Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 25

Ushaali Level 810 Stories100 Comments100 Stories500 Comments
April 13, 2016 7 Mins Read
24 Comments

ހިނގާ ދިޔަ ކަންތަކުން ލަތާ ބަލަނީ ކޮޓަރިން ވީހާ ވެސް ނުނިކުމެ ވޭތޯއެވެ. ޝިޔާރާ ގެއިން ނެރުމާއި ގުޅިގެން މުޅި ގޭތެރެ ވަނީ ގޮތަކަށް ބައިބައި ވެފައެވެ ލަތާ ނިއާ އާއި ވާހަކަދައްކާ ވެސް ނޫޅޭއެވެ. އެކަމާއި ނިއާ ދެރައެއް ނުވޭއެވެ. ނިއާ ދެކޭ ގޮތުގައި ޒޯހަންގެ ހަޔާތުން ޝިޔާރާގެ ބާބު ނިމުނީއެވެ.

 

އެހެންކަމުން ނިއާ ދެކޭ ގޮތުގައި އެގޭގައި މުސްތަގުބަލް މިހާރު އޮތީ ނިއާގެ އަތް މަތީގައެވެ. ރަނގަޅު ވަގުތެއް ބަލާފައި ޝިޔާރާގެ ވަރީގެ ވާހަކަ ޒޯހަން ކައިރީގައި ދައްކަން ނިއާ ހުރީ ނިންމައިގެންނެވެ. ޒޯހަންގެ ލޯބި ނޫނީ ނިއާ އަށް މުހިއްމު އެއްވެސް އެއްޗެއް ނެތެވެ. ޒޯހަން މިހާރު ހުރީ ޖާނުން ފިދާ ވާވަރަށް ނިއާ ދެކެ ލޯބިވެފައެވެ. ނިއާ އަށް ނުވިސްނުނު ތަންކޮޅަކީ ޒޯހަންގެ ލޯބި ނިއާ އަށް ކާމިޔާބު ވެފައި ވަނީ ގުރުޢާންގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ކަމެވެ.

