Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ނަން މި ހިތުގާ 26

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
June 24, 2026 5 Mins Read
11 Comments

ދާނިޝް އެއްޗެއް ނުބުނެ އިރުކޮޅަކު ނޫރީންއާ ދިމާއަށް ބަލަން އިނެވެ. އެ ދެމެދަށް އައި ދުރުކަމުގެ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް އެކަން އެ ވަގުތަށް ދޫކޮށްލަމުން ދާނިޝް ބޭނުންވީ ވާހަކަ ބަދަލުކޮށްލާށެވެ.

“ރީންއަށް އެނގޭތަ؟ ޝަދާ ލައިކްސް އަޒްޔަން!” ދާނިޝް ބުނެލިއެވެ.

ނޫރީންގެ ފުރިހަމަ ސަމާލުކަން ވަގުތުން ދާނިޝްއަށް ދެވުނެވެ.

“ކިހިނެއް ދާނިޝްއަށް އެނގުނީ؟” ނޫރީން އަހާލިއެވެ.

ދެ ދުވަހެއް ކުރިން އަޝްދާއާ ޝަދާ ބަދިގޭގައި އެ ވާހަކަ ދައްކަނިކޮށް ދާނިޝްއަށް އަޑުއިވުނު ކަމެއް ޝަދާމެންނަކަށްވެސް ނޭނގޭނެއެވެ. ފުރަތަމަ އެ ވާހަކަ އަޑު އިވުމުން ހިތްހަމަނުޖެހުނު ނަމަވެސް އަޒްޔަންއާ ޝަދާ ގުޅުން އެއީ ރަނގަޅު ކަމެއް ކަމުގައި ދާނިޝްގެ ހިތަށް އެރީ ކުއްލިއަކަށެވެ.

“ރީންއަށްވެސް އެނގޭތަ؟” ނޫރީން ގާތު އެހެން ބުނި އިރު އެކަން ނޫރީންއަށް އެނގިފައި އޮވެދާނެ ކަމަކަށް ދާނިޝް ހިއެއް ނުކުރެއެވެ.

“ޝަދާ ބުނި.. އަޒްޔަންއަކަށް އަދި ނޭނގޭ ކަންނޭނގެ. ކީއްވެ އަހަންނާ އަޒްޔަންގެ ވާހަކަ އެ މީހުން ކައިރީ ނުބުނެ ތި ހުންނަނީ؟” ދާނިޝްއަށް ޖަވާބުދެމުން ނޫރީންވެސް ސުވާލެއް ކޮށްލިއެވެ.

“އަޒްޔަން ޑިވޯސްޑް ކަން ޝަދާއަށް އެނގޭ. އޭނަ ބޭނުމެއް ނޫން ކޮންމެހެން ކާކުތޯ ބަލާކަށް. ވަގުތު ޖެހުނީމަ އެނގެންވާ ހުރިހާ ކަމެއް އެނގޭނެ. އިހަށް އެ ދެމީހުން ގުޅެންވީ. އަޒްޔަންވެސް ދެން އެހެން މީހަކާ އެކީ ލައިފްއެއް ފަށައިގެން ކުރިއަށް ދާންވީ. ރީންވެސް މިހާރު އެ ސްޓެޕް ނެގީނު؟ ސޯ..؟ ޝަދާއާ އަޒްޔަން ގުޅުމަކުން މައްސަލައެއް ނެތެއްނު؟” ދާނިޝް ބޭނުންވީ ނޫރީންގެ ހިތުގައި ވާ އެއްޗެއް ބަލާށެވެ.

“އެއީ އެ ދެމީހުން ބޭނުންވާ ގޮތް ކަމަށް ވަންޏާ މައްސަލައެއް ނެތް. އެކަމަކު އަދި އަޒްޔަންއަކަށް ނުވެސް އެނގޭ. ޝަދާ އެކަނި ބޭނުން ވިޔަސް އަދި އެހެންނެއް ނުވާނެއެއްނު؟” ނޫރީން ބުންޏެވެ.

“ރީން އަޒްޔަންއާ އެ ވާހަކަ ދައްކަން ވީނު؟ ޝަދާ އެ ހުންނަނީ ނުކެރިފަ. ރީން ކުޑަކޮށް ޓްރައި ކޮށްލަދޭންވީނު؟” ދާނިޝް ބުންޏެވެ.

