Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރުގައި ހުރިން 8

Ryn 100 Stories10 Stories1K Comments500 Comments100 Comments100 Login
June 4, 2016 6 Mins Read
28 Comments

 

ރިޝްފާ ގޭ ދޮރުމަތީ ހުރީ މާޒިން އަންނާނެ އިރަކަށެވެ. މާގިނައިރު ތަކެއް ނުވެ މާޒިން ސައިކަލުގައި އައެވެ. “ސޯ ބުނެބަލަ… ކޮންވާހަކައެއްތަ ފޯނުން ނުދެއްކިގެން އުޅުނީ؟” ރިޝްފާ އަހާލީ މާޒިންއައި ކައިރިވެލަމުންނެވެ. މާޒިން ރިޝްފާ ގާތު ސައިކަލަށް އަރަން ބުނެލިއެވެ. ރިޝްފާ ދަތްކޮޅު ފެންނަވަރަށް ހީލުމަށްފަހު ސައިކަލަށް އަރާ ހަމަޖެހިލިއެވެ. އަދި މާޒިންގެ ބުރަކަށީގައި ބޯ އަޅާލަމުން ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. މާޒިން ސައިކަލު ސްޓާރޓް ކޮށްލީ ފޫހިވެގެން ހުރެފައެވެ.

ސައިކަލު ހުއްޓީ ރަސްފަންނުގެ ބީޗަށެވެ. ރިޝްފާ ފޭބުމަށްފަހު މާޒިން ސައިކަލް ޕާކް ކޮށްލަންދެން ހުރެލިއެެެވެ. މާޒިން ރިޝްފާ ގޮވައިގެން ފާރު ކައިރިއަށް ގޮސް އިށީނދެލިއެވެ. “ރިޝް.. އައި ޑޯންޓް ލައިކް ޓު ކީޕް ތިންގްސް ޕްރައިވެޓް.. އެކަން އިނގޭނެ ރިޝްއަށް… ރައްޓެހިވުމުގެ ކުރިން ބުނިން ރިޝްދެކެ ލޯބިއެއް ނުވެވޭނޭ.. އިނގޭތަ އެއީ ކީއްވެކަން؟” މާޒިން ފެށީ ދުރުދުރުންނެވެ. މިއަދު ރިޝްފާއަށް ސުމާގެ ވާހަކަ ކިޔައިދޭން ބޭނުންވީ އެހެންގޮތަކުން އެކަން އޭނާއަށް އިނގެން ބޭނުންނުވާތީއެވެ. ރިޝްފާ މާޒިން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލްވެލީ އޭނާގެ އަޑުގައިވާ ސީރިއަސްކަން ފާހަގަވެގެންނެވެ. އޭނާވެސް މާޒިން އެހެން ބުނި ސަބަބު އިނގެން ބޭނުންވީ އެ ސަބަބު އޭނާ ފޮރުވާފައި ވުމުންނެވެ. ރިޝްފާ ގެ އެ ސަމާލުކަމުން މާޒިންއަށް އާ ހިތްވަރެއް ލިބުނުކަހަލައެވެ. “އައި ލަވް ސަމްވަން އެލްސް… އައި ލަވްޑް ހާ.. ސްޓިލް ޑޫ އެންޑް އޯލްވޭސް…. އޭނާވެސް ވިއޯ…  އެކަމް އޭނާ އަކީ ބޭވަފާތެރިއެއް… އޭނާގެ ހުރޭ ކިޑްއެއްވެސް މިހާރު…..” މާޒިން ސީދާ ޕޮއިންޓަށް ދިޔައީ އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާތީއެވެ. ރިޝްފާ މާޒިންއާއި ދިމާލަށް ބަލައިލިއެވެ. އަދި ހިންދިރުވާލިއެވެ. “ރިލެކްސް… ރިޝް.. ރިޝްއެއް ދުލެއް ނުކުރާނަން… އޭނާ އާއި މިއަދު ދިމާވި.. އެއްކަލަ އިރު ކުއްޖެއް އައެއްނު.. ބޭބީ ޒިން…؟. އެއީ އޭނާގެ ކުއްޖެއް.. ކުރިއަކުން ނޭނގެ… މިއަދު ބޭބީގޮވައިގެން ދިޔަތަނާ އިނގުނީ އެއީ އޭނާ ކަން.. ވަރަށް ދެރަވި އޭނާގެ ބޭބީއާއި މާ އެޓޭޗްވެގެން އުޅެވުނީމަ… . ނޭނގެ ކީއްވެކަމެއް.. އެކަމް އެބޭބީގެ ނަމަކީވެސް ހަމަ މާޒިންއެއްނު..؟ ވެދާނެ ޒިންއަށް ގޮތްދައްކަން ކުރި ކަމެއްކަމަށް.. އެހާ ލޯބިވިނަމަ އައީހެއްނު ދޯ.. ބޭބީއެއްވެސް ނުހޯދީހެއްނު… ބޭބީ ޒިން ބުނީ ބައްޕި ވީ ކުޑައިރު ގޮއްސައޯ ކޮންމެސް ތާކަށް… ޑޭޑް ދެކުނީމޯ ޒިން.. ހަމަ އޭނާ ހުންނަހެންނޯ ހުންނަނީ… މަންމިއާއި އެކު އިނޯ ފޮޓޮއެއްގަ…

