Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 19

Shyyyms
Shyyyms Level 510 Stories100 Login100 Comments
July 2, 2026 5 Mins Read
5 Comments

ޒިވްޔާއަށް ހޭވެރިކަން ވުމާއެކު މަޖުބޫރުވީ އަލުން ދެލޯ މަރާލާށެވެ. އޭނާއަށް އޮވެވުނު މާޙައުލުގެ އަލިގަދަކަމުންނެވެ. ދެލޯ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް މަޑުމަޑުން ޒިވްޔާ ދެލޯ ހުޅުވާލިއެވެ. ދެލޯ މަޑުމަޑުން ތަޅުވާލުމަށްފަހު އެ އައްޔަށް ހޭނޭތޯ މަސައްކަތް ކޮށްލިއެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި ގަދަ ވޭން އަޅަމުން ދިޔައެވެ. ހީވަނީ ދެންމެ ދެންމެ އަކު އޭނާގެ ކަށިތައް ބިންދަ ބިންދައިގެންފާނެ ހެނެވެ. އޭނާއަށް ކުކުރާލެވުނީ އެތަދަށް ކެތް ނުވުމުންނެވެ. އެއާއެކު ވަގުތުން ދުމްޔާގެ އަޑު އިވުނެވެ.

“ޒިވީ. ދަރިފުޅާ.” އެ އަޑުގައި ވަނީ ވޭނެވެ. މާޔޫސް ކަމެވެ. އަނެއްކާ މަންމައަށް ކަމެއްވީ ބާވައެވެ؟

“މަ- މަން..މަ.” ޒިވްޔާއަށް އޭނާގެ އަޑު ބޭރު ކުރެވުނީ ވަރަށް ވެސް ހާލުންނެވެ. ދެލޯ ތަޅުވާލުމަށްފަހު އަނެއްކާވެސް ބަލާލިއެވެ. އޭނާގެ މަންމަގެ މޫނު އެހާ ކައިރިން ފެނުމުން ސިހުނެވެ. ނަމަވެސް އޭނާއަށް ހައިރާން ކަމެއް ފެނުނީ އޭނާގެ މަންމަގެ ރަތްވެ ދުޅަވެފައިވާ ފައިވާ ދެލޮލާއި މޫނު ފެނުމުންނެވެ. ހީވަނީ އެތައް ދުވަހެއް ވަންދެން ނުނިދާ ހުރި ހެނެވެ. އޭރުވެސް އެދެލޮލުގައި ނުހިކި ކަރުނަތައްވިއެވެ.

“ދަރިފުޅާ…” ޒިވްޔާ އަސްލުވެސް ހޭއެރީކަން އެނގުމުން ދުމްޔާ ރޮއިގަތެވެ. އޭނާގެ ދެލޮލުން ކަރުނަގަނޑު ހޯސްލާފައި ފައިބައިގަތެވެ. އޭނާގެ ލޯބިވާ ދަރިފުޅު އޮތްހާލުން އޭނާގެ މައިވަންތަ ލަގޮނޑިއަށް ކެތް ނުވީއެވެ. އޭނާއަށް ޒިވްޔާގެ ގައިގައި އޮޅުލައިގަނެވުނެވެ.

 

ވަގުތުން ޒިވްޔާއަށް ރޮއެގަނެވުނެވެ. އޭނާގެ ގައިގައި އަޅައިގަތް ވޭނުންނެވެ. އެއާއެކު ދުމްޔާ އަވަސް އަވަހަށް ޒިވްޔާގެ ގައިން ދޫކޮށްލިއެވެ. އަދި މަޢާފަށް އެދެންފެށިއެވެ. “ސޮރީ ސޮރީ.. ދަރިފުޅާ… މަންމަ- މަންމައަށް މަޢާފު ކުރޭ.. ދަ-ދަރި-ފުޅާ…. މަންމަގެ ލޯ-ބިވާ ދަރި…ފުޅާ… ހެޔޮނުވާނެ… މަންމައަށް މަޢާފު ކުރޭ….” ދުމްޔާ ޒިވްޔާގެ އަތުގައި ހިފާ ރޯންފެށިއެވެ. އަދި އެއަތަށް ބޮސްދޭންފެށިއެވެ.

