Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތުގެ ލޯތްބޭ ތީ 19

Mar Sha
Mar Sha Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments
April 13, 2016 8 Mins Read
33 Comments

މިޝާލް ކޮޓަރިއަށް ވަން އިރު އަނޫޝާ ސޯފާގައި ވާހަކަ ފޮތެއް ހިފައިގެން އިނެވެ. ފޮތާ ދިމާއަށް ބަލަހައްޓައިގެން އިން ނަމަވެސް އަނޫޝާގެ ސަމާލުކަން އެފޮތަށް ނުވާކަން މިޝާލްއަށް އެނގުނެވެ. އަނޫޝާ އިނީ ފުން ވިސްނުމެއްގައެވެ.

މިޝާލް އިރުކޮޅަކު އަނޫޝާއާ ދިމާއަށް ބަލަން ހުއްޓެވެ.

ފުރަތަމަ ފަހަރަށް އަނޫޝާގެ ހިތުގެ ހާލު އަނޫޝާގެ ދުލުން ފާޅުކުރި އަޑު އެދުވަހު މިޝާލްއަށް އިވުނެވެ. އެންމެންގެ ތެރޭ ސީދާ ބަހުން ނުބުނި ނަމަވެސް ޒިހާން ދެކެ އަދިވެސް ލޯބިވާކަން އަނޫޝާ ވަނީ އެދުވަހު ފާޅުކޮށްފައެވެ. އެދުވަހު މިޝާލްއަށްވެސް އެކަން އިހުސާސް ކުރެވިއްޖެއެވެ. ޒިހާންއާ ވަކިވާން ޖެހުމުން އަނޫޝާއަށް ކުރި އަސަރު އެދުވަހު މިޝާލްއަށް އިހުސާސް ކުރެވުނެވެ.

ހަމަ އެހެން މިޝާލްގެ ފަރާތުން އަނޫޝާއަށް ލިބެމުންދާ އަނިޔާއާ ހިތްދަތިކަންވެސް އެދުވަހު މިޝާލްއަށް ކުރިއަށް ވުރެން ބޮޑަށް އިހުސާސް ކުރެވުނެވެ. އެހުރިހާ ދުވަހު މިޝާލްގެ އަނިޔާއަށް ކެތް ކުރަމުން ދިޔަ އިރު އަނޫޝާގެ ދުލުން ޝަކުވާގެ އެންމެ ލަފްޒެއްވެސް ބޭރު ނުވި ނަމަވެސް އެދުވަހު އަނޫޝާއަށް ކެތް ނުވީއެވެ.

އެވަރުގެ އަނިޔާވެރިއެއްގެ ދަރިއަކަށް ބަލިވެ އިނީތީވެސް އަނޫޝާ ހުރީ އުފަލުންނެވެ. އެދަރިފުޅަށް ޓަކާ ހިތް ލޯބިން ފުރައިގެންނެވެ. ނަމަވެސް އެއުފާވެސް އަނޫޝާއަށް ފުރިހަމައަށް ލިބުނަ ނުދޭން މިޝާލްއަށް އެވަނީ ނޭނގި ނަމަވެސް މަސައްކަތް ކުރެވިފައެވެ. ޝަމްހާއާ ބައިވެރި ވެގެން މިޝާލް އަނެއްކާވެސް އަނޫޝާއަށް ދިނީ ހިތްދަތި ކަމެވެ.

ޒިހާން ދެކެ އަދިވެސް އަނޫޝާ ލޯބިވާކަން އެނގުމުން މިޝާލްގެ ހިތަށް ބަޔާން ކުރަން ދަތި ގޮތްތަކެއް ވަމުން ދިޔައެވެ. ބޭރުފުށުގެ އެއްވެސް އަނިޔާއަކާ ނުލާ ހިތަށް ތަދުވަމުން ދިޔައެވެ. ހަފްތާއެއްހާ ދުވަސް ވަންދެން މިޝާލްގެ ހިތާ ސިކުނޑި ކުރަމުންދާ އިޝާރާތް އެވަގުތު މިޝާލްއަށް ވިސްނުނެވެ.

“އަނޫ… އައި ލަވް ޔޫ…” ހިތަށް އެރި ތިންބަސް މިޝާލްއަށް ދުލުން ބުނެވުނީ އަމިއްލަ އިޚްތިޔާރަކާ ނުލައެވެ. ނަމަވެސް އެހެން ބުނެވުނީ ހަމައެކަނި މިޝާލްއަށް އެއަޑު އިވޭހާ ސިއްރުންނެވެ.

މިޝާލްއަށް ކުރިޔަށް ފިޔަވަޅެއް އަޅާލެވުނެވެ. އަނޫޝާއާ ދިމާލަށެވެ. އަނޫޝާ ގާތު ހިތުގެ ހާލު ބަޔާން ކުރާށެވެ.

ފޮތާ ދިމާއަށް ބަލަން އިން އަނޫޝާ މިޝާލް ކައިރި ވުމުން އިސްއުފުލާ ބަލާލިއެވެ. އެއާއެކު މިޝާލްގެ ފިޔަވަޅު ހުއްޓުނެވެ. އަނޫޝާގެ ލޮލުންނާ އެމޫނުން އެހިތަށް ކުރަމުންދާ އަސަރު މިޝާލްއަށް ދެނެގަނެވުނެވެ.

ނޫނެކެވެ. މިވަގުތު މިޝާލް އަނޫޝާ ދެކެ ލޯބިވެޔޭ އަނޫޝާ ގާތު ބުނި ނަމަވެސް އަނޫޝާ ގަބޫލެއް ނުކުރާނެއެވެ. އެވާހަކަ އެހެން ފަހަރަކުން ބުނަން ފަސްކޮށްލާފައި މިޝާލް އަނޫޝާ ކައިރީ އިށީނެވެ.

“އަނޫ… އައިމް ސޮރީ…” މިޝާލް ބުންޏެވެ.

އަނޫޝާ އެއްވެސް އެއްޗެއް ނުބުންޏެވެ. މިޝާލްއާ ދިމާއަށް ބަލާވެސް ނުލިއެވެ. އަނޫޝާ އިން ގޮތުން މިޝާލް ބުނި އެއްޗެއް އަނޫޝާއަށް އަޑު އިވުނުހެން ހީވެސް ނުވެއެވެ.