..މިއަދު ދިމާވީމަ ހީވީ އަނެއްކާވެސް ހަމަ ލޯބި އުތުރި އެރީއޭ..  އެކަމް ރިޝް.. ޒިން މިހެން މި ބުނަނީކީ ރިޝް ދެރަކުރާކަށްނޫން.. އެކަމްވެސް ތެދު ދޯ މިހަދަނީ ބޭނުމެއްނުވޭ ދޮގުހަދައިގެން އާ ދިރިއުޅުމެއް ފަށައިކަށް….” މާޒިން ބުނެލީ ރިޝްފާގެ އަތުގައި ހިފާލަމުންނެވެ. ރިޝްފާ ހިނިތުންވެލީ ގަދަކަމުންނެވެ. އެ ކިޔާ ކުއްޖަކީ ކިހާ ނަސީބުގަދަ ކުއްޖެއްހެއްޔެވެ؟ މާޒިން އެ ކުއްޖާދެކެ ލޯބިވާއިރު އޭނާ އެދިނީ ކޮންފަދަ ލަނޑެއްހެއްޔެވެ؟ އޭނާގެ ބަދަލަށް ރިޝްފާ ހުރިނަމައެވެ. މާޒިންގެ ހިތުތެރޭ ރަސްކަން ކުރާނެނަމައެވެ. ރިޝްފާއަށް ހިސާބަކަށް އެ ކުއްޖަކާއި މެދު ހަސަދަވެރިވެވުނެެވެ.

ތަފާތު ވާހަކަތަށް ދައްކަމުން ގޮސް ރިޝްފާ ކުއްލިއަކަށް ހަނދާންވީ މާޒިން ކައިރި ރިޝީގެ ވާހަކަ ދައްކަންށެވެ. “ޒިން… ވާހަކައެއް ބުނަންތަ؟” ރިޝްފާ ކުޑަކޮށް އިސްޖަހާލަމުން ބުނެލީ މާޒިން ނުރުހޭނެކަން އިނގޭތީއެވެ. މާޒިން ހުމްމް އަޅުވާލިއެވެ. “ޒިން ޕްލީސް ރިޝީގެ ކަންތަކާއި އަޅައިނުލާ ހުންނަންވީނު މިއަދު ހުރީ ވަރަށް ރުޅިއައިއްސަ… ރިޝްއާއި ދިމާަލަށްވެސް އެއްޗެހި ކީ..ބުނީ ޒިން ކައިރި ބުނާށޯ އޭނާގެ ކަންތަކާއި ނުބެހި ހުންނާށޭ…..” ރިޝްފާ ބުނެލިއެވެ. މާޒިން ރިޝްފާއާއި ދިމާލަށް ބަލައިލީ ނުރުހުންވެފައެވެ. “ރިޝް… އޭނާއަކީ ޒިންގެ ކޮއްކޮއެއް ކަހަލަ…. އުމުރުން  23 އަހަރު އެވީ.. އެކަމް ބަލާބަލަ އުޅޭ ގޮތް.. މިއީ ވަޒީފާއެއްގައި އުޅެމުން މީހަކާ އިންނަންވީ ދުވަސްކޮޅު އެކަމް އޭނާ؟؟އޯރ އެޓްލީސްޓް ރަނގަޅު ވަޒީފާއެއްް؟؟؟ ވަޒީފާއެއް ނެތް އެހެން އެއްޗެއް ނެތް.. މަގުމަތިން ފެންނަ މީހަކާއި ދިމާކޮށް އުނދަގޫކުރުން… ޒިން ކައިވެނިކުރަން މި ވިސްނަނީ އެކަހަލަ މީހެއް އުޅޭ ގެއެއްގެ ކުއްޖަކާއޭ ހިތަށް އަރާފަވެސް އަމިއްލަ ނަފްސަށް މަލާމާތްކުރޭ.. މިއަދު.. ސުމްކޮ.. އެއީ މީހެއްގެ ފިރިއެއް ކަމެއް އެހެން އެއްޗެއް ކަމެއް ނޭނގެ.. ހަމަގައިމުވެސް ކުޑަ ކުޑަ ފުރާނައެއްގެ މަންމަ… އޭނާގެ އަތުގައި ހިފައިގެން ފޮށެނެގީ.؟ އެއީތަ ރިޝްގެ މަންމަމެންގެ ތަރުބިއްޔަތަކީ…. ؟އަންހެނުންނަށް ދޭންބުނާ އިހްތިރާމް އަކީ؟؟ އެއީ މީހެއްގެ އަނބިއެއްނަމަހީ އޯ؟؟؟ ވަރަށް ލަދުވެސް ގަތް އެވަގުތު.. އެހެންވެ ވިސްނައި ނުލާ ރިޝީ އަށް އެއްޗެހި ކިޔައިލެވުނީ…” މާޒިން ބުނެލިއެވެ. ރިޝްފާއަށް ކުޑަކޮށް ސިހުންގެނުވީ ރިޝީ މިއުޅޭ ކުއްޖަކީ އަނެއްކާ މާޒިން ލޯބިވާ ކުއްޖާބާއޭ ހިތަށް އެރުމުންނެވެ. “ސުމްކޮ އަކީ…؟” ހިތަށް އެރި ސުވާލު ދުލުން ބޭރުކޮށްލެވުނީވެސް އެ ސިހުމުގައެވެ. “އެއީ މި ހުރިހާއިރު މިދެއްކި ކުއްޖާގެ ވާހަކައަކީ… ޒިން ލޯބިވާ ކުއްޖާ…. އޭނާ ވީމައެއްނޫން ރުޅިއައިސް އެހެން ހެދީކީ އެހެން މީހެއްނަމަވެސް އެހެން ހެދީސް.. ހުއްޓުވީސް ހަމަ.. އޭރަކު ނުވެސް އިނގޭ އެއީ އޭނާ ކަމެއް.. އޭގެ ފަހުން އިނގުނީ..” މާޒިން އިތުރު މައުލޫމާތެއް ދިނެވެ. އެއިން ރިޝްފާއަށް ލިބުނީ ހިތްވަރެކެވެ. އެ ކުއްޖާ ހޯދަންށެވެ. ރިޝްފާ މާޒިންގެ އަތުގައި ހިފާލިއެވެ. އަދި ހިނިތުންވެލިއެވެ.

