ތަޤުދީރު-9
ހެވިފައިހުރެ އާޔަތު ގާތަށް ހުއްޓުނު މަލީހް ފެނި އަޒާންގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެތޫނު ކަތުރު ކަށިގަނޑަށް ވާންވެލިތަން އާޔަތުއަށް ރަނގަޅަށްވެސް ފެނުނެވެ.
” އޯކޭ މިހާރު އެންމެން ހަމަވެއްޖެ ހިނގާ ދޯ ދަމާ“ މިއުވާންއަށް ބަލާލަމުން އާޔަތު ބޯޖަހާލިއެވެ. ހުރިހާ އެންމެން ގޮސް ޓިކެޓު ދޫކުރާ ކައުންޓަރާ އަރާ ހަމަވުމުން އަޒާން މަޑުޖެހިލިއެވެ. ”ފެރީގަ ތަ ދަނީ؟…. ކޮމްޕެނީ ލޯންޗު އޮންނާނެ ފަޅުގައި….. ހިނގާ ލޯންޗުގަ ދަމާ“ އާންމުކޮށް މީހުން ގިނަ ތަންތާގައި އުޅުމަކީ އަޒާން އެހާ ގަޔާވާ ކަމަކަށް ނުވެއެވެ. އަޒާންގެ އެ ޙިޔާލުވީ އެންމެނަށްވެސް ކަމުދިޔަ ޙިޔާލަކަށެވެ. އާޔަތަށް އެކަންވެސް ވީ ބޮޑު ކަމަކަށެވެ. ކުދިކިޔަމުން ގޮސް ލޯންޗަށް އެރިއެވެ.
މޫސުން ރީތި އުޑުމަތި ސާފު ރީތި ދުވަހެކެވެ. ކަނޑުގެ ލޮނުގަނޑު ކަފަމުން ފޮނުއަރުވަމުން ގޮސް ލޯންޗު ވިލިމާލެ ފަޅުން ވަނުމާއެކުހެން އެންމެން އަވަސްވެގަތީ ލޯންޗުން ފޭބުމަށެވެ. ފަހަރަކު މީހަކަށް ލޯންޗުން ފޭބުމަށް އަޒާންއާއި މަލީހް އެހީވިއިރު ޔުވާން އުޅުނީ މިއުވާން އާއެކު ގެނައި ސާމާނުތައް ބޭލުމުގައެވެ. އާޔަތުއަށް ލޯންޗުން ފައިބަން އެހީވުމަށް އަތް ދިއްކޮއްލީ އަޒާން އާއި މަލީހް އެކު އެކީގައެވެ. އާޔަތު އަޒާނަށް ބަލާލަމުން ހިފީ މަލީހް ދިއްކޮށްލި އަތުގައެވެ. އަޒާން ކުރިމައްޗަށް ދިއްކޮށްލާފައި އޮތް އަތްތިލަ މުއްކަވާލަމުން ޖީބަށް ޖަހާލީއެވެ.
ދަތުރު އައި ބައިވެރިން ވިލިމާލޭގެ މޫދަށް އެރެން ޙާއްސަކޮށްފައި އޮންނަ ސަރަހައްދުގެ އަތިރިމައްޗަށް ފައިބައި ގެނައި އެއްޗެހިތައް އަތުރަން ފެށިއެވެ. ”ޒާންޓެ….ލިއާ ބުނީ މިކޮޅު ޓްރެއިނިން ސެންޓަރުގަޔޯ މިހުރީ…….ހިނގާބަލަ މިކަންތައް ނިންމާލާފަ އެދިމާލުގައި ހުރި ފިހާރައަށް ފެން ފުޅި ކޮޅެއް ގަންނަން…..އެހާ އިރަށް ލިއާ ވެސް ނިންމާފައި އަހަރުންނާ ޖޮއިން ކުރާނެ“ ވޮލީ ނެޓުހަރުކުރަމުން ދިޔަ ޔުވާން ވާހަކަ ދެއްކީ ނެޓުގެ އަނެއްކޮޅުގައި ހިފައިގެން ހުރި އަޒާން އާއެވެ. ނެޓު ހަރުކުރުމުގެ ކަންތައް ނިންމާލުމަށްފަހު ޔުވާންމެން ދިޔައީ ރަށުތެރެއަށެވެ.
