Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-20

flower_ Level 1
June 30, 2026 4 Mins Read
0 Comments

*”ގޭގެ އެބަތިބި ދޯ އެންމެން؟” މިންހާ އަހައިލި ނުތަނަވަސް ގޮތަކަށެވެ.*

“އަނ. ތިބޭނެ އެންމެން. ކިހިނެއްވީ؟” މިންހާ ގެ މޫނައް ބަލައިލަމުން ނާއިލް އަހަލި އެވެ.

“ރީހާން…”

“ރީހާން ކިހިނެއްވީ؟”

“ކަމެއްނުވޭ” ދެފަރާތަށް ބޯހޫރައިލަމުން މިންހާ ބުންޏެވެ.

“މިހާރު ހާދަ ލަސްވެއްޖޭނ ނާއިލް ކީއްވެތަ މިންހާ ގޮވައިގެން ބަންނަނީ އަދިވެސް.” މައިހާ ހުރީ ދެކޮޅައް ހިނގާލަ ހިނގާލަ އެވެ.

“މައި ބުނެފިއްޔާ އަހަރެން ގޮސްދާނަން މިންހާ ހޯދަން. ނާއިލް އަކައް ވެސް އިތުބާރެއް ނުކުރެވެ.” ރީހާން ކެތް މަދުވެފައި ބުނެލި އެވެ.

“އާނ. ރީހާން އަޅެ ދޭބަ އަހަރެން އެބަ ވަރަށް ހާސްވޭ.”

“އެކަކުވެސް އެއްތާކަށް ވެސް ގޮސްގެން ނުވާނެ!” މަޔާން ވަރަށް ބާރަށް ބުނެލި އެވެ. އެންމެންނަށް ބަލައިލެވުނީ މަޔާން އާއި ދިމާލައް ހައިރާންވެފަ އެވެ. ރިޝްފާ އާއި ރާމިޒާ ވެސް ކޮޓަރީގައި އޮވެފައި އައެވެ. އެވަގުތަކީ ގޭގެ ހުރިހައި ފިރިހެނުން ވެސް މަހެއް ގޮސް ފައި އައިސް ވަދެވުނު ވަގުތެވެ.

“ކިހިނެއްވީ؟ ކީއްވެ އެހާ އަޑުގަދަ ކުރަނީ. މިންހާ ނާދޭތަ އަދި ވެސް؟” ހާސްވެފައި ރިޝްފާ އަހައިލި އެވެ.

“އަނ. އަދިވެސް ނާދެ. ނާއިލް ހުރީމަ އެކަކުވެސް ދާކަށް މަޔާން އެއްބަހެއް ނުވޭ. މިހާރު ހާދަ އިރެއް ވެއްޖެއޭ. ނާއިލް ހެދީ ތެދެއްކަމަށް ވެސް ނޭނގެ.” ރުޅި އައިސްފައި ހުރެ ރީހާން ވާހަކަ ދެއްކި އެވެ.

“މިންހާ ނާދެއޭ؟ މިންހާ ކޮންތާކަށް ދިޔައީ؟” ހަސަން އަހައިލި އެވެ.

މާޔާ ހުރިހައި ވާހަކަ އެއް އަލިފުން ޔާ އައް ކިޔައިދިނެވެ.

“ރިޝްފާ ވެސް މާ ފަރުވާ ކުޑަކޮއްލީމަ ވަނީ އެހެނެއްނު. އިނގޭނެ މިންހާ މިހާރު އުޅޭ ގޮތް. އޭނަ އެކަނި ދޫކޮށްލައިގެން ނުވާނެކަން. މުހަންމަދު ހިންގާ މިންހާ ހޯދަން ދާން. ނޭނގެ މަގޭ ދަރި ވީ މިތާކު ކަމެއް ވެސް.” މިހެން ބުނެފައި ހަސަން އާއި މުހަންމަދު ނިކުންނަން ދިޔަ އެވެ.

