ލޯބި-27
*ކުއްލިއަކަށް މިންހާގެ ފޯނު ރިންގުވާން ފެށި އެވެ. ގުޅަނީ ރަނާ އެވެ. ދެމީހުންނަށް ގަޑި ބަލައިލަން ވެސް ހަނދާންވީ ދެނެވެ.*
“ލަސްވެގެން ކަންނޭނގެ އެގުޅަނީ.” ނާއިލް ބުނެލި އެވެ. މިންހާ ވަކި އެއްޗެކޭ ނުބުނެ ފޯނައް ޖަވާބުދިނެވެ.
“ހަނާ އަށް ފިލާވަޅެއްގަ ހެލްޕް ވާނަމޭ ބުނެފަ އޮތީމަ. ދާން ޖެހިއްޖެ.” މިންހާ ބުންޏެވެ. ދެމީހުން އެކުގައި ހިނގައިގަތެވެ.
ސައިކަލުގައި އައި ރީހާން އައް ދެމީހަކު ގެ އާއި ދިމާލަށް ދާތަން ފެނުނެވެ. އޭނާ ގެއާއި ތަންކޮޅެއް ދުރުގައި ސައިކަލު މަޑުކޮއްލި އެވެ.
“ކިހިނެއްވީ؟” މައިހާ އަހައިލި އެވެ.
“އެއީ މިން ދޯ؟” ރީހާން އިޝާރާތް ކުރީ އެދެމީހުންނަށެވެ.
“އާނ. އެއީ މިން. މަޑުކޮއްބަލަ. އެއީ ނާއިލް ތަ؟” މައިހާ ވެސް އެ ދިމާލައް ރަނގަޅަށް ބަލައިލަމުން ބުންޏެވެ.
“އެއީ ނާއިލް. މައި. އެއީ ނާއިލް.” ރީހާން ފުން ނޭވާއެއް ލަމުން ބުންޏެވެ އެވެ. މައިހާގެ މޫނު މައްޗަ ވެރިވީ ނުތަނަވަސް ކަމެވެ.
“ގުޑް ނައިޓް.” ގެއާއި އަރައި ހަމަވެފައި ނާއިލް ބުންޏެވެ.
“ހިމް. ގުޑް ނައިޓް.” މިންހާ ރީތި ހިނިތުން ވުމަކާއި އެކު ބުންޏެވެ. ނާއިލް ދާން ހިނގައިގަތީ މިންހާ ގޭތެރެ އަށް ވަނުމުންނެވެ.
ރީހާން ސައިކަލު ދުއްވައިލީ ނާއިލް ދިއުމުންނެވެ. މައިހާ އާއި ރީހާން އަވަސް އަވަހައް ގެއަށް ވަންއިރު މިންހާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އެންމެ ސިކުންތެއް ވެސް ބޭކާރު ނުކޮށް މައިހާ ގޮސް މިންހާގެ ކޮޓަރިދޮރު ހުޅުވައި ވަނެވެ. އޭނާގެ ފަހަތުން ރީހާން ވެސް ވަނެވެ.
މައިހާ އާއި ރީހާން އެގޮތައް އައިސް ވަނުމުން މިންހާ ސިހުނެވެ.
“ދޮރުގަ ޓަކި ޖަހައިލި ނަމަ ކުޑަމިނުން. ހަމަ ހުރެފަ މީހުންގެ ކޮޓަރިއަށް ވަދޭ.” މިންހާ ހިތްހަމަނުޖެހިފައި ބުންޏެވެ.
“ދޮންތީ! ހަނާގެ ފިލާވަޅު.” ހަނާ ދޮރު ހުޅުވާލަމުން ބުންޏެވެ.
“އަނެކާ އަނެކަކު. ޓަކި ޖަހާބަލަ ފުރަތަމަ.” މިންހާ ބުންޏެވެ.
“ސޮރީ.” މަޢުސޫމު ގޮތަކަށް ހަނާ ބުންޏެވެ.
“ހިމް. މިދަނީ އިރުކޮޅަކުން.” މިންހާ ބުންޏެވެ. ހަނާ ނުކުމެގެން ދިޔައެވެ.