”ކޮއްކޮ ލައިކްވޭތަ ސޭންޑް ކާސަލް ހަދަން؟“ އިޒްޔަން ކައިރިއަށް ތިރިވެލަމުން މަލީހް އެކުއްޖާ އުރާލަން އަތްދިއްކޮއްލިއެވެ. ” ނޯ…ނޯ… ތީ ކޮން ބޭބެ އެއް….. އިޔޫ ސޭންޑް ކާސަލް ހަދާނީ އިޔޫގެ ޔާން ބޭބެ އާއެކީ އެކަނި“ އިޒްޔަން މަލީހްގެ އަތް ދުރަށް ޖައްސާލަމުން ފަރީދާގެ ހެދުމުގެ ފަސްބައިގައި އެލިގަތެވެ. ” އިޒޫ ދޫނީ…..އެއީ ވެސް ބޭބެއެކޭ…..ހިނގާބަ ދައްތި އާއި ބޭބެއާ ދެކުދިންނާއެކު ކުޅެން“ އާޔަތު މަސައްކަތް ކުރީ މަލީހް އާއި އިޒްޔަން އެކުވެރި ކުރެވޭތޯއެވެ.
”ނޯ ދައްތީ……އިޔޫ ލައިކްވަނީ ޔާން ބޭބެ އެކަނި…….ޔޭއި އެ އައީ ޔާން ބޭބެ“ ތަންކޮޅެއް ދުރުން އަޒާން އަންނަތަން ފެނުމުން އިޒްޔަން އުފަލުން އެ ދިމާއަށް ދުއްވައިގަތެވެ.
”ޔާން ބޭބޭ……ދައްތި އުޅެނީ އިޔޫ އެހެރަ ބޭބެ އަތަށް ދޭން……..އިޔޫ ލައިކް ނުވޭ އެ ބޭބެ“ ކުޑަކުޑަ އިޒްޔަން އަޒާން އުރާލުމުން ޝަކުވާކޮއްލިއެވެ. ”އިޓްސް އޯކޭ……ޒާން ބޭބެ ކައިރީގަ އިޒޫ ހުންނާނީ“ އިޒްޔަންގެ ކޮލަށް ދޮނެއް ދެމުން އަޒާން ހިނިތުންވެލިއެވެ. އެ މަންޒަރު ފެނި އާޔަތު ވީ އިތުރަށް ފޫއްސެވެ.
ޔަލްވީ އާއި މަހީރް އުޅުނީ ބެންޗުތައް ކައިރީހުރި ބޮޑު އަށީގައި ކާއެއްޗެހި ފަތުރާ ތަށިތައްޓަށް އެޅުމުގައި ފަރީދާއަށް އެހީވުމުގައެވެ. ”މިންމި ހާދަ ހެވިފަ…….ކޮން ހިޔާލަކަށް ގެއްލިފަ؟“ ފަރީދާއަށް އަޑު ނީވޭނެހެން މަހީރް ގާތަށް ޖެހިލަމުން ޔަލްވީ އަހާލީ މަހީރް ކޮންމެވެސް ކަމަކަށް ގެއްލިފައި ހުރެ އިރުއިރު ކޮޅާ ހިނިތުންވެލާ ގޮތް ފެނިފައެވެ. ” މިންމި އެބަ ހޭތަ…..އެއީ ޕިކްނިކް އާދެވުނީމަ އެކްސައިޓެޑް ވެގެން އޭ“ މަހީރް ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން ޔަލްވީއަށް ބަލާލިއެވެ.
” އަނހާ……އެކޮއި ލިއަމްވެސް އެބަ އުޅެންތަ؟….ދައްތަ ހީކުރީ ނާންނާނެކަމަށް…..ރޭގަ ގުޅީމަވެސް ބުނީ އާދެވޭނެ ކަމެއް ޔަޤީނެއްނޫނޭ ވިއްޔާ“ އަޒާން މެނާއެކު އައިސް ހުއްޓުނު ލިއަމް ފެނި ފަރީދާ އުފާވިއެވެ. ޔުވާންގެ އެންމެ ގާތް ދެއެކުވެރިންނަކީވެސް ފަރީދާގެ އާއިލާއާ ނުހަނު ގާތް ގުޅުމެއް އޮންނަ ދެމީހުނެވެ. ޔުވާން އާއެކު އެގެއަށް ގިނައިން ގޮސް އުޅޭތީ ފަރީދާ އަށް އެދެމީހުން ޔުވާން އެކޭ އެއްވަރަށް ޙާއްސައެވެ. ފަރީދާގެ އެދުމަށް ކެއުންތަކުގައި ބައިވެރިވެ އިޒްޔަން އާއެކު ވަގުތު ހޭދަ ކުރުމަށް ގޮސް އުޅޭތީ ފަރީދާ ދެކެނީ އެއީ އާއިލާ ކުދިން ގޮތުގައެވެ.
