Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާ… 29

Anaq Level 210 Stories
June 15, 2026 5 Mins Read
0 Comments

ހަމަ ހިމޭން ކަމުގައި ހޭދަވަމުން ދިއަ ކޮންމެ ސިކުންތަކާއިއެކު ދެމީހުންގެ ހިތުގެ ތެޅުންވެސް ދިއައީ އިތުރު ވަމުންނެވެ. ދެމެދުގައިވީ “ޓެންޝަން” ދިއައީ އިތުރު ވަމުންނެވެ. އެ ރީތި ފަތްމިންޏެއް ފަދަ އަންހެން ކުއްޖާ ގެނެސް އަހަރެންގެ އަތުތެރެއަށް ލައި ހީ ފިލުވާލަ ދޭން، އަހަރެންގެ ހިތް ދިއައީ އިންތިހާއަށް އެދި ގޮވަމުންނެވެ.  ހަމަ އެއާއި އެކު ވެހެމުން ދިއަ ވާރޭވެސް ދިއައީ ބޯކުރަމުންނެވެ. އެ ވާރެއިން އަހަރެންގެ ނުސިޔާނު ހިތް ދޮވެ ސާފުކުރަން އުޅޭ ކަހަލައެވެ.

***********

” ހިނގާ ތެމެން…” ކުއްލިއަކަށް ޒާނާ ބުނެލިއެވެ.  އަހަރެންނަށް ވެސް ޒާނާއަށް ބަލައިލެވުނީ ކުއްލިއަކަށެވެ. ހަތަރުކަޅި ބައްދަލުވި ވަގުތު މާޒީގެ ހަނދާންތަކެއް ގެނެސް ދެމީހުންގެ ދެމެދުގައި ފިއްތާލި ކަހަލައެވެ. ވާރޭގައި ދެމިހުން ތެމި ފޯވެ ޖެހި ސަކަރާތް ތަކެވެ. އެ ވާރޭވެސް އަހަރެމެން ދެމިހުންގެ ހިތުގައި އޮތް ލޯތްބަށް ހެކިވިވަރެވެ. ހިތް އެދި ގޮވަމުން ދިއަ ދިއުމަށް އިންކާރު ކުރެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟. ހިތުން ހަނދާން ކޮށްދެމުން ދިޔަ ފޮނިފޮނި ހަނދާންތަކުގައި އަތް އަޅައި އޮއްބައި ލެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟

” ނޯ….. ޒާނާ ބަލިވާނެ…” އަހަރެން ޒާނާއަށް ހަނދައިން ކޮށްދިނީމެވެ. ކިތަންމެ ބޭނުން ނުވިޔަސް އިންކާރު ކުރީމެވެ. ކުރީގައި ވެސް ވާރޭގައި ތެމިއްޖެއްޔާ އަނެއް ދުވަހު ޒާނާ ހުންނާނީ ގިނަ ފަހަރު ވަރަށް ބޮޑަށް ރޯގާ ޖެހިފައެވެ.

” ނޯ….. ޕްލީޒް ހިނގާބަ….” އަހަރެންގެ އަތަށް ދަމައިލަމުން ޒާނާ ކުސްތަޅައިލިއެވެ. އެ ހަރަކާތުން ޒާނާ ވާރޭގައި ތެމެން ބޭނުން ވެފައި ހުރިވަރު ރީއްޗަށް ދޭހަ ވެގެން ދިއައެވެ. އަހަރެންނަށް، ޒާނާ އަހަރެންގެ އަތުގައި ހިފަހައްޓައިގެން ހުރި ތަނަށް ބަލައިލެވުނެވެ. މަޑު ފުށްކޮޅެއްހާ މަޑު އެ ދެއަތުން އަހަރެންގެ އަތުގެ ބޮޑުވާ އިނގިލީގައި އަދި ކުޑަވާ އިނގިލީގައި ހިފައި ދެއަތުން ތަޅުވަމުން ދިއައެވެ. އެ ޅަ ގޮތް ގަނޑު ފެނުމުން އަހަރެންގެ ގާތަށް ހިނިއަންނަ ގޮތް ވިއެވެ. ނަމަވެސް އަހަރެން އަނެއްކާ ވެސް އިންކާރު ކުރީ ފަހުން ވާނެ ގޮތް ވިސްނާލަމުންނެވެ.

“ނޯ ޒާނާ……” އަހަރެން އަނެއްކާވެސް ބުނީމެވެ.

