކު އުޅެނީ؟” ހިބާ އަހާލި އެވެ.

“ނަދުވާގެ ވާހަކަ ނުދައްކާ. މިހަރު ނަދުވާ އުޅެނީ ހިބާ ބައްޕަގެ ކޮންމެސް ރިސޯޓެއްގަ ޖޮބްގަ. ހިބާ ބައްޕައާއި ވާހަކަ ދެއްކޭ ދުވަހަކު ކޮންމެސް ފަންޏެއް ހަދަން ގަސްތުކޮށްގެން އެ އުޅެނީ.” ފައުޒާން ބުންޏެވެ.

“ބައްޕަގެ ރިސޯރޓުގައޭ؟ ހައިރާން ވެގެން ލޯ ބޮޑުކޮށްލަމުން ހިބާ އަހާލި އެވެ. “ކާކު ނަދުވާއަށް ވަޒީފާ ދިނީ؟” ހިބާ އިނީ ހިތްހަމަ ނުޖެހިފަ އެވެ.

“ނޭގެ. ނަދުވާއަށް ޖޮބް ހޯދަދޭން ހެލްޕްވީ މިންހާޖްހެން ހީވަނީ. ޔޫ ބެޓަރ އާސްކް ޒެކް. އެހެން ނޫނަސް ނަދުވާގެ ވާހަކަ ނުދައްކަބަލަ. ޒާން އެހާ ހިތްހަމައެއް ނުޖެހޭ.” ފައުޒާން ހިތްހަމަ ނުޖެހިފައި ބުންޏެވެ. ހިބާ ފުން ނޭވާއެއް ލަމުން ގޮޑީގައި ހަމަޖެހިލި އެވެ.

“ހިބާ މިހާރު ހާދަ ހިއްކޭ. ޒާންމެންގެއަށް އައި އިރު ހުރި ވަރަށް ވުރެންވެސް ހިކި. ކުޑަ ތަންކޮޅެއް ފަލަ ވެލަބަލަ. މިހާރު ޒާންއާ އެއްކޮން ހުންނައިރު ޒާން ހީވާނީ ބޮޑު ޖަޔަންޓެއް ހެން. ފައުޒާން އަނެއްކާވެސް ހިބާ ކައިރިކޮށްލަމުން ބުންޏެވެ. “ހިބާ، އިސްތަށިގަނޑު ދިގުވެއްޖެތަ؟” ފައުޒާން ހިބާގެ ޝޯލްމަތިން ބޮލުގައި އަތްޖައްސާލަމުން އަހާލި އެވެ.

“އެހާ ދިގެންނުވޭ. މަންމަ އަދި އެހާ ވަރަށް ކޮށާވިއްޔަ. ބޭބީގޮވައިން އުޅޭއިރު އުނދަގޫވާނެޔޯ ކިޔާފަ.” ހިބާ ބުންޏެވެ. “ރަހާ ވަރަށް ދަމާނެ އިސްތަށިގަނޑަށް.” ހިބާ ބުންޏެވެ. ފައުޒާން ރަހާގެ އަތުގައި ހިފާލި އެވެ.

“މަންމިގެ އިސްތަށިގަނޑަށް ނުދަމައްޗޭ. މަންމިއަށް ތަދުވާނެނު.” ނިދާފަ އޮތް ރަހާއާއި ދިމާއަށް ފައުޒާން ބުނީ ޅަގޮތަކަށެވެ. ހިބާ ކައިރިއަށް ހިނިއައެވެ.

ލޯންޗު ބާރު ދުވެލީގައި ގޮސް ރިސޯރޓުގެ ފަޅަށް ވަދެއްޖެ އެވެ. އިންޖީނުގެ އަޑު މަޑުވެލުމުން މީހުންތަށް ގޮޑިން ތެދުވީ އަވަހަށް ފައިބާށެވެ. ފައުޒާންއާއި ހިބާ މަޑުކޮށްލައިގެން ތިބީ މީހުން މަދުވެލަންދެނެވެ. ފިތިގެން ނުފައިބަން ވެގެން ނެވެ.

ޒެކްއާއި އަޒްމާ ލޯންޗުން ފޭބީ އެހެން މީހުނަށް ވުރެން ކުރީގަ ތިބެގެންނެވެ. އޭރު ބެޓެރިން ދުއްވާ އުޅަދުތަށް ފާލަންމަތީ ބަރިއަކަށް ތިއްބެވެ. ޒެކް ފޭބުމުން ނަވީން އައިސް ޒެކްއާއި ސަލާން ކޮށްލީ އަދަބުވެރިކަމާއި އެކު އެވެ. ނަވީންއަކީ އެރިސޯރޓުގެ މެނޭޖަރެވެ. ނަވީން ކައިރީ ހުރި ސިރާޖް ވެސް ޒެކްއާއި ސަލާން ކޮށްލި އެވެ. ސިރާޖްއަކީ އެރިސޯރޓުގައި ޖަމާލް ހަދާފަ ހުރި ގޭގެ ހުރިހާ ކަމެއް ބަލަހައްޓާ މީހާ އެވެ.

“އެހަށް ގެސްޓުން ގެންގޮއްސަ ބަޖީތައް ފޮނުވާ. އަހަރުމެން މަޑުކޮށްލާނަން.” ސިރާޖްއާއި ނަވީން ކައިރީ ޒެކް ބުންޏެވެ. އަދި ޒެކްގެ ފަހަތުން ފޭބި އަބްޔާންއާއި ފިޒާއާއި ވެސް އެދެމީހުން ސަލާން ކޮށްލި އެވެ.