އެނދުގައި އޮތް ޝިޔާރާގެ ބޮލުގައި ފިރުމަން އިން ހަރީރާ ސިހުނީ ގޭތެރެ މާބޮޑަށް އަޑު ގަދަވުމުންނެވެ. ޝަޒަންގެ އެކުވެރި ޑޮކްޓަރެއް އައިސް ޝިޔާރާާ ބަލާފައި ދިޔަ ފަހުން އެންމެ ހިނދުކޮޅަކަށް ވެސް ހަރީރާ ޝިޔާރާ ކައިރިއަކުން ދުރަށް ނުދޭއެވެ. ހަރީރާގެ ހިތުގައި ވަނީ ޝިޔާރާ އާއި މެދު ބަޔާން ކުރަން ނޭނގޭ ލޯތްބެއް އުފެދިފައެވެ. ނިދިފައި އޮތް ޝިޔާރާގެ މޫނުގައި ފިރުމާލުމަށްފަހު ހަރާިރާ ތެދުވެގެން ސިޓިންގްރޫމަށް ނިކުތެވެ. އޭރު ޝިފްނީ މުޅި ގޭތެރޭގައި ހަޅޭއްލަވަނީއެވެ. އެއްޗެއްސަށް ގެއްލުން ވެސް ކުރަނީއެވެ. “ކީއްކުރަން މާމަމެން އޭނަ ދެކެ މާލޯބިން އެއުޅެނީ. ޝިނީ އެއް ނޫންތަ މީގޭ ދަރިއަކީ. އޭނަ ދާން އުޅުމުން ކީއްކުރަން ހިފެހެއްޓީ” ސާރާ ކުރިމަތީގައި ހުރެގެން ޝިފްނީ ހަޅޭއްލަވާ ހެދިއިރު ވެސް ސާރާ ހުރީ ޖެހި ބުދެއް ހެންނެވެ. “ތީ ކުރިން ދޮންބެމެން ދެކުނު ޝިފްނީ އެއް ނޫން. ޝިފްނީ މިހާރު ހާދަ ގޯހޭ. ތީ އިންސާނެއްތަ؟” ޝަޒަން ޝިފްނީ އަށް ބަވާލިއެވެ. “އޭރު ވެސް އެނގޭ ދޮންބެ މެންނަށް ގޯސް ވާނީ ޝިނީ ކަން. ދޮންބެ ކީއްކުރަން އެކަކު ވެސް މިހާރު ޝިފްނީ ދެކެ ލޯތްބެއް ނުވޭ. އާނ، އެހެއްނުވާނީ އެއީ ދޮންބެއްތަގެ ބެސްޓްފްރެންޑް ވިއްޔާ” ހަޅޭއްލަވަމުން ދިޔަ ޝިފްނީ އަނގަ މައިތިރިވީ އިބްރާހީމްގެ އަޑުންނެވެ. “ތީ އަހަރެމެން ދަރިފުޅު ޝިނީ އެއް ނޫން. ތިކަހަލަ ވިޔާނުދާ ދަރިއެއް އަހަރެމެންގެ ނުހުންނާނެ. ހުންނަ ގޮތްކުޑަކަން. ކަލޭ ކޮންތާކުން މީހުން ގަޔަށް ބޮލަށް އަރަން ދަސްކުރީ” އިބްރާހީމް ވެސް ރުޅި އައިސްގެން ރޫރޫ އަޅައެވެ. “މީހަކު އެއްޗެއް ނުބުނާ ވަރެއްނޫން މިހާރު. އެމަންޖެގެ ބަނޑުގައި އެވާ ދަރިފުޅަށް ގޮތެއް ވިއްޔާ އޭގެ ޒިއްމާ ޝިފްނީ އަށް ނެގޭނެތަ؟  އެނގޭތަ އެއީ ވެސް މީހެއްގެ ދަރިއެކޭ. އޭނާގެ މޭގެތެރޭގައި ވެސް ހިތެއް އޮންނަނީ” ހުރިހާ މީހުންގެ ނުރުހުމުގެ ބަސްތަކުން ޝިފްނީގެ ބޯހާސްވާން ފެށިއެވެ. “ހުރިހާ މީހުންނަށް ވެސް ގޯސް ވީ ޝިނީ. ޝިނީ ބޭނުމެއް ނޫން އޭނަ މިގޭގައި ހުންނާކަށް. މާމަމެން ނުބުނަންޏާ އަހަރެން ބުނެފާނަން އޭނަ ކައިރީގައި ދާށޭ. ޝިނީ ބުނެފާނަން ވަރަށް ރީތިކޮށް” ޝިފްނީ މަޑުމަޑުން ޝިޔާރާގެ ކޮޓަރިއަށް ވަންއިރު ޝިޔާރާ އަށް ހޭލެވެނީއެވެ. ކުރިމަތިން ޝިފްނީ ފެނުމާއެކު ޝިޔާރާ ދެރަވީ ވަރުން އިސްޖަހާލިއެވެ. އިސާހިތަކު ދެލޯ ކަރުނުން ބަރާވެ ރޮވުނީ މިފަހަރު ޝިފްނީ ދޫކޮށްލާނެ ތީރު ތަކުގެ ބުރަދަނެއް ނޭނގޭތީއެވެ. “ޝިނީ މިއައީ ބުނަން ކަލޭ ކައިރީ މިގެއިން ދާށޭ. މީ ޝިނީގެ މާމަ އާއި ކާފަގެ ގެއެއް. ދޮންބެދައްތަ ގެއެއް ނޫން މީ” އިސްޖަހާލައިގެން އިން ޝިޔާރާ މަޑުމަޑުން ތެދުވެ ހިންގައިގަނެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް އަރި އަޅާލުމުން އަލުން އެނދުގައި އިށީނެވެ. އޭރު ހާލާ ކޮޓަރިއަށް ވަންނަނީއެވެ. ދޮރުމަތީގައި އެހެންމީހުން އައިސް މަޑުކޮށްލަނީއެވެ. ” އަޑެއް ނީވުނު ދޯ. ނިކުންނާށޭ މިބުނީ” ޝިފްނީ ހިފީ ޝިޔާރާގެ އަތުގެ މުލައްދަނޑީގައެވެ. “ހެޔޮނުވާނެ ޝިނީ. ޝިޔާ މިގޭގައި ބައިންދަދީ. ދޮންބެދައްތައަށްޓަކައި” ޝިފްނީގެ ކޮނޑުގައި އަތް ބާއްވާލަމުން ހާލާ ބުނެލިއެވެ. “ޝަޓަޕް. މީ ދޮންބެދައްތަގެ ގެެއެއް ނޫނޭ އޭނަ މިގޭގައި ބަހައްޓަން” ހާލާ ރަކިވެގެން އިސްޖަހާލި ތަން ފެނުމުން ޝަޒަން ކުރިއަށް ޖެހިލާ ހާލާ ގަޔާ ކައިރިކޮށްލިއެވެ. “ޝިފްނީ… ހަނދާންކުރާތި! މީގެ ފަހުން ޝިފްނީގެ ދޮންބެއެއެއް ނުހުންނާނެ” ޝަޒަން ހުރީ ވަރަށް ރުޅި އައިއްސައެވެ. “ކިހިނެއްވެގެންތަ އެންމެން މިއުޅެނީ. މީ ކަލޭގެ ސަބަބުންވާ ކަންތައް” ކުއްލިއަކަށް ޝިފްނީ އެއްލި އަތުން ހިފީ ޝިޔާރާގެ ބޮލުގައި އިން ބުރުގާ ގައެވެ. އެއަށްފަހު ދަމައިގަންނަން ސިކުންތެއް ވެސް ނުނަގައެވެ. ނިއުޅިގެންދިޔަ ޝިޔާރާގެ ދިގު އިސްތަށިގަނޑު ފެނި ޝިފްނީ ހުއްޓުން އެރިއެވެ. ޝިޔާރާއަށް މޫނުގައި ދެއަތް އެޅުނީ ގަތް ލަދެއްގެ ބޮޑުކަމުންނެވެ. ޝަޒަން އަވަސް އަވަހަށް ފުރަގަސް ދިނެވެ. މޫސަ އާއި އިބާރާހީމް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ. ހާލާ އަވަސް އަވަހަށް ޝިޔާރާ ކައިރީ އިށީނދެ ބައްދާލިއެވެ. މިހުރިހާ އިރު ބުދެއް ހެން ހުރި ސާރާ އެތެރެއަށް ވަދެ ޝިފްނީގެ އަތުގައި ހިފައިގެން ބޭރަށް ދަމަމުން ކަހަލަ ގޮތަކަށް ނިކުތެވެެ. ހަރީރާ ގޮސް އިށީނީ ޝިޔާރާގެ އަނެއްފަރާތުގައެވެ. ތިން ފިރިހެނުން ބަހެއް ނުކިޔާ ސާރާ ފަހަތުން ގޮސް ވަނީ ޝިފްނީގެ ކޮޓަރިއަށެވެ. ޝިފްނީ ކޮޓަރި މެދަށް ހޫރާލުމާއެކު މަންމަ އަށް ބަލާލީ ދެލޯ ބޮޑުކޮށްލާފައެވެ. ސާރާ އާއި ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި ހުރި ޝިފްނީ މަޑުމަޑުން ކުރިއަށް އައިސް ސާރާގެ ކުރިމަތީގައި ހުއްޓުނެވެ. ރުޅި އައިސް ރަތް ވެފައި ހުރި ސާރާ ބަލާކަށް ނުކުރެ ޝިފްނީ ކަންފަތްފިލާ މަތީގައި ހޫނު އެތިފަހަރެއް އަޅާލީ ފަހަތުގައި ތިބި މީހުންނަށް ވެސް ބަލާ ނުލައެވެ. “މަންމާ” ބޮލަށް އެނބުރުން އަރާފައި ހުރި ޝިފްނީގެ އަނގައިން ނިކުތް ‘މަންމަ’ މި ލަފްޒުން ވެސް ސާރާ ހިތުގައި ޖެހުނެވެ. ޝިފްނީ އަށް ހާދަ ތަދުވާނެއެވެ. ތިރިއަށް އެވެއްޓުނު ގޮތުން ވެސް ތަދު ވާނެއެވެ. އެކަމަކު ސާރާ ކެއްކުރާނެއެވެ. އެދަރިފުޅަށް ރަނގަޅު މަގު ދެއްކުމަކީ މިއަދު ސާރާގެ މައްޗަށް ވާޖިބެކެވެ. ޝިފްނީ އަށް ރަނގަޅު ތަރުބިއްޔަތު ދިނުމުގައި ސާރާގެ އިހުމާލެއް ވާކަން މިއަދު ގަބޫލުކުރޭއެވެ. މި ދަނޑިވަޅުގައި ރަނގަޅު މަގަށް ޝިފްނީ ނުގެނެވުނިއްޔާ މާދަމާ މީހަކު މަރާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ސާރާ މިކަހަލަ ފިޔަވަޅެއް އެޅީ ނިކަން ވިސްނާފައެވެ. ރޮވެމުން ދިޔަ ޝިފްނީއަށް ނުބަލަން ސާރާ ވަރަށް މަސައްކަތްކުރިއެވެ. “މަށަށް މަންމަ ތިހާ މުޑުދާރު ދުލަކުން ކިޔައިގެން ނުވާނެ. ޝިފްނީ ތީ އަޅެ އިންސާނެއްތަ؟ ބަލަ އެއީ ވެސް ހަމަ ތިކަހަލަ އަނހެންކުއްޖެއް. އަދި އެއީ މާބަނޑު އަންހެނެއް. ހިތުގައި ރަހުމެއް ނެތަސް ތީ ފުކެއް ބޮޑުވަރު. ޝިފްނީ ދުނިޔެއަށް އުފަން ވުމާއެކު އަހަރެންގެ މިއަތު ތެރެއަށް އަރައިފި. އެންމެ ފުރަތަމަ މިއިނގިލީ ކުރި ހިފައިގެން ޝިފްނީ އެޅި ފިޔަވަޅު ވެސް ހުރީ ސީދަލަށް. މިއަދާއި ހަމައަށް އެފިޔަވަޅު ކަތި ވިޔަނުދިނުމަށްޓަކައި މަށަށް ކުރެވުނުހާ މަސައްކަތެއް ކުރަމުން މިއަންނަނީ. އެކަމަކު މިއަދު ފުރަތަމަ ފަހަރަށް ޝިފްނީ ސާބިތުކޮށްދިނީ ތީ އަހަރެންގެ އުފަން ދަރިއެއް ނޫންކަން. ޝިފްނީގެ ތިއަމަލާއި ދޭތެރެ ހަމަ ހައިރާންވަން. އެއަންހެންކުއްޖާއަކީ މިއަދު ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ ކުއްޖެއް ނޫނަސް ތިމޭގެ ތެރޭގައި އޮތް ކަހަލަ ހިތެއް އެމޭގެ ތެރޭގައި ވެސް ވޭ. އެހިތަށް ވެސް ތަދުވާނެ. މިއަދުު އެކުއްޖާއަށް ކިތަންވެ ވަރަކަށް ގައިގެ ތަނަކަށް ތަދުވިޔަސް ތިމަންނައަށް ތަދުވެޔޭ ނުބުނެވޭނެ. ބަނޑުހައިވިއްޔާ ތިމަންނަ ބަނޑުހައިވެޔޭ ވެސް ނުބުނެވޭނެ. އެކަހަލަ ކުދިންނަށް މިއަދު އެހެންމީހުންގެ އެހީތެރިކަން ބޭނުންވަނީ. ތިކަހަލަ ވިޔާނުދާ މީހުންގެ އަތުގެ ހަމަލާތަކެއް ނޫން. ތީ ހަމަ އިންސާނެއްގެ ސިފައިގާ ހުރި ނުބައި ޖިންނިއެއް. ނިކަން ހެއްދެވި ފަރާތަށް ބިރުވެތިވެބަލަ. އެކަލާނގެ ހުރިހާ ކަމެއް ދެނެވޮޑިގެންވާނެ. ބޭބެ ގެއިން ޒޯހަން އެވަރުގެ އަނިޔާ ކޮށްފައި އެމަންޖެ ގެއިން ބޭރަށްލީ. މިގެއިން ޝިފްނީ އެވަރުކޮށްފި. މިއަދު އެކުއްޖާ ދާނީ ކޮންތާކަށް. އެމާބަނޑު މީހާއަށް އަޅާލާނީ ކާކު؟ ޒޯހަން ފަދައިން ނުވަތަ ޝިފްނީ ފަދައިން މީގޭ ބާކީ ތިބި މީހުން ވެސް ވީ އޭނަ ތަޅާ މަރާ ދަމާ މިގެއިން ބޭރަށްލާންތަ؟ ބުނަންތަ! ޝިފްނީ ކަހަލަ އެހާ ހިތް ހަރު ބައެއް ނޫން ދެން މިގޭގައި ތިބީ. މިގެއިން ދަންޏާ ދާންޖެހޭނީ ޝިފްނީ. ޝިޔާރާ އެއް ނޫން. މަށަށް އެނގިފައިވާ ގޮތުން ކަލޭ ޝިޔާރާއަށް ނަފްރަތު ކުރަންފެށި ހިސާބަކީ ޒޯހަން ޝިޔާރާ އާއި ކައިވެނި ކުރި ހިސާބުން. ކޮންމެ ގޮތެއް ވިޔަސް މިހާރު އެކަން ނިމި ޒޯހަންގެ ދަރިއަކު އެހަށިގަނޑު ތެރޭގައި ހެދި ބޮޑުވަމުން އެދަނީ. މިއަދުި ޝިފްނީ ތިހިރީ އެކަން ހަނދާން ނައްތާލައިގެން ދިރިއުޅުމައިގެން ކުރިއަށް ދާން ތައްޔާރަށް. ކިނާންގެ މައިންބަފައިން ރާއްޖެ އައިހާ އަވަހަކަށް ކައިވެނި ކުރާ ގޮތަށް. އެކަމަކު މިހާރު އެނގިއްޖެ ޝިފްނީގެ ހިތުގައި އަދިވެސް ލޯބި އޮތީ ޒޯހަން އަށް ކަން. ކިނާން އަކަށް ނޫން. އެހެންވީމާ ކިނާން އަށް ވެސް ތިދެވެނީ އަނިޔާއެއް. މިއަދުން ފެށިގެން ކިނާން ވެސް މިގެއަށް ނާންނާނެ. ޝިފްނީ އާއި ވާހަކަ ވެސް ނުދައްކާނެ. ތިކަހަލަ އަނިޔާވެރިއެއް އަތް ދަށު ކިނާން ވެސް އަދި ޝިޔާރާ ވެސް ވިޔަކަ ނުދޭނަން” ސާރާ ޖެހިތަނުގައި ހިފަހައްޓައިގެން ރޮމުންދިޔަ ޝިފްނީ ހިތް ހީވީ ފަޅައިގެންދާން އުޅޭހެންނެވެ. އެނދުމައްޗަށް ބަންޑުންް ވެއްޓި ރޯން ފެށުމުން ސާރާ ނިކުމެގެން ދަިޔއީ ފަހަތުގައި ތިބި ތިން ފިރިހެނުންނަށް ބަލާ ވެސް ނުލައެވެ. ސާރާގެ ފަހަތުން ދިޔަ އިބްރާހީމް ސާރާގެ އަރތުގައި ހިފަހައްޓާލުމުން އެނބުރި ބަލާލިއެވެ. ސާރާގެ ދެލޮލުން ފޭބި ކަރުނަތައް އިބްރާހީމް ލޯތްބާއެކު ފޮހެލަދިނުމުން ސާރާ ލައްވެލީ އިބްރާހީމްގެ މޭގައެވެ.

ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދު ކޮށްލައިގެން ފޭބި ޝިޔާރާ ނަމާދުބުރުގާ ކޮނޑެއްގައި އަޅުވާލުމަށްފަހު އެނދުގައި އިނދެ ސްޓާކިން ބާލަމުން ދިޔައެވެ. އަދި އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިނީ ވިސްނުމަކަށް ގެއްލިފައެވެ. ހާލާ ވަދެގެން އައިސް ކައިރީގައި އިށިން އިރު ވެސް ޝިޔާރާއަށް ނޭނގުނެވެ. “ހިނގާ ބަތްކާން” ޝިޔާރާ ބަލާލީ ހާލާގެ އަޑަށެވެ. “ނުކެރޭނެ” ޝިޔާރާ ވެސް ބޮލުން ޖަވާބުދިނެވެ. “އެނގޭ ދާން ބޭނުންނުވާނެކަން. އެކަމު މާމަ އެބަ އާދޭ ޝިޔާއަށް ބަތާއި ތަރުކާރީ ހިފައިގެން މިތަނަށް. ރަނގަޅަށް ކައްޗެ. ހިނގާ ދިޔަ ކަންތަކަށްފަހު ޝިނީ ކޮޓަރިން ނުނިކުމޭ. އެހެންވެ މިދަނީ ކާންބަލާ ކާފަ ބުނީމަ. ކައިގެން އަންނާނަން އެނގޭ ވާހަކަދައްކާލަން” ހާލާ ނުކުމެގެން ދިޔަތަނާ ހަރީރާ ތަބަކެއްގައި ކާއެއްޗެހި ހިފައިގެން އެކޮޓަރިއަށް ވަނެވެ. ނަމަވެސް ޝިޔާރާ ތަބަށް ހިފައިގެން ކޮޓަރިން ނިކުންނަމުން ބުނީ ކާނީ އެންމެންނާ އެކުގައި ބޭރުގައި ކަމަށެވެ. ޝިޔާރާގެ އެއަމަލުން ހަރީރާ ހިތްހަމަޖެހުނެވެ. ކައި ނިމިގެން ފެންތަށި ބޯލި ވަގުތު ހާލާ އައީ ޝިފްނީ އަތުގައި ހިފައިގެންނެވެ. މޭޒު ކައިރީގައި ކާން އިން ސާރާ ފެންނަ ކަމަށް ވެސް ނަހަދާ ކަމުން ދިޔައެވެ. އޭރު ހުރިހާ ފިރިހެނުން ކައި ނިމިގެން ސިޓިންގްރޫމަށް ޖަމާވެފައި ތިއްބެވެ. ޝިފްނީގެ ފަރާތުން ކަމެއް ފެނިދާނެކަމަށް ބިރުން ހުރި ޝިޔާރާ އަވަސް އަވަހަށް ބެލްކަންޏަށް ނިކުމެ ޖޯލިފަތީގައި ޖައްސާލިއެވެ. ޝިފްނީގެ ކުރިމަތިން ކޮޓަރިއަށް ދާން ނުކެރުމުންނެވެ. އިރުކޮޅަކުން ހާލާ އައިސް ޝިޔާރާ ކައިރީގައި އިށީނީ އަތަށް ކޮށާފައި ހުރި ކަރާތަކެއް އަޅާފައި ހުރި ތައްޓެއް ހިފައިގެން ހުރެއެވެ. “ޝިޔާ ބުނަން މިއުޅެނީ ދެން ކިހިނެއްހޭ ހަދަން ވިސްނަނީ. މިބުނީ ޒޯހަންގެ ކަންތައް” ވަރަށް މަޑުން ހާލާ އަހާލިއެވެ. “ނޭނގެ. ބޭނުމީ މުޅި އުމުރުގައި ވެސް ޒޯހަންގެ އަންބެއްގެ މަގާމުގައި އިންނަން” ކަޅު އަނދިރިކަން ވެރިވެފައިވާ އުޑުގައި ފިޔަޖަހަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އޮވެ ޝިޔާރާ ހަރަކާތްކުރިއެވެ. “އެކަމަކު ތީކީ އެއްވެސް އިންސާފެއް ނޫނެއްނު” ހާލާ ބުނެލިއެވެ. “ހާލީ! އާހިރުގައި ކާމިޔާބު ލިބޭނީ މަށަށް. މީ ވަރަށް ބޮޑު ގޯހެއް. ޒޯހަންގެ ބައްޕަ އާއި ނިއާ ވެގެން ކުޅޭ ކުޅިގަނޑެއް. އެމީހުންގެ ބޭނުމަކީ ޒޯހަންގެ ހިތް އަހަރެން މަތިން ކަނޑުވާފައި ނިއާ އަށް ހިތް ޖެއްސުން. އެމީހުން މިކަން ކުރަނީ ފަންޑިތައިގެ ބާރުގަ. މަށަށް ހުރިހާ އެއްޗެއް އެނގުނީ އެމީހުން ދެއްކި ވާހަކަތައް އިވުނީމަ. އަހަރެން އެކަން ބަދަލު ކުރަން މަސައްކަތް ވެސް ކުރިން. އެކަމަކު ނޭނގެ ކިހިނެއް ކަމެއް އެނިއާ އަށް އެނގުނީ. އަހަރެން ގެއިން ނެރުނީ ނިއާ ގެ ބަނޑުގައި އޮތް ދަރިފުޅުގެ ސިއްރު އެންމެންނަށް ބޭޒާރުކޮށްލީމަ. އާނ ހާލީ! ނިއާ ކައިވެނީގެ ކުރިން ވެސް ބަނޑުބޮޑު. ޒޯން ހުރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައި. މިކަމުގައި މިހާރު މަށަށް ކުރެވޭނެ ކަމެއް ނެތް. ޒޭން އާއި ހާލީ ވެގެން ޒޯހަން އަށް މިކަން ކިޔާދީބަލަ.” ޝިޔާރާ އަންގަމުން ދިޔަ ވާހަކަތަކުން ހާލާ އިނީ ދެލޯ ބޮޑުވެ ކިޔާނެ ބަހެއް ނޭނގިފައެވެ. ބޮޑުބެ އެހާ ދަށު ދަރަޖައަކަށް ވެއްޓުނީ ހެއްޔެވެ؟ އެކަމަކު ގަބޫލު ކުރަން ހާދަ އުނދަގުލެވެ. “ޑޯންޓް ވޮރީ… އަހަރެން ދެރަވަނީ ޒޯން އާ ދޭތެރެ. އެފަކީރަށް ހަގީގަތް އެނގުނީމަ ހާދަ ދެރަވާނޭ. އެގެއަށް ގޮސް ވެސް މަށަށް ނޭނގުނު ޒޯން އަށް ކިޔުނު އެއްޗެއް ވެސް. ހުންނަނީ ވެސް ފާޑަކަށް. ޒޭން ލައްވާ މިރޭ ގުޅާނަން. ޒޯހަން އަށް ހުރިހާ އެއްޗެއް ކިޔާ ދޭނަން” ހާލާ ޝިޔާރާގެ އަތުގައި ހިފީ ޔަގީންކަމާ އެކުގައެވެ.

