Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 16

Shyyyms
Shyyyms Level 510 Stories100 Login
June 25, 2026 5 Mins Read
8 Comments

 

2 ދުވަސް ފަސް
—————-

ފާއިތު ވެގެން ދިޔަ ދުވަސްތަކުގެ ތެރޭގައި ކޮލެޖު ނިންމާ ގޮތަށް ޒިވްޔާ ގޮސް އިންނަނީ ކެފޭއެއްގައެވެ. މުބާރާތަށް ހުށަހަޅަން އޭނާގެ ވާހަކަ އެޑިޓް ކުރާށެވެ. އޭނާގެ ފަހަތު އަޅުވާލައިގެން އައިކަން ވެސް އެތަނަށް ދާން ފެށިއެވެ. ފުރަތަމަ ދުވަހު ޒިވްޔާ ހިތްހަމަ ނުޖެހުނަސް ފަހުން އަޅައެއް ނުލައެވެ.

ޒިވްޔާގެ ނަޒަރު ހުއްޓިފައި ވަނީ ކެފޭގެ އެންމެ ދުރު ކަނުގައި އިން މޭޒުދޮށުގައި އިން އައިކަން އަށެވެ.  އޭނާގެ ކުރެހުންތައް ކިތަންމެ ފުރިހަމަ ނަމަވެސް ދުވަހަކުވެސް އެ ކުރެހުންތަކުން ދޭހަވާ މާނައެއް ނުބުނާނެއެވެ.

 

އައިކަން އަބަދުވެސް އުޅޭނީ ކުރެހުމުގައެވެ. ފޮތްފޮތުގެ ގަނޑުތަކުގައާއި ރިސިޕްޓް ތަކުގެ ފަހަތުގައެވެ. ފާރުތަކުގައާއި މޭޒުމަތީގައެވެ. އޭނާ ކުރުހާ ކުރެހުންތަކުގެ މާނަ މީހަކު އަހައިފިނަމަ އޭނާގެ ޖަވާބަކަށް ވާނީ “އިފް ޔޫ ގެޓް އިޓް، ޔޫ ގެޓް އިޓް.” އެހެން އެކަންޏެވެ.

 

ކޮންމެއަކަސް އެއީ ޒިވްޔާއަށް ވަރަށް އުނދަގޫވީ ކަމެކެވެ. އޭނާ އަކީ ލިޔުންތެރިއެއް ކަމުން އޭނާ ގަބޫލު ކުރާ ގޮތުގައި ކޮންމެ އެއްޗެއްގައި ވެސް ކޮންމެވެސް މާނައެއް ވާނެއެވެ. ބުނާ ބަސްބަހުގެ ފަހަތުގައި ސަބަބެއް ވާނެއެވެ. ބުނެވޭ ޖުމްލަ ތަކުގެ ފަހަތުގައި މަގުސަދެއްވާނެއެވެ. އަދި ކޮންމެ ވާހަކައެއްގައި ނިންމުމެއް ވާނެއެވެ. މާނައެއް ނެތް ކަމެއް ކުރުމަކީ ނުވާނޭ ކަމެއް ކަމަށް އޭނާ ދެކެއެވެ.

 

އެހެންނަމަވެސް މާނައެއް ނެތް ކަމަށް ބުނެލުމާއި އެކަން ދެއްކުމަކީ އައިކަނަށް އެހާ ފަސޭހަ ކަމަކަށް ވަނީ ކީއްވެ ހެއްޔެވެ؟ އެކަމާ ވިސްނާވަރަކަށް ޒިވްޔާއަށް އެހާ އުނދަގޫވަނީ ކީއްވެ ހެއްޔެވެ؟

ފަހުން ފަހަކަށް އައިސް ޒިވްޔާއަށް އިތުރު ކަމެއްވެސް ފާހަގަވިއެވެ. އައިކަން ގެންގުޅޭ ފޮތްތަކުގައި އަންހެންކުއްޖެއް ކުރަހާ ކަމެވެ. ޒިވްޔާއަށް ބޮޑަށް އުނދަގޫ ވާން ފެށީ އައިކަންގެ ކުރެހުންތައް އިތުރަށް ފާހަގަ ވާން ފެށުމުންނެވެ. އެންމެފުރަތަމަ އޭނާ ނިންމީ އެއީ ހީވި އެއްޗެއް ކަމަށެވެ. ނުވަތަ އިއްތިފާގެއް ކަމަށެވެ.