ގެސްޓުން އުޅަދަށް އެރުވުމުގެ މަސައްކަތުގައި ނަވީން އުޅެން ފެށި އެވެ. ޒެކް ކައިރީ ސިރާޖް މަޑުކޮށްލައިގެން ހުރީ އެވެ. ފައްވާޒްއާއި ރިފާ ޒާދް ގޮވައިގެން ފޭބުމުން އަޒްމާ ޒާދް އުރާލި އެވެ. އަޒްކާއާއި މާޒް އަދި އަޒްމީލްއާއި ނިހާނީ ލޯންޗުން ފޭބީ ތަންކޮޅެއް ލަހުންނެވެ.

ފަތުރުވެރިންނާއި ދާގީނާ އަޅައިގެން ހުރިހާ އުޅަދުތަކެއް ނައްޓާލައިފި އެވެ. ނަވީންވެސް އޭގެން އެއްޗަކަށް އަރައިގެން ހިގައްޖެ އެވެ. އޭރު ލޯންޗުން ފައިބައި ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި ފައުޒާންއާއި ހިބާ ޒެކްއަށް ފެނިއްޖެ އެވެ. ޒެކް ވަރަށް ހެވިލާފައި ހުރެ އެދިމާއަށް އަންނަން ފެށުމުން އެހެން މީހުން އެދިމާއަށް ބަލައިލި އެވެ. އަޒްކާއަކަށް ނުހުރެވުނެވެ. ހަޅޭއްލަވައިގަނެވުނެވެ.

“ހިބާ!” އަޒްކާ އެދިމާލަށް ދުއްވައި ގަންނަމުން ގޮވާލި އެވެ. އަޒްކާ ފަހަތުން ދެންތިބި އެންމެން ދުއްވައިގަތެވެ. “ހިބާ! ހާދަ ހިކިއްޖެޔޭ.” އަޒްކާ އައިސް ހިބާ ގައިގައި އޮޅުލައި ގަންނަމުން ބުންޏެވެ. ވީ އުފަލުން އަޒްކާގެ ލޮލުން ކަރުނަ ނިރާލައިފި އެވެ.

“ހިބާ، ރިފާއާއި ފައްވާޒް ވެސް އައިސް ހިބާކައިރީ ހުއްޓެމުން ގޮވާލި އެވެ. އަޒްކާ ދުރުވެލުމުން ރިފާވެސް ހިބާއާއި ކައިރި ވެލި އެވެ. އެންމެން އެއްކޮން ބޮނޑިވެ ގަތުމުން ހިބާ ހުރީ ހާސްވާގޮތް ވެފަ އެވެ.

“ތަންކޮޅެއް ދުރުގަ ތިބެލަބަލަ.” ކައިރީގައި ހުރި ފައުޒާންއަށް އެކަން އިހުސާސް ކުރެވިގެން ބުންޏެވެ.

“ޒާން ޖޭ ވަނީ ދޯ އަހަރުމެން ހިބާއަށް ހަގް ދޭތީ. އަހަރުމެން ނޫޅެމޭ ހިބާއަށް ގޮތެއް ހަދާކަށް.” އަޒްމާ ހުރެފައި ބުންޏެވެ. ފިޒާވެސް އޭރު އެތެނަށް އައިސް ހިބާގައިގައި އޮޅުލައި ގަނެއްޖެ އެވެ. ފައުޒާން އަތުގައި އިން ރަހާވެސް އަޒްމީލް އަތުލައިފި އެވެ. ހިބާ އޭރު ހުރީ ކަންތައް ބޮޑުވެގެން ވާހަކަ ނުދެއްކޭގޮތް ވެފަ އެވެ. ހާސްވެފަ އެވެ. ހިބާގެ ނޭވާ ކުރުވާހެން ހީވާން ފެށުމުން ހިބާ މޭގައި އަތްޖައްސާލި އެވެ.

“ޕްލީސް. އެހަށް ހިބާއާއި ދުރު ވެލަބަލަ. ހިބާ ހާސްވަނީއޭ.” ފައުޒާން ކަންތައް ބޮޑުވެގެން އެހެން ބުނީ ތަންކޮޅެއް ބާރަށެވެ. ޒެކްއާއި ލަޔާންއަށް ހިބާއަށް އެހެން ވާކަން ހަދާން ވިއެވެ.

“އާން. ތެދެއް. ހިބާއަށް ކަމަކު ނުދާނެ ތިގޮތަށް މީހުން ބޮންޑިވީމަ. ފަހަރަކު ބަޔެއް ހިބާއާއި ވާހަކަ ދައްކާލަން ތިބޭ.” އަޒްމާ އަތުގައި ހިފައިގެން ދުރަށް ގެންދަމުން ޒެކް ބުންޏެވެ. ލަޔާންވެސް އެންމެން ދުރުކޮށްލި އެވެ. ފައުޒާން ހިބާގެ އަތުގައި ހިފައިގެން ފާލަމުގެ އެއްފަރާތަކަށް ޖެހިލިއެވެ. އަޒްމީލްއާއި ނިހާނީ އޭރު ރަހާ ގޮވައިގެން ރަހާއަށް ކުޅިވަރު ދައްކަދެމުން ދެއެވެ. ރަހާއަކީ އެންމެނާވެސް ވަރަށް ރައްޓެހި ކުއްޖެކެވެ. އެކަކު ކައިރިއަށްވެސް ނުދާކަށް ނޫޅެ އެވެ.

“ބަލައިލަ، ދެމީހުން އެހެން ތިބޭއިރު މިހާރު ހީވަނީ ބިއުޓީ އެންޑް ދަ ބީސްޓް ހެން ދޯ.” އަޒްކާ ދުރުގަ ފައުޒާންއާއި ހިބާއަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. މާޒް ވެސް ބޯ ޖަހާލީ އެއްބަސް ވުމުގެ ގޮތުންނެވެ.

“ހިބާ މާ ބޮޑަށް ވެސް މިހާރު ހިކީ ދޯ.” ޒާދް އުރާލައިގެން ހުރި ރިފާ ވެސް އެކަމާ އެއްބަސް ވެލި އެވެ. “ޒާން ވަރަށް އުފާވެފަ އެހެރީ ދޯ. މޫނުމަތިން އިނގޭނު.” ރިފާ އިތުރަށް ބުންޏެވެ.

