ލޯބި-21
*ހަސަން ބުނުމުން ރީހާން އަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ނާއިލް އާއި ދިމާލައް ރުޅިވެރި ނަޒަރަކުން ބަލައިލައި ފައި ނުކުމެގެން ދިޔައީ އެވެ. އެމަންޒަރު ކިތަންމެހާ ވެސް ރީތިކޮށް ހަސަން އަށް ފެނުނެވެ.*
“ނާއިލް ވެސް އެއްވެސް ވާހަކަ އެއް ކިޔައެއް ނުދިން. ހަމައެކަނި ބުނީ މިން ވާކަހަ ދެއްކިއޭ. މިން ވަރަށް ރުޔޭ. ދެއްކި ވާކަހަ އެއް ނުބުނި.” މަޔާން މޮޅިވެރި ރާގަކަށް ބުންޏެވެ.
“އަޅޭ ދެން ކިހިނެއް އަހަރެންމެން ވެސް ކަމެއް ކޮއްދޭން އެނގޭނީ.” ރަނާ ވެސް އިނީ މާޔޫސް ވެފަ އެވެ. “މާދަން ހެނދުނުން މިން އަށް ވާހަކަ ދެއްކޭތޯ ބަލަނަން.”
މައިހާ ވަރަށް ބާރަށް ވަދެގެން ދިޔަ އެވެ.
“އަނެކާ އޭނަ އަށް ކިހިނެއްވީ؟” މަޔާން ވައި އަޑަކުން ބުނެލި އެވެ.
“ނޭނގެ. މަޔާން ދެން ދޭ. ނާއިލް ވެސް ހުންނާނީ ލަސްވެފަ. އަހަރެން މައިހާ އައް ވީ ގޮތެއް ވެސް ބަލައިލާނަން.”
“މިން އަށް އުނދަގޫވަނީއޯ އަބަދު މީހަކު ކައިރީގަ ހުންނާތީ. އެންމެން މާކަންތައް ބޮޑުކޮއްލާތީ ރުޅި އަންނަނީއޯ. އެހެންވެ ވަގުތު ކޮޅެއް ލިބުނީމަ ނުކުމެގެން ދިޔައީ.” ނާއިލް ވާހަކަ ދެއްކީ އިސްޖަހައިގެން ހުރެ އެވެ.
“ކީއްކުރާނީ. ކަން ހުރިގޮތުން އެހެން އުޅެވުނީ. ތިވަރު ވެސް ވިސްނައިނުލެވުނީ. މީ އަހަރެމެންނަށް ކުރެވުނު ކަމެއްގެ ޖަޒާ.” ހަސަން ބުންޏެވެ. ހަސަން ދައްކަން މިއުޅެނީ ކޮން ވާހަކައެއް ބާއޭ ނާއިލް ހިތައް އެރި އެވެ. އެވަގުތު ނާއިލް އަށް ގޮވައިލަމުން މާޔަން ނުކުތެވެ.
“ސޮރީ. މަ ބޭރުގަ މަޑުކޮއްލާނަން.” ނާއިލް ހަސަން އާއި ވާހަކަ ދައްކަން ހުރިތަން ފެނުމުން މަޔާން ބުންޏެވެ.
“ކަމަކުނުދާނެ. އާދޭ މިކޮޅަށް.” ހަސަން ބުންޏެވެ. މަޔާން ވެސް އައިސް އެތަނުން އޮދޯއްޔެއްގައި އިށީންދެލި އެވެ.