“އަނޫ…” މިޝާލް ދެވަނަ ފަހަރަށް މާފަށް އެދެން އުޅުނެވެ. ނަމަވެސް އަނޫޝާ އެފުރުސަތެއް މިޝާލްއަކަށް ނުދިނެވެ.

“އަހަންނަށް އަޑު އިވުނޭ” އަނޫޝާ އިންގޮތަށް އިނދެ ބުންޏެވެ.

“އެހެން ވިއްޔާ އަނޫ އަހަންނަށް—” މިޝާލް ބުނަން ފެށި ނަމަވެސް ފުރިހަމައެއް ނުކުރެވުނެވެ.

“ތިހެން ބުނަން މިޝާލްއަށް ވަރަށް ފަސޭހަ ދޯ؟” މިޝާލްގެ މޫނަށް ބަލާލަމުން އަނޫޝާ އެހިއެވެ. އަދި މިޝާލްގެ ޖަވާބަކަށް ނުބަލާ ކުރިއަށް ދިޔައެވެ. “އެކަމަކު އަހަންނަކަށް ފަސޭހައެއް ނޫން މާފު ކުރާކަށް… މިޝާލްއަކަށްވެސް، ތުއްތައަކަށްވެސް، އަދި ދައްތައަކަށްވެސް… އެކަމަކުވެސް މިޝާލްއަށް އެނގޭތަ؟ އަދިވެސް އެދުވަސް އަލުން އައިއްސިއްޔާ އަހަންނަށް ކަންތައް ކުރެވޭނީ ހަމަ އެހެން… މިޝާލް އެރޭ ބުނި ގޮތަށް ބުނެފިއްޔާ އަހަންނަށް ހަމަ ދެކޮޅު ހެދޭނީ، ދައްތަ އެގޮތަށް މަޖުބޫރު ކޮށްފިއްޔާ އަހަންނަށް ހަގީގަތް ނޭނގޭހާ އިރަކު ޒިހާން ދޫކޮށްލާފަ މިޝާލްއާ އިންނަން އެއްބަސް ވެވޭނެ…

އެއީ އަހަރެންގެ މިޒާޖު… އަހަންނާ މިޝާލް ކިހާ ތަފާތު؟ އަހަރެން މިޝާލްއާ އިނީ ރީތިކޮށް އުޅެން، އެކަމަކު މިޝާލް އިނީ އަހަރެން އެހެން ބުނީތީ… ތުއްތަވެސް ކިހާ ތަފާތު؟ އެހެރީ އޭނަވެސް ކަންތައް ކުރި ގޮތް… ބައެއް ފަހަރު ހިތަށް އަރާ ތުއްތައާ ދޮންބެއާ ދޮންތައާ އެއީ ހަމަ އެކަކުގެ ދަރިން ބާއޭ…؟ ހަމަ އެހެން މިޝާލްވެސް…” ދެފަރާތަށް ބޯހަލުވާލަމުން އަނޫޝާ ހީލިއެވެ. ނަމަވެސް އެހުނުމުގައި ވި ރިހުން މިޝާލްއަށް އިހުސާސް ކުރެވުނެވެ.

“އަދިވެސް އަހަރެން މިހިރީ މިޝާލްއާ އެކީ އުޅެން ތައްޔާރަށް… މިދަރިފުޅަށް ޓަކާ…” އަނޫޝާ ބަނޑުގައި އަތް ޖައްސާލިއެވެ. “ދެންވެސް ތީ އަހަރެންގެ ފިރިމީހާ ކަން ދަންނާނަން… މިޝާލް ބުނާ އެއްވެސް ކަމަކަށް ދެކޮޅެއް ނަހަދާނަން. މި ދަރިފުޅަށް ދެރަ ގޮތެއް ނުވާނެ ކަން އެނގޭހާ ދުވަހަކު މިޝާލްއާ ދެކޮޅަށް އެއްވެސް އެއްޗެއް ނުބުނާނަން، ޝަކުވާއެއްވެސް ނުކުރާނަން… އެކަމަކު… މިކައިވެންޏަށް ދެވަނަ ކުއްޖަކު އުފަން ކުރާކަށް އަހަރެން ބޭނުމެއް ނޫން… އެއީ އަހަރެންގެ ހަމައެކަނި އެދުމަކީ” އަނޫޝާ މިޝާލްއަށް ބަލާލިއެވެ.

“އަހަރެން ދުވަހަކުވެސް ދެން އަނޫއަށް އަނިޔާއެއް ނުކުރާނަން… އަނޫ ދެރަވާ ކަހަލަ ކަމެއް ނުކުރާނަން… ދެން އެހެން އަންހެނަކާ ދިމާއަށް ބަލާލާކަށްވެސް ބޭނުމެއް ނޫން… އަނޫ ބޭނުން ވަނީ ތިގޮތް ކަމަށް ވަންޏާ އަހަންނާ އަނޫގެ ލޯބިލޯބި އެންމެ ކުއްޖަކު އަހަންނަށް ފުދޭ… ހެޔޮ ނުވާނެ އަނޫ، އަހަންނަށް މާފު ކުރޭ… އަދި އެއް ޗާންސް ދީ… އަހަރެން އަނޫ ދެކެ ލޯބިވާކަން ސާބިތު ކޮށްދޭން އަހަންނަށް ޗާންސެއް ދީ… ޕްލީޒް، އަހަރެން ވަރަށް ލޯބިވޭ އަނޫ ދެކެ، އަހަރެން ބޭނުން ވަނީ އަނޫގެ ހިތުގައިވާ ހުރިހާ ޝަކުވާއެއް އަހަރެންގެ ލޯބިން ފޮހެލަން… އެހެން ހުރިހާ ކަމެއް ހަނދާން ނެތޭ ވަރަށް އަނޫއަށް ލޯބި ދޭން އަހަރެން ބޭނުން ވަނީ….” މިޝާލް ހިތާހިތުން ބުނަމުން ދިޔައެވެ. ނަމަވެސް އެންމެ ލަފްޒެއްވެސް ދުލަކުން ނުބުނެއެވެ. މިޝާލް ބުނާ އެފަދަ އެއްވެސް ވާހަކައެއް އަނޫޝާ ގަބޫލެއް ނުކުރާނެއެވެ. މިޝާލް ކަންތައް ކޮށްފައި ވަނީ އޭނަ ބުނާ އެއްޗެއް އަނޫޝާއަށް ގަބޫލު ކުރެވޭނެ ފަދަ ގޮތަކަށް ނޫނެވެ.

