ލޯބިން ބުނާތީ 15
ލިއާ އިސްޖަހައިގެން ނޯޓްފޮތުން އެއްޗެއް ލިޔަން އިން އިރު ހުދު އޭނާއަށްވެސް އޭނާއަށް ލިޔެވޭ އެއްޗެއް ނޭނގެއެވެ. އޭނާގެ ސަމާލުކަން ވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. ސިކުނޑީގައި ގުގުމާލާފައިވަނީ ކައިލްގެ ޖުމްލަތަކެވެ. ‘ބިކޯޒް ޔުއަރ ކާލމް’ ލިއާ ގަބޫލު ކުރަން ބޭނުން ނުވިޔަސް ކައިލް އެ ޖުމްލަ ބުނެލިއިރު އެ އަޑުގައި އެހެން އަސަރެއް އެކުލެވިގެންވާ ކަމަށް ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް ސިކުނޑިން އެކަމާ ދެކޮޅު ހަދަމުން ދިޔައެވެ. ބޭރުފުށުން ހަމަހިމޭންކަމުގެ ފަށަލައެއް ލައިގެން އިނަސް ހިތާއި ސިކުނޑި ގަދަ އަރައިރުމެއްގައި ވިއެވެ.
ދެން ހޭދަވެގެން ދިޔަ ވަގުތުތައް ދިޔައީ ސީރިއަސް މާހައުލެއްގައެވެ. އެންމެން މަސައްކަތުގައި މަޝްއޫލުވެގެން ތިބި އިރު ހުރިހާ ސަމާލުކަމެއް ދެވިފައިވަނީ ކުރަމުންދާ މަސައްކަތަށެވެ. ކައިލް އާއި އިޝާން ލެޕްޓޮޕުން، ޕްރޮޖެކްޓަށް ބޭނުންވާ ތަސްވީރުތައް ކުރަހަމުން ދިޔައިރު، ކައިރާ އާއި ލިއާ ދިޔައީ ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހޯދާ، ލިޔަމުންނެވެ. އޭރު ގަޑިން އެގާރަ ގަޑި ބައިވެއްޖެއެވެ. މިހާރު ޝަރީފާވެސް ދެފަހަރަކު ލިއާއަށް ގުޅައިފިއެވެ. ލިއާ އޭނާ މަސައްކަތް ކުރަމުންދާކަމުގެ ހެއްކެއްގެ ގޮތުން އެ މާހައުލުގެ ފޮޓޯއެއް ނަގާ ޝައުރާގެ ފޯނަށް ފޮނުވާ، ޝަރީފާއަށް ދެއްކުމަށްވެސް ބުނެފިއެވެ. އެންމެ ފަހުން ޝަރީފާ ގުޅާފައި އޭނާ ނިދަނީ ކަމުގައި ބުނަމުން ލިއާ ގެއަށް އައިސް ދޮރާށި ތަޅުލުމަށް ބުންޏެވެ.
މަސައްކަތް އިރުކޮޅަކަށް މެދުކެނޑިގެން އައީ ކައިރާ އޯޑަރ ކުރި ޕިއްޒާތައް އައުމުންނެވެ. ކައިލް ނުހަނު އަވަހަށް ކައި ނިންމާލުމާއެކު މަސައްކަތުގައި މަޝްއޫލުވިއެވެ. އިޝާން އެކަމާ ކުދި ކިޔެވެ. ނަމަވެސް ކައިލް ފެންނަނީ މަސައްކަތަށް ގޮސް ގެއްލި ހުސްވެފައިވާތަނެވެ. ލިއާ ވެސް އެއްފޮތި ކާލުމާއެކު މަސައްކަތަށް އަނބުރާ ދާން އުޅުމާއެކު ކައިރާ އަޑުލައިގަތުމުން އިތުރު އެއްފޮތި ކާލިއެވެ. ކައިރާ ފަރާތުން އޭނާ ސަލާމަތްވީ ތިން ފޮތި ޕިއްޒާ ކައިގެންނެވެ. އަވަސްއަވަހަށް އައިސް އިށީންނަމުން ލެޕްޓޮޕް ނަގާ ލިޔަން ފެށިއެވެ.
ގަޑިއިރެއް ފާއިތިވެގެން ދިޔައިރު އެންމެން ތިބީ، އެމީހަކު ތިބި ތަނަކަށް ދެމިފައެވެ. ދޯރިން ނެއްޓިފައިވާ ހައިލައިޓާތަކާއި. ތަރުތީބެއް ނެތި ހުޅުވިފައި ހުރި ފޮތްތަކުންނާއި ލެޕްޓޮޕްތަކުން ފެންނަނީ އެންމެންވެސް މިރެޔަށް މަސައްކަތް ނިންމާލަން ބޭނުންވެފައިވާކަމެވެ. ނަމަވެސް އެކަކުވެސް ފުރަތަމަ އެހެން ނުބުނަން ހުރިކަހަލައެވެ. އެގޮތުގައި އެހެން ތިއްބާ އެންމެ ފުރަތަމަ ވާހަކަ ދެއްކީ ކައިރާ އެވެ.
“ދެން މިރެޔަށް ނިންމާލަމާ ދޯ…؟ އިޓްސް ފުޑް ޓައިމް…!” ކައިރާ ކަންނެތް ގޮތަކަށް ތެދުވެ. މޭޒުމަތި ހަމަޔަކަށް އަޅުވަން އުޅުނެވެ. އޭނާއަށް ލިއާ އެހީވިއެވެ.
“ބަލަ ދެންމެއޭނު މި ކެއީ…!” ކައިލް އެ އޮތްގޮތަށް އޮވެ ބުނެލިއެވެ.
