Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު- 12

Vaahaka_by_Az
Vaahaka_by_Az Level 110 Stories
June 23, 2026 10 Mins Read
0 Comments

ލިފްޓު ސާވިސް ކުރާކަމުގެ ނޯޓިސްއެއް ޖަހާފައި އިނުމުން ސިޑިން ފައިބަން ޖެހޭތީ އާޔަތު ހުރީ ހިތްހަމަ ނުޖެހިފައެވެ. އެއްޗެއް ނުބުނެ އަޒާންއަށް ނަޒަރެއް ދެމުން ސިޑިން ފައިބަން އަޅާލި ފުރަތަމަ ފިޔަވަޅުވެސް އެޅުނީ ހަރުފަތުން ބޭރުގައެވެ.  އާޔަތު އާއި ދާދި ގާތުގައި ހުރި އަޒާން ހުޝިޔާރު ކަމާއެކު އާޔަތުގެ މެދު ހަށީގައި ހިފާ ގާތަށް ދަމާލިއެވެ.

”ކެއަރ ފުލް ޑާރލިންގް“ އަޒާން އާޔަތު ގެ ކަނދުރާއާ ގާތް ވެލަމުން ނޭފަތް އެތެރެއަށް ދަމާލީ އާޔަތުގެ ގައިން ދުވި ހެލިއޮޓްރޯޕް މަލުގެ މަޑު ފޮނި ވަހުގެ ފޮނި މީރުކަން އިތުރަށް ލިބިގަތުމަށެވެ.

” އަޒާން! ބިހޭވް…“ ލޯ އަޅާލާފައި އާޔަތު އަޒާން އާއި ދުރުވެލަމުން ސިޑިން ތިރިއަށް ހިނގައި ގަތެވެ. އަޒާން ވެސް އާޔަތުގެ ފަހަތުގައި ހުރެގެން ތިރިއަށް ފޭބިއެވެ. ދޮރުން ނުކުތް އާޔަތު އަށް ވުރެ ކުރިން  ގޮސް އަޒާން ކާރުގެ ދޮރު ހުޅުވާލަ ދިނެވެ. އާޔަތު އެރުމުން އަޒާން ވެސް ގޮސް ޑުރައިވަރު ސީޓަށް އެރިއެވެ. ” ޑާލިންގް….ޔޫ ލުކް ސްޓަނިން …..ލިލީސް ފޯ އަ ބިއުޓިފުލް ލިލީ“ އަޒާންގެ އަތުގައި އޮތް ލިލީ މަލުގެ ގުލްދަސްތާ އާޔަތުއަށް ދިއްކޮށްލަމުން ތައުރީފު ކޮށްލިއެވެ.

”ޔޫ ޑިޑިންޓް ހޭވް ޓު….. ބަޓް އެނީވޭޒް ތޭންކްސް“ އާޔަތު މާތަކުގައި ހިފީ އަޒާން ދިން އެއްޗަކަށް ވިއަސް އެއީ އާޔަތު އެންމެ ގަޔާވާ މާ ކަމުގައި ވާތީއެވެ. އާޔަތު ކާރުގައި ހަމަޖެހިލަމުން މާތަކުގެ ފޮޓޯތައް އެކި ގޮތް ގޮތަށް ނަގަމުން ދިޔައިރު ދުއްވަން އިން އަޒާންގެ ނަޒަރު އަމާޒުވެފައި ހުރީ މަގަށް ވުރެ ބޮޑަށް އާޔަތު އަށެވެ.

ކާރުގޮސް މަޑު ކޮށްލީ ހުޅުމާލޭގެ އެންމެ ފަހުން ހުޅުވި ’ބެޓްލް ޒޯން ހަބް‘ ނަމަކަށް ކިޔާ  ގޭމިން ސެންޓަރު ކުރިމައްޗަށެވެ. އާޔަތު ކާރުން ފޭބުމުން އަޒާން ގޮސް ކާރު ޕާކު ކޮށްލާފައި އެނބުރި އައެވެ. އަޒާން އާއި އެއް ހަމައެއްގައި ހުރެ ހިނގަމުން ދިޔަ އާޔަތު ހުރީ ހަމަ ރަނގަޅަށްވެސް  އާޝޯހުވެފައެވެ. ވަށައިގެން އެކި ތަންތަނަށް ބަލަމުން ދިޔައީ ތަނުގެ ބޮޑުކަމާއި ފުރިހަމަ ކަމުންނެވެ. ޔުވާން އާއެކު ބައެއް ފަހަރު ގޭމު ކުޅޭތީ އާޔަތުވެސް އެކަމާ ވަރަށް ގަޔާވެއެވެ. އަޒާން ގޮސް ހުއްޓިލީ ވީއައިޕީ ޖަހާފައި އިން ބޮޑު ދެކޮޓަރިން އެންމެ ފުރަތަމަ ހުރި ކޮޓަރި ކުރިމަތީގައެވެ. ޖީބުން ނެގި ކީ ކާޑުން ކީޕެޑުގައި ޖައްސާލުމުން ދޮރު ހުޅުވިގެން ދިޔަތަން ފެނިފައި އާޔަތު ސުވާލުގެ ނަޒަރަކުން އަޒާންއަށް ބަލާލިއެވެ. އެ ކޮޓަރިތެރޭގައި ހުރީ ބޮޑު ފާރެއް ވަރުގެ ސްކްރީން އަކާއި ޕްލޭ ސްޓޭޝަން އެއް އަދި  ދެ ’ސްޓީރިން ވީލް‘ ވެސް އިނެވެ.

”ޑޯންޓް ޓެލްމީ ޔޫ އޯން ދިސް ޕްލޭސް ޓޫ؟“ އާޔަތު ލޯ ހަނިކޮށްލަމުން އަޒާން އަށް ބަލާލިއެވެ. ”ހަހަހަ….ނޯ އައި ޑޯންޓް އޯން ދި ޕްލޭސް…. އައި ޖަސްޓް ހޭވް އަ ވީއައިޕީ މެމްބާޝިޕް….މީ އަހަރެންގެ ފްރެނޑެއް އޯން ކުރާ ތަނެއް….ލިއާ އާއި ޔޫވީ އާއެކު ބައެއް ރޭތަކު ބޯއިސް ނައިޓްސް އަށް މިތަނަށް އަންނަނީ“ އަޒާން ސޯފާގައި ހަމަޖެހިލަމުން އާޔަތު ގާތު އިށީނުމަށް އެދުނެވެ.