 

ހަފްތާއެއް ފަހެވެ. ގޭތެރެ އަދިވެސް ހަމައަކަށް ނޭޅޭތީ ސިޓިންގްރޫމުން ވެސް މީހަކު ފެންނަން ނުހުރެއެވެ. ބޭރުން އައިސް ކޮޓަރިއަށް ވަން ޒޯހަން އިނީ ވިސްނުމެއްގައެވެ. ފާހާނާ އިން ނިކުތް ނިއާ އަށް ޒޯހަން ފެނުމުން އައިސް ކައިރީގައި އިށީނެވެ. ކުރިން ޝިޔާރާ ގެ ވަރީގެ ވާހަކަ ޒޯހަންގެ ކައިރީގައި ދެއްކުމުން ސަރުކާރު ހުޅުވުމުން އެކަން ކުރާނެ ވާހަކަ އޮތީ ބުނެފައެވެ. ނިއާ ކައިރީގައި އިށީނުމާއެކު ޒޯހަން ތެދުވެ އަލަމާރި ކައިރިއަށް ޖެހުނެވެ. އަދި ދަބަސް ހިފައިގެން އައިސް ދެތިން ޓީޝާާޓާއި ބޭނުމެއް ޖެހިދާނެ ކަމަށް ހީވާ ކޮންމެ އެއްޗެއް ދަބަހަށް ލިއެވެ. ޒޯހަން ކުރާ ކަމެއް ނޭނގި ނިިއާ އިނީ ހައިރާންވެފައެވެ. “ޒޯން ކޮންތާކަށް ތިދަނީ” ނިއާ އަހާލިއެވެ. “މިއުޅެނީ އޮފީސް ސްޓާފުންތަކާއެކު މިތާ ކައިރި ރަށަކަށް ޖައްސާލަން. ލަހެއް ނުވެ އަންނާނަން” ނިއާ ބަލާވެސް ނުލާ ޒޯހަން ޖަވާބުދިނެވެ. “އޭރުން ނިއްނި އެކަނިވާނެ. އެކީގަ ގެންދަންވީނުން” ނިއާ ބޮޑާ ހާކާލިއެވެ. ބިރުގަތީ ޒޯހަން އަށް ބަދަލެއް އަތުވެދާނެތީއެވެ. “ނޫން. މުޅިން ވެސް ބޯއީސް ދަނީ. އެކަކުގެ ވައިފް ވެސް ނުދޭ. ނިއާ އެކަންޏެއް ނުވާނެ. މިގޭ މީހުން ނިއާ އެކަނިވިޔަ ނުދޭނެ. އެންމެން ކައިރީގައި ބުނެފައިދާނީ ނިއާ އަށް ބަލަން. އޯކޭ.. ވަރަށް ލަސްވެއްޖެ. ދެން ދަނީ” ނިއާ ގެ ކޯތާފަތުގައި ޖަހާލަމުން ޒޯހަން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. “ދެން މި ފެންފުޅި އަށް ކިހިނެއް ހަދާނީ. ޒޯން އަށް ވެސް އެނގެއެއްނު މިފެނަކީ ޒޯން އަށް ޓަކައި ބައްޕަ މީހަކު ލައްވާ ކިޔަވައިގެން ގެނެއްސަ ހުރި ފެން ކަން. މި ބުއީމަ ޒޯން ގެ ސައިނަސް ކަންތަކަށް ލުޔެއް ލިބެނީ” ނިއާ ބުނެލި ޖުމްލަ އިން ޒޯހަންގެ ބޮލުގައި ކޮށްޓާލިއެވެ. ހަގީގަތުގައި ވެސް ނިއާ އާއި ބެހޭ ގޮތުން ޝަޒަން އެދެއްކީ ތެދު ވާހަކައެއް ބާއެވެ؟ ނޫނެކެވެ. އެއީ ތެދެއް ނޫނެވެ. ނިއާ އަކީ އެކަހަލަ ކުއްޖެއް ނޫނެވެ. ނިއާ ދެކެ ޒޯހަން ލޯބިވަމެވެ. ނިއާ ވެސް ވެއެވެ. ވީއިރު އެކަން އެގޮތަށް ކޮށްގެން ވަކި ނިއާ އަށް ފައިދާއެއް ވޭ ހެއްޔެވެ؟ “އޯކޭ މިރޭ ކައިގެން ބޯލާނަން. ހިފައިގެން ދާނީ” ނިއާގެ އަތުގައި އޮތް ކުޑަ ފެންފުޅި ޒޯހަން ކޮށްޕާލީ ދަބަހުގެ އަރި ޖީބަށެވެ.