“ހިބް ވެސް ވަރަށް އުފާވެފަ އެހެރީ.” ލަޔާން ވެސް އެމީހުނާއި ބައިވެރި ވެލަމުން ބުންޏެވެ. “ކިހާ ދުވަހަކަށް ފަހު ހިބްގެ މޫނުމަތިން އެކަހަލަ އުޖާލާ ކުލައެއް އެ ފެންނަނީ. މިދިޔަ ދުވަސްތަކުގައި ހިބާ ފެނުން މީހަކަށް އިނގޭނީ ދޯ ޒެކް.” ލަޔާން ޒެކްއާއި ދިމާއަށް ބުންޏެވެ. އޭރު ޒެކްވެސް ހުރީ ދުރުގައި ފައުޒާން މޭގައި ލައްވެލައިގެން ހުރި ހިބާއަށް ބަލަހައްޓައިގެނެވެ. ޒެކް އެހެން ހުރެފައި ބޯ ޖަހާލި އެވެ.

އިރުކޮޅެއް ފަހުން އުޅަދު ތަކުން އެއް އުޅަދު އައިސްފި އެވެ. އެންމެން އެއަށް އަރާ އިށީދެއްޖެ އެވެ. އެންމެންގެ ދާގީނާތައް ވެސް އެއަށް އެރުވުމަށް ފަހު ސިރާޖް ވެސް ޑްރައިވަރާ އެކު ކުރިއަށް އެރި އެވެ. ހަލުވިކޮން އެ ދުއްވާލާފައި ދާއިރު އިންޖީނުގެ އަޑު ނީވޭތީ ވަރަށް ހިތްގައިމެވެ. އުޅަނދު ދުއްވަމުން ގޮސް އެޅުނީ ދެފަރާތުގައި ގަސްއިންދާފައި ވާ ދިގުމަގަކަށެވެ. އެމަގުން ލައިގެން ވަރަށް ދުރަށް ދުއްވި ފަހުން ކުރިމަތިން ގޭޓެއް ފެންނަން ހުއްޓެވެ. އެހިސާބަށް އެރުމުން ސިރާޖް ފައިބާ ގޭޓްގެ ދޮރު ހުޅުވާލި އެވެ. އަނެއްކާވެސް އުޅަދު ދުއްވާލީ ސިރާޖް ގޭޓް ލައްޕާފައި އައިސް އުޅަދަށް އެރުމުންނެވެ. ދެން ފެނުނީ ކުރިމަތީ ހުރީ ގެއެކެވެ. ހުދުކުލައިގެ އެގެ ފެންނައިރު ހީވަނީ ވާހަކަ ތަކުގައި ހުންނަކަހަލަ ކޮންމެސް ރަސްކަލެއްގެ ގަނޑުވަރެއް ހެނެވެ. ބޮޑު ބަގީޗާއަކާއި އެކު ފެންނަ އެގެއަކީ ރިސޯޓެއްގައި ހުރެދާނެ ކަމަކަށް ގަބޫލު ކުރެވޭނެ ގެއެއް ނޫނެވެ. އެއީ ހުވަފެނެއްހެން ހީވެގެން އަޒްކާ ދެފަހަރަށް ލޯ ފޮހެލި އެވެ. ރިފާއާއި ފިޒާ ވެސް ހައިރާން ވެފައި ތިއްބެވެ. ދެންތިބި މީހުންވެސް ތިބީ ގަބޫލުކުރަން ދަތިވެފަ އެވެ.

“މީ ބޭބެގެ ޑްރީމް ހައުސް. މިގޭގަ ތިބެވޭނީ ހަމައެކަނި ފެމިލީ މީހުނަށް. މުވައްޒަފުންގެ ތެރެއިންވެސް ސިރާޖްއަށް އެކަނި މިގޭގަ ނިދޭނީ. ދެން މިހިސާބަށް ވެސް އައުމުގެ ހުއްދަ އޮންނާނީ ހަމައެކަނި ސާފުކުރާ މީހުނަށް. އެއީވެސް ވަކި ދުވަސް ތަކަކު. ވަރަށް ޕްރައިވެޓް ވާނެ. މޫދުވެސް ޕްރައިވެޓް ވާނެ. އެކަމަކު ޕޫލްއަށް އެރެން ދާން ޖެހޭނީ ހަމަ ރިސޯރޓް ޕޫލްއަށް. ބޭބެ އަދި މިތާ ޕޫލެއްވެސް ހަދަން ރާވާފަ އޮތީ.” ޒެކް އެގެއާއި ބެހޭގޮތުން އެންމެނަށް ކިޔައިދިނެވެ.

“މޫދު ޕްރައިވެޓް ވާ ވާހަކަ ތިބުނީ. މިގެއާއި ދިމާލު މޫދަކަށް އެހެން ބަޔަކަށް ނާދެވޭނެއޭތަ.” އަޒްމާ އަހާލި އެވެ.

“އާން، ފެންސް ޖަހާ ބައްދާފަ ހުންނާނީ. މި ގޭޓުން ފެށިގެން މިކޮޅަށްވެސް ނާދެވޭނެ.” ޒެކް ބުންޏެވެ.

“އެކަމަކު ސެކިއުރިޓީއެއް ނެތެއްނު.” އަޒްކާ ބުންޏެވެ.

“ހުރިހާ މުއައްޒަފުންނަށް އަންގާފަ އޮންނާނީ. ދެން ސިރާޖް ހުންނާނެ އަބަދުވެސް ބަލަން.” ޒެކް ބުންޏެވެ.