ދުމްޔާ އުޅެމުން ދިޔަ ގޮތުން ޒިވްޔާގެ ހިތަށް އަސަރުކުރިއެވެ. އަދި ހައްތާ ބޮޑަށް ރޮވުނެވެ. ވެގެން އުޅޭ ގޮތެއް ނޭނގިފައި ޒިވްޔާ ދިޔައީ ރޮމުންނެވެ. އޭނާ ވަށައިގެންވާ މާޙައުލަށް މަޒަރު ހިންގާލިއެވެ. އޭރު އޭނާއަށް އޮއެވުނީ ހޮސްޕިޓަލުގައި ކަން އޭނާއަށް އެނގުނެވެ.

ދުރުގައި ހުރި އޭނާގެ ބައްޕަ އަޒްހިރް ފެނިފައި އިތުރަށް އޭނާގެ ސިކުނޑީގައި ސުވާލުތައް އުފެދުނެވެ. މިވަނީ ކިހިނެއްބާވައެވެ؟ އޭނާގެ ބައްޕަ އާއި މަންމަ އެރޮނީ ކީއްވެ ހެއްޔެވެ؟ އޭނާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި މިއޮތީ ކީއްވެ ހެއްޔެވެ؟ ވިސްނާ ވިސްނާ އޭނާގެ ސިކުނޑި ސުމަކަށް ދިޔަ ކަހަލައެވެ.

ރޭގައި އޭނާ އުޅުނީ ޔަޝްމީމެން ގޭގައެވެ. އެކުގައި ޕިއްޒާ ވެސް ކެޔެވެ. ޕިއްޒާ ކެއި ފަހުން އިތުރަށް ވީ އެއްވެސް ކަމެއް ޒިވްޔާއަކަށް ހަނދާނެއް ނުވެއެވެ. އަނެއްކާ އޭގެ ފަހުން ނުދުނީ ބާވައެވެ. އެހެންވީރު މިހާރު އޭނާ ހޮސްޕިޓަލުގައި މިއޮތީ ކީއްވެ ބާވައެވެ.

 

އެވަގުތު އެތަނަށް ދެ ޑޮކްޓަރުން އައެވެ. އަދި ޒިވްޔާ ގާތު އެއްވެސް ކަމެއް ހަނދާން ހުރިތޯ ސުވާލު ކުރަން ފެށިއެވެ. ޒިވްޔާ ތެދުތެދަށް ޖަވާބު ދިނެވެ. އެ ޑޮކްޓަރުން ނުކުތުމާއެކު އެތަނަށް ދެ ފުލުސް އޮފިސަރުން ވެސް އައެވެ. އެމީހުންވެސް ރޭގައި ވީ ކިހިނެއްތޯ ސުވާލު ކުރިއެވެ. ނަމަވެސް ޒިވްޔާގެ އެއްވެސް ހަނދާނެއް ނެތެވެ. އެހެންކަމުން ހަނދާން ވެއްޖެނަމަ ގުޅަން ވީ ނަންބަރެއް ދިނުމަށް ފަހު އެމީހުން ޒިވްޔާގެ މަންމަ އާއި ބައްޕަ އާއި ވަކިން ވާހަކަ ދެއްކުމަށް އެދުނެވެ.

ޒިވްޔާގެ މުޅި ހަށިގަނޑުގައި ވޭން އަޅަމުން ދިޔައެވެ. ހާއްސަކޮށް އޭނާގެ ބަނޑުން ތިރިއެވެ. ވެފައިވާ ގޮތެއް ބަލާލަން ތެދުވަން އުޅުނު ނަމަވެސް އޭނާގެ ގައިގައި އެ ހިތްވަރެއް ނެތެވެ. އޭނާގެ މޭގައި ރިއްސައިގަތެވެ. އެހެން ކަމުން މަޑުމަޑުން ހިތާވީ ފަރާތުގައި އަތް އަޅާލިއެވެ. އަދި މަޑުމަޑުން ނޭވާ ލާން މަސައްކަތް ކުރިއެވެ. އިރުކޮޅެއް ނުވެ ޑޮކްޓަރެއް އައެވެ.

