Skip to content
އެސްފިޔަ

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 18

ޒިވްޔާމެން ޔަޝްމީގެ ގެއަށް ދިޔައިރު ވިޝާލް ވެސް އައިސް އުޅެއެވެ. އޭރު ގަޑިން އިރުއޮއްސި 7 ޖަހަނީއެވެ. ވިޝާލްގެ މައިންބަފައިންނަކީ އަބަދު ދަތުރުކޮށް އުޅެން ޖެހޭ ބައެއްކަމުން ވިޝާލް ވެސް އުޅެނީ އެގޭގައެވެ.

“ހެއި ޒިވީ.” ވިޝާލް ސޯފާގައި އޮށޯވެލަމުން އަހާލިއެވެ. އޭނާ މަޑުކޮށްލީ ޒިވްޔާ މެންގެ ފަހަތުން އިތުރު މީހަކު އާދޭތޯއެވެ. ނަމަވެސް އޭނާ ދެކިލަން ބޭނުންވި މޫނު ނުފެނުމުން މާޔޫސްވިއެވެ. “ހަޔާ އަންނާނީ އަދި ފަހުންނޭ. ސާބަސް ވިޝާލަށް.” ޒިވްޔާ އާއި ޔަޝްމީ ހިނިގަނޑެއް ޖަހާލީ ވިޝާލް އެހޯދަނީ ކާކު ކަން ރަނގަޅަށް އެނގޭތީއެވެ.

“ހުންންން. ހީބަލަ ނިކަން. ޔަޝް، ދައްތަ މެން ގޮއްސި އިނގޭ ރިސޯޓަށް. ވަރަށް ދަންކޮށްފަ އޯ އާދެވޭނީ. އެން އޯލްސޯ.. މައި 4 ފްރެންޑްސް އަންނާނެ މިއަދު ގެއަށް. ވީ އާ ގޮނަ ސެލެބްރޭޓް. ޔަޝް މެނަށް އުނދަގުލެއް ނުކުރާނެ. ސޯ ޑޯންޓް ވޮރީ އިނގޭ.” ވިޝާލް މޯޅިއަކަށް ދެމިލިއެވެ.

“ހުންން. ހެވޭ ކޮންމެ މީހަކު ގެނަޔަސް. އަލަކަށް ނޫން ވިއްޔަ.” ޔަޝްމީ މޫނަށް ގޮތެއް ހަދާލަމުން ޔަޝްމީ އެހެން ބުނެލުމަށްފަހު ދެކުދިން ގޮސް ޔަޝްމީގެ ކޮޓަރިއަށް ވަނެވެ. ދެކުދިން އަވަދިނެތި އުޅުނީ އެސައިންމެންޓްތައް ނިންމާށެވެ. ގާތްގަނޑަކަށް 8 ޖެހިތަނާ ސިޓިންރޫމުން ބަޔަކު ސަކަރާޔް ޖަހާ އަޑުއިވުނެވެ. ބާރު ބާރަށް ހަޅޭލަވައި، ވަރަށް ފޯރީގައި މަޖާ ކުރާ އަޑެވެ.

ކުއްލިއަކަށް ޔަޝްމީގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ.

“ކާކު؟؟؟؟”

“އިޓްސް މީ.” ވިޝާލްގެ އަޑު އިވުނެވެ. “ގޯ އަވޭ، މޮޔަގަނޑާ!” ޔަޝްމީ ހަޅޭލަވައިގަތެވެ.

“ފައިން ޕިއްޒާ ބޭނުމެއް ނޫން ދޯ އެހެ-” ވިޝާލް އެހެން ބުނެ ނުނިމެނީސް ފެނުނީ ޔަޝްމީ ދުވެފައި ގޮސް ދޮރުހުޅުވި މަންޒަރެވެ. “ޕިއްޒާ!!!!!! ޔެސް ޔެސް ޔެސްސްސްސް!!!! ވިޝާލޫ!!!! ޔޫ އާ ދި ބެސްސްސްޓްޓްޓް ކަޒިން އެވާ!!!!” ދޮރު ހުޅުވާލި އިރު ވިޝާލްގެ އިތުރުން އިތުރު ޒުވާނެއްވެސް ހުއްޓެވެ.

ވިޝާލް ލޯ އަނބުރާލިއެވެ. “ހަކުރު ދިނިއްޔާ ބޮޑުބޭބެ. މޮޔަ ކުއްޖާ ގަނޑެއް ހަމަ. ޒިވީ، އާދެބަ މި މޮޔަގަނޑަށް ހެލްޕް ވާން.” ވިޝާލް ޕިއްޒާފޮށިތައް ދިއްކުރިއެވެ. ކާރީގައި ހުރި ޒުވާނާ އަތުގައި ހުރި ފެންޓާފުޅި ދިއްކުރިއެވެ. “ތޭންކްސް ވިޝާލް.” ޒިވްޔާ އައިސް އޭގައި ހިފަމުން ޝުކުރުވެރިވިއެވެ. ކާއެއްޗެސް ލިބުމާއެކު ޔަޝްމީ އަވަސް އަވަހަށް ވިޝާލް މެން ފައްސާލިއެވެ. “ދަހި ކަން.” އަދި ދަމުން ޔަޝްމީއަށް ބުނެލިއެވެ. “އައި ޓޭކް ދެޓް އޭޒް އެ ކޮމްޕްލިމެންޓް.. ފޯ ނައު. މިވަގުތު މާ ހެޕީ ވެފަ މިހިރީ އެނޯއި ވާން. ފަހުން ރިވެންޖް ނަގާނަން އެކަމް. ބާއި ބާއި.” ޔަޝްމީ ރައްދުގައި ބުނެލީ އެހެނެވެ.

 

ޒިވްޔާ ފޯނު ނަގައި ހަޔާލަށް ގުޅާލިއެވެ. ހަޔާލް ފޯނު ނެގީ 4 ވަނަ ފަހަރުއެވެ. “ހަޔާ!! ވެން އަންނަނީ؟؟!!” ޒިވްޔާ އަހާލިއެވެ. “އޮން ދަ ވޭ މިހާރު.” ހަޔާލް އެހެން ބުނެފައި ފޯނު ކަނޑާލިއެވެ.

ހަޔާލް އައީ އަދި އޭގެ ބައިގަނޑިއިރު ފަހުންނެވެ. އެއާކު 3 އެކުވެރިން މޫވީއެއް އަޅުވާލުމަށް ފަހު ކާންފެށިއެވެ. ބަލަމުން ދިޔައީ ބިރުވެރި މޫވީއެކެވެ. ޒިވްޔާ އަކީ ފަސޭހައިން ބިރުގަންނަ ކުއްޖެއް ކަމުން އޭނާ އިނީ މޫނުގައި އަތް އަޅައިގެނެވެ. އިރު އިރުކޮޅާ އޭނާ ސިއްސަ ސިއްސައިގެން ދިޔަނަމަވެސް އޭނާވެސް އެ މޫވީ ބަލަމުން ދިޔައީ ވަރަށް ފޯރިގައެވެ.

ކުއްލިއަކަށް ކޮޓަރިން ލައިޓުތައް ނިވުނެވެ. ހަމަ އެއާއެކު އޭސީ އާއި ޓީވީ ވެސްމެއެވެ. ކަރަންޓުގް ހުރިހާ ވަސީލަތެކެވެ. އަނެއްކާ ކަރަންޓު ދިޔައީ ބާވައެވެ. މުޅި ތަން އެއްކޮށް އަނދިރި ވުމާއެކު 3 ކުދިން އެއްފަހަރާ ހަޅޭލަވައިގަތްފައި އެކަކު އަނެކަކު ގައިގައި އޮޅުލައިގަތެވެ.  “ޔަޝްޝްޝް. އޮހް ނޯ.. ހާ-ދަ އަނދިރި އޭ.” ޒިވްޔާ ތުރުތުރުލާން ފެށިއެވެ. އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު މުޅި މޫނުމަތިން އޮށްދާ ހިއްލަން ފެށިއެވެ.

“އޯހް މައި ގޯޑް.. ވަ-ވަޓް އިފް… ބިރުވެރި އެއްޗެއް.. އަހަރެމެން ކާލާއި ފިއްޔާ؟- އޮހް ނޯ.. ކިހިނެއް ހަދާނީ.. ޔަޝް އައި ގައިން ދޫ ނުކުރައްޗޭ.. ޕްލީޒް..” ޒިވްޔާއަށް ބިރުން ގޮސް ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ.