އާޔަތު ގޮސް އިށީނުމުން އަޒާން އެފްވަން ރޭސް ގޭމް އަޅުވާލިއެވެ. އަދި ދެމީހުން ދެ ސްޓީރިން ވީލް ކުރިމަތީ އިށީނދެ ތައްޔާރު ވެލިއެވެ. ” އަނެއްކާ އެނގޭތަ ކުޅެން؟“ އަޒާން އެހެން ބުނެލީ އާޔަތުއަށް ޖެއްސުމަށެވެ. ”އޯ ޕްލީޒް ޑޯންޓް އަންޑަރއެސްޓިމޭޓް އާޔަތު އަދީލް“ ހުންގާނު އަތަށް ހެޔޮވަރު ކޮށްލަމުން  ގިއަރުގައި ފައި ބައިންދާލައި  ’ތުރީޑީ ގޭމިން ގޮގްލްސް‘ އަޅުވާލިއެވެ. ފޯރިގަދަ ކަމާއެކު ދެމީހުން ރޭސް ޖަހަމުން ދިޔައެވެ. ފަހަރަކު ރައުންޑެއް ކުޅެމުން ދިޔައިރު އާޔަތުވެސް އަޒާންއަކަށް ވަކި ދުލެއް ނުކުރެއެވެ. އާޔަތުގެ ހިނިތުން ވުން ފެނިފައި އަޒާންގެ ހިތަށް ހަމަ ޖެހުން ލިބުނެވެ. އެމަންޒަރުތައް ފޯނުގައި ރައްކާކުރަމުން ދިޔައީ އާޔަތުއަށް ސިއްރުންނެވެ.

ގަޑިއެއްގެ އިރަށްވުރެ ގިނައިރު ގޭމު ކުޅުމަށްފަހު  އަޒާންއާއި އާޔަތު ދިޔައީ ހުޅުމާލޭގެ މޫދު ސަރަހައްދަށެވެ. ތަންކޮޅެއް ދުރުގައި ކާރު ޕާކު ކުރުމަށް ފަހު މޫދު ކައިރީގައި ހުރި ކުދި ގާޑިޔާ ތަކާ ދިމާއަށް ދިޔައީ އާޔަތު ޕާނީ ޕޫރީ ކާހިތް ވެގެނެވެ. ޕާނީ ޕޫރީއެއް އެކޮށް އަނގަޔަށް ލަމުން އާޔަތު ކަމުން ދިޔައިރު އަޒާން ކަޅި ޖަހާ ނުލާ ބަލަން އިނދެ އިރުއިރު ކޮޅާ ކަޅު ކޮފީ ތަށިން އެތިފޮދެއް ދަމާލައެވެ. އަޒާންއަށް ދިއްކޮށްލުމުން ބޯހޫރާލީ އަޒާން އަކީ ލުއި ކާނާ ކައި އުޅޭ މީހަކަށް ނުވާތީއެވެ.

 ” ސީރިއަސްލީ….ޔޫ އާ މިސިން އައުޓް“ އާޔަތު ދެކޮޑު އަރުވާލާފައި ކެއުމައިގެން ކުރިއަށް ދިޔައެވެ. ކައި ނިންމާލާފައި އާޔަތު ދިޔައީ ގޮނޑުދޮށާ ދިމާއަށެވެ. ދޮންވެލިގަނޑު މަތީގައި ހިނގަމުން ދިޔައީ ފައިވާން އަތަށް ނަގައި ލައިގެންހުރި ތިރީގައި އެއްއަތުން ހިފައި ކުޑަކޮށް އުފުލާލައިގެން ހުރެވެ. ކަޅުފޮއި އަނދިރި ރެއެއް ކަމުން ހަނދު ފެންނާކަށް ނެތެވެ. އެ ކަޅު އަނދިރީގައި ވެސް އާޔަތު ފެންނަމުން ދިޔައީ ދިއްލިފައިވާ ހުދު މަލެއް ފަދައިންނެވެ. ރާޅު ޖަހާ ފަށުގައި ލޮނުގަނޑުން ފައި ތެންމަމުން ދިޔަ އާޔަތުގެ ފަރި ހަރަކާތް ތަކަށް ގެއްލިފައި ދާދި ގާތުގައި އަޒާން ހުއްޓެވެ. އާޔަތުގެ ރުންކުރު ކަމާއި ރުޅިވެރި ކަމުގެ ފަހަތުގައި ފޮރުވިފައިވާ މި ފަތްމިންޏެއް ފަދަ ލޯބިވެތި މައުސޫމު އަންހެން ކުއްޖާ ފެނި އަޒާންގެ ހިތް އިތުރަށް ލެނބުނެވެ. އަޒާން ދެކެ އައިސް ހުރި ރުޅިގަނޑުވެސް ކުޑަ ހިނދުކޮޅަކަށް އާޔަތު ހަނދާން ނެތުން ކަހަލައެވެ.

އަޒާންގެ ކާރުގޮސް މަޑުކޮށްލީ އާޔަތުމެންގެ ގޭގެ ދޮރުމައްޗަށެވެ. ކާރުން ފޭބި އާޔަތުގެ ފައި އެޅުނީ  ނުއަތަށެވެ. ފައި ފުރޮޅި ލައިގެން ހުރި އުސް ފައިވާނުގެ ކަށި ބިންދައިގެން ދިޔައެވެ. ފަޔަށް ވީތަދުން އާޔަތުގެ އަނގައިން މަޑު ވޭނީ އާހެއް ބޭރުވިއެވެ. އޭރު ކާރުގެ ދޮރު ލައްޕާފައި އަޒާން ދުވެލާފައި އައިސް އާޔަތުގައި ހިފެހެއްޓިއެވެ. ”އި….އިޓްސް އޯކޭ އަޒާން އައި ކޭން ގޯ އޮން މައި އޯން“ ފަޔަށް ވީތަދުން އާޔަތުގެ އަޑު ކިރިޔާ ބޭރުވާއިރުވެސް ގޮތް ދޫ ކުރާކަށް ބޭނުމެއް ނުވިއެވެ. އާޔަތު ކިޔާ އެއްޗަކަށް ބެލުމެއް ނެތި އަޒާން އާޔަތުގެ އުނަގަނޑުގައި އަތް އަޅުވާލަމުން ލުތްކެއް ޖަހައި ކޮނޑުމައްޗަށް ލިއެވެ. އަދި ބިންމަތީގައި ހުރި އާޔަތުގެ ފައިވާން ނަގައިގެން ސިޑިން އަރަން މިސްރާބު ޖެހިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި އާޔަތު ސިހުނު ވަރުން ގަދަ ހަދާ އަޒާންގެ ބުރަކަށީގައި ތަޅަމުން ބިންމަތީގައި ބެހެއްޓުމަށް އެދި ހަޅޭއްލެވިއެވެ. އާޔަތުގެ ހަޅޭކުގެ އަޑު އަޒާންއަށް އިވޭހެން ވެސް ހީނުވެއެވެ. ދިހަވަނަ ފަންގިފިލާއަށް އެރީ ފަރިތަ ކަމާއެކުއެވެ.  އާޔަތު ވެސް ބަލި ގަބޫލުކުރީ ކުރެވެނީ ބޭކާރު މަސައްކަތެއް ކަން އެނގުމުންނެވެ.