“އެހެން ބައެއްގެ ކަމެއްގެ ތެރެއަށް އަހަރެން ވަންނަންވީތަ؟ ޝަދާއެއްނު އަޒްޔަންއާ ވާހަކަ ދައްކަން ޓްރައި ކުރަން ވާނީ؟ ފުރަތަމަ ޝަދާ އަޒްޔަން ކައިރީ ބުނީމަ ދެން އަހަރެންވެސް ބުނެފާނަން. ޝަދާއަކީ ރަނގަޅު ކުއްޖެއް” ނޫރީންއަށް ދާނިޝް ބުނި ގޮތާ ގަބޫލެއް ނުވެވުނެވެ.

“ރީންއަށް އޯކޭ ވާނެތަ އެ ދެމީހުން ގުޅިއްޖެއްޔާ؟ މެރީ ކޮށްފިއްޔާ؟” ދާނިޝް އަހާލިއެވެ.

“އަހަންނަށް އޯކޭ ނުވާންވީ ކީއްވެ؟ ދާނިޝް ކީއްވެ ތި ކަހަލަ ސުވާލު ތި ކުރަނީ؟” ދާނިޝްގެ ސުވާލުން ނޫރީން ހިތްހަމައެއް ނުޖެހުނެވެ.

“ރީން.. އަހަންނާ—” ދާނިޝްއަށް އެ ވަރަށް ބުނެވުނު އިރަށް ބެލްޖަހާލި އަޑު އިވުނެވެ. ދެ މީހުންނަށް އެއްފަހަރާ ދޮރާ ދިމާއަށް ބަލާލެވުނެވެ.

“މަންމަމެން އެހާ އަވަހަކަށް ނާންނާނެ.. މި ގަޑީގަ ކާކު..؟” އަމިއްލަ ނަފްސާ ސުވާލު ކުރަމުން ނޫރީން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި އަޒްޔަން ފެނުމުން ނޫރީންއަށް އަވަސްއަވަހަށް ބަލާލެވުނީ ސޯފާގައި އިން ދާނިޝްއަށެވެ.

“އެކަކުވެސް ނެތް” އެ ވަގުތު އަޒްޔަން ގެއަށް ވައްދަން ފަސްޖެހިފައި، ދޮރުމަތިން ދުރަށް ނުގޮސް ހުރެ ނޫރީން ބުންޏެވެ.

“މަންމަމެން ކޮބާ؟” ހައިރާންވެފައި އަޒްޔަންއަށް އަހާލެވުނެވެ.

އެ ސުވާލުގެ އަޑު އިވުމުން ދާނިޝް އަރިވެލަމުން ބަލާލިއެވެ. ދޮރުމަތީ ހުރި އަޒްޔަން ފެނުމުން ދާނިޝް ސޯފާއިން ތެދުވީ، ދާނިޝް އެ ގޭގައި ހުރިކަން އަޒްޔަންއަށް އަންގާލަން ކަހަލައެވެ. ދާނިޝް ފެނުމާއެކު އަޒްޔަންގެ ދެބުމަ ކައިރިވެލިއެވެ. ނަމަވެސް ހަމަޖެހިލަމުން އަނެއްކާވެސް ކުރިމަތީ ހުރި ނޫރީންއަށް އަޒްޔަން ބަލާލިއެވެ.

އަޒްޔަންއަށް ކުއްލިއަކަށް އައި ބަދަލު ނޫރީންއަށް ފާހަގަ ކުރެވުނެވެ. ފަހަތަށް ބަލާލުމާއެކު ތެދުވެ ހުރި ދާނިޝް ފެނުމުން، އެ ގޭގައި ދާނިޝް ހުރުމުން އަޒްޔަން ވިސްނާނީ ކިހިނެއް ކަން އެނގި ނޫރީންގެ މޫނު ރަތްވެލިއެވެ.

“މަންމައާ ބައްޕައާ ބޭރަށް ދިޔައީ. ޝޮޕިންގއަށޭ ބުނީ. އަޒްޔަން ކައިރިއަކު ނުބުނޭތަ؟” ނޫރީން ބުންޏެވެ.

“ނުބުނޭ. ކޮން އިރަކު ދިޔައީ؟ ވަރަށް ގިނައިރު ވެއްޖެތަ؟” އަޒްޔަން އެހިއެވެ.