“އަޅޭ. ކޮބާތަ ފޯނު. ފްލޭޝް ޖައްސަބަ.” ހަޔާލްގެ އަޑު އިވުނެވެ. “އައިގެ ފޯނު ވީ މޭޒުގަ. ޗާޖަށް ޖަހާފަ.”

“ޔޫ ދޭބަ ބަލާ. ޔަޝްގެ ފޯނު މިއޮތީ ނިވިފަ.” ޔަޝްމީ ހަޔާލަށް ބުންޏެވެ.

“ނޯ ވޭ. ނުކެރޭނެ. ޔަޝް ދޭބަލަ.”

“ޒިވީ ދާން ވީނު.. ނެވާމައިންޑް. ޒިވީ ފޮނުވައިފިއްޔާ އަދި ކަންތައް ހައްތާ ގޯސް ވާނީ.” ޔަޝްމީ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ.

“ތިން- ތިން މީހުން- އެއް..ކޮށް ދަމާ؟” ޒިވްޔާ ވައި އަޑުން ބުނެލިއެވެ.

“އެތެދެއް.. ހިނގާ. މިތާ އަނދިރީގަ ތިބުމަށް ވުރެ މާ ތާހިރު ވާނެ އޭރުން.” ހަޔާލް އެއްބަސް ވިއެވެ. “1 ބުނީމަ ތެދުވާނީ އިނގޭ. 3.. 2.. 1.”

އެކަކު ވެސް ނުތެދުވިއެވެ. “އަފް.. އެގެއިން.. 3.. 2.. 1.” 3 ކުދިން އެއްފަހަރާ ފުންމައިގެން ތެދުވި ތެދުވި ގޮތަށް ޒިވްޔާ އާއި ޔަޝްމީ އަރިއަޅާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ޒިވްޔާ ހުރީ ޔަޝްމީގެ ގައިގައި އެހާވެސް ބާރަށް ބައްދައިގެނެވެ. “ޒިވީ!! ދޫކޮށްބަ. ޔުއާ ނެއިލްސް.. ޔަޝްގެ އަތަށް ހެރޭ އެބަ!” ޔަޝްމީ ތަދުވެގެން ގޮވާލިއެވެ. އެއާއެކު ޒިވްޔާ އަދި ހައްތާ ބާރުކޮށްލީއެވެ. “ނު- ނުކެރޭނެ.” އޭނާގެ އަޑުގައި ވެސް މަޑު ތުރުތުރެއް އުފެދިފައިވިއެވެ.

“ގޯޑް. ހިނގާ ތެދުވަން.” ޔަޝްމީ މަޑުމަޑުން ބުނެލިއެވެ. ދެމީހުން ވަރަށް ހާލުން ތެދުވުމަށްފަހު ހަޔާލާއި އެއްކޮށް ހަޔާލްގެ ފޯނު ބަލާ ދިޔައެވެ. އެކުދިންގެ ނަސީބު ރަނގަޅު ކަމުން އެފޯނުގައި ޗާޖު ހުއްޓެވެ. އެހެންކަމުން އަވަސް އަވަހަށް ފޯނުން އަލިކޮށްލިއެވެ. “ކޮބާ ޒިވީގެ ފޯނު؟”

“ނެ-ނޭނގެ. ކޮންމެ-ވެސް ތަނަކަށް ލެވިފައިވީ. ގުޅާ-ލަ ދީބަ..”

ހަޔާލް ޒިވްޔާގެ ފޯނަށް ގުޅިއެވެ. ނަމަވެސް އެއްވެސް އަޑެއް ނީވުނެވެ. “މިއުޓަށް ލާފަ ދޯ؟”

“ޔެއަ.”