ކުއްލިއަކަށް ދޮރުން ވަދެގެން އައީ މިންހާ އާއި ނާއިލް އެވެ. މައިހާ ދުވެފައި ކަހަލަ ފޮތަކަށް މިންހާ ކައިރި އަށް ދިޔަ އެވެ. ނާއިލް މިންހާގެ އަތުގައި ހިފައިގެން ހުރިތަން ފެނިފައި ރީހާން ވެސް އެމީހުން ކައިރި އަށް ދިޔަ އެވެ.

“ކޮންތާކަށް ދިޔައީ. ބުނެލި ނަމަ ބޭނުންތަނަކަށް ގެންގޮސްދިނީހޭ. ނުވާނެ އެއްނު އެކަނި ރޭގަނޑު ގަޑީ ނުކުމެގެން ދާކަށް.” މައިހާ ވާހަކަ ދައްކަމުންދިޔަ އިރު މިންހާ އޭނާ އާއި ދިމާލަށް ބަލައި ވެސް ނުލަ އެވެ.

“ދެން އެހެން ނުހަދައްޗޭ. އެންމެން ކިހާ ހާސްވާނެ. ފާޑު ފާޑުގެ މީހުން ވެސް އުޅޭނެ.” ރީހާން ބަލައިލީ ނާއިލް އަށެވެ. ނާއިލް ވެސް ރުޅި ވެރި ނަޒަރަކުން ރީހާން އައް ބަލައިލި އެވެ.

“ދެން ދޭ އެތެރެއަށް.” ރީހާން އުޅުނީ މިންހާގެ ކޮނޑުގައި ހިފައިލާށެވެ. ނަމަވެސް މިންހާ ދުރައްޖެހިލި އެވެ.

“ރަނާ ދޭ މިން ގޮވައިގެން. މިން ހަނދާންކޮށް ބޭސްކާތި.” ކައިރީގައި ތިބި މައިހާ އާއި ރީހާން އައް ބަލައިލުމެއް ވެސް ނެތި ނާއިލް ބުނެލި އެވެ. މިންހާ ގޮސް ކޮޓަރިއަށް ވަންތަނާ ބަލަން ހުރެ ފައި ނާއިލް އާއި މަޔާން ނުކުމެގެން ދިޔައީ އެކުއެކީގަ އެވެ.

“މިންހާ ނުކުމެގެން ދިޔައީ ކީއްވެގެން ކަން އެނގިއްޖެތަ؟” ހަސަން އަހައިލި ރިޝްފާ ކައިރީގަ އެވެ.

“ނޭނގެ. އައިފަހުން އަދި ވާހަކަ އެއް ނުދެއްކޭ. ދެންމެ ބަލައިލިއިރު އޮތީ ނިމިފަ އެހެންވެ ދެން އަޅައިނުލީ. އެހެން ނޫނަސް މިގަޑީ ސުވާލު ކުރީމަ ކަމަކުނުދާނެ. ފަހުން ނާއިލް ކައިރީ އަހައިލާނި. އޭނަ އަަށް އިނގޭނެކަންނޭނގެ.”

“ނާއިލް އަކީ ރަނގަޅު ކުއްޖެއްހެން ހީވޭތަ؟” އިރުކޮޅަކު ވިސްނަން ހުރެ ފައި ހަސަން އެހީ އެވެ.

“ދެން އެއީ ވެސް ހަމަ އަހަރެމެންގެ ލޮލު ކުރިމަތީ މިރަށުގަ ބޮޑުވި ކުދިން ދޯ. ހަސަން އަށް ވެސް ނާއިލް އިނގޭނެ.”

“އާނ. މަށަށް އެނގޭ. މަށަށް ނާއިލް އަކީ ވަރަށް ކަމުދާ ކުއްޖެއް އަބަދުވެސް. މިއަހައިލީ ރިޝްފާގެ ހިޔާލު ހުރި ގޮތް.”

“މަށަށް ވެސް ވަރަށް ކަމުދާ ކުއްޖެއް އެއީ. ވަރަށް ރަނގަޅު ކުއްޖެއް.”