“އަހަރެން ދެން އެއްވެސް ކަމަކަށް އަނޫއަށް ފޯސްއެއް ނުކުރާނަން، އަނޫ ޕްރެގްނަންޓް ކަން އަހަންނަށް އެނގުނު ރޭވެސް އަހަރެން ބުނީމެއްނު ދެން އަހަރެން އަނޫއަށް ހަރޓް ވާކަހަލަ ކަމެއް ނުކުރާނަމޭ؟ އެއީ ދޮގެއް ނޫން… ދެން މިކަންތައް… އަހަރެން ހިއެއް ނުކުރަން މިހެން ވެދާނެ ކަމަކަށް… މީ އަނޫއަށް މިކަން އެނގެން އަހަރެން ބޭނުންވި ގޮތެއް ނޫން…” މިޝާލްއަށް އެވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ. އޭނަ ބޭނުންވީ ހުރިހާ ކަމެއް ދެން އަނޫޝާއާ ހިއްސާ ކުރާށެވެ. އެއްވެސް ކަމެއް ސިއްރު ކުރާކަށް ދެން ބޭނުމެއް ނޫނެވެ.

އަނޫޝާއާ މެދުގައި ހިތުގައިވާ އިހުސާސްތައް ފޮރުވައިގެން ހުރެ އެހެން ވާހަކަތައް ދެއްކުން މިޝާލްއަށް ވީ އުނދަގޫ ކަމަކަށެވެ. ނަމަވެސް އަދި ޖެހޭނީ ކެތް ކުރާށެވެ. ކޮންމެވެސް ދުވަހަކުން އަނޫޝާ ދެކެ ލޯބިވާކަން މިޝާލް އަންގާނެއެވެ. ނަމަވެސް އަދިއެއް ނޫނެވެ. ލޯބިވާކަން ފާޅު ކުރުމުގެ ކުރިން ޖެހޭނީ އިތުބާރު ހޯދާށެވެ.

“އަހަންނަށް އެނގެން ބޭނުންވި ގޮތެއް ނޫނޭ؟ ވަކި ގޮތަކަށް އަހަންނަށް އަންގަންތަ މިޝާލް ނިންމައިގެން ހުރީ؟ ހެޔޮ ދެން… އަހަރެން އިތުރަށް މިކަމާ ވާހަކަ ދައްކާކަށް ބޭނުމެއް ނޫން… އެނގެން ވާވަރަށް އަހަންނަށް އެނގިއްޖެ…” އަނޫޝާއަށް މިޝާލްއާ ވާހަކަ މިދެއްކެނީ ކުރިން ދުވަހަކުވެސް މީހަކާ ވާހަކަ ދައްކާފައިވާ ގޮތަކަށް ނޫންކަން އަނޫޝާއަށްވެސް އެނގެއެވެ. މިއަދު އަނޫޝާއަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. އެކަމުގެ ސަބަބަކީވެސް މިޝާލްއެވެ. މިޝާލްއާ ޝަމްހާއެވެ.

އެވަރަށް ބުނެފައި އަނޫޝާ ތެދުވިއެވެ. ނަމަވެސް މިޝާލް އަނޫޝާގެ އަތުގައި ހިފެހެއްޓިއެވެ.

“އަނޫ… އަހަރެން ބަދަލު ވާން އެބަ މަސައްކަތް ކުރަމޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟” އަނޫޝާގެ އަތުން ދޫކޮށް ނުލާ ތެދުވެފައި މިޝާލް އަނޫޝާގެ ލޮލަށް ބަލާލަމުން ސުވާލު ކުރިއެވެ.

“މިޝާލް ބުނެފިއްޔާ…” އަނޫޝާ ޖަވާބު ދިން ގޮތުންވެސް އެކަން ގަބޫލު ނުކުރާކަން މިޝާލްއަށް އެނގުނެވެ.
“އަހަރެން ބުނެގެނެއް ނޫން… އަނޫ އަމިއްލައަށް ވިސްނާފަ ބުނެބަލަ… ގަބޫލު ކުރެވޭނެތަ؟” މިޝާލް އަނެއްކާވެސް އެހިއެވެ. ހީވީ އަނޫޝާގެ ޖަވާބު މިޝާލްއަށް ވަރަށް މުހިންމު ވާހެންނެވެ.

“އަހަރެން ހީކުރީ މިޝާލް ބަދަލު ވަނީ ކަމަށް… މަސައްކަތް ކުރާ ކަމަށް… އަހަންނަށް ޓަކާ ނޫނަސް މިޝާލްއަށް ލިބެން އުޅޭ ދަރިފުޅަށް ޓަކާ… އެރޭ އަހަރެން މިވާހަކަ ބުނީމަ މިޝާލް އުފާވި ކަމަށް އަހަރެން ހީކުރީ… އެކަމަކު މިދަރިފުޅަށް ޓަކާ މިޝާލް ކީއްވެ ބަދަލު ވާންވީ؟ މީ މިޝާލްއަށް އާ ކަމެއް ނޫން… އެހާ މުހިންމު ކަމެއްވެސް ނޫން… މިޝާލްގެ ދަރިއަކަށް ބަލިވެ އިނީ އަހަރެން އެކަންޏެއް ނޫން…” އަނޫޝާ ހުރީ އެފަދަ އެއްޗެއް މިޝާލް ކައިރީ ބުނާކަށް ނޫނެވެ. އެއްވެސް ޝަކުވާއެއް މިޝާލް ގާތު ކުރާކަށް ނޫނެވެ. ނަމަވެސް ގަސްތަކާ ނުލާ ބުނެވުނީއެވެ.

