Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޤުރުބާން ވުމީ މިހިތުގެ އުފާ 11 ވަނަ ބައި

aasi
aasi Level 3100 Stories10 Stories
April 22, 2016 11 Mins Read
5 Comments

އަތިރި މައްޗަށް ދިޔައިރު ވަރަށް ގިނަމީހުން އަތިރިމަތީ ތިއްބެވެ. އަބްޔާންއަށް ޖަންނަތު ފެނުމުން ބަލަހައްޓައިގެން ހުރެވުނީ އެވެ.

ނޫރު އައިސް އަބްޔާންގެ ކޮނޑުގައި އަތް އަޅުވާލި އެވެ.

“ބަލާލަ އެހެރަ ރީތި ކަމެއް. މަށަށް ހީވަނީ ޖަންނަ ދެކެ މަށަށް ލޯބި ވެވިއްޖެ ހެން.” އަބްޔާން ނޫރުއާއި ދިމާއަށް ކުއްލި އަކަށް ބަލައިލި އެވެ.

“އަނެއްކާ ނުބައި އެއްޗެއްތަ މި ބުނެވުނީ؟” ނޫރު ބުމަ ހިއްލާލަމުން ލާނެތް ހިންޏެއް އައިސްފައި އަހާލި އެވެ.

“ނޫރު، ތިހީކުރަނީ ކީކޭ؟” ރަކި ފާޑާކަށް ހީލަމުން އަބްޔާން އެހި އެވެ.

“ކަލޭ މަށަށް އޮޅުވާލަން އުޅޭނެ ކަމެއްނެތް… ތި ހުރިހާ ބަދަލެއް ތި އަންނަނީ އެމަންޖެއަށް ޓަކާނު.”

“އޭން؟ ތީ ނޫރުއަށް ހީވާ ގޮތް.”

“މަށަށް ހީވާ ގޮތެއްނޫން. މަށަށް އިނގޭ ކަމެއް.”

“ކޯޗެއްތަ އިނގޭނީ؟” އެވަގުތު އެތަނަށް އައި މޫސަ އާއި އެކު އައި އަހްޔާން އަހާލި އެވެ. އަބްޔާންއާއި ނޫރު އެކަކު އަނެކަކަށް ބަލައިލުމަށްފަހު ނޫރު ހިނިތުން ވެލީ އެމީހުން ކައިރީ ބުނާށެވެ. އަބްޔާން ބޮލުން އެކަން މަނާ ކުރި އެވެ.

“އޭ ގައިސް… ގެސް ވަޓް.” އެވަގުތު އެމީހުން ކައިރިއަށް އައި މުޒައްފަރު ބުންޏެވެ.

“ހާދަ ހެވިފަ.” ނޫރު މުޒައްފަރު އުފާވެފައި ހުރިތަން ފެނުމުން އެހި އެވެ.

“މަށަށް ވަޒީފާ ލިބިއްޖެ… އަބީ އައި ގޮޓް ދަ ޖޮބެ.”

“އެހެންތަ.. އަސްލުތަ؟” އަބްޔާން އުފަލުން އެހި އެވެ.

“އެ އެތަނުން ރޭގަ ގުޅީ. ސީ ސްޕޯރޓް އިންސްޓްރަކްޓަރ ޓްރޭނީ އެއްގެ ވަޒީފާ. މުސާރަ ވެސް ފުދޭ ވަރަކަށް ރަގަޅު.”

“ދެޓްސް ގްރޭޓް.” އަހްޔާން ބުންޏެވެ. މޫސަވެސް މުޒައްފަރުގެ ބުރަކަށީ މަޑުމަޑުން ޖަހާލި އެވެ.

“އަދި އެއްވާހަކަ އެބައޮތް.” މުޒައްފަރު މޫސައާއި ދިމާއަށް ބަލައިލަމުން ބުންޏެވެ.

“ދެން ކޮން ވާހަކައެއް؟” ނޫރު އަހާލި އެވެ.

“އެއީ މޫސަގެ ވާހަކައެއް. އޭނަ ބުނާނީ.”

“އަވަހަށް ބުނޭ… އަނެއްކާ ކޮން ވާހަކައެއް؟” އަބްޔާން ހައިރާން ވެފައި އަހާލި އެވެ. ނޫރު އާއި އަހްޔާން ވެސް ބަލަހައްޓައިގެން ހުއްޓެވެ.

“މިއަދު ކޮންފެސް ކުރަނީޔޯ ދޯ ކުއްޖަކަށް.” މުޒައްފަރު މޫސަ ކޮނޑުގައި ޖަހާލަމުން ދިމާކޮށްލި އެވެ.

“ކާކަށް؟” އަބްޔާން އަހާލި އެވެ.

“ޒީނަތުއަށް، އައި ރިއަލީ ލައިކް ހަރ.”

“ވަޓް؟” އަބްޔާން އާއި އަހްޔާން އަށް އެއްފަހަރާ އަހާލެވުނެވެ. “އާރ ޔޫ ސީރިއަސް؟” އަދި ހަމަ އެ ހިނދުކޮޅުގައި އަހްޔާން ބުނެލި އެވެ.

“ތީ ކޮންއިރަކު ހިގަން ފެށި ކަމެއް؟” ނޫރު މޫސަ ކޮނޑަށް އަތްވައްޓާލަމުން ބުނެލި އެވެ.

“ނޭގެ، ވަރަށް ކުރިންސުރެން ހެން ހީވަނީ، އަދިކިރިޔާ އަހަންނަށް ރިއަލައިޒްވީ.” މޫސަ ރަކިވެފައި ހުރެ ބުނެލި އެވެ.

“އޯހް… ތިކަމެއް ހިނގާއިރު އަހަރުމެން ދުރުގަ ތިބޭނަން ބަލަން.” އަބްޔާން ބުނެލި އެވެ.

“އެހެންމީހަކު ވެސް އެބައުޅޭ އަދިވެސް ރިއަލައިޒް ނުވެގެން.” ނޫރު އަބްޔާންއާއި ދިމާއަށް އެއްލޯ މަރާލަމުން ބުނެލި އެވެ.

އެވަގުތު އެމީހުން ފުރަން ހަމަ ޖެހިފައި އޮތް ކުޑަ ދޯނި ޖެޓީއަށް ކައިރި ކުރި އެވެ. އެންމެ ކުރިން ފިރިހެން ވެރިން އެއްޗިހި އަރުވަން ފެށި އެވެ. އޭގެ ފަހުން މީހުން އެރި އެވެ. ޖަންނަތު އައިސް ޒީނަތުއާއި އާޔަތު ކައިރީ އިށީނެވެ. ޖަންނަތު ކައިރީ ޔަޒަން އައިސް އިށީނެވެ.

“މިސޮރު ޖަންނައާ ވަރެއް ހުރޭ ދޯ.” ޒީނަތު ޔަޒަންގެ ކޮލުގައި ކޮށްޓާލަމުން ބުންޏެވެ.

“އާން، މީ ޖަންނަދައްތަގެ ދޫންޏެކޭ ދޯ.” ޔަޒަން ކޮލަށް ދޮނެއް ދެމުން ޖަންނަތު ބުނެލި އެވެ.