“ވީ ޑިޒާވް ޑެޒަރޓް…!” ކައިރާ ތެދުވެގެން ހިނގައިގަތީ އެހެން މީހެއްގެ ރައްދަކަށް ބެލުމެއް ނެތިއެވެ. ފަހަތުން ކަންނެތް ހިނގުމެއްގައި އިޝާން ދިއުމުން ކައިލްވެސް މަޑުމަޑުން އެއްޗެކޭ ބުނެލާފައި ތެދުވެ ހިނގައިގަތެވެ. އެންމެން ދިއުމުން ލިއާވެސް ނުކެރިފައި ހުރެ ފަހަތުން އައެވެ.
މިނެޓެއްފަހުން އެންމެން ހުރީ މާބްލް ކިޗެން ޓޭބަލް މަތީ ހުރި ޗޮކެލެޓް ކޭކު ވަށާލައިގެންނެވެ. މެލްޓްވެގެން ފައިބާފައި ހުރި ޗޮކެލެޓްތަކާއި ކޭކްގައިވާ ބާރންޓް މާޝްމެލޯތައް ފެނި ކުޅު ދިޔާވާހާ ވެއެވެ. މިއީ މިރޭ އެންމެން މަސައްކަތަށް އައުމުގެ ކުރިން ކައިރާ އޯޑަރ ކޮށްގެން ގެނެސްފައިވާ ކޭކެކެވެ. އޭނާ ކޭކު ފޮތިކޮށް ނުނިމެނީސް އިޝާން ހުރެފައި ބޮޑު ކޭކުގަނޑެއް ދަމައިގަނެ ކާންފެށިއެވެ. އިޝާންގެ މުލައްދަނޑީގައި ޖަހާލާފައި ކައިރާ އަޑުލައިގަތުމާއެކު ލިއާއަށް ހެވުނެވެ. މިފަހަރުވެސް ކައިލް ލިއާއަށް ބަލަހައްޓައިގެން ހުރި މަންޒަރު ފެނުނީ ކައިރާއަށެވެ. އޭނާ ސިއްރުން އިޝާންއަށް އެ މަންޒަރު ދެއްކޭތޯ ބެލިއެވެ. ނަމަވެސް އިޝާން އުޅުނީ ކެއުމައިގެން އަވަދިނެތިއެވެ. އެއާއެކު އެވަގުތު އިޝާން ގާތު ބުނުމުގެ ހިޔާލު ދޫކޮށްލާފައި، ކައިރާ ސިއްރު ސިއްރުން އެ މަންޒަރުގެ ފޮޓޯއެއް ނެގިއެވެ.
ކަައި ނިމުންއިރު މެންދަމު އެކެއް ޖަހައިފިއެވެ. ކައިލް އާއި އިޝާން ނިކުތްފަހުން ކައިރާ ލިއާ ގައިގަ ބައްދާލައިގެން ދޮރުމަތީ ހުއްޓެވެ. އޭނާ ކަންބޮޑުވުން ފާޅުކުރަމުން ދިޔައީ މިހާ ދަން ގަޑިއެއްގައި ލިއާ އެކަނި ދާން އުޅުމުންނެވެ. ކައިރާމެންގެ ޑްރައިވަރާއެކު ކާރުގައި ލިއާ ފޮނުވަން އުޅުމުން ލިއާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާވެސް މި ދަންވަރު މީހަކަށް އުނދަގޫ ކުރާކަށް ބޭނުމެއް ނޫނެވެ. އެހެންނޫނަސް އެއީ އޭނާގެ ފެންވަރެއް ނޫނެވެ.
އެތަކެއް ވާހަކަ ދައްކައިގެން ކައިރާ ހަމަޔަކަށް އަޅުވާލާފައި ލިއާ މަޑު ހިނގުމެއްގައި ގޮސް ގޭޓުން ނިކުތެވެ. އިޝާން އުޅެނީ އޭނާގެ ދަބަހުން ލެޕްޓޮޕް ޗާޖަރ ނުފެނިގެންނެވެ. އޭނާ ދަބަސް ހާވަމުން ކައިރާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. އޭރު ކައިލް ބޭރުގައި، އޭނާގެ ކަޅާއި، އަޅިކުލައިން ވާ އެކްޒައިޓަރ (ސައިކަލު) ކައިރި މަޑުކޮށްލައިގެން ހުއްޓެވެ. ހީވަނީ މެގަޒިންގެ ކަވަރ ފޮޓޯއަކަށް ޕޯސްކޮށްގެން ހުރިހެންނެވެ. ލިއާ ނިކުންނަމުން ނުކެރިފައި ހުރެވެސް ކައިލްއަށް ލުއި ހިނިތުންވުމެއް ދިނެވެ. ލަދުން ހުއްޓަސް އަޅާނުލާ ދާން އޭނާއަށް ނުކެރުނީއެވެ.
“ލިއާ…” ކުއްލިއަކަށް ލިއާގެ ހިނގުން މަޑުޖެހުނީ ކައިލްގެ ފިރިހެންވަންތަ އަޑުން ގޮވާލުމުންނެވެ. ހައިރާންވެފައި ހުރެ އޭނާ ފަސްއެނބުރުނުއިރު ކައިލް ދެޖީބަށް އަތްޖަހާލައިގެން ހުރެ ފިރިހެންވަންތަ ހިނގުމެއްގައި އޭނާ ގާތަށް އާދެއެވެ. ލިއާ ފިނިވާގޮތްވީ ކީއްވެކަމެއް ނޭނގުނެވެ. ކައިލްގެ މޫނުމަތިން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެކެވެ.
ކައިލް އައިސް ލިއާ އާއި ފޫޓެއްހާ ދުރުމިނުގައި މަޑުކޮށްލިއެވެ. ލިއާއަށް ނޭވާ ހިފާއްޓާލެވުނެވެ. އޭރު ކައިލްގެ ގައިން އަރަމުންންދިޔަ ފިރިހެންވަންތަ ސެންޓްގެ ވަސް ލިއާގެ ސިކުނޑިއާއި ހަމަޔަށް ފޯރައިފިއެވެ. “އައި ކެން ގިވް ޔޫ އަ ރައިޑް…!” ކައިލް ބުނެލީ އޭނާގެ ސައިކަލަށް އިޝާރަތްކޮށްލަމުންނެވެ.
