Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 23

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 19, 2016 9 Mins Read
21 Comments

މިޒްނާ ދޮރު ހުޅުވާލިހާ މަޑުން ދޮރު ލައްޕާލާފައި ނިކުތެވެ. އެމަންޒަރު ފެނުމުން މިޒްނާގެ ހިތަށް ފިނިކަން އިހުސާސް ކުރެވުނެވެ. ނަމަވެސް ހަމަ އެވަގުތު ޒިހާން މަތިން ހަނދާން ވިއެވެ. އެދުވަހު ހޮސްޕިޓަލުގައި އަނޫޝާ ދެއްކި ވާހަކަވެސް ހަނދާން ވިއެވެ.

“ޝިޔާޒް…” ލެޕްޓޮޕް ހުޅުވައިގެން އެނދުމަތީ އިން ޝިޔާޒް ކައިރީ އިށީންނަމުން މިޒްނާ ގޮވާލިއެވެ.

“ހްމްމް…؟” ކުޅެން އިން ގޭމަށް ގެއްލި އިނދެ ޝިޔާޒް އަޑެއް ލައްވާލިއެވެ.

“ދެން… އިހަށް އަޑު އަހާބަލަ” މިޒްނާ ޝިޔާޒްގެ މޫނުގައި ހިފާ މިޒްނާއާ ދިމާއަށް އަނބުރާލިއެވެ.

ލުއި ހުނުމަކާ އެކު ޝިޔާޒް ގޭމް ނިވާލާފައި މިޒްނާއާ ދިމާއަށް އެނބުރުނެވެ.

“އަވަހަށް ވިދާޅުވޭ…” މިޒްނާގެ ކޮލުގައި ހިފާލަމުން ޝިޔާޒް ބުންޏެވެ.

“ޝިޔާޒް، މިއަދު އަހަރެން ގެޔަށް ދިޔަ އިރު—” މިޒްނާ ބުނަން އުޅުނު ނަމަވެސް ޝިޔާޒް މިޒްނާގެ ވާހަކަ ހުއްޓުވިއެވެ.

“މިޒޫ، މިޝާލްގެ ވާހަކަ ނުފަށައްޗޭ” ޝިޔާޒް ހިތްހަމަ ނުޖެހުނީ މިޒްނާ މިޝާލްގެ ވާހަކަ ދައްކަން އުޅުނުހެން ހީވެގެންނެވެ.

“އިހަށް އަޑު އަހާބަލަ ޝިޔާޒް… އަހަރެން ދައްކާ ވާހަކަ ނިމެންދެން އަޑު އަހާބަލަ، އޭގެ ފަހުން ޝިޔާޒް ބުނާނެ އެއްޗެއް ބުނޭ” މިޒްނާ އެދުނެވެ.

ޝިޔާޒް އެއްޗެއް ނުބުނެ އިނެވެ.

ކުރީ ދުވަހު ހޮސްޕިޓަލުގައި އަނޫޝާއާ ޝައުފާއާ މިޒްނާގެ މެދުގައި ދެކެވުނު ވާހަކައިން ފެށިގެން، އެދުވަހު މިޝާލްގެ ފަރާތުން ފެނުނު ކަންތަކާ އެދުވަހުގެ ފަހުން ފެންނަމުން ދިޔަ ކަންތަކާ އެންމެ ފަހުން މިޒްނާ ގެޔަށް ދިޔަ އިރު ފެނުނު މަންޒަރުގެ ވާހަކަ މިޒްނާ ޝިޔާޒްއަށް ކިޔާދިނެވެ.

“ހަމަ އަސްލުވެސް ދޮންބެ ބަދަލު ވެއްޖެޔޭ ޝިޔާޒް. ކުރިން ކޮންމެ ކަމެއް ކުރިޔަސް ފަހުން ދޮންބެ ރަނގަޅޭ، ދޮންބެ އަސްލުވެސް އަނޫ ދެކެ ލޯބިވެޔޭ” މިޒްނާ ބުންޏެވެ.

“އަހަރެން ކީކޭ ބުނަންވީ ދެން؟” ޝިޔާޒްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަހަރެން ނުބުނަން ޝިޔާޒް ވަކި އެއްޗެއް ބުނާށެކޭ…” މިޒްނާ އެދެނީ މިޝާލްއާ މެދު ޝިޔާޒްގެ ހިތުގައިވާ ރުޅި ފޮހެވުމެވެ.

“މިޒޫ… މިޒޫވެސް ތިބުނީނު އަނޫ ބުންޏޭ އޭނަ އަދިވެސް ލޯބިވަނީ ޒިހާން ދެކެއޭ؟” ޝިޔާޒް ހަނދާން ކޮށްދިނެވެ.

“އާނ! އަނޫ ބުނި އެހެން، އަހަންނަށްވެސް އެނގޭ އަނޫ އަދިވެސް ލޯބި ވަނީ ޒިހާން ދެކެކަން، އެކަމަކުވެސް އަނޫ ބޭނުން ވަނީ ދޮންބެއާ އެކީ އުޅޭށޯ…” މިޒްނާއަށްވެސް ހަދާނެ ގޮތެއް ނުވިސްނުނެވެ.

“މިޒޫ ތިބުނަނީ އަނޫ މިޝާލްއާ އެކީ އުޅެން ދޫކޮށްލާށޭތަ؟” މިޒްނާއަށް ބަލާލަމުން ޝިޔާޒް އަހާލިއެވެ.

“އަހަރެން ތިހެންނެއް ނުބުނަން، އަހަރެންވެސް އެދެނީ އަނޫ އުފަލުން އުޅެން… އޭނަ ލޯބިވަނީ ޒިހާން ދެކެ، އެހެން ވީމަ އޭނައަށް އެއުފާ ހޯދާ ދެވޭނީވެސް ޒިހާންއަށް… އެކަމަކު ޝިޔާޒް، އަނޫއަކީ އަބަދުވެސް އެހެން މީހުންނާ މެދު ވިސްނާ ކުއްޖެއް، މިހާރުވެސް އޭނަ ވިސްނާނީ ދޮންބެއާ ދޭތެރޭ، ދޮންބެގެ އުފަލަށް، ދޮންބެ އޭނަ ދެކެ ލޯބިވާކަން އެނގޭ އިރު އަނޫ ދޮންބެއަކާ ވަތްކެއް ނުވާނެ… ދެން ޝިޔާޒް ބުނެބަލަ، އަހަރުމެން އަނޫގެ އުފަލާ މެދު ވިސްނައިގެން ކޮން ކަމެއްތަ ކޮށްދެވޭނީ؟” މިޒްނާ ޝިޔާޒްގެ އަތުގައި ހިފާލިއެވެ.