 

ދޯނީގެ ދިރުނބާ ކޮޅުގައި ފިރިހެން ގުރޫޕު ތިއްބެވެ. އެމީހުންގެ މަޝްވަރާ އޮތީ ޒީނަތުއަށް ލޯބި ހުށައަޅަން މޫސަ ކުރަން ޖެހޭ ކަންތަކެވެ. ގިނަފަހަރަށް މޫސައާއި ދިމާކޮށްލަ އެވެ.

“ކަލޭ ބީޗްގަ ހުރެގެން ތިކަން ކުރަން ދޯ މި ހުރިހާ ދުވަހު ނުބުނެ ތި ހުރީ.” އަހްޔާނު ބުނެލި އެވެ.

“ހެހެހެ… އޭރުންތާ ރޮމް ވާނީ. ސަޅިޔޭ… އަހަރުން ތިބޭނަން ފޮޓޯ ނަގަން” މުޒައްފަރު ބުންޏެވެ.

“ހަޔާތުގައި ވަރަށް މުހިންމު ވަގުތު ކޮޅަކަށް އެވަގުތު ވެގެން ދާނެ. އެހެންވީމަ މުޒޭ ނަގާ ފޮޓޯ ވަރަށް ސްޕެޝަލް ވާނެތާ.” އަބްޔާން ބުނެލި އެވެ.

އެންމެން ހެމުން އެވާހަކަ ދައްކަން ތިއްބެވެ. ޒައިދާން ދޯނީގެ ފަަތުގައި ނަނު އެއްލައިގެން އިނެވެ. ޔަޒަން ކޮބައިތޯ ޒައިދާން ބަލައިލި އެވެ. ޖަންނަތު ކައިރީ އިނުމުން ޒައިދާން ހިތްހަމަ ޖެހުނެވެ.

މާގިނައިރެއް ނުވެ ދޯނި އައިސް ފަޅު ރަށުގެ ނެރުން ވަނެވެ. ދޯންޏަށް ކައިރި ކުރެވުނީ ވަކި ހިސާބަކަށެވެ. ދިޔަވަރު ހިކި ގަޑިއެއްކަމުން ބީހެނީ އެވެ. އެހެން ކަމުން އެހިސާބުން އެންމެން ޖެހުނީ މޫދަށް ފައިބާށެވެ. ފިރިހެން ވެރިން އެއްޗިހި ބޭލުމުގައި އުޅެ އެވެ.

ރަށަށް އެރުމާއިއެކު ޒައީމާ ގަސްތުކުރީ އަވަހަށް ސައިގެ ކަންތައް ނިންމާލާށެވެ. ޖަންނަތުއާއި ސާރާ ތިބީ ޒައީމާ ކައިރީ ވިއްދާފަ އެވެ. އެމީހުނަށް ސައި ހަދަން ވީކަން އިނގެ އެވެ. ދެން ތިބި އަންހެން ކުދިން އެމީހުންގެ އަމިއްލަ މަސައްކަތުގައި އުޅެން ފެށި އެވެ.

“ދޮންތާ! އާދޭ ހެލްޕްވާން.” އާލިޔާއާއި ވާހަކަ ދައްކަން ހުރި ޒީނަތުއަށް ގޮވާލި އެވެ.

ޒީނަތު އަވަހަށް އައިސްފި އެވެ. އަދި ކުރަންވީ ކަންތައް އޮޅުން ފިލުވައި އެކަމުގައި އުޅެން ފެށި އެވެ. ޖަންނަތު ހިނިތުން ވެލާފައި ޒީނަތުއަށް ބަލަން ހުއްޓެވެ.

ސައިގެ ކަންތައް ނިމިގެން އެކި މީހުން އެކި ދިމާލަށް ހިގައްޖެ އެވެ. ޒައީމާ ގަސްތު ކުރީ މެންދުރު ކެއްކުމުގެ ކަންތައް ވެސް އަވަހަށް ނިންމާލާށެވެ. އޭރުން ވަގުތު އޮންނާނެތީ އެވެ. ޖަންނަތުއާއި ސާރާ އަދި ޒީނަތު ވެސް ޒައީމާއަށް އެހީވާން އުޅެ އެވެ. ބޮޑު މަސްބަތް ތެލި ކައްކާ ނިމުމުން އެ ބާލަން ފިރިހެނަކަށް ގޮވަން ޒައީމާ ބުންޏެވެ.

ޖަންނަތު ދިމަދިމާ ބަލައިލި އެވެ. އެކަކުވެސް ފެންނާކަށް ނެތެވެ. ޖަންނަތު ކުޑަކޮން ތުނޑިއާ ވީކޮޅަށް ހިގައި ގަތެވެ. އޭރު އަބްޔާން ބޮޑު މަހެއް ހިފައިގެން އެދިމާލަށް އާދެ އެވެ. އަދި އަބްޔާން ފަހަތުން އާޒަތުވެސް އަންނަތަން ފެނުނެވެ.

 

“އަބީ، މި ތެލި ބާލަ ދީބަލަ އެންމެ ކުރިން.” އެމީހުން އައުމުން ޖަންނަތު ބުންޏެވެ. އަބްޔާން އައިސް ތެލީގެ އެއްކޮޅުގައި ހިފުމުން އާޒަތު އައިސް އަނެއްކޮޅުގައި ހިފާ ބޭލި އެވެ.

“ކައްކާ ނިންމާލީ؟” އަބްޔާން އެތަނަށް ބަލައިލާފައި އަހާލި އެވެ.

“އާން، އޭރުންނެއްނު އަހަރުން ވެސް ފްރީ ވާނި. ދޯ ޖަންނާ.” ޒައީމާ ސަމާސާ ރާގަކަށް އެހެން ބުނެލި އެވެ. “އަޅެ ޝިޔާމާ މެންވެސް ގޮވައިގެން އާދެވުންނަމަ. މިހާރު އަހަރެންގެ ޕާރޓްނަރެއް ނެތޭ.” ޒައީމާ އެހެން ވެސް ބުނެލީ ސަމާސާ ކުރާ ކަހަލަ ރާގަކަށެވެ.

“ޒައީމާއްތާ… އެހެރަ އުޅެނީ ޔަޒަން. ގެންނަން ވީތަ ޖޫސްތައްޓެއް ދޭން.” ޖަންނަތުއަށް ގޮނޑު ދޮށުގައި އުޅޭ ޔަޒަން ފެނުމުން އަހާލި އެވެ.

“އާން ގެނޭ. އެސޮރަށް ގިނައިން ދިޔާ އެއްޗިހި ދޭން ޖެހޭނެ. މިއަދު އެއްކޮން އަވީގަ ވިއްޔަ އުޅޭނީ.”