“ކީއްވެތަ ދެމީހުން މާ ހިނިއަސަ މިތާ ތި ތިބެނީ؟” މިންހާ ހިތްހަމަނުޖެހިފައިހުރެ އެހި އެވެ.
“ކިޔާދީބަލަ. ކިހިނެއްތަވީ؟” މިންހާގެ އަތުގައި ހިފައިގެން ގޮސް އެނދުމަތީ އިށީންނަމުން ބުންޏެވެ.
“ހުރިހައި ވާހަކައެއް ކިޔައިދީ.” ރީހާން އައިސް މިންހާގެ އަނެއްފަރާތުގައި އިށީންނަމުން ބުންޏެވެ.
“ކޮންކަމެއް؟ ކޮން ވާހަކަ އެއް؟” މިންހާ ހައިރާން ވެފައި އަހައިލި އެވެ. “ތިދެމީހުންނައް ކިހިނެއްވެފަތަ ތި ތިބީ؟”
“ނޭނގޭ ކަމައް ނުހެދޭ. ދެކުނީމޭ” މައިހާ ހާސްވެ ހުރެ ބުންޏެވެ.
“ކޮން އެއްޗެއް ފެނުނީ؟ ތިއްތަ އައް ކިހިނެއްވެފަތަ ތިހުރީ؟ ކީކޭތަ ތިކިޔަނީ؟” މިންހާ ހުރީ އުނދަގޫވެފަ އެވެ.
“ދެން އިނގޭ ކަމަކަށް ނުހަދާނެ. ނާއިލް އާއި އެއްކޮށެއްނު ގެއަށް އައީ.” މައިހާ ހިތްހަމަނުޖެހިފައި ހުރި ރާގެއްގައި ބުންޏެވެ. މިންހާ ހިމޭން ވިއެވެ. “އަހަރެންމެން ތިބީ ދުރުގަ ބަލާށޭ.”
“ކިހިނެއް ނާއިލް އާ ދިމާވީ؟” ރީހާން އަހައިލި އެވެ.
“އަހަރެން ބީޗް ގަ ހުއްޓަ ނާއިލް އަށް ވެސް އާދެވުނީ.” އިރުކޮޅަކު ހުރުމަށްފަހު މިންހާ ބުންޏެވެ.
“ކީއްވެ ނާއިލް މިން ގެއަށް ލާން އަންނަންވީ؟ މިން އަހަރެމެން މީހަކަށް ވެސް ގުޅިދާނެއްނު؟ މިން އެކަނި ވެސް އާދެވިދާނެއްނު؟” ރީހާން ހުރީ ވަރަށް ބޮޑައް ހިތްހަމަނުޖެހިފައިއެވެ.
“މިން. އައީ ދޯ. ހަނާ އެބައިން މިން އަށް މަޑުކޮއްގެން.” ކުއްލިއަކަށް ރަނާ ދޮރު ހުޅުވައިލި މިން ބުންޏެވެ. އެންމެން އެއްފަހަރާ ބަލައިލި އެވެ.
“ދެން މީކިހާ ދެރަކަމެއްތަ؟ ހަމަ އެކަކުވެސް ވަނުމުގެ ކުރިއަށް ޓަކި ޖަހަން ހަނދާން ނުވަނީތަ؟ މިގޭގަ ޕްރައިވެސީ އޭ ކިޔާ އެއްޗެއް ވެސް މިހާރު ނޯންނަނީތަ؟” މިންހާ ރުޅި އައިސް ފައި ހަޅޭލަވައިގަތެވެ.
“ކިހިނެއް ތިވީ؟ ހަމަޖެހިބަލަ މިން.” މައިހާ މިންހާގެ ކޮނޑުގައި ހިފައިލަމުން ބުންޏެވެ.
“ސޮރީ. އެންމެން މިތާ ކީއްކުރަނީ؟ ކަމެއް ވީތަ؟” މިންހާގެ ދެފަރާތުގައި ތިބި މައިހާ އާއި ރީހާން އަށް ބަލައިލަމުން ރަނާ އެހިއެވެ. މައިހާ ބަލައިލީ މިންހާގެ މޫނަށެވެ.
