ދަތުރު-19
*”ހާދަ އަވަހައް ރުޅި އައީ.” ކުޑަބެ ހެމުން ބުންޏެވެ.*
“އޭނަ ދާން ދޫކޮއްލަބަަލަ. ހާނިޔާ ކައިރި އައް ދާން ލަސްވީ ކަންނޭނގެ.” އަހަރެން ހެމުން ބުނީމެވެ. އެންމެން ވެސް ހޭންފެށި އެވެ.
“ޒީވާ ވެސް އަޅެ މަށަށް ދިމާ ކުރަނީތަ؟” ނާއިމް ސީރިއެސް އަޑަކުން އަހައިލި އެވެ.
“ނޫނޭ. ދެން ބުނެބަލަ ކިހިނެއްތަ ވީ؟” އަހަރެންނަށް ހުނުން ހުއްޓައެއް ނުލަވުނެވެ.
“ހާނިޔާ އައިސަ ސޮރީ ބުނީ. ދެން ބުނި އިނގެއޭ ނާއިމް ތިހުންނަނީ ރުޅި އައިސަ ކަން ވެސް. މަ އެއްވެސް އެއްޗެކޭ ނުބުނެ އަވަހައް ދިޔައީ. ވަރަށް ދެރަވާ ކަމައް ހެދިފަ ބުނީ ވެސް.” ނާއިމް ކިޔައިދިނެވެ.
“ދެން ކަލޭގެ ހިތައް ވަރަށް އަސަރު ކުރި ދޯ. ހަމްދަރުދީ ވެވުނީ ދޯ.” ދޮންތަ ބުންޏެވެ.
“މަ ކީއްވެ ހާނިޔާ އަށް ހަމްދަރުދީ ވާންވީ. އޭނަ ޒީވާ އާއި ދިމާލައް އެއްޗެހިކިއޭ.” ނާއިމް ދުރުބަލައިލަމުން ބުންޏެވެ.
“ނާއިމް ހާދަހާ ލަދެކޭދޯ ގަންނަނީ ޒީވާ ކައިރީގަ ހުންނައިރު. މަ ކައިރީ ޒީވާގެ ވާހަކަ ދައްކަނީ ވަރަށް ވެފަ.” ހައިކަލް ބުންޏެވެ. ނާއިމް ހައިކަލް ގައިގައި ބޮނޑިއެއް އެޅި އެވެ. އެންމެން ހޭންފެށި އެވެ.
ދުވަސްތައް އާދައިގެ ގޮތަކައް ފާއިތު ވަމުން ދިޔަ އެވެ. ނާއިމް އާއި އަހަރެންނާއި ދެމެދު މައްސަލަ ޖެހެން ފެށި އެވެ. ކުދި ކުދި މައްސަލަތަކާއި ބޮޑެތި މައްސަލަތަކެވެ. އެހެން އުޅެމުން ނާއިމް ދުރުވާން ފަށައިފި އެވެ. މައްސަލައެއް ޖެހުމުން އެކަން ހައްލު ކުރުމުގެ ބަދަލުގައި ނާއިމް އުޅެނީ އެކަމާއި އަޅައި ނުލާށެވެ. އަހަރެން އެއްޗެކޭ ބުނެފިނަމަ އެކަން ވެސް ވަރަށް ބޮޑު ކަމަކަށް ހަދައިލައި އަހަރެންނާއި ޒުވާބު ކުރެ އެވެ.
އެއްރެއަކު އަހަރެން ދޮންތަ އާއި ނުހާ އަދި އައިނީ އާއި އެކު ބޭރައް ދިޔަ އެވެ. ކުޑަބެ ވެސް ނާއިމް އާއި އެކު އަހަރެމެން ކައިރި އަށް އައެވެ.
“ތިދެމީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލު ކުރަންވީނު.” މިހެން ބުނެފައި ކުޑަބެމެން އަހަރެންނާއި ނާއިމް އެކަނި ބައިތިއްބާފައި ދުރަށް ދިޔަ އެވެ.
“ކީއްވެ ތިގޮތަށް ކަންތައް ކުރަނީ؟ ރުޅިވާން ބޭނުން ވަންޏާ ވެސް ރީތިކޮށް ބުނެބަލަ. އަހަރެން ދެކެފޫހިވަނީތަ؟” އަހަރެން އަހައިލީމެވެ.
“ނުބުނަމެއްނު އެހެނެއް. ޒީވާ ކީވެތަ ހުރިހާކަމެއް މާބޮޑު ކޮށްލަން އުޅެނީ.” ނާއިމް ހިތްހަމަނުޖެހިފައި ބުންޏެވެ.
“އަހަރެން ހަމައެކަނި މިއަހާލީ ނާއިމް އަހަރެން ދެކެ ފޫހިވީހޭ.”
“އަހަރެން އެންމެ ފަހަރަކު ވެސް ބުނިންތަ ފޫހިވީއޭ.” ނާއިމް ބުނީ ތަންކޮޅެއް ބާރަށެވެ.