ޖަންނަތު ޔަޒަން ގޮވައިގެން އައިސް އޭނައަށް ޖޫސްތައްޓެއް ދިނެވެ. އެވަގުތު މަސް ކަނޑާ ސާފުކޮށްލައިގެން އަބްޔާން އައެވެ. ޒައީމާ ފުނޑައިގެން ގެނައި ލޮނުމިރުސް ތަށި ޖަންނަތު އަތަށް ޒައީމާ ދިއްކޮށްލި އެވެ. އަބްޔާން ގެނެސް ނަރުގަނޑުމަތީ ބޭއްވި މަހުގައި މިރުސް ހާކަން ޖަންނަތު އުޅެނިކޮން ކުއްލިއަކަށް އަބްޔާން އައިސް ޖަންނަތު އަތުގައި ހިފެހެއްޓި އެވެ.

“މަ އުނގުޅާނީ…” އަބްޔާން މިރުސް ތަށި އަތުލި އެވެ. “އަނެއްކާ ކޮލްގެޓް ފުޅިއެއް ހޯދަން ޖެހިދާނެ.” ހިނިތުން ވެލަމުން އަބްޔާން ބުންޏެވެ. ޖަންނަތު ފާޑަކަށް އަބްޔާންއަށް ބަލައިލާފައި ތުން އަނބުރާލި އެވެ.

އަބްޔާން އަތަށް ކޮތަޅެއް ލައްވާލުމަށްފަހު މަހުގައި މިރުސް އުނގުޅަން ފެށި އެވެ.

 

ޒައީމާ އިށީދެލައިގެން އިނީ ގަސް ބުޑެއްގަ އެވެ. އުނގުގައި އޮތް ހެދިބިލެތް ކޮތަޅުން ކަރަންފުލެއް ނަގާ އަނގައަށް ލިޔެވެ. ސާރާ ވެސް އައިސް އޭގެން ފޯއްފޮއްޗެއް ނަގާ ކާލި އެވެ.

“ހިނގާ ހިގާލަންދާން.” ޖަންނަތު އައިސް ސާރާ ކައިރީ ހުއްޓެމުން ބުނެލި އެވެ. “ދެން މި ނިމުނީނު ހުރިހާ ކަމެއް.”

ދެމީހުން ހިގަން ފެށީ ގޮނޑު ދޮށުންނެވެ. ހިސާބަކަށް ގޮސް ހޫނު ވެގެން ދެމީހުން ޖައްސާލީ ހިޔާގަޑެއްގައި އޮތް ގަސްގަޑެއްގަ އެވެ.

“އަހަރުމެން ކުޑައިރު މިރަށަށް އައިސް ހާދަ މަޖަލެއް ކުރަމޭ ދޯ.” ސާރާ އިނދެފައި ބުންޏެވެ. ދެމީހުން ކުޑައިރުގެ ވާހަކަ ދައްކަން އެތާ ތިއްބެވެ.

އެހެން ތިއްބާ އަބްޔާންއާއި އަހްޔާން އެދިމާލަށް އަންނަތަން މާދުރުން ސާރާއަށް ފެނުނެވެ.

“ބަލާ، އެތިބަ އަންނަނީ އެމީހުން.”

“މަސްފިހެވުނީ ކަންނޭގެ.” ޖަންނަތު ވެސް އެދިމާލަށް ބަލައިލަމުން ބުނެލި އެވެ.

“ބަލާ އަބީގެ އެހެރަ ސަޅި ހަށިގަނޑެއް. އަސްލު އަންހެން ކުދިން ހަމަ ދީވާނާ ވާވަރުވޭ. ނޫންތަ.” ސާރާ ބުނެލި އެވެ.

“މުޒޭ ހުއްޓާ އަދިވެސް ބަލަނީ އަބީގެ ހަށިގަނޑަށް ދޯ.”

“މުޒޭވެސް ޓީ-ޝާރޓް ނުލާ ހުރިނަމަނު ހަށިގަނޑު ފެންނާނީ. ދުވަހަކުވެސް އޭނަ ޓީ-ޝާރޓް ނުބާލާނެ މީހުން ތެރޭއެއް.”

“ސާރާއަށް މުޒޭބެ އެއްކޮން ދަސްވެއްޖެ ދޯ.”

“އެހެނެއްނޫން، ބައެއް ކަންތައް އަދިވެސް ނޭގޭ.”

“ދެން ދާނީ ދަސްވަމުންތާ ދޯ.” ދެމީހުން ހީލި އެވެ.

އަބްޔާންއާއި މުޒައްފަރު އައިސް ޖަންނަތުމެނާއި ހަމައަށް ހުއްޓުނެވެ.

“ކީއްވެފަ ތިތިބީ؟” މުޒައްފަރު އަހާލި އެވެ.

“ހޫނުވެގެން މިތާ ހިޔަލުގަ މަޑުކޮށްލީ.” ސާރާ ބުނެލި އެވެ.

“އާދޭ މޫދަށް.” ސާރާ އަތުގައި ހިފައި ދަމައި ގަންނަމުން މުޒައްފަރު ބުނެލި އެވެ. އަދި ސާރާ ގޮވައިގެން މޫދާ ދިމާއަށް ދުއްވައިގަތެވެ.

އަބްޔާން އައިސް ޖަންނަތު ކައިރީ އިށީނެވެ. ޖަންނަތު މޫދާ ދިމާލަށް ބަލަން އިނެވެ. އޭރު ސާރާއާއި މުޒައްފަރު އެކަކު އަނެކަކު ގަޔަށް ފެން ޖަހަޖަހާފައި އުޅެ އެވެ.

“ޖަންނާ، ހަދާންވޭތަ އަހަރުމެން ކުރިން މިރަށަށް އައިސް ބަރަވެލި ރޭސް ޖަހާ ހަދާން.” ވެލިގަނޑު މަތިން ދިޔަ ބަރަވެއްޔަކާއި ދިމާއަށް ބަލަން އިނދެފައި އަބްޔާން ބުނެލި އެވެ. “އޭރު ހާދަ މަޖަލޭ ދޯ… ނޫރުގެ ސޯޓުތެރެއަށް ބަރަވެލި ލައިގެން ނޫރު ރޮއްވާވެސް ލަމެއްނު.” ޖަންނަތު ހޭން ފެށި އެވެ. އަބްޔާން ވެސް ހިނި އައެވެ.

“އާން، އެއީ ވަރަށް މަޖާ ދަތުރެއް.”

“ޖަންނާ، ކުޑައިރުގެ ހާދަ ގިނަ މެމޮރީސް އެއް އެބަހުއްޓޭ ދޯ. އަހަރުމެން ދުވަހަކު ހަދާން ނުނެތޭނެ ކަންތައް.”

“އަސްލުވެސް… ” ޖަންނަތު އަބްޔާންއަށް ބަލައިލި އެވެ. އޭރު އަބްޔާންއަށް ވެސް އިނދުވުނީ ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެނެވެ.

“ޖަންނާ، ޔޫލުކް ބިއުޓިފުލް ޓުޑޭ.” އަބްޔާން ޖަންނަތު ގެ ލޮލަށް ބަލައިލި އެވެ. “ޖަންނައާ މާގުޅޭ އަސްލު ތިކަހަލަ އެއްޗިހި.” އަބްޔާން ޖަންނަތުގެ ޓީ-ޝާރޓަށް ބަލައިލަމުން ބުންޏެވެ.