“ނޫން. ކަމެއް ނުވޭ. ހަމަ މިން ކައިރީ އަގަތަޅާލަނީ.” ހިނިތުން ވެލަމުން މައިހާ ބުންޏެވެ. ރަނާ ވެސް އިތުރައް މަޑުކުރުން ނުހަދައި ދިޔައެވެ.
“މިން ތެދުތެދަށް ބުނޭ. ނާއިލް ކީއްވެ މިން ކައިރި އައް އައީ. އޭނަ އައް އެނގެން ޖެހޭނެއްނު އޭނާގެ އަތްބަކާ ދަރިއެއް ހުންނަކަން.” މައިހާ ބުންޏެވެ.
“މިހާރު ދެން އޭނަ މިން އަށް ވާހަކަ ވެސް ދައްކައިގެން ނުވާނެ.” ރީހާން އިތުރު ކޮއްލީ އެވެ.
“އޭނާގެ ނުހުރެއޭ އަތްބެއް ވެސް ދަރިއެއް ވެސް” މިންހާ ބުންޏެވެ. މައިހާ އާއި ރީހާން އެއްފަހަރާ ހިމޭންވިއެވެ. “އެއީ އޭނާގެ ބޭބެގެ ވައިފް އޭ.”
“ދެން ނާއިލް އެގޮތައް ބުނީމަ މިން ވީ ގަބޫލު ކުރަންތަ؟” މައިހާ ގަބޫލު ކުރާކަށް ބޭނުމެއްނުވި އެވެ.
“އައިޒާ އޭ އަހަރެން ކައިރީ ބުނީ. އޭނަ އެއީ ނާއިލްގެ ފަހެރި އޭ.” މިންހާ ކިޔައިދިނެވެ. މައިހާ އާއި ރީހާން ހުރީ ވިސްނާށެވެ.
“ކިހިނެއް އައިޒާ އައް މިން އިނގެނީ؟” ރީހާން ވިސްނަން ހުރެފައި ބުންޏެވެ.
“ނާއިލް ބުނީމަ.” މިންހާ ބުންޏެވެ.
“އޯހ. މަ ހަނދާންނެތުނީ. ނާއިލްގެ ބޭބެ ނައުޝާން ހުންނާނީ މެރީ ކޮއްފަ. އޭނަގެ ދަރި އެއް ވެސް ހުރޭ.” ރީހާން ހަނދާން ކުރަމުން ބުންޏެވެ.
“އެހެން ވީމާ ނާއިލް އެބުނީ ތެދެއްކަމަށް ވެސް ވެދާނެ.” މައިހާ ބުންޏެވެ.
“މަޔާން އަށް އެނގޭނެއޯ. ނާއިލް ބުނީމޯ މަޔާން ކައިރީ. އެކަމަކު މަޔާން އެކަހަލަ ވާހަކަ އެއް ނުވެސް ދައްކަ.” މިންހާ ބުންޏެވެ.
“ހަނދާން ނެރުނީ ކަމަށްވާނީ. މަ މަޔާން އާއި ވާހަކަ ދައްކާލާނަން. ދެން އެހެން ވީއިރު…ތިދެމީހުން މިހާރު އޯކޭ ތަ؟” ރީހާން އަހައިލި އެވެ.
“އިޓްސް އޯކޭ. މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅޭނެ.” މިންހާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން މައިހާ ބުންޏެވެ.
“ދޮންތީ!” ދޮރުގައި ޓަކި ދެމުން ހަނާ ގޮވައިލި އެވެ.
“މި ދަރި ދެން މަ ހަމަޖެހިގެން ނޭވާލީއަކާ ވެސް ނުދޭނެ.” މިންހާ މަޑުމަޑުން ބުނެލި އެވެ
“ދޮންތީ. ދެން އަވަހައް އާދެބަ.” ދޮރު ހުޅުވާލުން ހަނާ ބުންޏެވެ.
“ދޭ ގޮސް ފޮތްތަށް ރެޑީކުރޭ. މިދަނީ މިހާރު.” މިންހާ ބުންޏެވެ.