“އާނ. އެބަ އަންނަން މިންހާގެ ހާލެއް ބާލާއިލައިފާ.” މިހެން ބުނެފައި ހަސަން ތެދުވެގެން ދިޔަ އެވެ.

“ކިހިނެއް؟” މަޔާން އާއި ނާއިލް ތިބީ ޖެޓީގެ އެވެ.

“ވާހަކަ ދެއްކި.” ނާއިލްގެ ޖަވާބު ކުރެވެ.

“ތިދެން ތިކަން ވެސް ހަމަ އަކައް އެޅުނީ. ކައޭ މާލެ ދާން އުޅޭ ވާހަކަ ބުނިންތަ؟”

“ކައޭ އަޅެ މޮޔަތަ؟ އެގަޑީގަ ދައްކަން ވެސް ހެޔޮވާނެ ވަރުގެ ވާހަކަ އެއްތަ އެއީ. އޭނަ ވަރަށް ރުއި.” ސިނގިރޭޓު ފމދަމައިލަމުން ނާއިލް ބުންޏެވެ.

“އިނގޭ މަށައް. އޭނަ އައް ސްޓްރެސް ނުވާނެ އަންގާފަ އޮތީ ޑޮކްޓަރ.” ނާއިލް ހައިރާން ވެފައި މަޔާން އައް ބަލައިލި އެވެ. “ބޮލައް ވަރަށް ބޮޑައް އަނިޔާ ވެފަ ހުރީމަ އެދުވަސް ކޮޅު ހަމަ ސްޓްރެސް ފްރީ ކޮއް ބަހައްޓަން ބުނެފަ އޮތީ. އެހެންވެ ނާއިލް ވެސް އޭނަ ކައިރިއަށް ދިޔަނުދީނީ. ފަހުން ހެދި ޓެސްޓް ތަކަކަން އެނގުނީ އޭނާގެ ހިތުގެ މައްސަލައެއް ވެސް ހުންނަކަން. މަށައް ޖޫން ކަންނޭނގެ ނާއިލް ކައިރީ މިވާހަކަތައް ދައްކަންޖެހޭނީ ވެސް.”

“އެހެރަ މިން އަބަދު ވަރުދެރަވެފަ ހުންނަ ފޮތަކަށް ހުންނަނީ؟ ކުރިން ނޭނގެނީ ދޯ؟” ނާއިލް އިނީ ހައިރާން ވެފަ އެވެ.

“މިންހާ ބޭނުންނުވެދާނެ ނާއިލް ކައިރީ މި ވާހަކަތައް ދައްކަން. އެކަމަކު ނާއިލް އަށް ވެސް ވިސްނައިލައިގެން އުޅެން އިނގޭނީ އޭރުން.” ހިމޭން ވަގުތުކޮޅަކަށް ފަހު އަނެއްކާ ވެސް މަޔާން ވާހަކަ ދެއްކި އެވެ. “އެކްސިޑެންޓް އަށް ފަހު މިންހާ ހީވޭ މާ އިމޯޝަނަލް ހެން ވެސް. މައިހާ އާއި ރީހާން ކަންތައް ކުރި ގޮތުންކަމައް ވެސް ވެދާނެ.”

“ހީމް. އެދެމީހުން ބޭނުންހާ ގޮތަކަށޭ މިން އަށް އުޅެންޖެހެނީ. މަ ގާތައް ހާދަ ރުޅި އެއް އާދެއޭ. އަދި ވެސް ރީހާން ހުންނަނީ މާ ވެފަ. މައިހާގެ މައިންބަފައިން އޭނަ ބަލައިގަންނާތީ.” ނާއިލް އަނެއްކާވެސް ސިނގިރޭޓު ދަމައިލި އެވެ. “މަށަށް ވެސް އެނގެއޭ އޭނަ ފޮނިވެފަ ނޫޅުނަސް މިން ގެ ޕޭރެންޓުންނައް މަ ކަމުނުދާކަން.”