“ތޭންކްސް.” ހިނިތުން ވުމެއް ތުންފަތައް ވެރިވެގެން ދިއުމާއި އެކު ޖަންނަތު ބުނެލި އެވެ. އަދި ލަދުން އިސްޖަހާލަމުން ތުންފަތުގައި ދަތްއަޅާލަމުން ވެއްޓިފައިވާ އިސްތަށިކޮޅު ކަންފަތާ ދިމާލަށް ލައްވާލި އެވެ.

“އެމީހުން ދެން މީން އިރަކު މޫދުން ނާރާނެ… ހިނގާ އަހަރުމެން ވެސް ހިނގާލަން ދާން.” އަބްޔާން މޫދަށް ބަލައިލާފައި ބުންޏެވެ. ޖަންނަތުވެސް މޫދާ ދިމާލަށް ބަލައިލި އެވެ. އޭރު ދެމީހުން ކުޑަކޮން ކައިރީގައި ތިބެގެން ވާހަކަ ދައްކަނީ އެވެ. “ދޭ ނީޑް ޕްރައިވަސީ.” އަބްޔާން ތެދުވަމުން ބުންޏެވެ. ޖަންނަތު ވެސް ތެދުވި އެވެ.

 

ދެމީހުން ހިނގަމުން އަތިރިމަތިން ލައިގެން ރާޅުޖަހާ ފަށުން ދިޔަ އެވެ. ދެމީހުން ކުރެން އެކަކުވެސް އަނގައަކުން ނުބުނެ އެވެ. އެހެން އެއްވަރަކަށް ދާއިރު އިރުކޮޅަކާ އަބްޔާންގެއަތާއި ޖަންނަތުގެ އަތް ނުފުށުން ބީހިލަ އެވެ. ކޮންމެ ފަހަރަކު ދެމީހުނަށް ވެސް ބުނަން ނޭގޭ އިހުސާސްއެއް ވެއެވެ. އެންމެ ފަހުން ކުއްލި އަކަށް އަބްޔާން ޖަންނަތުގެ އަތުގައި ހިފާލި އެވެ. އޭރުވެސް ދެމީހުން ހިނގަމުން ދިޔަ އެވެ. ޖަންނަތުއަށް އަބްޔާންގެ މޫނަށް ބަލައިލެ ވުނެވެ. އަބްޔާން ވެސް މަޑުމަޑުން ޖަންނަގެ މޫނަށް ބަލައިލާފައި ހިނިތުން ވެލި އެވެ. ޖަންނަތުވެސް ހިނިތުން ވެލި އެވެ. ދެމީހުން އަތް ޖޯޑުކޮށްލައިގެން ހިނގަމުން ދިޔަ އެވެ.

“މިހާރު ހާދަ ދުރަކަށް އާދެވިއްޖެޔޭ…” ޖަންނަތު ފަހަތައް ބަލައިލާފައި ބުނެލި އެވެ.

“އަހަރުމެނަށް މިހާރު ރަށް ވަށާ ބުރެއ މިޖެހެނީ.” އަބްޔާން ބުނެލި އެވެ.

“ހާދަ އަވަހަކަށް. މިޔޮއް ބޮޑުރަށް ވަށާ؟”

“އާން، ޖަންނާ… މާ އަވަހީ ދޯ. އެޔޮއް ފެންނަނީނު ތުނޑި އެހެރީނު ޒައިދާން މަސް ބާނަން. ތަންކޮޅެއް އެކޮޅުގަ އަހަރުމެން އެއްޗިހި ބެހެއްޓިތަން އެހެރީ.”

“އެބުނާހެން… އަސްލުވެސް ހާދަ އަވަހޭ.”

“މަށަށް ވެސް ހީވަނީ ވަރަށް އަވަސް ހެން އެކަމަކު މިހާރު ވަން އަވަރ ވެދާނެ. އަހަރުމެން ހިނގާތާ. ޔަގީން މަށަށް.” އަބްޔާން އެހެން ބުނެފައި ޒައިދާން ހުރި ދިމާލަށް ދާން ފެށި އެވެ. އޭރުވެސް ދެމީހުން ތިބީ އަތުގުޅައިން ނެވެ. ދެމީހުން ކުރެން އެކަކުވެސް އަތުން ދޫކޮށްލާކަށް ހިޔާލެއް ނުކުރެ އެވެ.

“ޒައިދާން، ގަޑިން ކިހާ އިރެއްތޯ؟” ދެމީހުންއައިސް ޒައިދާން ކައިރީ ހުއްޓިލަމުން އަބްޔާން އަހާލި އެވެ.

“މިހާރު ބާރަ ޖަހަން އުޅެނީ.” ޒައިދާން އެހެން ބުނުމުން އަބްޔާން ޖަންނަތުއަށް ނިތް އަރުވާލަމުން ބަލައިލި އެވެ.

” އެކަމަކު އެހާ ގިނައިރުވީ ހެނެއް ހިޔެއްނުވޭ.”

ދެމީހުން އަނެއްކާ އެތަނުން ހިގައި ގަތެވެ. އެމީހުން ތިބޭ ތަނާ ކައިރި ވުމުން ޖަންނަތު އަބްޔާން އަތުން ދޫކޮށްލި އެވެ. އަދި ޒައީމާ ފެނުމުން ދުއްވައި ގަތެވެ.

އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެމީހުން އެއައީ ދޮޅުގަޑި އިރަށް ވުރެން ގިނައިރު ވަންދެން އަތުގައި ހިފައިގެން ހިނގާފަ އެވެ. އަބްޔާން ހިތަށް އަރަމުން ދިޔައެވެ. “އަހަރުމެނަށް މިވަނީ ކިހިނެއްތަ ޖަންނާ؟” އަބްޔާން ހިތާހިތާ ސުވާލުކޮށްލަމުން މޫދާ ދިމާލަށް ދިޔައެވެ.

ޖަންނަތު ޒައީމާ ކައިރިއަށް އައި އިރު ޒައީމާ ހުރީ ޖޫސް ގިރައިގެން ކޫލަރަށް ޖޫސް އަޅާށެވެ.

“ޖަންނާ ޖޫސް މިހިރީ އަވަހަށް ބޮއޭ.” ޖަންނަތު އައުމުން ޒައީމާ ޕްލާސްޓިކު ތައްޓެއް ދިއްކޮށްލަމުން ބުނެލި އެވެ.

“ކޮބައިތަ ޒިޔާދާ… ދެކުނިންތަ؟” ޒައީމާ އަހާލި އެވެ.

“އެތާކު ނެތްތަ؟” މޫދުގެ ދުރުގައި އުޅޭ ބައިގަނޑު ދައްކާލަމުން ޖަންނަތު ބުނެލި އެވެ.

“ނޭގެ، އެތާ އުޅޭ މީހުން ވަކިކުރަން އެބަ އިނގޭދޯ.”

