Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ދަތުރު-18

flower_ Level 1
July 5, 2026 2 Mins Read
0 Comments

*”އަހަރެން މިދަނީ ނާއިމް ކައިރީ ވެސް ސޮރީ ބުނަން. ހަމަ ހަގީގަތުގައި ވެސް އަހަރެން ވަރަށް ދެރަ ވެއްޖެ އަހަރެންގެ ސަބަބުން މިކަހަލަކަމެއް ވީމަ.” ހާނިޔާ އަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތުނުދީ އަހަރެން ނާއިމް ކައިރި އަށް ދިއުމަށް ހިނގައިގަތީމެވެ.*

އަހަރެން ގޮސް ނާއިމް އަށް ހުރިހާ ވާހަކަ އެއް ކިޔައިދިނީމެވެ.

“ހާނިޔާ އަށް ކެރިއްޖެއްނު ޒީވާ އަށް އެއްޗެހި ކިޔަން. އޭނަ އެއް ނޫންތަ މީހުންގެ ދޭތެރޭ ޖައްސަން އުޅެނީ. އޭނަ އެހެން އުޅޭއިރު އެއްޗެކޭ ވެސް ހިތައް ނާރަނީބާ. ނާއިމް ކަލޭ ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ؟” ދޮންތަ ރުޅި އައިސްފައި ބުންޏެވެ.

“މަ ކީކޭ ކިޔަންވީ؟ މަ ވެސް މިހިތައް އަރަނީ އޭނަ އަށް ކެރޭ ކަމޭ. އޭނައީ ފިރިހެނެއްނަމަ އޭނައަށް ގޮތެއް ހަދާލާނަން. ޒީވާ އާއި ދިމާލައް އެހެން ބުނެފަ މާ ވެފަ އުޅޭކަށް ނުކެރޭނެ.” ނާއިމް ވެސް ހުރީ ރުޅިގަދަ ވެފަ އެވެ.

“އެހުރީ. އެހުންނަނީ ބަލަހައްޓައިގެން. ވަރަށް ހިނި ވެސް އައިސްފައޭ.” ދޮންތަ ހާނިޔާ ހުރި ދިމާލައް އިޝާރާތް ކުރަމުން ބުންޏެވެ.

“އޭނާ އަށް ހީވަނީ އަހަރެން ނާއިމް ކައިރީ ސޮރީ ބުނެފަ މާޢާފު ކޮއްދޭތޯ އާދޭސް ކުރާހެން. ނާއިމް އަހަރެން ދެކެ ރުޅި އައީ ކަމައް ކަންނޭނގެ މާ ހިނިއަންނަނީ.” އަހަރެން ލޯ އަނބުރައިލަމުން ބުނީމެވެ.

“ޒީވާ ނުކުރެ ސޮރީ ބުނަންޖެހޭ ވަރު ކަމެއް. އަސްލު އަހަރެން ޒީވާ ކައިރީގަ ސޮރީ ބުނަންޖެހޭނީ. ސޮރީ ހާނިޔާ އަހަރެން މަށާ މެސެޖު ކުރީރުވެސް ނުބުނެ ހުރެވުނީމަ. ސޮރީ ހާނިޔާ އަހަރެންނަށް މެސެޖު ކުރަން ޗާންސެއް ދެވުނީމަ.” ނާއިމް އަހަރެންނާއި ހަތަރު ކަޅި ހަމަކޮއްލަމުން ބުންޏެވެ.

“ކަލޭ ޒީވާ ދެކެ ބިރުގަންނަނީ ދޯ؟” ދޮންތަ ހެމުން ބުންޏެވެ.

“އުހޫން. އެހެނެއް ނޫން. މަ ހަމަ ޒީވާ ކައިރީ ސޮރީ ބުނަން ޖެހޭތީ ބުނީ.” ރަކި ހިނިތުން ވުމަކާއި އެކު އިސްޖަހައިލަމުން ނާއިމް ބުންޏެވެ.

“ދޮގު ނުހަދާ. ކަލޭ ހަމަ ބިރުން ތި އުޅެނީ.” ދޮންތަ ގާތައް އިތުރަށް ހިނި އައެވެ.

“ދެމީހުން ހުއްޓާލާ. އިޓްސް އޯކޭ. ބަޑް ހާނިޔާ އެންމެ ފުރަތަމަ މެސެޖް ކުރީމަ ވެސް ނާއިމް ޖެހޭނެއްނު ބްލޮކް ކޮއްލަން. އެހެން ނުހެދީމަ ހާނިޔާ މާ ފޮނިވެފަ އެއުޅެނީ.” އަހަރެން ބުނީމެވެ.

“އޯކޭ. ސޮރީ. އަދި ވެސް ރުޅި އައިސްތަ؟” ނާއިމް ކުޑަ ހިނިތުންވުމަކާއި އެކު އަހައިލި އެވެ.

“ހިމްމް…”

“ސޮރީ. ދެން ކިހިނެއް ހަދަންވީ ޒީވާ އޯކޭ ކުރުވަން؟”

“އެއްވެސް ކަމެއް ނޫން.” އަހަރެން މޫނު އަނބުރައިލަމުން ބުނީމެވެ.

