Skip to content
އެސްފިޔަ

ވާތީ ހިތަކު ލޯބި މަންމަންވެފާ 68

ސަލާމް ކިޔުންތެރިން…

ފުރަތަމަ ކަމަކަށްވެސް މިބައި ލަސްވީތީ ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ނިހާޔަތަށް މަޢާފަށް އެދެން. 66 ވަނަ ބައިގަ އަދި އަޅުގަނޑުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް އަޅުގަނޑުގެ އަތަށް އަނެއްކާވެސް ސީޓީއެސްގެ އުނދަގޫ ކުރާލެއް ބޮޑު ވުމުގެ ސަބަބުން، ވާހަކަ ލިޔަން އުނދަގޫ ވާހަކަ ވާނީ ހިއްސާ ކޮށްލާފައި. އަތް އައްސި ވުމުގެ ސަބަބުން މިވަގުތު އަޅުގަނޑު މިއުޅެނީ އަނެއްކާވެސް ‘ރިސްޓް ބްރޭސް’ ވެސް އަޅައިގެން. އަދި އޭގެ އިތުރުން ހަމަ އެ އަތް ވަރަށް ބޮޑަށް ކަފައިގެންވެސް ގޮސްގެން. މިދެކަންތަކުގެ ސަބަބުން ވާހަކަ ލިޔުން މިދުވަސްކޮޅު އަޅުގަނޑަށް ވަރަށް އުނދަގޫ. އަތް އައްސިވެފައި ހުންނަލެއް ބޮޑު ކަމުން. ‘ރިސްޓް ބްރޭސް’ އަޅައިގެން ހުރުމުން އެކަނި އައްސިކަން ފިލަނީ. ނަމަވެސް ‘ރިސްޓް ބްރޭސް’ އަޅައިގެން ލެޕްޓޮޕް އަދި ފޯނުންވެސް ލިޔުން އެއީ ވަރަށް އުނދަގޫކަމެއް. ވާހަކަ ލަސްވީ އެހެންވެގެން. އަދިވެސް އަޅުގަނޑުގެ އަތް ރަނގަޅެއް ނުވޭ. ކަފައިގެން ދިޔަ ފާރު ރަނގަޅެއްވެސް ނުވޭ. އެހެންކަމުން ކޮންމެ ދުވަހަކު ވާހަކަ ނުގެނެވިދާނެ. އެކަމަކުވެސް އިންޝާ ﷲ ހަފްތާއަކު އެއްބައި ނެރެވޭތޯ ވަރަށް މަސައްކަތް ކުރާނަން. ނުވި ނަމަވެސް ކިޔުންތެރިންނަށް އަންޑަސްޓޭންޑް ވާނޭ ކަމަށް އުއްމީދު ކުރަން🫶🏻

****

ކޮޓަރި ދޮރު ހުޅުވާލިއަޑު އިވުމާއި އެކު ފާރު ކައިރީ އިށީނދެގެން އިން އެލާރާ ފަހަތައް އެނބުރުނެވެ. އަދި ވަރަށް އުފަލުން ދުވެފައި ގޮސް ބޮސްގެ ހަށިގަނޑުގައި ބައްދާލިއެވެ. “ދޮންބޭ. ހާދަ ދުވަސްކޮށްފަ ތިއައީ؟ ހާދަ މިސްވިޔޭ…” ބޮސްގެ މޭގައި ބޮނޑިވެލަމުން އެލާރާ ބުނެލިއެވެ. “އެޒިކިއެލްއޭ؟ ކަލޭ ހަމަ އަސްލުވެސް މޮޔަވީތަ؟؟” ބޮސް އެލާރާ ކޮއްޕާލިއެވެ. ވަގުތުން އޭނާ ބިންމައްޗަށް ގުޅަޔަކަށް ޖެހުނެވެ.

(68 ވަނަ ބައި)

“ދޮންތަ މޮޔަވީތަ؟ ކީއްކުރަން އެކަހަލަ ޖަނަވާރަކާއި އެކު ކުއްޖަކު ހޯދަން ތިއުޅެނީ…؟” އަޒީންވީ އުފަލެއް ނޫނެވެ. ގަތީ ބިރެވެ.

“ގަބޫލު ކުރެވޭ ކޮއްކޮ ތި ބުނި ވާހަކަ. އެކަމަކު.. މިއީ ދޮންތަގެ ބާރުގައި އޮތް ކަމެއް ނޫނެއްނުން؟ މިއީ މާތް ﷲ ދޮންތައަށް ދެއްވި ނިޢުމަތެއް. އެއީ ނުލަފާ މީހެއް ނަމަވެސް، މިކުއްޖާގެ އެއްވެސް ކުށެއް ނެތް. އިންޝާ ﷲ ދޮންތަ މި ކުއްޖާ އުފަން ކުރާނަން” ބަނޑުގައި ފިރުމާލަމުން މަޒީނާ ވާހަކަ ދެއްކިއެވެ.

