Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 13..

kamana Level 310 Stories500 Comments100 Comments
April 17, 2016 5 Mins Read
19 Comments

“ބުނަން މަމްދޫހު.. އަހަރެންގެ އެހީއެއް ދުވަހަކު ތިކަހަލަ މީހަކަށް ނުދޭނަން… އެރޭ ތި ލޯބިވާ މީހާއަށް އަނިޔާ ކުރި އިރު އަހަރެންގެ ދެލޮލުން ދުށީމޭ…. ބުނަން އަތޫޝާއާ ދިމާލަށް ދެން ތި ދެލޮލުން ބަލާލިޔަސް މަމީ ނުބައި މީހެއްކަން އަންގާލާނަން…..” ޝައިމަންގެ މޫނުމަތިން ފެންނަމުން ދިޔައީ ނަފްރަތެވެ.

“ޝައިމަން.. ޕްލީޒް” މަމްދޫހުއާއި ދިމާލަށް ބަލަން ހުރި ޝައިމަންއަށް ސިހުންކަން ލިބުނީ މަމްދޫހު ޝައިމަންގެ ކޮނޑުގައި ދެތިން ފަހަރު ޖަހާލުމުންނެވެ. އަތޫޝާއާއި މަމްދޫހުއާއި އެކަށީގެން ނުވެއޭ އެތަށް ފަހަރު ހިތް ބުނަމުން ދިޔައެވެ. އެހެން ނަމަވެސް ލޮލު ކުރިމައްޗަށް ސިފަވެގެން ދިޔައީ މަމްދޫހުގެ އަތުތެރޭގައި އަތޫޝާ ގިސްލަމުން ދިޔަ މަންޒަރެވެ. މަމްދޫހު ބުނާހެން އަތޫޝާ އަދިވެސް މަމްދޫހު ދެކެ ލޯބިވޭކަންނޭގެއެވެ.

“އަހަރެންނަށް ވަކި ކޮންކަމެއް ކޮއްދެވޭނީ… ތި ދެމީހުން ވާހަކަ ދައްކައިގެން ނިންމަންވީނު” މަމްދޫހު ދެކެ ކިތައްމެ ރުޅިއަޔަސް ބުނާނީ ކީކޭ ހެއްޔެވެ. އެއްއަތް ތެޅިއަސް އަޑެއް ނުކިޔާނޭ ބުނާ އުސޫލުން އެކަކު ލޯބިވިޔަސް އަނެކަކެއް ނުލިބޭނެއެވެ. ޝައިމަންއަށް ފުންނޭވާއެއްލެވުނެވެ. ލޯބިވެވިއްޖެއެވެ. އެހެންނަމަވެސް އެލޯބީގެ ބަގީޗާގައި އެންމެ އޮށެއްވެސް ނުއިންދުނެވެ. ޝައިމަންއަށް އަމިއްލަ ނަފްސަށް މަލާމަތްކުރެވުނެވެ. ހިނިތުންވެވުނީ އަމިއްލަ ހާލާއި މެދުގައެވެ.

“ކިހިނެއްވީ…” ޝައިމަންއާއި ދިމާލަށް ބަލާލަމުން މަމްދޫހު އަހާލިއެވެ. ދެފަރާތަށް ބޯ ތަޅުވާލަމުން ކަމެއް ނުވެއޭ ބުނެލީ ހިނިތުންވަމުންނެވެ.

“އަހަރެން ޓްރައި ކުރާނަން… ކީއް ކޮއްދެންވީ” އިރުގަނޑެއް ފަހަން ޝައިމަން ވާހަކަ ދައްކަން ފެށިއެވެ. ” ޝާޝާ އާއި މީޓް ކޮއްލެވޭނެ ގޮތެއް ހަދާދީ… ” އާދޭހުގެ ރާގަށް މަމްދޫހު އެހެން ބުނުމުން ޝައިމަން އެއްބަސްވިއެވެ.

……………….

ހަވީރުގެ ހިތްފަސޭހަ ވަގުތުގައި އަތޫޝާ އާއި ޝަމްހާ އޮލަވާހަކައެއްގައި ތިބީ ޓެރަހުގައެވެ. އެހެން އިނދެ ވެސް އިރު އިރު ކޮޅާ އަތޫޝާއަށް ދޮރާ ދިމާލަށް ބަލާލެވެނީ ޝައިމަން އާދޭތޯއެވެ.