“އަހަރުމެންނެއް ނޫން ދެން ކަމެއް ކުރާނީކީ… މިޝާލް އަނޫ ދެކެ ލޯބި ވަންޏާ އެކަން އޭނަ ސާބިތު ކޮށްދޭންވީ… މިޝާލްގެ އިމްތިހާންގެ ވަގުތު ދެން އޮތީ…” ޝިޔާޒް އެހެން ބުނެފައި މިޒްނާއަށް ބަލާލާފައި މިޒްނާގެ އަތުގަ ހިފާ ގެނެސް މޭގައި ޖައްސާލިއެވެ.

“މިޒޫ ގަބޫލު ކުރަންތަ އަހަރެން މިޒޫ ދެކެ ލޯބިވާކަން؟” ޝިޠާޒް އަހާލިއެވެ.

މިޒްނާ ބޯޖަހާލިއެވެ.

“އަހަރެން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިޒޫ އެކަން ގަބޫލު ކުރާނަންތަ؟ އަހަންނަށް ޓްރަސްޓް ކުރާނަންތަ؟” މިޒްނާގެ މޫނުގައި ދެއަތުން ހިފާލަމުން ޝިޔާޒް އެހިއެވެ.

ކުރީ ދުވަހަކުވެސް ޝިޔާޒް އެފަދަ ގޮތަކަށް ވާހަކަ ދެއްކިއެވެ. އެދުވަހު މިޒްނާއަށް އިހުސާސް ކުރެވުނު ނުތަނަވަސްކަން މިރޭވެސް މިޒްނާއަށް އިހުސާސް ކުރެވުނެވެ.

ނަމަވެސް މިޒްނާ ޝިޔާޒްއަށް އިތުބާރު ކުރެއެވެ. މިޒްނާ ދެކެ ޝިޔާޒް ލޯބި ވާކަމަށް ހިތުގެ ފުންމިނުން ގަބޫލު ކުރެއެވެ.

“އަހަރެން ކުރިންވެސް ބުނީމެއްނު އަނޫއަށް މިހުރިހާ ކަމެއް ދިމާވީ އަހަންނާ ހެދިއޭ؟ އަހަންނަށް ޓަކާ އަނޫ އޭނަގެ ލޯބި ގުރުބާން ކުރީ… އަނޫއަށް ޓަކާ މިއަދު އަހަރެން—” ޝިޔާޒްއަށް ބުނެވުނީ އެވަރަށެވެ.

“ޝްޝްޝް… އަހަރެން ގަބޫލު ކުރަމޭ… އެނގެޔޭ… ޝިޔާޒް ކުރާ ކޮންމެ ކަމެއްގަ އަހަރެން މިހިރީ ޝިޔާޒްއާ އެކީ…” ޝިޔާޒް ގައިގައި ބައްދާލަމުން މިޒްނާ އަވަސްއަވަހަށް ބުންޏެވެ.

ޝިޔާޒް އެއްވެސް އެއްޗެއް ނުބުނެ މިޒްނާ ގައިގައި ބައްދާލައިގެން އިނެވެ. ކުރަން މިއުޅެނީ ރަނގަޅު ކަމެއް ބާއޭ އަމިއްލަ ހިތާ އަދިވެސް ސުވާލު ކުރެވެއެވެ. ނަމަވެސް ނިންމުން ބަދަލު ކުރާކަށް ޝިޔާޒް ބޭނުމެއް ނޫނެވެ.

ޝިޔާޒްގެ ވާހަކަ ހުރި ގޮތުން މިޒްނާއަށް ވިސްނުނެވެ. ނަމަވެސް ޝިޔާޒްގެ ދުލުން އެހެން ބުނާ އަޑު އަހާކަށް މިޒްނާ ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް ޝިޔާޒްގެ ނިންމުމާ ދެކޮޅަށް މިޒްނާ އެއްވެސް އެއްޗެއް ނުބުނާނެއެވެ.

 

“އަނޫ، އަހަރެން މިހާރު އެންމެ ބޭނުން ވަނީ އަހަރުމެން ދެމީހުންގެ މެދުގަ އެއްވެސް ބީރައްޓެހި ކަމެއް ނުބާއްވަން، އޯޕަންކޮށް އެކަކު އަނެކަކާ ވާހަކަ ދައްކާލެވޭހާ ކްލޯޒް ފްރެންޑްޝިޕް އަހަރުމެންގެ މެދުގަ އޮންނަން…” މިޝާލް އެނދުގައި އޮށޯވެލަމުން ބުންޏެވެ.

އަނޫޝާ އެއްޗެއް ނުބުނެ މިޝާލްއާ ދިމާއަށް ބަލާލިއެވެ. މިޝާލް ކޮންމެވެސް ވާހަކައެއް ދައްކަން އުޅޭހެން އަނޫޝާއަށް ހީވިއެވެ. އެހާދިސާގެ ފަހުން މިވީ މަހެއްހާ ދުވަސް ތެރޭގައި އަނޫޝާއަށް މިޝާލްގެ ފަރާތުން ދުވަހަކުވެސް ލިބިދާނެ ކަމަށް ހީކުރެވިފައި ނުވާހާ އަޅާލުމާ ލޯބި ލިބުނެވެ. އަނޫޝާއަށް ފެންނަމުން ދިޔައީ މުޅިން ތަފާތު މިޝާލްއެކެވެ.

އެހެން ނަމަވެސް އަމިއްލަ ހިތަށް އެތައް ގޮތަކުން ވިސްނައި ދެވޭތޯ އުޅެގެންވެސް އަނޫޝާގެ ހިތުގައި މިޝާލްގެ ނަމެއް ފަވައެއް ނުލެވުނެވެ. ހަމަ އެހެން އެހިތުން ޒިހާންގެ ލޯބިވެސް ފަނޑުކޮށެއް ނުލެވުނެވެ.

“އަނޫ…” މިޝާލް ގޮވާލިއެވެ. އަދި އަނޫޝާއާ ބޮޑަށް ކައިރި ވެލަމުން އަނޫޝާ ގެނެސް މިޝާލްގެ އަތުތެރެއަށް ލާފައި މިޝާލްގެ ވައަތުން އަނޫޝާގެ ކަނާތުގައި ހިފާލިއެވެ.

އަނޫޝާގެ ހިތުގެ ވިންދު އަވަސް ވެގެން ދިޔައެވެ. އެހާދިސާގެ ފަހުން އަދި މިޝާލް އަނޫޝާއާ މިހާ ގާތްވެފައެއް ނުވެއެވެ.

އަނޫޝާއަށް ވީގޮތް މިޝާލްއަށް ވިސްނުނެވެ.

“ހޭ… ރިލެކްސް… ތިހެން ހީނުކޮށްބަލަ…” ލުއި ހުނުމަކާ އެކު މިޝާލް ބުންޏެވެ.