“ޒައީމާއްތަ ކީއްކުރަން ޒިޔާދާ ހޯދަނީ؟”

“މަންމަ ވީމަނު އެމީހުން ކޮންތާކުތޯ ވީ ބަލައިލަން ޖެހޭނެނު.” ޒައީމާ ބުންޏެވެ.

“އެތާ ކަންނޭގެ ވާނީ.”

“ކޮބާ ސާރާ، ޖަންނައާ އެއްކޮންނެއްނު ދިޔައީ.”

“ސާރާ އެކޮޅުގަ އެބައުޅޭ.” ޖަންނަތު ކުޑަކޮން ނުތަނަވަސް ވެފައި ހުރެ އަވަސް އަވަހަށް ބުނެލި އެވެ.

“މުޒައްފަރާ އެއްކޮން ދޯ.” ޒައީމާ ފުން ނޭވާއެއް ލަމުން ބުނެލި އެވެ.

“ޒައީމާއްތާ، ޒައީމާއްތަ ކީކޭ ހިތަށް އަރަނީ އެގޮތަށް ސާރާއާ މުޒޭބެއާ އެއްކޮން…. އެކަހެރިކޮން… މިބުނީ އެހެން އުޅޭތީ.”

“ޖަންނާ… ޒައީމާއްތަ ވަރަށް ކަންބޮޑުވޭ. އެކަމަކު ޒައީމާއްތަ އެކުދިންނަށް އަބަދުވެސް އިތުބާރު ކުރަން. އިތުބާރު ކުރިއަސް އެއީ ވެސް ހަމަ އިންސާނުން… ކުށަކަށް އަރައިގަނެވިދާނެ. ޒައީމާއްތަ ވަރަށް ނަސޭހަތް ދީ ކިޔައިދީފަ އޮންނާނީ ދެ ކުދިންނަށް ވެސް. އެކުދިން އުޅޭނީ ވިސްނައިގެން ކަމަށް ދެން ޒައީމާއްތަ މި ބަލަނީ.” ޒައީމާ ފުންނޭވާއެއް ލިއެވެ.

“މިހާރު ޒައީމާއްތަ ބޭނުންވަނީ ޖަންނައަށް ވެސް މިވާހަކަތައް ކިޔައިދޭން. ޖަންނަ އަދި ކުއްޖަކާ ރައްޓެހި ނުވިޔަސް ވިސްނަން ޖެހޭ ކަންތައް ތަކެއް ހުންނާނެ. އަބަދުވެސް ހަދާން ކުރަން ޖެހޭނެ ގެއްލޭ އަބުރާއި އިއްފަތްތެރި ކަމަކީ އަނބުރާ ލިބޭނެ އެއްޗެއް ނޫންކަން. ރައްޓެހިވެގެން އުޅޭ އިރު އެކުރެވޭ އިހުސާސްއާ އެކު ތިމާގެ އިއްފަތް ގެއްލިގެން ދިއުމަކީ އަންހެން ކުއްޖަކަށް ލިބޭނެ އެންމެ ބޮޑު ހިތާމަ. ކިހިނެއް އިނގެނީ އިނދެވޭނީ ރައްޓެހިވެގެން އުޅޭ ކުއްޖާޔާ ކަމެއް. ކައިވެނި ކޮށްގެން ފިރިމީހާއަށް ޓަކައި ރައްކާ ކުރަން ޖެހޭ އެއްޗެއް އެހެން ފަރާތަކަށް ހަދިޔާ ކޮށް ނިމިފައި އޮތީމަ ކަމަކު ނުދާނެނު. އޭރުން ފިރިމީހާއަށް ދޭނީ ކޮންއެއްޗެއް؟ އަހަރެން އަބަދުވެސް ސާރާއާ ޒިޔާދާއަށް މިވާހަކަތައް ކިޔައިދެން. އަދި ސާރާއާ މެދު އަހަރެންގެ ހިތުގައި ޔަގީންކަން ވެސް އެބައޮތް. އެކަމަކު އެއުޅޭ ޒިޔާދާ….” ފުންނޭވާއެއް ޒައީމާ އަނެއްކާވެސް ބޭރުކޮށްލި އެވެ.

“ޒައީމާއްތާ! ޒައީމާއްތަ ތީ ހަމަ ބެސްޓް މަންމައެއް. ތިކަހަލަ މަންމައެއް އެކަކަށް ވެސް ނުލިބޭނެ.”

“ޖަންނާ… ޒައީމާއްތައަށް މިހުރިހާ ކަމެއް ކިޔައިދިނީ ކާކުކަން އިނގޭތަ؟ ޒައީމާއްތަގެ މަންމައެއްނޫނޭ. ޒާހިދާއްތަ. ޒައީމާއްތަމެން ކުޑައިރު މިގޮތަށް ނަސޭހަތް ދޭނެ. ޒާހިދާއްތަ އަކީ ހަގީގަތުގަ ބެސްޓް މަންމައަކީ. މިއަދު ޒާހިދާއްތަ ހުރިނަމަ ކިހާ އުފާވާނެ. ޖަންނަހާ ވިސްނޭ ޒިންމާދާރު ކުއްޖެއް ޒާހިދާއްތައަށް ފެންނާނީ.” ޒައީމާ ޖަންނަތުގެ ދަތްދޮޅީގައި ހިފާލި އެވެ. ޖަންނަތު ހުރީ ފެންކަޅި ވެފަ އެވެ.

“ޖަންނާ… ޖަންނަގެ ބެލުމުގެ ދަށުން އެހެރަ އާޔަތުއަށް ވެސް މިހާރު މިކަންތައްތައް ކިޔައިދޭން ޖެހޭނެ. ޖަންނަ ނޫނީ ދެން ކާކު ހުރީ އޭނަގެ. ކުރިން ސުރެން ކިޔައިދިނީމަ އެކުދިން އެކަމާ ވިސްނާނެ. އަހަރެން ހީކުރަން ޖަންނަވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު ޒައީމާއްތަގެ މި ބަސްތައް އަޑުއަހާނެ ކަމަށް.” ޒައީމާ އެވަރަށް ބުނި އިރު ޖަންނަތު ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައި ގަތެވެ.

“އައްދޭ… ޖަންނަ ރޮނީތަ؟ ކޮން އިރަކު ތިހާ ހިތްބަލިވީ؟” ޒައީމާ ޖަންނަތު މޫނު ހިއްލާލަމުން ބުނެލި އެވެ.

“މަންމަ މަތިން ހަދާންވީ… ޒައީމާއްތަ އުޅޭގޮތުން… ހަމަ މަންމަ ހަދާންވީ…” ޖަންނަތު ވާހަކަ ދެއްކިއިރު ވެސް ކަރުނަ ފައިބަމުން ދިޔަ އެވެ. ޒައީމާ ޖަންނަތު ގެނެސް ކައިރިކޮށްލާ ބުރަކަށީ ފިރުމާލި އެވެ.

މެންދުރު ވެގެން އައިއިރު އެންމެން މޫދުން އަރާ ކާން އުޅެ އެވެ.