“ޝާޝާ ނެކްސްޓް ވީކްގަ ކޮލެޖްއަށް ދާންޖެހޭނެ… އާރރގގގ ފޫސޭ.. އަސްލު ޝަމް ނުވޭ ބޮޑު ޗުއްޓީއެއް ލިބުނީމަ ކިޔަވާހިތްވެސް… ދެން ކިޔަވަން ފެށީމަ އޯކޭ ވާނެތާ ދޯ…. އޯ ޔެސް… ހިނގާބަލަ ދޮންބެ ކައިރީގައި ކިޔައިގެން މިތާ ކައިރީގައި އޮތް ދޮން ފަސްގަނޑަށް ދާން،… މަޖާވާނެ،… ކޮލެޖް އަށް ދާން ފެށީމަ ނޯ ޓައިމް… ދޯ..”

“ކީކޭ..” ދޮރާ ދިމާލަށް ބަލަހަތްޓައިގެން އިން އަތޫޝާ ދިޔައީ ސިހިގެންނެވެ. “އަޅެ މިއޮތް ހުރިހާ އިރު ޝަމް އަށް މި ވާހަކަ ދެއްކެނީ ކާކާތަ…. އައުޗް…” ކުއްލިއަކަށް އަތޫޝާ ޝަމްހާގެ އަތުގައި ހިފާ ފިތާލުމުން ޝަމްހާ އަޑުގެ ނެއްތަނަށް ގޮވާލިއެވެ.

“ސޮރީ…” އޭރުވެސް އަތޫޝާގެ ނަޒަރު ހުއްޓިފައި އިނީ ދޮރަށެވެ. ޝަމްހާ އަތުގައި ފިރުމާލަމުން ދޮރާދިމާލަށް ބަލާލިއެވެ. އެއްފަހަރު ދޮރާ ދިމާލަށް އަނެއްފަހަރު އަތޫޝާއަށް ބަލާލެވެނީ ޔަގީންނުވާތީއެވެ.

އޮފީސް ހެދުމުގައި ގެއަތް ވަތް ގޮތަށް ބޫޓު ބާލަން ހުރި ޝައިމަންއާއި ދިމާލަށް ކަޅި ޖަހާ ނުލާ ބަލަން އިން އަތޫޝާގެ ހިތް އެދެނީ އެންމެ ފަހަރަކު ނަމަވެސް ޝައިމަން އަތޫޝާއާއި ދިމާލަށް ބަލާލުމަށެވެ. އެހެން ނަމަވެސް އެންމެ ފަހަރަކު ވެސް ބަލާލުމެއްނެތި އެތެރަށް ދެމިގެއް ޝައިމަން ފެނި އަތޫޝާގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. ޝައިމަން އެހެން އެހަދަނީ ކީއްވެ ހެއްޔެވެ. އިސްޖާހުމައްފަހު އިސްއުފުލާލީ ޝާމްހާ އާއި ދިމާލަށެވެ. ހަށަން ބަނދެގެން ދެލޯ ހަނިކޮއްގެން އިން ޝަމްހާ ފެނި އަތޫޝާ ހަދާނެގޮތް ހުސްވިއެވެ.

“މީ މީ ޝަމް..” އަތޫޝާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަދިވެސް ދޮންބެ ޝާޝާ އާއި ވާހަކަ ނުދައްކާތަ” އަތޫޝާގެ ހިތުގައި ޝައިމަން އަށް ކޮންމެވެސް އެއްޗެއްވާކަން ޝަމްހާއަށް ޔަގީނެވެ. ޔަގީން ނުވާނީ އެއީ ކޮންކަހަލަ ކަމެއްކަމެވެ. ކިތައްމެ އަހާ ހިތްވިޔަސް ޝަމްހާ އެމައުލޫއަށް ދާކަށް އަދި ބޭނުމެއްނޫނެވެ. އަތޫޝާއަށް ކުރިން ވި ކަހަލަ ކަމެއް ވާކަށް ދެނެއް ޝަމްހާއެއް ނޭދެއެވެ.

“އާން…. ” ކުޑަކޮށް ހަމަޖެހިލުމައްފަހު އަތޫޝާ ޖާވާބު ދިނެވެ.

“ހުރޭ ތި ދެމީހުން އޯކޭ ކޮއްލާނަން…. ލެޓްސް ގޯ” އަތޫޝާގެ އަތުގައި ހިފާ ނަގަމުން ޝަމްހާ ބުންޏެވެ.