“އެކަމަކު އަހަންނަށް ފުރަތަމަ ތިހަބަރު ދިނީ އަނޫއޭ… އަނޫއަކީ އަހަރެންގެ ފުރަތަމަ ދަރިފުޅުގެ މަންމައޭ…” މިޝާލް ބުނަން ފެށިއެވެ. ނަމަވެސް މިޝާލް ބުނަން އުޅުނު ހުރިހާ އެއްޗެއް އަޑު އަހާކަށް އަނޫޝާ ބޭނުމެއް ނުވިއެވެ.

މިޝާލްގެ އަތުތެރޭން އަތް ނައްޓުވާލާފައި އަނޫޝާ ދުރަށް ޖެހިލިއެވެ.

“ކާން ހަދަން މިދަނީ… މިޝާލް އާދޭ ތިރިއަށް…” އަނޫޝާ ދޮރާ ހަމައަށް ގޮސްފައި އެނބުރި ބަލާލަމުން ބުންޏެވެ.

އަނޫޝާ ނިކުމެ ދޮރު ލައްޕާލުމުން މިޝާލްއަށް މޫނާއެކު ބޮލުގެ އިސްތަށިގަނޑުގައި ދެއަތް ހިންގާލެވުނެވެ. ބޯހާސް ވަމުން ދިޔައީ ދެން ހަދާނެ ގޮތެއް ނުވިސްނުމުންނެވެ. ހިތަށް ތަދުވަމުން ދިޔައީ އަނޫޝާ ބުނި ކޮންމެ ބަހެއްގެ ފަހަތުގައިވި ވޭނާ ރިހުން އިހުސާސް ކުރެވޭތީއެވެ.

މިޝާލް އިސް އުފުލާލުމާއެކު ޑްރެސިންގޓޭބަލްގެ ލޯގަނޑުން އަމިއްލަ ސޫރައާ ހަތަރުކަޅި ހަމަވިއެވެ. މިޝާލް ރުޅިއައީ ކުއްލިއަކަށެވެ. އިތުރު ވިސްނުމަކާ ނުލާ ހަތަރު ފިޔަވަޅުން އެލޯގަނޑާ ހަމައަށް މިޝާލްއަށް ދެވުނީ އައިސްފައި ހުރި ރުޅީގައި ކޮންމެވެސް އެއްޗަކަށް ގެއްލުން ދިނުމުގެ ނިޔަތުގައެވެ. ނަމަވެސް ޑްރެސިންގޓޭބަލްއާ އަރާ ހަމަވުމާ އެކު ފުރަތަމަވެސް މިޝާލްގެ ލޮލުގައި އަޅައިގަތީ އަނޫޝާ ބަހައްޓާފައި ހުރި ބޮޑީސްޕްރޭ ފުޅިއެވެ. އެއާއެކު އެރޭގެ ހަނދާން ވިއެވެ. އައި ރުޅި އެކީ ފިނިވިއެވެ. ހަމަ ވިސްނުން ވިސްނެން ފެށިއެވެ.

މިޝާލް ޖެހޭނީ ކެތްތެރި ވާށެވެ. ހިތުގައި އަނޫޝާއަށް ޓަކާ ވާ އިހުސާސްތައް އަނޫޝާއަށް އަންގައިދެވޭނީ އެކަމަށް ވަގުތު ދީގެންނެވެ. އަނޫޝާ މިޝާލްއާ މެދު ދެކޭ ގޮތް ބަދަލު ކުރުމަށް އަނޫޝާއަށް ވަގުތު ބޭނުން ވާނެއެވެ. ހަމަ ހުރެލާފައި ބުންޏަކަސް އަނޫޝާއަކަށް ގަބޫލެއް ނުކުރެވޭނެއެވެ.

އެހެން ނަމަވެސް މިޝާލް އަނޫޝާ ދެކެ ލޯބިވާކަން އަނޫޝާއަށް އަންގާނެއެވެ. އަމަލުންނެވެ. އަނޫޝާގެ އިތުބާރު މިޝާލް ހޯދާނެއެވެ. މިޝާލްގެ ކިބައިގައި ހުރި ކޮންމެ ގޯސް ސިފައެއް ބަދަލު ކުރާނެއެވެ. ހަރުދަނާ މީހަކަށް ވާނެއެވެ. އަނޫޝާގެ ލޯބި ހައްގު މީހަކަށް މިޝާލް ވާނެއެވެ.

ނަމަވެސް…. އަނޫޝާގެ ހިތް މިޝާލްއަށް ކާމިޔާބު ވާނެ ހެއްޔެވެ؟ އެހިތުން ޒިހާންގެ ލޯބި ފޮހެލުމުގައި މިޝާލްއަށް ކާމިޔާބު ހޯދޭނެ ހެއްޔެވެ؟ ދިރިއުޅުމުގައި އަނޫޝާއަށް ހައްގު ހުރިހާ އުފަލެއް މިޝާލްގެ ފަރާތުން އަނޫޝާއަށް ލިބިދާނެ ހެއްޔެވެ؟

އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި މިޝާލް ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. މިޝާލް ބަލާލި އިރު ޒަރީރު ދޮރު ކައިރީގައި ހުއްޓެވެ.

“ބައްޕާ…” މިޝާލްއަށް ގޮވާލެވުނެވެ.

“ކިތައް ދިރިއުޅުމާތަ މިޝާލް ތިގޮތަށް ކުޅޭނީ؟ ކިތައް ކުދިންގެ ހަޔާތް ބަރުބާދު ކޮށްފަތަ ހުއްޓާލާނީ؟ ޝަމްހާ ކަހަލަ ކިތައް ކުދިން އަދި އެގޮތަށް މިގެޔަށް އަންނާނެތަ މިޝާލް؟” ރުޅި އައިސްފައި ހުރި ޒަރީރު ވާހަކަ ދެއްކީ މަޑުން ނަމަވެސް އަޑުގައި ވަނީ ހަރުކަށި ކަމެވެ.

މިޝާލް އެއްވެސް އެއްޗެއް ނުބުނެ ހުއްޓެވެ.

“ޝަމްހާ ބަލިވެ އިނީ މިޝާލްގެ ކުއްޖަކަށް ކަމަށް ވަންޏާ މިޝާލް ޖެހޭނެ އޭނަޔަށް އެހީވާން. އެހާލުގަ އޭނަ ދޫކޮށްލައިގެން ނުވާނެ” ޒަރީރު ބުނަން އައި ވާހަކަ ބުންޏެވެ.