ޖަންނަތު މޫދަށް އެރިލާފައި އަރައިގެން އައިސް ހިޔަލަށް ވަދެ މަޑުކޮށްލައިގެން ހުއްޓެވެ. އޭރު ބިންމަތީ ފޮތިގަނޑެއް އަޅައިގެން މުންޑެއް އަދެގެން ހުރިމީހަކު ނަމާދަށް އަރާ ހުއްޓާ ޖަންނަތުއަށް ފެނުނެވެ. ގަސްތަކު ތެރެއިން ފެންނާތީ އެއީ ކާކުކަމެއް ނޭގުނެވެ.

“ތުއްތާ އާދޭ ކާން.” އާޔަތު ގޮވާލުމުން ޖަންނަތު ގޮސް ތައްޓަށް ބަތްއަޅައިގެން އައިސް އާޔަތުއާއިއެކު ގަސްބުޑެއްގައި އިށީނެވެ. އެވަގުތު ގަސްތަކުތެރެއިން މުންޑާއި ފޮތިގަނޑު ހިފައިގެން އަބްޔާން ނުކުމެގެން އައިސް އޭނާގެ ދަބަހަށް އެތަކެތި ލީތަން ޖަންނަތުއަށް ފެނުނެވެ. މިހާރަކަށް އައިސް އަބްޔާންއަށް ޓަކައި ޖަންނަތު ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތު އުތުރިގެން ދިޔަ އެވެ. އަބްޔާންއަށް ގަދަރު ކުރެވެން ފެށިއްޖެ އެވެ. ވަރަށް ހިތްހަމަ ޖެހިފައި ޖަންނަތު އިނެވެ.

 

އަބްޔާން ބަތްތަށި ހިފައިގެން އައިސް ނޫރުމެން ކައިރީ ޖައްސާލި އެވެ. ޒައިދާންއާއި ޒައީމާ ޔަޒަން ކައިރިކޮށްގެން ތިންމީހުން ކާން ތިއްބެވެ. ޖަންނަތުއާއި އާޔަތުއާއި ދެބެން ކާން ތިބެގެން ޖަންނަތު އާޔަތުއަށް ޒައީމާ ދެއްކި ވާހަކަ ކިޔައިދެމުން ދިޔަ އެވެ. މާ ދުރުނޫން ހިސާބެއްގައި އިން ޒީނަތުއަށްވެސް އެވާހަކަތައް އަޑު އިވެމުން ދިޔަ އެވެ. ޒީނަތުގެ ލޮލުން ކަރުނަ ނިރާލާފައި ވި އެވެ.

އެއީ ޒީނަތުއަށް މަންމަ ކިޔައިދީފައި ވާ ވާހަކަ ތަކެކެވެ. ޒީނަތު އެދުވަހު މަންމައަކީ މޮޔައެއް ކަމަށް ހިތައް އެރި އެވެ. ނަމަވެސް މިއަދު އެވާހަކަތައް ގަބޫލު ކުރެވުނެވެ. ނަމަވެސް މިހާރު ޒީނަތުގެ ރައްކާކުރާނެ އިއްފަތެއް އަބުރެއް ނެތެވެ. ޖަންނަތު ގޮތަށް ހަރުދަނާ އުޅުމެއް އުޅެވުނު ނަމައޭ ޒީނަތު ހިތަށް އަރަމުން ދިޔަ އެވެ.

މޫސަ އައިސް ޒީނަތު ކައރީ އިށީންއިރު ޒީނަތުގެ ކޯތާފަތާއި ހަމައަށް ކަރުނަ ފައިބައިފާ ވާތަން މޫސައަށް ފެނުނެވެ.

“ޒީ؟ ކިހިނެއްވީ؟ ކީއްވެ ތި ރޮނީ؟” މޫސަ ހައިރާން ވެފައި ޒީނަތު ކައިރީ އަހާލި އެވެ.

“މަންމަ… މަންމަ ހަދާންވީ.” ނޭފަތް ދަމާލަމުން ޒީނަތު ބުންޏެވެ. އެވަގުތު އެމީހުންނާ ދުރުނޫން ހިސާބުގައި ތިބި ޖަންނަތުއާއި އާޔަތުއަށް އެއަޑު އިވިގެން އެދިމާ ބަލައިލި އެވެ. އަދި ޖަންނަތު ދެއްކި ވާހަކަ ޒީނަތުއަށް އަޑުއިވުނީ ކަން ޖަންނަތުއަށް އިނގުނެވެ. ޖަންނަތުއަށް ކުރި އަސަރު ޒީނަތުއަށް ވެސް ކުރީ އެވެ.

“ދޮންތާ!” ޖަންނަތު ކާން އިން ތައްޓާއެއްކޮން އައިސް ޒީނަތު ކައިރީ ތަށި ބަހައްޓާފައި ޒީނަތު ކައިރީ އިށީންނަމުން ޒީނަތު ގައިގައި ބައްދާލި އެވެ.

“ޖަންނާ… ޖަންނަ ހީވަނީ މަންމަ ހެން.” ޒީނަތު ބުނެލި އެވެ. ޖަންނަތު ހިނިތުން ވެލަމުން ވައަތުން ޒީނަތުގެ ލޯ ފޮހެލި އެވެ. އަދި ތެދުވެ ތަށި ހިފައިގެން ދޮންނަން މޫދާ ދިމާލަށް ދިޔަ އެވެ.

 

 

އަބްޔާން ކައިނިމުމުން ތެދުވެގެން މޫދާ ދިމާލަށް ތަށި ހިފައިގެން ދިޔަ އެވެ.

އޭރު ޖަންނަތު ތަށިދޮވެގެން އެއްގަމަށް އަންނަނީ އެވެ. އަބްޔާން ޖަންނަތުއާއި ދިމާއަށް ބަލައިލަމުން ހިނިތުން ވެލި އެވެ. ޖަންނަތު ރަކި ފާޑަކަށް ހީލަމުން އިސްތަށިކޮޅު ކަންފަތަށް ލައްވާލި އެވެ.

“ޖަންނަ މަށަށް މިހާރު އެ ހީލަނީ ލަދުރަކި ކޮން. ޔަގީން އެއީ ކަންނޭގެ މުޒޭއާ ދިމާލަށް ސާރާ ހީލާގޮތަކީ. ޖަންނަ އަހަރެން ދެކެ ލޯބިވޭތަ ޖަންނާ.” އަބްޔާން އެހެން ހިތައް އެރުމުން ފަހަތަށް އެނބުރި ޖަންނައާއި ދިމާއަށް އަދިވެސް ބަލައިލި އެވެ. އޭރު މޫދުން އަރައިގެންއައި އަހްޔާންގެ ގައިގައި އަބްޔާން ޖެހުނެވެ.

“ހޫން ހޫން… އަދިވެސް ބުނާތި މަށަށް ހީވާގޮތޭ. ޖަންނަ ފެނުނީމަ ގޮތްތަކެއް އެބަވޭނު.” އަހްޔާން އަބްޔާންއާއި ދިމާކޮށްލި އެވެ.

“ޝޫޝް!” އަބްޔާން އަހްޔާންއާ ދިމާލަށް ބުނެލި އެވެ. “މީހަކަށް އިވިދާން.”