“ކޮންތާކަށް… ޝަމްހާ ނަމާދު ކުރާކަށް ނުވޭތަ… އެއޮށް ގޮވީ މަގްރިބަށް..” އަތޫޝާގެ އަތުގައި ހިފައިގެން ބާރު ހިނގުމެއްގައި އަންނަ ޝަމްހާ ފެނި ބާރީ އަހާލިއެވެ. “މިދަނީ ބައްޕާ… ” އިސްޖަހާލަމުން ޝަމްހާ ބާރީއަށް ޖަވާބު ދިނެވެ. ” ދަރިފުޅު ޝާޝާވެސް ދޭ….. ޝައިމަން އާދޭ ބައްޕަ މީނީ ތިރީގައި” ގޭން ނިކުންނަމުން ބާރީ ޝައިމަންއަށް ގޮވާލިއެވެ.

ބާރީ ގޮވާލި ދިމާލަށް އަތޫޝާ ބަލާލިއެވެ. އޭރު ފުރިޖް ކައިރީގައި ފެންބޯން ހުރި ޝާއިމަން ފެނި އަތޫޝާއަށް ބަލަން ހުރެވުނީ ހުރިފިޔަވަޅުމަތީގައެވެ. އަނގަ މައްޗަށް ޖަހައިގެން ފެންބޮމުން ދިޔަ އިރު ކޮންމެ ފަހަރަކު ދިރުވާލާ ފެންކޮޅު ދައުރުވަމުން ދިޔަ ގޮތް އަތޫޝާއަށް ވަރަށް ކަމުދިޔައެވެ. ބައިމަތި ފުޅާ އެހަށިގަނޑަށް ނަޒަރެއް ހިނގާލެވުނީ ފެންފުޅި ހިފައިގެން ހުރި ގޮތުން އެއަތުގެ މުލައްދަނޑީގެ މަސްތަށް ވަރުގަދަކަން ފާހަގަވުމުންނެވެ. ޝައިމަންގެ ތުންފަތް ކައިރިން ފައިބައިގެން ދިޔަ ފެން ތި ފޮހެލަދޭން އެގަނޑީގައި ދާން އަތޫޝާ ބޭނުންވިއެވެ.

“ޝާޝާ….. ހިނގާ” އަތޫޝާ ސިއްސައިގެން ދިޔައީ ޝާމްހާ އަތޫޝާގެ އަތުގައި ހިފާ ދަމާލުމުންނެވެ. އަތޫޝާ ލަދުން އިސްޖާހާލިއެވެ. ފަހަތަށް އެނބުރި ބަލާލީ ޝައިމަން ބަލަން ހުންނާނެ ކަމަކަށް ނޫނެވެ. ޝައިމަންގެ ދެލޮލުން ދެންމެ ވީ ކިހިނެއްހޭ އަހާކަހަލައެވެ. އަތޫޝާ އަމިއްލަ ބޮލުގައި ޖަހާލީ މޮޔަކަމުންނެވެ.

ޝައިމަންއަށް އަތޫޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ގެއަށް އައިސް ވަންއިރަށް އަތޫޝާ ފެނުނެވެ. އެހެންނަމެސް ބަލާނެ ހިތްވަރެއް ނުލިބުނެވެ. އެ ސޫރަ ރަނގަޅަށް ނުދެކޭތާ ސައުވީސް ގަނޑި އިރު ވެދާނެއެވެ.

“ޝަމް ކިހިނެއްތަ މިވަނީ… އަހަރެން މޮޔަ ވަނީ ކަންނޭގެ… ބަލާބަލަ މަގޭ ހުރިހާ ޕަލްސް ތަކެއް އޯކޭތޯ… ދެލޯވެސް… އަނގަވެސް” ކޮޓަރިއަށް ވަދެވުމާއެކު އަތޫޝާ ޝަމްހާގެ އަތް ގެނެސް އަތުގެ މައި ބަނދަ މަތީގައި ޖައްސާލިއެވެ.

“ސާބަސް،… ހެހެހެހ ނޯރމަލ ހަމަ ނޯރމަލ…..” އަތޫޝާ އުޅޭގޮތުން ޝަމްހާއަށް ހެވެނީއެވެ. ހީވަނީ ކޮއްގެން ނުވާނެ ކަމެއް ކޮއްގެން އެކަން ފަޅައަރައިގެން އުޅޭހެންނެވެ.