“އެއްވެސް ކަމެއް ވެއްޖެއްޔާ އަހަރެމެން ކައިރީ ބުނާތި.” މައިހާ ބުންޏެވެ. އަދި ރީހާން އާއި އެކު ނުކުމެގެން ދިޔައެވެ.
“ކަލޭ އަށް ކިހިނެއް އެހާ ޔަގީން ކަމާ އެކީ ބުނަން އިނގެނީ އެކުއްޖާ މަ ދެކެ ލޯބިވާނެ ކަމެއް؟”
“ކަލޭ ހާސްނުވޭ. މަށައް މިންހާ ވަރަށް ރަނގަޅަށް އެނގޭ. ކަލޭ މަ ބުނާ ގޮތައް ކަންތައް ކުރޭ. އޭނަ އައް ގޮތެއް ހަދައިފިއްޔާ ހަނދާން ކުރާތި ކަލޭގެ ދުވަސް ދުއްވާލާނަން.” މަޔާން އިންޒާރު ވެރި ގޮތަކަށް ބުންޏެވެ.
“އޯކޭ. އޯކޭ. ކަލޭ ހަމަޖެހިބަލަ. ދެން އެހެން ވީމާ ކިހިނެއް ހަދަންވީ؟” އެމީހާ އެހިއެވެ.
“މާ އަވަސް އަރުވައި ނުލާތި. ވަރަށް ގޮތްދޫ ނުކުރާ ގޮތެއް ހުންނާނެ.”
“ރީތި ކުދިން އެގޮތަށޭ އުޅޭނީ.” އެމީހާ ލާނެތް ގޮތަކައް ހިނިއައިސްފައި ބުންޏެވެ. މަޔާން ނުރުހުންވެފައި އެމީހާ އާއި ދިމާލައް ބަލައިލި އެވެ.
“ކަލޭ ތީ މަގޭ ކުޑައިރުއްސުރެ ވެސް ގާތް ރައްޓެއްސަކައް ވީމަ ކަލޭއައް މިކަން މިކޮއްދޭނީ. ފުރަތަމަ އޭނަ އަށް މާބޮޑި އެއް ދީ. އޭނަ އައް ވަރައް ކަމުފާނެ މާ.” މަޔާން ވިސްނަމުން ބުންޏެވެ.
“ހާދަ ހިނިއައިސަ އޮތް ރެއެކޭ.” ޖޯލީގައި ހިނިތުން ވެލައިގެން ފުން ހިޔާލެއް ގެއްލިފައި އޮތް ނާއިލް ފެނިފައި ނައުޝާން ބުންޏެވެ.
“ވަރަށް އުފާ ވެފަ މިރޭ މިއޮތީ.” ނާއިލް ފުންނޭވާއެއް ލަމުން ބުންޏެވެ.
“އަނެއްކާ ކިހިނެއްވީ؟” މައިޝާން އައިސް ނާއިލް ކައިރީ އިށީންނަމުން އެހިއެވެ.
“މިން އާއި ދިމާވީ. ވާހަކަ ވެސް ދެއްކިން.” ހުވަފެނީގޮތަކައް ނާއިލް ބުންޏެވެ.
“ހުވަފެންތައް ނޫނީ ހަގީގަތަ؟” މަލާމަތުގެ ރާގަކަށް ނައުޝާން ބުންޏެވެ.
“ހަމަ ވަރަށް ބޮޑު ހަގީގަތެއް.”
“ހީމް. އަސްލު ބުނަން އައީ މާދަން ދޮންބެ މިއުޅެނީ ފުރާށޭ ދޮންބެދައްތައާ އައިނީ އަށް ރަނގަޅަށް ބަލާތި. އައިނީ ސްކޫލް އަށް ލަންދިއުމާ ބަލާދިއުން ހަނދާންނައްތައި ނުލާތި. ދޮންބެދައްތަ ވެސް ލަހުން ޑިއުޓީ ނިމޭ ދުވަސް ދުވަހު އެކަނި ގެއެއް އަންނަން ނުޖައްސާތި.”
“ދޮންބެ އަލަކައް ނޫނެއްނު ދަނީއެއް. ކުޑަކުއްޖަކަށް ފިލާވަޅު ދަސްކޮއްދޭހެން އެބަ މަށައް ކިޔައިދޭ. ދޮންބެ ހާސްވާކައް ނުޖެހޭނޭ.” ނައުޝާންގެ ކޮނޑުގައި ޖަހައިލިން ނާއިލް ބުންޏެވެ.