“ފައިން. ކޮބާތަ އެއުޅޭ ވިޝާލް ގަނޑު. ހިނގާބަ އެމީހުން ކާރިއަށް ދާން.” ޔަޝްމީ ބުނެލިއެވެ. “އުހުން.. ނު-ނޫން. ނުކެރޭނެ ކޮޓަރިން ނުކުންނަން.. ވް-ވަޓް އިފް.. ސަމްތިން ހެޕެންޑް ޓު ދެމް.. ޒިވީ ބިރުގަނޭ ވަރަށް.” އޭރު ވެސް ޒިވްޔާ ހުރީ ޔަޝްމީގެ ގައިގައި އޮޅުލައިގެނެވެ. “ސާބަސް ޒިވީ! އެމީހުން އަތުގަ ހުންނާނެ ފޯނު. އެހެންނޫނަސް ވީގޮތެއް ވެސް އިނގޭނީ އެމީހުން ހޯދައިގެންނު. ޒިވީ ހުރޭ. ވީ ވިލް ގޯ އެހެންވީރު.” ޔަޝްމީ އެހެން ބުނުމާއެކު ޒިވްޔާ ވެސް ދާން އެއްބަސްވިއެވެ. އެކަނި ހުންނަން ބިރުންނެވެ.

 

ތިން ކުދިން އެއްކޮށް މަޑުފިޔަވަޅުތަކެއް ނަގަމުން ގޮސް ދޮރުހުޅުވާލިއެވެ. ދެންވެސް ފެނުނީ ހަމަ ކަނު އަނދިރިކަމެވެ. އެހެންނަމަވެސް އެކުދިންގެ ހިތަށް އެންމެ އުނދަގޫވީ އަދި އެހެންވެއެއްވެސް ނޫނެވެ. މީގެ ގަނޑިއެއްހާ އިރުކުރިން ފޯރިނަގާފައި ސަކަރާތްޖަހައި އަޑުގަދަ ކުރަމުން ދިޔަ ވިޝާލްމެންގެ އަޑެއް މިހާރަކު ނީވެއެވެ. ވިޝާލްމެންގެ އަޑު އެކަންޏެއް ނޫނެވެ. ހަމަ އެއްވެސް އަޑެއް ނީވެއެވެ. މުޅި ގޭތެރެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. އެއާއެކު ޒިވްޔާގެ ހިތް ރޯލި ކަހަލައެވެ. އޭނާގެ ހިތުގެ ކަނަކުން ކަމެއް ގޯސް ވެއްޖެ ކަމުގެ ސިގުނަލް ދޭންފެށިއެވެ. “ޔަޝް.. ސަމްތިން އިޒް.. ރޯންގް.”

“އަޅެ ހަޔާ ވިޝާލްގެ ނަންބަރަށް ގުޅާބަ.” ޔަޝްމީ އެދުނެވެ. “އައި ޑޯންޓް ހޭވް ހިޒް ނަމްބަރ.” ހަޔާލް މަޑުމަޑުން ބުނެލިއެވެ. “އާ ޔޫ ކިޑިން މީ؟” ޔަޝްމީ ބުނެލިއެވެ. “މިކިޔަނީ ހިޒް ނަމްބާ. ގުޅާބަލަ.”

ވިޝާލްގެ ފޯނަށް ގުޅުމާއެކު ވަގުތުން ރިންގު ވާން ފެށިއެވެ. އަޑު އައީ ބަދިގެއިން ކަމުން އެކުދިން އެދިމާއަށް މިސްރާބު ޖެހިއެވެ. ތިން ކުދިން އެކަކު އަނެކަކުގެ ގައިގައި އޮޅުލައިގެން ހުރެއެވެ. މެދުގައި ހުރީ ޒިވްޔާއެވެ.

މަޑުމަޑުން ހިނގަމުން ގޮސް ބަދިގެއަށް ވަދެފައި ފޯނުން އަލިކޮށްލިއެވެ. އެއާއެކު 3 ކުދިންގެ ވެސް މޭގަނޑު އަގަޔަށް ނައީ ހަމަ ކިރިޔާއެވެ. ފެނުނު މަންޒަރަކުން އަޑުގެ ނެތްކޮޅަށް ހަޅޭލަވައިގަތްފައި ހަޔާލާއި ޔަޝްމީ ދުއްވައިގަތް އިރު ޒިވްޔާއަށް ގަބު އަރާފައި ހުރެވުނީއެވެ. އޭނާއަށް ގުޑިނުލެވުނެވެ. ހީވަނީ މުޅިގައި ފިނިވެފައި ހުރި ހެނެވެ. ހަރަކާތެއް ނުކުރެވުން ތާގައި އަނގައިން އަޑެއް ވެސް ބޭރެއް ނުކުރެވުނެވެ. އެހެންނަމަވެސް އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަންފެށިއެވެ. ހަޔާލް މެން ދުވެފައި ދިޔުމުން މުޅިތަން އަނދިރިވެގެން ދިޔައެވެ. ނަމަވެސް ކުޑަދޮރުން ވަންނަމުން އައި ހަނދުވަރުގެ އަލިން ކޮންމެވެސް ވަރަކަށް ފެނެއެވެ.