އައިކަންގެ ކުރެހުންތަކުގައި އެއީ ކޮން ކުއްޖެއް ހެއްޔެވެ؟ އެއްބައި ފަހަރު ދޮރު ދޮށުގައި އިށީނދެގެން އިން މަންޒަރެކެވެ. އަނެއްބައިފަހަރު ނޯޓުފޮތެއްގައި ލިޔަން އިސްޖަހައިގެން އެ ކުއްޖާ އިންދައެވެ. އެ އަންހެން ކުއްޖާ ޒިވްޔާއާ އެހާ ވައްތަރީ ކީއްވެ ހެއްޔެވެ؟

ހިތުގައި އެތައް ސުވާލެއް އުފެދުނު ނަމަވެސް ޒިވްޔާ އެއާ ބެހޭގޮތުން އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒިވްޔާ އެ ސުވާލުތައް ކޮށްފިނަމަ އޭނާގެ ހިތުގައި އައިކަން އާއި މެދު ވީ އިހުސާސްތައް އެނގިދާނެތީއެވެ. އެއީ ޒިވްޔާ ބޭނުންވާ ކަމެއް ނޫނެވެ.

އާއެކެވެ. ޒިވްޔާގެ ހިތުގައި އައިކަނަށް ހާއްސަ މަގާމެއް ދެވިއްޖެއެވެ. އެއީ ކޮންއިރަކު، ކިހިނެއް، ކީއްވެ ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގުނެވެ. ވާނީވެސް އެހެންތާއެވެ. ފެށުނިއްސުރެ އޭނާއަށް އައިކަން ކުރީ ހުސް ޖެއްސުމެވެ. އުނދަގުލެވެ. އޭރު އައިކަން ފެނުމުންވެސް ޒިވްޔާގެ ގާތަށް އިންތިހާއަށް ރުޅި އާދެއެވެ. އޭނާ ދެކުނު ގޮތުގައި އައިކަނަކީ މާ އިނގިރޭސި ވެގެން އުޅޭ ފޮނި މީހެކެވެ. މާ ‘ކޫލް’ ވާންވެގެން އޭނާގެ ކުރެހުންތަކުގައި މާނައެއް ނެތޭ ކިޔާ ފިރިހެނެކެވެ. ނަމަވެސް މިހާރު ޒިވްޔާގެ ހިތުގެ ޙާލަތު ވަނީ އެއްކޮށް ބަދަލުވެފައެވެ.

އޭނާއަށް އައިކަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތް ތެޅިލައެވެ. އޭނާއަށް ނޭވާ ލާން ވެސް ހަނދާން ނެތެއެވެ. އޭނާގެ އަތްފައި ފިނިވެގެން ދެއެވެ. އައިކަންގެ ކޮންމެ ހަރަކާތަކުން އޭނާގެ އަތުގެ އެންމެ ހިމަ ނާރަށް ވެސް އެނގުން ވެލައެވެ. އެހެނަސް އެކަން އައިކަނަށް އަންގާކަށް ޒިވްޔާ ބޭނުމެއް ނޫނެވެ.

 

އެހެންކަމުން އޭގެ ބަދަލުގައި ޒިވްޔާ ލިޔުނީ ވާހަކަ އެވެ. ނުނިންމާ ހުންނަ ކުރެހުންތަކެއްގެ ފަރުދާގައިވާ ޒުވާނެއްގެ ވާހަކައެވެ. އެތައް އިހުސާސްތަކެއް ވީނަމަވެސް އެކަން ސިއްރު ކުރާ ޒުވާނެއްގެ ވާހަކައެވެ. އެވާހަކައިގައި އެ ޒުވާނާގެ ކުރެހުންތަކަށް ‘ސްޓްރިކްޓް’ ޓީޗަރެއް ފަދައިން ޒިވްޔާ ފާޑު ކިޔާ ހެއްޖެވެ. އެއީ ހިޔާލީ ވާހަކައެއް ކަމަށް ހީވި ނަމަވެސް އެ ޒުވާނާ ދަންނަ މީހަކު އެވާހަކައަށް ވަރަށް ވިސްނައިގެން ކިޔައިފިނަމަ އެ ޒުވާނާ އަކީ ކާކުކަން ނޭނގި ނުދާނެއެވެ. އަދި އެޒުވާނާގެ ވާހަކައަށް އައިކަން ކޮމެންޓް ކުރަމުން ދިޔައެވެ. ޒިވްޔާއަށް އެންމެ ތަންފުކެއް ވެސް ދޫނުކޮށެވެ. މިހާރަކަށް އައިސް އައިކަންގެ އެކަހަލަ ކޮމެންޓް ތަކުން ވެސް ޒިވްޔާގެ ހިތް އަވަސް ވެގެންދެއެވެ. ހިނި އާދެއެވެ.