” އޯކޭ ނާވީ ނުދަންޔާ ހުރޭ…. އަހަރެން މިދަނީ….” އަނގައިގާ ޖުމްލައިގެ އެއްކޮޅު އޮއްވައި ޒާނާ ވާރެއަށް ނިކުންނަން ދުއްވައިގަތެވެ. ޒާނާ ހިފެހެއްޓުމަށްޓަކައި އަހަރެން އެއްލި އަތުން ތިފުނީ ޒާނާ ލައިގެން ހުރި އަހަރެންގެ ކޯޓުގައެވެ. ހުޝިޔާރު ކަމާއިއެކު ޒާނާ އަހަރެންގެ އަތަށް ކޯޓު ދޫކޮށްލަމުން ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއަށް ނިކުތެވެ. އެއާއި އެކު ރަހުމެއް ނެތް ފެންތިކިތަކުން  ޒާނާ ތެމި ފޯވާން ނެގީ އެންމެ ދެތިން ސިކުންތެވެ.

ދެން، ވޭތުވެގެން ދިޔަ ސިކުންތުގައި މުޅި ކާއިނާތުވެސް ހުއްޓުނު ކަހަލައެވެ. ދުނިޔޭގެ ހިނގުން ވެސް މަޑު ޖެހުނު ކަހަލައެވެ. އަހަރެންގެ ހިތުގެ ވިންދު އަވަސް ވަމުން ދިއައިކީ ނޫނެވެ. ހިތުން ވިންދެއް ކައްސާލީއެވެ. އެންމެ ވިންދެއްވެސް ނޫނެވެ.  އެތަށް ވިންދެކެވެ. ދެވިންދުން އެއް ވިންދު ކަހަލަ ގޮތަކަށް ހިތުން ކައްސާލަމުން ވަރަށް ހާލުގައި އަހަރެންގެ ހިތުގެ ވިންދުތައް ހަމަ ޖެއްސޭތޯ އެ ނާޒުކު ގުނަވަން މަސައްކަތް ކުރަމުން ދިއައީ ކުރިމަތިން ފެންނަމުން ދިޔަ ދުނިޔެމަތީގެ އަޖައިބުގެ، އަޖައިބުންނެވެ. އަހަރެންގެ ހިތް ހުއްޓޭނެ ނަމަ މިފަހަރު ހުއްޓޭނެއެވެ. ދުނިޔެއިން މޮޔަވާނެ ނަމަ މިފަހަރު މޮޔަވާނެ އެވެ.

ޒާނާގެ ފުރިހަމަ ކަން، ޗާލުކަން، ރީތިކަން…….. އާހް…. އަހަރެން އެ ރީތިކަން ބަޔާން ކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ދުނިޔެމަތީގައި ޙޫރުލްޢީނުން ވާ ނަމަ އެއީ ޙޫރުލްޢީނެކެވެ. ދުނިޔެމަތީގައި ފަތްމިނިން ވާ ނަމަ އެއީ ފަތްމިންޏެކެވެ. ހޫރުޕަރީން ވާނެ ނަމަ އެއީ ހޫރުޕަރީއެކެވެ. އެ ފަރި ކަން ފެނުމުން އަހަރެން ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މިވާވަރު އަޅެ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ މިކުރެވޭ އިހުސާސްތައް އަޅެ ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟

އަހަރެންގެ ހިތް ހުއްޓޭނެ ނަމަ އަހަރެންގެ ހިތް ހުއްޓިއްޖެތާ މިހާރު ކިތަންމެ އިރެކެވެ. އަހަރެންގެ ހިތް އާސްމާނުގައި ފިޔަ ޖަހަމުން އުދުހެމުން ދިއައީ ކުރިމަތިން ފެންނަމުން ދިއަ އަންހެން ކުއްޖާގެ ސަބަބުންނެވެ. ޖައްވުގައި އުފެދިފައިވީ ލާނެއް ފިނިކަމާއި ވެހެމުން ދިޔަ މުތީ ތަކެއްފަދަ ވާރޭގައި ތެމި ފޯވަމުން ދިއައީ ހަމައެކަނި އެ ހޫރުޕަރީ އެކަންޏެއް ނޫނެވެ. އެ ވާރޭގައި އޭނާ ތެމި ފޯވަމުން ދިއައީ އަހަރެންގެ ނިކަމެތި ހިތާއި ވެސް އެކުގައެވެ.