ލިއާ އަށް ލަސްލަހުން އެސްފިޔަ ޖަހާލެވުނެވެ. އޭނާއަށް ހީވަމުން ދިޔައީ ހުވަފެނެއްގެ ތެރޭގައި އުޅެވޭހެންނެވެ. ކައިލްގެ މޫނަށް ބަލަން އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންފަތަށް އިވުނީ ރަނގަޅަށް ބާއޭ ހިތަށް އެރިއެވެ. ކައިލް އަނެއްކާ ހުރީ ހަމައިގަ ހެއްޔެވެ؟ މަޝްހޫރު، ރީތި އަންހެންކުދިންނާއި އެހާ ދުރުން އުޅޭ މީހަކު، އޭނާ ފަދަ އާދައިގެ ކުއްޖަކު އަމިއްލަ ސައިކަލަށް އަރުވަން އުޅެނީ ކީއްވެގެން ބާއެވެ؟ އަމުދުން ކައިލް އާއި އާއި އަޅާބަލާއިރު އޭނާއަކީ ބިންމަތީގައިވާ ވެލިފުކަކަށް ވުރެވެސް ފެންވަރު ދަށް މީހެކެވެ. ވީއިރު ކައިލް އެފަދަ ދައުވަތެއް ދޭންވީ ކީއްވެބާއެވެ. އެ ދެމެދަށް ވެރިވި ހިމޭންކަން އިރުކޮޅަކަށް ދިގުދެމިގެން ދިޔައެވެ.
“ކީކޭ…؟!” އެތައް އިރެއް ވީ ފަހުން ލިއާގެ އަޑު ނިކުތެވެ. އެއާއެކު ލަދުން މަރުވާ ވަރުވިއެވެ. މިހުރިހާއިރު ކައިލްގެ މޫނަށް ގެއްލިފައި ހުރިކަންވެސް އޭނާ ރެއަކާނުލިއެވެ.
“ރަނގަޅަށް ތި އަޑު އިވުނީ…އައެމް އޮފަރިން ޔޫ އެ ރައިޑް…” ކައިލް ހަމަ އެ ކޫލް ރާގުގައި ވާހަކަ ދެއްކިއެވެ. އޭރު ޖެހެމުން ދިޔަ ލުއި ވައިރޯޅިން އެ ނިތުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ހެލެމުން ދިޔައީ ހިތްގައިމު މަންޒަރެއް ފަދައިންނެވެ.
ލިއާއަށް ދެއަތް ދެއަތާ މޮޑެލެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ސިކުނޑީގައި ހީވީ ވާނުވާ ނޭނގޭ އަރައިރުންވުންގަނޑެއް އުފެދުންހެންނެވެ. އެވަގުތު އަމިއްލަ ޒަމީރު އަޑުލައިގަތުމާއެކު ލިއާއަށް އޭނާގެ ހައިސިއްޔަތު ހަނދާންކޮށްލަދިން ކަހަލައެވެ. އެވަގުތު އޭނާއަށް ވާހަކަދައްކަން ހިތްވަރު ލިބުނީ ކިހިނެއްކަމެއް ނޭނގުނެވެ. އޭނާ މަޑުމަޑުން އިސްއުފުލާ ކައިލްއަށް ބަލާލިއެވެ.
“އިޓްސް އޯކޭ…ޔޫ ޑޯންޓް ހޭވް ޓު…” ލިއާ ޝުކުރުވެރި ބެލުމަކުން ކައިލްއަށް ބަލާލިއެވެ. އެވަގުތު ކައިލް ބުމަ ހިއްލާލިއެވެ.
“އިޓްސް ނޮޓް އެ ޕްރޮބްލަމް…”
“އިޓްސް އޯކޭ…ރިއަލީ…” ލިއާ ގޮތުގައި ހިފެހެއްޓިއެވެ.
“އޯކޭ…!” ކައިލް އެންމެ ފަހުން ބުނެލިއެވެ. ނަމަވެސް އޭނާ ހުރިތަނުން ހަރަކާތްކޮށް ނުލިއެވެ. ލިއާވެސް ހުރީ ދެން ހަދަންވީ ގޮތެއް ނޭނގިފައި ހުރި ކަހަލަ ގޮތަކަށެވެ. ހިނގައިގަންނަން ނުކެރިފައި ހުރި އިރު، އޭނާއަށް ކައިލްއަށް ބަލާލާކަށްވެސް ނުކެރުނެވެ. ރޭގަނޑުގެ މި ވަގުތުގައި ކައިލް ފެންނަލެއް ރީތިކަމުން ޒުވާން ކުދިން އޭނާ ސިފަކުރާނީ ވެމްޕަޔަރެއް ފަދައިންނެވެ.
“ބަޓް އައި ސްޓިލް ކޭން…!” އިރުކޮޅެއް ފަހުން ކައިލްގެ އަޑު އިވުމުން ލިއާ ސިހުނެވެ. އޭނާ ކަންތައް ބޮޑުވެފައި ހުރި ކަހަލަ ގޮތަކަށް ލޯ މަރާލިއެވެ. އެއަށްފަހު ކައިލްއަށް ބަލާލާފައި ކަންބޮޑުވެފައި ހުރި ކަހަލަ ގޮތަކަށް ހީލިއެވެ. އޭނާއަށް މަގުގެ ދެކޮޅުވެސް ބަލާލެވުނެވެ.
“ކައިލް…،” ލިއާއަށް ގޮވާލެވުނެވެ.
“އަހަރެން މިރޭ ކުރާނެ އިތުރު ކަމެއް ނެތް…އެހެން ނޫނަސް މީ ދަންވަރޭ…އަންހެން ކުއްޖަކު އެކަނި ދިއުން އެހާ ސޭފް އެއް ނޫން…” ކައިލް ހުރީ ގޮތުގައެވެ.