 

ކާމޭޒާއި ދިމާވާގޮތަށް މަތީގައި އިން ފަންކާގައި އެހެރީ މީހަކު ދަންޖެހިފައެވެ. މީހެއް ބާވައެވެ؟ ނޫނީ.. މައްޔިތެއް ބާވައެވެ؟ ހުދުފޮތިގަނޑުން މުޅިގައި ބަނދެފައިވާއިރު މުޅި ފޮތިގަނޑުގައި ހުރީ ލެޔެވެ. އެލޭތައް އޭރުވެސް މޭޒުމައްޗަށް ތިކި ޖަހަމުން ދިޔައެވެ. ދެން އެހެރަ ހުތުރު ސިފައެކެވެ. މުޅި ގައި ބަނދެފައިވީ ނަމަވެސް މޫނު ހުރީ ހާމަޔަށެވެ. އެ ބިރުވެރި ހުތުރު ސިފަ ފެނިފައި ޒިވްޔާގެ ގައިގެ އިންމެ ހިމަ ނާރަށް ވެސް އަސަރުކުރިއެވެ.

ކުއްލިއަކަށް އިވުނީ ޔަޝްމީގެ ހަޅޭކުގެ އަޑެވެ. އެއާއެކު ޒިވްޔާއަށް ފެންނަމުން ދިޔަ މަންޒަރު އިތުރަށް ގޯސް ވެގެން ދިޔައެވެ. އެމީހާގެ ބޯ ހުރިގޮތަށް ބިންމައްޗަށް ވެއްޓުނީއެވެ. އެއާއެކު ހަށިގަނޑުވެސް މޭޒުމައްޗަށް ވެއްޓުނެވެ. އެބޯ އެނބުރެމުން އައިސް ލަށްވީ ޒިވްޔާގެ ފައި ދޮށަށެވެ.

ޒިވްޔާއަށް އަޑުގެ ނެތްތަނަށް ހަޅޭލަވައިގަނެވުނެވެ. އަދި ހުރިގޮތަށް ފަހަތަށް ދުއްވައިގަތެވެ. ދެވޭ ނުދެވޭ ދިމާއެއް ނޭނގި ދުވަމުން ދިޔައިރު ޒިވްޔާގެ ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. އޭނާގެ ހިތް ވެސް މަރަށް ތެޅޭ މަހެކޭ އެއްފަދައެވެ. އޭނާ ހިތާވީ ފަރާތުގައި އަތް އަޅާލީ އެދިމާއަށް ތަދު އެރުމުންނެވެ. ނަމަވެސް އޭނާގެ ދުވެއްޔަކަށް ބަދަލެއް ނާނދެއެވެ.

 

ދުވަމުން ދިޔަ ޒިވްޔާ އިތުރަށް ސިހުނީ މީހަކު އޭނާގެ އަތުގައި ހިފައި ދަމައި ގަތުމުންނެވެ. އެމީހަކު އޭނާ ގެންގޮސް ލަށްކޮށްލީ ފާރުގައެވެ. އަދި އެމީހެއްގެ މުޅި ހަށިގަނޑުން ޒިވްޔާގެ ފާރާލައި ބައްދާލިއެވެ. ނަމަވެސް އެއީ މީހެއް ހެއްޔެވެ؟ ނުވަތަ އެހެން މަޙުލޫގެއް ބާވައެވެ؟ ބިރުގެންފައި ހުރި ވަރުން ޒިވްޔާއަކަށް ނުވިސްނުނެވެ. ކޮންމެ އަކަސް އެ ކަނު އަނދިރީގައި ޒިވްޔާއަށް އެމީހެއްގެ މޫނެއް ނުފެނެއެވެ.