ހިތުތެރޭ ނުބައި ރޭވުމެއް ރާވަމުންނެވެ. މިއަދު އޭނާއާއި ކޮއްކޮ އަށް އެ އަންހެން ކުއްޖާ ވަރަށް މަލާމާތްކޮށްފިއެވެ. އޭގެ ބަދަލު އޭނާއަށް ލިބެން ޖެހޭނެއެވެ. ތަފާތު ވާހަކަތަށް ދެއްކުމަށްފަހު ރެސްޓޯރެންޓަކަށް ވަދެ ދެމީހުންވެސް ކެއެވެ. މާޒިންގެ ހިތަށް ލުޔެއް ލިިބުނީ ރިޝްފާ އެކަމާ މާ ބޮޑު އެއްޗެއް ނުބުނާތީއެވެ. އަދި ތެދަށް ހުރިހާއެއްޗެއް ބުނެވުނީމައެވެ. މާޒިންއަށް ނޭނގޭ ކަމަކީ ރިޝްފާގެ ސިކުނޑިގައި އެނބުރުނު ހިޔާލުތަކެވެ. ރާވަމުން ދިޔަ ރޭވުންތަކެވެ.

“ޒިން.. ވާހަކައެއް ބުނަންތަ؟” ރިޝްފާ އެހެން ބުނެލީ މާޒިން ރިޝްފާގެ ގޭ ދޮރުމައްޗަށް ސައިކަލު ޕާކުކޮށްލުމާއި އެކުގައެވެ. މާޒިން ނިތް އަރުވާލިއެވެ. ރިޝްފާ މާޒިންގެ އަތުގައި ހިފާލިއެވެ. “ޒިން.. ރިޝްއަކީވެސް އަންހެނެއް.. ރިޝްއަށް އިނގޭ އަދި އިހްސާސްވެސް ކުރެވޭ އެހެން އަންހެނުންގެ ހާލު… ނޫނީ އެހެން އަންހެނެއްގެ ވާހަކަ ދައްކާއިރު އެ އަންހެނަކަށް ކުރާނެ ވަރު ނޫނީ އެ އަންހެނެއްގެ އިހްސާސް… އައި ތިންކް ސުމާ އެހާ ގޯހެއް ނުވާނެހެން.. އައި މީން ޝީ ލަވްޑް ޔޫ ދޯ…. ސޯއ އޭނާ ވެއިޓްކުރާނެތާ އެހާ ލޯބިވަންޏާ…” ރިޝްފާ ވާހަކަ ދައްކަމުން ދިޔައިރު އިރު އިރުކޮޅާ މާޒިންގެ އަތަށް ފިތާލައެވެ. “ސޯ؟؟” މާޒިން ބުނެލީ އެއް ނިތް އަރުވާލަމުންނެވެ. “ކޭން އައި ޓޯކްޓު ހާރ… ވެދާނެ އެއްނު ކަމެއް ދިމާވީކަމަށް…. ސަމްތިންގް ޒިންއަށް ނޭނގޭ.. ރިޝްއަށް ޔަޤީން ޒިން އަށްވެސް އަސްލު ގަބޫލުނުކުރެވޭކަން ސުމާ އެހެން ހަދާފާނެކަމަށް… ރިޝްއަށްވެސް ހިއެއްނުވޭ.. ޑައުޓްތަށް ކްލިއަރ ކުރަންޖެހޭނެދޯ.. ޝައްކެއްގެމަތީ ކަންތަށް ނިންމުން ރަނގަޅެއްނުވާނެ….އޭނާ ކަމެއްވެގެން ދޯ ބޭބީ ޒިންއަށް މާޒިން އެކީ… ދޯ؟ އަޅެ ރިޝް ޓޯކް ކުރަންތަ؟؟ އޭނަޔާ ފްރެންޑް ކުރުވަބަ ޒިން… ޕްލީސް…. ނޫނީ ރިޝް އެ ގެއަށް ގެންގޮސްދީ…” ރިޝްފާ މާޒިންގެ ލޮލަށް ބަލަންހުރެ ބުނެލިއެވެ. މާޒިން ރިޝްފާގެ އަތުން އޭނާގެ އަތް ދަމައިގަތެވެ. އަދި ދުރަށް ނަޒަރު ހުއްޓާލިއެވެ. “ޒިން ދެން ބޭނުމެއްނުވޭ އެއްވެއް އެއްޗެއް އިނގޭކަށްވެސް. އެހެންނޫނަސް އޭނާ ދޮގު ހަދާފިއްޔާ އޯ؟؟ ނޫނީ މިސާލަކަށް އޭނާ ގެ ކުށެއްނެތޯ…. އޭނާ ޒިންދެކެ ލޯބިވެޔޯ.. .ދެން ރިޝްއޯ؟؟؟؟ ޓެލް މީ.. ރިޝްއަށް ކެރޭނެތަ އޭނާ ޒިންދެކެ ލޯބިވެޔޭ ބުނާ އަޑު އަހަން؟ ކެރޭނެތަ ޒިން ދޫކޮށްލަން؟؟؟” މާޒިން ހަރުކަށި ރާގަކަށް ބުނެލިއެވެ. “ޒިންން ޕްލީސް… އައި ކޭން ހޭންޑްލް އިނގޭ…. ވާނެ ގޮތެއް ވެދާނެއެއްނު… އެކަމް ތި ނިކަމެތި ހިތަށް ތިހާ އަނިޔާ ނުދީބަ…. ޕްލީސް ޒިން އެންމެ ޗާންސެއް.. ޕްލީސް..” ރިޝްފާ އާދޭސްކުރަންފެށިއެވެ. “އޯކޭ ފައިން….. ރިޝް ބޭނުން ގޮތެއް ހަދާ….” މާޒިން އެންމެ ފަހުން ހަތިޔާރު ބެހެއްޓިއެވެ. އެހެން ބުނިއިރުވެސް އަޑުގައިވާ ނުރުހުން ރިޝްފާއަށް އިހްސާސްވިއެވެ. މާޒިން އިތުރު އެއްޗެއް ނުބުނެ ސައިކަލް ސްޓާރޓްކޮށްލާ އެތަނުން ދިޔައެވެ.

“އޭނާ ޒިން ދެކެ ލޯބިވިޔަސް އަހަރެން އެކަން ޒިންއަށް އެންގިއްޔާ ތާ ދޯ ތި ދެމީހުން ގުޅޭނީވެސް… އަހަރެން ނުބުނާ ހިނދު އެ ވާނީ ހަމަ ސިއްރަކަށް…އަހަރެން ޒިން އެއް ދޫވިޔަކަ ނުދޭނަން…” ވިހަ ހިނިތުންވުމަކާއި އެކު ރިޝްފާ އެހެން ބުނެލީ މާޒިން ދިޔަ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އަދި އެތެރެއަށްވަނީވެސް ހަމަ އެ ވިސްނުމުގައި ހުރެއެވެ.

…….

ޒިން ހޭލައްވާލުމަށްފަހު ކާންދީ އަނެއްކާވެސް ޒިން ނިންދަވާލި ސުމާ އޮތީ ނިދި ނައިއްސައެވެ. އޭނާގެ ހިތުގަޔާއި ސިކުނޑީގައި އެނބުރެމުންދިޔައީ މާޒިންއާއި ދިމާވި ދުވަސްދުވަހުގެ ހަނދާންތަކެވެ. އެންމެ ފަހުން ބައްދަލުވިގޮތެވެ. މަޒިންގެ އަޑެވެ. ޒިންއާއި މެދު ބޭއްވި ގާތްކަމެވެ.