ގަބޫލު ނުކުރެވިފައި އަނޫޝާ މިޝާލްއާ ދިމާއަށް ބަލާލިއެވެ.

“ހަމަ އަސްލުވެސް، އަހަރެން ބޭނުމީ ވާހަކަ ދައްކާލަން” މިޝާލް ބުންޏެވެ.

“ކޮން ވާހަކައެއް؟” އަނޫޝާ ހަމަ ޖެހިލަމުން އަހާލިއެވެ.

“އެކި ވާހަކަ… އަހަރުމެންގެ ލައިފްގަ ކަންތައް ވެގެން މިދާ ގޮތުގެ ވާހަކަ… އަނޫ، އަސްލުގަ އަހަރެން މީ ވަރަށް ގޯސް މީހެއް، އޭރު އަހަރެން އުޅުނު ގޮތް… އަހަންނާ ހެދި މަންމަމެން ދެރަވާނެ ވަރު މިހާރު އިހުސާސް ކުރެވެނީ… ރަނގަޅު ދަރިއަކަށް ނުވެވުނު… ރަނގަޅު ފިރިއަކަށް ނުވެވުނު… އެކަމަކު މިހާރު އަހަރެން ބޭނުން އެހުރިހާ ކަމެއް ބަދަލު ކުރަން…

އަހަރެންގެ ލައިފް ޗޭންޖް ވީ އަނޫގެ ސަބަބުން، އެވިޔާނުދާ އުޅުން ދޫކޮށްލެވުނީ އަނޫއާ ހެދި… އެކަމަކު ހިތަށް އަރަނީ… އަނޫއާ ދޭތެރޭ އަހަރެން ކަންތައް ކުރި ގޮތް…” މިޝާލް އަނޫޝާގެ މޫނަށް ބަލާލިއެވެ.

“އައިމް ސޮރީ އަނޫ… ދުވަހަކުވެސް އަނޫއަށް އަހަންނަށް މާފު ކުރެވޭނެތަ؟” މިޝާލް އަހާލިއެވެ.

“މާފު ކޮށްފިން… ފުރަތަމަ މިޝާލް މާފަށް އެދުނު ދުވަހު އަހަރެން މިޝާލްއަށް މާފު ކޮށްފިން” އަނޫޝާ ބުންޏެވެ.

އެކަކު އަނެކަކުގެ އަތުތެރޭ ދެމީހުން އެއްޗެއް ނުބުނެ އިރުކޮޅަކު ތިއްބެވެ.

“އަނޫ، އަހަރެން ސުވާލެއް ކޮށްފިއްޔާ ދޮގު ނަހަދާ ތެދަށް ޖަވާބު ދޭނަންތަ؟” އެދެމެދަށް ވެރި ވެފައިވާ ހިމޭންކަން ނައްތާލަމުން މިޝާލް އަހާލިއެވެ.

“އެހީމައެއްނު އެނގޭނީ…” މިޝާލް ކުރަން އެއުޅެނީ ކޮންފަދަ ސުވާލެއް ކަމާ މެދު ވިސްނަމުން އަނޫޝާ ބުންޏެވެ.

“އަނޫ އަދިވެސް ޒިހާން ދެކެ ލޯބިވޭ ދޯ؟” މިޝާލް އެހިއެވެ.

އަނޫޝާގެ މުޅި ހަށިގަނޑު އެކީ ހަރުކަށި ވެގެން ދިޔައެވެ. މިޝާލްގެ އަތުތެރޭ އޮތް އަނޫޝާގެ އަތް ދަމައިގަނެވުނީ ކުއްލިއަކަށެވެ.

“އަހަރެން ރުޅިއެއް ނާންނާނަމޭ، ބުނެބަލަ! އައި ޖަސްޓް ވޯންޓް ޓު ނޯ ދަ ޓްރުތް…” އަނޫޝާގެ މޫނުގައި ހިފާ މިޝާލްއާ ދިމާއަށް އަނބުރާލަމުން މިޝާލް އަނޫޝާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

އަނޫޝާ ޖަވާބެއް ނުދެއެވެ. ނުރޯން ވެގެން ތުންފަތުގައި ދަތް އަޅާލިއެވެ. ނަމަވެސް ލޮލުން އައި ކަރުނައެއް ނުހުއްޓުވުނެވެ.

“އަނޫ… ބުނެބަލަ! އެންމެ ފަހަރަކު… ހިތުގަ ފޮރުވައިގެން ނުހުރެ ބުނެބަލަ… އަހަރެން ބޭނުން އަނޫގެ ހިތުގަ ހުރި ހުރިހާ ވާހަކައެއް އަޑު އަހަން” މިޝާލް މަޑުމައިތިރި އަޑަކުން ބުންޏެވެ.

މިޝާލް އެސުވާލު ކުރީ ޖަވާބު ނޭނގޭތީއެއް ނޫނެވެ. އަނޫޝާގެ ދުލުން އެހެން ބުނާ އަޑު އަހާލުމަށެވެ. އޭރުންވެސް މިޝާލް ކުރަން ބޭނުން ކަންތައް ކުރުމަށް ފަސޭހަ ވެދާނެތީއެވެ.

“އަނޫ…” މިޝާލް ގޮވާލިއެވެ. އެއާއެކު އަނޫޝާ މިޝާލް ގައިގައި ބައްދާލިއެވެ. ކަރުނައާ އެކު އަނޫޝާގެ ހިތުގެ އަޑު ދުލުން ކިޔާދޭން ފެށިއެވެ.

“މިޝާލް، އަހަރެން ދެކެ މިޝާލް ލޯބިވާކަން އެނގުނީއްސުރެން އަހަރެން މަސައްކަތް ކުރިން މިޝާލް ދެކެ ލޯބި ވެވޭތޯ، ޒިހާން މަތިން ހަނދަން ނައްތާލެވޭތޯ… އޭނަގެ ލޯބި ހިތުން ފޮހެލެވޭތޯ… އެކަމަކު ނުވި… އަހަންނަކަށް އެކަމެއް ނުވި…

އަހަރެން ވަރަށް ލޯބިވޭ ޒިހާން ދެކެ… ވަރަށް ވަރަށް ލޯބިވޭ… އައި ލަވް ހިމް ސޯމަޗް… އެކަމަކުވެސް އަހަރެން މިޝާލް ދޫކޮށްލާކަށް ނޭދެން… އަހަރެން މިހިރީ މިޝާލްއާ އެކީ އުޅެން… އަބަދުވެސް…” އަނޫޝާ ރޮމުން ބުންޏެވެ.