“ރަނގަޅަށް ގޮތް ނޭނގޭ ސޮރަކު ގޭގެ ކަންކަމުގައި ބައިވެރި ކުރެވުނީ. މައިހާ ވެސް ހުރީ ވަރަށް އުފަލުން. މިންހާ އަށް ވެސް ބެލީ އަމިއްލަ ކޮއްކޮ އަކައް ބަލާ ފަދައިން. މާ އަވަހައް ރީހާން ކަންކަމުގައި ބައިވެރިކުރެވުނީ. މިހާރު އޭނާ އެއުޅެނީ އޭނާ ބޭނުން ގޮތެއް މިންހާގެ ދިރިއުޅުމައް ހަދައިލަން. ކީއްކުރާނީ. މީ ހަމަ އަހަރެމެންނަށް ކުރެވުނު ކުށެއް.” ހަސަން ވާހަކަ ކުރި އަށް ގެންދިޔަ އެވެ. ނާއިލް އާއި މަޔާން އެކަކު އަނެކަކަށް ބަލައި ލައިފައި ކޮނޑު އަރުވައިލި އެވެ.
“ދެކުނީމޭ. ނާއިލް ދެކެ ހިތްހަމަނުޖެހިފަ ރީހާން ހުންނަނީ. ރީހާން ނުރުހެނީ ނާއިލް އާއި މިންހާގެ ގުޅުމަށް.” ހަސަން ނާއިލްގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. “ހާސްނުވޭ. އެއީ ރީހާން ނިންމަން ޖެހޭ ނިންމުމަށް ނޫން. ނާއިލްތީ ވަރަށް ރަނގަޅު ކުއްޖެ.”
“މަންމާ! ބައްޕާ! މީހެކޭ! ބައްޕާ!” މާޔާ ހަޅޭލަވައިގަތް އަޑައް ހަސަން ދުއްވައިގަތެވެ. ކޮޓަރީގައި އޮވެފައި މަރިޔަމް ވެސް ނުކުތެވެ. ‘ކިހިނެއްވިހޭ’ އަހަމުން ރިޝްފާ އާއި ރާމިޒާ ވެސް ބަދިގޭގައި ހުރެފައި އައެވެ.
ހަސަންގެ ފަހަތުން މަޔާން އާއި ނާއިލް އައް އާދެވުނު އިރު ރަނާ އާއި މިންނަ ދޮރުގައި ތަޅަމުން ދޮރު ހުޅުވުމަށް ގޮވަނީ އެވެ. ކައިރީގައި މައިހާ އާއި ހަނާ ވެސް ހުރެ މާޔާ އައް ގޮވަމުން ދިޔަ އެވެ.
“ސަލާމަތްކުރޭ!!!” މާޔާ ވަރަށް ބާރަށް ރޮއިގަތެވެ. މުހަންމަދު ވެސް ގެއަށް ވަދެވުމާއެކު އެކު އަވަހައް އެތަކެއް އައެވެ.
އިރުކޮޅަކުން އިވުނީ އެއްޗެހިތަކެއް އުކައިލި އަޑާއި މާޔާ ރޮއިގަތް އަޑެވެ.
“ކިހިނެއްވީ؟ ހާދަ އަޑުގަދައެއް؟” އަޑުގަދަވެގެން މިންހާ ވެސް ނުކުތެވެ.
“ދޮރު ހަލާކު ކޮށްލަންވީއެއްނު.” މުހަންމަދު ބުންޏެވެ. އަދި ރަނާ އާއި މިންނަ ދުރައްލި އެވެ.
މުހަންމަދާއި މަޔާން ތަޅު ހަލާކު ކޮށްލައިފައި ދޮރު ވަރަށް ބާރަށް ހުޅުވައިލިއެވެ. ފެނުނު މަންޒަރުން އެންމެންނަށް ހީވީ ފައި ދަށުން ބިންގަނޑު ދަމައިގަތްހެންނެވެ.
ކޮޓަރީގެ ކަނެއްގައި މާޔާ ރޯން އިންއިރު ލައިގެން އިން ހެދުމުގެ އެއް އަތް އޮތީ ވީދައިލައިފަ އެވެ. އޭރު ޒައިދު އާއި ޝާޔާން ހުރީ ކުޑަދޮރު ކައިރީގައި ކުޑަދޮރު ހުޅުވުމަށް ތައްޔާރުވެގެންނެވެ.
މަރިޔަމް އަޑުން އަޑުނަގައި ރޯންފެށިއެވެ. ރިޝްފާ އާއި ރާމިޒާ މަގޭ ދަރިއޭ ކިޔައި ރޮއިގަނެ މާޔާ ކައިރީ އައް ދިޔަ އެވެ.