 

މަގުގެ އެއް ކައިރިން ހިނގާފައި ދިޔަ ޒޯހަން ހުޅުމާލޭ ފެރީޓާމިނަލް ކައިރިއަށް މަޑުކޮށްލުމުން ޝަޒަން ކައިރިވެލިއެވެ. އަދި ޒޯހަން އަށް ބަލާލީ ފައި މަގުގައި އެހާ ދުރުން ޒޯހަން އައުމުންނެވެ. އެވަގުތު ޝަޒަންގެ ލޮލުގައި އަޅައިގަތީ ޒޯހަންގެ ކޮނޑުގައި އިން ދަބަހުގެ އަރި ޖީބުގައި އިން ކުޑަ ފެންފުޅިއެވެ. “ފެންފުޅި ވެސް ހިފައިގެންދޯ ތިއައީ. ބަލަ އެރަށުން ވެސް ފެން ލިބޭނެ” މަލާމާތުގެ ރާގަކަށް ޝަޒަން އެހެން ބުނުމުން ޒޯހަން އަށް ކަމުނުދިޔައެވެ. “ޒެން ހަނދާންކުރާތި! ނިއާ އާއި ބެހޭ ގޮތުން އޭރުގަ ފޯނުން ދެއްކި ވާހަކަތައް އެއީ ހަގީގަތެއް ކަން ސާބިތު ނުވިއްޔާ އަހަރެމެން ދެމީހުންގެ ރަހްމަތްތެރިކަމަށް ވެސް ބުރޫ އަރާފާނެ. މި ދަނޑިވަޅުގައި ނިއާ ބާކީ ކުރާކަށް މަށެއް ނެތިން. އެއީ ނިއާގެ ބަނޑުގައި އެއޮތީ މަގޭ ދަރިއެއް” ޒޯހަންގެ ރާގުގައި ހަރުކަށިކަމެއް ވިޔަސް ވާހަކަދެއްކީ މަޑުންނެވެ. “އޯކޭ ރަހްމަތްތެރިކަން ކެނޑުނަސް. ޔަގީނުން ވެސް ގާތްތިމާގެ ކަމަކީ ޒޯން ކިތަންމެ ބޭނުމަސް ކެނޑޭނެ ގުޅުމެއް ނޫން. އަހަރެން މި މަސައްކަތް ކުރަނީ އަނދިރި އަނދަވަޅަކަށް ވެއްޓެމުންދާ ބޭބެއެއްގެ އަދި ގާތް ރައްޓެއްސެއްގެ ދިރިއުޅުން ސަލާމަތް ކުރެވޭތޯ. އަދި މިއަދު އަހަރެންގެ ގޭގައި ހުރި އެއްބަނޑު އެއްބަފާ ކޮއްކޮއެއް ގޮތަށް ދެކެމުން އަންނަ ނިކަމެތި އަންހެންކުއްޖަކަށް އިންސާފު ހޯދާ ދެވޭތޯ. ދެން ހިނގާ ދަމާ… އަދި ބުނަން ޒޯން މަޑު ކުރާނީ ރޫމެއްގައި. އެއީ މިވަގުތު އަހަރެމެން ގެއަށް ގެންދިޔަސް ޒޯންގެ ލޭ ކެކިގަންނާނެތީވެ” ޒޯހަންގެ ކޮނޑަށް އަތް ލަމުން ޝަޒަން ފެރީއަށް އެރިއެވެ. “ތިބުނީ.. ތިގޭ މީހުން ތިބި ތަނަކަށް ގޮސް މަ ކީއްވެތަ އެހެން ތަނެއްގައި ހުންނަންވީ” ޒޯހަން ސުވާލު ކުރިއެވެ. “އަހަރެންގެ އަންހެނުން އެއީ ޒޯން ތިގެއިން އަނިޔާވެރިވެ ގެއިން ބޭރުކޮށްލި މާބަނޑު އަންހެންކުއްޖާގެ އެންމެ ގާތް އެކުވެރިޔާ. ޝިޔާރާ އުޅެނީ އަހަރެމެން ގޭގައި. ގެއަށް އޭނަ ގެނައީ ހާލީ. މިހާރު ގޭ އެއްވެސް މީހެއް ބޭނުމެއް ނުވޭ އޭނަ އެގެއިން ދާކަށް” ޝަޒަން ތަފްސީލުކޮށް ދިނުމުން ޒޯހަން މޫނުމަތިން ވަކި ތަފާތު ގޮތެއް ފާހަގަނުވިއެވެ. “މާބަނޑޭ. އޭނަ ބަނޑުބޮޑު ވީ ކޮންއިރަކު” ޒޯހަން މަޑުންއިނދެ ހަމައެކަނި ކޮށްލީ އެސުވާލެވެ. “ޝިޔާރާ އާއި އެދަރަޖައަށް ގާތްވީ މަށެއް ނޫން. އެހެންވީމަ މަށަކަށް ނޭނގޭ ކޮންރެއަކު ވީ ކަމެއް ކަން އެއީ. ތިސުވާލަށް ބޮޑަށް ޖަވާބު ދެވޭނީ އެކަން ކުރި މީހަކަށް” ޒޯހަން އިނީ ހިމޭނުންނެވެ. ދެމީހުން އެއްކޮށް ފެރީ އިން ފޭބީ ދާންވީ މިސްރާބަށް އާދެވުމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Other Articles