ލިއާ ކައިލްގެ މޫނަށް ބަލާލިއިރު ގަނޑުވާ ގޮތްވިއެވެ. އެ ނޫކުލައިގެ ލޮލުގައިވަނީ ވަށައިގެން ވާހާ ކަމެއް ހިމޭންކޮށްލާފަދަ ތޫނުކަމެކެވެ. ކައިލްގެ އެ ތޫނު ބެލުމުން ކޮންމެފަހަރަކު އޭނާ ގަނޑުކޮށްލާ ގޮތުން ލިއާ އަމިއްލަ ނަފްސުދެކެ ރުޅި އައެވެ. ނަމަވެސް އޭނާއަށް ކުރެވޭނެ ކަމެއް ނެތެވެ.
ގޭޓު ބިއްދޮށުގައި ފާރުކައިރި ފިލާތިބި ކައިރާ އާއި އިޝާން ދިޔައީ ކައިލްއާއި ލިއާ ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދެމުންނެވެ. ކައިރާ އަތުގައި ވި ފޯނުން ސިއްރުން ނެގުނު ގޮތަކަށް ފޮޓޯ ނަގަމުން ދިޔައެވެ. ކިރިޔަ ކިރިޔާ ކައިލްމެން ފެންނަވަރަށް ތިބިއިރު، ކައިރާ އާއި އިޝާން ހުރީ ފަރާތަކަށް ކިރިޔާ ގުޑިލިޔަސް އަޑެއް އިވިދާނެތީ ސަމާލުވެއެވެ.
“ގޯޑް…ވައި އިޒް ދިސް މޯރ އޯކްވޯޑް ދޭން އަ ބްރޭކަޕް ސީން…؟” ލިއާ އާއި ކައިލް އާއި ދެމެދު ކުރެވެމުން ދިޔަ ބަހުސް އަހަމުން މަޑުން ހުންނަން އުނދަގޫ ކައިރާ ބުނެލިއެވެ.
“ޝްޝްޝް…!!” އިޝާން އަވަސްއަވަހަށް ފަހަތުގައި ހުރެ ކައިރާގެ އަނގަމަތީ އަތްއެޅިއެވެ. އެމީހުން އެތާ ތިބިކަން ކައިލްމެންނަށް އެނގޭކަށް އެމީހުން ބޭނުމެއް ނުވެއެވެ.
“މިހެން ތިބެވިދާނެ ފަތިސްވަންދެންވެސް…ސޯ މޭކް އަ ޑިޒިޝަން ލިއާ…ސައިކަށް އަރަން ބޭނުން ނޫނިއްޔާ ހިނގާފަވެސް ދެވިދާނެ…” ކައިލް ވާހަކަ ދެއްކިއެވެ.
“އަޅެ އިޓްސް އޯކޭ އޭ…އައި ރިއަލީ އެޕްރިޝިއޭޓް، ބަޓް……،” ލިއާ ބުނަން އުޅުނު ޖުމްލަ ފުރިހަމަވާ ގޮތް ނުވީ ކުއްލިއަކަށް ކައިލް ބަލާލި ގޮތުންނެވެ. އެވަގުތު ދުލުގައި ތަޅު އެޅުވުން ކަހަލައެވެ. ކައިލްގެ ބެލުމުގައި ވަނީ ދެކޮޅު ނުހެދޭފަދަ ބާރެކެވެ.
ހިންދިރުވާލަމުން ލިއާ އެންމެފަހުން އެއްބަސްވީ ހިނގާފައި ދާ ގޮތަށެވެ. މި ދަންވަރު ކައިލްގެ ސައިކަލު ފަހަތަށް އަރައިގެން ދަނިކޮށް މީހަކަށް ފެނި، އޭނާގެ ސަބަބުން ކައިލްގެ ނަމަށް ހުތުރެއް އަރާކަށް ލިއާ ބޭނުމެއް ނޫނެވެ. ހިނގާފާއި ދާން އެއްބަސްވީވެސް ކައިލް ބާރު އެޅިވަރުންނެވެ. ހިނގާފައި ދިޔައިރުވެސް ލިއާ ހުރީ ކަންތައް ބޮޑުވެފައެވެ. ލިއާއަށް ނޭނގުނަސް މިރޭ ކައިރާގެ ގެއިން ނިކުތީއްސުރެ، ކައިލް ދިޔައީ އެ މޫނުމަތީގެ ކޮންމެ ކުލަވަރެއްވެސް ދިރާސާކުރަމުންނެވެ.
“ދެން ތި ތިބި ތާކުން ނިކުމޭ…!” ކައިލް ހިނގައިގަތުމުގެ ކުރިން ފަހަތަށް އެނބުރި ބުނެލިއެވެ. ލިއާއަށްވެސް ފަހަތް ބަލާލެވުނީ ހައިރާންވެފައެވެ. އެވަގުތު އަނގަ ސަކަރާތްވެފައި ތިބެ ގޭޓު ކައިރިއަށް ނިކުތް ކައިރާ އާއި އިޝާން ފެނި ލިއާއަށް ވީގޮތް ކޮންމެސް ވަރަކަށް ނަގައިގަނެވުނެވެ. އޭނާއަށް މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލެވުނެވެ.
“ބީ ސޭފް…” އިޝާން ރަކިވިކަން ނާންގަން ބާރަކަށް ގޮވާލާފައި ގޮސް އޭނާގެ ސައިކަލަށް އަރައިގެން ނައްޓާލިއެވެ. ކައިލް ފަހަތް ބެލުމެއް ނެތި އަތް އުފުލާލާފައި ތިރިކޮށްލިއެވެ. އޭރު ކައިރާވެސް ގެއަށް ވަދެއްޖެއެވެ.
