ލޯބި-25
*”ތިއްތަބޭ. ތިހެން ހަދާކަށް ނުވާނެއްނު. ދޮންތި އަށް ކިހާ އުނދަގޫ ވާނެ ނާއިލް ބޭބެ ގެ ވައިފް އާއި އެއްކޮށް ވޯކް ކުރަން.” މިންނަ ބުންޏެވެ.*
“އަދި މީނާ ވެސް ވަރަށް ވެފަ ބޭބެ ކިޔައޭ. އޯކޭ. ސޮރީ މިން. އަނެއްކާ އޭނަ ރަނގަޅުތަ؟ ފަހަރެއްގާ މިން އަކީ ނާއިލްގެ އެކްސް އެއްކަން އިނގިގެން ޖެއްސުން ވެސް ކޮއްފާނެ ހަނާ ބަލާ ޑްރާމާތަކުގަ ހަދާހެން.” ރީހާން އަނެއްކާ ވެސް ހޭންފަށި އެވެ.
“ނޯ. ވަރަށް ރަނގަޅު. ވަރަށް އެކްސްޕީރިއެންސް. ވަރަށް ރަނގަޅަށް އެއްޗެހި ބުނެވެސްދޭ.” މިންހާ ބުންޏެވެ.
“ނަސީބެއްނު. އޭނަ ޖެއްސުމެއް ކޮއްފިއްޔާ ހަނާ ކައިރިއަށް ދައްޗޭ. ހަނާ އައް އިނގޭނެ ދެން ހަދަންވީ ގޮތް.” ރީހާން މަލާމަތުގެ ރާގެއްގައި ބުންޏެވެ.
“ތިއްތަބެ ހަނާ އަށް މަލާމާތް ކުރަނީތަ؟” ހަނާ ތުން ދަމާލަމުން ބުންޏެވެ.
“ހަނާ! މިތާގާ ތިއިނީ. ފިލާވަޅުތައް ނިމިއްޖެ. މިރޭ ސްކޫލް އައް ދާންޖެހޭކަން ހަނދާން ކުރައްޗޭ އިނގޭ.” ރައުފާ ސިޓިންރޫމަށް ނުކުންނަމުން ބުންޏެވެ. “ކަލޭމެން ރަނގަޅު. މިންހާގެ ފުރަތަމަ ދުވަހޭ. ވަރުބަލި ވެފަ ހުންނާނީ. މިތާ ބައިންދަނީ. މިންހާ އަވަހައް ދޭ ފެންވަރައިގެން ކާންއަންން. ފުރަތަމަ ދުވަސް ކިހިނެއް؟”
“ރަނގަޅު.” މިންހާ ބުންޏެވެ. ރައުފާ ބޯޖަހައިލައިފައި ދިޔަ އެވެ.
“ހަނާ. ކޮބާތަ އެއްކަލަ ސޮރު؟” ރައުފާ ދިޔަކަން ޔަގީން ކޮއްލާފައި ރީހާން ސިއްރުސިއްރުން އަހައިލި އެވެ.
“ކޮން ސޮރެއް؟” މިންހާ ޝައުގުވެރި ވެފައި އަހައިލި އެވެ.
“ހަނާ ގެންގުޅޭ ސޮރެއް.” ރީހާން ހިނިއައިސްފައި ބުންޏެވެ.
“ހަނާ! އަސްލުވެސްތަ؟ ޕިސް ޕިސް. ތިހެން އުޅޭކަށް ނުވާނެ ސްކޫލްގަ އުޅޭއިރު.” މިންހާ ވިސްނައިދޭ ރާގެއްގައި ބުންޏެވެ.
“ކަލޭ ވަރަށް ރަނގަޅު ތިހެން ބުނަން.” ރީހާން މިންހާ އާއި ދިމާލައް ބުންޏެވެ.
“ދެން ކަލޭ ވަކި ރަނގަޅީތަ؟” މިންހާ ވެސް ރީހާން އާއި ދިމާލައް ބުންޏެވެ.