ނަމަވެސް ސުމާ އަކީ އެއީ ކަން އިނގުމާއި އެކު އޭނާއަށް އެ ކުޑަ ކުޑަ ޒިންގެ ހަނދާނެއްވެސް ނެތެވެ. އެތަނުން ދިޔައީ ދެން ފަހަތްނުބަލާނަމޭ ބުނާފަދަގޮތަކަށެވެ. ސުމާގެ ލޮލުން ކަރުނަ އަންނަންފެށީ އެންމެ ފުރަތަމަ ދުވަހު ޒިންއާއި އެކު ފެނުނު އަންހެންކުއްޖާ ގެ ހަނދާންވުމުންނެވެ. އެއީ އޭނާގެ އަންހެނުންބާއެވެ. ސުމާއަށް ގިސްލެވެން ފެށުނީ އޭނާގެ އިންތިޒާރު ބޭކަރުވީއޭ ހިތާއެވެ. ސުމާ އޯށޯވެ އޮތް އެނދުން ތެދުވެލުމަށްފަހު ބެލްކަނިއާއި ދިމާލަށް ދިޔައެވެ. ރޭގަނޑުގެ އަނދިރިކަން އަބަދުވެސް ސުމާގެ ހިތަށް ހަމަޖެހުމެއް ގެނެއެވެ. ނަމަވެސް މާލޭގެ ހަލަބޮލި މާހައުލަށް ހިމޭންކަމެއް ދުވަހަކުވެސް ނާދެއެވެ. ސުމާ ރެއިލިންގައި ދެ އަތް ވިއްދާލައިގެން ހުރިއިރު އެ ލޮލުން ކަރުނަތަށް ކޯތާފަތުގައި ބޮސްދެމުން ފައިބައިގެން ދެއެވެ.

އެންމެ ކުޑައިރުންފަށައިގެންވެސް އޭނާގެ ހިތުގައި ވަނީ އަދި ދެން ވާނީވެސް ހަމަ މާޒިންއެވެ. މާޒިން ލިބިދާނެކަމުގެ އުއްމީދެއް އެއްވެސް ވަރަކަށް އޭނާގެ ނެތެވެ. ނަމަވެސް އިންތިޒާރުކުރެވެއެވެ. ލޯބިވާ މީހެއްގެ އިންތިޒާރު ކުރުމަކީ ހިތުގެ އާދައެވެ. ފަޅިވެފައި އެ ހިތް ގުޅޭނެ އިރަކަށް އެ ހިތްވެސް އިންތިޒާރުކުރާނެތާއެވެ. ސުމާ ގެ ހުރިހާ އުއްމީދެއްވެސް މިހާރު ގުޅިފައިވަނީ ހަމައެކަނި ޒިންއާއެވެ. ދެން އިތުރު މީހަކާއި މެދު ނުވިސްނާ ސުމާވެސް ރަނގަޅު ދިރިއުޅުމެއް އުޅެން ނިންމިއެވެ. މާލޭންވެސް އޭނާ ބޭނުމީ ދާށެވެ. ނަމަވެސް އޭނާ މާލެ އައީ ޒިންއަށް ރަނގަޅަކަށެވެ. ޒިންއަށް ރާއްޖެއަކީ ކޮބައިކަމާ ރާއްޖޭގެ އުޅުން ކުޑައިރުންސުރެ ދައްކާ ރާއްޖެއަށް ހާނުވަން އޭނާ ބޭނުންވެއެވެ. ރާއްޖޭގެ މި ރީތ ފަސްގަނޑުގެ މުހިންމުކަމާއި ރީތިކަން ބޭރުތަނެއްގައި އުޅެ ބޮޑުވީމަކާ އެއް ނޭނގޭނެއެވެ. މި ފަސްގަނޑަށް ބޭނުންވާ މި ފަސްގަނޑަށް ހިދުމަތްކުރާ ދިވެހި ދަރިއަކަށް ޒިން ހަދުވަން ސުމާ ބޭނުންވެއެވެ. އެކަން ވާނީވެސް މި ފަސްގަނޑުގައި ހުރެގެންނެވެ. މިތަން ތަޖުރިބާކޮށްގެންނެވެ. މިތާނގެ މީހުންނާއި އެމީހުން އުޅުން ދަސްކޮށްގެންނެވެ. ސުމާ ހިތުން އަނެއްކާވެސް އާ އަޒުމްތަކެއް ކަނޑައަޅަމުން ދިޔައިރު މިފަހަރު އެ ހުރިހާ ކަމަކާއި ގުޅިފައިވަނީ ހަމައެކަނި ޒިންއެވެ. އިތުރު މީހަކު ދެން އޭނާއަށް މުހިންމެއްނުވާނޭ ހިތާ ހިތުން ބުނަމުންދިޔައެވެ. ކަރުނަތަށް ފޮހެލީ އެ އަޒުމްތަކާއިގެން ކުރިއަށްދާއިރު އެންމެ ބާރުދެރަވާނީ ހަމަ އެކަރުނަތަކާއި ހެދިއޭ ބުނަމުންނެވެ.