ފަރީދާގެ އަޑަށް ބޮޑު އަށި ކައިރީ ހުރި ޔަލްވީ އިސްއުފުލާ ބަލާލީ އެވަގުތުއެވެ. ލިއަމްގެ ނަޒަރު އޭރުވެސް ޔަލްވީއަށް އަމާޒުވެފައި ހުރިތަން ފެނި ވަގުތުން އިސްއޮބާލިއެވެ. ”އާން ދައްތާ…..މިއަދު މިކޮޅުގައި ޓްރޭނިން އެއް އޮތީމަ މިކުދިންނަށް އިންސްޓްރަކްޓަރަކަށް ބޭނުންވާ ވާހަކަ ބުނީމަ އަންނަން ޖެހުނީ……މިއަދު ދެން މި ނިމުނީ…..މީ އަހަރެން އިންސްޓްރަކްޓް ކުރާ ޓީމުގެ ލީޑަރު މައިކް“ ލިއަމް އާއެކު އައިސް ހުރި މީކައިލް ފަރީދާއަށް ތައާރަފު ކޮށްދިނެވެ.
”އައްސަލާމްއަލައިކުމް……ލިއަމް ސަރ ބުނި ފަރީދާ ދައްތަ ވަރަށް ރަނގަޅު ވާނޭ…..ދިމާ ކޮށްދޭނަމޭ ކިޔާފަ އަޅުގަނޑު އެގެނައީވެސް“ މީކައިލް ހިނިތުން ވެލަމުން ފަރީދާއާ ސަލާމް ކޮށްލިއެވެ. ”ހަމަ ރަނގަޅަށް ތިހެދީ…..މައިކު ދޯ ކިޔަނީ؟….މީހުން ގިނަ ވީމަ މަޖާވެސް ވާނެއެންނު ދޯ“ ފަރީދާ ހިތްހެޔޮ ކަމާއެކު މީކައިލްގެ ބޮލުގައި ފިރުމާލިއެވެ. މީކައިލްގެ ނަޒަރު ދަތުރު ކުރީ ހުއްޓުން އަރާފައި ހުރި މަހީރްއަށެވެ. އެއް އަތުން ކުކުޅު ބިސް އަަޅާފައި ހުރި ބޮޑު ތައްޓެއް ހިފައިގެން ހުރި ގޮތަށް ހުރީއެވެ. އެމަންޒަރު ފެނި މީކައިލްގެ މޫނުމައްޗަށް ވެރިވީ ފުޅާ ހިނިތުންވުމެކެވެ. ”ސާބަސް މިންމި ތި އަވަސް ކޮއްބަލަ….އެންމެން ކާންށޭ އެއައީ“ ގުޑިލަންވެސް ނޭނގިފައި ހުރި މަހީރް ސިހުނީ އަތްތިލައިގައި ޔަލްވީ ބޮނޑިއެއް އެޅުމުންނެވެ.
މީކައިލް ހުރިހާ އެންމެނަށް ތައާރަފް ވަމުން ގޮސް މަހީރްއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. ” ހެލޯ ބޭބީ ގާރލް….. ވީ މީޓް އެގެއިން…..ތަޤްދީރް…..ހުމްމްމްމް“ހިނިތުން ވެލަމުން މީކައިލް ވާހަކަދެއްކީ ކައިރީ ހުރި ޔަލްވީއަށް ވެސް ނީވޭނެހާ މަޑުންނެވެ. މީކައިލްއާ ސަލާމް ކޮށްލަމުން އަވަސް އަވަހަށް މީކައިލްގެ އަތުތެރެއިން އަތް ދަމައިގަތީ މަންމަ އަށް ފެނިދާނެ ކަމުގެ ބިރަށެވެ. ފަރީދާ މާބޮޑު ކަމަކަށް ނުހަދާނެ ކަންއެެެނގޭ އިރުވެސް މަހީރް ހާސްވީ ކީއްވެ ކަމެއް ނޭގެއެވެ. ފަރީދާ އަދި މިއުވާން އަކީވެސް މިޒަމާނުގެ މައިންބަފައިން ގޮތަށް ވަރަށް ޒަމާނީ ވިސްނުން ގެންގުޅޭ ދެމަފިރިންނެވެ. އެދެމަފިރިން ދެކޭގޮތުގައި ދަރިންނަށް މިނިވަންކަން ދިނުމުން އެކުދިންގެ ދިރިއުޅުމުގެ ކަންކަން މައިންބަފައިންނާ ހިއްސާ ކުރުމަށް ފަހެއް ނުޖެހޭނެއެވެ. އެކުދިންނާ ދޭތެރޭގައި ހަރުކަށިވެ ހިފެހެއްޓި ވަރަކަށް މައިންބަފައިންނާ އޮންނަ ގުޅުން ކުޑަވެ ކަންކަން ހިއްސާ ކުރަން ޖެހިލުން ވާނެކަމެވެ. އެދެމަފިރިންގެ ތަރުބިއްޔަތުން އެކުދިން ގޯސް ފިޔަވަޅެއް އަޅަން ޖެހިލުން ވާނެކަން ޔަޤީންވެއެވެ.