އެހުރިހާ އެއްޗެއް އެވަގުތު އަނޫޝާއަސް މިޝާލްއަށް ކިޔާދެވުނީ މިޝާލްއަށް ކުރެވުނު އިތުބާރެއްގެ ސަބަބުންނެވެ. އަނޫޝާގެ ހިތުގެ ހާލު ކިޔާދޭށޭ މިޝާލް ބުނި އިރު އެލޮލުން އަނޫޝާއަށް ފެނުނީ އަނޫޝާއަށް ޓަކާ މިޝާލް ދެރަވާވަރެވެ. އަނޫޝާގެ އުފަލަށް މިޝާލް އެދޭ ވަރެވެ. އަނޫޝާ މިޝާލްއަށް އިތުބާރު ކުރުމަށް އެދެމުން ދިޔަ ވަރެވެ.

“އަނޫ… ކީއްވެތަ؟ ކީއްވެތަ އަބަދުވެސް އެހެން މީހުންނާ މެދު ވިސްނަނީ؟ ފުރަތަމަ ދުވަހުވެސް އަނޫ އަމިއްލަ ނަފްސާ މެދު ވިސްނި ނަމަ މިއަދު އަނޫ އުޅޭނީ ކިހާ އުފަލުން؟” މިޝާލް ސުވާލު ކޮށްލިއެވެ.

ލޯތްބަކީ އެއީއެވެ. އަނެއް މީހާގެ އުފަލާ ހިތްހަމަ ޖެހުމަށް އެދުމެވެ. އެއީ ތިމާގެ ހިތަށް އަނިޔާ ދީގެން ނަމަވެސްމެއެވެ. މިއަދު އެކަން ވަރަށް ރަނގަޅަށް މިޝާލްއަށް ވިސްނިއްޖެއެވެ.

ދެން ކަންތައް ކުރަން ވީގޮތް މިޝާލް ހިތުތެރޭގައި ރާވާލިއެވެ. އަނޫޝާއަށް ލިބުން ހައްގު ލޯތްބާ އުފާ މިޝާލް އަނޫޝާއަށް ހޯދާދޭނެއެވެ. މިޝާލް އަނޫޝާ ދެކެ ވާ ލޯތްބަށް ޓަކައެވެ.

އަނެއް ދުވަހުގެ މެންދުރު ފަހެވެ. ފައިލް ހިފައިގެން މިޝާލް ގެޔަށް ވަން އިރު ސިޓިންގރޫމްގައި ނަސީރާއާ އަޒީޒާއާ އަނޫޝާ ތިއްބެވެ.

“މަންމާ، ޖޮބް ލިބިއްޖެ!” އަތުގައި އޮތް ފައިލް ސޯފާ މައްޗަށް އެއްލާފައި މިޝާލް ބުންޏެވެ.

އެ އަޑު އަހާފައި އަނޫޝާއަށް ހިތާހިތާ ހެއްދެވި ފަރާތަށް ޝުކުރު ކޮށްލެވުނެވެ.

“ހަމަ ތެދެއްތަ؟” ނަސީރާއަށް އަހާލެވުނެވެ.

“ދެން އެހެން ކިޔާފަ މަންމަ ކައރީގަ ދޮގު ހަދަން ވި ކީއްކުރަން؟ ދޯ މާމާ؟” އަޒީޒާ ކައިރީގައި އިށީނދެ އަޒީޒާގެ ކޮނޑުގައި ހިފާ ކައިރިކޮށްލަމުން މިޝާލް ބުންޏެވެ.

“ތީއޭ މާމަގެ ދަރިފުޅު އަބަދުވެސް އުޅެންވީ ގޮތަކީ…” މިޝާލްގެ އަތުގައި ފިރުމާލަމުން އަޒީޒާއަށް ރޮވުނީ އެތައް ދުވަހެއް ވަންދެން މިޝާލްގެ ފަރާތުން ފެނުމަށް އުންމީދު ކުރަމުން އައި މަންޒަރު ފެނުމުންނެވެ.

“މާމަ ރަނގަޅު ވާނެ ހިންދީ ޑްރާމާއެއް ކުޅެލަން. އަނެއްކާ މިހާރުވެސް ނުލާހިކު ރީއްޗެއްނު؟” އަދިވެސް ބޮޑަށް އަޒީޒާ ގަޔާ ކައިރިކޮށްލަމުން މިޝާލް ސަމާސާ ކޮށްލިއެވެ.

އަޒީޒާ މިޝާލްގެ އަތުގައި ޖަހާލާފައި ދެއަތުން ލޯފޮހެލިއެވެ.

“އަނޫ، ކޮފީއެއް ހިފައިގެން އާދެބަލަ!” ސޯފާއިން ތެދުވެ ކަރުގައި އޮތް ޓައީ ދޫކޮށްލަމުން މިޝާލް އަނޫޝާއަށް ބަލާލާފައި މައްޗަށް ދިޔައެވެ.

އަނޫޝާ ކޮފީތަށި ހިފައިގެން ދިޔަ އިރު މިޝާލް އެނދުގައި އޮށޯވެލައިގެން އޮތެވެ. އަނޫޝާ މިޝާލްއަށް ކޮފީތަށި ދިއްކޮށްލިއެވެ.

“ކޮން އިރަކުން ނިކުންނަން ޖެހެނީ؟” އިށީނދެފައި އަނޫޝާ އެހިއެވެ.

“އަންނަ ހަފްތާއިން ފެށިގެން ނިކުންނަން ބުނީ” މިޝާލް ބުންޏެވެ.

“މިޝާލް، މިއަދު ތުއްތަ ޑޮކްޓަރަށް ދައްކާ ދުވަސްމީ، ގުޅާލިންތަ؟” އަނޫޝާ އެހިއެވެ.

އަނޫޝާގެ އެދުމަށް ހަފްތާއަކު އެއްފަހަރު ކަހަލަ ގޮތަކަށް މިޝާލް ޝަމްހާއަށް ގުޅައެވެ.

“އަދި ނުގުޅަން. މިޙާރު އައިސްދާނެތަ؟” މިޝާލް އެހިއެވެ.

“ގުޅާބަލަ، އޭރުން އެނގިދާނެއެއްނު؟” ސައިޑްޓޭބަލް މަތީ އޮތް ފޯން މިޝާލް އަތަށް ދީފައި އަނޫޝާ ބުންޏެވެ.

މިޝާލް ޝަމްހާއަށް ގުޅާލިއެވެ. ފަސް ވަރަކަށް މިނެޓް ވާހަކަ ދައްކާފައި ފޯން ކަނޑާލާފައި މިޝާލް އަނޫޝާއަށް ބަލާލިއެވެ.

“ކީކޯ…؟” އަނޫޝާ އެހިއެވެ.

“ބޭބީ އޯކޭ، އެކަމަކު ޝަމްގެ އެޗްބީ ލޯކޮށް ހުރީ” މިޝާލް ޖަވާބު ދިނެވެ.