“ނުބުނަމެއްނު ނާއިމް އެހެން ބުނީއެކޭ. މިބުނަނީ ފޫހިވަންޏާ ވެސް ރީތިކޮށް ބުނާށޭ. އަހަރެން އިތުރު އެއްޗެކޭ ނުބުނެ ގޮސްދާނަމޭ.” އަހަރެން ބުނީ އާދޭހުގެ ރާގަށެވެ.
“ދެން ނޭނގެ މަށަކައް. ޒީވާ ކީކޭތަ ކިޔަންތިއުޅެނީ.”
“އަހަރެން ކިޔާ އެއްޗެއް ނާއިމް އަށް އަންޑަސްޓޭންޑް ނުވަނީ ކީއްވެތަ؟”
“ކީކޭތަ ޒީވާ ބުނަން ބޭނުންވަނީ؟”
“އާނއެކޭ ނޫނީ ނޫނެކޭ ބުނޭ. ނާއިލް އަދި ވެސް އަހަރެން ދެކެ ލައިކް ވޭތަ؟”
“އަހަރެން ބޭނުމެއް ނޫން ތި ވާހަކަ މިގަޑީ ދައްކާކަށް.” ވިސްނާލަން ހުރެފައި ނާއިމް ބުންޏެވެ.
“ޔެސް އޯރ ނޯރ؟”
“ޒީވާ ޕްލީޒް!”
“ނާއިމް. ޔެސް އޯރ ނޯރ؟”
“އަހަރެން މިބުނީނު މިގަޑީ ތި ވާހަކަ ދައްކާކަށް ބޭނުމެއް ނޫނޭ!” ނާއިމް ހަޅޭލަވައިގަތެވެ. ދުރުގައި ތިބި އަހަރެންގެ ދޮންތަމެން ވެސް ބަލައިލި އެވެ. އަހަރެން ކުޑަކޮއް ސިހުނެވެ. އަދި މިނޫނީ ނާއިމް އަހަރެން ކުރިމަތީ އެގޮތަކަށް ވާހަކައެއް ނުދައްކާ އެވެ.
“ކީއްވެ؟ ހަމައެކަނި ޔެސް އޯރ ނޯރ ބުނަށޭ މިބުނަނީ. ކީއްވެ އެވަރު ނުބުނެވެންވީ؟” އަހަރެން ވެސް ރުކެއް ނުކުރަމެވެ.
“ޒީވާ އަކަށް ހިޔެއް ނުވޭތަ މިހާރު އަހަރެމެން ދެމީހުންގެ މެދުގައި ނޯމައް ކޮންވަޒޭޝަން އެއް ނުހިގަހެނެއް.” ނާއިމް އުޅުނީ ވާހަކަ ބަދަލުކޮށްލާށެވެ. ނަމަވެސް އަހަރެން އެގޮތައް ކަންތައްވީއާ ދޭކަށް ބޭނުމެއް ނޫނެވެ. މިކަން ވެސް ކޮންމެވެސް އެއްކޮޅެއްގައި ޖެހެން އެބަ ޖެހެއެވެ.
“އެއީ ހަމަ އެކަނި އަހަރެންގެ ކުށެއްތަ؟” އަހަރެން އަހައިލީމެވެ.
“އަނެއްކާ. ޒީވާ ކީއްވެތަ އަބަދު ޒުވާބުކުރަން އުޅެނީ؟”
“އަހަރެން ނޫޅެމޭ ޒުވާބުކުރާކަށް. ނާއިމް އަކައްނު އަހަރެން ކުރާ ސުވާލަކަށް ޖަވާބު ވެސް ނުދެވިގެން އުޅެނީ.”
“އަހަރެން މިގަޑީ ތި ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއޭ ބުނީމަ އޭގެން ކޮން އެއްޗެއް ޒީވާ އަށް އަންޑަސްޓޭޑް ނުވަނީ!؟”
“އަހަރެން ވެސް ހަމަ އެކަނި ޖަވާބެއް ދޭން ބުނީމަ ނާއިމް އައް ކޮން އެއްޗެއް އަންޑަސްޓޭންޑް ނުވަނީ!؟”
“އަހަރެން ޖަވާބު ދޭން ބޭނުންނުވަނީ”
“ކީއްވެ!؟”
“އެއީ އަހަރެންނަށް ޖަވާބު ނޭނގޭތީ!” ނާއިމް ކުއްލިއަކައް ބުންޏެވެ.
“ނޭނގޭތީ އޭ؟ ނާއިމް ކީކޭ ބުނަން ތިއުޅެނީ؟” އަހަރެން ހައިރާންވި އެވެ.
“ދެން ނޭނގެ މަށަކައް. ވައި ޑޫ ޔޫ ހޭވް ތި މޭކް އެވްރީތިންގ ސޯ ޑިފިކަލްޓް؟”
“ނާއިމް. އަހަރެން މިކުރީ އެންމެ ސުވާލެކޭ. ވައި އާރ ޔޫ މޭކިންގ އަ ބިގް ޑީލް އައުޓް އޮފް އިޓް. އަހަރެން ދެރަވެދާނެތީ ނުބުނަން ނުހުރެބަލަ. ތިހެން ހެދީމަ މާ ބޮޑައް ދެރަ ވެއޭ.” އަހަރެންގެ ލޮލައް ކަރުނަ ޖަމާވި އެވެ.
-ނުނިމޭ-