އެންމެންވެސް ކެއުމަށް އިންސާފު ކުރުމަށް ފަހު ވޮލީ ކުޅުމަށް ޓީމު ބަހަން ތައްޔާރުވެލިއެވެ. ފަރީދާ ކުޅުމުގައި ބައިވެރި ނުވީ އުނަގަނޑުގައި ރިއްސާތީއެވެ. އެހެންކަމުން އިޒްޔަންގެ އެދުމަށް ގޮނޑުދޮށަށް ދިޔައީ ވެލި ކުޅޭށެވެ. ވޮލީ ކުޅެން ޓީމް ބެހުމުގައި އިސްނެގީ މިއުވާން އާއި އާޔަތެވެ. މިއުވާންއަކީ ޅައިރު ވޮލީ ކުޅުމުގައި އަރައިހުރި ތަރިއެކެވެ. މިއުވާން އަށް ދިގު އިސްކޮޅަކާއި ވަރުގަދަ ހަށިގަނޑެއް ލިބައިފައިވެއެވެ. މަހީރްގެ ދިގު އިސްކޮޅަކީ މިއުވާން ފަރާތުން ވާރުތަވެފައި ހުރި ރިވެތި ސިފައެކެވެ.
މިއުވާންގެ ޓީމަށް ނެގީ އަޒާން، މީކައިލް، ޔަލްވީ އަދި މައުރާއެވެ. ބާކީ ތިބި މީހުން ދިޔައީ އާޔަތުގެ ޓީމަށެވެ. ”ދެން ދޮންބެވެސް އެދިޔައީ އެޓީމަށް…..އެޓީމްގެ މީހުން ވެސް ގިނައީ…..ވަރަށް ފޫހިވޭދެން…..ނޮޓް ފެއާރ“ ޔަލްވީ ޝަކުވާ ކޮށްލަމުން ތުންކޮޅު ދަމާލިއެވެ.
”ތި ޓީމްގަ ތިހުރީނު މައިކް……ފޭމަސް ގައުމީ ޓީމް ފުޓުބޯޅަ ކުޅުންތެރިޔާ އެންޑް ޓްރަސްޓް މީ….. ހީއިޒް ޓޫ ގުޑް ވޮލީ ކުޅެން ވެސް“ ޔަލްވީތުންކޮޅު އޫކޮއްލައިގެން ހުރިގޮތުން ލިއަމް އަށް ހިނިތުން ވެވުނީ ބޭއިޚްތިޔާރުގައެވެ. ވާހަކަވެސް ދެއްކީ އެހެންޏާ ދައްކާ ހަރުކަށި ރާގަކަށް ނޫނެވެ. އެކަން ޔަލްވީއަށް ފާހަގަ ވިނަމަވެސް މާބޮޑު ކަމަކަށް ނުހަދާ ދޫކޮއްލީއެވެ. ލިއަމްގެ މޫޑު ބަދަލުވަނީ މޫސުން ބަދަލުވާހާ އަވަހަށޭ ޔަލްވީގެ ހިތަށް އެރިއެވެ.
”ވެއިޓް…… ހީ އިޒް އަ ފުޓްބޯލް ޕްލެޔާރ؟ އެވެސް ގައުމީ ޓީމްގެ؟؟ އެހެންވެ ދޯ އެހާ ފެމިލިއާ ފީލިން އެއްވީ އެދުވަހު…… އެންޑް ހީ ޕްލޭއި ވޮލީ ޓޫ؟……އެންޑް ލިއަމްބެ އާއެކީ މިލިޓަރީގަ އުޅެނީވެސް…..އާރްގްގްހްހްހް….. ވަޓް އެލްސް އިޒް ހީ ގުޑްއެޓް…..އަހްހްހް… މަހީރް ވަޓްސް ހެޕެނިން ޓު ޔޫ…ސްޓޮޕް ތިންކިން އެބައުޓް ހިމް“ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން މަހީރްއަށް ހުރެވުނީ ހިޔާލަކަށް ގެއްލިފައެވެ.
