ދަތުރު-22
*”ސަރ. އަޅުގަނޑައް ހީވަނީ ޒީވާ އެދައްކަނީ ރަނގަޅު ވާހަކަ އެއްހެން. ޒީވާގެ ވާހަކަ ފުރިހަމަކޮއްލަން ފުރުސަތެއް ދެއްވާ.” މައިޝާން ބުންޏެވެ.*
“އެންމެ ރަނގަޅު. ޒީވާ ތިޔަހެން ބުނުމުގެ ފަހަތުގައި ވެސް ކޮންމެ ވެސް ސަބަބެއް ވާނެ. ސަރ މެންނަށް ގޯސް ހެދުނީ ކިހިނަކުންކަން ވެސް އެނގިދާނެ.”
“ޝުކުރިއްޔާ ސަރ. އަޅުގަނޑު ބުނަން މިއުޅެނީ އެއްވެސް ފަރާތަކަށް ނޭނގި ބުލީ ގެ ޝިކާރައަކައް ވެފައި ތިބި އެތައް ކުދިންނެއް ވެއޭ. އެހީ އެއް ލިބިފަ އެއް ނެތް. ސަބަބަކަށް ފާހަގަ ކޮށްލެވެނީ އެކުދިން އެތައް ފަހަރެއްގެ މަތިން އެހީ ހޯދުމަށް މަސައްކަތް ކޮށްފައިވާކަން އަދި އެހީ އަށް އެދިފައިވާ ކަން. ނަމަވެސް ސްކޫލުން އެކަމާ އަޅައެއް ނުލާ. އެހެންވެ އެކުދިން މަސައްކަތް ކުރުން ހުއްތައިލައިފައި އެކަމާއި އެކު އުޅެނީ. މިކަންކަން އެހެން ކުދިންނަށް އެނގުމުން އެހެން ކުދިން ވެސް ބުލީގެ ޝިކާރަ އަކައް ވެގެން ދަމާއިރުވެސް އެހީ ހޯދުމަށް މަސައްކަތެއް ނުކުރޭ. ގުނަ ފަހަރު ކުލާސް ރޫމުގައި ބުލީ ކުރަނީ ޓީޗަރު ހުއްޓައި ޓީޗަރުންގެ ކުރިމަތީ. ނަމަވެސް ޓީޗަރުން ކުރަނީ ކީއްތޯ؟ އެއްވެސް ވަރަކަށް އަޅައެއް ނުލާ. މިކަން ވެގެން ދާނީ ބުލީ ކުރާ ކުއްޖާއަށް ލިބޭ އިތުރު ހިތްވަރަކަށް. މިހިސާބުން ކުދިން އަމިއްލަ އަށް ވެސް ފިޔަވަޅުނަގާނެ. އަޅުގަނޑު ކުރި ކަންތަކުގައި އެއްވެސް އެސްކިއުޒް އެއް ނެތް. މައިޝާން ހަމައެކަނި އަޅުގަނޑާއި ވާހަކަ ދެއްކީ. އަޅުގަނޑު ހުރީ ރަނގަޅު މޫޑް އެއްގައި ނުވީމައި އަޅުގަނޑު ގާތައް ރުޅި އައީ.” އަހަރެންގެ ވާހަކަ ނިމެންދެން ޕްރިންސިޕަލް ހުރީ އަޑު އަހާށެވެ.
“އަޅުގަނޑައް ނޭނގުނީ ޒީވާ އެހައި ރުޅި އަންނާނެ ކަމެއް. އަޅުގަނޑުހެ ސަބަބުން ޒީވާ އަށް އުނދަގޫ ވީތީ ވަރަށް ބޮޑައް ސޮރީ.” މައިޝާން ބުންޏެވެ.
“ޒީވާ ތިދެއްކީ ވާހަކަ ތަކާއި މެދު ސަރ ވިސްނައިލައިފިން. ހަގީގަތުގައި ސަރ މެންނަށް ރަނގަޅަށް ކަންތަކެއް ނުކުރެވެ. އެކަން ފާހަގަ ކޮއްލައިދިނީތީ ޝުކުރިއްޔާ. އެކަމަކު ޒީވާ ކުރި ކަންތަކައް އަދަބެއް އަންނާނެ.”
“އަޅުގަނޑަށް އެއްވެސް މައްސަލައެއް ނެތް.” އަހަރެން ބުނީމެވެ.
“އެހެންވީމާ ޒީވާ ކުރިއައް އޮތް އެއް ހަފްތާއަށް ސްކޫލްގެ އިތުރު ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެ ގޮތައް ސަސްޕެންޑް ކުރެވޭނެ. ދެން އެންމެ ރަނގަޅު ދެކުދިން ގޮސްލިއަސް.” ޕްރިންސިޕަލް ބުންޏެވެ. އަހަރެން ޕްރިންސިޕަލް އޮފީހުން ނުކުތީ މެވެ.
“ޒީވާ! މަޑުކޮއްބަލަ! ޒީވާ!” މައިޝާން ގޮވަމުން އައެވެ. އަހަރެން އަޑުއިވޭ ކަމައް ވެސް ނުހަދައި ކުލަހާއި ދިމާލައް ހިނގަމުން ދިޔައީމެވެ.
“ޒީވާ! ސޮރީ. މަގޭ ސަބަބުން ޒީވާ ސަސްޕެންޑް ވީމަ. އަސްލައްވެސް އަހަރެން ވަރަށް ދެރަވެއްޖެ.” މައިޝާން އަހަރެންނާއި އަރައި ހަމަކޮއްފައި ބުންޏެވެ.