………………………

ފަރީދާމެންގެ އާއިލާ ރަށަށް ބަދަލުވުމަށް  ފުރަން އެއާޕޯޓަށް ގޮސްތިބީ ޗެކިންވާން ޖެހޭ ވަގުތު ނުޖެހޭތީއެވެ. މަހީރް އާއެކީ ފަރީދާމެން ފުރުވަން ހުރިހާ ކުދިން އައިސް ތިބި އިރު އަޒާން އަދި ލިއަމްގެ އިތުރުން މީކައިލްވެސް އައިސް ހުއްޓެވެ.

”ކޮއްކޮދެން ދެރަ ނުވެބަ ބޭބެ ދާނަމޭ ކޮއްކޮއަށް ވިޒިޓް ކުރަން“ ރަށަށް ބަދަލު ވުމުން އަޒާން އާއެކީ ކާރު ދުއްވަން ނުދެވޭނެތީ އިޒްޔަން އިނީ ބޮޑާ ހާކާފައެވެ. އަޒާން އެކި ގޮތް ގޮތުން ދިޔައީ އިޒްޔަން ރުއްސޭތޯ މަސައްކަތް ކުރަމުންނެވެ.

”ޕްރޮމިސް؟“ އިޒްޔަންގެ ކުޑަކުޑަ އަތުން އަޒާން އާއި ސަލާމް ކޮށްލަމުން ބައްދާލީ އަޒާން އިޒްޔަން ގާތަށް ދާނެ ވާހަކަ ބުނުމުންނެވެ. ފަރީދާ ހުރިހާ ކުދީނަށް ބަލާލަމުން ނަސޭހަތްތެރިވީ ބަސްއަހައިގެން ރަނގަޅަށް އުޅުމަށެވެ. އެހުރިހާ ކުދިންނަކީވެސް ފަރީދާ ނުހަނު ލޯބިވާ ކުދިން ކަމަށް ވާތީއެވެ.

ފުރާ ގަޑި ޖެހުމާއެކު ފަރީދާގެ އާއިލާ އެތެރެއަށް ވަނީ އެންމެނާ ވަދާއީ ސަލާމްކޮށްފައެވެ. މަހީރް ފެންކަޅިވެފައި ހުރީ އަލަށް މަންމަމެނާ ދުރުގައި އުޅެން ޖެހުމުންނެވެ. ފަރީދާމެން ގޮސް ލޮލުގެ ކޮޅަށް އޮބާލަންދެން މަހީރް ބަލަން ހުއްޓެވެ.

ޔަލްވީއާއި ޔުވާން އަދި އާޔަތު އަޒާންގެ ކާރުގައި ދިޔައީ މަހީރް އެކުވެރިއަކާއި އެކު ތަނަކަށް ދާން ޖެހިފައި އޮތް ވާހަކަ ބުނުމުންނެވެ. މަހީރް ގާތު އަވަހާ ގެއަށް އައުމަށް ނަސޭހަތް ދެމުން ޔުވާން ގޮސް ކާރަށް އެރިއެވެ. ލިއަމްވެސް ހުޅުމާލެ ސިފައިންގެ ހެޑްކުއާޓާ އަށް ދާން ޖެހޭތީ ތަންކޮޅެއް ކުރިން ނައްޓާލިއެވެ.

ފޯނެއްގައި ހުރެ މަހީރް ދިޔައީ ސައިކަލު ޕާކު ކޮށްފައި ހުރި ދިމާއަށެވެ. އޭރު ސައިކަލެއް މަތީގައި ނަޒާލް ހެވިފައި އިނދެ ހަނާ އަޅާލިއެވެ. މަހީރް ގޮސް ނަޒާލްގެ ސައިކަލު ފަހަތަށް އަރަން އެޅި ފިޔަވަޅު ހުއްޓުވީ މަހީރްގެ ފަހަތުން އައިސް އަތުގައި  މީކައިލް ހިފަހައްޓަމުންނެވެ. ” ކައި ވަޓް އާޔޫ ޑުއިން……ލީވް މައި ހޭންޑް“ މަހީރް މީކައިލްގެ އަތް ފޮޅުވާލިއެވެ.

”މޭން އަޑެއް ނީވޭތަ އޭނަ އެބުނީނު ދޫކޮށްލާށޭ….. “ ނަޒާލް މަހީރްގެ އަތުގައި ހިފާ ދަމައިގަތީ މީކައިލް ދޫނުކުރުމުންނެވެ.

”ސްޓޭއި އިން ޔޯ ލިމިޓްސް“ ނަޒާލްގެ އަތް ފޮޅުވާލާފައި މީކައިލް ދިނީ ނުރައްކާތެރި ނަޒަރެކެވެ. ނަޒާލް ހިންދިރުވާލަމުން ފަހަތަށް ޖެހުނީ  ހަމަ ނުޖެހުމެއް އުފެދުނިއްޔާ މީކައިލްގެ ބިޔަ ހަށިގަނޑުގެ ކުރިމަތީގައި އޭނަގެ އެއްވެސް ސަލާމަތެއް ނޯންނާނެކަން އެނގޭތީއެވެ.