ޒިވްޔާއަށް ކުރެވުނުހާވެސް ކަމަކީ އަދި ބާރަށް ހަޅޭލަވައިގަތުމެވެ. އެހެންނަމަވެސް އެމީހަކު ހުށިޔާރު ކަމާއެކު ޒިވްޔާގެ އަނގަމަތީގައި އަތް އެޅިއެވެ. އަދި ދެން އިން އަތުން ވީ އެންމެ ބާރަކަށް ޒިވްޔާގެ އުނަގަނޑުގައި ހިފާ ގަޔާއި ލައި ފިއްތާލިއެވެ. އެމީހާގެ ނިޔަފަތިތައް ޒިވްޔާ ލައިގެން ހުރި ހެދުމުގެ ތެރެއިން އޭނާގެ އުނަގަނޑުގެ ނާޒުކު ހަންގަނޑަށް ހެރިގެން ދިޔައެވެ. ޒިވްޔާއަށް ރޮއެގަނެވުނީ ވީ ތަދުންނެވެ. ނަމަވެސް އެއަޑު އަނގަޔަކުން ބޭރެއް ނުވިއެވެ. “ޝުޝް.. އަޑުމަޑު ކުރޭ.” އެމީހަކު ވަރަށް ވައި އަޑުން އެހެން ބުނެލިއެވެ.

އެއީ ޒިވްޔާ ދަންނަ އަޑެއް ނޫނެވެ. އެހެންކަމުން ޒިވްޔާ އިތުރަށް ބިރުގަތެވެ. އޭނާގެ ހިތް އޭނާއަށް ހުރެވުނީ ނުރައްކަލެއްގައި ކަން އަންގަން އުޅޭ ކަހަލައެވެ. ޒިވްޔާ ގަދަ ހަދަ ފެށިއެވެ. އެހެން ނަމަވެސް އޭނާގެ އެއަމަލުން އެމީހަކު އިތުރަށް ރުޅި އައި ކަހަލައެވެ. އެމީހާ ޒިވްޔާގެ އަނގަ މަތީގައި ހިފައިގަތީއެވެ. ވަރަށް ވެސް ބާރަށެވެ. ޔަގީނުންވެސް އޭނާގެ އަނގަމަތިން ނޫފައިގަންނާނެއެވެ. “އަޑުމަޑު ކުރާށޭ.” އެމީހަކު އެހެން ބުނީ އަމުރުވެރި ރާގަކަށެވެ. ފުރަތަމަ މުޅި ތަނުން ކަރަންޓު ދިޔައީއެވެ. މިހާރު ނުވެސް ދަންނަ މީހަކު އޭނާއަށް ބިރުދައްކަނީއެވެ. އެއްކަމަކުން ސަލާމަތް ނުވެވިގެން އުޅެނީސް އަނެއް ކަމެކެވެ. ބިރުގެ މައްޗަށް ބިރެވެ.

ޒިވްޔާގެ ދެލޮލުން ކަރުނަގަނޑު ފައިބާން ފެށީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. މިވަނީ ކިހިނެއްބާވައެވެ؟ އޭނާގެ ކުށަކީ ކޮބާހެއްޔެވެ؟ މިމީހަކު އޭނާއަށް މިގޮތަށް އަނިޔާ މިކުރަނީ ކީއްވެ ހެއްޔެވެ؟ އޭނާގެ އެކުވެރިން ކޮބާ ހެއްޔެވެ؟ އޭނާ އެކަނިވީ ހެއްޔެވެ؟ މި މީހާ އޭނާއަށް ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ؟ އޭނާ ސަލާމަތް ކޮށްދޭނެ މީހަކު ހަމަ ނެތީ ހެއްޔެވެ؟ އޭނާގެ ހަށިގަނޑު ބިރުން ތެޅެމުން ދިޔައިރު ހިތް ދިޔައީ ޝަކުވާ އިން ބަންޑުން ވަމުންނެވެ. އެ މަޢުސޫމު ކުއްޖާގެ ހިތަށް ދިޔައީ ނުކުޅަދާނަވަމުންނެވެ.