*********

“ޒުލޭ ބުނެބަލަ…. ،ކިހިނެއްތަ ހަދާނީ… ދީބަލަ މޮޅު އައިޑިއާރ އެއް..” މާރބަލް ހޮޓެލްގައި ޒުލޭއާއި އާޝިޔާ އާއި ދެމީހުން ދިޔައީ މަމްދޫހު ރުއްސާނެ ގޮތަކާ މެދުގައި ވިސްނަމުންނެވެ.

“މަށަކަށް ނޭނގެ… މޮޅެތި ކަންތައް ކުރަން އެނގޭނީ އާޝިޔާއަށް… ބަލާބަލަ… މަށައް ހީވަނީ ވިއްސާރަ ވާން އުޅޭހެން.. ހިނގާ ދާން،….އާޝިޔާ މޮޅުގޮތެއް ނިންމާފަ ބުނޭ މަގޭ ކައިރީގަވެސް… މަގޭ ފުލް ސަޕޯޓު ލިބޭނެ” ގޮޑިން ތެދުވަމުން ޒުލޭހާ ބުންޏެވެ. ޒުލޭހާ ތެދުވެގެން ވަކި ހިސާބަކަށް ގޮސް ފަސް އެނބުރި ބަލާލިއެވެ. އާޝިޔާ އިނީ އިން ގޮތަށެވެ. އަދިވެސް ވިސްނަނީކަން ޔަގީނެވެ. “ޕިސް ޕިސް… އާޝިޔާގެ ބޮލުގެ ފަތް ކޮޅު ފައިބަފާނެ… ހިނގާ ދާން..” އާޝިޔާގެ އަތުގައި ހިފާ ކޮއްޓާލަމުން ޒުލޭހާ ބުންޏެވެ.

“ބުނަން ޒުލޭހާ.. މަ ތަލަވިޔަސް މި ކަންތަށް ކޮއްފަ ހުއްޓާލާނީ” ބޭރަށް ނިކުންނަމުން އާޝިޔާގެ ފަހުބަސް އިއްވާލިއެވެ. ޒުލޭހާ ހިނިއައީ ދެން ވިސްނަން ނުޖެހޭނެތީއެވެ. އާޝިޔާއަށް ދޫކޮއްލައިފިއްޔާ ދެން ވާނެއެވެ.

މަޑު ހިނގުމެއްގައި ދެ ރަހުމަތް ތެރިން ހިނގާލާއިފައި ދިޔައީ ކާރާ ދިމާލަށެވެ. އާޝިޔާ އުޑުމައްޗަށް ބަލާލިއެވެ. ވިއްސާރަ ވާން އުޅޭކަމުގެ އަލާމަތްތަށް ފެންނަން ފަށާފައިވާކަން ޔަގީނެވެ. އެހެންޏާ ނުޖެހޭވަރަށް ވައިވެސް ގަދައެވެ. މަގުމަތީގައި ހިނގާފައި އުޅޭ މީހުން މަދަސް ދުއްވާތަކެތީގައި އުޅޭ މީހުން ގިނައެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ މަންޒިލަށް އަވަހަށް ވާސިލް ވޭތޯ އުޅެއެވެ.

………………………….

މުޅި މާހައުލު ވަނީ ފިނިކޮއްލާފައެވެ. ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވާކަހަލައެވެ. މި ކަހަލަ ފިނި ރެއެއްގައި ކޮންމެ މީހަކުވެސް ބޭނުންވާނީ އަރާމު ނިންޖެކެވެ. ނޫނީ ލޯބި ވެރިޔާއާއިއެކު އުފާވެރިވަގުތު ކޮޅެއް ހޭދަކޮއްލުމަށެވެ.