ވާރޭ ތެރޭގައި ނިކަން ފުޅާ ހިނިތުންވުމެއްގައި ހުރެ ދެއަތް ދަމައިލަމުން ޒާނާ އެނބުރިލީ ކުޑަ ކުއްޖަކަށް އާ ކުޅޭ އެއްޗެއް ލިބުމުން އުފާވެފައި ހުންނަ ފަދައިންނެވެ. އެ މޫނުމަތިން ފެންނަމުން ދިއަ އުފާވެރިކަމާއި އެ ރީތި ހިނިތުންވުމަށް އެސްފީނާ ނުޖެހިއްޖެއްޔާ ވެދާނެއެވެ.

ވާރޭގެ ރަހުމެއް ނެތް ފެންތިކި ތަކުން ޒާނާގެ ހެދުން ވަނީ ފޯވެ މުޅި ގައިގާ ތަތް ލާފައެވެ. އެހެން ވުމުގެ ސަބަބުން އެހަށިގަނޑުގެ އެންމެ ނާޒުކު ވަނާތަށް ވެސް ހުރީ ހާމަ ވާށެވެ. މިތާންގައި އަހަރެން ނޫން އެހެން މީހެއް ނެތްކަން ނަސީބޭ އަހަރެންގެ ހިތަށް އެހިނދު އެރިއެވެ. އެހެންނަމަ އަހަރެންނަށް މިހާރު އަތުން ފައިން އެމީހަކަށް ގޯހެއް ހެދިއްޖައީހެވެ.

ދެ ޖިންސުގެ ދެމީހުން އެއްތަން ވެއްޖެއްޔާ އިންވަނަ މީހަކަށް ޝައިތާނާ ހުންނާނޭ މީހުން ބުނަނީ ހަމަ ރަނގަޅަށެވެ. އަހަރެން ކިތަންމެ ކެތްކޮށްގެން ހުރެ އަހަރެންގެ ނަފްސު ހިފެހެއްޓުނު ކަމުގައި ވިޔަސް، އަހަރެންނަށް އަހަރެންގެ ދެލޮލެއް ނުހިފެހެއްޓުނެވެ. ދަހިވެތިކަން މަތީގައި ހުރެ އަހަރެންނަށް ޒާނާއަށް ބެލެން ފެށުނެވެ. ފާލަން މަތީގައި ދިއްލާފައިވާ ބައްތިތަކުން ދީފައިވާ މަޑު އޮރެންޖު އަލީގައި އެދޮން މޫނު ވިދައި ބަބުޅަމުން ދިއައެވެ. ހުވަފެނީ ގޮތަކަށް އަދި ބަލާ މީހެއްގެ ހިތް ދަމައިގަންނަ ފަދަ ގޮތަކަށް އަހަރެންނަށް އެމަންޒަރު ފެންނަމުން ދިއައެވެ. ކުޑަކުއްޖެއް ފަދައިން ފެންތިކި ތަކާއި ކުޅެމުން ދިއަ ގޮތާއި އިރުއިރުކޮޅާ މޫނު މައްޗަށް އެޅެމުން ދިއަ ކުރު އިސްތަށިތަށް އެއްފަރާތް ކޮށްލާ މައުސޫމު ގޮތް ފެނުމުން އަހަރެންގެ ހިތުން ވިންދު އަވަސް ވަމުން ދިއައެވެ. މޫނުގައި ހުރި މައުސޫމު ކަމާއި އަދި ހަރަކާތް ތަކުގައި ހުރި މައުސޫމު ކަމާއި ނުބައްދަލު އެ މަސްތީ ހަށިގަނޑަށް އަހަރެންންގެ ކަޅި ހުއްޓުނެވެ. ލިބިފައި ހުރި ރީތި ވަރަކަށް ފަލަ ކަމާއި އެކުވެސް އެ އުނަގަނޑުގެ ހިމަކަން ސިއްރު ވުމެއް ނެތި ފާޅު ވަމުން ދިއައެވެ. ފޫކޮޅުން ތިރިއަށް އޮތް ބޯ ދިގު އިސްތަށިގަނޑުގެ ރީތިކަމެވެ. އާދަޔާ ހިލާފަށް ދޮން، އޮމާން ހަންގަނޑު ވާރޭގެ ފެންތިކިތަކާއި އަދި އެ މަޑު އަލީގައި ވިދާ ބަބުޅަމުން ދިއައެވެ.  އަންހެން ވަންތަ ކަމުގެވެސް އިންތިހާއެވެ. އަހަރެންނަށް ހިން ދިރުވައިލެވުނެވެ. ޖެހެމުން ދިއަ ނުސިޔާނު ފިނި ވައިރޯޅި ތަކުގައިވެސް އަހަރެން ދާހިއްލާލައިފިއެވެ. ގަމީހުގެ ގިރުވާނަށް ދަމައިލަމުން އަހަރެންނަށް މޭމަތިން ގޮށެއް ނައްޓައި ލެވުނީ ހަށިގަނޑަށް ވާން ފެށި އުދާސްކަން ކުޑަ ކޮށްލުމަށެވެ.