Previous

އޭނާ… ދެވަނަބައި

Next

މިހިތުގެ ލޯތްބޭ ތީ 19

Next
April 13, 2016

މިހިތުގެ ލޯތްބޭ ތީ 19

Previews
April 13, 2016

އޭނާ… ދެވަނަބައި

24 Comments!

  1. Ushaali says:
    April 13, 2016 at 10:25 am

    al hamdhu lillahi…mi bai ves upload kurevihjje… next episode on friday… reyganduge vaguthegga up kohdheynan. insha allah… mi baives kamudhaane kamah ummydhu kuran

  2. Aimsithu says:
    April 13, 2016 at 10:51 am

    Alhey. . Mi part ves varah reethi… ekam adhives kiyaa hiyy vany

  3. Ram says:
    April 13, 2016 at 10:51 am

    V v reethi.konme dhuvahaku up kolha dheveyne go the neyetha

  4. Aisha says:
    April 13, 2016 at 10:52 am

    I hate u zohan ??? u broke shiyaas heart

  5. ken? says:
    April 13, 2016 at 10:57 am

    ❤ ❤ ❤

  6. inaya says:
    April 13, 2016 at 11:28 am

    vara reethi

  7. ken? says:
    April 13, 2016 at 11:45 am

    mihaarun feshigen mi vaguthu gunan fettee mi….heekuran next part ga zohan ah hageegai haama vaane kamah…dn dhw shiya ah abadhu dhera goi vanee…mihaaru readers ah ves mikamun bunedheyn neyngey fun asaru thakei kohfi?????

  8. rose says:
    April 13, 2016 at 11:58 am

    Agree with Ken. V v salhu mi part ves

  9. Xoa says:
    April 13, 2016 at 12:24 pm

    Knme dhuvahaku part eh up kohla dheeba. Varah salhi. Keep it up

  10. Nee says:
    April 13, 2016 at 1:39 pm

    nee beynumeh noon dhn zoan ah shiya libeykah…. he shuld suffer for wat he did… i hate that nia… she is a bitch… anyways i luv this story…. hw many parts are still left..????

    1. Jeen says:
      April 13, 2016 at 2:04 pm

      Jeen ves hithah araa kithah part thorrr innaaniii…

  11. Ximee says:
    April 13, 2016 at 1:41 pm

    Alhey poor shiyaa..pis kondhuvahakun tha dhn shiyaa ah tok kureveyni..e dhuvahakah mi inthizaaru kureveny…story hama habeys.. nxt part avahah up kohdheeba..plxx..kiyaa hithun hurevenyky vx noon..

  12. Jeen says:
    April 13, 2016 at 2:00 pm

    Aslu mi vaahaka kiyaa iru vrh dheravey… Ushaa vrh molhu….

  13. Reesham says:
    April 13, 2016 at 4:46 pm

    Story hama v salhi. V kiyaahithun mikiyany. Next episode ge inthixaaruga

  14. Omey says:
    April 13, 2016 at 10:50 pm

    Varah reethi mibaives avas kurey

  15. Shaa says:
    April 13, 2016 at 11:58 pm

    Varah reethi shaaya ge favourite vaahaka mee….

  16. angle says:
    April 14, 2016 at 2:59 pm

    yeah..same waiting for the nest episode ingeyushaa…

  17. Visnun says:
    April 14, 2016 at 8:20 pm

    Zoan shiya varikuraany kanneyge i think something will happen to shiya or to her baby… zoan ah hagygai angan mihaaru maa las ves vejje… getting kind of bored with the plot of shiya suffering

    1. lam says:
      April 15, 2016 at 7:54 pm

      yaa dhw ..

  18. Sheu says:
    April 15, 2016 at 8:05 pm

    Alhey kbw tha dhn story.. Haada lahey dhr..knme duvahaku up kuraanama dhr..

  19. Aish says:
    April 15, 2016 at 8:13 pm

    Alhey avxkohbala mihaaru kehmadhuvefa mi iny avx upkohdheeba plx

  20. Zaanaa says:
    April 15, 2016 at 8:36 pm

    Up kohdeeba pls pls pls kehmaduvefa me thi benee eru kolhakaa aba belay up veh jethw haada keyaa hiy veyayyyyyyyy

  21. Aakky says:
    April 15, 2016 at 9:20 pm

    Dhe dhuvahun ehdhuvahuves vaahakaige parteh up vaa kamakah nuvey….. Kiyuntherin thiben mijeheny mikamuge inthixaaruga

  22. sss says:
    April 15, 2016 at 9:22 pm

    Avahah up kohdheeba ….plxxxxxx

Comments are closed.

Next Episodeފުންއަސަރު 26←


All Right Reserved!