“ބުނަން އުޅޭ އެއްޗެއް ބުނެވިއްޖެއްނު. ދެވަނަ ފަހަރަށް މަށަށް ކަލޭ ފެނިގެން ނުވާނެ.” އަހަރެން ކުލާހަށް ވަނީމެވެ.
ކުލާހަށް ވަނުމާއި އެކު ކުދިން އަހަރެންނާއި ދިމާލައް ބަލައިފައި ސިއްރު ސިއްރުން ވާހަކަ ދައްކަން ފެށި އެވެ. އަޅައިނުލައި އަހަރެން ގޮސް އަހަރެންގެ ޑެސްކް ދޮށުގައި އިށީނީމެވެ.
“އެންމެން އެދައްކަނީ ޒީވާގެ ވާހަކަ.” ކައިރީގައި އިން ފައިހާ ބުންޏެވެ.
“ހީމް. އިނގޭ.”
“ޒީވާ ބިރެއް ނުގަތްތަ ޕޭރެންޓުންނައް އެނގިދާނެތީ. ސަސްޕެންޑް ވެސް ކޮއްފާނެއްނު.” ފައިހާ ހާސްވެފައި ބުންޏެވެ.
“ދޭ އަދަބެއް ދީފާނެ. އަހަރެންނަށް ހެޔޮ.”
“ޒީވާ ތީ ސްކޫލް ޑެޕުޓީ ކެޕްޓަން އޭ. ތިހެން އުޅޭކަށް ނުވާނެ. ކޮން އަދަބެއް ދިނީ؟”
އަން ވީކް އަށް އިތުރު ހަރާކާތްތަކުގައި ބައިވެރި ނުވެވޭނެ ގޮތައް ސަސްޕެންޑް ކުރީ.”
“އޯ ނޯ. ޒީވާ އަށް ގުރުއާން މުބާރާތުގަ ބައިވެރި އެއް ނުވެވޭނެ. މިފަހަރު އިންޓަރ ސްކޫލް ގުރުއާން މުބާރާތައް ކުދިން ހޮވާނެ.” ފައިހާ ހާސް ވެފައި ބުންޏެވެ. އަހަރެން ވިސްނައިލީމެވެ.
“ދެން މިފަހަރު އޮތް ގޮތް. އަންނަ އަހަރު ބައިވެރި ވަނީ ދެން” އަހަރެން ހަމަޖެހިފައި ބުނެލީމެވެ.
އޭގެ ދުވަސް ކޮޅެއް ފަހުން އަހަރެން ބޭރައް ނުކުމެލީ ކޮއްކޮ ބުނެގެން ކޮއްކޮ އާއި އެކު އެވެ. އިރުއޮއްސޭ މަންޒަރު ބަލަން ތިބެފައި ދާން ހިގައިގަންތަނާ ކުއްޖަކު ގޮވައިލި އެވެ. އަހަރެން ފަސް އެނބުރި ބަލައިލީމެވެ.
“ޒީވާ! މަޑުކޮއްބަލަ! އަހަރެން ހަމައެކަނި އެންމެ އެއްޗެއް ބުނެލަން!” މައިޝާން އައިސް އަހަރެންނާއި އެއްވަރު ކުރަމުން ބުންޏެވެ. “ޒީވާ. ޕްލީޒް. އަހރެންނަށް މަޢާފު ކޮއްދީ. ކޮންމެވެސް ކުއްޖަކު ނާއިމް ކައިރީގައި އެވާހަކަ ބުނެފި. ނާއިމް ހުރީ އަހަރެން ދެކެ ވަރަށް ރުޅި އައިސްފައި. ޒީވާ މަޢާފު ނުކުރަނީސް އޭނަ ވެސް މަޢާފެއް ނުކުރާނަމޭ ބުނީ. ޕްލީޒް. އަހަރެން އާދޭސް ކޮއްފަ މިބުނަނީ އަހަރެންނަށް މަޢާފު ކޮއްދީ.”
“މަ ބުނީމެއްނު ކަލޭ ކައިރީ މަށަށް ދެން ކަލޭ ފާނުގެން ނުވާނޭ.” އަހަރެން ރުޅި އައިސްފައި ބުނީމެވެ.
“ހަމަ އެކަނި އަހަރެންނަށް މަޢާފު ކޮއްދީ. ޒީވާ އަށް ދެން އަހަރެންނެއް ނުފެންނާނެ.”
“ހިމް. ހެވޭ. ގެއްލޭ މިތަނުން.” މީހުން ބަލިން ފެށުމުން އުނދަގޫވެގެން އަހަރެން ބުނީމެވެ. ނަސީބަކުން މައިޝާން ވެސް އިތުރު އެއްޗެކޭ ނުކިޔައި ދިޔަ އެވެ.
ސްކޫލްގައި ބޭއްވުނު ޕްރޮގްރާމް އެއްގައި އަހަރެން ބައިވެރިވީމެވެ. އެކި ގުރޭޓުތަކުގެ ކުދިން އުޅުނެވެ. ކަންދިމާ ކުރި ގޮތުން ގުރޫޕު ތަކަށް ކުދިން ބަލައިލި އިރު އަހަރެންނާއި މައިޝާން އިނީ އެއް ގިރުޕެއްގައި އެވެ.
-ނުނިމޭـ