ވަމުން ދަނީ ނޭވާ ހާސްކަމެއް ނުވަތަ ނެތެމުން، ނިވެމުން ދަނީ ކެތްތެރިކަމުގެ އެންމެ ފަހު ހުޅުކޮޅު ކަމެއް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންނަށް ވަރަށް ކެތްކުރެވިއްޖެ ކަމެވެ. އެންމެ ފުރަތަމަ ދުވަހުވެސް މިވަރު ވާނެކަން އަހަރެންނަށް އެނގުނު ނަމަ، އަހަރެންނަށް ހަލާލު ނުކޮށް އަހަރެން ޒާނާގެ ކުރި މައްޗަކަށް ނޭރީމުހެވެ. އެ ޒުވާން ކަމަށް އަހަރެންގެ ހިތުގެ ލަގަން ދޫވާނެކަން އެނގުނު ނަމަ………. ނަމަވެސް ނަމަ އަކުން ދެން ކުރާނެ ކަމެއް ނެތެވެ. ކުރިމަތީގައި ނަށަމުންދާ އެ ހުޅު ކޮޅުގައި ޖެހި، ބިރެއް ނެތް ޕަރުވާނާއެއް ފަދައިން އަހަރެން މިފަހަރު ފަނާ ވާނެ އެވެ.

ވެހެމުން ދިއަ ބޯ ވާރޭގެ ތެރެއަށް އަހަރެން ނިކުތީމެވެ. ގައިގާ ޖެހެމުން ދިއަ ކޮންމެ ފެން ތިއްކެއް އަހަރެންގެ އެތެރެ ހަށީގައި އުފެދިފައިވާ ހައިޖާނު ކުޑަކުރުމަށް، ނާކާމިޔާބު މަސައްކަތެއް ކުރަމުން ދިއަ ކަހަލައެވެ. ނަމަވެސް އެ ހޫރުޕަރީއާއި ދިމާއަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއިއެކު އަހަރެންގެ ކެތްތެރިކަން ވެސް އިމްތިހާނު ވަމުން އަދި ހަމަ އެހިނދުން ފެއިލް ވަމުން ދިއައެވެ.

ވެހެމުން ދިއަ ބޯ ވާރޭގެ ފެންތިކި ތަކާއި ކުޅެން އެއްވެސް ހިޔާލެއް ފިކުރެއް ނެތި ހުރި ޒާނާގެ ފުރަގަހުގައި އަހަރެން ހުއްޓިލީމެވެ. ހަމަ އެހިނދު އަހަރެންގެ އިހުސާސް ވެގެން ޒާނާ ވެސް ހުއްޓުން އެރިއެވެ. ފަސް އެނބުރި ބަލައިލަން ވެސް ނުކެރިފައި، ލަދުވެތި ކަމާއިއެކު ހުރީ، ފުއްލާ ވެސް އޭގެ ނުރައްކާ ދެނެގަންނަ ފަދައިން އަހަރެންގެ ނިޔަތް ވެސް އެނގުމުންކަން ޔަޤީނެވެ. ތެމިގެން ގައިގާ ތަތްލާފައިވީ ހެދުމާއި ހާމަ ވެފައިވީ ދޮން ކަނދުރާއަށާއި ބުރަކަށްޓަށް އަހަރެންނަށް އިޚްތިޔާރަކާއި ނުލައި ނަޒަރު ހުއްޓައި ލެވުނެވެ. އެ ސިފަތަށް ސިކުނޑީގެ ކަނެއްގައި ރައްކާ ކުރެވުނެވެ. ލޯ މަރައިލެވުނީ ދެން ކެތެއް ނުވާނެކަން، އަހަރެންނަށް މިއީ ރޭގަނޑު ފަދައިން ޔަޤީން ވުމުންނެވެ. އަހަރެންގެ އުސޫލު ތަކުގައި ހިފަހައްޓަން އަހަރެން އަމިއްލަ ނަފްސަށް ވީ ވަޢުދަށް ސަލާމެވެ. ކައިވެނީގެ ކުރިން “ދެން” އެމަލުގެ ރަހަ ނުބަލަން ވީ ވައުދަށް ވެސް ވަރަށް ސަލާމެވެ.