“މިޝާލް، ހިނގާ މިރޭ ތުއްތަ ކައިރިއަށް ގޮސްލަން…؟” އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި އަނޫޝާ ބުންޏެވެ.

މިޝާލްއަށް އަނޫޝާއާ ދިމާއަށް ބަލާލެވުނީ ސުވާލުން ފުރިގެން ވީ ނަޒަރަކުންނެވެ. މިޝާލްއާ ޝަމްހާގެ މެދުގައި އޮތް ގުޅުން އެނގުނު ދުވަހުން ފެށިގެން މިޝާލް ބުންޏަސް އަދި ޝިޔާޒް އެދުނަސް އަނޫޝާ ވަނީ އެގެޔަށް ދިޔުމަށް ދެކޮޅު ހަދާފައެވެ.

“މިހާރު ދެން އެހުރިހާ ކަމެއް ހަނދާން ނައްތާލާހާ ދުވަސް ވެއްޖެއެއްނު؟ މިޝާލް ދާނަން ދޯ؟” އަނޫޝާ އެހިއެވެ. މިޝާލް ގާތު އެހެން އަނުޝާ އެހީ، ޝަމްހާއާ ކައިވެނި ކުރުމަށް އެއްބަސްވެ އެވާހަކަ ދައްކަން އެގެޔަށް ދިޔަ ރޭގެ ފަހުން މިޝާލްވެސް އެގެޔަށް ނުދާތީއެވެ.

“ހްމްމް… އަނޫ ބޭނުމިއްޔާ ހިނގާ” މިޝާލް އެއްބަސް ވިއެވެ.

އެކި ބާވަތުގެ މޭވާ ކޮތަޅެއް ހިފައިގެން އަނޫޝާ މިޝާލްއާ އެކީ ޝިޔާޒްމެން ގެޔަށް ވަން އިރު ސިޓިންގރޫމްގައި ޓީވީ ބަލަން މިޒްނާ އެކަނި އިނެވެ.

“އަނޫ…!” އަނޫޝާ ފެނުމުން މިޒްނާ ގޮވާލިއެވެ. އަދި ތެދުވެގެން އައިސް އަނޫޝާގެ އަތުގައި ހިފާލިއެވެ. “ކިހިނެއްތަ؟”

“ރަނގަޅޭ، މިޒޫ، ތުއްތަ ކޮބާ؟” މިޒްނާގެ ސުވާލަށް ޖަވާބު ދެމުން އަނޫޝާ ޝަމްހާއާ ބެހޭ ގޮތުން ސުވާލު ކޮށްލިއެވެ.

“ކޮޓަރީގަ ވެއްޖެ… ވަރަށް ވަރުބަލި ވާތީ މިހާރު އުޅެނީ، މިއަދު ޓެސްޓް ހެދީމަ އެނގުނީ ލޭމަދު ކަން” މިޝާލްއަށް ބަލާލަމުން މިޒްނާ ބުންޏެވެ.

“ޝިޔާޒް ނެތްތަ؟” މިޝާލް އަހާލިއެވެ.

“ނެތް” މިޒްނާ ޖަވާބު ދިނެވެ.

މިޒްނާއާ މިޝާލް އެކަކު އަނެކަކާ ވާހަކަ ދައްކާތޯ އަނޫޝާ މަޑު ކޮށްލައިގެން ހުއްޓެވެ.

“ދޮންބޭ… ސޮރީ…” އިސް ޖަހާލަމުން މިޒްނާ ބުންޏެވެ.

“ސޮރީއޭ…؟” މިޝާލްއަކަށް ނުވިސްނުނެވެ.

“މިހުރިހާ ދުވަހު ދޮންބެ ދެކެ ރުޅި އައިއްސަ ހުރީތީ… ވާހަކަ ނުދައްކާ ހުރީތީ…” މިޒްނާ ބުންނެވެ.

“ސާބަސް!” ހީލާފައި މިޝާލް ގޮސް މިޒްނާގެ ނޭފަތުގައި ހިފާލިއެވެ. އެއާއެކު މިޒްނާ ރޮވިފައި ހުރެ މިޝާލްގެ ކޮނޑުގައި ބޯޖައްސާލިއެވެ.

“އަޅާނުލާ… ދެން ނުރޮއެ… މާފަށް އެދޭ ވަރުގެ ކަމެއް ނޫން އެއީކީ… ހުއްޓާލާ!” މިޒްނާގެ ބޮލުގައި ފިރުމާލަމުން މިޝާލް ބުންނެވެ.

މިޒްނާ ދުރަށް ޖެހިލާފައި ލޯފޮހެލިއެވެ.

“ދޮންބެމެން ދޭބަލަ މައްޗަށް. އަހަރެން އެބަ އަންނަން” މިޒްނާ ބުންޏެވެ.

މިޝާލްއާ އަނޫޝާ ޝަމްހާގެ ކޮޓަރިއަށް ވަން އިރު ޝަމްހާ އެނދުގައި އޮށޯވެލައިގެން އޮތެވެ. އަނޫޝާމެން ފެނުމުން ޝަމްހާ ތެދުވެ އެނދުގެ ހެޑްބޯޑްގައި ލެނގިލިއެވެ.

“ތެދެއް؟ ލޭމަދީއޭ؟” މިޝާލް އަހާލިއެވެ.

ޝަމްހާ އެއްޗެއް ނުބުނެ ހަމަ އެކަނި ބޯޖަހާލިއެވެ.

“ތުއްތަ ރަނގަޅަށް ކައި ހަދަންތަ؟ މޭވަޔާ ތަރުކާރީއާ އެއްޗެހި ކަންތަ؟” ޝަމްހާ ކައިރީގައި އިށީނދެފައި އަނޫޝާ އަހާލިއެވެ.

ޝަމްހާ އެއްޗެއް ނުބުނެ އިން ގޮތަށް އިނެވެ.

“ތެދެއް ޝަމް؟ ނުކެވެނީތަ؟” މިޝާލް އެހިއެވެ.

އެއްޗެއް ނުބުނެ އިނދެފައި ޝަމްހާ ރޯން ފެށިއެވެ.

“ތުއްތާ…”

“ޝަމް…” މިޝާލްއާ އަނޫޝާ އެއްފަހަރާ ގޮވާލިއެވެ.