“އެކަމަކު އަނޫ—” މިޝާލް އެއްޗެއް ބުނަން އުޅުނެވެ.

“އަނޫ ވަރި ކުރާށެކޭ އަހަރެން ނުބުނަން، އަހަރެން އެކަކަށްވެސް ދެރައެއް ދޭކަށް ބޭނުމެއް ނޫން… ޝަމްހާ އެކަން ކުރީ ކޮންމެ ބޭނުމެއްގަ ވިޔަސް އެއީ މިޝާލްގެ ދަރިއަކަށް ވަންޏާ ތިހެން ހަދާކަށް އަހަންނަކަށް ދޫކޮށްލައިގެން ނުހުރެވޭނެ… އަނޫއަކީ ގޯސް ކުއްޖެއް ނޫން، އެއީ ވިސްނޭ ކުއްޖެއް… މިޝާލް އޭނަ ވަރި ކުރަން ބޭނުން ނުވަންޏާ އޭނައަށް ވިސްނައިދީ. މިހުރިހާ ދުވަހު މިޝާލް އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްލައިގެން އަހަރުމެން ތިބީ، އެކަމަކު މީ އެހާ ފަސޭހައިން ދޫކޮށްލެވޭނެ ކަމެއް ނޫން… ތިމާ ކުރި ކަމެއްގެ ޒިންމާ ނަގަން ފަސް ޖެހިގެން ނުވާނެ” ޒަރީރު ބުނަން ބޭނުންވި ވާހަކަ ބުނެފައި އެކޮޓަރިން ނިކުތެވެ.

ދިރިއުޅުމުގައި މިހާތަނަށް ވިސްނަމުން އައި ގޮތާ މިހާރު މިޝާލް ވިސްނާ ގޮތް ވަރަށް ތަފާތެވެ. ޝަމްހާގެ ފަރާތުން އޭނަ އިން ހާލަތު އެނގުމުން މިޝާލް ފުރަތަމަވެސް ވިސްނީ ޝަމްހާއާ ކައިވެނި ކުރާށެވެ. ނަމަވެސް އެވިސްނުން ބަދަލުވީ އަނޫޝާގެ ނިންމުން އަޑު އިވުމުންނެވެ. ކޮންމެ ހާލެއްގައި ވިޔަސް އަނޫޝާއާ ދުރުވާން ދެން ބޭނުން ނުވާތީއެވެ. ނަމަވެސް އަނެއްކާވެސް މިޝާލްގެ ވިސްނުން ބަދަލުވީ ޒަރީރު ވިސްނައި ދިނުމުންނެވެ.

ޒަރީރު އެބުނީ ތެދެކެވެ. ޝަމްހާގެ ބަނޑުގައި އެވަނީ އަމިއްލަ ދަރިއެއް ކަން އެނގިހުރެ އެއްވެސް ކަމެއް ނުކޮށް މިޝާލްއަކަށް ނުހުރެވޭނެއެވެ. އެކުއްޖާއަށްވެސް މިޝާލްގެ ހަޔާތުން ޖާގަ ދޭން ޖެހޭނެއެވެ.

 

އެރޭ ހަތަރުދަމު މިޝާލް ވިސްނީ އެކަމާއެވެ. އަނޫޝާގެ ނިންމުން ބަދަލު ކުރަން ބުނާނެ އެއްޗަކާ މެދުގައެވެ. ކޮންމެ ގޮތެއް ވިޔަސް އަނޫޝާ ދޫކޮށްލާކަށް މިޝާލް ބޭނުމެއް ނޫނެވެ. ފަތިހު ފަހެއް ޖަހަން އުޅެނިކޮށް ނިދުނު އިރުވެސް އަނޫޝާ ގާތު ބުނާނެ ގޮތެއް މިޝާލްގެ ވިސްނުމަކަށް ނައެވެ.

 

ނިދަން އޮތް އިރު އަނޫޝާއަށް ވިސްނެނީ އެދުވަހު ހިނގާ ދިޔަ ކަންތައްތަކާ މެދުގައެވެ. ޝަމްހާއާ ޝަރީފާ ކަންތައް ކުރި ގޮތާ މެދުގައެވެ. ޝަމްހާ އަނޫޝާ ދެކެ ރުޅި އަންނަކަން އެނގުނު ނަމަވެސް އަނޫޝާއަށް ދެރައެއް ދިނުމަށްޓަކާ އަމިއްލައަށް އެވަރުގެ ކަމެއް ކުރަން ޝަމްހާއަށް ކެރުނީތީ އަދިވެސް އަނޫޝާ ހައިރާން ވެއެވެ. އެހާ ވަރަށް އެމީހުން އަނޫޝާ ދެކެ ރުޅި އަންނަން އަނޫޝާއަށް ކުރެވުނީ ކޮން ކަމެއް ބާއޭ އަނޫޝާ އަމިއްލަ ހިތާ އެތައް ފަހަރަކު ސުވާލު ކުރިއެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ.

ދެން ހުރީ މިޝާލްއެވެ. މިޝާލްއަކީ އަނޫޝާއާ ކައިވެނި ކުރުމުގެ ކުރިންވެސް އެހެން އުޅޭ މީހެއްކަން އަނޫޝާއަށް އެނގެއެވެ. ކައިވެނީގެ ފަހުން އެފަދަ ވާހަކައެއް އަޑު އަހާފައި ނެތަސް، އަދި އެފަދަ ކަމެއް މިޝާލް ކުރާހެން އަނޫޝާއަށް ހީވެފައި ނެތަސް، ޝަމްހާ އަމިއްލައަށް މިޝާލްގެ ދިރިއުޅުމަށް އެގޮތަށް ވަންނަން މަސައްކަތް ކޮށްފި ނަމަ އެކަން ކާމިޔާބު ނުވެ ނުދާނެކަން އަނޫޝާއަށް އެނގެއެވެ. އެދެމީހުން ކުރެން އެކަކީވެސް އަނޫޝާއާ މެދު ވިސްނާނެ މީހެއް ނޫނެވެ. ވީއިރު އެފަދަ ކަމެއް ކުރުމުގެ ކުރިން ވިސްނަންވީ ކޮން ކަމަކާ ހެއްޔެވެ؟ ނަމަވެސް އެކަމުން ނިކުމެދާނެ ނަތީޖާއަކާ މެދުވެސް އެދެމީހުން ނުވިސްނީ ހެއްޔެވެ؟ މިޝާލް އެކަމާ ނުވިސްނިޔަސް ޝަމްހާއަށްވެސް އެކަން ބޮޑު ކަމަކަށް ނުވީތީ އަނޫޝާ ހައިރާން ވިއެވެ.