 

…..

 

ޒިވްޔާ އިސް އުފުލާ ބަލާލީ އައިކަން އައިސް އޭނާ ކާރީގައި އިން ގޮނޑި ދަމާލި އަޑަށެވެ. “ޔުއާ ކެރެކްޓާސް އާ ބޯރިން. ދޭ ތިންކް ޓޫ މަޗް.” ގޮނޑީގައި އިށީންނަމުން އޭނާ ބުނެލިއެވެ. “އެޓް ލީސްޓް ދޭ ހޭވް ސަމްތިން ވޯތު ތިންކިން އެބައިޓް.” ޒިވްޔާ ރުންކުރު ގޮތަކަށް ރައްދު ދިނެވެ. އައިކަން އެހާ ކައިރިއަށް އައުމުން ޒިވްޔާގެ ހިތުގެ ހިނގުން އަވަސް ވެގެން ދިޔައެވެ. ނަމަވެސް ޒިވްޔާ އޭނާގެ މޫނުމައްޗަކުން އެކަމެއް ނުދައްކައެވެ.

 

“ޖޯކެއް ދޯ ތިބުނީ؟’ އައިކަން ގާތަށް އައީ ހިންޏެވެ. “ނޫނޭ. އައިކަން އާ އަހަރެންގެ ތަފާތު ބުނަންތަ؟” ޒިވްޔާ އޭނާގެ ލެޕްޓޮޕް ލައްޕާލުމަށްފަހު ދަތްދޮޅީގައި އަތްވިއްދާލިއެވެ. “އަންލައިކް ޔޫ.. އައި ކްރިއޭޓް ސަމްތިން މީނިންފުލް.” ޒިވްޔާގެ ތިންފަތުގައި ހިނިތުންވުމެއް ކުޅެލިއެވެ.

 

“އޮހް ޕްލީޒް. ޔޫ ރައިޓް ފީލިންގްސް. އައި މޭކް ޕީޕަލް ސީ ދެމް.” އައިކަން ވެސް ޒިވްޔާއެކޭ އެއްފަދައިން ދަތްދޮޅީގައި އަތް ވިއްދާލިއެވެ. ހީވާ ހީވުމުން އެހެން ހެދީ ޒިވްޔާއަށް ޖެއްސުމަށެވެ. އެވަގުތު އައިކަން ދެލޮލުން ތަފާތު ވިދުވަރެއް ފެނިގެން ދިޔައެވެ.

“ސީ ދެމް އޯ. ދަތް. ފުރަތަމަ ކަމަކަށް އައިކަންގެ ކުރެހުންތަކުގެ މާނަ އެހީމަ ޖަވާބެއް ވެސް ނުދެވޭ މީހެއް ތީ. ދެން ކޯއްޗެއް ކިޔާކަށް؟” ޒިވްޔާ ދުރަށް ޖެހިލިއެވެ. ނަމަވެސް އައިކަން ޒިވްޔާގެ އަތުގައި ހިފާ ލުއްކެއް ޖެހުމަށްފަހު އަނެއްކާވެސް ކައިރި ކޮށްލިއެވެ. “ޒިވްޔާ… ޔޫ ހޭވް ނޯ އައިޑިއާ ވަޓް ޔޫ އާ ޓޯކިން އެބައުޓް.” އަދި މަޑުމަޑުން ބުނެލިއެވެ.