އެތަށް އިރަކު ސުމާ އެތާ ހުރިއެވެ. ދިރިއުޅުމުގައި ދެން ކުރާނެކަމަކާއި މެދު ވިސްނަންފެށިއެވެ. އޭނާއަކީވެސް އެތަކެއް ހުވަފެންތަކެއް ބަލަމުން އައި ކުއްޖެކެވެ. ޑޮކްޓަރ ކަން ކިޔަވާ ނިމުނުއިރު އެތަކެއް އުއްމީދުތަކެއް ކުރިއެވެ. ނަމަވެސް އޭނާގެ ބޮލުގައި ޒިންގެ ޒިންމާ އެޅިގެން ދިޔުމާއި އެކު އެ އުއްމީދުތަކާއި ހުވަފެންތަށް ފަސްލާ ވަޅުލެވުނެވެ. އަނެއްކާވެސް އެ އުއްމީދުތަށް ކުރެވެންފެށުނެވެ. އެ ހުވަފެން ސީދާ ކުރަން ބޭނުންވިއެވެ. ކިޔެވި އެއްޗެއްގެ ބޭނުންހިފަން ބޭނުންވިއެވެ. ޒިން މިހާރު އެއީ ބޮޑު ކުއްޖެކެވެ. އޭނާއަކީ ސުމާފަދައިން ކަންކަމުގައި ކުރިމަތި ލާނެގޮތާއި އުޅެންވީ ނޫޅެންވީގޮތް ދަންނަ ކުއްޖެކެވެ. ސުމާ ވަޒީފާއަކަށް ދާން ވިސްނަން ފެށިއެވެ. ސުމާ އަންނަންދެން ޒިންއަށް މިޝްޔާމެންގޭގައި ހުރެވޭނެއެވެ. މިޝްޔާ ޒިން ރަނގަޅަށް ބަލާނެކަން ޔަޤީނެވެ. ހަމައެހެންމެ ޒިން އެއްވެސް މީހަކަށް އުނދަގުލެއްވެސް ނުކުރާނެކަން އޭނާއަށް ޔަޤީނެވެ. ކުރަން ބުނާކަމެއް އެއްވެސް އުނދަގުލަކާއި ނުލައި ދެކޮޅުހެދުމެއްނެތި އޭނާ ހަދާނެއެވެ. އެއީ ބަސްއަހާ ކިޔަމަންތެރި މަޑުމައިތިރި ކުއްޖެކެވެ. މިޝްޔާވެސް ޒިންދެކެ އިންތިހާއަށް ލޯބިވޭތާއެވެ.

ސުމާ އެހެން ހުރުމަށްފަހު ކުއްލިއަކަށް އެތެރެއަށްވަނެވެ. އަދި ލެޕްޓޮޕް ހިފައިގެން އައިސް ބެލްކަނީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ވަޒީފާއެއް ހުސްތޯ ބަލަން ސައިޓްގެ ނަމެއް ޓައިޕްކޮށްލީ އުއްމީދުންފުރިފައިވާ ގޮތަކަށެވެ. ގުޅާލެވިފައިވާ ވައިފައިގެ ސްލޯކަމާއި މެދު ޝަކުވާކުރަމުން ސުމާ އިނީ ކެތްމަދުވެފައެވެ. ސައިޓް ލޯޑްވުމާއި އެކު ސުމާ ލެޕްޓޮޕްގެ ސްކްރީން އާއި ކައިރިއަށް މޫނު ޖައްސާލިއެވެ.