މިއިން އެއްވެސް ކަމެއް ނުކޮށް ކަންނެތް ކަމުގައި ދެފަރާތަށް ފޮރެޅި އޮތް ސަނާ ދިޔައީ ފޫހިކަން މަތީގައި ވަގުތު ގުނަމުންނެވެ. އެހެން އެނބުރިލާ ކޮންމެ ފަހަރަކު ހިނިތުންވެލަނީ ވިޝާލްގެ ލާނެތް މިޒާޖު ހިތަށް އެރުމުންނެވެ. އަމިއްލަ ދުނިޔެއެއްގައި ހީ ސަކަރާތް ޖަހަމުން ދިޔަ ސަނާ ޗުސް ޖަހާލީ ފޯނު ރިންގްވާ އަޑަށެވެ. ހޭލާ އޮވެ ބަލަމުން ދިޔަ ހުވަފެން ބުރުއްސުވާލި ކާކުތޯ ބެލުމަށް ފޯނު ސްކްރީން ބަލާލިއެވެ. ނަމެއް އަރާފަ ނެތުމުން އިތުރަށް ފޫހިވިއެވެ. އެގޮތަށް ދެތިން ފަހަރު ފޯނު ރިންގްވިއެވެ. ފޯން ސްކްރީން އަށް ބަލަން އޮތް ސަނާ ޖެހި ބުދެއްހެން އެނދުން ތެދުވީ ބިރެއް ފެނިގެން އުޅޭމީހެއްހެންނެވެ. ސަނާއަށް ހުރެވުނީ ގަބޫލު ނުކުރެވައެވެ. ފޯނަށް އައިސް ފައިވާ މެސެޖް އެތަށް ފަހަރަކު ސަނާ ކިޔާލިއެވެ.

“ހާއި ޕްރިޓީ،…. ފޯނު ނުނަގަން ތިއޮތީ ގަސްތުގަ ދޯ… ދެން ވިޝާލް ވީމަދޯ” ގުޅީ ވިޝާލް ކަން އެނގުމުން ސަނާ އުފަލުން ފޮޅުނެވެ. ހިނިތުންވެވުނީ ބޭއިހްތިޔާރައެވެ.

“ހޭ….ވިޝާލް ނުބުނަމެއްނު ވިޝާލް އޭ ތީ… ކޮންމެ ކޮންމެ މީހަކު ގުޅީމަ ފޯނެއް ނުނެގޭނެ”

“ތިބުނީ އަހަރެން މީ ކޮންމެ ކޮންމެ މީހެކޭތަ.. ދެރަވެއްޖެ… އޯކޭ”

“އެހެނެއް ނޫން… ”

“ދުއްވާލަން ދާނަންތަ… ވަރަށް ފިނި ރެއެއްނު”

“ނޫނޭ… މިރޭ ވަރަށް ބިޒީ…”

“އަހަރެން ކަމެއް ކޮއްފާނެތީ ބިރުންދޯ… ހެހެހ އޯކޭ…. މާދަމޭ ރޭ ޝައިމަން ކެއުމެއް ދެނީއޯ… ޔު ޖޮއިނިންގ”

“އޮފްކޯޒ… ޔު”

“މަވެސް.. ސޯ ސީ ޔޫ ޓްމޯރޯ.. ނައިޓްސް”

ސަނާ މޭމަތީގައި ފޯނު ބާއްވާލީ ހިތްހަމަ ޖެހުމުންނެވެ. ވިޝާލް އާ އެކީ ކިތައްމެ ބޭރަށް ދާހިތްވިޔަސް އަދި އަވަހެވެ. ވިޝާލްގެ ހިޔާލުގައި އޮވެ ނިދުނީ ކިހިނެއްކަންވެސް ސަނާއަށް ނޭނގޭނެއެވެ.

………………………………

ރޭ ހަތަރުދަމު ވިއްސާރަ ކޮއް އޮތަސް ވާރޭ ކަންޔެއްގެ ހިސާބުވެސް ނުވެހެއެވެ. އަތަށް ކޮފީ މަގެއް ލައިގެން ޓެރަހަށް ނިކުތް އަތޫޝާ މާހައުލަށް ނަޒަރެއް ދިނެވެ. ފަތިހުގެ ވަގުތެއް ކަމަކު އެހެންޔާ ފިނިވާ ވަރަށް ވުރެއް ފިނިކަން މާހައުލުގައި ވަނީ ކުޑަވެފައެވެ. އުޑު މަތީގައި އަދިވެސް ރޭގަ އަޅާފައިވާ ސާލުއޮތެވެ. ދުނިޔެއަށް އަލިވާ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެއެވެ. އެހެން އިނދެ އިރު އިރުކޮޅާ ކޮފީ ފޮދެއް ބޯލަމުން ދިޔަ އަތޫޝާ އެކި ކަންތަކާ ވިސްނިއެވެ. އެހެން އިނދެ ކޮފީ މަގު ހުސްވުމުން އެތެރެއަށް ވަންނަން ހިނގައި ގަތް އަތޫޝާ ހުއްޓުނީ ކުރިމަތިން އަންނަ ޝައިމަން ފެނިއެވެ.

“ޝައިމަން” އަތޫޝާ ފެނުމުން ފަސް އެނބުރި ހިނގައި ގަތް ޝައިމަން ފެނި އަތޫޝާ ގޮވާލިއެވެ.