“ދެގަޑިއެއް ހާއިރު ވެއްޖެ. އެހާ އަވަހަށް އަންނާނެ ހެން ހިއެއް ނުވޭ” އެ ވަގުތު އަޒްޔަން ވައްދަން ބޭނުން ނުވާތީ ނޫރީން ބުންޏެވެ.

“ބައްޕަގެ ފައިލް ބަލާ މިއައީ” އަޒްޔަން ވައްދަން ނޫރީން ބޭނުން ނުވާކަން ވިސްނި އަޒްޔަން ބަހަނާއެއް ހޯދާލަމުން ނޫރީންއާ ދާނިޝްއަށް ވަގުތު ދޭން ބޭނުން ނުވާތީ ދޮގެއް ހެދިއެވެ.

އެހެން ގޮތެއް ނެތުމުން ނޫރީން ފަހަތަށް ޖެހިލާ އަޒްޔަން ވަންނަން ތަން ދެއްކިއެވެ. އެތެރެއަށް ވަން އަޒްޔަންގެ ނަޒަރު ދާނިޝްއަށް ހުއްޓުނެވެ. ދާނިޝްވެސް ހުރީ އަޒްޔަންއަށް ބަލަން ނަމަވެސް އަޒްޔަން އިސްވެ އެ ނަޒަރު ވަކިކުރަން ބޭނުމެއް ނުވިއެވެ.

ދާނިޝް ކައިރިން ލާފައި އަޒްޔަން ގޮސް ޝަފަގުއާ ޔާސިރު ނިދާ ކޮޓަރިއަށް ވަނެވެ. ދޮރުމަތީ ހުރެފައި ދޮރު ލައްޕާލަމުން ނޫރީން އެތެރެއަށް ވަނީ އަޒްޔަން ކޮޓަރިއަށް ވަނުމުންނެވެ.

“ދާންވީތަ؟ އަދި މަޑުކޮށްލަން ވީނު؟” އަޒްޔަންއާ އެކު އެކަނި ހުންނަން ބޭނުންނުވެ ނޫރީން ދާނިޝް ގާތު މަޑު ކުރުމަށް އެދުނެވެ.

ދާނިޝްއަށް ހީކުރެވުނީ ނޫރީން ބޭނުން ވާނީ އެ ވަގުތު ދާނިޝް ދިޔުމަށް ކަމުގައެވެ. ނަމަވެސް ނޫރީން އަމިއްލައަށް ދާނިޝް މަޑު ކުރަން ބުނުމުން ހިތްހަމަޖެހިފައި ހުރެ ނޫރީންއާ އެކު އަނެއްކާވެސް އިށީނެވެ.

ދިހަ ވަރަކަށް މިނަޓް ފަހުން އަޒްޔަން ނިކުތެވެ. ދަމުން ނޫރީންއަށް ބަލާލި ނަމަވެސް އަޒްޔަން އެއްވެސް އެއްޗެއް ނުބުނެއެވެ. އަޒްޔަން ދިޔަ ފަހުން ދާނިޝްވެސް ގިނަ އިރަކު މަޑެއް ނުކުރެއެވެ.

އެކަނި ވުމުން ނޫރީންއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަޒްޔަން އައި ވަގުތުން ފެށިގެން ނޫރީން އިނީ ހިތްއަވަސް ވެފައެވެ. ދާނިޝް ފަހުން އެއްޗެއް ނުބުނި ނަމަވެސް އެ ދުވަހު ދެއްކި ވާހަކަ ނޫރީންގެ ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އަޒްޔަން ޝަދާއާ ގުޅެން ބޭނުން ވެއްޖެ ނަމަ އެކަމަކާ ނޫރީން އެއްވެސް އެއްޗެއް ނުބުނާނެއެވެ. އެހެން ނަމަވެސް ޝަދާއާ ގުޅުމަށް އަޒްޔަންއަށް ބާރު އަޅާކަށް، ނުވަތަ ޝަދާގެ ވާހަކަ އެއްވެސް ގޮތަކަށް އަޒްޔަންއާ ދައްކާކަށް ނޫރީން ބޭނުމެއް ނުވެއެވެ. ޝަދާ ނޫނަސް، އެހެން އަންހެން ކުއްޖަކާ ބެހޭ ގޮތުން ވިޔަސް އަޒްޔަން ގާތު އެއްޗެއް ބުނާކަށް ނޫރީން ބޭނުމެއް ނޫނެވެ. ނޫރީން ގާތު އަޒްޔަން ބޭނުން ވާ ގޮތް ބުނެފައި އޮއްވާ އެފަދަ ވާހަކައެއް ދައްކައިފި ނަމަ އަޒްޔަން ދޭނެ ޖަވާބު ނޫރީންއަށް އަންދާޒާ ކުރެވެއެވެ.

