އެހީގެއަގު
ހަތަރުވަނަބައި
” އަހަރެން އަދި ކަލެއަށް އެއްފުރުސަތު ދޭނަން. ތެދުބަހުން ވާހަކަ ދައްކާ. ” ނީސާމް އެހެން ބުނީ މަޑުމައިތިރިކަމާ
އެކުގައެވެ.
” ކަލޭ ވެސް ގޮތުގައި ހުރެގެން ވާހަކަ ދައްކާ. ” ނާއިލް ވެސް މަޑުމަޑުން ބުނެލިއެވެ.
” ކަލޭއާއި ވާހަކަދައްކަން ވަކިގޮތަކަށް ހުންނާކަށް ނުޖެހޭ. މީގެކުރިން އަހަރެން ކަލެއާއި ވާހަކަ ދެއްކީ އިޚުތިރާމާއި
ޤަދަރު ކޮށްގެން. އެކަމު ކަލެއަކަށް އެވަރެއް ނުވިސްނުނު. އަހަރުމެންނަށް އެނގޭ ކަލޭގެ އަނގައިން ޖަވާބު ހޯދާން. ” ނުރުހުމާ އެކު ނާއިލަށް ބަލާންހުރެ ނީސާމް ވާހަކަ ދެއްކިއެވެ.
” ކަލޭ ތިޔަ ހީކުރަނީ އަހަރެން އަންހެނުން މަރާލީ އަހަރެން ކަމަށްތަ ؟ ހެކި ދައްކަބަލަ. ” ނާއިލްގެ މޫނުމަތިންނާއި
އަޑުން ވެސް ފާޅުވެގެން ދިޔައީ ހިތްހަމަ ނުޖެހުމުގެ އަސަރުތަކެވެ.
” އަހަރުމެން މިއަދު ވެސް ކޯޓަށް ގޮސް ހެކި ދައްކަ ފާނަން. އަހަރުމެން އަތުގައި ކަލެ އާއި ދެކޮޅަށް ދައްކާނެ ހެކި
އެބަހުރި. ” ނީސާމް ވާހަކަ ދެއްކީ ނުރުހުމާއެކު ގައެވެ.
ލަންމާގެ މަރުގެ މައްސަލާގައި އެއްދުވަސް ވާންދެން ޕޮލިހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށްފަހު ނާއިލް ގޭ ބަންދަށް
ދޫކޮށްލިއެވެ.
ނާއިލާއި އޭނާގެ ޤާނޫނީވަކީލް ސާހިލް ޕޮލިސްޝްޓޭޝަނުން ނުކުތްއިރު އެސަރަހައްދުގައި ނޫސްވެރިންނާއި ކެމެރާމަނުން
ވަރަށް ގިނައެވެ. ނާއިލް ނުކުތުމާއެކުހެން ނޫސްވެރިންތައް އޭނާ ވަށާލާ ސުވާލުކުރާން ފެށިއެވެ.
” ތިޔަ ބޭކަލުންނަށް ވެސް އެނގިލައްވާނެ އަޅުގަނޑު އަޅުގަނޑުގެ އަންހެނުން ނުމަރާނެކަން. ހަމައެހެންމެ އަޅުގަނޑަކީ
އެބޭކަލުން ކުރަމުންގެންދާ ކަންތައްތަކުގެ ފަތިފުށް ހާމަކުރަމުންދާ މީހެއްކަން. އަޅުގަނޑަކީ ސަރުކާރާ އިދިކޮޅު މީހެއް. ދެން ތިޔަ ބޭކަލުން ވެސް ވިސްނާ ލައްވާ ކަންތައްތައް ހުންނާނެގޮތް. ” ނޫސްވެރިންނާއި މުހާތަބުކޮށް ނާއިލް ވާހަކަ ދެއްކިއެވެ.
ނޫސްވެރިން ކުރަމުންދިޔަ ސުވާލުތަކުގެ ތެރެއިން ދެތިން ސުވާލަކަށް ޖަވާބު ދިނުމަށްފަހު ނާއިލާއި އޭނާގެ ޤާނޫނީވަކީލް
ދިޔައީ އެވެ.
” ނާއިލް! މިކަމުގައި ނާއިލަށް އެހީވުމަށް އަހަރެންގެ ރައްޓެހި ވަކީލަކަށް ގުޅައިފިން. މިކަމުގައި ނާއިލަށް އެހީވާން
އޭނާ ހަމަޖައްސާން އަހަރެން މިވިސްނަނީ. އޭނާއަކީ މިކަހަލަ ކަންތަކުގައި ވަރަށް ކާމިޔާބު މީހެއް. ” ނާއިލަށް ބަލާލަމުން ސާހިލް ވާހަކަ ދެއްކިއެވެ.