ޒައިދު އާއި ޝާޔާން ކުޑަދޮރުން ފުންމާލައިގެން ދާން އުޅެން ފެށުމުން މުހަންމަދާއި އެކު މަޔާން އާއި ނާއިލް ގޮސް އެމީހުން ހިފަހައްޓައި ސިޓިންރޫމަށް ނެރުނެވެ. އޭރު ހަސަން އިނީ އިންތާ ގަނޑުވެފަ އެވެ. އެންމެން ރޮމުން ދިޔަ އިރު މިންހާގެ ހެއައް ގޮތްވި އެވެ. ރަނާ އަވަހައް ގޮސް މިންހާ ސޯފާގައި ބެއިންދިއެވެ.
މަރިޔަމް ފެނުމުން ޒައިދު އާއި ޝާޔާން މައިތިރިވި އެވެ.
“މުހަންމަދު! ތިނުބައި ނުލަފާ ހަޑިމުޑުދާރު ދެމީހުން ގެންގޮސް ޕޮލިހުންނާއި ހަވާލުކުރޭ!” ރޮމުން މަރިޔަމް ބުންޏެވެ.
“މަންމާ! މަންމަގެ އަމިއްލަ ދަރިން ފުލުހުންނާ ހަވާލު ކުރަން ތި އުޅެނީ. މަންމާ އައް ބަލަންތިބި މަންމަގެ ދެ ފިރިހެން ދަރިން. ކޮންފަދަ މަޔަކު އެފަދަ ކަމެއްކުރާނީ.” ކުރި ކަންތަކާއި މެދު ލަދުވެސް ނުގަންނަ ހާލުގައި ޝާޔަން ވާހަކަ ދެއްކި އެވެ.
“ތީ މަގޭ ދަރިންނެއް ނޫން. މުހަންމަދު މިދެމީހުން އަހަރެންގެ ލޯ ކުރިމަތިން ގެންދޭ.”
“މަންމާ ކެތްތެރިވޭ. ޕޮލިހުންނާއި ގުޅައިފިން. އެބަ އާދޭ.”
ލަސްތަކެއްނުވެ ފުލުހުން އައެވެ. މާޔާ ގެ ބަޔާން ނެގި ޒައިދު އާއި ޝާޔާން ގެންދެވުނެވެ.
“ދަރިފުޅާ! ހަނާ! ބަލާ ދަރިފުޅުގެ ބައްޕައޭ މިއޮއް ގެންދަނީ. ދަރިފުޅާ! މިމީހުން ހުއްޓުވާ.” ޒައިދު ގޮވަން ފެށި އެވެ.
“ހަނާގެ ބައްޕަ އެއް ނޫންތީ. ހަނާގެ ބައްޕަ އެކަހަލަ ކަމެއް ނުކުރާނެ.” ހަނާ ރޮމުން ބުންޏެވެ. ޒައިދު ކަރު އެލުނެވެ.
ރިޝްފާ އާއި ހަސަން އާއި އެކު މައިހާ އާއި މުހަންމަދު މާޔާ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އެވެ.
ޖެހިގެން އައި ދުވަހު ހެނދުނު ޒައިދު އާއި ޝާޔަން މާލެ ގެންދެވުނެވެ. އިތުރަށް މައްސަލަ ތަހުގީގު ކުރަމުން އެނގުނީ އެދެމީހުން ވަޒީފާގެ މާހައުލުގައި ވެސް އަންހެން މުވައްޒަފުންނާއި ދޭތެރޭގައި ވެސް އެފަދަ ގޮތަކައް އަމަލުކޮށްފައިވާ ކަމެވެ.