މީކައިލް މަހީރްގެ އަތުގައި ހިފައިގެން ގޮސް ކާރަށް އަރުވާފައި ޑްރައިވަރު ސީޓަށް އަރާ ކާރު ދުއްވާލިއެވެ. ”ވަޓް ވޯޒް ދެޓް ކައި؟“ މަހީރް ހިތްހަމަ ނުޖެހިފައި މީކައިލް އާއި ސުވާލު ކުރިއެވެ. ”ވަޓް؟“ މީކައިލް ހަމަޖެހިލާފައި މަގަށް ބަލައިގެން އިން އިރު ދެންމެ ކަމެއް ވީކަމުގެ ނިޝާނެއްވެސް އެމޫނުމަތިން ނުފެނެއެވެ. ” ސީރިއަސްލީ ކައި؟ ކިހިނެއް ވެގެންތަ ތިއުޅެނީ ދެން“ މަހީރް ނުރުހުންތެރިކަން ފާޅުކުރިއެވެ.

”ލުކް ބޭބީ ގާރލް…. އައި ޑޯންޓް ކެއަރ ހޫ ހީ އިޒް….މީގެ ފަހުން ނުވާނެ އޭނަގެ ސައިކަލަށް އަރައިގެން….ދެޓް ލިޓްލް ބޯއި ފްރެންޑް އޮފް ޔުއާޒް….އަހަރެން އަތުން ގޯހެއް ނުހެދެނީސް ސްޓޮޕް ވަޓް އެވަރ އިޒް ބިޓްވީން ޔޫ ޓޫ“ މީކައިލް މަހީރްގެ މޫނާ ގާތް ވެލަމުން އިންޒާރެއް ފަދައިން  ބުނެލިއެވެ.

”އައްޗި….ދެޓްސް ނޮޓް މައި ބޯއިފްރެންޑް….ހީ އިޒް ޖަސްޓް އަ ފްރެންޑް…އެންޑް ޔޫ ކެނޮޓް އޯޑާ މީ ވަޓް ޓު ޑޫ…..ޔޫ ޑޯންޓް އޯން މީ“ މަހީރް ގާތަށް ރުޅިއައީ މީކައިލްގެ ރާގު ހުރިގޮތުންނެވެ. ” ވަޓް އިފް އައި އޯން ޔޫ؟“ މީކައިލް މަހީރްއަށް ބަލާލީ ހިނިތުން ވެލަމުންނެވެ.

”ކަމޯން ބޭބީ ގާރލް…. ރުޅި އައީތަ؟ އައި ވޯޒް ޖޮކިން އޭ“ ހިނިގަނޑެއް ޖަހާލަމުން މީކައިލް މަހީރް ކޮލުގައި ބޮޑުވާއިނގިލިން ފިރުމާލިއެވެ. ”ދެން ހެޔޮ….ކައި ނުޖެހޭނެ އެގޮތަށް  އަހަރެން ގެންނަން…ދެޓް ވޯޒް ސޯ އެމްބެރެސިން….އެހެން ނޫނަސް ކީއްވެތަ މާ އަވަހާ ކާރު ތި ދުއްވަނީ….. އަދި އެއްކޮށް ފައި ރަނގަޅުވެސް ނުވެއެއްނު“

” އޯކޭ ސޮރީ ލަވް…. ހިނގާ އައިސް ކްރީމް ބޯން ދާން؟“ މީކައިލް ބޭނުންވީ މަހީރްގެ މޫޑު ރަނގަޅު ކޮށްލާށެވެ. މަހީރް ވަގުތުން އެއްބަސްވީ މެންދުރުގެ ހޫނުގަދަ ވަގުތަށް ވެފައި ކަރުހިއްކާފައި ހުރުމުންނެވެ.

………………….

ޔަލްވީ މިއަދު އޮފީހަށް ސަލާމް ބުނީ ފަރީދާމެން ފުރުވަން ދާން އޮތީތީވެއެވެ. އަދި މަހީރްގެ އެއްޗެހިތައް ޕެކު ކޮށް ޔަލްވީމެންގެ ގެއަށް ބަދަލު ކުރުމަށް އެހީވުމަށް އުޅެން ޖެހުމުންނެވެ. ނަމަވެސް އެއާޕޯޓުން އައިސް ގެއަށް ނުވަދެވެނީސް ހޮސްޕިޓަލުން އެގުޅީ ޔަލްވީ ހަވާލުވެފައިވާ ބަލިމީހެއްގެ ހާލު ސީރިއަސްވެ އޮޕަރޭޝަން ކުރުމަށް ވައްދަން އުޅޭ ކަމުގެ ޚަބަރު ދިނުމަށެވެ. ދުވަމުން ހޮސްޕިޓަލަށް ވަދެގެން އައި ޔަލްވީ އެއްޗެހި ބަދަލުކޮށް ސްކްރަބް ކުރީ އޮޕަރޭޝަން ގައި އިސްކޮށް އުޅޭ ޑޮކްޓަރަށް އެހީވުމަށެވެ. ޔަލްވީގެ އިތުރުން  ދެ ޑޮކްޓަރުންނާއި ނަރުހެއް އޮޕަރޭޝަންގައި ބައިވެރި ވިއެވެ. ބަލިމީހާއަކީ ’ބްރެއިން އެނިއުރިޒަމް‘ ނަމަކަށް ކިޔާ  ބައްޔެއް ތަހައްމަލު ކުރަމުންދާ މީހެކެވެ. މިބަލީގައި ސިކުނޑީގެ ހިމަ ނާރެއްގައި ގަނޑު ލޭކޮޅެއް ތާށިވެ ނާރެއް ފަޅައިގެން ދިއުމުން ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވީއެވެ.