އަޒްޔަން ނޫރީންގެ އެޕާޓްމެންޓުން ނިކުތް ނަމަވެސް ހޮޓެލްއަށް ދާ ޚިޔާލެއް ނުކުރިއެވެ. އިމާރާތުގެ ލޮބީގައި ލެޕްޓޮޕް ހިފައިގެން އޮފީހުގެ މަސައްކަތެއް ކުރަން މަޑުކޮށްލައިގެން އިނީ، ޝަފަގުއަށް ގުޅުމުން ގަޑިއެއްހާ އިރު ތެރޭ އަންނާނެ ވާހަކަ ބުނުމުންނެވެ. ވިއްސަކަށް މިނަޓް ފަހުން ބޭރަށް ނިކުންނަން ދިޔަ ދާނިޝް ފެނުމުން އަޒްޔަން މަސައްކަތް ނިންމާލާފައި ތެދުވެ ލިފްޓާ ދިމާއަށް ދިޔައެވެ.

ދާނިޝް ދިޔަތާ ގިނަ އިރެއް ނުވެ ބެލް ޖަހާލި އަޑު އިވުމުން ބަދިގޭގައި ކޮފީއެއް ބޯން އިން ނޫރީން ދޮރު ހުޅުވަން އައީ ކޮފީތަށި ހިފައިގެންނެވެ.

“ސާބަސް—! އަޒްޔަން..” ބެލް ޖެހީ ދާނިޝް ކަމަށް ހީކޮށް ބުނަން ފެށި ބަސް މެދުކަނޑާލަމުން ނޫރީންއަށް ގޮވާލެވުނެވެ.

“ޔެސް، އަޒްޔަން މީ، ދާނިޝްއެއް ނޫން” އަޒްޔަން އެހެން ބުނަމުން އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ.

“ކަމަކުތަ؟ އެއްޗެއް ބާއްވާފަ ދެވުނީތަ؟” ނޫރީން އަހާލިއެވެ.

“އަހަންނަށްތަ؟” ނޫރީންގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަޒްޔަން، ނޫރީން އަތުގައި ހުރި ކޮފީތަށި އަތުލިއެވެ.

“އަޒްޔަން!” މަގު އަތުލަން އަތް ދިއްކޮށްލަމުން ނޫރީން ހިތަހަމަނުޖެހިފައި ބާރަށް ގޮވާލިއެވެ. ނަމަވެސް ނޫރީންއާ ދުރަށް ފިޔަވަޅެއް އަޅާލަމުން އަޒްޔަން އެ މަގުގައި ތުންޖަހާ ކޯވަރެއް ބޯލިއެވެ.

“ސޮރީ..! އަހަންނަކަށް ނޫންތަ؟” ހިނިއައިސްފައި ހުރެ އަޒްޔަން އެ މަގު ނޫރީންއަށް ދިއްކޮށްލިއެވެ.

އަޒްޔަންއާ ދިމާއަށް ލޯއަޅާލަމުން ނޫރީން އެނބުރުނީ ކޮޓަރިއަށް ވަންނާށެވެ. ނަމަވެސް ހުއްޓުނީ އަޒްޔަން ނޫރީންގެ އަތުގައި ހިފެހެއްޓުމުންނެވެ.

“ކިހިނެއް ވެގެންތަ އަޒްޔަން ތި އުޅެނީ؟” އަޒްޔަންގެ އަތުތެރެއިން އަތް ނައްޓުވަން މަސައްކަތް ކުރަމުން އަހާލި އިރު ނޫރީންގެ އަޑުގައި ވީ ހިތްހަމަނުޖެހުމެވެ.

“އޭނަ ދެކެ ލޯބިވޭތަ؟” ނޫރީންގެ އަތުން ދޫކޮށް ނުލާ ހުރެ އަޒްޔަން އަހާލިއެވެ.

“ތީ އަޒްޔަން ބަލަން ޖެހޭ ކަމެއް ނޫން” އަދިވެސް މިނިވަންވުމަށް މަސައްކަތް ކުރަމުން ދިޔަ ނޫރީން ބުންޏެވެ.