އެންމެން ގޭތެރެއަށް ވަނެވެ. ބޮޑު ހޯލެއް ވަރުގެ ފެންޑާއެކެވެ. މެދުގައި ބަހަށްޓާފައިވަނީ ބޮޑު މުށި ކުލައިގެ ސޯފާ ސެޓެކެވެ. އެތެރޭގައި ލާފައި ވަނީވެސް މަޑު ކުކުޅިބިސް ތޮށިކުލަ އެކެވެ. ވަށައިގެން ވާ ކުޑަދޮރުތަކުގެ ހުދުކުލައިގެ ދޮރުފޮތިތަށް ވަޔާ ވިހުރޭއިރު ވަރަށްވެސް ހިތްގައިމެވެ. ބިންމަތީ ވަނީ މުށިކުލައިގެ ސަންގުމަރުމަރު ހިލައިގެ ތަޅުމެކެވެ. މަތީ އެލުވާފައިވާ ޗާންދަލިޔާ ތަކުން އިތުރު ޝާހީކަމެއް މުޅިތަނަށް ގެނުވާފައި ވެއެވެ. މައްޗަށް އަރަން ހުރި ލަކުނޑި ސިޑި މަތީ ވަނީ ކްރީމް ކުލައިގެ ކާޕެޓެއް އަޅާފަ އެވެ. ހުރިހާ އެއްޗެއް ވެސް ފެންނަލެއް ސާފުވެފައި ރީއްޗެވެ.

“މަތީ ކޮޓަރިތަކަށް ދާނީ މާޒްމެންނާ އަޒޫމެންނާ ފިޒްއާ އިންގޭ. ދެން އެހެން މީހުން ތިރީގަ އުޅޭނީ.” އެންމެން އާށޯހު ވެފައި ތިއްބާ ޒެކް ބުންޏެވެ.

“ކިތައް ކޮޓަރި މިގޭގަ ހުރޭ؟” ފައްވާޒް އަހާލި އެވެ.

“މިގޭގަ ހުންނާނީ ތިރީގަ ފަސް ކޮޓަރި މަތީގަ ހަތް ކޮޓަރި. މުޅިއަކު ބާރަ ކޮޓަރި.” ޒެކް ބުންޏެވެ.

“މައްޗަށް ނާރަ އެންމެނަށް ތިރީގަ ތިބެވޭނެނު.” ފައުޒާން ބުންޏެވެ.

“ނޫނޭ. އަބޫ ދޮންބެ ކޮޓަރިއާ ބައްޕަ ކޮޓަރި ޔޫސްއެއް ނުކުރެވޭނެ.” ލަޔާން ބުންޏެވެ. އެއީ ބީ އެވެއަރ ތަންތަން. ހެހެހެ.” ލަޔާން ހިނިގަޑެއް ޖަހާލި އެވެ. “ހިބް ކޮޓަރީގަ ހިބް. ޔާން ކޮޓަރީގަ ޔާން. ދެން ޒެކް ކޮޓަރި އެދިނީ ވާޒް ދޮންބެމެނަށް. ދެން ޒެކް ވެސް މަތީގަ ދޯ.” ލަޔާން ބުންޏެވެ. ޒެކް ބޯ ޖަހާލި އެވެ.

“ކައި ހަދަނީ ކިހިނެއް؟” ރިފާ އަހާލި އެވެ.

“ބޭނުމިއްޔާ ރެސްޓޯރެންޓަށް ދާންވީ. އޯޑަރު ދީގެން ގެނެސްގެންވެސް ކެވޭނެ. އަދި ބޭނުމިއްޔާ އަމިއްލައަށް ހަދައިގެންވެސް ކެވޭނެ.” ޒެކް ބުންޏެވެ.

“އަމިއްލައަށް ހަދައިގެން ކާން ގަސްތެއް ނުކުރަން.” ހިނިގަނޑެއް ޖަހާލަމުން ރިފާ ބުންޏެވެ. އެންމެން އެބައެއްގެ ކޮޓަރިތަކަށް ދާން ފެށިއެވެ. ހިބާވެސް ރަހާ އުރާލައިގެން ކޮޓަރިއަށް އައިސް ރަހާއަށް ކޮންމެސް އެއްޗެއް ކާންދޭން ތައްޔާރު ކުރަން ފެށި އެވެ. ފައުޒާން ވެސް ކޮޓަރިއަށް ވަނީ އެވަގުތު އެވެ. ކޮޓަރީގެ އެއްފަޅި އެއްކޮން ވަނީ ރަހާއަށް ހާއްސަ ކޮށްފަ އެވެ. ރަހާއަށް ކުޑަ އެނދަކާއި އެކު ބިންމަތީ ވަނީ މަޑު ކާޕެޓެއް އަޅާފަ އެވެ. ކޮށްޓެއްހެން ޗެންޗޭނު ޖަހާ ހަދާފައިވާ ބޮޑު ކުޅޭ ތަނެއް ކޮޓަރީގެ އެއްކަނުގައި ވެއެވެ. އޭގެ ތެރޭގައި ވަނީ ރަހާއާއި ގުޅޭ ކުޅޭ އެއްޗިއްސެވެ. އަނެއްފަޅީގައި ވަނީ ބޮޑު ކިންގް ސައިޒުގެ އެނދެކެވެ. އެނދުކައިރީ ހުރި ކުޑަ ކަބަޑު މަތީ ވަނީ ފައުޒާންއާއި ހިބާގެ ފޮޓޯ ލޯގަނޑެކެވެ. ހީވާގޮތުން ކުރިންވެސް ހިބާ ވަނީ މިކޮޓަރީގައި އުޅެފަ އެވެ. ފައުޒާން ގޮސް އެ ފޮޓޯ ލޯގަނޑު ނަގާ އެއަށް ބަލަހައްޓައިގެން އިނެވެ. އޭރު ރަހާ އިނީ ކުޅެން އެކޮށީތެރޭ ކާޕެޓްމަތީ ބައިންދާފަ އެވެ. ވަރަށް ހަލުވިކޮން އޭގެތެރޭ ރަހާ އުޅެމުން ގެންދެއެވެ. ހިބާ ކުރަމުން ދިޔަ ކަންތައް ކުރިއަށް ގެންދިޔައިރު ދޭތެރެއަކުން ރަހާއަށް ބަލައިލަ އެވެ. އަދި ފައުޒާން ކުރާ ކަމެއްވެސް ބަލައިލަ އެވެ.