“އެ ނުލަފާ ޒެންއާއި އެކު؟ ހެޔޮނުވާނެ ދޮންތާ. އޭނަ ދޫކޮށްލާ. އަހަރެން ދޮންތަ ކިޔަސް ތިއީ އަހަރެންގެ ހުރި ހަމަ އެކަނި ކޮއްކޮ. ދެ މީހުންގެ ތިބީ ދެ ބައްޕައަކަސް، ތިއީ އަހަރެންގެ އެއްބަނޑު ކޮއްކޮ. އެ ޒެންއާއި އެކު ކޮން ދިރިއުޅުމެއް ދޮންތައަށް ލިބޭނީ؟ އަނިޔާވެރި ބަފަޔަކު ހުރުމުން ވާނެ ގޮތް މިއޮތީ މަށަށްވެފަ. ދެން ދޮންތަ ވިސްނާ” އަޒީންގެ އަޑު ކުރެހުނެވެ. އިތުރަށް ކާނެ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ. ނޭފަތް ދަމާލަމުން އޭނާ ގޮސް ކޮޓަރިއަށް ވަނެވެ.

އިސްޖަހާލަމުން މަޒީނާ އޭނާގެ ބަނޑުގައި ފިރުމާލިއެވެ. އަޒީން އެބުނީ ތެދެކެވެ. އެއީ ކޮންކަހަލަ ކަމެއްކަން އެންމެ ރަނގަޅަށް އެނގޭނެ މީހަކީ އަޒީންއެވެ. އެ ވޭން އެދަރިފުޅަށް ދޭން އޭނާ ބޭނުން ވާނެ ހެއްޔެވެ؟ އެމަންޒަރު ބަލަން އޭނާގެ މައި ލަގޮނޑިއަށް ކެތްވާނެ ހެއްޔެވެ؟

ބަދިގޭގައި ފިޔާ ކޮށަން އިން ޒާލާގެ ޙިޔާލުގައިވީ މިއަދު ދިމާވި ޒުވާނާއެވެ. އެހާ ޅަ އުމުރުގައި ކިޑްނީ ފެއިލްވެ، މަރު ބައްޔެއް ޖެހިފައިވުމުން އޭނާގެ ހިތުގައި އަޒީނަށްޓަކައި ރަހުމު އުފެދުނެވެ. އަޒީންގެ ދިރިއުމާއި މެދު ވިސްނަން ހުރި ޒާލާއަށް ބަލާ ނުލާ ހުރެވުމުން އިނގިލީގައި ވަޅި އެޅުނެވެ. “އައުޗް” ވަގުތުން ހޯސްލާފައި އޭނާގެ އަތުން ލޭތައް އަންނަން ފެށިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިންކު ކައިރީގައި ހުއްޓި އެތަނުން ލޭ މަނާވޭތޯ ފެން އަޅަން ފެށިއެވެ.

އަތުގައި އޮތް ޓީޝާޓު ބޮލަށް މަހައިލަމުން ބަދިގެއަށް ފެންފޮދެއް ބޯލުމުގެ ނިޔަތުގައި ވައިން ޒާވިލްއަށް ޒާލާ ފެނުނެވެ. މޭޒު މަތީގައި ކޮށަން ފަށާފައި ހުރި ފިޔާ ތައްޓާއި މޭޒުމަތީގައި ހުރި ލޭތިކިތައް ފެނި އޭނާ އެއުޅެނީ އަތުން ލޭ މަނާ ކުރަންކަން ޒާވިލްއަށް އެނގުނެވެ.

“ދަރިފުޅާ؟ ކިހިނެތް ތިއުޅެނީ؟” ފެންފުޅިއެއް ނަގާ އަނގައަށް އޮއްސާލަމުން ޒާވިލް އެހިއެވެ.

“މި.. ފިޔާ ކޮށަން ހުއްޓާ ކެފުނީ” އިސްކުރު ބަންދު ކުރަމުން ޒާލާ ބުނެލިއެވެ.

“އަސްތާ. ދަރިފުޅުގެ އުމުރުން 13 އަހަރުގަ ކައްކަން ފަށައިފި. ފިޔާ ކޮށަން ދަސްވީ ފަހުން އަދި ކިރިޔާ ތި އަތް ކެފުނީ. އަނެއްކާ ކޮން ހިޔާލެއްތަ ތިހުރީ ތި ކޮށި އިރު…؟” ދިމާ ކުރާ ކަހަލަ ރާގެއްގައި ޒާވިލް އެހިއެވެ. “އަނެއްކާ ކަމުދާ ކަހަލަ ކުއްޖަކު ފެނުނީތަ؟”

“އޭނ؟؟ ކީކޭ؟ ބައްޕަ މިހާރު ކީކޭ ތި ކިޔަނީ…؟” ބޯ ކަހާލަމުން ޒާލާ އެހިއެވެ. އޭރުވެސް އެހިޔާލުގައިވީ އަޒީނެވެ.