”އައުޗް…..“ ނުވިސްނާހުރި މަހީރްގެ ކަންކަށިމައްޗަށް އެރީ އަޒާންގެ ހޫނު ހަމަލާއާ އެކު އައި ބޯޅައެވެ. މަހީރްގެ ހަށިގަނޑު އަރިއަޅާލައި އިދިފުށަށް ގޮސް ޖެހުނީ ވެލިގަނޑު މައްޗަށެވެ. ”މިންމީ…… އާޔޫ އޯކެއި؟“ އާޔަތު ހާސްވެފައި ދުވެގޮސް މަހީރް ނަގާ ތެދުކޮށް ވެލިގަނޑު މަތީގައި ބޭންދިއެވެ. ޔަލްވީވެސް ހަޅޭއްލަވައި ގަންނަމުން ދުވެ އައިސް މަހީރް ގާތުގައި އިށީނެވެ. ”އަމް ސޯ ސޮރީ…. މިންމި“ އަޒާންވެސް ގޮސް މަހީރް ގާތުގައި ކުޑަ ކަކޫ ޖަހާލަމުން އިށީނެވެ. ”ކޮން ސޮރީ އެއް ކިޔާކަށް ހަމަ އެހާ ބާރަށް ޖެހޭތަ ބޯޅަ ޖަހަން“ އާޔަތު ހީވީ އަޒާން އަށް އެއްޗެހި ގޮވާލަން ފުރުސަތެއް ނުލިބިފައި ހުރިހެނެވެ. އަޒާން އާޔަތުއަށް ރައްދު ދޭކަށް ނޫޅުނެވެ. އެކަންވީ އާޔަތުގެ ރުޅީގެ އަލިފާންގަނޑަށް ދަރު އެޅުން ފަދަ ކަމަކަށެވެ. އާޔަތު ތެދުވެގެން ގޮސް ހުއްޓުނީ ދުރުގައި ހުރި މަލީހް ގާތުގައެވެ. މަލީހް ބުނެލި އެއްޗަކުން އާޔަތު ހިނިތުން ވެލިތަން އަޒާންގެ ލޮލުގައި އަޅައިގަތެވެ. ދެންމެ އައިސް ހުރި ރުޅީގެ ހިލަމެއްވެސް އެމޫނުމަތިން ފެންނަން ނެތެވެ. އަޒާންގެ ބުމަ ގޮއްޖެހިގެން ދިޔައީ މަލީހް އާއި އާޔަތުގެ އޮތީ ކޮންގުޅުމެއްތޯ ހިތަށް އެރުމުންނެވެ. މަލީހް ވަނީ ދެތިން ފަހަރަކު މީގެ ކުރިންވެސް އަޒާންއަށް ފެނިފައެވެ. އެހާ މުހިންމު މީހެއް ކަމަށް ނުދެކެވޭތީ މާބޮޑު ސަމާލުކަމެއް ނުދެވުނީއެވެ. އެހެން ނަމަވެސް އެއީ ކާކު ތޯ އަދި ކިހާ ފެންވަރެއްގެ މީހެއްތޯ ހޯދައި ބެލުމަކީ އަޒާން އަށް ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ. ޖީބުގައި އޮތް ފޯނު ނަގައި މީހަކަށް މެސެޖެއް ކޮށްލުމަށްފަހު އަނބުރާ ޖީބަށް ލަމުން މަހީރްއަށް ސަމާލުކަން ދިނެވެ. އިސާހިތަކު ކުޅެން ތިބި އެންމެން މަހީރް ގާތަށް އެއްވިއިރު މީކައިލް ދުވެފައި ދިޔައީ ގަނޑުފެން އަޅާފައި ހުރި ‘އައިސް ބޮކްސް’ ކައިރިއަށެވެ.
ޖޫސް ފިނިކޮށް ބެހެެއްޓުމަށް ލާފައިހުރި ފޮށީގައި އަދިވެސް ގަނޑުގެން ހުއްޓެވެ. މީކައިލް ލައިގެން ހުރި ޓީޝާޓު ބާލައި ގަނޑުފެންތައް އަޅާލަމުން ގޮސް މަހީރްގާތުގައި ކުޑަކަކޫ މައްޗަށް އިށީނެވެ. މަޑުމަޑުން މަހީރްގެ ކޯތާފަތުގައި ރަތްވެފައި ހުރި ތަންތާގައި ގަނޑުފެން ޖައްސަމުން ދިޔައެވެ. ބޮލަށް އަރާފައި ހުރި އެނބުރުންގަނޑު މަޑުމަޑުން ފިލައި ހަމައަކަށް އެޅެމުން ދިޔަ މަހީރްގެ ނަޒަރު އަމާޒުވީ މީކައިލްގެ ޓީޝާޓުނެތް ހަށިގަނޑަށެވެ. ބައިމަތިފުޅާ ހަށިގަނޑާއި ބަނޑުގައި އަރާފައި ހުރި ގޮޅިތަކަށް މަހީރްގެ ނަޒަރު ދަތުރު ކުރިއެވެ. ”ޔޫ ލައިކް އިޓް ބޭބީ ގާރލް؟“ މަހީރްގެ ލޯ އަމާޒުވެފައި ހުރި ހިސާބު ފެނުމާއެކު މީކައިލްގެ މޫނުމައްޗަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ.
”ވަޓް……ނޯ“ މަހީރް އަވަހާ ދުރުބަލާލަމުން ތެޅިގަތީ މީހަކަށް އަޑު އިވިދާނެތީއެވެ. އޭރު ދެންތިބި މީހުން މަހީރް ހަމައަކަށް އެޅިއްޖެކަން ޔަޤީން ވުމުން އަލުން ގޮސް ކުޅެން ފެށީއެވެ. ”ވާ ޔޫ ތިންކިން އެބައުޓްމީ ބޭބީ ގާލް؟…. އެހެންވެތަ ބޯޅަ އައިސް ޖެހުނު އިރުވެސް ނޭގުނީ؟“ މީކައިލް ބޭނުންވީ ލަދުން އިސްޖަހާލައިގެން އިން މަހީރް އިތުރަށް ރަކި ކޮށްލާށެވެ. ”ނޯ ވޭއި….. ނޮޓް އިންޓްރެސްޓެޑް އެޓް އޯލް“ މަހީރް ވެސް ދެރަ ޤަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ.