ހަތަރު ގަޑިއިރުގެ ދިގު އޮޕަރޭޝަން ނިމިގެން ދިޔައީ ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވެ ސިކުނޑިއަށް ލޭ އެޅުމުގެ ސަބަބުން ސިކުނޑި އެތެރެއިން ދުޅަވެ ބަލިމީހާ މިދުނިޔެއަށް އަލްވަދާއު ކިއުމުންނެވެ. އޮޕަރޭޝަންގައި ބައިވެރިވި ޑޮކްޓަރުންނާއި ނަރުހުންގެ މޫނުމަތިން ފެންނަނީ މާޔޫސް ކަމާއި ހިތާމައެވެ. ބަލިމީހާގެ އާއިލާއަށް ޙަބަރު ދިނުމަށްފަހު އިސް ޑޮކްޓަރާއި ވާހަކަ ދައްކާލުމަށް ހުރެފައި ޔަލްވީ ދިޔައީ ކެބިންއަށެވެ. އެ ވަގުތަކީ ލިއަމް ވެސް އެ ފަންގިފިލާއަށް އެހެން ލިފްޓަކުން ނުކުތް ވަގުތެވެ. ޔަލްވީ ހިނގާފައި ދިޔަލެއް ބާރުކަމުން ލިއަމް ހުރިކަން ވެސް ނޭގުނީއެވެ.

ލިއަމް އައީ ޔަލްވީއާއި ރޭގަ ހިނގި ކަންތަކުގެ ވާހަކަ ދައްކާށެވެ. ލިއަމް އުޅުނީ ސިފައިންގެ ބަޔަކާ އެކު އެއްޗެހި ތަކެއް ގަންނަން ނުކުމެއެވެ. ޔަލްވީ އާއި މިގްދާދް އެކުގައި ފިހާރަތަކަށް ވަދެފައި ހީހީފައި އުޅުނުގޮތުން ލިއަމްގެ ޠަބީއަތް ގޯސްވީއެވެ. އެކުގައި މަސައްކަތް ކުރާ ބޮޑެތި މީހުން ތިބުމުން ލިއަމް އަށް ޔަލްވީ ގާތަށް ނުދެވުނީއެވެ. އެއާޕޯޓުން ދިމާވިއިރުވެސް އާއިލާގެ މީހުން ތިބުމުން ލިއަމް އަޅާނުލީއެވެ. އެހެންކަމުން އޭނާ މިއަދު އެއައީ ޔަލްވީ ގާތު އެވާހަކަ ދައްކާށެވެ.

ލިއަމްގޮސް ޔަލްވީގެ ކެބިންއަށް ވަތްއިރު ޔަލްވީ އިނީ ސޯފާގައި ދެފައި މައްޗަށް އަރުވާލައިގެން ކަކުލުގައި ބައްދާލައިގެންނެވެ. ލިއަމް ގޮސް މަޑުމަޑުން ޔަލްވީއަށް ގޮވާލުމުން ވެސް ޔަލްވީ އިންތަނުން ގުޑިވެސް ނުލިއެވެ.

 ” އާ ޔޫ އޯކެއި ޕްރިންސެސް؟“ އެންމެފަހުން ލިއަމް އައިސް ޔަލްވީއާއި ޖެހިގެން އިން ސޯފާގައި އިށީދެ ޔަލްވީގެ ބޮލުގައި އަތް ހިންގާލިއެވެ.

ލިއަމްގެ އަޑަށް އިސް އުފުލާ ބަލާލި ޔަލްވީ ގެ ލޮލުގައި ވިދަވިދާ ހުރި ތާޒާ ކަރުނަ ލިއަމްއަށް ފާހަގަވިއެވެ. ޔަލްވީގެ އަތުގައި ހިފާލައި ތެދުކޮށް ގެނެސް މޭގައި ބޮނޑިކޮށްލީ ރައްކާތެރިކަން ދޭ ފަދައިންނެވެ.

މީހެއްގެ ހަމްދަރުދީއަށް ބޭނުންވެފައި ހުރި ޔަލްވީގެ ބަޑި ފަޅައިގެން ދިޔައީ އެވަގުތުއެވެ. ލިއަމްގެ އަތުތެރެއަށް އިތުރަށް ބޮނޑިވެލަމުން ހިތްފުރާ ރޯލިއެވެ. އެހެން މީހުން ކުރިމަތީގައި ކިތަންމެ ހިތް ވަރެއް ދެއްކިޔަސް އެކަނި ވުމުން ޔަލްވީގެ އިހްސާސްތައް ނުހިފެހެއްޓުނީއެވެ. މީހެއްގެ މަރަކީ އެއްވެސް މީހަކު ތައްޔާރު ވެގެން ހުއްޓާ ވާނެ ކަމެެއް ނޫނެވެ. ހަމައެކަނި އެކަން ދެނެވޮޑިގެންވަނީ އެކަލާނގެއެވެ.

”ހެއި….އިޓްސް އޯކެއި އަމް ހިއާ…. ކްރައި އޭޒް މަޗް އޭޒް ޔޫ ވޯންޓް“ ޔަލްވީގެ ބޮލުގައި ފިރުމާލަމުން ލިއަމް ޔަލްވީ މަސަލަސް ކުރެވޭތޯ ބެލިއެވެ.

އެތައް އިރަކު ރުއިމަށް ފަހު ކުއްލިއަކަށް ޔަލްވީ ލިއަމްގެ އަތުތެރެއިން ދުރުވެލީ އޮވެވުނު ގޮތް ހަނދާން ވީމައެވެ. ” އަމް….ސޯ ސޮރީ….އައި ޑިޑިންޓް މީން ޓު ޑޫ ދެޓް…. އޯޓީ ގައި ޕޭޝަންޓެއް ނިޔާވީމަ މާ ބޮޑަށް އިމޯޝަނަލް ވީ“ ޔަލްވީ ލޯ ފޮހެލަމުން ދުރަށް ޖެހިލިއެވެ. ލިއަމް ކަރުކެހިލާފައި  ޖީބަށް އަތް ޖަހާލަމުން ބޯޖަހާލިއެވެ.

އެދެމެދަށް ވެރިވި ހިމޭންކަން ހިނދުކޮޅަކަށް ދެމިގެން ދިޔަ ހިނދު އެހިމޭންކަން ނަގާލަމުން ލިއަމް  ވާހަކަ ދެއްކިއެވެ. ”މާދަމާ ރޭ އޮތް ހޮސްޕިޓަލުގެ އަހަރީ ދުވަހު ޖަލްސާއަށް އެބަޖެހޭ މާ ގަންނަން ދާން….އަހަރެންނަށް އެހާ ނޮލެޖެެއް ނުހުންނާނެ މަލާ ބެހޭ ގޮތުން….ރިސެޕްޝަން ކުދިން ބުނީ ޔަލްވީ ގާތު އަހާށޭ…..ޔަލްވީ އަށް ވަރަށް އެނގޭނެޔޯ މަލާ ބެހޭ ގޮތުން…. އަހަންނާއެކު މާދަމާ މެންދުރު މާ ފިހާރައަށް ދެވޭނެތަ؟“ ޔަލްވީ ލިއަމްގެ ބަހަށް ހަމައެކަނި ބޯ ޖަހާލީއެވެ. ޔަލްވީ އިތުރު އެއްޗެއް ނުބުނުމުން ލިއަމް އެތަނުން ނުކުމެގެން ދިޔައީއެވެ.