“ކީއްވެތަ އަނޫ ތިހާ ރަނގަޅީ؟ އަހަރެން އެހާ ގޯސްކޮށް ކަންތައް ކުރި އިރުވެސް…؟ މިޝާލްވެސް ކީއްކުރަން އަހަރެންނާ ހެދި ތިހާ ވަރަކުން ތިއުޅެނީ؟ ކީއްކުރަން އަހަންނަށް ގުޅާފަ ހާލު ބަލަނީ؟ ކީއްކުރަން އަހަރެން ކައިރިއަށް ތިއައީ؟ ދޭ! އަނޫވެސް ދޭ… އަހަރެން މީ ތިދެމީހުން ތިހާ ރަނގަޅަށް ކަންތައް ކޮށްދޭންވީ ކަހަލަ މީހެއް ނޫނޭ…” ޝަމްހާ ރޮމުން ބުންޏެވެ.

“ތުއްތާ!” އަނޫޝާ ޝަމްހާގެ އަތުގައި ހިފާލާފައި ގޮވާލިއެވެ. އަދި ޝަމްހާގެ ލޮލުން އައި ކަރުނަ ފޮހެދިނެވެ.

“އަހަރެން މިހާރު ތުއްތައަށް މާފު ކޮށްފިން، މިޝާލްއަށްވެސް… އެކަންތައް ދެން ހަނދާން ނައްތާލާ… ނުރޮއެ… ކީއްކުރަން ވެނިމިފަވާ ކަންތައްތަކަކާ މެދު ހިތުގަ ރުޅިއާ ނަފްރަތު ބާއްވައިގެން އުޅެންވީ؟ ތުއްތަ ބުނެބަލަ؟ އަހަރެންގެ ހިތް ހަމަ ސާފު… ތުއްތަވެސް ދެން ހަނދާން ނައްތާލާ އިނގޭ…” ޝަމްހާ ރޯން ފެށުމުން އަނޫޝާއަށްވެސް ރޮވުނެވެ.

މިޝާލް ބުނާނެ އެއްޗެއް ނޭނގިފައި ޝަމްހާއާ އަނޫޝާއަށް ބަލަހައްޓައިގެން އިނެވެ.

ޝަމްހާ ރުއިން ހުއްޓާލާފައި މިޝާލްގެ މޫނަށް ބަލާލިއެވެ. މިޝާލްއާ ހަތަރުކަޅި ހަމަވުމާއެކު ލަދުވެތިކަމެއް ޝަމްހާއަށް އިހުސާސް ކުރެވުނެވެ. އަވަސްއަވަހަށް އިސްޖަހާލިއެވެ. އެދެމެދުގައި ހިނގި ހުރިހާ ކަމެއް ޝަމްހާގެ ޚިޔާލަށް ސިފަވެގެން ދިޔައީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. މިޝާލް ފެނުމުން ކުރިޔާ ތަފާތު ގޮތަކަށް ފުރަތަމަ ފަހަރަށް ހިތް ތެޅިލިއެވެ. ޝަމްހާ އަނެއްކާވެސް އިސް ޖަހާލިއެވެ.

ޝަމްހާއާ ދިމާއަށް ބަލާލާފައި މިޝާލް އަނެއް ފަރާތަށް މޫނު އަނބުރާލާފައި އަނެއްކާވެސް ޝަމްހާއަށް ބަލާލިއެވެ. ޝަމްހާ އިސް ޖަހާލި ގޮތުން މިޝާލް ހިނިއައެވެ. އެވަގުތު ޝަމްހާގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ލަދުވެތިކަން މިޝާލްއަށް ފާހަގަ ކުރެވުމުންނެވެ.

“ޝަމް، ރަނގަޅަށް ކައިގެން ހުންނައްޗޭ، މިހާރުވެސް ލޭމަދު ވެފަ ތިހިރީ… އެހެން ކަމަކު ނުދާނެއެއްނު؟” މިޝާލް ޝަމްހާއަށް ގޮވާލަމުން ބުންޏެވެ.

ޝަމްހާ އެއްޗެއް ނުބުނެ ބޯޖަހާލިއެވެ.

ގަޑިއެއްހާ އިރު ވަންދެން މިޝާލްއާ އަނޫޝާއާ ޝަމްހާއާ މިޒްނާ ވާހަކަ ދައްކަން ތިބެފައި މިޝާލްއާ ޝަމްހާއާ އެކު މިޒްނާ ތިރިއަށް ފޭބި އިރު އެގާރަ ޖަހާ ބޮޑު ވެއްޖެއެވެ. ތިން މީހުން އެކީ ދޮރާ ދިމާއަށް ދަނިކޮށް ދޮރު ހުޅުވާލާފައި ޝިޔާޒްއާ ޒިހާން އެތެރެއަށް ވަނެވެ.

“އަނޫ…” ޝިޔާޒްއަށް އަނޫޝާ ފެނުމާ އެކު ގޮވާލިއެވެ.

“ދޮންބޭ…” ޒިހާންއާ ދިމާއަށް ނުބަލަން ވެގެން އަނޫޝާ ޝިޔާޒްއަށް ގޮވާލީ އިސް ޖަހައިގެން ހުރެއެވެ.

މިޝާލްއާ ޒިހާން އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. މިޒްނާ އެއްފަހަރު އަނޫޝާއާ މިޝާލްއަށް، އަނެއް ފަހަރު ޝިޔާޒްއާ ޒިހާންއަށް ބަލާލިއެވެ.

“މިޝާލް!” ޝިޔާޒް ގޮވާލިއެވެ.

ޒިހާންއާ މިޝާލްއާ ދެމީހުން އެކީ ޝިޔާޒްއާ ދިމާއަށް ބަލާލިއެވެ.

ޝިޔާޒް މިޝާލްއާ ދައްކަން ބޭނުން ވާހަކަ ފެށުމުގެ ކުރިން އެތަނުން އަނޫޝާއާ މިޒްނާ ފޮނުވާލަން ބޭނުން ވިއެވެ.

“މިޒޫ، އިހަށް އަނޫ ގޮވައިގެން މައްޗަށް ދޭބަލަ…” ޝިޔާޒް އެދުނެވެ.

މިޒްނާއާ އަނޫޝާ ޝިޔާޒްއަށް ބަލާލާފައި މައްޗަށް އެރިއެވެ.

“ކިހިނެއްވީ؟” މިޝާލް އަހާލިއެވެ.

“ކީއްކުރަން އަދިވެސް އަނޫ ހިފަހައްޓައިގެން ތިހުންނަނީ؟” ޝިޔާޒް އަހާލިއެވެ.

މިޝާލް ހައިރާން ވެފައި ޝިޔާޒްއާ ދިމާއަށް ބަލަން ހުއްޓެވެ.

“ޝިޔާޒް!” ޒިހާން އެވަގުތު ޝިޔާޒް ހުއްޓުވަން އުޅުނެވެ. ނަމަވެސް ޒިހާންގެ އަޑު ޝިޔާޒްއަށް އިވުނުހެންވެސް ހީނުވެއެވެ.