 

އެމީހަކު ޒިވްޔާގެ ކަރުގައި ވަސްގަތްކަން އިހުސާސް ވުމާއެކު ޒިވްޔާއަށް އިތުރަށް ރޮވުނެވެ. ނަމަވެސް އެއަޑު އަހާނެ މީހަކު ހަމަ ކައިރީގައެއް ނެތެވެ. “ހުމްމް.. ސެމެލްސް ގުޑް. ސޯ ފަ*ން ބިއުޓިފުލް.” އެމީހަކު އެހެން ބުނެލިއިރު ހީވަނީ މަލާމާތަށް ބުނެލިހެނެވެ. ޒިވްޔާގެ ބިރުން އެމީހާއަށް ހިތްހަމަޖެހުން ލިބެމުން ދިޔަ ކަހަލައެވެ. ޒިވްޔާ ގަދަ ހަދަން ފެށިއެވެ.

އޭރު އޭނާގެ މޭގެ ހިތާވީ ފަރާތުގައި އަޅަމުން ދިޔަ ތަދު އިންތިހާއަށް ގަދަވަމުން ދިޔައެވެ. ހީވަނީ އެތައް ބައިވަރު ހަންޖަރުތަކަކުން އޭނާގެ ހިތް ވީދަމުން ދިޔަ ހެނެވެ. ނަމަވެސް އެކަމަކަށް ޒިވްޔާގެ ފަރުވަލެއް ނެތެވެ. އޭނާ މިވަގުތު ތާށިވެފައި ހުރި ހާދިސާ އެއަށް ވުރެ މާ ބިރުވެރިއެވެ. އެންމެފަހުން އުޅެއުޅެ ވެސް ސަލާމަތް ނުވެވުމުން އެފަކީރު ހިތާހިތުން ދުޢާ ކުރަން ފެށީ އޭނާގެ އަޑު ހަމައެކަނި އައްސަވާނެ ފަރާތަށެވެ. އޭނާ މާތް ﷲ އަށް ދުޢާ ކުރަމުން ދިޔައެވެ.

އޭރު އޭނާގެ ހަށިގަނޑު އެމީހާގެ އަތްމައްޗަށް ގޮއްސިއެވެ. ޒިވްޔާ ކިތަންމެ ގަދަހެދި ނަމަވެސް ބޮޑު ފިރިހެނެއް އޭނާފަދަ ނިކަމެތި ކުއްޖެއްގެ މައްޗަށް ބާރު ފޯރުވަމުން ދިޔައިރު އޭނާ ހަދާނީ ވަކި ކިހިނެއް ހެއްޔެވެ؟ އެންމެފަހުން އެމީހާގެ ޝިކާރައިގައި ޒިވްޔާ ޖެހުނީއެވެ. އެމިހާ ޒިވްޔާގެ ގައިގައި ވަސްގަންނަމުން ދިޔައެވެ. އެކި އެކި ގޯނާ ކުރަމުން ދިޔައެވެ. އެހުރިހާ އިރު ޒިވްޔާ އޮތީ ގަދަ ހަދާހަދައެވެ. އޭނާ ރޯމަހެއްހެން ތެޅެމުން ދިޔައިރުވެސް އެމީހާ އެކަމަކަށް ފަރުވަލެއް ނެތެވެ. ހީވާ ގޮތުންނަމަ ޒިވްޔާ ގަދަ ހަދާވަރަކަށް އެމީހަކަށް އިތުރަށް ހިތްވަރު ލިބެނީއެވެ. އެންމެފަހުން ރޮއެރޮއެ ގޮސް އޭނާގެ އަޑު ބެދުން އިރުވެސް އެމީހާ އެ ހަޑި މުޑުދާރު އަމަލު ހުއްޓާކަށް ނޫޅުނެވެ.

 

ޒިވްޔާއަށް އެ ވޭނަށް ކެތްކުރަން ދަތިވިއެވެ. އެ ދިލަ ވޭނުގައި އޮށްވައި އޭނާގެ ހިއްސުތައް މަޑުޖެހެން ފެށިއިރު ވެސް އޭނާއަށް ނޭނގެއެވެ. އިވެމުން ދިޔަ އަޑުތައް ހިނދެއް ހިނދަކަށް ފަނޑުވަމުން ދިޔައެވެ. ގައިގައި އަޅަމުން ދިޔަ ވޭނުގެ އިހުސާސް ވެސް މަޑުވާން ފެށި ކަހަލައެވެ. އޭނާގެ ގަދަހަދަމުން ދިޔަ އަތްފައި ވެސް ވަރުދޫވެގެން މަޑުޖެހުނެވެ. ސިކުނޑިވެސް އިތުރަށް މަސައްކަތް ކުރުން ހުއްޓާލި ފަދައެވެ. އެ ކަނު އަނދިރި ކޮޓަރި އިތުރަށް އަނދިރި ވެގެން ދިޔައެވެ.