“ސީދާ ބަހުން ބުނެބަލަ ކަލޭ ބިރުގަންނަނީއޭ.” އަހަރެންނާއި ނާއިމް ދެއްކި ވާހަކަ އަޑުއަހާން ހުރެފައި ދޮންތަ ހޭންފެށި އެވެ.

“އާނ. އޯކޭ. މަ ބިރުގަނޭ. އައި ޑޯންޓް ވޯންޓް ޓު ލޫޒް ހާ.” މިހެން ބުނި ގޮތައް ނާއިމް އެތަނުން ދިޔަ އެވެ.

“އެދިޔައީ ލަދުން. އަންހެން ކުއްޖަކަށް ވުރެ ނާއިމް ލަދު ރަކި ވާނެ.” ނާއިމް ދިޔަތަން ބަލަން ހުރެފައި ދޮންތަ ބުންޏެވެ. އަހަރެން އެއްބަސް ވުމުގެ ގޮތުން ބޯޖަހައިލީމެވެ.

ހަވީރުގެ ވަގުތެވެ. ދޮންތަ އާއި އައިނީ އަދި ނުހާ އާއި އެކު އަހަރެން ހިނގާލަ ނުކުމެ އެޅުނީމެވެ. އެކި ވާހަކަ ދައްކައި ހީސަމާސާ ކުރަމުން ދަނިކޮއް ކުޑަބެ އައި އެކު ނާއިމް އާއި އޭނާގެ އެކުވެރި އަކު އަހަރެން ފެނިގެން ކައިރި އައް އައެވެ. އެންމެން އެކުގައި ގޮސް އިށީންދެލީ ބަނދަރު މަތީގައި ހަދައިފައި ހުރި އޮދޯލި ތަކެއްގެ އެވެ.

“ހަނދާން ނެރުނީ ބުނަން. ކުރީ ރެއަކު ބޭރުގަ އުޅެނިކޮށް ހާނިޔާ އަށް ފެނިގެން ކައިރި އައް އައި…” ނާއިމް ބުންޏެވެ.

“ކައިރި އަށް އައީ އޭ! އޭނަ ހާދަ ކެރިގެންނޭ ދޯ މިހާރު އުޅެނީ.” އަހަރެން ރުޅި އައިސްފައި ބުނީމެވެ.

“ހަމަޖެހިބަލަ. ކިޔަން އުޅޭ އެއްޗެއް ކިޔަންދެން މަޑުކޮއްބަލަ.” ނާއިމް ބުންޏެވެ.

“މަޖެހޭށޭ ނުކިޔާ. ކައިރި އައް އައީއޭ ބުނީމަ ދެން ހަމައެއް ނުޖެހޭނެ. ހާނިޔާގެ މައްސަލައަކީ ކޮބާތަ.” ކުޑަބެ ވެސް ރުޅި އައިސްފައި ބުންޏެވެ.

“ކަލޭމެން އުޅޭގޮތުން ހީވަނީ މާ ހާނިޔާ އާއި އެކު ކަމެއް ކުރީހެން.” ނާއިމް ހިތްހަމަ ނުޖެހިގައި ބުންޏެވެ.

“ބްރޯ އަދި ތިހާ އިމޯޝަނަލް ވާކަށް ނުވެއެއްނު. ދެން އަވަހަށް ކިޔާބަލަ ދެން ކައިރި އައް އައިސަ ކިހިނެއްވީ.” ނާއިމްގެ އެކުވެރިޔާ ހައިކަލް ސަމާސާ ރާގެއްގައި ބުންޏެވެ. ނާއިމް އޭނާ އާއި ދިމާލައް ލޯއަޅައިލި އެވެ.

“އޭނަ ކައިރި އައް އައިސަ-”

“އޭނަ އޯ. ނަން ވެސް ކިޔަން ނުކެރެ. ޔަގީނޭ ކޮންމެވެސް ނުބައެއް އެބަ އުޅޭ” ނާއިމް ވާހަކަ ދައްކަން ފެށުމާއި އެކު ހައިކަލް ބުންޏެވެ. އެންމެން ހޭންފެށި އެވެ.

“މަ ވާހަކަ ދެއްކިއްޔާ ވެސް ނުދޭ. ކަލޭމެން ތިބޭ ސަކަރާތް ޖަހަން. މަ މިދަނީ.” ނާއިމް ދާން ތެދުވި އެވެ. ނަމަވެސް ކުޑަބެ އޭނަގެ ކޮނޑުގައި ފައި ބޭންދި އެވެ.

“ހާދަ އަވަހައް ރުޅި އައީ.” ކުޑަބެ ހެމުން ބުންޏެވެ.

-ނުނިމޭ-

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

flower_

Level 1

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (17)

Next

ރަހުމްކުރާށެވެ – 4

Next
July 5, 2026

ރަހުމްކުރާށެވެ – 4

Previews
July 4, 2026

މި ލޯތްބާއި ތި ވަޢުދު (17)



All Right Reserved!