އަޒްޔަން ކޮފީތަށި ބަހައްޓާފައި ނޫރީންގެ އަތުގައި ހިފާ ދަމައިގަތް ގޮތަށް ނޫރީން ގެނެސް މޭގައި ޖައްސާލިއެވެ.

“އަޒްޔަން!” ނޫރީންއަށް އަޒްޔަންގެ ނަމުން ގޮވާލެވުމާއެކު ދުރަށް ދާން ތެޅިގަނެވުނެވެ.

“ނޫރީން ބޭނުން ވަނީ އަހަރެން ނޫރީން ހޯދަން މަސައްކަތް ކުރުން ހުއްޓާލަން ކަމަށް ވަންޏާ އެ ވަރުގެ ރީޒަންއެއް ދައްކާ. ބުނޭ ދާނިޝް ދެކެ ލޯބިވެޔޭ! އެހެން ނޫނީ އަހަރެން ދެކެ ލޯތްބެއް ނުވެޔޭ ބުނޭ! އޭރުން އަހަރެން ދެން އިތުރަކަށް ނޫރީންއަކަށް އުނދަގުލެއް ނުކުރާނަން” ނޫރީންގެ ދެ އަތް ގެންގޮސް ފަހަތަށްލާ ހިފަހައްޓާލަމުން އަމިއްލަ ގައިގައި ނޫރީން ޖައްސާލައިގެން ހުރެ އަޒްޔަން ބުންޏެވެ.

“ޕްލީޒް އަޒްޔަން.. އޭރު ވީ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ އެހެން މީހަކާއެކީ އާ ދިރިއުޅުމެއް ފަށަން އަހަންނަށް ފިޔަވަޅު ނެގުނީ ކިހާ މަސައްކަތަކުން ކަމެއް އަޒްޔަންއަކަށް ނޭނގޭނެ.. ދާނިޝްއަކީ ރަނގަޅު މީހެއް.. މިހާ ހިސާބަށް އައިސްފަ ދެން ފަހަތަށް ޖެހުން އޭނައަށް ފެއަރ ވާނެތަ؟ އައި ކާންޓް ޑޫ ދެޑް ޓު ހިމް.. ޕްލީޒް އަޒްޔަން.. ދެން އަހަރެން ދޫކޮށްލާ!” އަޒްޔަންގެ އަތުތެރޭ ހިމޭންވެލާ އިސްޖަހާލަމުން ނޫރީން މަޑުމަޑުން ބުންޏެވެ.

ނޫރީން އެ ބުނީ ކީކޭ ކަން ނަގައިގަންނަން އަޒްޔަންއަށް އިރުކޮޅެއް ބޭނުންވިއެވެ. އެއާއެކު ހިތް އުފަލުން ނަށާލި ނަމަވެސް ދެވަނަ ސިކުންތުގައި އެ ހިތް ގެނބިގެން ދިޔައެވެ.

“ނޫރީން..” އިސްޖަހައިގެން ހުރި ނޫރީންގެ ބޮލުގައި ތުންފަތް ޖައްސާލަމުން އަޒްޔަންއަށް ލަސްލަހުން ނޫރީންގެ ނަން ކިޔާލެވުނެވެ.

“އަހަރެންވެސް އެހެން ލައިފްއެއް ފަށަން މިއުޅެނީ.. އަހަރެން އެދެނީ އަޒްޔަންވެސް ދެން އެ ހުރިހާ ކަމެއް ހަނދާން ނައްތާލާފަ އަލުން ލައިފްއެއް ފެށުން. އަހަރެން ބުނާ އެއްޗެއް އަޑު އަހާނަންތަ؟ އަހަރެން ބުނީމަ ގަބޫލު ކުރާނަންތަ؟” އެ ސުވާލާއެކު ނޫރީން އިސް އުފުލާލަމުން އަޒްޔަންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.

އަޒްޔަން އެއްޗެއް ނުބުނެ ނޫރީންގެ މޫނަށް ބަލަން ހުރީއެވެ.

“ޝަދާއަކީ ވަރަށް ރަނގަޅު ކުއްޖެއް.. ޝީ ލައިކްސް ޔޫ.. އަޒްޔަން އޭނައަށް ޗާންސެއް ދީ.. މޭބީ—” ނޫރީންއަށް ފުރިހަމައެއް ނުކުރެވުނެވެ. އަޒްޔަން ކުއްލިއަކަށް ނޫރީން ގައިން ދޫކޮށްލާ ފަހަތަށް ޖެހިލިއެވެ.