އިތުރަށް ގާތް ވާނެ ޖާގައެއް ނެތް ކަމަށް ވިއަސް އަހަރެން ޒާނާގެ ފުރަގަހުން އަދިވެސް އިތުރަށް ގާތް ވެވުނެވެ. ބޮޑަށް އިސްއޮބައިލަމުން އަހަރެން އެ އިސްތަށިގަނޑުން ވަސްބަލައިލީމެވެ. މޭ ފުރި އުތުރި އަރައިގެން ދިއައެވެ. ކުއްލި ހަރަކާތަކާއިއެކު އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި އަހަރެންނާއި ދިމާއަށް އަނބުރައިލީމެވެ. މަޑު އާހްގެ އަޑަކާއި އެކު ޒާނާ އައިސް އަހަރެންގެ މޭމަތީގައި ތަތްވިއެވެ. އެމަޑު އަތްތިލަ އަހަރެންގެ މޭމަތީގައި ބޭއްވުނެވެ. ސިންގާއަކު އޭގެ ޝިކާރައަކަށް ބަލައިލާ ފަދައިން ދަހި ވެފައި އަހަރެންނަށް ޒާނާއަށް ބަލައިލެވުނެވެ. އެ ދެލޮލުގައި މަސްތު ކަމުގެ މިންވަރަކާއިއެކު ވެސް ޖެހިލުން ވުމެއްގެ އަސަރުވެސް ފެންނަން ހުއްޓެވެ. އެ ބޮޑު ދެލޮލުން ބަލަމުން ދިއަ ގޮތުން އަހަރެން ކުރަން އުޅޭ ކަމެއްގެ އިންތިޒާރުގައި ހުރި ފަދައެވެ. އަހަރެންނަށް ދައުވަތު ދެމުންދާ ކަހަލައެވެ. އަހަރެންނަށް އެތުންފަތަށް ބަލައިލެވުނެވެ. އިތުރަށް ދަހިވުން ނޫން ކަމެއް ނުވިއެވެ. .

އިސްކޮޅުގައި ބޮޑު ތަފާތެއް ހުރުމުން އަހަރެން ޒާނާގެ އުނަގަނޑުގައި ހިފައި އަހަރެންގެ މޫނާއި ހަމައަށް އުފުލައިލީމެވެ. ޒާނާގެ އެއްފައި އަހަރެންގެ އުނަގަނޑާއި ދިމާއަށް އުފުލައިލިއެވެ.  ކެތްތެރިކަމުގެ އެންމެ ފަހު އިމްތިހާނު ކުރެވުނު ވަގުތަކީ އެއީއެވެ. ބޯކޮށް ވެހެމުން ދިއަ ވާރޭގައި ދެޖިސްމު ތެމި ފޯވަމުން ދިޔައިރު  އެ ވާރޭވެސް…….. އެ ފިނިކަން ވެސް……. އަދި އެ ހިނދުކޮޅުވެސް އަހަރެމެން ދެމީހުން އެކަތިގަނޑަކަށް ހަދަން ދައުވަތު ދެމުން ދިއައެވެ. ކަނާތުން އަހަރެން ޒާނާގެ މޫނުގައި އަތް ޖައްސައިލީމެވެ. މަޑުމަޑުންނެވެ. ވާރޭގައި ތެމި ފޯވަމުން އެދާ އެ މަލުގެ އެންމެ ފިޔައަކަށްވެސް ގުޑުމެއް ނާރާނެހާ ފަރުވާތެރި ކަމާއިއެކުގައެވެ. މިވަގުތަށް އަހަރެން އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ މިއީ ކިހާ ދިގު އިންތިޒާރެއްގެ ނިމުން ހެއްޔެވެ.؟ އެންމެ ފަހުން އެ ހަންހާރަވެތި ވަގުތުވެސް އައިސް މިއޮތީ ޖެހިފައެވެ. އެ ދިގު އިންތިޒާރަށް މިއޮތީ ނިމުމެއް ވެސް އައިސްފައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anaq

Level 210 Stories

Other Articles

Previous

ތިޔަ ނަން މި ހިތުގާ 24

Next

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 13

Next
June 15, 2026

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 13

Previews
June 15, 2026

ތިޔަ ނަން މި ހިތުގާ 24



All Right Reserved!