ޝަމްހާއަށް ލިބެން އުޅޭ ދަރިފުޅާ މެދުވެސް އަނޫޝާއަށް ވިސްނުނެވެ. އެވަގުތު އައިސްފައި ހުރި ރުޅިންނާ ދެރަވީ ވަރުން އަނޫޝާއަށް ނިންމުނީ އެންމެ ރަނގަޅު ނިންމުމެއް ބާއޭ އެވަގުތު އަނޫޝާއަށް އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ. މިޝާލްއާ ޝަމްހާ ކުރި ކުށެއްގެ ނަތީޖާއަކަށް ވީ އެކުއްޖާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އަނޫޝާއަށް ލިބެން އުޅޭ ދަރިފުޅުގެ ބައްޕައަކީ މިޝާލްއަށް ވީ ފަދައިން އެކުއްޖާގެވެސް ބައްޕައަކީ ހަމަ މިޝާލްއެވެ. ވީއިރު އެކުއްޖާއަށް މިޝާލްގެ ލޯތްބާ އަޅާލުން ހައްގު ނުވޭ ހެއްޔެވެ؟

މިޝާލްގެ ބޭވަފާތެރިކަން އަނޫޝާއަށް އެނގުނު ފަހުންވެސް މިޝާލްއާ ވަކި ނުވުމަށް އަނޫޝާ ނިންމި އެންމެ ބޮޑު ސަބަބަކީ އަނޫޝާއަށް ލިބެން އުޅޭ ދަރިފުޅެވެ. އެދަރިފުޅު ބޮޑު ވަމުން އަންނަ އިރު ބައްޕައެއްގެ ލޯތްބާ އެކީ ބޮޑުވުމަށް އެދެވޭތީއެވެ. ވީއިރު ޝަމްހާގެ ދަރިފުޅަށްވެސް އެލޯބި ބޭނުން ނުވާނެ ހެއްޔެވެ؟

އެއްވެސް ކުށެއް ނެތް މައުސޫމް ކުއްޖަކަށް ހައްގު ލޯތްބާ އަޅާލުމުން އެކުއްޖާ މަހުރޫމް ކުރުމަށް އަނޫޝާއަށް އޮތީ ކޮން ހައްގެއް ހެއްޔެވެ؟ އަނޫޝާގެ ސަބަބުން އެފަދަ ކަމެއް ދިމާވުމުން އަނޫޝާއަށް ހިތްހަމަ ޖެހިގެން ހުރެވިދާނެ ހެއްޔެވެ؟

އަނޫޝާއަށް ނިދުނީ އެކަމާ ގޮތެއް ނިންމުނު ފަހުންނެވެ.

 

ހަތެއް ނުޖަހަނީސް ހޭލެވުނު ނަމަވެސް އަނޫޝާ ކޮޓަރިން ނިކުތީ އަށެއް ޖެހި ފަހުންނެވެ. ސިޑިއާ ދިމާއަށް އަނޫޝާ ދިޔައިރު ނަސީރާ މައްޗަށް އަރާތަން ފެނުމުން އަނޫޝާ މަޑުކޮށްލިއެވެ.

“އަނޫ… ތިއަންނަނީ ދޯ؟ މަންމަ ހީކުރީ އަދި ހޭނުލެވެނީ ކަމަށް، އެހެންވެ ގޮވަން މިދަނީ” ނަސީރާ އަނޫޝާ ފެނުމުން ބުންޏެވެ.

“ހޭލައިފިން… އެކަމަކު ސައި ހަދާ ނިމުނީމަ އަންނަން ވެގެން އިނީ، އެންމެން ގޮއްސި ދޯ މިހާރު؟” ނަސީރާގެ ފަހަތުން ފައިބަމުން އަނޫޝާ އަހާލިއެވެ.

“އާނ، ހިނގައްޖެ. އަނޫ ދެން ހިނގާ ސައިބޯން، މިހާރުވެސް މާލަސް ވެއްޖެ” ނަސީރާ ލޯތްބާއެކު ބުންޏެވެ.

“މަންމަ ސައި ބޮއެފިންތަ؟” ނަސީރާ ހުންނާނީ ސައި ނުބޮއެ ހެން ހީވާތީ އަނޫޝާ އަހާލިއެވެ.

“އަނޫއާ އެކީ ސައިބޯން މަޑުކޮށްލީ” ހީލަމުން ނަސީރާ ބުންޏެވެ.

އަނޫޝާ އަވަހަށް އިށީނެވެ. ސައި ބޮއެގެން އަނޫޝާ މެންދުރަށް ކައްކަން ނަސީރާއަށް އެހީ ވެދީފައި ކޮޓަރިއަށް ދިޔައިރު ދިހަގަޑި ބައިވީއެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ހޭލެވުނު މިޝާލް އޭރު ވީ ފާހާނާގައެވެ. އަނޫޝާ އެނދުމަތި ރީތި ކުރަން ހުއްޓާ މިޝާލް ފެންވަރައިގެން ނިކުތެވެ.

މިޝާލް އަނޫޝާއަށް ބަލާލާފައި ގޮސް ޑްރެސިންގޓޭބަލް ކައިރިއަށް ހުއްޓި އަތުން އިސްތަށިގަނޑުގައި ހުރި ފެންތައް ފޮޅާލިއެވެ. އެނދު ކައިރީގައި ހުރި އަނޫޝާގެ ގަޔަށް ފެން ބުރުމުން އަނޫޝާ މިޝާލްއަށް ބަލާލާފައި އެއްޗެއް ނުބުނެ އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދިޔައެވެ.