………

 

ނިދިފައި އޮތް ޒިވްޔާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭރު މުޅި މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައިރު އޭނާގެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އޭނާގެ ހިތުގެ ވިންދު އަވަސް ވެފައި ވީއިރު އޭނާގެ ދެއަތުން މޭގައި އަތް އެޅިފައިވިއެވެ.

އައި ނައި ދިމާއެއް ނޭނގި އޭނާގެ މަންމަ ދުމްޔާ އައިސް އޭނާގެ ގައިގައި އޮޅުލައިގަތެވެ. އެއާއެކު ޒިވްޔާއަށް ރޮއެގަނެވުނެވެ. ގިސްލަގިސްލާފައި އެފަކީރު ރޮމުން ދިޔަ އަޑު އިވިއްޖެ ކޮންމެ މީހެއްގެވެސް ހިތް ކުދިކުދި ވާނެކަން ގައިމެވެ. ހަމަ ޔަގީނުންވެސް އޭނާގެ ލޯބިވާ ދަރިފުޅު ރޮމުން ދިޔަ ގޮތް ފެނިފައި ދުމްޔާގެ ހިތުން ލޭކޮށާލައިފިއެވެ.

“ދަރިފުޅާ.. ހުއްޓާލާ މަންމަގެ ދޫންޏާ… އިޓްސް އޯކޭ.. އައިމް ހިޔާ.” ދުމްޔާ ޒިވްޔާގެ ގައިގައި ފިރުމަމުން ދިޔައެވެ. އޭނާގެ ހިތް ކުދިކުދި ވަމުން ދިޔަ ނަމަވެސް އޭނާއ ހިތްވަރުކުރަން މަޖުބޫރުވީ އޭނާގެ ލޮލުގެ ކޮއެ ފަދަ ލޯބިވާ ދަރިފުޅަށް ޓަކައެވެ. އެފަކީރަށް މިވަގުތު އެއަށް ވުރެ މާ އަސަރު ކުރާނެ ކަން އެނގޭތީއެވެ. މިވަގުތު ޒިވްޔާއަށް އެންމެ ބޮޑަށް ބޭޏުންވާނީ އޭނާގެ މަންމަ ރޯތަން ދުށުމަށް ވުރެ ހިތްވަރުދިނުމެވެ. އޭނާގެ މަންމަ އަބަދުވެސް އޭނާގެ ގާތުގައި ހުންނާނެކަން ދައްކާދިނުމެވެ.

 

ދުމްޔާގެ ހަނދާނަށް އައީ މިއަދު ޒިވްޔާގެ ހާލާއި ބެހޭގޮތުން ޑޮކްޓަރ އެލެކްސް ބުނި ބަސްތަކެވެ. “ފިޒިކަލީ، ޝީ އިޒް ސްޓޭބަލް. ސައިކޮލޮޖިކަލީ، ޝީ ހޭޒް އެކްސްޕީރިއެންސްޑް އެ ޓްރައުމާ ދެޓް އިޒް ވެރީ އެކްސްޓްރީމް. އެޓް ދި މޮމެންޓް، ވީ ބިލީވް ޝީ އިޒް އެކްސްޕީރިއެންސިން ޑިސޯސިއޭޓިވް އެމްނީޝިއާ. ހާ މައިންޑް ހޭޒް ބްލޮކްޑް މެމޮރީސް އޮފް ދި އިވެންޓް އޭޒް އެ ޕްރޮޓެކްޓިވް ރެސްޕޮންސް. އޯވާ ޓައިމް ޝީ މޭ ރިމެމްބާ ފްރެގްމެންޓްސް، އެސްޕެޝިއަލީ އިފް ޝީ އިޒް އެކްސްޕޯޒްޑް ޓު ސާޓެއިން ޓްރިގާސް.. އަންފޯޓިއުނޭޓްލީ ވީ ޑޯންޓް ނޯ ވެން އޮރް އިފް ހާ މެމޮރީސް ވިލް ރިޓާން. އޭޒް ފޯ ރައިޓް ނައު.. ދި ޕްރިއޮރިޓީ އިޒް މޭކިން ޝުއާ ޝީ ފީލްސް ސޭފް އެން ބިގިންސް ޓްރައުމަ-ފޮކަސްޑް ތެރަޕީ.”