މަގުތައްމަތީ ވަނީ ހަމަހިމޭންކަމެވެ. ކައިލް އާއި ލިއާގެ ފިޔަވަޅުގެ އަޑުވެސް އިވެނީ ފަނޑުކޮށެވެ. މިނެޓެއްހާއިރު ވަންދެން ހިނގުނު އިރު ދެ ޒުވާނުންގެ މެދުގައިވެސް ވަނީ ހަމަހިމޭންކަމެވެ. ޖެހިލާ ވައިރޯޅިގެ ނާނާގެ އަޑު ކަންފަތުގައި ބީހިލާފައި ދާއިރު އަރާމު އިހުސާސެއް ކުރުވައެވެ. މަގުތަކުގައި ޖަހާފައިވާ ހޮޅިދަނޑިތަކުން ދީފައިވާ އޮރެންޖް ކުލައިގެ އަލީގެ ތެރެއިން ދެ ޒުވާނުން ފެންނަނީ ފިލްމެއްގެ މަންޒަރެއް ފަދައިންނެވެ. ކައިލް ގާތު ހުރެ ލިއާ ހިނގާފައި ދާއިރު ހީވަނީ ކުޑަކުއްޖެއްހެންނެވެ. ކިރިޔާ ކައިލްގެ ކޮނޑާއި ހަމަޔަށް އޭނާ ފޯރާކަމެވެ. އެކަމާވެސް ލިއާއަށް ހިތާ ހިތާ ކުދި ކިޔުނެވެ.
ވަކި ހިސާބަކަށް ހިނގުނު ފަހުން ލިއާމެންގެ އަވަށަށް އާދެވުނެވެ. އެ ސަރަހައްދުން ފެންނަމުން ދަނީ ތަފާތު ކުލަވަރެކެވެ. ގިނަ ގެތައް ވަނީ އާދައިގެ ގޮތަކަށް ރާނާފައެވެ. ކައިރާމެން ދިރިއުޅޭ ހިސާބާއި ހާސް ތަފާތެވެ. ބޭނުން ނުވިޔަސް ލިއާގެ ހިތަށް ތަފާތު ހިޔާލުތައް ވަންނަމުން ދިޔައެވެ. ގާތުގައި ހުރި ކައިލް އާއި މި ފެންނަ ފަދަ ދިރިއުޅުން އެކަށީގެން ނުވާ ކަމަށް އަމިއްލަ ޒަމީރުވެސް އެއްބަސްވެއެވެ.
“ޔޫ ޑިޑިންޓް ހޭވް ޓު އިންސިސްޓް ދެޓް މަޗް…” ލިއާގެ އަނގައިން ބޭރުވިއެވެ. ހީވަނީ ސިކުނޑީގައި ހިނގަމުން ދިޔަ ހިޔާލުތަކާ ހުރެ ނުކުޅަދާނަވެގެން ބޭރުވި ލަފްޒުތަކެއްހެންނެވެ.
“އައި ނޯ…” ކައިލް ހަމަޖެހިލާފައި ރައްދުގައި ބުނެލިއެވެ.
“ދެން ކީއްވެ…؟” ލިއާ އެހީ ޖަވާބު ބޭނުންވެފައި ހުރެއެވެ.
ކައިލް ހިނގަމުން އެއްމިޔަކަނުން ހިނިތުންވެލާފައި ލިއާއަށް ބަލާލިއެވެ. ހީވަނީ ބުނަން އުޅުނު ވާހަކައިގެ ކުރިން ލިއާގެ މޫނުގެ ކުލަވަރު ދިރާސާކޮށްލިހެންނެވެ. “ބިކޯޒް ލިއާ ހީވަނީ އާނއެކޭ ބުނަން ބޭނުންވެފައި ހުރެ، ގަދަކަމުން ނޫނެކޭ ބުނިހެން…” ކައިލް ބުނެލިއެވެ. ލިއާއަށް ފާޑަކަށް އަނގަ ހަދާލެވުނެވެ. ކައިލް އެ ހިނިތުންވުމުގައި ހުރެ މަގުގެ ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.
“ނޫނޭ…އެހެން ނޫނަސް ދިސް އިޒް ރިއަލީ އަންނެސެސަރީ…” ލިއާ ބުނެލިއެވެ. އެ އަޑުގައި ވަނީ ބުނެދޭން ނޭނގޭ އަސަރެކެވެ.
“ކޮންކަމެއް…؟ ވޯކިން ފޯރ ފައިވް މިނެޓްސް…؟” ކައިލް އަނެއްކާވެސް ލިއާއަށް ނަޒަރު ހުއްޓާލިއެވެ.
“ނޫނޭ…” ލިއާ ދައްކަން އުޅުނު ވާހަކަ ބުނަން ފަސްޖެހުނެވެ. ކައިލް ހީކުރާނެ ގޮތެއްވެސް ނޭނގެއެވެ. ނަމަވެސް ކައިލް އެނގި ދަސްވާން ފެށުމުން ކައިލް އަކީ ކޫސަނި ކަންތަކާ ރުޅި އަންނަވަރަށްވުރެ ހަރުދަނާ ޒުވާނެއްކަމަށް ލިއާއަށް ގަބޫލުކުރެވުނެވެ. ވަރަށް ވިސްނަން ހުރެފައި ލިއާ ނިންމީ އެވާހަކަ ދެއްކުމަށެވެ.
“ޔޫ ބީއިން ހިއަރ…” ވަރަށް ހިތްވަރުކޮށްފައި މަޑުމަޑުން ލިއާ ބުނެލިއެވެ. އެއާއެކު އެހެން ބުނެވުމާއެކު ހިތަށް ފިނިވެގެން އައެވެ.