“ސުމްކޮ ތިހާ ސްކީރީންއާއި ކައިރިވެގެން ބަލާކަށް ނުވާނެ.. ލޯ ސަކަރާތްވެޔޭ ސްޓްޕިޑް.. އެއްޗެއް ބެލެނީވެސް އެއަށް ލޯ ބާނައިގެން ވިއްޔަ ސުމްކޮއަށް..” އިވުނީ މާޒިންގެ އަޑެވެ. ސުމާ ލެޕްޓޮޕްއާއި ތަންކޮޅެއް ދުރަށްޖެހިލިއެވެ. އެއީ މާޒިން މީގެ އަހަރުތަކެއް ކުރިން ސުމާއާއި ދިމާލަށް ބުނެލިއެއްޗެކެވެ. ފަރުވާތެރިކަމާއި އެކު އެއްޗެއް ކިޔަންޏާ ނުވަތަ ބަލަންޏާ ސުމާއަށް ސްކްރީންއާއި ކައިރިވެވުމަކީ އާދައެކެވެ. މާޒިން އަބަދުވެސް އެކަމާއި ފާޑުކިޔާ އެކަން ކަނޑުވަން އުޅެއެވެ. އަމިއްލަ ނަފްސާއި ދިމާލަށް ރަކި ހިނިތުންވުމެއް ސުމާ ދެމުން އަނެއްކާވެސް ސްކްރީންްއަށް ފަރުވާތެރިކަމާއި އެކު ބަލައިލިއެވެ. އެކަމް މިފަހަރު ސްކްރީނާއި ދުރުގައި އިނދެގެންނެވެ.

“ޔެސް ޔެސް ޔެސް…. އޯ މައި ގޯޑް.. އަލްހަމްދުލިއްﷲ… ވާއު މައި ޑްރީމް ޕްލޭސް އިން.. !!! އޭ…. ޑީ… ކޭ… ހިއަރ އައި އޭމް…. އޯ ޝިޓް.. މާދަން ނޫން އަނެއްދުވަސް  ހަމަވާނެ.. އައި ހޭވްޓު ޑޫ އިޓް ޓްމޯރޯ އިޓްސެލްފް… ނޯ… މިރޭ ގުޅާލަންވީ ކަންނޭނގެ… އޯ ގޯޑް… އޯ ގޯޑް..” ސުމާ އަމިއްލަ ނަފްސާއި ވާހަކަދައްކަމުން ދިޔައެވެ. އޭރު އޭނާގެ ތުންފަތްމަތީ ވަނީ އުފާވެރިކަމެވެ. ސުމާ ލެޕް ބައިންދާލުމަށްފަހު ފޯނު ހޯދަން އެތެރެއަށް ދިޔައީ ދުވެފައެވެ. ކުޑަކޮށްވެސް އޭނާ ލަސްކުރަން ބޭނުންނުވާތީއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ryn

100 Stories10 Stories1K Comments500 Comments100 Comments100 Login

Hello! I love reading stories and writing obv. I hope my stories will make you happy. Don't forget that reading is what gives you more knowledge about the world. Don't stop reading. Visit my facebook page RYN'S stories. Thankyou

Other Articles

Previous

ޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި

Next

އިންސާފްގެ އިންތިޒާރުގައި ތިބި ކުދިންނަށް…

Next
June 5, 2016

އިންސާފްގެ އިންތިޒާރުގައި ތިބި ކުދިންނަށް…

Previews
June 4, 2016

ޤުރުބާންވުމީ މިހިތުގެ އުފާ 24 ވަނަ ބައި

28 Comments!

  1. Ryn says:
    June 4, 2016 at 10:34 pm

    hey guys.. hope mi part vx rythi vaane kamah.. n yrh dhn dhimaavaany next saturday ga so it will be during roadha right? so i have to wish now in advance.. so RAMAXAN MUBAARAK everyone and all maldivian out there.. pheww! miss it n all the fun in ramaxan… anyway have a blessed days ahead… may allah bless each and every reader and citizen in maldives.. love u all.. see u next saturdayga.. keep waiting.. enjoy 😉

  2. aff says:
    June 4, 2016 at 10:44 pm

    rynoo..much miss.. alhey kuda kon kuruhen heeway.. story hama habeys.. RAMDHAN MUBARAK to u 2…. ☺ C yah

    1. aff says:
      June 4, 2016 at 10:44 pm

      magey first dhw.. yayy ☺

  3. ram says:
    June 4, 2016 at 10:46 pm

    Vaaw

  4. Faathun says:
    June 4, 2016 at 10:47 pm

    Rishfa kaamiyaabu wiya nudhehchey ingey.. sumko nd maazin gulhuwaba awahah..

  5. Soabi says:
    June 4, 2016 at 10:50 pm

    Hadaha Lahey up vi leh mihaaru iyye in fesigen maves intizaaru ga hurin v salhi story avahah up koah lahchey next part ves keep it up ????

  6. Kitty says:
    June 4, 2016 at 10:53 pm

    It’s so kuru after so much inthizaaru but v nice how many parts are there in this story?

  7. ken? says:
    June 4, 2016 at 11:05 pm

    awwnnnn ryn…?vaahaka hama habeys…?I guess miulhey rishfaa gandu sumko ulhey ge hadhaigen eynage loabivaa alif ei kahala kokkko lahvaa sumko ah landei dheyn ulheynehen…huvaa v foohi vey dat witch dheke?
    btw ramxaan kareem to u all all de other readers too☺✌?