“ކީއްކުރަންހޭ މިޝާލް އަދިވެސް އަނޫ ދޫކޮށްނުލާން ވެގެން ތިއުޅެނީ؟ އަދިވެސް އޭނައަށް ދެވުނު އަނިޔާ ކުޑައީތަ؟ އަދިވެސް ހިތްހަމަ ޖެހޭ ވަރު ނުވަނީތަ؟ ކިހާ ވަރެއް ކުރެވުނީމަތަ ހިތް ފުރޭނީ؟” ޝިޔާޒްގެ ކޮންމެ ސުވާލަކާ އެކު މިޝާލްއާ ދިމާއަށް ފިޔަވަޅެއް އަޅަމުން ދިޔައެވެ.

“ޝިޔާޒް، އިހަށް ހަމަ ޖެހިބަލަ! އަހަންނަށް ވިސްނިއްޖޭ މިހާރު. ދެން އަހަރެން އަނޫއާ މެދު އެގޮތަށް ކަންތަކެއް ނުކުރާނަމޭ” މިޝާލް ބުންޏެވެ.

“ދެނޭ…؟ ދެން ނުވެސް ކުރެވޭނެ… ދެން މިޝާލް ބޭނުންހާ ގޮތެއް ނެހެދޭނެ އަނޫއަކަށް. މިޝާލްއަށް އެނގޭތަ؟ އަހަރެން މިޒޫ ދެކެ ވަރަށް ލޯބިވޭ، ދުވަހަކުވެސް މިޒޫ ދެރައެއް ނުކުރަން، އޭނައަށް ދެރަ ގޮތެއް ވާކަށް އަހަރެން ދުވަހަކުވެސް ނޭދޭނަން… އެކަމަކު މިއަދު އަހަރެންނާ ހެދި އަނޫއަށް މިހުރިހާ ކަމެއް ދިމާވީތީ އަނޫ އެކަމުން ސަލާމަތް ކުރާނީވެސް އަހަރެން” ޝިޔާޒް ހުއްޓިފައި ވާހަކަ ދެއްކިއެވެ.

ޝިޔާޒް ބުނަން އުޅޭ އެއްޗެއް ނުވިސްނިފައި މިޝާލް ޝިޔާޒްއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“ޝިޔާޒް!” ޒިހާން އަދިވެސް ބޭނުންވީ ޝިޔާޒް ވިސްނާފައިވާ ގޮތް ބަދަލު ކުރުމަށެވެ.

“އަހަރެން ބުނީމެއްނު އަހަރެންގެ ނންމުން ދެން ޒިހާންއަކަށްވެސް ބަދަލެއް ނުކުރެވޭނެޔޭ؟ އިތުރަށް މަސައްކަތް ނުކޮށް ދެން ހުއްޓާލާ” ޝިޔާޒް ޒިހާންއަށް ބަލާލާފައި ބުންޏެވެ.

 

އެރޭވެސް ޒިހާން ޝިޔާޒްއާ ބައްދަލު ކުރުމުން ޝިޔާޒްގެ ވިސްނުން ބަދަލު ކުރުމަށް ޒިހާން އެތައް ވާހަކައެއް ދެއްކިއެވެ. އެކި ގޮތްގޮތަށް ވިސްނައިދޭން ޒިހާން މަސައްކަތް ކުރިއެވެ. ނަމަވެސް ޝިޔާޒް ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

 

“މިޝާލް ކިހާ ވަރަކަށް އަނޫ ދެކެ ލޯބިވަނީ؟ ކިހާ ވަރަކަށް އޭނަގެ އުފަލަށް އެދެނީ؟ މިސުވާލުގެ ޖަވާބު ދެވިދާނެތަ؟” ޝިޔާޒް

އެހިއެވެ.

 

މިޝާލްއަށް އަދިވެސް ޝިޔާޒް ބުނަން އުޅޭ އެއްޗެއް ނުވިސްނެއެވެ. ޝިޔާޒް އެސުވާލު ކުރުމުން މިޝާލް އެއްފަހަރު ޒިހާންއަށް ބަލާލިއެވެ.

 

“އަނޫ ކުރި ކަހަލަ ކަމެއް ކުރަން ކެރިދާނެތަ މިޝާލްއަށް؟” ދެންވެސް ސުވާލު ކުރީ ޝިޔާޒްއެވެ.

 

ޝިޔާޒް ކުރަން އުޅޭ ކަންތަކާ ޝިޔާޒްގެ ބޭނުން މިޝާލްއަށް ވިސްނުނީ އެވަގުތުއެވެ.

ޔަގީނުންވެސް އަމިއްލަ އުފަލަށް ޓަކާ މިޒްނާގެ އުފަލަށް ހުރަސް އަޅާކަށް މިޝާލްއަކަށް ނުކެރޭނެއެވެ. އެއީ ކުރީގެ މިޝާލް ނަމަ ފަހަރެއްގައި މިޒްނާއާ މެދު މިޝާލް ނުވިސްނާފާނެއެވެ. ނަމަވެސް މިހާރު ޝިޔާޒްގެ ކުރިމަތީ އެހުރީ ދޮޅު އަހަރު ކުރީގެ މިޝާލްއެއް ނޫނެވެ.

އެއީ މުޅިން ބަދަލު ވެފައިވާ މިޝާލްއެކެވެ. ހުރިހާ ގޮތަކުންވެސް ކުރިޔާ ތަފާތު މީހެކެވެ. އެހެން މީހުންނާ މެދު ވިސްނާ، އެހެން މީހުންގެ އިހުސާސްތަކަށް ގަދަރު ކުރާ މީހެކެވެ. އަމިއްލަ އެދުމަށް ވުރެން އެހެން މީހުންގެ އުފާ އިސްކުރާ މީހެކެވެ.

އަނޫޝާގެ ސަބަބުން މުޅިން ބަދަލު ވެފައިވާ މިޝާލް އެކެވެ.