“މިހާރު ކިހިނެއް ވަނީ ދެމީހުންނަށް؟” ގެއެއް ވަދެގެން އައި މައިހާ އަހައިލި އެވެ.
“ހަނާގެ ވާހަކަ ބުނީމަ މިން އެބަ ކިޔާ ތިހެން ނޫޅޭށޭ. މަ ހަމަ އެކަނި ބުނެލީ މިން ވަކި ރަނގަޅެއް ނޫނޭ އެހެން ބުނާކަށް.” ރީހާން ކުރުގޮތަކަށް ކިޔައިދިނެވެ.
“ދެން މަ ވެސް މިބުނީ ކަލޭ ވެސް ވަކި ރަނގަޅެއް ނޫނޭ އެހެން ބުނާކަށް!” މިންހާ ބާރަށް ބުންޏެވެ.
“މަ މިހާރު މިހުރީ މެރީ ވެސް ކޮއްގެންނޭ.” ރީހާން ބުންޏެވެ.
“އެންމެންނަކަށް އެހެނެއް ނުވާނެއްނު!” މިންހާ ވަރަށް ބާރަށް މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖެހި އެވެ. އޭރު އޭނާ ހުރީ ރުޅި އައިސަ އެވެ. ދެލޮލުން ކަރުނަ ފައިބަނީ އެވެ.
“ވަރަށް ރަނގަޅު. ދެން ދޮންތި ނުވެސް ނުކުންނާނެ.” މިންނަ ހިތްހަމަނުޖެހިފައި ރީހާން އާއި ދިމާލައް ބުންޏެވެ.
“ރީހާން ވެސް ކީއްކުރަންތަ މިން ރުޅި އަރުވާނީ.” މައިހާ ވެސް ހުރީ ރީހާން ދެކެ ހިތްހަމަ ނުޖެހިފައެވެ
“މަށައް އިނގޭތަ އެހެން ބުނެލައިގެން މިން ރުޅި އަންނާނެކަމެއް. މިންނަ ވެސް މިހާރު ހާދަހާ ދޮންތި ވެފައޭ އުޅެނީ. އެހެން ކަމަކާއޭ ރުޅި އައިސްގެން އެދިޔައީ.” ރީހާން އަޅައިލުން ކުޑަ ގޮތަކަށް ބުންޏެވެ.
“އެހެން ކަމެކޭ؟ ކިހިނެއްވީ؟ ހޮސްޕިޓަލް ގަ ކަމެއްވީތަ؟” މައިހާ އަހައިލި އެވެ.
“އޭނަ އެސިސްޓް ކޮއްދޭނީ ނާއިލްގެ ވައިފް.” ރީހާން ބުންޏެވެ.
“އޯހ. ދެން ރީހާން ވެސް ފާޑުފާޑުގެ ވާހަކަ ދައްކަންޏާ މިން ރުޅި އަންނާނެއްނު.” މައިހާ ބުންޏެވެ.
“ދެން މަ މިގޯސްވީ.” ރީހާން ގޮސް ކޮޓަރިއަށް ވަނެވެ. ފަހަތުން މައިހާ ވެސް ދިޔަ އެވެ.
މިހުރިހައި ކަމެއް ވެގެން ދިޔަ އިރު ވެސް މަޔާން އިނީ ބަހެއް ނުބުނެ އެވެ. ހަގީގަތް އެނގި ހުރެ އެވެ. ކީއްވެ ބާއެވެ.
“މިންހާ ހޮސްޕިޓަލަށް ޖޮއިން ކޮއްފި.” ރޭގަނޑުގެ ކާމޭޒު ދޮށުގައި ތިބެފައި އައިޒާ ބުންޏެވެ. ނާއިލްގެ ހަރަކާތްތައް ހުއްޓުނެވެ.