އެހެންނަމަވެސް އޭނާގެ ލޯ މެރެމުން ދިޔަ ހިނދު، ގިސްލަ ގިސްލާ އޮވެ އޭނާގެ ހިތް ޝަކުވާ އިން ފުރެމުން ބަންޑުން ވަމުން ދިޔައިރުވެސް، އެންމެ ފަހު ވަގުތު ވެސް އޭނާ ﷲގެ ހަޟްރަތަށް ދުޢާ ކުރަމުން ދިޔައެވެ. ކޮންމެވެސް ގޮތަކުން އެ ނުބައި ނުލަފާ މީހާގެ އަނިޔާވެރި ވަކިތަކުން އޭނާ ސަލާމަތް ކޮށްދޭތޯއެވެ. “ޔާ ﷲ މިއަޅާ މިކަމުން ސަލާމަތް ކޮށްދެއްވާންދޭވެއެވެ.”

.

.

.

 

……………………………

މި އެޕިސޮޑުވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދުކުރަން.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. ★IFSHAN

    Oh My Darling—
    This Part… It Kind of Creeped Me Out. Kotareega Otheyves Boki Nihvaalaigen. Gaim Heebihi Nagaa Varu Vegen Dhiya.
    I’m Waiting For The Next Part Darling…
    But… It’s Also Very Nice…
    When Is It?

    1. Shyyyms
      ★IFSHAN

      Thanks🩷
      Will upload the next part soon insha’Allah

  2. Azu

    OH GOD—
    I Actually Cried Mi Episode Kee Iru. Hama Aslu Ves. Varah Sad and Emotional. And Like Zivy, I Ves Mes Horror Film Balaa Iru Moonu Matheyga Ahalhaigen Inna Kuhjeh.
    I Wonder Who That Mystery Person Is.
    When Next?
    Take Care
    Love You

    1. Shyyyms
      Azu

      Soon insha’Allah 🩷

    2. Nim
      Azu

      God mi bai kiyaafa hama thari buraigen gohsi. V reethi. V realistic. It was as if I could feel her terror.
      Kos vehje hama
      Waiting for the next

    3. Anonymous
      Azu

      Author ah ingeytho mi site ga kudakudhin ulhey kan thikahala explicit scene eh liyaa iru?
      This is highly unacceptable and disappointing.

      Ehves hindhehga disrespectful vaakah noon, ekam kudakudhinge minds ah visnaafa story liyan vaany.
      Especially ehaa detail koh liyaanyaa.
      I suggest you take down this bai and edit it and change it before you upload again.

  3. Itxlevender

    Love this story 💗 keep up the good work 🫂💗

  4. ^_^ @!I

    Every story has an ending. Happy or sad.
    Every story has a plot.
    Every story has trauma.
    Lets say u love trauma dhww??
    Jus like ur 1st story.
    Anyways,
    MAASHA ALLAH
    MI PRT VS VRH REETHI
    HAMA IRAAFA, HABEYS
    ANYWAYS WHN NXT SIS?

    1. Shyyyms
      ^_^ @!I

      Yes I do enjoy writing about trauma n pain. Makes stories feel more realistic n meaningful.

      Thanks🩷
      Will upload soon insha’Allah

  5. Sara

    omg. Avh next part up kohdheeba please

    1. Shyyyms
      Sara

      Haha insha’Allah will upload soon🩷

  6. Luya

    Aley ehen nuhadhaa Zivy ah.
    My heart breaks for her hama.
    Rovihje ragalhah
    I feel so sad
    But story varah reethi ingey. Hama baraabaru.
    You really know how to break a reader’s heart. To make us feel.
    Maybe that’s why I enjoy your stories.
    CW4NP
    Take care 😘

    1. Shyyyms
      Luya

      Thanks🩷

Comments are closed.