” ކަލެއަށް ވެސް ރަނގަޅަށް އެނގޭނެ އަހަރެން ބޭނުމެއް ނޫންކަން ރަށުން ބޭރު މީހުން ގެންނާކަށް. އަހަރެން ކަލެ
އަށް އިތުބާރުކުރަން. އަހަރެން ލަންމާއެއް ނުމަރަން. މިއީކީ ކުޅޭ ކުޅޭ ކަމެއް ނޫން. ” ސާހިލްގެ ވާހަކައާ ގުޅުވައިގެން ނާއިލް ވާހަކަ ދެއްކިއެވެ.
” އެކަމު. އަދި މިހާތަނަށް މިފަދަ އެއްވެސް ކަމެއްގައި އަހަރެން ކޯޓަކަށް ނުދަން. ” ސާހިލް ހާމަކުރީ ޙަޤީޤަތެވެ.
” ތީގެ މާނައަކީ ކަލޭމެން ލޯފާމްގައި މިފަދަ ކަމެއް ކުރާން އެކަށީގެންވާ މީހަކު ނެތޭތަ ؟ ” ސާހިލަށް ބާލަން އިނދެ
ނާއިލް އަހާލިއެވެ.
” އާން. އެކަމު ތިކަންކާމިޔާބު ކުރާނެ މީހަކު އެބަހުރި. އޭނާ އަކީ މިކަމަށް ވަރަށް އެކަށީގެންވާ ޤާބިލު މީހެއް. އެކަމު
އޭނާ ވެސް މިހާރު މިކަހަލަ ކަންތަކަށް އެހާ ޝައުޤުވެރިކަމެއް ނުހުރޭ. ” ނާއިލްގެ ސުވާލަށް ޖަވާބުދެމުން ސާހިލް ވާހަކަ ދެއްކިއެވެ.
” އެވަރުގެ ޤާބިލު މީހަކު މިކަހަލަ ކަންތަކަށް ޝައުޤުވެރިކަން ނެތީ ކީއްވެ ؟ ” ނާއިލް ސުވާލުކުރީ ހައިރާންކަމާ
އެކުގައެވެ.
” އެއީ ވަރަށް އަޖައިބު ކުރުވަނިވި ކަމެއް. މިކަހަލަ ކަންތައް އޭނާ ދޫކޮށްލީ އިނިސްޕެކްޓަރ ނީސާމްގެ ސަބަބުން.
އެއީ ނާއިލް ވެސް ހައްޔަރުކުރި މީހާ. ” އިތުރު ތަފްސީލް ދިނުމުގެ ގޮތުން ސާހިލް ބުނެލިއެވެ.
” އެހެންވިއްޔާ އަހަރެންގެ ފަރާތުން ކޯޓަށް ދާނީ އޭނާ. ” އިރުކޮޅަކު ވިސްނާން އިނުމަށްފަހު ނާއިލް އޭނާގެ ނިންމުން
ހާމަ ކުރިއެވެ.
” އެއީ ވަރަށް ރަނގަޅު އަންހެން ކުއްޖެއް. ” ސާހިލް ބުނެލިއެވެ.
އިނާ އަކީ ރާއްޖޭން ބޭރުން ތަޢުލީމު ހާސިލުކޮށްގެން އައިސް ހުރި ޒުވާން ވަކީލެކެވެ. ރީތިކަމާއި ފުރިހަމަކަމުގައި އަރާ
ހުރި އިނާގެ އިސާރާތަކަށް ބަލަމުންދިޔަ ޒުވާނުންތައް ދުވަހަކަށްވުރެ ދުވަހެއް ދިޔައީ އިތުރު ވަމުންނެވެ. އިނާގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ލިބެނީ އޭނާއަށް ލިބިފައިވާ ހެދިހުރި ފުރިހަމަ ހަށިގަނޑާއި ވަނާތަކުގެ ގުޅުން ބަދަހިކަމުންނެވެ. ހަމައެހެންމެ އޭނާ ބޭނުން ކުރަމުންދާ ޒަމާނީ ހެދުންތަކާއި ރީތިވުމަށް ބޭނުން ކުރަމުންދާ ޒަމާނީތަކެއްޗަކީ ވެސް އޭނާގެރީތިކަމަށް އިތުރު ކުރިއެރުމެއް ލިބެމުންދާ ކަމެކެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ.
އިނާ އޭނާގެ އާދައިގެމަތިން ކޮންޕިއުޓަރ ކައިރީ އިނދެގެން ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ކޮންޕިއުޓަރުން
އެއްޗެއް ލިޔަމުން ދިޔަނަމަވެސް ކޮންޕިއުޓަރުން ޖަހަމުންދިޔަ ލަވަޔަށް އޭނާ ސަމާލުކަން ދެމުން ދިޔަވަރު އޭނާގެ ހަރަކާތްތަކުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.