“އޯހް ހޯ. އަބީ ހާދަ ސިއްރުން ތި އުޅެނީ. އެހެންޏާ ނުވާ ގޮތްތަކެއް ވަނީ ދޯ މިހާރު.”

“އޯ ކަމޯން ބްރޯ.” އަބްޔާން އަހްޔާން ކުޑަކޮން ކޮއްޕާލަމުން ބުނެލާފައި މޫދާ ދިމާލަށް ދިޔަ އެވެ. އަހްޔާން ލާނެތް ހިންޏެއް އައިސްފައި ހުރެ އެއްގަމަށް ދިޔަ އެވެ.

 

އަބްޔާން ޔަޒަންއާ އެއްކޮން ކުޑަކޮން ބޯޅަ ކުޅެލަން އުޅެލާފައި ޒައިދާން އާއި އެކު މަސްބާނަން އުޅުނެވެ. ޖަންނަތުއާއި ޒީނަތުއާއި އާޔަތު މޫދުގައި ސަކަރާތް ޖަހަން އުޅެ އެވެ. އަދި އެހެން އެންމެން ވެސް މޫދުގައި އުޅެލާފައި އެއްގަމަށް އެރި އެވެ.

“ދެން އަބީ ކައިރީ ބުނެބަލަ ކޮންމެވެސް ގޮތަކުން ޒީނަތު މިތަނަށް ގެނެސް ދޭށޭ.” މޫސަ ބުނެލި އެވެ. އޭރު ނޫރުއާއި އަހްޔާންއާ ދެމީހުން ވެގެން ވަނީ ގަސްތަކުތެރޭ ތަންކޮޅެއް ކުޑަކޮން ސާފުކޮށް މޫދު ފެންނާނޭ ގޮތަށް ލައްގާފައި އޮތް ގަސްގަޑެއް ގެނެސް އެތާ ބާއްވާފަ އެވެ.

“އަންނާނަން އަބީ ގޮވައިގެން.” ނޫރު އެހެން ބުނެފައި ހިގައި ގަތެވެ.

“އަދި މުޒައްފަރު ކޮބާ؟ އެއީނު ކެމެރާމޭން.” މޫސަ ބުންޏެވެ.

“ދެމީހުން ގޮވައިގެން މި އަންނަނީ.” ނޫރު ދުއްވައި ގަތެވެ.

ހިނދުކޮޅެއް ތެރޭ އަބްޔާންއާއި މުޒައްފަރު އަދި ސާރާ އެތަނަށް އައެވެ. އެމީހުން ހަދާފައިވާ ސެޓިން ފެނިފައި އަބްޔާން ޖޯކުޖަހާލި އެވެ.

“ދެން، ރޮމްއެއް ނޫންތަ؟” މޫސަ ބުނެލި އެވެ.

“ނޫނޭ، ވަރަށް ރޮމް. އެކަމަކު ކިހިނެއް ޒީއްތަ ގެންނާނި؟” މުޒައްފަރު އަހާލި އެވެ.

“އެބައަންނަން. ރެޑީވެގެން ތިބޭތި.” ކުއްލިއަކަށް އަބްޔާންގެ ބޮލަށް ވަން ހިޔާލަކުން އަބްޔާން ހިގައި ގަންނަމުން ބުންޏެވެ. އެހެން މީހުން ހައިރާން ވެފައި ތިބީ އެވެ. “ފިލާ ތިބޭތި.”

ޖަންނަތު ހުރީ ހަވީރު ސައި ހަދަން ތައްޔާރު ކުރާށެވެ. އޭރު ބައެއް ޒުވާން އަންހެން ކުދިންވެސް އެތާ ތިއްބެވެ. ޒައީމާ އުޅުނީ ކުޅި ފާރޮށި މޮޑުމުގެ ކަންތަކުގަ އެވެ. ޖަންނަތު ޖަގަށް ސައި އަޅާފައި ބިސްކޯދު ޑަބިޔާ ހިފައިގެން އައިސް މޭޒުކައިރިއަށް ހުއްޓުނުވަގުތު އަބްޔާން އައިސް ޖަންނަތުގެ އަތުގައި ހިފައިގެން ގަދަކަމުން ގެންދަން ފެށި އެވެ.

“އަބީ! ކިހިނެއްވެގެންތަ ތިއުޅެނީ؟” ޖަންނަތުއަށް ހަޅޭއް ލަވައިގަނެވުނެވެ. އެހެން އެންމެން ވެސް ހައިރާން ވެފައި ބަލަހައްޓައިގެން ތިއްބެވެ. ނަމަވެސް އަބްޔާން ޖަންނަތު އަތުން ދުލެއް ނުކުރެ އެވެ.

“އެއްކަލަ ދެމީހުން… ސަހާދެއް މިބުނީ ބޮޑެތިވެގެން މީހުނާ އިނަސް އެކުޅިވަރެއް ނުހުއްޓޭނެ.” ޒައީމާ ހިނިއައިސްފައި އިނދެ ބުނެލި އެވެ.

ގަސްތަކުތެރެއަށް ވަދެ އެންމެންގެ ލޯމަތިން ގެއްލުމުން ޖަންނަތު ކުއްލިއަކަށް އަބްޔާންގެ އަތް ފޮޅުވާލި އެވެ.

“އަބީ، ކިހިނެއް ވެގެންތަ ތި އުޅެނީ؟”

“އާދެބަލަ މަށާއެއްކޮން އެހެރަ ހިސާބަށް.”

“އަބީ އުޅޭ ގޮތުން ކީކޭތަ އެމީހުން ހީކުރާނީ؟ އެހެން ނޫނަސް ކީއްވެތަ މަ ދާންވީ އެތަނަށް؟”

އަބްޔާން ޖަންނަތުގެ ސީދާ ލޮލަށް ބަލަން ހުއްޓެވެ. އަދި ކުޑަކޮން ކައިރިވެލިއެވެ.

“އަހަރެން ބުނީމަ.” ނިކަން މަޑުމަޑުން އަބްޔާން ބުނެލި އެވެ. ޖަންނަތުއަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. އަބްޔާން ޖަންނަތު އަތުގައި ހިފައިގެން އެބުނާ ހިސާބަކަށް ގެންދިޔަ އެވެ.

“މީ ކޮން ކަމެއް؟” ޖަންނަތު ހިތް ބާރަށް ތެޅިލި އެވެ.

“ކާކު ގޮވައިގެން ތި އައީ؟” ގަސްތަކު ތެރޭން ނޫރު ނުކުންނަމުން އެހި އެވެ. އެވަގުތު ސާރާއާއި ދެންތިބި މީހުންވެސް ނިކުތެވެ. ޖަންނަތު އެންމެނަށް ބަލައިލާފައި ހައިރާން ވެފައި ހުއްޓެވެ.

“މީނައަށްށޭ އޭނަ ގެނެވޭނީ.” އަބްޔާން ބުންޏެވެ.

“ކާކުތަ؟ ކީއްކުރަންތަ؟” ޖަންނަތު ހުރީ ވާނުވާ ނޭގިފަ އެވެ.