 

ރޮއެރޮއެ ގޮސް މީހާގެ ގައިން ވާގި ދިޔައިރުވެސް ޒިވްޔާއަށް އަމިއްލަ ނަފްސު މި ރޮނީ ކީއްވެ ކަމެއް ހަމަ ނުވިސްނުނެވެ. އެހެންނަމަވެސް ކުރާނީ ކީއްހެއްޔެވެ؟ އޭނާގެ ހިތުގައި ވޭން އަޅަނީއެވެ. އޭނާގެ ހިތް ޝަކުވާއިން ފުރެނީއެވެ. އެއީ ކީއްވެގެން ކަމެއް ހުދު އޭނާއަށް ވެސް ނުވިސްނުނެވެ. ނަމަވެސް ކޮންމެވެސް ބޮޑުކަމެއް ވެއްޖެ ކަން އެނގުނެވެ.

ޒިވްޔާ މިއަދު ދުމްޔާގެ އެހީގައި ފާހަނާއަށް ދިޔައިރު އަމިއްލަ ސޫރަފެނުނެވެ. މުޅި މޫނު މަތީގައްޔާއި މުޅި ގައިގައި ހުރީ ހުސް ނޫފައިގަތްފައެވެ. މުޅި ހަށިގަނޑުގައި ވަނީ ހުސް ޒަހަމެވެ. ލަކުނެވެ. ހީވަނީ އޭނާގެ މުޅި ގައިގައި މީހަކު ތަޅާފަތް ހުރި ހެނެވެ. އެހިސާބުން ނިމުނީކީ ވެސް ނޫނެވެ. އޭނާއަށް ކުޑަކަމުދާން ވެސް ވަނީ ބޮޑު ވޭނަކަށެވެ. އޭނާގެ ސިކުނޑި އޭނާއަށް އެއްޗެއް ބުނަމުން ދިޔައެވެ.

އެހެންނަމަވެސް ޒިވްޔާ އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ. ކުށްހީ އަކަށް ވެސް ވެދާނެ ވިއްޔާއެވެ. އެކަހަލަ އެއްޗެއް ހިތަށް އަރުވަން ވެސް ނުވާނެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑުގައި އެވާ ޒަހަމްތަކަށާއި އެއަޅާ ވޭނަށް ދިމާވާ ހަމައެކަނި ޖަވާބަކީ ވެސް އެޔެވެ. އެހެނަސް އެހެން ވާންވީ ސަބަބެއް ނެތެވެ. އޭނާއަށް ހަނދާން ނުވިޔަސް އޭނާ އެންމެ ފަހުން ހުރީ ޔަޝްމީ މެން ގޭގައެވެ. އެ ކޮޓަރީގައެވެ.

އަނެއްކާ އަނެއްކޮޅުން ޔަޝްމީ އާއި ހަޔާލްގެ ހަބަރެއް ވެސް ނުވެއެވެ. އަނެއްކާ އެމީހުން ކޮބާ ބާވައެވެ؟ އޭނާގެ އެކުވެރިންގެ ހާލު ރަނގަޅު ބާވައެވެ؟ ޒިވްޔާ ހިތާ ހިތުން ދުޢާ ކޮށްލީ އޭނާގެ ލޯބިވާ ދެ އެކުވެރިންނަށް އޭނާއަށް ޖެހުނު ޙާލު ނުޖެހޭނެ ކަމަށެވެ. އެމީހުން ތިބީ ހެޔޮ ޙާލުގައި ކަމަށެވެ.