“މީ މެރީ ކުރި ދުވަހުގެ ފޮޓޯއެއް ދޯ. ކިހިނެއް މި ފޮޓޯ ލިބުނީ؟” ފައުޒާން އަހާލި އެވެ.

“ތީ ޒެކް ދިން އެއްޗެއް. އަޒްމީލްގެ ފޯނުން ނަގާފަ އިން ފޮޓޯއެއް ތީ.” ހިބާ ބުންޏެވެ. ފައުޒާން ބޯ ޖަހާލަމުން އެފޮޓޯ ބޭންދިއެވެ. އަދި އެނދުގައި އިށީނެވެ.

“ސިންގަޕޯރއަށް ދިއުމުގެ ކުރިން ހިބާ އުޅުނީ ރިސޯރޓުގަތަ؟” ފައުޒާން ބޭނުންވަނީ ފައުޒާންއާއި ވަކިން ހިބާ އުޅުން ހުރިހާ ގޮތެއް އިނގޭށެވެ. އެދުވަސްތައް ހިބާ ހޭދަކުރިގޮތް ދެނެގަންނާށެވެ.

“އާން، ރިސޯރޓްގަ ވެސް އުޅުނިން. ގޭގަވެސް އުޅުނިން. އެކަމަކު މާގިނަ ދުވަހަކު ރާއްޖޭގައެއް މަޑެއް ނުކުރަން.” ހިބާ ބުންޏެވެ. ހިބާ ބަކުންތަށި ހިފައިގެން އައިސް އެއްފަރާތުގައި ހުރި މޭޒުމަތީ ބެހެއްޓި އެވެ. އަދި މޭޒުކައިރީ ފަތްޖަހާލާފައި ހުރި ގޮނޑިއެއް ހުޅުވާލި އެވެ. އެއީ ރަހާ ބަކުން ކާން އިންނަ އުސްގޮނޑި އެވެ.

ފައުޒާން ތެދުވެގެން ގޮސް ރަހާ އުރާލި އެވެ. ރަހާގެ ބޮޑުކޮލަށް ދޮނެއް ދެމުން ރަހާ ގޮވައިގެން އައިސް އެގޮނޑީގައި ރަހާ ބޭންދި އެވެ. އެވަގުތު ކޮންމެސް މީހަކު ދޮރުގައި ޓަކިޖަހާލި އަޑު އިވުނެވެ. ހިބާ ވަންނާށޭ ބުނުމުން ދޮރުހުޅުވާލީ ސިރާޖްއެވެ.

“ހިބާ، ކޮއްކޮއަށް ފޫޑް ބޭނުންވޭތޯ؟” ސިރާޖް އެތެރެއަށް ވަދެ ހުއްޓިލަމުން އަހާލި އެވެ.

“މިރެއަށް ބޭނުންވާނީ. މިވަގުތު މިދެނީ ރެޑީމޭޑް.” ހިބާ ބުންޏެވެ. ރިފާ ކައިރީވެސް އަހާލައްޗޭ ބޭބީއަށް ކިހިނެއްތޯ ފުޑް ގެންނަންވީ.” ސިރާޖް ދިއުމުގެ ކުރިން ހިބާ ބުންޏެވެ. ސިރާޖް ބޯޖަހާލަމުން ނުކުމެގެން ދަމުން ދޮރުލައްޕާލި އެވެ.

ހިބާ ރަހާއަށް ކާންދެމުން ދިޔައެވެ. ރަހާ އުޅެނީ އަތުގައި އޮތް ކުޅޭއެއްޗެއް އަނގައަށް ނުލެވިގެންނެވެ. މިހާރު އެ ކުޅޭއެތީގައިވެސް ބަކުން ހޭކިއްޖެ އެވެ. ރަހާ ވަރަށް ރީއްޗަށް ކަމުންގޮސް އެއްކޮން ކައިހުސްކޮށްލި އެވެ. ފައުޒާން ގޮވާލުމުން ރަހާ ހިނިތުން ވެލަ އެވެ. ހިބާ ރަހާގެ ހެދުން ބަލާލި އެވެ. އަދި ރަހާ އުރާލައިގެން ހިބާ ފާހާނާއަށް ވަނީ ރަހާ ރީތިކުރާށެވެ. އެމީހުން ފަހަތުން ފައުޒާންވެސް ވަނެވެ. އެއީ ބޮޑު ފާހާނާއެކެވެ. ބޮޑު ބިލިގާއެއް ލާފައިވާ އެފާހާނާގައި ވެސް ރަހާ ހިތް އެދޭކަހަލަ ކާޓޫނު ސްޓިކާ އެއްފާރުގައި ތަތްކޮށްފާ ހުއްޓެވެ. އަދި ކުޅޭ އެއްޗިހިވެސް ބިލިގާ ލައިރީ ހުރި ކުޑަ އަށިކޮޅެއް މަތީ އަތުރާފައި ހުއްޓެވެ. ޓައިލްސް މަތީ އަޅާފައިވާ ނުކައްސާ ރަބަރުކޮޅު މަތީ ބައިންދައިގެން ހިބާ ރަހާ ފެންވަރުވާލި އެވެ. ފައުޒާން ވެސް ތިރިވެގެން ރަހާ ފެންވެރުވުމުގައި ހިބާއަށް އެހީވަމުން ދިޔަ އެވެ. ދޭތެރެއަކުން ފައުޒާން ހިބާގެ ކޮލުގައި ފެން ހަކާލައެވެ. ހިބާ ލޯއަޅާލައެވެ.