“ދެން…؟” ކައިލް ލިއާ އަށް ބަލަން ހުރެ ހިނގަމުން ދިޔައެވެ. ލިއާގެ ފަރާތުން ޖަވާބެއް ނައެވެ. ކައިލް ފުން ނަޒަރަކުން ލިއާއަށް ބަލާލިއެވެ. އެ މޫނުމަތިން ކަމެއް ދިރާސާކޮށްލި ކަހަލައެވެ.
ވާހަކަ ނުދައްކާނޭ ހީވި ވަގުތުކޮޅަކަށްފަހު ލިއާ ވާހަކަ ދައްކަން ފެށިއެވެ. “އަސްލު…އަހަންނާ ކައިލްމެންގެ ދިރިއުޅުން ވަރަށް ތަފާތު…މި އަވަށަށް ބަލާލިޔަސް އެކަން އެނގޭނެ…އައި……އަސްލު……ކައިލް އާ އަހަންނާ ހާސްބައި ތަފާތު…ވަރަށް ވަރަށް އޯކްވޯޑް ފީލްވޭ ކައިލް އަހަންނާއެކު މިފަދަ ހިސާބަކަށް އައިމަ…އައި މީން…ލުކް އެޓް ކައިރާގެ ހޯމް…ލުކްސް ލައިލް އެ ހޮޓެލް…މި ހިސާބާއި ކިތައްމެހާވެސް ތަފާތު…”
ކައިލްގެ ފަރާތުން އިވުނީ ފިރިހެންވަންތަ ލުއި ހީލުމެއްގެ އަޑެވެ. ލިއާއަށް ދެއަތް ދެއަތާ ފިއްތާލެވުނެވެ. އޭނާ ލަދުގަންނަ ގޮތްވިއެވެ. “އައި މީން އިޓް…” ލިއާ މަޑުމަޑުން ބުނެލިއެވެ. “އައި ނޯ…” ކައިލް ލިއާ އަށް ބަލާލިއެވެ.
“އެންޑް ވެއަރ އައެމް ގޮއިން ޑަޒަންޓް…” ކުރިން ދެއްކި ވާހަކައާ އިޝާރަތްކޮށް ލިއާ ބުނެލިއެވެ. ކައިލްގެ މޫނުމަތީގެ ކުލަވަރު ކޮންމެސް ވަރަކަށް ބަދަލުވިއެވެ. އެވަގުތު ލިއާއަށް ތިރީ ތުންފަތުގައި ދައިގަނެވުނެވެ. އެހެން ނުބުނެވުނު ނަމައޭ ހިތަށް އެރިއެވެ. ކައިލްގެ ފަރާތުން ނަގައިގަންނަންވީ ކޮންކަމެއްކަން ނޭނގިފައި ހުރެ ލިއާ މަޑުމަޑުން ކުރިޔަށް ދިޔައެވެ.
“ދެޓްސް ނޮޓް ވައި އައެމް ހިއަރ…” ކައިލް ބުނެލިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލިއެވެ. “ދެން ވައި ޑަޒް އިޓް މެޓާރ…؟” ލިއާ އަށް ބަލަން ހުރެ ކައިލް އެހިއެވެ.
ލިއާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ކައިލް ފަދަ މީހަކު ލިއާމެން ފަދަ އާދައިގެ މީހުން ދިރިއުޅޭ ހިސާބުތަކުން ފެނުމަކީ ވަރަށް ނާދިރުކަމެއްކަން ކައިލްއަށް ތަފްސީލުކޮށްދޭނެ ލަފްޒުތަކެއް ލިއާއަކަށް ނުވިސްނުނެވެ. ލިއާ ދިރިއުޅެމުންދާ ގޭގެ ހަމައެކަނި ސިމެންތިން އޮމާންކޮށް، ކުލަވެއްޓިފައިވާ ފާރުތަކާއި، ތިރި ތިރި ފުރާޅާއި، ތެޅިގަލުން ރާނާފައިވާ ތިރި ވަށާފާރަކީ ކައިލްމެންގެ ފެންވަރާއި އެކަށީގެންވާ ވަރަށް ވުރެ ދަށް ފަންތީގެ މާހައުލެއްކަން އޭނާ ބުނާނީ ކިހިނެއްހެއްޔެވެ؟ ކައިލް އޭނާއާއި އެއްކޮށް އައުމަށް ދެކޮޅު ހެދެވުނީ އެހެންވެއެވެ. އެފަދަ މަންޒަރެއް ކައިލްއަށް ފެންނާކަށް އޭނާ ނޭދެއެވެ. ހަމަ އެއާއެކު ހިތާއި ސިކުނޑިން އެ ދެމެދުގައިވި ފަރަގު މިނާލެވުނެވެ.
“ޔޫ ސީމްސް ލައިކް ޔޫ ހޭޓް ބީއިން އެރައުންޑް ގާލްސް…އެންޑް ޔޫ ހޭޓް އެޓެންޝަން…ކްލާހުގަވެސް ޔޫ ޓްރައި ޓު އެވޮއިޑް ދެމް…ދެން އަސްލު ކީއްވެ ތި އައީ…؟” ލިއާއަށް ނުހުރެވިގެން އެ ސުވާލު ކޮށްލެވުނެވެ. އޭނާއަށް އެ ހިތްވަރު ލިބުނީ ކިހިނެއް ކަމެއް ނޭނގުނެވެ. ކައިލްގެ މޫނަށް ބަލާލިއިރު ކައިލް ފެންނަނީ ހަމަޖެހިފައި ހުރި ތަނެވެ.
“ބިކޯޒް އިޓްސް ޔޫ…ޔުއަރ ނޮޓް ލައިކް ދަ ގާރލްސް ފްރޮމް ދަ ކްލާސް…” ކައިލް ހަމަޖެހިލާފައި ބުނެލިއެވެ. ލިއާގެ ހިތަށް ހީވީ ގަނޑުފެންއެއްޗެއް އޮއްސާލިހެންނެވެ. ކައިލް ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އެ މޫނަށް ބަލަހައްޓައިގެން ހިނގަމުން ދިޔައިރު އެ ނަޒަރު އެހެން ދިމާލަކަށް ނުދިޔައެވެ. ކައިލް އެއްފަހަރު ލިއާއަށް ބަލާފައި ދެން ނަޒަރު ހުއްޓިފައި ހުރީ މަގުމައްޗަށެވެ.