ޔަލްވީގެ ކެބިން ކައިރީ ހުރި ތަނބު ފަހަތަށް ވަދެ ފިލާ ހުރި މެހެކް ލިއަމް ދިޔަތަން ބަލަން ހުރެފައި ނުބައި ގޮތަކަށް ހިނިތުން ވެލަމުން އެތަނުން ދިޔައީއެވެ.

……………………..

މިއަދަކީ އެލް ޖޭ މެޑް ހޮސްޕިޓަލަށް ހަތަރު އަހަރު ފުރުނު އަހަރީ ދުވަހަށް ވުމުން ގިނަ މުއައްޒަފުންނަށް ބަންދު ދުވަހެއް ގޮތަށް ހަދާފައި އޮތެވެ. އަދި މިއަދު ޑިއުޓީ ކުރާ މުއައްޒަފުންނަށް ޖެހިގެން އަންނަ ދުވަސް ބަންދު ދުވަހެއް ގޮތުގައި ހަދާދީފައި ވެއެވެ.

މެންދުރުގެ ފުރަތަމަ ދަންފަޅި ފާއިތުވެ  މެންދުރުފަހަށް އެޅިއިރު ދޮންކުރަމުން ދިޔަ އިރުގެ އަލިކަން ވަށާ ބައްދާލި ބޯ ކަޅު ވިލާގަނޑުން  މުޅި އުޑުމައްޗަށް އަނދިރިކަން ފެތުރިފައި ވިއެވެ. މަޑު ފިޔާތޮށި ކުލައިގެ ކަކުލާ ހަމައަށް އަންނަ ވައްތިރި ހެދުމެއް ލައި ހުދު ކުލައިގެ ދައްޗަކުން އިސްތަށިގަނޑު މައްޗަށް ނަގާ ހައްޔަރު ކޮށްލަމުން ޔަލްވީ ފޯނު ނަގާ ލިއަމްއަށް މެސެޖެއް ކޮށްލީ މީގެ ފަސް މިނެޓު ކުރިން ލިއަމް ތިރީގައި ހުރިކަމަށް ބުނެ ފޮނުވާފައި އޮތް މެސެޖަށް ރައްދު ދެމުންނެވެ.

ޔަލްވީ ގެއިން ނުކުތް އިރު ލިއަމް ކާރުގައި ލެގިލައިގެން ހުއްޓެވެ. ޔަލްވީ އެރުމަށް ކާރުގެ ދޮރު ހުޅުވާލުމަށް ފަހު ލިއަމް ކާރަށް އަރާ ދުއްވާލީ ހުޅުމާލޭގައި ހުންނަ ’ބަލްސަމް ބޮޓީކް‘ މާ ފިހާރައަށެވެ. ”ކީއްވެ މާލޭގެ ފިހާރައަކަށް ނުދިޔައީ؟“ ޔަލްވީ ލިއަމް ގާތު އަހާލިއެވެ.

”އަޑު އެހިން ހުޅުމާލޭގައި ހުންނަ ބޮޑު މާ ފިހާރައިގެ މާތައް ވަރަށް ފްރެޝްކޮށޭ ހުންނަނީ“ ލިއަމް މަގަށް ބަލަން އިނދެ ޖަވާބު ދިނެވެ. ހަޤީގަތުގައި ލިއަމް ޔަލްވީ އާއެކު ވަގުތު ހޭދަކުރަން ބޭނުން ވެފައި ހުރުމުން މާގަންނަން ދާން ބުނެ ބަހަނާއެއް ދެއްކީއެވެ. އެހެންނޫން ނަމަ ލިއަމްގެ އެންމެ ފޯނު ކޯލަކުން ބުނި ތާކަށް ބުނި ވަގުތަކު މާ ޑެލިވަރީ ކޮށްނުދޭނެ މާފިހާރައެއް  ނުހުންނާނެއެވެ.

ކާރުގޮސް މަޑުކޮށްލީ  ބަލްސަމް ބޮޓީކް ކުރިމައްޗަށެވެ. ލިއަމް ކާރު ޕާކުކޮށްފައި ވަތްއިރު ޔަލްވީ މާ ޓުކުރި ތަކުގެ ތެރޭގައި ހިނގަމުން ފަހަރަކު މަލެއްގައި އަތް ހާކަމުން ދިޔައެވެ. އެމަންޒަރު ބަލަން ލިއަމްއަށް ހުރެވުނީއެވެ.

”އެންމެ ލައިކް ވަނީ ސަން ފްލާވާ ތަ؟“ އިރުދޭ މާތަކުގައި އަތް ހާކަން ހުރި ޔަލްވީ ގާތަށް ޖެހިލަމުން ލިއަމް އަހާލިއެވެ.

” ނޫން….ހުރިހާ މަލެއް ވެސް ވަރަށް ލައިކް ވޭ….މާތަކު ތެރޭގައި އުޅޭއިރު ހީވަނީ ޑްރީމް ލޭންޑެއްގައި އުޅެވޭހެން…. އައި ލަވް ފްލާވާޒް ސޯ މަޗް….ބަޓް އެންމެ ލައިކް ވަނީ ރެޑް ރޯސެސް“ ޔަލްވީ ހުވަފެނީ ގޮތަކަށް ބުނެލީ ރަތް ފިނިފެން މާ ތަކަށް އިޝާރާތް ކުރަމުންނެވެ. ލިއަމް ބޯ ޖަހާލަމުން ޔަލްވީ ގާތު އަހާލީ ޖަލްސާއަށް ބޭނުން ވާނީ ކޮންކަހަލަ މަލެއްތޯއެވެ. ޔަލްވީ މާތަކަށް ފަރުވާތެރި ކަމާއެކު ބަލަމުން  ދިޔައެވެ. އެހިނދު ލިއަމް ކައުންޓަރުގައި ހުރި ކުއްޖާއަށް އިޝާރާތް ކޮށްލަމުން ފިހާރައިގައި ހުރި ހުރިހާ ރަތް ފިނިފެންމަލެއް ލައިގެން ޕެކް ކުރުމަށް ބުނެ ޑެލިވަރީ ކުރަންވީ އެޑްރެސް ގަނޑުކޮޅެއްގައި ޖަހާލަމުން ނޯޓު ކޮޅެއް ވެސް ދިއްކޮށްލިއެވެ. އަދި އެނބުރި ޔަލްވީ ގާތަށް ދިޔައީ ޔަލްވީ ގޮވުމުންނެވެ.