“ނޯ!” އަޒްޔަން ވަގުތުން ދެކޮޅު ހެދިއެވެ.

“އަޒްޔަން، އަހަރެން ބުނާ އެއްޗެއް އިހަށް އަޑު އަހާލަބަލަ.. ޝަދާ ބޭނުންވޭ އަޒްޔަންއާ ވާހަކަ ދައްކަން. އެޓްލީސްޓް ވިސްނާލަބަލަ!” ޝަދާއާ ދާނިޝް އެދުނީ އަޒްޔަން ގާތު ނޫރީން އެ ވާހަކަ ދައްކަން ނަމަވެސް، އެ ވަގުތު އެ ވާހަކަ ބުނީ އަޒްޔަން ނޫރީންގެ މަތިން ހަނދާން ނައްތާލުމަށް މަސައްކަތް ކުރުމަށާ ދިރިއުޅުމާމެދު ވިސްނުމަށް އަޒްޔަންއަށް ބާރު އެޅުމަށެވެ.

“ނޫރީން ދާނިޝްއާ ކައިވެނި ކުރަން ނިންމީމަ އޭގެ މާނައަކީ އަހަރެންގެ ލައިފްއަށް ގެންނަން ‘ކެންޑިޑޭޓްސް’ ހޯދަން ނޫރީންއަށް ހުއްދަ ލިބުނީއެކޭ ނޫން. ނޫރީން އެހެން މީހަކާ ކައިވެނި ކުރަން ނިންމިއަކަސް އަހަރެން ނުޖެހޭ ދެ ދުވަސް ފަހުން އެހެން މީހަކާ އިންނާކަށް. އަދި އަހަރެންގެ ލައިފްއަށް ގެންނާނެ މީހަކު އެނގޭނީ ނޫރީންއާ ދާނިޝްއަކަށް ނޫން” ނޫރީންގެ ވާހަކަ އަޑު އަހާފައި އަޒްޔަން އައީ ރުޅިއެވެ.

“އަޒްޔަން..” ނޫރީން އަނެއްކާވެސް ވާހަކަ ދައްކަން އުޅުނެވެ.

“ނޫރީންއަށް ތިހާ މަޖުބޫރުވެގެން ތި އުޅެނީ ކީއްވެގެން؟ ދާނިޝްއާ ކައިވެނީގެ ވާހަކަ ދެއްކިއަކަސް އޭގެ މާނައަކީ އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކޭ ނޫން. މީހުންގެ ޚިޔާލުވެސް ބަދަލުވޭ. އޭނައަށް އެކަން ބަލައިނުގަނެވެނީތަ؟” އަޒްޔަންގެ އަޑާ ރާގުގައި ވީ ހިތްހަމަނުޖެހުމާ ރުޅިއެވެ.

“ދާނިޝް އަހަންނަށް މަޖުބޫރެއް ނުކުރޭ. އެކަމަކު އަޒްޔަން ތި ކުރަނީ މަޖުބޫރެއް ނޫންތަ؟ އަހަރެން ދާނިޝްއާ އިންނަން ބޭނުން ކަން އެނގޭ އިރުވެސް އަޒްޔަން ތި އުޅޭ ގޮތަކީ އެންމެ ރަނގަޅު ގޮތްތަ؟ ކީއްވެތަ އަހަރެން ބުނާ އެއްޗެއް ބަލައިނުގަނެވިގެން އަޒްޔަން ތިއުޅެނީ؟” އަޒްޔަންގެ ވާހަކަ ހުރި ގޮތުން ނޫރީންވެސް ރުޅިއައެވެ.

ނޫރީންގެ ބަސްތަކުން އަޒްޔަން ހިމޭންވިއެވެ. އިރުކޮޅަކު އެކަކު އަނެކަކަށް ބަލަން ތިބެފައި އަޒްޔަން އިސްޖަހާލަމުން ދެތިން ފިޔަވަޅު ފަހަތަށް އަޅާލިއެވެ.