“ހަނދާންކޮށްދޭން ޖެހޭނެއްނު. މިންހާ އަށް ވާހަކަ ދެއްކުނީމަ އުފަލުން ދުނިޔެމަތީ ކަންކަން ހަނދާން ނެތިދާނެ.” ހެމުން ނައުޝާން ބުންޏެވެ. “ދެން ދަނީ. ނާއިލް ވެސް ވަދޭ އެތެރެއަށް.”
ހެނދުނު ސައިގަޑި އަށް އެންމެން ތިބީ މޭޒު ދޮށުގައެވެ. އެކި ވާހަކަތަށް ދެކެވެމުން ދިޔައިރު. މިންނަ އިނީ ނެގިމަޑިވެފައެވެ. އެކަން އެންމެންނަށް ވެސް ފާހަގަ ވި އެވެ.
“މިންނަ ކީއްވެ އެހާ މަޑުން ތިއިންނަނީ؟” ރައުފާ އަހައިލިއެވެ.
“ކަމެއް ނުވޭ.” މިންނަ ތައްޓާއި ދިމާލައް ބަލަން ހުރެ ބުންޏެވެ.
“ކަމެއް ނުވަންޏާ ތިހެނެއް ނުއިންނާނެ. ބަލިތަ؟ ރަނގަޅަކަށް ނުވެސް ކަމެއްނު.” ރައުފާ އަނެއްކާ ވެސް ބުންޏެވެ.
“ކަމެއް ނުވެއޭ ބުނީމަ ވެސް އެހާ ގިނަ ސުވާލުކުރަނީ ކީއްވެތ!؟” މިންނަ ވަރަށް ބާރަށް ހަޅޭލަވައިގަތެވެ. އަދި ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހި އެވެ.
“ކޮންމެވެސް ކަމެއް އެބަ އުޅޭ. ރައުފާ ރަނގަޅަށް މިންނަ އަށް ބަލާތި.” ނަދީމް ނުރުހުން ވެފައި ބުންޏެވެ.
އެވަގުތު ފޯނެއް އައިސްގެން މިންހާ ތެދުވެގެން ދިޔަ އެވެ. އެއްވެސް މީހަކު އިތުރު ވާހަކައެއް ނުދައްކައި މަޑުމަޑުން ތިބެ ނާޝްތާ ކުރިއައްގެންދިޔަ އެވެ.
“ބައްޕާ! އަޅުގަނޑު ހޮސްޕިޓަލަށް އަށް ދާންޖެހިއްޖެ. ހިނގާބަ އަޅުގަނޑު ލައިދޭންދާން.” މިންހާ އެނބުރި އައިސް ބުންޏެވެ.
“ދާނަމޭ. ފުރަތަމަ އާދެބަލަ ރަނގަޅަށް ސައިބޯން.” ހަސަން ބުންޏެވެ.
“ބައްޕާ ނެތޭ ހުރެވޭކައް. މިއަންނަނީ ވަރައް އަވަހައް ރެޑީ ވެލައިގެން.” މިންހާ ހިނިތުން ވެލަމުން ބުންޏެވެ.
“ރިޝްފާ. ބަލާ. އެއީ އަހަރެމެންގެ ދަރި. މީހުންގެ ހިދުމަތުގަ އަމިއްލަ މީހާ މަތިން ވެސް ހަނދާންނައްތާލީ.” ހަސަން ފަހުރުވެރި ކަމާއި އެކު ބުންޏެވެ.
އެއްދުވަހެވެ. މައިހާ އުޅުނީ ބޯއަނބުރާތީ އެވެ. ފަތިހު ރިޝްފާ އާއި ރައުފާ އާއި އެކު ބަދިގޭގައި އުޅުނު އިރު ވެސް އޭނާ ކައްކާ ވަސް ދުވުމުން މޭބޮޑުވާން ފެށި އެވެ.
-ނުނިމޭـ
2 Comments!
Comments are closed.


Varahreethi
Thank you 💗