“އަހަރެން މިހެން ބުންޏަސް ޝިޔާޒް ގަބޫލު ކުރާނެ ކަމެއް ނޭނގެ… އެކަމަކުވެސް، އަހަރެން މިހިރީ އަނޫ ދޫކޮށްލަން ތައްޔާރަށް… އަހަރެން އޭނަ ދެކެ ލޯބި ނުވާތީކީ ނޫން، އަދި އޭނަ އަހަރެން ދެކެ ލޯބި ނުވާތީކީވެސް ނޫން… މިހުރިހާ ދުވަހުވެސް އޭނަ ލޯބިވީ އެހެން މީހަކު ދެކެ ކަމަށް ވާތީ، އޭނަގެ ލޯބި އޭނައަށް ހޯދާދޭން މިއަދު އަހަރެން ބޭނުން ވާތީ…

އަނޫ މިނިވަން ކުރާކަށް ޝިޔާޒް މިޒޫ މެދުވެރި ކުރާކަށް ނުޖެހޭނެ. އަހަންނާ ހެދި އަހަރެންގެ ކޮއްކޮގެ އުފަލަށް އެއްވެސް ހުރަހެއް އެޅޭކަށް އަހަރެން ނޭދެން… އާދޭސް ކޮށްފަ މިބުނަނީ، މިޒޫއަށް ދެރަ ގޮތެއް ނަހަދާތި! އަހަރެން އަނޫ މިނިވަން ކޮށްދޭނަން… އޭނަގެ ލޯބި އޭނައަށް ހޯދަދޭނަން… އެކަމަކު އަދި އަހަންނަށް ވަގުތު ކޮޅެއް ދީ”

މިޝާލް ވާހަކަ ދެއްކި އިރު ޒިހާންއާ ދިމާއަށް ބަލައެއް ނުލައެވެ. ނަމަވެސް މިޝާލް ވާހަކަ ދައްކަމުން ދިޔައިރު ޒިހާން ހުރީ ހައިރާން ކަމާ އެކީ މިޝާލްއާ ދިމާއަށް ބަލާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 28

Next

ހާދަހާވޭ ކުރާހިތް ސަމާސާ 29 ވަނަ ބައި

Next
April 20, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 29 ވަނަ ބައި

Previews
April 19, 2016

ފުންއަސަރު 28

21 Comments!

  1. eeeek says:
    April 19, 2016 at 6:25 pm

    oh my god story is just perfect.. love it. so eek beynun vaa gothah dhw hadhan thiulheny.. xihan nd anu.. wow.. and by the way m first

  2. aff says:
    April 19, 2016 at 6:26 pm

    OMG .. mishaal enme fahun sacrifice kurany dhw .. rangalhu gothaky vex ee .. thimaa loabi vaa myhaa ah vureh thimaa dheke loabi vaa myhaa muhinmu vaany .. e ee aharenge thajuriba .. anyways . story hama suparb ☺

  3. eeeek says:
    April 19, 2016 at 6:29 pm

    i just love this story.. hama eek heekuri gothah hurihaa kameh vex. like mishal will leave anu and e baby maruvaany.. oh i am such a perfect thinker.. 😉 hehe. MARSHA i love you and your stories.. yayyyy… anu and xihan.. love love …. :* <3

  4. eeeek says:
    April 19, 2016 at 6:33 pm

    anu nd xihan , shamha nd mishal , mihaaru shamha like vey dhw mishal dheke. and mishaal vex dhn lwbi vaany oa.. oh i wish i got my first love.. bt sadly,, 🙁 oh i mixx him.. A<3

  5. aff says:
    April 19, 2016 at 6:53 pm

    Really eeeek .. ur a such a perfect thinker .. ☺ . . i dont miss my 1st love .. he is a bloody idiot .now i have a perfect BF .. And i love him so much ..☺ thanks god

    1. eeeek says:
      April 20, 2016 at 2:38 pm

      oh.. good 4 u.. yah i knw i shuld nt miss him.. but i carnt stop myselef..

  6. aff says:
    April 19, 2016 at 6:55 pm

    oh eeeek .. its really bad feeling ..?

  7. mariyam shahufa says:
    April 19, 2016 at 7:16 pm

    This story is very nice i love this one.

  8. Appy says:
    April 19, 2016 at 7:28 pm

    Hmmmm mihaaru v v v rythi vehje mi story

    1. Π says:
      April 19, 2016 at 9:26 pm

      Noway.. nw its gonna b mess

  9. me says:
    April 19, 2016 at 7:47 pm

    awsom!!!!!!

  10. meesh says:
    April 19, 2016 at 7:51 pm

    aharen hitha araa luv ga haada varakah hiy halaaku veyey….. 1st anooo….. n now mishaall…. y’s it happening lyk tht always????

    1. reader says:
      April 19, 2016 at 9:21 pm

      reader vx hama hithah araa thihn… Bt no ans 4 dat?

    2. Nee says:
      April 20, 2016 at 8:12 am

      xihaan ge hiyy vx halaaku viyeh nun… dnt yuh think abt him…

  11. sheen says:
    April 19, 2016 at 8:59 pm

    Shamha ah adhives dhera libey gothah viyya rangalhy. Story v nice ?

  12. Anonymous says:
    April 19, 2016 at 11:06 pm

    ==Konmes Kuhjeh==
    Anu n zihaan gulheyny dho dhn…mee ah heevany shamhaa maruvaany hen heevany….n shamhaa ah libey baby balaany anu n zihaan hen heevany…dhn mishaal vs hunnaanethaa dho….
    Mi prt vs v salhi…waiting 4 the nxt prt

  13. Sam says:
    April 20, 2016 at 2:00 am

    Alhe mishal and Anu vaki nukohba

  14. Nee says:
    April 20, 2016 at 8:15 am

    its awsome….. anu kuri kahala experience eh mishal vx kuran jeheyne… he shuld knw that pain… i jst luv this story….

  15. aish says:
    April 20, 2016 at 9:49 am

    no no plz mishaal aa anoo aa dhuru nukolaa. nubaa mishaal eyvara rangalhu v ma dhen anoo dhurukonulaa. anoo ah feel vaanee mishaal anoo dhoo kolan ulhumun dho. nuvaane hen aish ah heevanee

  16. Thaany says:
    April 20, 2016 at 12:33 pm

    Mihaar storry midhanee thaanee emme beynnun v gotha v v v reethi mihaaru avahah xihaan n anu gulhuvaa mishal n sham loabi vaan v…v nice..

  17. Anonymous says:
    April 20, 2016 at 4:09 pm

    Alhe dhn maasha knmehen grue lkve ey gurubaany ey eychekey mychekey kyaigen mArry kohgen ulhey dhemyhun vaki nukoh bala dhe heyo mibaaru mishal ves loabi vey anusha ah adni realize waane mkshal anusHa dhookohlan ulhunyma dhn visnaalaba. Ehn nuhahcheyy, mihaaru dhaagothun hyvany zihan and anu gulhuwan ulhey hen. Dhn knmehen mkscarrkg vy ey kkyaafa nujehey dhw marry kohgen ulheg cpl eh gulhuwan. Hamq love stlry ekey kiyaafa nujehey dhw kuryge dhe loabi verin gulhuvaakah adhi eves mihaaru marry kohgen huhtta. Ehn nuhadhahchey eyrah mulhi story nadi waane. THAT WAS MY OPINION SO IT MIGHT BE DIFFERENT SO SORRY FLR THAG. JUSG TELLING HOW K FEEL THAGS IT NOTHI G MOR??E

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 24 (ފަހުބައި)←


All Right Reserved!