އާއިލާގެ އިތުރު ބަޔަކު ނެތި ހަނާ ހަވާލުކުރޭވުނީ ރައުރާ އާއި ނަދީމަށެވެ. ތިން މަސް ފާއިތުވެގެން ދިޔައިރު ކަންކަން ދިޔައީ މަޑުމަޑުން ހަމައަކަށް އެޅެމުންނެވެ. ހަނާ އާއި މާޔާގެ ހާލުވެސް ދިޔައީ ރަނގަޅުވަމުންނެވެ.
އެއްރެއެވެ. ރަނާ ކޮޓަރީގައި އޮއްވައި މައިހާ ވަދެގެން އައެވެ. ވަރަށް އާދައިގެ ގޮތަކަށެވެ.
“މިންހާ ކޮބާ؟” މިންހާ ފެންނަން ނެތުމުން މައިހާ އަހައިލި އެވެ.
“ނާއިލް އާއި އެއްކޮށް ބޭރައް ދިޔައީ.”
“ކީއްވެ މަށަށް ނޭނގުނީ؟ކީއްވެ މިންހާ މަގޭ ކައިރީ ނުބުނެ ދިޔައީ؟” މައިހާ އަހައިލި ހިތްހަމަނުޖެހިފައެވެ.
“މިންހާ ބޭނުމެއްނުވޭ މައިހާ ކައިރީ ހުރިހާ ވާހަކައެއް ބުނާކަށް. އެހެން ނޫނަސް ވެސް މައިހާ އަށް އިނގިޖެއްޔާ މިންހާ ދިޔަނުދޭން ކޮންމެވެސް ކަމެއް ކުރާނަމެއްނު.” މައިހާ އާއި ދިމާލަށް ބަލައިލުމެއް ވެސް ނެތި ރަނާ ބުންޏެވެ. މައިހާ ރަނާ އާއި ދިމާލައް ފާޑަކަށް ބަލައިލި އެވެ. “ތިގޮތަށް މަށާ ދިމާލަށް ބަލާނެކަމެއް ނެތް. މަށަށް އިނގެއޭ ހުރިހާކަމެއް.”
“ދެން އެހެންވީ އިރު މަށަށް ކަމެއްކޮއްދޭންވީނު.” ރަނާ އެއްވެސް އެއްޗެކޭ ބުންޏެވެ. “ނާއިލް ރަނގަޅެއް ނޫން. މިން އަށް އެއަށްވުރެ ރަނގަޅު މީހަކު ޑިޒާވް ވަނީ. މިން އަށް އެކަން ވިސްނައިދީބަލަ. ރަނާ ދައްކާ ވާހަކަ އަޑުއަހައެއްނު.” ރަނާ ކައިރީގައި އިށީންނަމުން މައިހާ ބުންޏެވެ.
“ސޮރީ. މަ ނުކުރާނަން ތި ކަމެއް. މަށަކަށް ނޭނގެ މައިހާ ނާއިލް ދެކެ ކުއްލިއަކަށް ރުޅި އަންނަންވީ ސަބަބެއް. ކުރިން ހަމަ ވަރަށް ސްޕޯޓިވް. މަށަކައް ހަމަގައިމުވެސް ނުފެނެ ނާއިލްގެ އެއްވެސް މައްސަލައެށް.”
“ނުފެނޭތަ. ނާއިލް އާއި ހެދި އޭ މިން އެހާ ބޮޑައް ބަލިވީ. މަ ވިސްނާނެއްނު މަގޭ ކޮއްކޮ އާއި ދޭތެރޭ.” މައިހާ ރުޅިވެރި ރާގަކަށް ބުންޏެވެ.
“މިން ބަލިވީ މައިހާ އާއި ހެދި. އެދެމީހުންގެ ދެމެދު މައްސަލަތައް ވެސް ޖެހުނީ މައިހާ އާއި ހުރެ. ކޮންމެ ނޯމަލް އިންސާނަކައް ވެސް ރިއެކްޓް ކުރެވޭނީ އެފަދަ ގޮތަކައް. އެ ދެމީހުންނާއި ނުބެހި ދުރުގަ ކުރިއްޔާ ރަނގަޅުވާނީ. މިން ވެސް އެއީ ހެޔޮ ނުބައި ވިސްނޭ ވަރު ކުއްޖެއް.” ރަނާ ކޮޓަރިން ނުކުމެގެން ދިޔަ އެވެ.