“ކައޭ ވެސް ދެން ތިހެން ނުބުނެބަލަ ދޯ. ކައޭ ޖެހޭނެ މިން އަށް ރަނގަޅަށް ބަލަން. ދެން މި ވެސް ހުއްޓައި ކުއްތާ އެންމެ ރަނގަޅުވާނީ.” ނާއިލް އަތުގައި އޮތް ސިނގިރޭޓު އަތުލައި ދުރައް އެއްލައިލަމުން މަޔާން ބުންޏެވެ.

“ކައޭ ވެސް ގޮސް އޮވޭ އެގޭތެރޭ. ހަމަ އެންމެން ވެސް އުޅޭ. އޯކޭ. އެކަމަކު މި ރީހާން އުޅެނީ މާ ފޮނި ބޮޑު ވެގެން. މިން މަންމަމެން ވެސް ނޫޅެއޭ މަށާ މިން އާ ދުރު ކުރާކަށް. ރީހާން އާ މައިހާ އާއި އުޅެނީ.” ނާއިލް ރުޅި އައިސްފައި ބުންޏެވެ.

“ހަމަޖެހިބަލަ. ކައޭ އިހަށް މިން އޯކޭ ކުރެވޭތޯ އުޅިބަލަ. ތި ރީހާން ގެ ކަންތައް ހަމަޖެއްސިދާނެ.” މަޔާން ބުންޏެވެ. އެވަގުތު ރަނާ ގުޅި އެވެ.

“ކީއްވެތަ މިން އަހަރެންނާ އެހާ ދުރުން އުޅެނީ. ސޮރީ ވެސް ބުނެފިން. ނާއިލް ކައިރީ ވެސް ސޮރީ ބުނެފިން.” ރީހާންގެ ކޮނޑުގައި ބޯއަޅައިލަމުން މައިހާ ވާހަކަ ދެއްކި އެވެ.

“ދުވަސް ކޮޅަކުން އޯކޭ ވާނެ. މަށައް ހީވަނީ މިން އައް ނާއިލް ރަނގަޅެއް ނޫންހެން. މިން ކައިރީ ބުނަންވީނު ނާއިލް އަށް އެއްކޮށް ގުޅުން ކަނޑައިލާށޭ.”

“ހީމްްމް. ތިގޮތް ކަންނޭނގެ މިހާރު ރަނގަޅުވާނީ ވެސް. ނާއިލް އާ ހެދި އޭ މިން އެހާ ސަކަރާތް ވެސްވީ.” މައިހާ ފުން ނޭވާއެއް ދޫކޮއްލި އެވެ. “އަނެއްކާ ވެސް މިން އަހަރެމެން ދެކެ ރުޅިއައިސިއްޔާ…؟”

“ރަނާ ލައްވާ ބުނޭ. ރަނާ އަށް ވާހަކަ ދައްކައެއްނު.”

“އޭ މޭން. ދާންޖެހިއްޖޭ. ރަނާ ގުޅައިފަ އައިސްބަލާށޭ ބުނެފި. ކައޭ ގެއައް ޑްރޮޕް ކޮއްލަންވީތަ؟” ފޯނު ޖީބަށް ލަމުން މަޔާން ބުންޏެވެ.

“އުހޫން. މަ ވެސް ދާނަން. މިން ގެ ހާލެއް ވެސް ބަލައިލެވުނީ އޭރައް.” މިހެން ބުނެފައި ދެ ޒުވާނުން ސައިކަލައް އަރައި ދުއްވައިފި އެވެ.

ރަނާ އިނީ މިންހާ ކައިރީ އެނދުމަތީ އިށީންދެ ލައިގެންނެވެ. އޭރު މިންހާ އަށް އޮތީ ނިދިފަ އެވެ. ކައިރީގައި މާޔާ އާއި މިންނަ ވެސް އިނެވެ. އިރުކޮޅަކުން ހަނާ ވެސް އައެވެ. އެކުދިން ތިބީ މިންހާ ކުރި ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާށެވެ.