“ކީއްވެ ވާހަކަ ނުދައްކަނީ… ޝައިމަން ރުޅި އަންނަ ވަރުގެ ކަމެއް ކުރެވުނީތަ…” ފަސްދީ ހުރި ޝައިމަންގެ ކުރިމައްޗަށް އަރާ ހުއްޓެމުން އަތޫޝާ އަހާލިއެވެ. ޝައިމަންއަށް އަތޫޝާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވެނީ އަތޫޝާ ލޯބިކަމުންނެވެ. ފަތިހުގެ އެވަގުތުގައި އަތޫޝާ ފެންނަލެއް ވަރަށްވެސް ތާޒާއެވެ. މޫނުމަތި އޮމާންވެފައި އސްތަށިގަނޑު ވަނީ ފަހަތަށް އައްސާލާފައެވެ. ލާފައިބާ ބޮޑު ހަރުވާޅާއި ޓީޝާޓުން މީހާގެ ގައިގަ އެޖެހިނުލައެވެ.

“ޝައިމަން” ޝައިމަން ކޮއްލި ކަމަކުން އަތޫޝާ އިނީ އަޖައިބު ވެފައެވެ.

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

kamana

Level 310 Stories500 Comments100 Comments

Other Articles

Previous

ފުންއަސަރު 27

Next

ހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި

Next
April 17, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 25 ވަނަ ބައި

Previews
April 17, 2016

ފުންއަސަރު 27

19 Comments!

  1. princess says:
    April 17, 2016 at 8:41 pm

    Wowwww……it was beautiful…Waiting for nxt prt

  2. Yanaalee says:
    April 17, 2016 at 8:47 pm

    V reethi.. Keep it up

  3. Zee says:
    April 17, 2016 at 8:48 pm

    Haadha kurey thankolheh dhigukoh genes dheeba plx

  4. saaaaa says:
    April 17, 2016 at 8:51 pm

    Haadha kurey ekamaku story hama habeys next part avahah up kohdheeba pls……

  5. Appy says:
    April 17, 2016 at 8:53 pm

    V rythi ..ekam kuru hen hyvany next part avahahh up kohdhehchey plxx

  6. Naaa says:
    April 17, 2016 at 9:02 pm

    Haaadha kurey plz thahkolhen dhigu kh genes dheeeba plz story v nice v v v nice waiting fr nxt part

  7. Shaa xee says:
    April 17, 2016 at 9:08 pm

    Yeah…. me first. V v v nice mibaivx… wait for next part.?

  8. Maishy says:
    April 17, 2016 at 10:27 pm

    It’s soo short… I hope next episode is long…. Plx update the story soon… Mashaa Allah… The story is awesome… I love this story alot…. Great job dear… Keep it up ??❤

  9. ..... says:
    April 17, 2016 at 10:58 pm

    Hardha kurey. Next gym thankolheh dhigu kh up khdhybala

  10. ..... says:
    April 17, 2016 at 10:59 pm

    Hardha kurey. Next tym thankolheh dhigu kh up khdhybala

  11. Anonymous says:
    April 18, 2016 at 12:09 am

    knme bayeh vx mihaa kuru koh genes dheynee.. foohi ehnve.. ekm. vx stry salhi hama

  12. munee says:
    April 18, 2016 at 12:25 am

    story nice ekamaku haadha kurey

  13. Shaa says:
    April 18, 2016 at 1:04 am

    V v reethi

  14. Hooo says:
    April 18, 2016 at 2:59 am

    Varah salhii stroy. Hope kuran avahaa update kuraaney kamah.

  15. Mar Sha Marsha says:
    April 18, 2016 at 9:15 am

    Mee v rythi story eh.. vv inthixaaru kurevey… waiting waiting waitinggggg

  16. Thooba says:
    April 18, 2016 at 9:22 am

    Nice Story. Plz update story fast.

  17. BubbleGum. ? says:
    April 18, 2016 at 9:30 am

    Please update the story soon.
    Masha Allah Interesting. ❤

  18. ssss says:
    April 20, 2016 at 11:06 am

    plx mi vaahaka avahah up kohdhyba….cant wait…plxxx

  19. Aminath says:
    April 20, 2016 at 1:13 pm

    Dhen kon irakun next part up vaany

Comments are closed.

Next Episodeހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 14..←


All Right Reserved!