————

 

ޔަޝްމީ އޭނާގެ ގޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. އޭނާގެ ބޮލުގައި ހީވަނީ މަރުތޭލަކަމުން ތަޅާ ހެނެވެ. އޭނާގެ ދެލޯ ރަތްގެ ދުޅަވެފައި ހުރި އިރު އިސްތަށިގަނޑޫ ހުރީ އެއްކޮށް ހޭވިފައެވެ. އޭނާ ގިސްލަމުން ބޮލުގައި ތުރުތުރު އަޅާ ދެއަތް ހާކާލިއެވެ. “ދިސް އިޒް އޯލް މައި ފޯލްޓް.”

އޭނާގެ ހަނދާނަށް އައީ ރޭގެ ހަނދާންތަކެވެ.

…………..

 

ބަދިގެއިން ފެނުނު މަންޒަރުން އޭނާ އަޑުގެ ނެތްތަނަށް ހަޅޭލަވައިގަންނަމުން ދުއްވައިގަތެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގި ދުވަމުން ގޮސް ފައިގައި އެއްޗެއް އަޅައިގަނެގެން އޭނާ ވެއްޓެން ދިޔަ ވަގުތު އޭނާގެ އުނަގަނޑުގައި މީހަކު ހިފެހެއްޓިއެވެ. “ކެއަފުލް، ލަވް.”

އެހާ ކައިރިން ޝަޔާލްގެ އަޑު އިވުމުން ޔަޝްމީގެ އަތުގެ ލޯލިތައް ކޮޅަށް ޖެހުން ކަހަލައެވެ. ނަމަވެސް ބަދިގެއިން ފެނުން މަންޒަރު ހަނދާން ވުމުން ޝަޔާލްގެ ގައިގައި އޮޅުލައިގަތެވެ. “ވޮއަހް!!! ލަވް، ކާމް ޑައުން.” ޝަޔާލް ހިނިގަނޑެއް ޖަހާލިއެވެ. އަދި ޔަޝްމީ ގެނެސް އޭނާގެ ގަޔާއި ކައިރި ކޮށްލިއެވެ.

“ޝަ-ޝަޔާލް… ދެއަ.. އިޒް..ސަ-ސަމްތިން.. އި-އިން ދި… ކިޗެން…” އަޅަ އަޅައިގަންނަމުން ޔަޝްމީ ވާހަކަ ދެއްކިއެވެ. ޝަޔާލްގެ ގާތަށް އިތުރަށް ހިނިއައެވެ. “އެހެންތަ؟ މަސްޓް ބީ ވެރީ ސްކެއަރީ، ހަހް؟”

“އަޅޭ.. ސީރިއަސްކޮށޭ.”

 

“އެހެންތަ؟ ދެން ލެޓް މީ އާސްކް ޔޫ އެ ވެރީ އިންސޭންންންލީ ސީރިއަސް ކުއެސްޝަން، ލަވް.” ޝަޔާލް ކުރިއަށް ފިޔަވަޅު އަޅަން ފެށިއެވެ. އެއާއެކު ޔަޝްމީއަށް ފަހަތަށް ފިޔަވަޅު އަޅަން މަޖުބޫރުވިއެވެ. ޔަޝްމީ ގޮސް ލަށްވީ ފާރުގައެވެ. “ޓެލް މީ ލަވް.. އަހަރެންގެ ކޮންފެޝަނަށް ދޭނެ ޖަވާބަކާ މެދު ވިސްނާލައިފިންތަ؟”

ޝަޔާލް ކޮށްލި ސުވާލުން ޔަޝްމިގެ މުޅި މޫނު ރަތްވިއެވެ. ނަމަވެސް މިއޮށް ކަނު އަނދިރީގައި ޝަޔާލަކަށް ނުފެންނާނެ ވިއްޔާއެވެ. “ދެން.. ތީ ކޮން ސުވާލެއްތަ މިގަނޑީގައި އަހަން؟” ޔަޝްމީ އަހާލިއެވެ.