“އެނީވޭސް.. ޒިވްޔާ ބައިވެރިވިން ދޯ ސްޓޫޑެންޓް ޓެލެންޓް ޝޯ ގަ.. އަހަރެން ވެސް ބައިވެރިވިން. ދިސް އިޒް އޭން އިންވިޓޭޝަން ޓު ކަމް އެން ސީ.. މައި އާޓް ވޯކް. ޒިވްޔާއަށް ވަކިން ހާއްސަކޮށް އެ ޕެއިންޓިން ކަމުދާނެ ކަމަށް މި ބަލަނީ.” އައިކަން އިން ތަނުން ތެދުވިއެވެ. އަދި ޒިވްޔާއަށް އެއްލޯ މަރާލުމަށްފަހު ކެފޭ އިން ނުކުމެގެން ދިޔައެވެ.

“އާތްތްތް! ފޮނި މީހާގަނޑެކޭ.” ޒިވްޔާ އެހެން ބުނެލި ނަމަވެސް އޭނާގެ ތުންފަތްމަތީގައި ވަނީ މަޢުނަވީ ހިނިތުންވުމެކެވެ.

……………………………

 

ދުވަސްތައް ފާއިތު ވަމުން ގޮސް އެންމެފަހުން ސްޓޫޑެންޓް ޓެލެންޓް ޝޯ ގެ ދުވަސް ވެސް ޖެހުނެވެ. ޒިވްޔާ އާއި ޔަޝްމީ ރީތި ވެލައިގެން ކޮލެޖަށް ގޮސް ވަންއިރު ޓެލެންޓް ފެސްޓިވަލް ވެސް ފަށައިފިއެވެ. ކޮލެޖު ތެރޭގައި ވަރަށް ވެސް ފޯރި ގަދައެވެ. ދެކޮޅު ދެކޮޅަށް ކުދިންތައް ހިނގާބިނގާ އުޅޭއިރު ހީވަނި ހިނިތަކެއް އުތުރި އަރާހެނެވެ. ކޮންމެ އަކަސް ވަރަށް ވެސް ފޯރި ގަދައެވެ. ކޮލެޖަށް ވަންނަ ހިސާބުން ފެށިގެން އެކި އެކި ސްޓޯލްތައް ހުއްޓެވެ.

ޒިވްޔާ ހަމަޖެހިލައިގެން ހުރީ ވާހަކަ ލިޔުމުގެ މުބާރާތަށް މަސައްކަތް ހުށަހެޅި ކުދިންގެ ވަނަތައް ހޮވުން އޮތީ އަދި ޖެހިގެން އޮތް ދުވަސް ކަމުންނެވެ. އެހެންކަމުން އޭނާ ބޭނުންވީ މިއަދު ހިތްހަމަ ޖައްސާލައި މަޖާކޮށްލާށެވެ. ދެ އެކުވެރިން ވެސް ދެރަވީ ހަޔާލަށް ނާދެވޭތީއެވެ. ހަޔާލްގެ ވަޒީފާ ގަނޑި ކަމުންނެވެ.

ދެ އެކުވެރިން އެތާގައި ހުރި ސްޓޯލަކުން ޕޮޕްކޯން ގަތެވެ. އަދި ބާސްކެޓްބޯޅަ ކުޅޭ ސަރަހައްދަށް ދިޔައީ އެތާގައި ފޯރިގަދަ ކަމުންނެވެ. އޭރު ޝަޔާލާއި، ވިޝާލް އަދި އިޒިކިއަލް ވަރަށް ފޯރީގައި ކުޅެމުން ދިޔައެވެ. އެމަންޒަރު ފެނިފައި އަންހެންކުދިންތައް ހީވަނީ އެހެންފަދަ ކަމެއް ހެނެވެ.

ޝަޔާލް ކުޅެމުން ދިޔަތަން ފެނިފައި ޔަޝްމީގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

“ސަމްވަން އިޒް ބްލަޝިންންންން!!!” ޒިވްޔާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއެކު ޔަޝްމީ ކާންނެގި ޕޮޕްކޯންތައް ޒިވްޔާގެ މޫނަށް އުކާލިއެވެ. “ހުއް. ނޫޅެން.”

“ވަރަށް. ނޫޅެޔޯ. ތިކަމެއް ނޭނގެ 24 ގަނޑިއިރު ޝަޔާލްގެ އިންސްޓާ ޕޭޖު ބަލާއިރެއްގަ.”

ޔަޝްމީގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ޒިވްޔާގެ އަނގަމަތީގައި އަތް އެޅިއެވެ. “ހަޝްޝްޝް!!! ޒިވީ!!! އަޅޭ! ބަސް އަހާބަލަ ދޯ.”

ޒިވްޔާ ޖަހާލީ ހިނިގަނޑެކެވެ. ޔަޝްމީ ހަގީގަތުގައި ވެސް ޝަޔާލާއި ހެދި އުޅޭކަން އެނގުމުން ޒިވްޔާއަށް ވަރަށް މަޖާވިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ޔަޝްމީ އަކީ އަބަދުވެސް ކެރޭ ކުއްޖެކެވެ. މިހާތަނަށް ދުވަހަކުވެސް ފިރިހެންކުއްޖަކަށް ހިތް ކިޔައިގެން އެހާ ލަދުންނެއް ނޫޅެއެވެ. އޭގެ ބަދަލުގައި އެންމެ ކުރީގައި ގިނަ ފަހަރު އަހާނީވެސް ޔަޝްމީއެވެ. އާއެކެވެ. އެހާވެސް ކެރޭނެއެވެ. ނަމަވެސް މި ޝަޔާލް މާ ކުޅަދާނަ ނޫން ހެއްޔެވެ؟ އެއޮށް ކެރޭ ޔަޝްމީ އޭނާގެ ކުރިމަތީގައި އެހެރަ ގަންނަނީ ކޮންކަހަލަ ލަދެއް ހެއްޔެވެ؟ މީ އާދަޔާ ހިލާފު ކަމެކެވެ.

“އޮއި. ޒިވީ.. ޑޫ ޔޫ ލައިކް އައިކަން.. އޮރް.. އިޒިކިއަލް.. މިބުނީ އެދެމީހުން ވެސް އެހުންނަނީ ޒިވީ އާ ހެދި މޮޔަވެފަ..” ޔަޝްމީ އަހާލިއެވެ.

“ވަ-ވަޓް؟ މީ؟ ލް-ލައިކް ދެމް؟ ނޯވޭ!” ޒިވްޔާ ޖަހާލީ ހިނިގަނޑެކެވެ. ނަމަވެސް އޭނާ އެހެދީ ސީދާ ބޮޑު ދޮގެކެވެ. އެކަމުގެ ހެއްކަކީ އޭނާގެ މޫނަށް އަރައިގެން ދިޔަ ޖަންބު ކުލައެވެ. އޭނާގެ އަވަސް ވެގެން ދިޔަ ހިތެވެ.

“ރިއަލީ؟.. ހުމް.. ޖަސްޓް އޭން އެގްޒާމްޕަލް އިނގޭ.. އިޒިކިއަލް އެން އައިކަން ޒިވީ ގާތު ރައްޓެހިވާން އެހީޔޯ.. ދެން ކިހިނެއް ހަދާނީ؟” ޔަޝްމީ އަނެއްކާވެސް ސުވާލު ކުރިއެވެ.

“ކިހިނެއް-ހޭ ހަދާނީ؟ ވަކި ގޮތެއް ހަދަން ޖެހޭތަ؟ އައި ހޭވް ނޯ ފީލިންގްސް ފޯ އެނީ އޮފް ދެމް އޭ.”

“ދެން އަޅެ މިސާލެކޭ! ޗޫޒް ވަން އޮފް ދެމް.”

“ވައި؟؟؟؟!!!”

“ޗޫޒް ކޮށްބަލަ ދޯ ދެން!!”

“ނޫޅެން.”

“މިސާލެކޭ އެއީ.”

“ހެވޭ!!!”

“ސާބަސް ޒިވީއަށް. ހަމަ އެހާ އެމީހުން ދެކެ ފޫހުވޭތަ؟”

“ޔެއާ!! ޑަހްހްހްހް!!!”