“ލެޓް މީ ނޯ ވެން ޔުއަރ ޑަން ލުކިންގް…” ކައިލް ބުނެލިއެވެ. އެވަގުތު ލިއާއަށް ހަމަބިމަށް އާދެވުމާއެކު ލަދުން މަރުނުވީ ކިރިޔާއެވެ. އަވަސްއަވަހަށް ނަޒަރު ބަދަލުކޮށްލާފައި ހިނގަން ފެށި ގޮތުން ކައިލްގެ ތުންފަތަށް ސިއްރު ހިނިތުންވުމެއް ވެރިވިއެވެ. ދެން ހިނގުމުގައި ހޭދަވި ވަގުތު ދިޔައީ އެކަކުވެސް ވާހަކަ ދެއްކުމެއް ނެތިއެވެ.
ހިމޭންކަމާއެކު ހިނގަމުން އައިސް ލިއާ އުޅެމުންދާ ގޭ ފެންނަ ހިސާބަށް އާދެވުނެވެ. އެއާއެކު ލިއާ މަޑުޖެހިލިއެވެ. “އަމް…ދެން އޯކޭ ވާނެ…!” ލިއާ މަޑުމަޑުން ވާހަކަ ދެއްކުމުން ކައިލްވެސް މަޑުޖެހިލިއެވެ. “ދެން އެކަނި ދެވޭނެ…” ދުރުން ފެންނަމުން ދިޔަ ގެޔަށް އިޝާރަތްކޮށް ލިއާ ބުނެލިއެވެ. ކައިލް އެއްފަހަރު އެ މަގުގެ ކޮޅަށް ނަޒަރު ހުއްޓާލިއެވެ. އަނެއްކާވެސް ލިއާއަށް ބަލާލުމާއެކު ކައިލް ވާހަކަ ދެއްކިއެވެ.
“ޔޫ ޝުއަރ…؟” ކައިލް އެހިއެވެ. ލިއާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ކައިލް އަނެއްކާވެސް އެ މަގަށް ނަޒަރު ހުއްޓާލިއެވެ. އަދި ދެވަނަ ސިކުންތުގައި ލިއާއަށް ބަލާލިއެވެ. ހީވަނީ އެއްޗެއް ބުނަން ބޭނުންވެފައި، ނުބުނަން އުޅޭހެންނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ކައިލް ދެ ޖީބުން އަތް ނެގިއެވެ.
“އޯކޭ…!” ކައިލް ބުންޏެވެ. ލިއާގެ މޫނުން ހިތްހަމަޖެހުން ފާޅުވިއެވެ. “ތޭންކްސް އަލޮޓް…ފޯރ ވޯކިން މީ…” ލިއާ މަޑުމަޑުން ބުނެލިއެވެ.
“ތޭންކްސް…ފޯރ ލެޓިން މީ…” ކައިލް އެއްމިޔަކަނުން ހިނިތުންވެލަމުން އެ ފިރިހެންވަންތަ ނަޒަރު ލިއާއަށް ހުއްޓާލިވަގުތު ލިއާ ދެފައި އޮޅިގެން ނުވެއްޓުނީ ކިރިޔާއެވެ. އަވަސް އަވަހަށް ނަފްސު ހަމަޔަކަށް އަޅުވަމުން އޭނާ ގަދަކަމުން ކައިލްއަށް ހިނިތުންވުމެއް ދީފައި ހިނގައިގަތެވެ. ގެއާއި ހަމަޔަށް ދެވެންދެން އެންމެފަހަރަކުވެސް ފަސްއެނބުރި ނުބަލައެވެ. ނަމަވެސް ގެއަށް ވަނުމުގެ ކުރިން އޭނާ ހުއްޓުން އެރީ ކޯއްޗެއް ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. މަޑުމަޑުން އޭނާ އެނބުރިލިއިރު ކައިލް އަދިވެސް މަގުގެ ކޮޅުގައި އެ ހުރިތާގައި ހުއްޓެވެ. ލިއާ ހަމަ ރަނގަޅަށްވެސް ހައިރާންވިއެވެ. ލިއާ ބަލާލުމާއެކު ކައިލް އަތް އުފުލާލާފައި ފަސްއެނބުރި ހިނގައިގަތީ ދެނެވެ. ލިއާއަށްވެސް ބޭއިހްތިޔާރުގައި އަތް އުފުލާލެވުނެވެ.
ފެންވަރައިގެން ނިކުމެފައި ގޮސް އެނދުގައި އޮށޯވެލިއިރުވެސް ލިއާގެ ސިކުނޑި ވަނީ ހަލަބޮލިކަމެއްގައެވެ. ކައިލްގެ އަމަލުތައް މިރޭ ހުރި ގޮތުން އަދިވެސް އޭނާ ވަނީ ހައިރާންކަމެއްގައެވެ. ކައިލްގެ އެ މިޒާޖާއި މެދު ވިސްނަންވީ ގޮތެއް ލިއާއަކަށް ނޭނގުނެވެ. ކައިލް ހަމަ އެހެން ކުދިންނާ އޭނާއާއި ތަފާތުކޮށް ކަންތައް ކުރަނީ އެހެން ކުދިންނާ އޭނާއާއި ތަފާތު ވީމާހެއްޔެވެ؟
“ބިކޯޒް އިޓްސް ޔޫ”
“ޔުއަރ ނޮޓް ލައިކް ދަ ގާރލްސް ފްރޮމް ދަ ކްލާސް”
ކައިލްގެ އެ ޖުމްލަތައް ސިކުނޑީގައި ގުގުމަމުން ދިޔައެވެ. ކައިލް އެ ބަސްތައް އެހާ މާނައެއް ނެތް ގޮތަށް ހަމަޖެހިލާފައި އެބުނީ ކީއްވެހެއްޔެވެ؟ އެ ވާނީ މާ ބޮޑު ވިސްނުމެއް ނެތި އޭނާ ބުނެލި އެއްޗަކަށެވެ. “މޭބީ ހީޒް ބީއިން ޕޮލައިޓް…” ލިއާ އަމިއްލަ ނަފްސަށް ބުނެލިއެވެ. ފަހަރެއްގައި ކައިލް އޭނާ ގެއަށް ލައިދޭން އެ އައީ ކައިރާގެ އެދުމުގެ މަތިން ކަމަށް ވެދާނެއެވެ. ނޫނީ ރޭނގަޑު އަންހެން ކުއްޖަކު އެކަނި މަގުމައްޗަށް ދޫކޮށްނުލެވޭހާ ކައިލް ހިތް ހެވީއެވެ. ފިކުރުތަކަށް ގެނބިފައި އޮއްވާ ލިއާއަށް ނިދުނުއިރެއްވެސް ނޭނގެއެވެ.