”އޯލްރައިޓް…..އޯލްރައިޓް…. ބަޓް އެޓްލީސްޓް ނައު ކޭން ވީ ބީ ފްރެންޑްސް؟ ތަޤްދީރުން މިއޮތީ އަނެއްކާވެސް ދެމީހުން ބައްދަލު ވެފައެއްނު“ މީކައިލް ހީވަނީ މަހީރްގެ ރުހުން ނުލިބިގެން ކެތް މަދުވެގެން އުޅޭ މީހެއް ހެނެވެ.
”އޯކޭ…..ފައިން…..ފްރެންޑްސް…..ބަޓް ޑޯންޓް ގެޓް ޔޯ ހޯޕްސް ޓޫ ހައި“ ހިނިތުން ވެލަމުން މަހީރް މީކައިލް އާއި ސަލާމްކޮއްލިއެވެ. މަހީރްއަށް ނޭގުނު ކަމީ އެ ކުޑަކުޑަ ނިންމުމުންވެސް މަހީރްގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާން އުޅޭކަމެވެ. ހީނުކުރާ އެތައް ކަމަކާ އެ މައުސޫމު ހިތް ކުރިމަތި ލާންޖެހޭނެ ކަމެވެ.
……………..
ފޯރިގަދަކޮށް ކުޅެމުން ދާދި އެއްވަރެއްގެ ނަތީޖާ އަކާއެކު އައި ވާދަވެރި މެޗު ނިމިގެން ދިޔައީ ލިއަމް ޖެހި ބޯޅަ ކޯޓުގެ ބޭރުގައި ގޮސް ޖެހުމުންނެވެ. ”ޔޭއި …….ވީ ވޮން“ އުފަލުން ޔަލްވީ ފުމެން ފެށިއެވެ. ”ލިއަމް ޑިޑް ޔޫ ޖަސްޓް ލޫޒް އޮން ޕާޕޮޒް….. އައި ކާންޓް ބިލީވް އިޓް“ ލިއަމް ގަސްދުގައި ބަލިވީކަން އާޔަތުއަށް ރަނގަޅަށް އެނގުނެވެ. ލިއަމް ހިނިތުން ވެލަމުން ދެކޮނޑު އަރުވާލީއެވެ. ރުޅިމޫނު ހަދާފައި ގަސްގަނޑު ކައިރިއަށް ގޮސް ހުއްޓުނު އާޔަތު ފަހަތުން އަޒާން ވެސް ދިޔައެވެ.
”ޑާލިންގް…. ވައި ސޯ އަޕްސެޓް؟“ އަޒާން އައިސް ގަސްގަނޑަށް ލެގިލިއެވެ. އާޔަތު ހުރިގޮތަށް ހުރެ އެތެރެއަށް ފުންކޮށް ނޭވައެއް ލުމަށްފަހު އަޒާން އާއި ކުރިމަތިލިއެވެ. ”ވަޓްސް ޔޯ ޕްރޮބްލެމް އަޒާން؟….. ވައި ޑޫޔޫ ތިންކް އެވްރީވަން އިޒް އޮބްސެސްޑް ވިތް ޔޫ؟….. ޔޫ ނޯ ވަޓް؟…..ދިސް އިޒް އޯލް ޔޯ ފޯލްޓް…… ޔޫ ކީޕް ރުއިނިން އެވްރީތިން ފޯ މީ……. އައި ހޭޓް ޔޫ އަޒާން…..އައި ހޭޓް ޔޫ ސޯ މަޗް…..މެޗުން ބަލިވީވެސް އަޒާން އާހެދި ….މިންމި އަށް އެހެންވީ ވެސް ހަމަ ބިކޮޒްއޮފް ޔޫ“ އާޔަތު އެނބުރިލާފައި އަޒާން ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލައިގެން ހުރިއިރު އެދެލޮލުގައިވީ ރުޅިވެރިކަމެވެ.
”ސްޓޮޕް އިޓް އާޔޫ….. ތީދެން ބޮޑުވަރު ތިންކް ބިފޮ ޔޫ ސޭއި ސަމްތިން“ އެދެމެދަށް އައިސް ޔަލްވީ އާޔަތު ހުއްޓުވިއެވެ. އަޒާންތުނިކޮށް ފަޅާފައި ހުރި ތުބުޅީގައި އެއް އަތް ހިންގާލަމުން އެތަނުން ދުރަށް ހިނގައިގަތެވެ. މިފަހަރުވެސް އަޒާން ހިޔާރު ކުރީ ހިމޭންކަމެވެ. އެމޫނުމަތިން ފެންނަން ހުރީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމަ ކަމެއް ދޭހައެއް ނުވެއެވެ.