“އައިޒާ އަށް އެނގުނީ ކިހިނެއް؟” ނައުޝާން އަހައިލި އެވެ.
“އަހަރެން އޭނަ އެސިސްޓް ކޮއްދެނީ. ވަރަށް މޮޅު ޑޮކްޓަރ އެއް އެއީ. އަލައް ފަށާ ކުއްޖަކާ ބަލާފަ ވަރަށް ކޮންފިޑެންޓް.”
“އޭނަ އެއްވެސް އެއްޗެކޭ ބުންތަ؟” ނާއިލް ފުން ވިސްނުމެއްގެތެރޭގައި ހުރެ އަހައިލި އެވެ.
“އަބަދުވެސް ވަރަށް ޕްރޮފެޝަނަލް ކޮށް ހުންނަނީ. އަހަރެން އުޅުނިން ތަންކޮޅެއް ގާތްކޮށް ވާހަކަ ދައްކަން އެކަމަކު މިންހާ އަޅައެއްނުލާ.” އައިޒާ ކިޔައިދެމުން ދިޔަ އެވެ.
“ދޮންބެދައްތަ އޭނަ ކައިރީ ބުނެބަލަ އޭނަ އަށް ހީވޭވަނީ ނުބައިކޮށޭ.” ނާއިލް އާދޭހުގެ ރާގެއްގައި ބުންޏެވެ.
“ބުނާނަން. ބުނާނަން. އެކަމަކު މިންހާ އަށް ވެސް ކޮންފަޓަބަލް ވާން ވަގުތު ކޮޅެއް ދޭންވާނެއްނު.” އައިޒާ ހިނިތުންވެލަމުން ބުންޏެވެ.
“ކޮބާ މިން؟” ބޭރު އޮންދޯލީގައި އޮތް މިންނަ ފެނުމުން ރީހާން އަހައިލި އެވެ.
“ކޮޓަރީގަ.” މިންނަގެ ޖަވާބު ކުރެވެ.
“ކައިގެންތަ މިހާރު އެއޮތީ؟” ރީހާން އަނެއްކާ ވެސް އަހައިލި އެވެ.
“އޭރު ވަން ގޮތައް އަދި ނުނުކުމޭ. އަދިވެސް ވާނެ ދޮންތި ރުޅި އަރުވަން.” މިންނަ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.
“އޯކޭ. ސޮރީ. އިރުކޮޅަކުން މިން އަށް ގޮވާތި.” މިހެން ބުނެފައި ރީހާން ދިޔައެވެ.
އާދައިގެ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. މިންހާ އާއި އައިޒާ އާއި ދެމެދު މަޑު މަޑުން އެކުވެރިކަން އުފެދެމުން ދިޔައެވެ. ފުރަތަމަ ދުވަސްކޮޅު ހުންނަހެން ވާހަކަ މަދުވެފައި މިންހާ އެއް ނުއިދެ އެވެ.
އެއްދުވަހެވެ. އައިޒާ އައް ހޮސްޕިޓަލަށް ދެވުނީ ތަންކޮޅެއްލަހުންނެވެ. ހަނދާން ނެތިގެން އައިޒާ އަށާ އާދެވުނީ ފޯނު ނުލައެވެ. އެކަން އައިޒާ އަށް އެނގުނީ ބްރޭކް ގަޑ
“އަޅޭ. އަވަސް ކުރަން އުޅެނިކޮށް މިއާދެވުނީ ފޯނުވެސް ބާއްވައިފަ. މިންހާގެ ފޯނު ބޮރޯ ކޮއްލެވިދާނެތަ؟” އައިޒާ އޭނާގެ އަތް ދަބަސް ހާވަމުން ބުންޏެވެ.
“ޝުއަރ.” މިންހާ ހިނިތުންވުމަކާއިއެކު އޭނާގެ ފޯނު އައިޒާ އަށް ދިއްކޮށްލިއެވެ.