ޖެހިގެން އައި ދުވަހު ސްކޫލަށް ދިޔައިރު ފާއިތުވެގެން ދިޔަ ދުވަސްތަކެކޭ އެއްފަދައިން މިއަދުވެސް އުޑުމަތި ފެންނަނީ ބަނަކޮށެވެ. ބަހުން ފައިބައިގެން މަޑު ހިނގުމެއްގައި ލިއާ ގޮސް ގޭޓުން އެތެރެއަށް ވަނެވެ. ފުރަތަމަވެސް ލޮލުގައި އަޅައިގަތީ ގަހެއްގެ ހިޔަލުގައި އިތުރު ފިރިހެން ކުދިންތަކަކާއެކު ވާހަކަ ދައްކަން ތިބި އިޝާން އާއި ކައިލްއެވެ. ލިއާ ފިނިވާގޮތްވިއެވެ. ރޭގެ މަންޒަރުތައް ކުލަވެގެން ދިއުމާއެކު އޭނާ ބެލީ ކައިލްއަށް ނުފެނި ގޮސް ކްލާހަށް ވަދެވޭތޯއެވެ.
“ލިއާ…” ކުއްލިއަކަށް ފަހަތުން ކައިރާ ގޮވާލިއެވެ. ބާރަކަށެވެ. ހިނގަ ހިނގާ ހުރި ލިއާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. “ގްރޭޓް…!” އަމިއްލަ ނަފްސަށް އިވޭ ވަރަށް ލިއާ ބުނަމުން ދެލޯ މަރާ ފިއްތާލިއެވެ. އޭރު ކައިރާ ދުވެލާފައި އައިސް ލިއާއާއި އަރާ ހަމަކޮށްފިއެވެ. ކައިރާގެ އަޑު އިވިގެން އޭރު ކައިލް އާއި އިޝާންގެ އިތުރުން އެތާ ތިބި އެހެން ކުދިންގެވެސް ނަޒަރު ހުއްޓިފައިވަނީ ލިއާމެންނަށެވެ. ކައިރާ އައުމުން ލިއާގެ މޫނުމަތީގައިވި އަސަރުތައް ހަމަޔަކަށް އަޅުވާލިއެވެ.
ކައިލް ބަލަހައްޓައިގެން ހުރި ވަގުތު ލިއާއަށްވެސް ބަލާލެވުނެވެ. އެ ތުންފަތަށް ވެރިވި ސިއްރު ލުއި ހިނިތުންވުން ފެނި ލިއާއަށްވެސް އަޅާނުލާ ހުންނާކަށް ނުކެރުނެވެ. އޭނާވެސް ރައްދުގައި ފަނޑުކޮށް ހިނިތުންވެލިއެވެ. މިހުރިހާ މަންޒަރެއް ކައިރާގެ ތޫނުފިލި ސިކުނޑީގައި ނޯޓު ކުރަމުން ދިޔައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
14 Comments!
Comments are closed.




com nukurevunas gavaadhun kiyan ingey
all i can say is just wow.. superb ❤️❤️
veery interesting.. kail aa dhekudhin build up >>>
waiting for thenext part levender
Thank you! 💗 Knowing that you’re reading every episode means so much to me. I’m glad you’re enjoying Leah and Kyle’s journey. More is coming soon. stay tuned! ✨
Maasha allah.
Mi prt vs vrh reethi.
When next???
Thank you 💗 Soon In Sha Allaah
Love this story 🤍
waited so long to find another good story that captured me
OMG thank you so much 🥹💗
OMG thank you so much 🥹💗
Dhnn haadha cute eyh lia and kyle 🫠😭 kairaa menn vx dhw 😂🤭 mi part vx hama v reethi 😍 too gud Masha Allah 🫶 waiting for the next part 🥰
Thank you 💗 I’m glad you’re enjoying Leah and Kyle’s moments 💗
I love this part so so much. Also.. Rihan aadheytha up coming ehves episode ehga? I want rihan and kyle to meet. I want kyle to beat the shi out of rihan for hurting leah.
Who knows? 👀 Some names have a habit of showing up when you least expect them. So keep waiting 🤭💗
V reethi mi part MA
Alhey haadha romantic ey dhww
Saabas kia ar shaan ah
Alhey nooo E rihaakuru gandu nuvahdhahchey liaa ar Kail ge story thereah
Eyrun sheex aisfa rihaakuru gandu gendhaanan
Okiy dhw gurll?
CW4THENEXTP
Tc
You’re funny 😭 thank you so much 💗
Heyy.
Is this a mistake.
Cux mi story ge mi ep kureega vs nellaafa inennu??
And mi story aslu nellyy june2 ga ennu?
But again mi story nellaafa dhw meenyy olhumakun????