“ދަރިފުޅާ ބުނަން؟ އަވަހަށް ދެން އެހެން ކުއްޖަކު ހޯދާ އިނގޭ. އަކްނާން ކަހަލަ ބޭވަފާތެރިޔަކަށްޓަކައި ތި ލޮލުން ކަރުނަތައް ބޭކާރު ނުކުރޭ” ޒާލާގެ ބޮލުގައި ފިރުމާލަމުން ޒާވިލް ބުނެލިއެވެ. ހިނިތުންވެލަމުން ޒާލާ އިސްޖަހައިލިއެވެ.

***

“ދޮންބޭ… ކީއްވެތަ ތި ހޫރާލީ..؟ އެލާއަށް ވަރަށް ބޮޑަށް ސޮރީ ގޯހަށް ކަމެއް ކުރެވިފައި އޮތިއްޔާ…” އެލާރާގެ ދެލޮލުން ކަރުނަ ހިލުނެވެ.

ދަތްކުނޑިވިކައިލަމުން ބޮސް އޭނާގެ އިސްތަށިގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. އޭނާގެ އިސްތަށިގަނޑުގައި ހިފައިގެން ހުރެ އެލާރާގެ ބޯ ފާރުގައި ބާރަކަށް ޖެހުވިޔެވެ. ވަގުތުން އެލާރާގެ ނިއްކުރިން ހޯސްލާފައި ލޭތައް އަންނަން ފެށިއެވެ.

އަނެއްކާވެސް ޖަހަން އުޅެނިކޮށް، އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ އަކިޔަލްއެވެ. އެލާރާގެ ހަށިގަނޑު ބިންމައްޗައް ހޫރާލަމުން ބޮސް ކޮޓަރިން ނިކުތެވެ.

ކޮޓަރިން ނިކުން އިރު އަކިޔަލްގެ އިތުރުން އެހެން މީހަކުވެސް އެތަނުގައި އިނެވެ. އަނދިރިކަމުން އޭނާގެ މޫނެއްވެސް ނުފެނެޔެވެ.

“ކޮބާ. ކަލެޔަށް އެކަން ވާނެތަ..؟” ސޯފާގައި އިށީންނަމުން ބޮސް ސުވާލު ކުރިޔެވެ.

“ކަލޭ ބުނި އަދަދަށް މަށަށް ލާރި ދޭން ޖެހޭނެ. އޭރަށް ތިކަން މަ ކޮށްފާނަން” އޭނާ ބުނެލިއެވެ.

“އެންމެ ރަނގަޅު. އަހަރެން މާދަން ކަލެއަށް ލާރީގެ ދެބައިކޮށްފަ އެއްބައި ދޭނަން. ނިމުނީނުން. އަވަހަށް ދަތުރު ހަމަ ޖައްސާ” ތުމުގައި އިން ސިނގިރޭޓުގައި އަލިފާން ރޯކޮށްލަމުން ބޮސް ބުންޏެވެ.

(ނުނިމޭ)

ފަސްދޮޅަސްނުވަވަނަބައިގެ ތެރެއިން:

“ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟ މަ ބުނިންތަ އަހަރެން ކަލޭގެ އެހީ ބޭނުމޭ؟؟” ލަޝްކާ ފެނުމުން އިމްރާން ގާތަށް އައީ ރުޅިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (6)

  1. ^_^ @!I

    Maasha allah.
    Mi prt vs vrh reethi
    Im so curious about the “BOSS”
    Who is he if imran is not him????
    “BOSS” hates both dhaai n ellu.
    Im going craxxxxyyyyyyyy
    Anyways, When next?

    1. shihaamaa ali
      ^_^ @!I

      Jazaakillah khair ^_^ @!I 🩶🫶🏻
      Hehe dhww.. boss aky kaak kan engeynee adhi varaaahh fahuun hehe..
      In sha allah next sooon 🫶🏻🩶

  2. Mrs.Black

    MA..💖 I’m so Hostile about it a lot of days again you’re tale I gotta to read!!
    Sorry for Ella? I also don’t want Ell ah ehnvaan
    I’m sure Ella huree depress vefa kannehge
    Hehe 🤣 Jusss making you feel curious Shiherr
    Anyways, when’s next ???
    Ur breathtaking tales add a touch of whimsy to me;✨

    1. shihaamaa ali
      Mrs.Black

      Jazaakillah khair Mrs.Black🩶🫶🏻
      Yeaaa dhen depressed vaane thaa dhww..
      Lmaooo😭🤣
      In sha allah next soon stay tuned 🩶🫶🏻

  3. X!n!:)

    Mashallah vrh reethi
    Cant wait for the next episode
    I really appreciate ur hard work
    ☺️

    1. shihaamaa ali
      X!n!:)

      Jazaakillah khair X!n!:) 🩶🫶🏻
      In sha allah next soon stay tuned 🩶🫶🏻

Comments are closed.