“ދެންންންން!!! އަޅެ ޔަޝް ހީކުރީ އައިލް ފައިނަލީ ގެޓް ޓު ސީ ޔޫ ޑޭޓް ސަމްވަން ކަމަށޭ!!! އެން ޔޫ ހޭވް ކޮލެޖުގެ އެންމެ ހޮޓް ތިން މީހުން ތެރެއިން ދެމީހުން. ލައިކް ގާލް. ދޭ އާ ލިޓެރަލީ ބެގިން ފޯ ޔުއަ އެޓެންޝަންންން!!! އެހެން ގާލް އެއް ނަމަ މިހާރު މޮޔަވާނެ ކަންނެ އުފަލުން ވެސް.” ޔަޝްމީ ކިޔަންފެށިއެވެ.

“ކްލެއަލީ އައިމް ނޮޓް އެހެން ގާލްސް.. އައިމް ޒިވްޔާ އަޒްހިރް. ދި ވަން އެން އޮންލީ. ބައި ދަ ވޭ.. ކޮލެޖުގެ އެންމެ ހޮޓް ތިން ބޯއިސް އޭ.. ކާކުތަ ތިން ވަނަ މީހަކީ؟؟؟” ޒިވްޔާ ޔަޝްމީ އާއި ދިމާއަށް އެއްބުމަ އަރުވާލިއެވެ.

“ވެލް.. މަ ނުބުންޏަސް އިނގޭނެ އެއްނު.” ޔަޝްމީ ރަކިވިއެވެ.

“ނޫނޭ.. ނޭނގެ. ބުނެބަލަ ދޯ.” ޒިވްޔާ ޔަޝްމީގެ ގައިގައި ކޮށްޓާލިއެވެ. “ދެންންން. ނޫޅެން.” ޔަޝްމީ އެތަނުން ދާން ދުއްވައިގަތެވެ. އެއާއެކު ޒިވްޔާ ވެސް ހެމުން ހެމުން ފަހަތުން ދުއްވައިގަތެވެ.

.===============

 

އުންމީދުކުރަން މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

ޝައިމްސް.

 

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ސިއްރު ކައިވެނި – ފަހުބައި

Next

ނޭދެން ވަކިވާކަށް 19 ވަނަ ބައި

Next
June 25, 2026

ނޭދެން ވަކިވާކަށް 19 ވަނަ ބައި

Previews
June 25, 2026

ސިއްރު ކައިވެނި – ފަހުބައި

8 Comments!

  1. Azu says:
    June 25, 2026 at 12:33 pm

    Wowww
    So Cool and Inspiring
    I Wonder Who Is The Mystery Person In The Next Episode?
    When Next?
    ILY
    TC

    1. Shyyyms Shyyyms says:
      June 25, 2026 at 2:29 pm

      Thank u🩷
      Next episode is pending atm.. will be uploaded soon ☺️

  2. ★IFSHAN says:
    June 25, 2026 at 12:35 pm

    Whoa—
    Haadha Salhiyeyy
    I’ll Be Waiting For The Next Part
    When Next Darling?

    1. Shyyyms Shyyyms says:
      June 25, 2026 at 2:29 pm

      Thank u🩷
      Next episode is pending at the moment.. will be available soon🩷

  3. 🩷 PINKYYY 🩷 says:
    June 25, 2026 at 12:37 pm

    Woww 🩷
    Varah Reethi Mibai ves🩷
    I’m Really Hoping For The Next Part and Ooh The Mystery Person. I Wonder Who It Is 🩷
    When Next Love? 🩷
    TC 🩷
    ILY 🩷

    1. Shyyyms Shyyyms says:
      June 25, 2026 at 2:28 pm

      Thank u🩷
      The next episode is pending rn🩷

  4. Anonymous says:
    June 25, 2026 at 12:59 pm

    Ahcheee pick me 🤮 mi writer es heevanee pick mee eh hn mikahala stories liyanee. I’m not like other girls oala cheedi dhen 🤮🤮 what’s wrong with other girls ? And begging for your attention ey mi heevanee writer amillayakah hunnan beynunvaa cringe situations liyefa hunna hen 😂 corny vaahaka gadeh

    1. Shyyyms Shyyyms says:
      June 25, 2026 at 2:26 pm

      Hello.. I’m really sorry that u don’t like my story.. but let me tell u something.. not trying to be rude or anything. Anyone who has read my stories will know well that my stories r not solely based on love. It’s more than that.. every single story is about pain, trauma & justice. It’s much more than that..

      But thank u for ur honest opinion.
      I understand that my story is not for everyone. 🩷

Comments are closed.



All Right Reserved!