“ހަޒްބެންޑް.” ފޯނު އަނބުރައި މިންހާ އަތައްދެމުން އައިޒާ ބުންޏެވެ. މިންހާ އެއްވެސް އެއްޗެކޭ ނުބުޏެވެ.
އިރުކޮޅަކުން ކެންޓީނަށް ވަދެ އެމީހުން ކައިރީގައި ހުއްޓިލީ ނާއިލް އެވެ. ރީތި ހިނިތުން ވުމަކާއި އެކު އައިޒާ އަތައް ފޯނުދިއްކޮއްލި ވަގުތު ނާއިލް އާއި މިންހާގެ ހަތަރުކަޅި ހަމަވި އެވެ. މިންހާ ވަގުތުން އަސްޖަހައިލި އެވެ. އެމަންޒަރު އައިޒާ އަށް ވަރަށް ރީތިކޮށް ފެނުނެވެ. ނާއިމް އެތާ މަޑުނުކޮށް އަވަހަށް ދިޔައެވެ.
“ނާއިލް. ހަޒްބެންޑް ގެ ކޮއްކޮ. ހަޒްބެންޑް އަށް މިގަޑީ އާދެވެނީ ނެތީމަ އެފޮނުވީ. އަހަރެންގެ ހުންނާނެ ޑޯޓަރ އެއް ވެސް. މިންހާ ވާނެ އެއްދުވަހަކުން އަހަރެންގެ ޑޯޓަރ އަށް މީޓް ކޮއްލަން.” އައިޒާ ބުންޏެވެ. މިންހާ އިނީ ހައިރާން ވެފަ އެވެ. “މިންހާ އަށް އިނގޭ ދޯ ނާއިލް؟”
“ނޫން.” މިންހާ ދުރުބަލައިލަމުން ބުންޏެވެ.
“އަހަރެން ވަރަށް ގިނައިން ބުނަމޭ ނާއިލް ކައިރީ މެރީ ކުރަން އުޅޭށޭ. ގޭތެރެ ފަޅުފިލާނޭ މީހުން ގިނަވީމަ. އެކަމަކު ނާއިލް ނޫޅެ އެކަމަކާ.”
“ކީއްވެ؟” މިންހާ ޝައުގުވެރި ވެފައި އަހައިލި އެވެ. އައިޒާގެ މޫނު މައްޗައް މައުނަވީ ހިނިތުންވުމެއް ވެރިވި އެވެ.
“ވަރަށް ކުރިން ނާއިލް އަށް ކުއްޖެއް ދެކެ ލޯބި ވެވުނު. ވީ ގޮތެއް ނުވެއް ބުނި. އެކަމަކު އެދެމީހުން ދެމެދު މައްސަލައެއް ޖެހުނީ. އޭގެ ފަހުން އެކުއްޖާ ބޭރުގައުމަކަށް ދިޔައީ. އެކުއްޖާ އަށް ކޮންޓެކްޓް ކުރެވޭތޯ ނާއިލް ވަރަށް މަސައްކަތް ކުރި. އެކަމަކު ނުވި. އޭރުއްސުރެ ނާއިލް ހުންނަނީ އެކުއްޖާގެ އިންތިޒާރުގައި.” އައިޒާ ކިޔައިދިނެވެ.
“އެސްކިއުޒް މީ.” މިންހާ ދާން ތެދުވި އެވެ. އޭރު އޭނާގެ ދެ ލޮލަށް ވަނީ ކަރުނަ ޖަމާވެފަ އެވެ. އައިޒާ އަށް ފެނުނެވެ.
“އަރ ޔޫ އޯކޭ؟” އައިޒާ އަހައިލި އެވެ. މިންހާ ޖަވާބެއްނުދީ ކެންޓީނުން ނުކުމެގެން ދިޔަ އެވެ.
“މިންނާ. ކާކާތި ވާހަކަ ދައްކަނީ؟” މިންނަ ފޯނުން ކޮންމެވެސް މީހަކާއި ވާހަކަ ދައްކަމުން ދިޔައިރު ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނިފައި ހަނާ އަހައިލި އެވެ.