“ވައި؟ ކޮންމެތާކު ކޮންމެ ވަގުތަކު ވެސް އަހާލެވޭނެ ސުވާލެއް އެއީ.. ޓެލް މީ ޝިމް.. އާއެކޭ ނުވަތަ.. އުހުން.. ހަމަ އާއެކޭ..” ޝަޔާލްގެ އަޑުގައި ވަނީ ހުނުމެވެ. “ނޫނެކޭ ބުނެފިއްޔާ؟” ޔަޝްމީ ލޯ އަނބުރާލަމުން އެހެން ބުނީ ޝަޔާލަށް ޖެއްސުމަށެވެ.

 

“ލެޓް މީ ރިޕީޓް ވަޓް އައި ސެއިޑް ފޯ ޔޫ، މައި ލަވް. އާއެކޭ ނޫނީ ދެން ވެސް އާއެކޭ.. ނޫނެކޭ ކިޔާ އޮޕްޝަނެއް ނެތް.” ޝަޔާލް ޔަޝްމީގެ މޫނުގައި ހިފަހައްޓާލިއެވެ. އެއާއެކު ޔަޝްމީގެ ނޭވާ ތާށިވި ކަހަލައެވެ. “އާއެކޭ؟ ނޫނީ އާއެކޭ އޭ؟ ދެން ތީ ކޮންކަހަލަ ސުވާލެއް. ހުއް. ނޫޅެން ޖަވާބެއް ދޭކަށް ވެސް ތިހެންވީރު.” ޔަޝްމީ މަޖަލަކަށް އެހެން ބުނުމަށްފަހު އުޅުނީ ޝަޔާލް ކޮށްޕާލާށެވެ. ނަމަވެސް ޝަޔާލެކޭ ބޮޑޫ ހިލަގަނޑެކޭ ތަފާތެއް ނެތެވެ. އޭނާ އެންމެ ތަންކޮޅެއް ވެސް ގުޑާ ނުލިއެވެ. “ހައު ކިއުޓް.” ޝަޔާލް އެހެން ބުނެލި އަޑު އިވުނެވެ.

“ވެލް ސްޓިލް.. ޝިމް.. ދެން ދީބަ އާންސާ އެއް. އަހަރެން މިހާރު މިހުންނަނީ ކެތްމަދުވެފަ ޝިމްގެ އާންސާއެއްގެ އިންތިޒާރުގަ. ހެޔޮނުވާނެ ދެން އަހަރެން ތިވަރަށް ނުތަޅުވަބަލަ.” ޝަޔާލް ޔަޝްމީގެ ކަނާތު އަތުގެ ހުޅުގައި މަޑުމަޑުން ހިފާލުމަށްފަހު ގެނެސް އޭނާގެ މޭގެ ހިތާވީ ފަރާތުގައި ޖައްސާލިއެވެ. “ޑޫ ޔޫ ފީލް އިޓް، ލަވް؟ މައި ހާޓް.. އިޓްސް ބީޓިން ސޯ ފާސްޓް. އެން ލަވް، ތީ އޭގެ ސަބަބަކީ. އަހަރެންގެ ހިތުގެ ވިންދު އެހާ އަވަސް ވެފައި މީ ޔަޝްމީ އާ ހެދި. ޔަޝްމީ ތިހާ ކައިރީ ހުރީމަ. އަހަރެންގެ ހިތް އެދެނީ ޔަޝްމީ. ސޯ ލަވް، ފްލީޒް. ދެން އިތުރަށް އަހަރެން ނުތަޅުވާ..” ޝަޔާލްގެ އަޑުގައި ވަނީ އިންތިހާއަށް ލޯތްބެވެ.