ޔަލްވީ އާޔަތު ގޮވައިގެން އެނބުރި ދިޔައިރު އެންމެން މޫދަށް އެރި އުޅުނެވެ. އެދެމީހުން ވެސް ގޮސް އެންމެނާ ބައިވެރި ވިއެވެ. ”ފަތަން އެނގޭތަ؟“ ލިއަމް ޔަލްވީ ގާތަށް ޖެހިލަމުން އާދައިގެ ގޮތަކަށް އަހާލިއެވެ. ”ކުޑަކޮށް އެނގޭ“ ޔަލްވީ ހައިރާންވީ ލިއަމް އަށް ވެގެން އުޅޭ ގޮތެއް ނޭނގޭތީއެވެ. މިއަދު އާދަޔާޙިލާފަށް ލިއަމް ގެ އުޅުން ހުރީ ބަދަލުވެފައެވެ.
ލިއަމް ޔަލްވީއަށް އަތް ދިއްކޮށްލީ އެއަތުގައި ހިފާށޭ ބުނާފަދައިންނެވެ. ޖެހިލުންވެފައި ހުރި ޔަލްވީ ބަލާލީ އާޔަތަށެވެ. އަދި މަޑުމަޑުން ކުރިއަށް ޖެހިލަމުން ލިއަމްގެ އަތުގައި ހިފައިލީ ވަމުންދާ ކަންތައް ޔަޤީން ނުވެފައި ހުރި ގޮތަށެވެ. ލިއަމް ޔަލްވީގެ އަތުގައި ހިފައިގެން ގެންދަންފެށީ އިސްކޮޅު ނުޖެހޭ ހިސާބަށެވެ. ”އިޓްސް އޯކޭ ޕްރިންސެސް…..ޔޫ އާ ސޭފް“ ލިއަމް ޔަޤީންކަން ދިނީ ޔަލްވީ ބިރުން ތެޅިގަންނަމުން އަތަށް ބާރުކޮށްލީމައެވެ. ލިއަމް މަސައްކަތް ކުރީ ޔަލްވީގެ ބިރު ކަނޑުވާލާށެވެ. އެންމެ ހިނދުކޮޅަކަށްވެސް ޔަލްވީގެ އަތުން ދޫކޮށްނުލައެވެ.
މަހީރް އާއި މީކައިލް އުޅުނީ ފަރީދާ އާއި މިއުވާން ގާތު އިޒްޔަން އަދި މައުރާ ގޮވައިގެން ފަތަން ދަސްކޮށްދޭށެވެ. އާންމުކޮށް މިޒާޖުގެ ގޮތުން މަޑުމޮޅިކޮށް ހުންނަ މައުރާއަށް ވެސް މީކައިލް ނުހަނު ކަމުދިޔައެވެ. ސަކާރާތް ޖަހާ އެކަކު އަނެކަކު ގަޔަށް ލޮނު ޖެހުމުގައި އުޅެއެވެ. އާޔަތުވެސް މަލީހް އާއެކު ފަރީދާމެނާ ދާދި ގާތުގައި ވާހަކަ ތަކުގައި މަޖާވެފައި ހުއްޓެވެ. އާޔަތުގެ ނަޒަރު ގޮނޑުދޮށަށް އިރުއިރުކޮޅާ ދަތުރު ކުރަމުން ދިޔައީ އަޒާންގެ ހިލަމެއްވެސް ނުވުމުންނެވެ. ވިސްނާނުލާ ހިތަށް އައިހާ އެއްޗެއް ދުލާ ހަމައަށް ގެނެވުނީ ރުޅި އިސްކުރެވުނީމައެވެ. ކިތަންމެހާވެސް ރުޅި އައިސް ހުރި ކަމުގައި ވީނަމަވެސް އާޔަތު އެެއްވެސް މީހަކަށް ދެރައެއް ނޭދެއެވެ.
”ކޮބާ އަޒާން އާއި ޔުވާން؟“ ފަރީދާގެ ސުވާލު އަމާޒުވީ މޫދަށް އެރުނު އިރުވެސް ޔުވާންމެން ފެންނަން ނެތުމުންނެވެ. ”ވަރަށް މުހިންމު ކަމެއް ޖެހިގެން މާލެ ގޮއްސި“ ފަރީދާގެ ސުވާލަށް ޖަވާބު ދިނީ މޫދުން އަރައިގެން އައި ލިއަމްއެވެ. ”އާން …. އަޒާން ވަރަށް ސަކަރާތްވެފަ ހުރީ….. ހީވަނީ ކަމެއް ވެފަ ހުރިހެން….އަހަރެންވެސް ދުށިން އަޒާން އާ އެކު ދޮންބެ ދަނިކޮށް“ ޔަލްވީ ލިއަމްގެ ވާހަކައަށް އިތުރުކޮށްލިއެވެ.