ކޮންޕިއުޓަރުން ޖަހަމުންދިޔަ ލަވައިގެ އަޑު މަޑުކޮށްލަމުން އިނީ ފަހަތް ބަލާލީ ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު
އިވިގެންނެވެ. އިނާ ބަލާލިއިރު އޮފީސްބޯއީ އަހްމަދު އެދިމާއަށް އަންނަނީ އެވެ.
” އޭތް! މިހާރު ނުވައެއް ޖެހީ. މާދަމާ ތަންކޮޅެއް ހެނދުނާ އަންނާން ޖެހޭނެއެއްނު. ކޮންއިރަކުން ނިދާން ދަނީ ؟ ”
އިނާއަށް ގޮވާލަމުން އަހްމަދު ވާހަކަ ދެއްކިއެވެ.
” އަހްމަދު ބޭނުމިއްޔާ ގެއަށް ދޭ. ނުނިދާ ނަމަވެސް އަހަރެން އެބަޖެހޭ މިމަސައްކަތް ނިންމަން. އަހަރެން ނިދާން ދާނީ
މިމަސައްކަތް ނިންމާލާފައި. ” އަހްމަދަށް ހިނިތުން ވެލަމުން އިނާ ވާހަކަ ދެއްކިއެވެ.
” އެހެންތަ ؟ އޯކޭ. އޭރުން އަހަރެން ދަނީ. ” އެހެން ބުނެފައި އަހްމަދު ގޮސް އޮފީހުން ނުކުމެއްޖެއެވެ.
އަހްމަދު ދިޔުމުން އިނާ އަނެއްކާ ވެސް އޭނާގެ މަސައްކަތް ފެށިއެވެ. ހަމައެހެންމެ ލަވައިގެއަޑު ކުޑަކޮށް ބާރުކޮށްލިއެވެ.
ކޮފީ ބޮމުން މަސައްކަތް ކުރަމުންދިޔަ އިނާ އޭނާގެ މަސައްކަތް މެދުކަނޑާލީ ބާރަޖަހާން ކައިރިވެފައި ވަނިކޮށެވެ. ކުރަމުންދިޔަ މަސައްކަތް ނިމުމަކާއި ގާތްވެފައިވާތީ އިނާ ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ.
ކޮފީބޯ ޖޯޑު ހިފައިގެން އޮފީހުގެ ތިރީބަޔަށް އިނާ އައިއިރު އެތަނުގައި ރަސްކަން ކުރަމުންދަނީ އަނދިރިކަމެވެ. އޭރު އިނާ
ފިޔަވާ އެހެން އެއްވެސް މީހަކު އޮފީހުގަ އުޅޭހެނެއް ހިޔެއްނުވެއެވެ. އެހެންކަމުން މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމާއި ފަޅު ކަމެވެ. ކުޑަނަމަވެސް އަލިކަމެއް ފެތުރިފައިވަނީ މަސްޓޭންކުގެ ބޮކިތައް ދިއްލާފައި ހުރުމުންނެވެ.
ޖޯޑު ހިފައިގެން ސައިކޮޓަރިއަށް ވަންނާން ދިޔަ އިނާ ސިއްސައިގެން ދިޔައީ އޭނާގެ ފަހަތުން ކޮންމެވެސް މީހެއްގެ
ފިޔަވަޅުގެ އަޑު ކަހަލަ އަޑެއް އިވުމުންނެވެ.
” ކާކު ؟ ” އަވަސް އަވަހަށް ފަހަތަށް އެނބުރިލަމުން ނުތަނަވަސްކަމާއެކު މަޑުމަޑުން އިނާއަށް ގޮވާލެވުނެވެ.
ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި ހުރެގެން އިނާ ވަށައިގެން ހޯދާލި ނަމަވެސް އެތަނަކުން އެއްވެސް މީހަކު
ފެންނާކަށް ނެތެވެ. އެހެންކަމުން އެއީ އެނާއަށް ހީވި ގޮތެއް ކަމަށް އިނާ ނިންމިއެވެ.
ސައިކޮޓަރިއާ ދިމާއަށް ދެވަނަ ފަހަރަށް ހިނގައިގަތް އިނާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ އެއްފަހަރާ އެތައް ބަޔަކު
އޭނާގެ ނަމުން ގޮވާލުމުންނެވެ.
ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.

މިބައި ވެސް ވަރަށް ރީތި. ކޮންމެ ދުވަހަކު ވެސް ވާހަކައެއް ނުވަތަ ވާހަކައެއްގެ އާބަޔެއް ގެނެސް ދޭތީ ވަރަށްބޮޑަށް ޝުކުރިއްޔާ!
ނީރުގެ ވާހަކަތައް ވަރަށް ރީތި. މިވާހަކަ ވެސް ހަމަ ހަބޭސް