    1. Appy says:
      June 4, 2016 at 11:15 pm

      Haha alif eh kahala kokko eh dhw e ee asluvx

  8. ken? says:
    June 4, 2016 at 11:07 pm

    n yeah 4got to telya thez a mistake…sumko akee meeheige firieikamei ehen eichei kamei neyngeye in thankolhu…i guess u must wntd to type meeheige anbei kamei ehen eichei kamei neyngeye…dhw?

  9. Appy says:
    June 4, 2016 at 11:13 pm

    Haadha dhigu inthizaarekey dhw kuran mi jeheny …bt story v v v v v v v v v v rythi …rishfa suma ah landehh dhinaka nu dhehchey …alhe dhn maaxin ah ingeyny kon dhuvahakuntha? ?muskulhi vumuge kurin dhimaa kuruvaathi hehe ..aslu vv foohi kamehh misunderstanding ehga thibe maa lahun hageegaii ingi last part ga “And they live happily ever after.” ..ehen hedhyma. ..ryn ge vaahaka eh noon mibuny ingey☺ehen hedhyma hadi vaahaka mibuny…..n u r my favourite writer ….RAMADAN MUBARAK. …

  10. maisha says:
    June 4, 2016 at 11:14 pm

    Vvvvvvvvv salhi????

  11. Aimsithu says:
    June 4, 2016 at 11:14 pm

    Varah foohi rishfa gandeh..

  12. naaanu says:
    June 4, 2016 at 11:15 pm

    Missssed this vaahaka and reen toooo…vaahaka v fakkaa mihaaru dhaa goii ekamu thi rishfaa tha e kiyany..eynage plan flop kuran eba jehey….btw ryyyn maldives ga ennoon???konthaaku thi ulheny????kiyavan gos tha….rangalhah kiyavacheyyyy..much miss ??

  13. Aal says:
    June 4, 2016 at 11:18 pm

    Varh salhi mi part ves…..?? I jst love this story… Ryn..ur the best ?…luv yuh..???

    1. aathu says:
      June 5, 2016 at 12:11 am

      Varah reethi story rishfa bindhaalaa eyrun hunnaane ehcheh visnifa dhen ulhey vahthareh dhen v foohi .

  14. Same says:
    June 4, 2016 at 11:29 pm

    nice mibaives. lahun up vaathy massalayaky…. ramaxan month nimen vaairah story nimeynetha?

  15. Anthy says:
    June 4, 2016 at 11:37 pm

    Mistake eh ebain. “Sumko aee meehehge firieh” please correct it. Love this story. It’s really touching.

  16. Maai says:
    June 4, 2016 at 11:46 pm

    Nice story

  17. laimaan says:
    June 4, 2016 at 11:59 pm

    Ramdhaan mubarak to u too. N yes as usual story is awesome. Weekeh ga ehfaharu v ma aslu story v miss vey bt hama inthizaaru kuraanan. And waiting waiting for the next part

  18. ina says:
    June 5, 2016 at 9:47 am

    Rynuuuuuuuuuu RAMAZAAAAAN MUBAAAAAARAK… Stry hama vvvvvvvv salhi…. 😉 tht rishfa gandu :*) ..huh huh huh vrh foohivey… ..during ramaxan ga vx kmme sat ehga dhw hama… Mihaaru vx intixaar kureveyba… U r da best ryb… Luv U n missss u alottt..tgc… Once again ramaxan mubaarak 🙂

  19. Thaany says:
    June 5, 2016 at 10:22 am

    Alhe maazin ah e rishfa gaduge goi avahah angaba v foohi meehaa gadeh…v v v reethi storry lurv this storry n
    RAMAZAAN MUBAARAK
    my favorit ryn…❤❤❤❤❤❤

  20. Xaan says:
    June 5, 2016 at 11:18 am

    Wow v reethi ramazaan mubarik all,,,,,,,,,,

  21. sjjsjsjs says:
    June 5, 2016 at 2:16 pm

    varah foohi maa las kohh up kuraathi

  22. yaalaa says:
    June 5, 2016 at 6:20 pm

    Vara reethi vaahaka

  23. Yaan says:
    June 5, 2016 at 8:40 pm

    Next part avahah up kohdechey pls ryn

  24. Rosy says:
    June 11, 2016 at 4:50 pm

    Vara reethi mibai vas

  25. Mari says:
    June 18, 2016 at 2:58 pm

    Ryn ..avahah up koh dhybaaa,waiting.. Waiting… Plxx avahah..mihaaru kiyaahithuh keh madhu veyfa..puxx.

Comments are closed.

Next Episodeއިންތިޒާރުގައި ހުރިން (9)←


All Right Reserved!