“އަދިވެސް ތިގޮތެއް ނުކެނޑެދޯ؟” ހިބާއަށް ބުނެވުނެވެ.

“ހިބާ ފެނުނީމަ ވާގޮތެއް އެއީ.” ފައުޒާން ހީލަމުން ބުންޏެވެ. ހިބާ ރަހާ ފެން ވަރުވާ ނިމިގެން ފައުޒާންއަތައް ދިނެވެ.

“ބައްޕަޔާ އެއްކޮންނޯ ރީތިވާނީ.” ހިބާ ބުނެލި އެވެ.

“ދަރިފުޅު މަންމިއާ އެކަނި ދޯ ވާހަކަ ދައްކަނީ. ގައިމު ބައްޕައަކަށް އަޑެއްނީވެ ދަރިފުޅު އެހެން ބުނިއަޑެއް.” ފެންތަކާއެއްކޮން ރަހާގައިގައި ބައްދާލަމުން ސަމާސާ ރާގަކަށް ފައުޒާން ބުނެލި އެވެ.

“ފައުޒާން،” ހިބާ ފައުޒާންއަށް ގޮވާލީ ލޯއަޅާލަމުން ނެވެ.

ފައުޒާން ގޮސް އެނދުކައިރީ ހުރި ރަހާ ރީތިކުރާ ރެކްމަތީ ރަހާ ބޭއްވިއެވެ. ރަހާގެ ގައި ފައުޒާން ހިއްކާލި އެވެ. ރެކްގެ ތިރީ ވަތްގަނޑު ތަކުގައި ރަހާ ރީތިވާ ހުރިހާ ސާމާނެއްއަތުރަމުން ހިބާ ގެންފިޔަ އެވެ.

“ހިބާ،” ހިބާ އައިސް ފައުޒާން ކައިރީ ހުއްޓިލުމުން ފައުޒާން ހިބާއަށް ބަލައިލަމުން ގޮވާލި އެވެ. އޭރު ފައުޒާން ރަހާގެ ނެޕީ ޖަހަނީ އެވެ. “ކޮޓަރީގަ އުޅޭ އިރުވެސް ބުރުގާ އަޅައިގެން ތި އުޅެނީ ކީއްކުރަންތަ؟” ފައުޒާން ހިބާގެ ބުރުގާ ކުއްލިއަކަށް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ޖަހާފައި ހުރި ދަތިތަކާހެދި އެހާ ފަސޭހައިން އެކަމެއް ނުކުރެވުނެވެ.

“މިހާރު ތިހާ ފަސޭހައެއް ނުވާނެ،” ހިބާ ހީލަމުން ބުންޏެވެ. “އަވަހަށް ރަހާ ހެދުން ލައްވާ.” އެހެން ބުނަމުން ހިބާ ގޮސް ދަބަހުގައި ހުރި އަންނައުނުތައް އަލަމާރީގައި އަޅުވަން ފެށިއެވެ. ފައުޒާންގެ ޓީޝާރޓްތަކާއި ސޯޓުތައްވެސް އަލަމާރީގައި އަޅުވާލި އެވެ.

“މިގަޑީގަ އެއްޗިހި ބަދަލުކުރާނަންތަ؟” ހިބާ އަހާލި އެވެ. ފައުޒާން ބޯ ހޫރާލި އެވެ. “އެހެންވިއްޔާ ދޭ ވުޟޫކޮށްގެން އަންނަން ނަމާދު ކުރަން. މިތާ ކޮށީގަ ރަހާ އިންނާނެ މަންމައާ ބައްޕައާ ނަމާދުކުރާތަން ބަލަން.” ހިބާ ބުންޏެވެ. ފައުޒާން ހިބާ ބުނިގޮތަށް ކަންތައް ކުރިއެވެ. ދެމީހުން އެއްކޮން ނަމާދުކޮށްލައިގެން ފައުޒާން ރަހާ އުރާލި އެވެ. ހިބާ ބޭރަށް ނިކުންނަން ހިގައި ގަތެވެ. “މިހާރު ކާންދާން އެންމެން އުޅޭނެ. ހިންގާ ބޭރަށް.” ހިބާ ބުންޏެވެ. ފައުޒާންއަށް ވެސް ބަންޑުހައިކަން އިހުސާސް ކުރެވުނީ ހިބާ އެހެން ބުނުމުންނެވެ. ފައުޒާން ވެސް ހިބާ ފަހަތުން ބޭރަށް ނުކުތެވެ. އޭރު ފެންޑާގައި ޒާދް ދެކޮޅަށް ދުވަނީ އެވެ. ޒާދް ފަހަތުން ރިފާ ދުވަނީ ކޮންމެސް އެއްޗެއް ޒާދްއަށް ކާންދެމުންނެވެ.

“އެއޮށް ނުކުތީނު. ހިންގާ އަވަހަށް ދާން. ހާދަ ބަންޑުހައިވެއްޖެޔޭ.” ތަންކޮޅެއް ދުރުގައި ހުރި މާޒްއަށް ފައުޒާންއާއި ހިބާ ފެނުމުން ބުންޏެވެ.

“ފައުޒާން މެން ދެން ކޮޓަރިން ނުނިކުންނާނެޔޯ މާޒް އިނދެގެން އެކިޔަނީ.” ރިފާ ބުންޏެވެ. ހިނިތުން ވެލަމުން ފައުޒާންއަށް ހިބާގެ މޫނަށް ބަލައިލެވުނެވެ. ހިބާގެ މޫނު އޭރުވަނީ ލަދުން ރަތްވެލާފަ އެވެ.