“އެންމެ ރަނގަޅު.. ތީ ނޫރީން ބޭނުން ވާ ގޮތް ކަމަށް ވަންޏާ އަހަރެން ތި ދެމެދަކަށް ނުވަންނާނަން. ނޫރީންގެ ދިރިއުޅުމަށް ދެން އަހަރެންގެ އުނދަގުލެއް ނުފޯރާނެ. މާލެ ދިޔުމަށް ފަހު އަހަންނާ ނޫރީންގެ މެދުގަ ދެން އެއްވެސް ގުޅުމެއް ނޯންނާނެ. އައި އޭމް ގިވިންގ ޔޫ އަޕް! އަހަރެން ނޫރީން ދެކެ ކިތަންމެ ލޯބި ވިޔަސް ދެން ނޫރީން ހޯދާކަށް މަސައްކަތެއް ނުކުރާނަން.. ނޫރީންގެ ދިރިއުޅުމުގެ ކަންތަކާ ނޫރީން އަމިއްލައަށް ގޮތް ނިންމޭހެން، އަހަރެންގެ އަމިއްލަ ކަންތައްތަކުގަ ގޮތް ނިންމާނީ އަހަރެން. އަހަރެން މީހަކާ އިންނަން ވީމަ އެނގޭނީ އަހަންނަށް، އަދި އިންނާނެ މީހަކުވެސް އެނގޭނީ އަހަންނަށް، ނޫރީންއަކަށް ނޫން!” އަޒްޔަން އެނބުރި ނޫރީންއާ ދިމާއަށް ބަލަން ހުރެ ވާހަކަ ދެއްކިއެވެ. އެއަށް ފަހު އިތުރަށް މަޑުނުކޮށް ނިކުތެވެ.

ނުނިމޭ

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ޒާޔާ – 2 (ނުވަވަަނަ)

Next

ޔަޝާ-3

Next
June 24, 2026

ޔަޝާ-3

Previews
June 23, 2026

ޒާޔާ – 2 (ނުވަވަަނަ)

11 Comments!

  1. Mar Sha Mar Sha says:
    June 24, 2026 at 11:17 am

    .ސަލާމް، މާޝާ ހީކުރަން މިބައިވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް. 27 ވަނަބައި އާދީއަތް ދުވަހު ގެނެސްދޭނަން. ކިޔަލާފަ ކޮމެންޓް ކޮށްލައްޗޭ

  2. Neem says:
    June 24, 2026 at 11:53 am

    Marsha allah v v reethi vaahaka..kiyaahithun indha e nimuny..hithah gothehvey kiyamun dhaairuvs dhn vaany kihinehbaaey hithah araavarun..Alhe plx mar sha axyan aa nooryn aa gulhuvaaba,dhaanish akaa nugulhe eyy..

    1. Mar Sha Mar Sha says:
      June 25, 2026 at 10:05 am

      thank u Neem, dhe myhun fight koh nimigennu adhi gulheyny, Nooreen ah Azyan ahvure bodah visneny Dhaanish aa medhu viyya, dhen kihineh hadhaanyves dho

  3. Anonymous says:
    June 24, 2026 at 12:42 pm

    Alheyyy haadha hiy thalhuvaalaafa ey thinimmaalyy..
    Curiously waiting…

    1. Mar Sha Mar Sha says:
      June 25, 2026 at 10:07 am

      hehe, Marshaves liyaa iru hiy thelhey dhen vaane goiy hithah araafa

  4. Anonymous says:
    June 24, 2026 at 2:02 pm

    nthn new happens. seems like story is stuck in the same place. always azyan noorin fighting in the few prev parts.

    1. Mar Sha Mar Sha says:
      June 25, 2026 at 10:09 am

      thi buny hama thedheh dear, don’t worry next partga different gotheh vaane, thank u for pointing that out. dhen rangalhu vaane

  5. Mary says:
    June 24, 2026 at 7:33 pm

    Alheyyy…haadha dhera ey mivaa goiy 🥺

    1. Mar Sha Mar Sha says:
      June 25, 2026 at 10:10 am

      baeh faharu stories ga mikahala goiygoiyves vaane dho Mary, thanks for the comment dear

  6. 🥀 says:
    June 25, 2026 at 5:06 am

    Nooreen!!!! Go stop him and tell him how much you love him. It’s your only chance girl

    1. Mar Sha Mar Sha says:
      June 25, 2026 at 10:17 am

      yes Nooreen, go stop him! I hope she listens to u dear, thank u

Comments are closed.



All Right Reserved!