“ނާއީ. އަހަރެން ވާހަކަ އެއް ބުނަން ބޭނުން.” މިންހާ އިސްޖަހައިލައިގެން ހުރެ ބުންޏެވެ.
“ހީމް…އަޑުއަހަން މިހުރީ.”
“ހަފްތާ އެއް ތެރޭ އަހަރެން މިއުޅެނީ ދާން.”
“ކޮންތާކަށް!؟” ނާއިލް ހިނގަ ހިނގާ ހުރެފަ ހުއްޓުނެވެ.
“ސްކޯލާޝިޕް އެއް ލިބިގެން. މެލޭޝިއާ އައް ދާން. ހުރިހާ ކަމެއް ހުރީ ހަމަޖެހިފަ. ދެދުވަހެއްތެރޭ މާލެ ދާނަން.”
“އަދި ތިބުނަނީ؟ ކީއްވެ ކުރިން ނުބުނީ؟ ދެން އަހަރެން؟”
“އަހަރެން ކިޔަވާ ނިމިގެން އަންނާނެއްނު. ދެން ނާއީ ވެސް މާލެ ދާނީ. ނާއީ ބުނީމެއްނު އެއްޗެއް ކިޔަވަން ފަށަން އުޅޭ ވާހަކަ.” ނާއިލްގެ މޫނަށް ބަލައިލަމުން މިންހާ ބުންޏެވެ.
“މިން ކައިރީ މަޑުކުރާށޭ މަ ނުދިޔައީ އެހާ ގަނގަޅު އޮފަރ އެއް ލިބުނީމަ ވެސް. އެކަމަކު މިން ތިހިރީ މަށަށް ހެދިގޮތް.” ނާއިލް ފުން ނޭވާއެއް ދޫކޮއްލި އެވެ. “މިން އަށް އެނގޭނެ މަ އެ އޮފަރ ބޭނުންވި ވަރު.”
“އަހަރެން ނުބުނަމެއްނު ނާއިލް ކައިރީ މަޑުކުރާކަށް. އަހަރެން ދުވަހަކު ވެސް ނާއިލްގެ ކަމަކަށް ހުރަހެއް ނާޅަން.” އިރުކޮޅަކު ހުރުމަށް ފަހު މިންހާ ބުންޏެވެ.
“އޯކޭ. އެހެންވީމަ މިންހާ އެއްވެސް ވަރަކަށް އަހަރެން ވެލިއުއެއް ނުކުރަން ދޯ. މިންހާ ބޭނުންގޮތެއް ހަދާ.” މިހެން ބުނެފައި މިންހާ ހުރިތާ ބައިންދާފައި ނާއިލް ދިޔައީ އެވެ.
ޖެހިގެން އައި ދުވަސްތަކުގައި މިންހާ ގުޅުމުން ވެސް ނާއިލް ފޯނެށް ނުނަގައެވެ. މެސެޖު ކުރަމުން ވެސް ޖަވާބެއް ނުދެ އެވެ. އޭނާ އެއްވެސް ވަރަކަށް މިންހާ އާއި ވާހަކަ ދައްކާކަށް ބޭނުމެއްނުވި އެވެ. މިންހާ ހުރީ އެކަމާ ވަރަށް ބޮޑައް ހިތުގައި ޖެހިފަ އެވެ.
*7 އަހަރު ފަސް*
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަރައިވަލް އިން ނުކުމެގެން ދިޔަ ހުދު އަތްދިގު މަތިކޮޅަކާއި މަޑު ނޫކުލައިގެ ޖީންސެއް ގައި އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލެވިފައި ހުރީ އަންހެން ކުއްޖާ ޓްރޯލީ އެއް ކޮއްޕަމުން ދިޔައިރު އެތައް ބައެއްގެ ނަޒަރު އެ އަންހެން ކުއްޖާ އަށް ހުއްޓިފައި ވިއެވެ.