”ތީމް އާ ގުޅޭނެ މި މާތައް…..ބްލޫ އެންޑް ބްލެކް ވީމަ…. ބޭބީ ބްލޫ ލިލީ އޮފް ދަ ވެލީ އެންޑް ވައިޓް ހައިޑްރެންޖިއާސް…..ދެން އެކްސްޓްރާކޮށް ނަގާނީ ސްޕްރޭ ރޯޒެޒް“ ޔަލްވީއަށް ފެންނަ ގޮތް ކިޔާދިނުމުން ލިއަމްއަށްވެސް އެގޮތް ކަމުދިޔައެވެ. އަދި ކައުޓަރުގައި އިން ކުއްޖާ ގާތު މާތައް ޑެލިވަރީ ކޮށްދިނުމަށް އެދުމަށް ފަހު އެތަނުން ނުކުތެވެ.

ފިހާރައިން ނުކުތް އިރު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ވާރޭ ވެހޭތަން ފެނިފައި ޔަލްވީ އުފަލުން ވާރޭގެ ތެރެއަށް ދުއްވައިގަތެވެ. ލިއަމް ގޮވުމުން ވެސް މަޑު ނުކޮށް ގޮސް ވާރޭ ތެމެން ފެށިއެވެ. ހެދުމުގައި ހިފައިގެން ވާރޭގެ ތެރޭގައި ދެތިން ފަހަރަކު އެނބުރިލާފައި ޔަލްވީ ލިއަމް ގާތު އައުމަށް އެދުނެވެ. ލިއަމް ބޯ ހޫރާލީ ވާރޭ ތެމުމަކީ ލިއަމް އެހާ ގަޔާވާ ކަމަކަށް ނުވާތީއެވެ.

”ދެން އާދެބާ…..ވަރަށް މަޖަލޭ ވާރޭ ތެމެން“ ލިއަމްގެ އަތުގައި ހިފައި ދަމަމުން ޔަލްވީ ލިއަމް ގާތު އެދުނެވެ. ނުދާން ހުރެފައި ވެސް ޔަލްވީގެ އެދުމަށް ލިއަމް ވާރޭ ގަނޑަށް ނުކުތެވެ.

”ރޯގާ ޖެހި ބަލި ވެދާނޭ ……އެހާ ގިނައިރު ވާރޭގަ އުޅޭކަށް ނުވާނެ……ދެން ހިނގާ ދާން“

”ދެން ނޫން ހަމަ ދެންމެ އެންނު އަދި މި ނުކުތީވެސް“ ޔަލްވީ ބޮޑާ ހޭކިއެވެ. ޔަލްވީގެ އެދުމަށް ކައިރީގައި ހުރި ކުޑަ ކޮފީ ފިހާރައަކުން ހޫނު ދެ ކޮފީ ތަށި ނަގައިގެން ބުޔެވެ. އިރުގަނޑަކު ވާރޭގައި އުޅެފައި ޔަލްވީ ކިނބިހި އަޅަން ފެށުމުން ލިއަމް ޖެހުނީ ޔަލްވީ ގަދަކަމުން ކާރަށް އަރުވާށެވެ. އޭރުވެސް ޔަލްވީ ދިޔައީ އިތުރަށް ވާރޭގައި މަޑު ކުރަން ބޭނުންވެގެން ޝަކުވާ ކުރަމުންނެވެ.

…………………

ތެމިގެން ހުރުމުން ޔަލްވީ ހުރީ ހީކަރުވާފައެވެ. އަވަހާ ގެއަށް ވަނުމަށް ލިފްޓުން ނުކުމެ ތަޅުދަނޑި ނަގައިގެން ގޭގެ ދޮރު ކައިރިއަށް ދިޔައިރު ޔަލްވީގެ ލޮލުގައި އަޅައިގަތީ ބޮޑު ރަތް ފިނިފެންމަލުގެ މާ ޓުކުރިއެކެވެ. ދެ ލޯ ބޮޑު ކޮށްލަމުން ގޮސް މާ ޓުކުރި ނެގިއިރު ޔަލްވީއަށް ކިރިޔާ އުފުލާލެވެނީއެވެ. ގޭތެރެއަށް ވަތް ޔަލްވީ ގޮސް މާޓުކުރި ސޯފާގައި ތިބި  އާޔަތު އަދި މަހީރް ކުރިމަތީގައި ބަހައްޓާލިއެވެ.

”ތީ ކާކު ގެނައި އެއްޗެއް؟“ އާޔަތުވެސް ޝައުގުވެރި ވެލަމުން  މާތަކަށް ބަލަން އިނެވެ. އޭރު މަހީރް މާތަކު ތެރެއިން ނެގި ނޯޓު ކޮޅު ބާރަށް ކިޔަން ފެށިއެވެ.

”ޕްރިންސެސް! އިފް ޔޫ ލުކް ދިސް ބިއުޓިފުލް، އައި މައިޓް ސްޓާޓް މޭކިން  ކުއެޝަނަބަލް ޗޮއިސެސް“ އިނގިރޭސި އަކުރުން ލިޔެފައި އޮތް ނޯޓު ކޮޅު ކިޔާލުމުން އެއީ ކާކު ދިން އެއްޗެއްކަން ޔަލްވީއަށް ރަނގަޅަށް ވެސް އެނގުނެވެ. އާޔަތު އާއި މަހީރްގެ ދިމާކުރުން ތަކުން ޔަލްވީ ލަދުން ދުވެ ގޮސް ކޮޓަރިއަށް ވަނެވެ.