 

ގަތްފައި ހުރި ލަދުން ޔަޝްމީއަށް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެންކަމުން މަޑުމަޑުން އަތް ތިރިކޮށްލުމަށްފަހު ޝަޔާލްގެ ތަނަވަސް މޭގައި ބޮނޑިވެލިއެވެ. ޝަޔާލްވެސް ވަގުތުން ޔަޝްމީގެ ގައިގައި އަތް ވަށާލިއެވެ. “ގޯޑް.. ޝިމް.. އިޒް ދިސް އެ ޔެސް؟ ޕްލީޒް ޓެލް މީ.” ޝަޔާލްގެ ހިތުގެ ހިނގުން އިތުރަށް އަވަސް ވެގެން ދިޔަ ކަން ޔަޝްމީއަށް އިހުސާސް ކުރެވުނެވެ. އެއާއެކު އޭނާގެ ހިތް ވެސް ނަށާލި ކަހަލައެވެ.

ޔަޝްމީ މަޑުމަޑުން ބޯ ޖަހާލިއެވެ. “ހުމްމްމް. ޔެސް އޭ.” އަދި މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޝަޔާލް ޔަޝްމިގެ ގައިގައި އިތުރަށް ބައްދާލިއެވެ. “އަސްލުވެސްތަ؟ ގޯޑް. ލަވް، ޔޫ މޭޑް މީ ދި ހެޕިއެސްޓް މޭން އެލައިވް. ތެންކިޔޫ ސޯ މަޗް.” ޝަޔާލް ޔަޝްމީގެ މޫނުގައި ހިފައި އޭނާއާއި ދިމާއަށް އުފުލާލިއެވެ. އަދި މަޑުމަޑުން ޔަޝްމީގެ ނިތްކުރިއަށް ބޮސްދިނެވެ.

“އައި ލަވް ޔޫ ސޯ މަޗް، ޝިމް.”

“އައި ލަވް ޔޫ ޓޫ.. ޝަޔާލް.”

ދެމީހުން ލޯބީގެ މާބަގީޗާގެ ތެރޭގައި ފީނަމުން ދިޔައިރު ކަމެއް ގޯސް ވެގެން އުޅޭ ކަމުގެ ހިލަމެއްވެސް އޭރު ނުވެއެވެ.

===========

 

މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން.

ޑިސޯސިއޭޓިވް އެމްނީޝިއާ އާއި ބެހޭގޮތުން އަޅުގަނޑު އެއްވެސް ނުބައި މަޢުލޫމާތެއް ލިޔެވިއްޖެނަމަ އެކަން ކޮމެންޓް ސެކްޝަން ގައި އަޅުގަނޑަށް އަންގާލަ ދެއްވުން އެދެން.

I haved made a separate insta grp for my stories. If you’d like to join send a message to my insta page: shyyyms_writes

ޝައިމްސް.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ހިމޭން 5

Previews
July 2, 2026

ހިމޭން 5

5 Comments!

  1. Azu says:
    July 2, 2026 at 1:01 pm

    Oh God
    I Feel Bad For Zivy… Poor Her. I Hope She Gets Better Soon. Insha Allah.
    This Part Ves Varah Reethi. Masha Allah
    Keep Up With Good Story Writing…
    Take Care
    When Next?

    1. Shyyyms Shyyyms says:
      July 2, 2026 at 1:48 pm

      Thanks 🩷
      Will upload soon insha’Allah

  2. ★ IFSHAN says:
    July 2, 2026 at 1:02 pm

    My God Darling…
    Haadha Reehchey Mi Part Ves. Mashallah
    Varah Reethi.
    Zivyage Haalu Rangalhu Vaane Kamah Unmeedhu Koh Dua Kuran. Inshaallah.
    Keep Up Your Good Writing Skills…
    When Next Darling?

    1. Shyyyms Shyyyms says:
      July 2, 2026 at 1:47 pm

      Thanks🩷
      Will upload soon insha’Allah

  3. Liba says:
    July 2, 2026 at 2:12 pm

    Shyyms. Hama rovihje mi bai kiyaafa.
    Varah asarugadha.
    Curious to know what exactly happened.
    I will never forgive the person who hurt Zivya🤬
    Alhey haadha dhera ey😰

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށް ޓަކައި 18←


All Right Reserved!