“އެހެނެއް ނުވާނެނު މިހާރަކު. ދަރީގެ ކަންތައް ކޮށްފަ އިތުރު ކަމެއް ކުރެވޭ ވަރެއް ނުވެޔޭ މިހާރަކު.” ފައުޒާން ބެލީ އިތުރަށް ހިބާ ލަދުގަންނަވާލާށެވެ. ރިފާ ހެވިފައި ފައުޒާންއަށް ބަލައިލި އެވެ. ހިބާ ލަދުން އަވަހަށް ބޭރަށް ނިކުންނަން ހިގައި ގަތެވެ. “ކޮބާ އެހެން މީހުން؟” ފައުޒާން ވެސް ހިބާ ފަހަތުން ދަމުން އަހާލި އެވެ.

“ދޮންބެ ކޮޓަރީގަ ވީ. އެހެން މީހުން ވެއްޖެ ބޭރުގަ.” ރިފާ ބުންޏެވެ.

ފައުޒާން ހިބާއަތުން ރަހާ އަތުލައިގެން ބޭރަށް ނިކުންނަން ހިގައިގަތެވެ. ހިބާ ސިރާޖަށް ގޮވާލި އެވެ.

“ކޮއްކޮގެ ޕްރޭމް ގެނެސްދީބަލަ.” ސިރާޖް ފެނުމުން ހިބާ ބުންޏެވެ.

“ލައްބަ.” ސިރާޖް ކިޔަމަން ތެރިކަމާއެކު ބުނެފައި އެތެރެއަށް ވަނެވެ.

ރެސްޓޯރެންޓަށް ދާން އެންމެން ނިކުމެ ތިއްބެވެ. ދުއްވާ އުޅަނދަށް އަރާ އެންމެން ހަމަޖެހިލި އެވެ. އެންމެން ދައްކަމުން ދިޔައީ އެގޭގެ ފުރިހަމަ ކަމުގެ ވާހަކަ އެވެ. ކޮޓަރިތަކާއި ފާހާނާ ތަކުގެ ރީތިކަމުގެ ވާހަކަ އެވެ. ހިތަގައިމު ކަމުގެ ވާހަކަ އެވެ.

ރެސްޓޯރެންޓަށް މަޑުކޮށްލުމުން އެންމެން ފައިބައިފި އެވެ. ފިޔާތޮށި ކުލައިގެ ރެކްޝާއަށް ރަހާ ލައިގެން ހިގަން ފެށުމުން ރަހާ ނިދައިފި އެވެ. ހިބާ ގޮސް ޒާދް އުރާލަން އުޅުނެވެ. ނަމަވެސް ހިބާކައިރިއަށް ޒާދްއެއް ނައެވެ. ރަހާ ގޮތަށް ޒާދް އެހާ މީހުނާ ރައްޓިއްސެއް ނޫނެވެ. ފައުޒާން ހީލަމުން ޒާދް އުރާލި އެވެ.

“މީ ޒާންބެގެ ކުއްޖެކޭ ދޯ.” ފައުޒާން ބުންޏެވެ. ހިބާ ތުން އަނބުރާލި އެވެ. ފައުޒާން ހީލަމުން އެއްއަތުން ޒާދް އުރާލައިގެން އަނެއްއަތުން ހިބާ ކޮނޑުގައި އަތް އަޅުވާލި އެވެ. ހިބާ ރެކްޝާ ހިފާލައިގެން ހިގައިގަތީ އެމީހުނަށް ހާއްސަކޮށްފައިވާ މޭޒާ ދިމާލަށެވެ. އަޒްމީލު ފޯނުން އެމަންޒަރު ފޮޓޯ ނަގަމުން ދިޔައެވެ. ކިހާ ހިތްގައިމު މަންޒަރެއް ހެއްޔެވެ. ހީވަނީ ދެކުދިންވެސް އެއީ އެމީހުންގެ ދެދަރިން ހެނެވެ.

ކައި ނިމިގެން މަޑުކޮށްލައިގެން އެންމެން ތިބީ ރެސްޓޯރެންޓް ކުރިމަތީ އެވެ. އެއީ ބަޖީއެއް އަންނަން ދެނެވެ. ރެސްޓޯރެންޓާއި ޖެހިގެން ހުރީ ބާރ އެކެވެ.

“މިރޭ މިތަނަށް ޖައްސާލަން ވާނެނު ދޯ މާޒް.” އަޒްމީލް ހުރެފައި ބާރއަށް އިޝާރާތް ކޮށްލަމުން ބުންޏެވެ. އެއީ ނިހާނީ ރުޅިއަރުވާލަން ބުނި އެއްޗެއްކަން މާޒްއަށް އިނގިގެން މާޒްވެސް އެކަމުގައި ބައިވެރި ވެލި އެވެ.

“އާން، އެންމެން ނިދީމަ އަންނާނީ ދޯ.” މާޒް އެހެން ބުނުމުން އަޒްކާ މާޒްގެ ބުރަކަށީ ޖަހާލި އެވެ. ކުއްލިއަކަށް ބާރއިން ނިކުތް ކުއްޖާ ފެނިފައި އެންމެންގެ ކަޅި އެދިމާލަށް އަމާޒުވެގެން ދިޔަ އެވެ. އެންމެން އެއްދިމާލަކަށް ބަލަން ތިބުމުން ހިބާވެސް އެދިމާލަށް ބަލައިލި އެވެ. ހިބާއަށް ވެސް ލިބުނީ ހައިރާން ކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 34 ވަނަ ބައި

Next

ދީފާ އުފާ 2

Next
April 26, 2016

ދީފާ އުފާ 2

Previews
April 25, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 34 ވަނަ ބައި

41 Comments!

  1. Yanaalee says:
    April 26, 2016 at 5:53 am

    Keep it up Aasi.. Aasi ge vaahaka thah v reethi..

  2. Isheee says:
    April 26, 2016 at 7:28 am

    Wow awesome avahah up kureema bodu bodu thanks eh

  3. Anonymous says:
    April 26, 2016 at 8:43 am

    Hama mivaahakaige namuga inee

  4. rifa says:
    April 26, 2016 at 9:11 am

    Varah reethi….