“ސައެއް ނުބޮންތަ؟” މިޝާލް ސޯފާގައި އިށީނދެ ޓީވީ ހުޅުވާލުމުން އަނޫޝާ އެހިއެވެ.

“ނެތް ސައިބޯ ހިތެއް…” މިޝާލް ބުންޏެވެ. ޓީވީ ބަލަން އިން ނަމަވެސް މިޝާލްގެ ސިކުނޑި ވަށާލާފައި ވަނީ އެހެން ޚިޔާލުތަކެކެވެ. އިއްޔެގެ ކަންތަކެވެ. އަނޫޝާގެ ނިންމުމާ ޒަރީރު އައިސް ދެއްކި ވާހަކައެވެ.

“މިޝާލް…” އަނޫޝާ އިރުކޮޅެއް ފަހުން އައިސް ސޯފާ ކައިރީގައި ހުއްޓެމުން ގޮވާލިއެވެ.

މިޝާލް އަނޫޝާއާ ދިމާއަށް ބަލާލިއެވެ.

“މިޝާލް ތުއްތައާ އިނދޭ” އަނޫޝާ ބުންޏެވެ.

“ކީކޭ…؟” މިޝާލްއަށް ގަބޫލެއް ނުކުރެވުނެވެ.

“މިޝާލް ތުއްތައާ އިންނާށޭ” އަނޫޝާ ތަކުރާރު ކޮށްލިއެވެ.

“އެކަމަކު އަނޫ…” މިޝާލްއަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަހަރެން ގަބޫލު، އަހަންނަށް ހެޔޮ” އަނޫޝާ ބުންޏެވެ.

“ތިބުނީ…؟ އަހަރެން ދެއަނތްބަށް ޝަމްހާއާ އިނަސް ހެވޭތަ؟” އަނޫޝާ އެކަމަށް އެހާ ފަސޭހައިން އެއްބަސް ވީތީ އަދިވެސް އެކަން ގަބޫލު ކުރަން މިޝާލްއަށް އުނދަގޫ ވިއެވެ. އިއްޔެ އަނޫޝާ އޭނަގެ ނިންމުން އެންމެންނަށް އިއްވި އަޑު އަދިވެސް މިޝާލްގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ.

އަނޫޝާ ބޯޖަހާލިއެވެ.

“ކީއްވެ އަނޫ؟” މިޝާލް ސޯފާއިން ތެދުވެފައި އެހިއެވެ.

“އެއީވެސް މިޝާލްގެ ކުއްޖެއް، އަހަންނާ ހެދި އެހެން އެއްވެސް ފަރާތަކަށް ދެރަ ގޮތެއް ވާކަށް އަހަރެން ބޭނުމެއް ނޫން… އިއްޔެ އައިއްސަ ހުރި ރުޅިން އެހެން ބުނެވުނީ، އެކަމަކު މިހާރު އަހަރެން އެނިންމުން ބަދަލު ކޮށްފިން، މިޝާލް ތުއްތައާ އިނދޭ” އަނޫޝާ ބުންޏެވެ.

“އަނޫ…” މިޝާލް އަނޫޝާއާ ދިމާއަށް ފިޔަވަޅެއް އަޅާލަމުން ގޮވާލިއެވެ. ނަމަވެސް ބުނަން ބޭނުންވި އެއްޗެއް ބުނެފައި އަނޫޝާ ކޮޓަރިން ނިކުތެވެ.

 

“މިޒޫ ބުނާނެ އޭނަ ބަދަލު ވެއްޖެޔޭ… އެހެން ބަދަލު ވުމަށް ވުރެން ރަނގަޅު ވާނެ ނުވިޔަސް” ކުރީރޭ ގެޔަށް އައި ފަހުން މިޒްނާމެން ގޭގައި ހިނގި ކަންތަކާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ނުބުނެ ހުރެފައި ޝިޔާޒް އެހެން ބުނީ އަނެއް ދުވަހު އޮފީހުން އައި ފަހުންނެވެ.

“ކީކޭ؟” ކުއްލިއަކަށް ޝިޔާޒް އެވާހަކަ ފެށުމުން މިޒްނާއަކަށް ނުވިސްނުނެވެ.

“މިޒޫގެ ދޮންބެ…” ޝިޔާޒް ބުންޏެވެ.

މިޒްނާ އެއްޗެއް ނުބުނެ ހުއްޓެވެ.

“މިޒޫ ހަނދާން ވޭތަ؟ އަހަރެން ބުނީމެއްނު ކޮންމެ ގޮތެއް ހަދާފަ ވިޔަސް މިޝާލްގެ ކިބައިން އަނޫ ސަލާމަތް ކުރާނަމޭ؟” ޝިޔާޒް އެހިއެވެ.

މިޒްނާ ބޯޖަހާލިއެވެ.

“މިޒޫއަށް އެނގޭ ދޯ އަހަންނަށް އަނޫއާ ޝައު އަދި ޝަމްކޮގެ މެދުގަ އެއްވެސް ތަފާތެއް ނެތް ކަން؟ އެއީ ޝައު ނޫނީ ޝަމްކޮ ނަމަވެސް އެކަހަލަ މީހެއްގެ ފަރާތުން އެމީހުންނަށް އެކަހަލަ އަނިޔާއެއް ލިބޭތަން ބަލާކަށް އަހަންނަކަށް ނުހުރެވޭނެ…” ޝިޔާޒް ބުންޏެވެ.

އަނެއްކާވެސް މިޒްނާ ބޯޖަހާލިއެވެ. ޝިޔާޒް ހިތަށް އަރާނެ އެއްޗެހި މިޒްނާއަށް ވިސްނެއެވެ. މިޝާލް ދެކެ އަންނާނެ ރުޅިވެސް ވިސްނެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mar Sha
Follow Me Written By

Mar Sha

Level 10100 Stories10 Stories100 Comments500 Comments100 Login500 Login1K Comments

I love to read stories and that led to writing. I hope readers like my stories and I would love any feedback from readers that would help me improve my writing. Thank you!