ކޮތަރި ދޮރުގައި ޓަކިދީފައި ދޮރު ހުޅުވައިލި ހަސަން އެވެ. ރަނާ ކައިރީ ބޭރައް އައިސް ދިނުމަށް އެދުނެވެ.

“މިންހާ އެއްވެސް އެއްޗެކޭ ބުންޏްތަ؟”

“ނޫން. އަޅުގަނޑު ވެސް އެގަޑީގައި އެއް ވެސް ސުވާލެއް ނުކުރަން. ނާއިލް އައް އިނގޭނީ.”

“މަޔާން ކައިރީ އަހައިލިންތަ؟ އޭނަ އާއި އެއްކޮށެއްނު ނާއިލް ދިޔައީ.” ހަސަން ބުންޏެވެ. އެވަގުތު މަޔާން އައިސް ގޭތެރެއަށް ވަނެވެ. “މަޔާން ކައިރީ އަހައިލައްޗޭ.” މިހެން ބުނެފައި ހަސަން ނުކުމެގެން ދިޔައީ އެވެ.

އޮންދޯލީގައި އޮތް ނާއިލް ފެނިފައި ހަސަން ނާއިލް ކައިރީ އަށް ދިޔަ އެވެ. ރީހާން އާއި މައިހާ އަށް ވަދެވުނީ އެވަގުތު އެވެ.

“ކައޭ އަދިވެސް މިތާ ކީއްތިކުރަނީ؟ ކޮންމެހެން މިންހާ އާއި ދޭތެރޭ މާހާސްވެގެން އުޅޭނެ ކަމެއް ނެތް. އަހަރުމެން އެބަތިބިން އޭނަ އައް ބަލަން. ކައޭ މިތަނުން ދާން އުޅޭ.” ރީހާން ރުންކުރު ރާގަކަށް ނާއިލް އާއި ދިމާލަށް ބުންޏެވެ. އެއިގެން އެކަކަށް ވެސް ތަންކޮޅެއް ދުރުގައި ހުރި ހަސަން އެއް ނުފެނެއެވެ. ނާއިލް ވެސް ބަހެއް ނުބުނެ ނުކުމެގެން ދާންފެށި އެވެ.

“އޭތް! ނާއިލް! މަޑުކޮއްބަލަ!” ހަސަން ގޮވައިލިއެވެ. އެންމެން ސިހުނެވެ. ނާއިލް އެނބުރި ބަލައިލި އެވެ. “މަޑުކޮއްބަލަ. ވާހަކަ އެއް ދައްކަންށޭ.” އަރައި ހަމަ ކުރަމުން ހަސަން ބުންޏެވެ.

“މައިހާ ވަދޭ އެތެރެއަށް. މިހާރު ވަރަށް ލަސްވެއްޖެ.” މައިހާ ބަލަހައްތައިގެން ހުރުމުން ހަސަން ބުންޏެވެ. “ނާއިލް މިތާ އިށީންދެބަލަ.” އޮންދޯއްޔަށް އިޝާރާތް ކުރަމުން ހަސަން ބުންޏެވެ.

“އެއްޗެއް އަހައިލާށޭ.” ހަސަން މިހެން ބުނެފައި ބަލައިލީ ރީހާން އަށެވެ. “ރީހާން ވެސް ދެން ގެއައްދޭ. ނާއިލް އަށް ވަކިން ވާހަކައެއް ދައްކަން މިއުޅެނީ.”

ހަސަން ބުނުމުން ރީހާން އަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ނާއިލް އާއި ދިމާލައް ރުޅިވެރި ނަޒަރަކުން ބަލައިލައި ފައި ނުކުމެގެން ދިޔައީ އެވެ. އެމަންޒަރު ކިތަންމެހާ ވެސް ރީތިކޮށް ހަސަން އަށް ފެނުނެވެ.

-ނުނިމޭ-

 

 

Share Article

Follow Me Written By

flower_

Level 1

Other Articles

Previous

ވަސިއްޔަތް

Previews
June 30, 2026

ވަސިއްޔަތް



All Right Reserved!