“އެކަކާ ވެސް ނޫން.” މިންނަ ސިހިފައި ފޯނު ތިރިކޮށްލަމުން ބުންޏެވެ. އަދި ނޫންކަމެއް ހެދިފައި ކަރުނަ ފުހެލި އެވެ.
“ކީއްވެ ރޮނީ؟” ހަނާ އަނެއްކައި ވެސް އަހައިލި އެވެ.
“މިބުނީނު އެއްވެސް ކަމެއް ނުވެއޭ. ހަނާ ކީއްވެތަ އެހާގިނަ ސުވާލުކުރަނީ؟” މިންނަ ހިތްހަމަނުޖެހިފައި ބުންޏެވެ. އަދި އެތަނުން ދިޔަ އެވެ. އެވަގުތު އެތަނަށް އާދެވުނީ ރިޝްފާ އަށެވެ.
“މިންނަ އަށް ކިހިނެއްވީ؟” ރިޝްފާ އަހައިލީ ހަނާ ގާތުގައި އެވެ.
“ނޭނގެ” ދެކޮނޑު އަރުވައިލަމުން ހަނާ ބުންޏެވެ.
މިންހާ އެނބުރި ބަލިމީހުން ބަލާ ކޮޓަރިއަށް ދިޔައިރު ދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. ބަލައިލި ކޮންމެ މީހަކައް އޭނާ ރުއިކަން އިނގޭނެ އެވެ.
“ޔޫ އޯކޭ؟” އައިޒާ ވަގުތުން އެހިއެވެ.
“ޔާރ. އައިމް ފައިން.” މިންހާ އިސްޖަހައިގެން ހުރެ ބުންޏެވެ.
“ބޭނުމިއްޔާ އޯކޭ މިއަދު ދެން ގެއަށް ގޮސްލިއަސް.” އައިޒާގެ އަޑުގައިވަނީ އޯގާތެރި ކަމެވެ.
“އިޓްސް އޯކޭ. އައިމް ފައިން.” ގަދަކަމުން ހިނިތުންވެލަމުން މިންހާ ބުންޏެވެ.
“އަހަރެންނާއި އެކު ބޭރައް ގޮސްލެވިދާނެތަ؟ ވާހަކަ އެއް ދައްކާލަން.” ޑިއުޓީ ގަޑި ނިމި މިންހާ ގެއަށް ދާން ތައްޔާރުވާންފެށުމުން އައިޒާ އަހައިލި އެވެ.
“އޯކޭ” އިރުކޮޅަކު ވިސްނާލަން އިނުމަށްފަހު މިންހާ ބުންޏެވެ.
ހޮސްޕިޓަލް ކައިރީގައި ހުރި ކެފޭ އަކައް ވަދެ ދެމީހުން އިށީނީ މީހުންނާއި ދުރުގައި ހުރި މޭޒެއް ދޮށުގައެވެ.
“އަހަރެން މާ ގިނަ އިރު މަޑުކުރާކަށް ބޭނުމެއް ނޫން.” މިންހާ ދުރައް ބަލަންހުރެ ބުންޏެވެ.
“އަހަރެން މާ ގިނަ ވާހަކަ ތަކެއް ނުދައްކާނަން.” އައިޒާ ފުންނޭވާއެއް ދޫކޮއްލި އެވެ. “ނާއިލް ލޯބިވާ ކުއްޖާ އަކީ މިންހާ ކަން އަހަރެންނަށް އިނގޭ.”
މިންހާ ކުއްލިއަކައް އައިޒާ އާއި ދިމާލައް ބަލައިލި އެވެ.
-ނުނިމޭ-
3 Comments!
Comments are closed.


Varahreethi
Thank you 💗
Good 👍🏻
Stay focused 😎
You can do it!!!! When:# next