އާޔަތު ތުންފަތުގައި ދަތް އަޅާލަމުން އިސްޖަހާލީ އަމިއްލަ ނަފްސު ކުއްވެރި ކުރަމުންނެވެ.
ދަތުރު ނިންމާލުމަށްފަހު ވެފައި ހުރި ވަރުބަލިކަމާއެކުއެންމެން އެއްޗެހިތައް ތައްޔާރު ކުރަންފެށީ އެނބުރި މާލެ ދިއުމަށެވެ.
…………………….
ބާރު ދުވެލީގައި މާލޭގެ ހަލަބޮލި މަގުތަކުން ފަރިތަ ކަމާއެކު ދުއްވަމުން ދިޔަ ސައިކަލުގެ ހުންގާނުގައި އިނީ ޔުވާންއެވެ. ސައިކަލު ފަހަތުގައި އިން އަޒާން އިރު އިރުކޮޅާ މީހަކަށް ގުޅޭތޯ މަސައްކަތް ކުރަމުން ދިޔަ ގޮތުން މޫނުމަތިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުވާން ހުއްޓެވެ. ސައިކަލުގޮސް މަޑުކޮށްލީ މާފަންނު ފްލޮރެންސް އަށެވެ. ރަނގަޅަށް ދުވެލި މަޑު ނުޖެހެނިސް ފުންމާލި އަޒާން ދުވެފައި ގޮސް ސިޑިން އަރަން ފެށީ ލިފްޓަށް މަޑުކުރަން ވެސް ވަގުތު ބޭކާރުވެދާނެތީއެވެ.
ހާސްވެފައިހުރެ އަޒާން އިމާރާތުގެ ހަތްވަނަ ބުރިއަށް އަރައި އެ ފަންގިފިލާގެ ހުރި ހަމައެކަނި އެޕާޓުމެންޓަށް ވަނެވެ. ”ކޮބާ؟“ ދޮރުން ވަތްއިރު ސޯފާގައި ކަންތައް ބޮޑުވެފައި އިން މެދުއުމުރުގެ އަންހެން މީހާ އާ މުހާތަބުކޮށް އަޒާން ވާހަކަ ދެއްކިއެވެ. ”މެޑަމް ކޮޓަރި ތަޅުލަނީ……ވަރަށް ރުޅި އައިސް ހުނަންނަނީ…..އަހަރެން ގޮވީމާ ނުހުޅުވަނީ“ އެ ނޭޕާލު އަންހެން މީހާ ފަރިތަ ކަމާއެކު ދިވެހި ބަހުން އަޒާންއަށް އޮޅުންފިލުވައި ދިނެވެ. ދުވެފައި ކަހަލަގޮތަކަށް ގޮސް އަޒާން ސޯފާ ބިއްދޮށުގައި އެންމެ މަގަތަށް ހުރި ކޮޓަރީގެ ދޮރުގައި ޓަކިޖަހަން ފެށިއެވެ.
”ހެއި….. މި ދޮރު ހުޅުވާލާބަ…..އަމް ސޮރީ އައި ވޯޒް ނޮޓް ހިއަރ ފޯ ޔޫ….ދޫނީ…..އަމް ސޮރީ……އޯޕެން ދި ޑޯ“ އަޒާން އެތައް އިރަކު ދޮރުގައި ތެޅުމަށްފަހު ދޮރު ނުހުޅުވުމުން އެހިތުގައި ބިރުވެރިކަމެއްގެ ހިލަން ވެލިއެވެ. މާޔޫސީ ގޮތަކަށް ކަރު އެލުވާލަމުން ދޮރުކަނީގައި ލެގިލިއެވެ. ކޮޓަރީގެ ދޮރާ ދުރަށް އަޅާލި ފިޔަވަޅު މަޑުޖައްސާލީ ކޮޓަރީގެ ތަޅު ހުޅުވުނު އަޑަށެވެ.
”ހެއި ލޯބީ….“ އަޒާން މަޑުމަޑުން ގޮވާލީ ދޮރުގެ ހަނި ޖާގައިން ބޯދިއްކޮށްލި އަންހެން ކުއްޖާއަށެވެ.
5 Comments!
Comments are closed.


OMG THIS IS SOO GOOD!!!
Curiously waiting for the next part.
azaan has a wife???? So pretty can’t wait next episode!!!
Copy cat 🐈
Whattttttt
He has a gf???or a wife????
Omg
Can’t wait
Copy cat why are you copying someone else’s story?? This is so cheap 😭 if you don’t have your own creativity then please don’t copy other people’s stories and write