“ޖަންނާ، ކުރަންވީ ކަމަކީ ކޮންމެސް ގޮތަކުން ޒީނަތު ގެނެސްދޭންވީ. ގެނެސް މިތާ މީދަ ގަސްބުޑުގަ ބައިންދަދޭންވީ.” އަބްޔާން ބުންޏެވެ. ޖަންނަތު ހައިރާން ވެފައި ބަލަން ހުއްޓެވެ. “ދޭބަލަ، އޭނަ ގޮވައިގެން އައިސް މިތާ ބައިންދާފަ ޖަންނަ ދާނީ ކޮންމެވެސް އެއްޗެކޭ ކިޔާފަ.”

“ދޮންތައަށް ކީއްކުރަން ތި އުޅެނީ.”

“ޖަންނައަށް ވެސް ފެންނާނެޔޭ ކުރަން އުޅޭ ކަންތައް.” ސާރާ ހުރެފައި ބުންޏެވެ. “އެބުނާ ކަމެއް ކޮށްބަލަ.”

 

“ޖަންނަގެ ދޮންތައަށް ކަމެއްކުރާކަށް ނޫނޭ މި އުޅެނީ. ޖަސްޓް ޑޫ އިޓް.” އަބްޔާން ބުންޏެވެ.

“ކީއްވެތަ؟” ޖަންނަތު އަދިވެސް ހުރީ އޮޅުން ނުފިލާފަ އެވެ.

“އަހަރެން ބުނީމަ ޖަންނާ…” އަބްޔާން ޖަންނަތުއާއި ހަތަރު ކަޅި ހަމަކޮށްލަމުން ބުނެލި އެވެ. “އަހަރެން ބުނީމަ ކީއްތަވީ މިކަން ކޮށްދޭން.” އަބްޔާން ޖަންނަތުއާއި ކައިރި ވެލި އެވެ.

“އޯކޭ…. އަންނާނަން.” ޖަންނަތު ދުރަށް ޖެހިލަމުން ބުންޏެވެ. އަދި އަވަހަށް އެތަނުން ދިޔަ އެވެ.

“އޭނަ އަންނާނެތަ؟” މޫސަ ހުރެފައި އެހި އެވެ.

“އާން، އޭނަ އަންނާނެ. ޒީ ގޮވައިގެން އަންނާނީވެސް.” އަބްޔާން ބުންޏެވެ.

“ތެދެއް، އަބީ ބުނީމަ ދެން އޭނަ އެކަން ކުރާނެނު.” މާނަވީ ގޮތަކަށް އަބްޔާންއަށް ބަލައިލަމުން އަހްޔާން ބުނެލި އެވެ.

 

އިރުކޮޅެއް ފަހުން ޖަންނަތުއާއި ޒީނަތު އަންނަ އަޑު އިވުނެވެ.

“ޖަންނާ ކޮންތާކަށްތަ ތި ގެންދަނީ؟” ޒީނަތު ބުނާއަޑު އިވުނެވެ. އެންމެން އަވަހަށް ގަސްތަކު ތެރެއަށް ވަދެ ފިލާ ތިއްބެވެ.

“މީ ކިހާ ސަޅި ތަނެއް. މިތާ އިށީނދެލަން ހިނގާބަލަ.” ޖަންނަތު އައިސް ޒީނަތު އެ ގަސްގަނޑު މަތީ ބައިންދާފައި ޖަންނަތު ވެސް ޒީނަތު ކައިރީ އިށީނެވެ.

“މީ ވަރަށް ސަޅި ތަންކޮޅެއްދޯ… ކާކު މިތަން ސާފުކޮށްފަ މިއޮތީ؟” ޒީނަތު އެހި އެވެ.

“ނޭގެ! އަހަރެން ހަމަ ދޮންތައަށް ދައްކާލާ ހިތުން މި ގެނައީ،” ޖަންނަތު ބުންޏެވެ. ޒީނަތު ބައިންދާފައި އެތަނުން ދާނެ ގޮތަކާއި މެދު ޖަންނަތު ވިސްނާލި އެވެ. “އަންނާނަން ކުޅި ފާރޮއްޓާ އެއްޗިސް ހިފައިގެން މިތަނަށް ކާން. ކިހާ އަރާމުވާނެ މިތާ ތިބެގެން ސައިބޯލަން.” ޖަންނަތު އެހެން ބުނުމުން ޒީނަތުއަށް އެގޮތް ވަރަށް ކަމުދިޔަ އެވެ.

“އަވަހަށް އަންނައްޗޭ.” ނިކަން އަވަހަށް އެއްބަސް ވެލަމުން ބުނެލި އެވެ.

ޖަންނަތު އަވަހަށް އެދިމާލުން ނުކުތް ކަމެއްނޭގެ ކޮންމެވެސް މީހަކު ޖަންނަތުގެ އަނގަމަތީ އަތްއަޅަމުން ބާރަށް ޖަންނަތުގެ ފަހަތުން އަތާއި އެކު އުނަގަނޑާ ދިމާލުން ހިފަހައްޓާލި އެވެ.

“ޝޫޝް.” އަބްޔާން ޖަންނަތުގެ ކަންފަތް ދޮށުގައި އެހެން ބުނަމުން މަޑުމަޑުން ޖަންނަތުގެ އަނގަމަތީ އެޅި އަތް ނައްޓާލި އެވެ. ޖަންނަތުއަށް އަބްޔާންއާއި ދިމާއަށް ބަލަން ހުރެވުނީ އެވެ. އޭރު އަބްޔާންގެ ހޫނު ނޭވާ ޖަންނަތުގެ މޫނަށް އެޅެ އެވެ. ދެމީހުނަށް ވެސް ތިބީ އެހާ ބޮޑަށް ކައިރި ވެވިފަ އެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

aasi
Follow Me Written By

aasi

Level 3100 Stories10 Stories

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 31 ވަނަ ބައި

Next

އަހަރެންގެ ވާހަކަ (ދިހަވަނަ ބައި)

Next
April 22, 2016

އަހަރެންގެ ވާހަކަ (ދިހަވަނަ ބައި)

Previews
April 21, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 31 ވަނަ ބައި

5 Comments!

  1. Ushaaa says:
    April 22, 2016 at 12:08 am

    Mivaahaka thankolheh avahah up kohba and aasi ge aneh vaahaka ves pls

  2. zahaa mohamed says:
    April 22, 2016 at 3:28 am

    miadhu next part up kodheeba plxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
    varah reethi

  3. ken? says:
    April 22, 2016 at 4:56 pm

    kobaatha 13 th vana part…

  4. Shaai says:
    April 22, 2016 at 6:34 pm

    Vvvvvvvvvv rythi. Avahah up kohla dhiybala

  5. mal says:
    April 24, 2016 at 12:34 am

    love it … avaha up koh dheebaaa… aasi u r my fav writer . love u alot ….

Comments are closed.

Next Episodeޤުރުބާން ވުމީ މިހިތުގެ އުފާ 12 ވަނަ ބައި←


All Right Reserved!