Other Articles

Previous

ފުންއަސަރު 25

Next

މަންޝާ (އަށްވަނަ ބައި)

Next
April 14, 2016

މަންޝާ (އަށްވަނަ ބައި)

Previews
April 13, 2016

ފުންއަސަރު 25

33 Comments!

  1. n says:
    April 13, 2016 at 5:59 pm

    ❤???????????????????????????????????????????‍????????????????????✊???????✌???☝????????????????????????????????????????????????? NYC stry

  2. aff says:
    April 13, 2016 at 6:04 pm

    alhey .. dhen waani kihinehbaa .. ? .. story vrh habeyss

  3. aff says:
    April 13, 2016 at 6:05 pm

    n .. haadha wareh aruwaalaafa thihury .. ?

  4. rose says:
    April 13, 2016 at 6:13 pm

    Ekamaku anu dheanbah mishal aa ekkoh ? Noooo

  5. Kudaa says:
    April 13, 2016 at 6:14 pm

    Marsha ur superb author!! I loved ur stories!!!

  6. elsa says:
    April 13, 2016 at 6:16 pm

    nice me 1st

  7. roassy says:
    April 13, 2016 at 6:50 pm

    meehun naa medhu maa bodah visnaameehun nah kanthah kureveynee anu kanthah kuran ninmi gothah

  8. roassy says:
    April 13, 2016 at 6:53 pm

    mishal hen aharenge huxves aharenge mahchah hih badhaluvaanama kn fadha.bt its not so easy

  9. aff says:
    April 13, 2016 at 7:10 pm

    god bless u roasy ..☺ aameen

    1. roassy says:
      April 14, 2016 at 7:48 pm

      thanks aff.

  10. aff says:
    April 13, 2016 at 7:10 pm

    god bless u roassy ..☺ aameen

  11. mal says:
    April 13, 2016 at 7:27 pm

    evves kamakee nuvaane kameh noon… dhuaa kurey… insha allah kaamiyaabuvaane..

    1. roassy says:
      April 14, 2016 at 7:50 pm

      thanks mal. im trying my best

  12. anoo says:
    April 13, 2016 at 7:39 pm

    Kihineh anoo e hedhy. Adhivx v emeeehunnaa dheytherey visnantha? Dhn abadhu thihen ulhuneema kada ey mishal shamha yaa marry nukuriyas mishal ah shamha ge baby ah alhaaleveyne dho.. bt story vvvvv nice marsha. Keep it up.. ?

  13. Shaai says:
    April 13, 2016 at 11:17 pm

    Vvvvvvvvvv foohi. Kehvetha mishaal shamha a innanthi gaboolve meoh Anu moyagandu. Alhe dheraeh nuveytha amihlla firimiyha 2 myhunnah shear kuran. V foohi mishaal shamha a Merry kohfiyya. V foohi mebai.

  14. Yanaalee says:
    April 14, 2016 at 5:57 am

    Keep.it up. Story v salhi

  15. aish says:
    April 14, 2016 at 3:57 pm

    v nice mishaal ah anoo libigen nimaa laanee

  16. moyarahaaf says:
    April 14, 2016 at 4:14 pm

    kada

  17. aff says:
    April 14, 2016 at 6:47 pm

    marsha .. story up kohdhybah .. puleeez

    1. roassy says:
      April 14, 2016 at 8:33 pm

      affves waitinga dhw.me too

  18. aalaa says:
    April 14, 2016 at 7:43 pm

    Dhn mishaal shamha àa kaiveni kurun rangalhehnun …. aee haraam kameh cos she is preg. .. After her delivery alhan marry her…. dhuniyeyege ladhun salaamai kohdheyn anu gabool vegen kuriyas kaiveni sahha nuvaa kamah vanyaa ehvx beynumeh neh …. dhn maasha stry nice bt ekahala islaamee mujuthamau àa hulhuvaigen liyuny ma aslu adhi maa rythi vaane… 18 + jahaafa vahaka upload kuriyas 14 15 years ge kudhi vx kiyane aslu e kudhin nah e kahala goas kanthah thakah msg e dheveny ehnv mi bunely .. think hifaali gabool kuraane kamah. Vaahaka vrh nice… sifa kurun thah vx hama kiyaalaa iru vahaka therey ulheveynee hen hyvany……???????????

    1. roassy says:
      April 14, 2016 at 7:52 pm

      aalaa u r rite

  19. FR says:
    April 14, 2016 at 8:10 pm

    Thedheh thibuny … mishal nd shamha ge kaiveni sahha nuvaane shamha viheumuge kurin

  20. Loabivaa says:
    April 14, 2016 at 8:25 pm

    Bala adhi anoo ehen bunyas kaiveni kuraakah noolheyey. Ma mivaahaka keen. Meethi nimeynee varah nice koh

    1. SoMeOnE says:
      April 14, 2016 at 8:51 pm

      kn page akun kee buneba plxx

    2. Hooo says:
      April 14, 2016 at 8:56 pm

      Den allhey mishal marry kurey tha samha ah? Varah curious vey eba.

  21. aff says:
    April 14, 2016 at 8:59 pm

    alhey haadha lahey up waaleh .. ?

  22. Mar says:
    April 14, 2016 at 9:06 pm

    Marshaaaaaaaaaaaa avahah up kohdybala plxxxxxxxx

  23. Zaanaa says:
    April 14, 2016 at 9:58 pm

    Avahah up kohdeeba pls pls pls me story khon site akun tha kee bunedeeba pls

  24. aff says:
    April 14, 2016 at 10:08 pm

    plxxxx puleeeex plxxxx story up kohdheebah maarsha .. plx plx plx .. alhey .. kiyaa hithun keh madhu vefa mihury … plx ?

  25. roassy says:
    April 14, 2016 at 10:26 pm

    mirey haadha lahey

  26. aff says:
    April 14, 2016 at 10:55 pm

    maarsha baly thwhche .. noony bixy v ma thwhche .. ??

  27. Mar Sha Marsha says:
    April 14, 2016 at 11:38 pm

    Alheyyyyy m vvvv sorry las vma… but something came up… but will up tonight….. irukolheh dhen vaany…again vv sorry

Comments are closed.

Next Episodeމިހިތުގެ ލޯތްބޭ ތީ 20←


All Right Reserved!