  5. aish says:
    April 26, 2016 at 9:22 am

    Dhivehi vaahaka. Com ah vadhefa dhen dheybala laibrary ah gohsa dhn dhenee loabeege vaahaka ah ethaagai ebain

  6. aish says:
    April 26, 2016 at 9:36 am

    eny mivaahaka hunaa nee minamuga. library ah gos fa loabi baya vanaanee eyrun fenaane. minamuga mi pic hunaanee ves

  7. Appy says:
    April 26, 2016 at 10:10 am

    Aasi kudy ge name ah click kohliyas annaane n library in vx

  8. naxnaxoo says:
    April 26, 2016 at 10:40 am

    Can u plx share the link…

  9. HANY says:
    April 26, 2016 at 11:30 am

    ENYYYYYYYYYY ADHIVEX NUFENE THA ALHE RAGALHA HODHA BA INNANE..V REETHI NIMUN

  10. eny says:
    April 26, 2016 at 11:31 am

    thnks anonymous fenijjee

  11. faanthu says:
    April 26, 2016 at 1:28 pm

    Alhe plxxxx kommes kuhjeh bumedheeeba link I couldn’t find 🙁 ? ?

  12. haz says:
    April 26, 2016 at 9:51 pm

    Varah reethi mi partves adhi v bodah happy mi vaahaka kohme dhuvahakuves upload vaathee……thanx a lot Aasi..

    .keep it up

  13. Mari says:
    April 27, 2016 at 11:47 am

    Avahah up koh dheeba..mi part vs varah reethi..keep it up

  14. Thee says:
    April 27, 2016 at 4:13 pm

    Kihineh library ah dhanee

  15. anonymous says:
    April 27, 2016 at 11:13 pm

    dhefai dheythereyn library ah dhaany .. ingey thee

  16. insaanaa says:
    April 28, 2016 at 1:39 am

    Anonymous y don’t u try to go by ur own dhefaidheyythere…. Hayaaaiikuda

  17. Lai says:
    April 28, 2016 at 11:18 am

    Vaahaka nugenes dheni keeve

  18. kudaaa says:
    April 28, 2016 at 12:47 pm

    Coment kuraa iru reethi gothugaa coment kurun v muhinmu

  19. kudaa says:
    April 28, 2016 at 12:50 pm

    Mi Vaahaka avahah up kohla dheeba plxxc

  20. someone says:
    April 28, 2016 at 1:53 pm

    avahah up kohdhybala v kiyaaahithun mi hunnany.

  21. Mmmm says:
    April 28, 2016 at 7:34 pm

    Koniraku next part up kuranyyyy……waiting…..

  22. Kudi says:
    April 28, 2016 at 10:59 pm

    Kon irakun next part upload kurani. Haadha las ey. V kiyaahithun mi balani. Iru irukoalhun ol van vaahaka in thoa balan.:(

  23. ruhyyyyyy says:
    April 28, 2016 at 11:06 pm

    haadha lasvey upload kuraaleh, iru iru kolhaa balaalevey new part eh aadhey tho, kon irakun fennaanee?

  24. Laala says:
    April 28, 2016 at 11:14 pm

    Alhey haadha lahey upload kuraa goi, nw kemadhuvefa mihiri kiyaa hithun, plx avaha upload kureba, vr vr reethi mi vaahaka, obinus to the max……

  25. mary says:
    April 29, 2016 at 12:54 am

    A.please. koabaa. Vaahk..please. Warah.reethi

  26. anth says:
    April 29, 2016 at 7:00 am

    haadha lahey up vaa leh konirakun up kuranee

  27. anth says:
    April 29, 2016 at 7:02 am

    when next part

  28. shau says:
    April 29, 2016 at 7:29 am

    Kurin avahah up koffa nw varah las

    1. ? says:
      April 29, 2016 at 9:20 pm

      Mee hama ekani mi site in vaahaka kiyan thibi kudhintha

  29. Thanks says:
    April 29, 2016 at 9:35 am

    Kobaa tha story haadha lahey up vaaleh

  30. Man says:
    April 29, 2016 at 11:44 am

    Dhen v fuhi up nukuraathy avas kodhybala thy enme kiyaa hivaa vaahaka

  31. neen says:
    April 29, 2016 at 11:54 am

    Alhe adhi vxx up nukure plxx avass kohhbrr ??

  32. mary says:
    April 29, 2016 at 3:16 pm

    Vaahk.please

  33. xooon says:
    April 29, 2016 at 4:57 pm

    Alhe up kohhbr plxx??

  34. Mary says:
    April 29, 2016 at 6:54 pm

    Vaahk.not..

  35. juju says:
    April 29, 2016 at 7:56 pm

    Kobaa vaahaka…. Haadha lahey mihaaru up kuraaleh….

  36. Aaashu says:
    April 29, 2016 at 9:17 pm

    Aasi balytha???????? ?gurubaan vumy mihithuge ufaa up nuvaathy v foohi …is every thing ok???????????

  37. Hiba says:
    April 29, 2016 at 10:46 pm

    Asi koba vaahakaa. Waiting waiting…

  38. Sheen Shiru says:
    April 29, 2016 at 11:45 pm

    Kobaa next part… ????

  39. Aishaa says:
    April 30, 2016 at 12:30 am

    Alhey iru araa ohseny mi story ge inthixaar ga mi site ah vadhe nikume hadhanikoh… Ashi dhen story uplod kohdhyba… Mi lolah nidhivesh naaishgen miulheny… Plxxxxxxxxxx

  40. Faxoo says:
    April 30, 2016 at 3:32 pm

    mibai ves varah salhi Aasi. 😀 thanks fr this amazing story 😉

Comments are closed.

Next Episodeހާދަހާވޭ ކުރާހިތް ސަމާސާ 36 ވަނަ ބައި←


All Right Reserved!