…………………

ޖަލްސާ ބޭއްވުމަށް ހަމަ ޖެހިފައިވާ ހޮސްޕިޓަލުގެ  ’މަލްޓި ޕާޕަސް‘ ހޯލަށް މެހެމާނުން އެއްވަމުން ދިޔައެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިންނާއި ނޫސްވެރިންނެވެ. އަދި ހޮސްޕިޓަލުގެ މުވައްޒަފުންނެވެ. ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ މާލަމު ޒީނަތްތެރިކޮށްފައިވަނީ  އެންމެ ފުރިހަމަ އަށެވެ. ހުދު ކުލައާއި މަޑު ނޫކުލައިން މުޅި މާހައުލު ވަނީ ޖަރީކުރެވިފައެވެ. މެހުމާނުން އިށީނުމަށް ޙާއްސަ ކުރެވިފައިވާ މޭޒު ތަކުގައި ޒީނަތްތެރިކޮށްފައިވާ މާމެލާމެލީގެ މީރުވަހުން މުޅިތަން އެއްވަސް ކޮށްލާފައި ވެއެވެ.

ޝަރަފުވެރި މެހެމާނުގެ  އިންތިޒާރުގައި ލިއަމް ދޮރު ކައިރީ މަޑުކޮށްލައިގެން ހުރިއިރު އެ ކަސްރަތީ ހަށިގަނޑަށް ލައިގެން ހުރި ކަޅުކުލައިގެ ކޯޓު ހިފާލާފައި ހުރިގޮތުން އެންމެންގެ ނަޒަރުތައް ލިއަމްއަށް އަމާޒު ވަމުން ދިޔައެވެ. އެކަމަށް ފަރުވާލެއްނެތި ލިއަމް އިރުއިރު ކޮޅާ ދޮރަށް ނަޒަރެއް ދެނީ ޔަލްވީ ފެނިލާތޯއެވެ. ޝަރަފުވެރި މެހެމާނު ވަޑައިގަތުމުން މަރުޙަބާ ކިޔުމަށްފަހު ލިއަމް ދިޔައީ މެހެމާނުން ގޮވައިގެން އެންމެ ކުރީ ސަފުގައި ހުރި މޭޒު ކައިރީގައި އިށީނުމަށެވެ.

ޖަލްސާފެށިގެން ދިޔައިރުވެސް ޔަލްވީގެ އިޝާރާތެއް  ނުވިއެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކަކޮޅަށް ފަހު ހޮސްޕިޓަލުގެ ސީއީއޯ ލިއަމް ޖުނައިދު ގެ ވާހަކަ ދެއްކުމުގެ ވަގުތު ވެސް އައިސް ޖެހުނެވެ.

ޖަލްސާ އޮތް މާލަމަށް އައިސް ވަތް ޔަލްވީ ހުރީ މައިނޭވާ ލެވިފައެވެ. ތައްޔާރުވެގެން ޓެކްސީއަކާ އައިސް ހޮސްޕިޓަލް ކުރިމައްޗަށް ފޭބިއިރު ގޯޅިގަނޑަކުން ނުކުތް ބޮޑު ބިޔަ ދެފިރިހެނުން ޔަލްވީގެ ފަހަތުން އަޅުވާލީއެވެ. އެތަނަށް އެވަގުތު އިތުރު ޓެކްސީއެއް އައިކަމީ ޔަލްވީގެ ނަސީބެވެ. ދުވަމުން އައިސް ހޮސްޕިޓަލަށް ކިރިޔާ ވަދެވުނީއެވެ. ވާހަކަ ދައްކާ ނިންމާފައި ފޭބި ލިއަމްގެ ލޮލުގައި ޔަލްވީ އަޅައިގަތެވެ. މަޑު ނޫ ކުލައިގެ ސިލްކު ހެދުމުގައި ޔަލްވީ ހީވަނީ ކުޑަ ޕަރީ އެއްހެނެވެ. ލިއަމްއަށް ޔަލްވީގެ މޫނުން ނަޒަރު ވަކި ކޮށްލުން ވީދަތި ކަމަކަށެވެ. އެތައް ފަހަރަކު ޔަލްވީ ގާތަށް ދިޔުމަށް ކުރި މަސައްކަތް ބޭކާރުވީ ކޮންމެވެސް މީހަކު އައިސް ލިއަމް އާއި ވާހަކަ އަޅުވާލާތީއެވެ. ޔަލްވީވެސް އެކުވެރި ދެތިން ނަރުހުންނާއެކު ވާހަކައިގައި ހުއްޓެވެ. އޭރުވެސް ލިއަމްގެ ނަޒަރު އިރުއިރުކޮޅާ ޔަލްވީއަށް އަމާޒުވެއެވެ. އެމަންޒަރު ބަލަން ދުރުގައި ހުރި މެހެކްގެ އަތް މުއްކެވިގެން ދިޔައެވެ.

މުޅި ހޯލުން ކަރަންޓު ކެނޑި އަނދިރިވެގެން ދިޔައީ އެވަގުތުއެވެ. އެންމެންގެ ހަޅޭކުގެ އަޑު މުޅި ހޯލުގައި ގުގުމައިގެން ދިޔައެވެ. ކުޑަ އިރު ކޮޅެއްގެ ތެރޭގައި  ލިއަމް ޖިހާދުގާތު ބުނެގެން ހޮސްޕިޓަލުގެ ބެކަޕް ޖެނެރޭޓަރު ޖެއްސިއެވެ. މުޅިތަން އަލިވެގެން ދިޔަ ވަގުތު ފުރަތަމަ ވެސް ލިއަމް ހޯދާލީ ޔަލްވީ ކޮބާތޯއެވެ. އެއްވެސް ތަނަކުން ޔަލްވީ ނުފެނުމުން ޔަލްވީގެ  އެކުވެރިން ގާތުވެސް އެހިއެވެ. އެމީހުން ބުނިގޮތުގައި ޔަލްވީ ކުޑައިރުކޮޅެއް ކުރިން އެމީހުން ގާތުގައި ހުއްޓެވެ. އެއަށްފަހު ކަރަންޓު އައިރު އެއިން އެކަކުވެސް ޔަލްވީ ނުދެކޭކަމަށް ބުންޏެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (15)

Previews
June 22, 2026

މި ލޯތްބާއި ތި ވަޢުދު (15)



All Right Reserved!