Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ފުންއަސަރު 23

Ushaali Level 810 Stories100 Comments100 Stories500 Comments
April 9, 2016 8 Mins Read
31 Comments

ކުރިން އެއީ މަޑު ކަފަކޮޅެއްހާ ހިތެއް އޮތް އިންސާނެކެވެ.  މިހާރު އެހިތަކީ ހިލަ އަށް ވުރެ ހަރު އެއްޗެކެވެ. ނޫރީ އަމިއްލަ އިހުތިޔާރުގައި އެކަހަލަ ކަންތައް ނުކުރާނެ ކަމުގައި ލަތާގެ އަމިއްލަ ޒަމީރު  ބުނެދިނެވެ. މީހަކު ނުބައި ފަންޑިތައެއް ކާންދިނީ ނޫންބާއޭ ލަތާގެ ހިތަށް އެރުމާއެކު ހީބިހި ނަގައިގެން ދިޔައެވެ.

 

ދިހަ އަހަރު ވަންދެން އުޅުނު ދިހަބުރީގެ އިމާރާތް މެކާހިޔާ ކުއްޔަށް ދޫކޮށްލުމަށްފަހު ހަމަ އެހިސާބުން ނޫރީ ގަތް ބޮޑު ގެއަށް ބަދަލުވިއެވެ. އަދި އޮފީސް ވެސް އާއިމާރާތަކަށް ބަދަލު ކުރިއެވެ. މިވީ ދުވަސްތަކުގައި ނޫރީގެ ވިޔަފާރިއަށް ވަނީ ހީވެސް ނުކުރާހާ ބޮޑެތި ކުރިއެރުން ލިބިފައެވެ. ނޫރީ ގަބޫލުކުރާ ގޮތުގައި އެކަމުގެ ހައްގު ވެރިޔަކީ ޒޯހަންއެވެ. ހުރިހާ މެންބަރުން އެއްގެއަށް ބަދަލުވުމުން މުޅި އާއިލާ އެއްކޮށް އުޅެން ފެށިއެވެ. ލަތާއާއި ނޫރީ ނިދާ ކޮޓަރި ހުންނަނީ އެންމެ ތިރީގައެވެ. ނޯކަރުންނަށް ހާއްސަ ކޮށްފައި ހުރި ކޮޓަރި ދިނީ ޝިޔާރާއަށެވެ. އެކުގައި ޝިޔާރާ ގެންނަން ނޫރީ އެއްބަސްވީ އެގޭގައި މަސައްކަތް ކުރުވުމަށެވެ. ޔަޝްމީ އާއި އަރުހަމް އަދި ޒޯހަން އާއި ނިއާ އަށް ހުރީ މަތީބައެވެ. އާރިކް ޗުއްޓީއަކަށް އައުމާއެކު ރާކީ އެގެއަށް ބަދަލުވީއެވެ. އަދި މުހިއްމު އެހެން ރޫމްތަކާއި ޓެރަސް ވެސް ޖާގަ ބޮޑުވެފައި ހިތްގައިމެވެ. މާބަނޑު ހާލުގައި ޝިޔާރާ ބުރަކޮށް މަސައްކަތް ކުރާ މަންޒަރު ފެނުމުން ލަތާގެ ހިތް ފަޅައިގެންދާވަރު ވެއެވެ. މިހާރަކަށް އައިސް ނޫރީ އަބަދު ހުންނަނީ ލަތާ ކައިރީގައި ޖައްސާފައި ކަމަށް ވުމުން ކުރާ މަސައްކަތުގައި ޝިޔާރާ އަށް އެހީއެއް ވާކަށް ވެސް ލަތާއަށް ނުކެރޭއެވެ. މިއާގެއަށް ވެސް ބަދަލުވުމުގެ ކުރިން ޝިޔާރާ ލަތާގެ ބޮޑުދައިތަ ކައިރީގައި ބަހައްޓަން ވާހަކަ ވެސް ދެއްކިއެވެ. ނަމަވެސް ޝިޔާރާ ބޭނުންވީ ޒޯހަން އާއި އެއްފުރާޅެއްގެ ދަށުގައި އުޅޭށޭވެ. ޝިޔާރާ ކުރި މަސައްކަތުގެ ނަތީޖާ ޒޯހަންގެ ފަރާތުން މިހާރު ކޮންމެސް ވަރަކަށް ފެންނާތީ ހިތްހަމަޖެހެއެވެ.

ރާއްޖެތެރޭގައި ނޫރީ ހިންގާ ފިހާރަތަކުގެ މުވައްޒަފުންނާއި ބައްދަލުކުރުމަށް އެއްހަފްތާގެ ކުރު ދަތުރެއްގައި ރާއްޖެތެރެއަށް  ފުރިއެވެ. އަރުހަމް ވެސް ހަފްތާއެއްގެ ޗުއްޓީ ނަގައިގެން ބައްޕަ އާއި އކު ދިޔައީ ނޫރީ އެކަމަށް އެދުމުންނެވެ. އެކުގައި ޒޯހަން ނުގެންދިޔައީ ނިއާ އިން ހާލަތަށް ވިސްނާފައެވެ. ނޫރީ ދިޔައީ ކަންތައް ކުރަންވީ ގޮތް ނިއާއަށް ވަރަށް ރަނގަޅަށް ކިޔާދީފައެވެ. ތަން ދޫކޮށްފަ ދާވަރަށް ޝިޔާރާއަށް ޖެއްސުން ކުރުމަށް ނޫރީ ވަނީ ނިއާއަށް އަންގާފައެވެ. އެހެންކަމުން ކިރިޔާ ފުރުސަތެއް ލިބުނަސް ނިއާ ހުންނަނީ ޝިޔާރާއަށް ޖެެއްސުމަށް ކޮންމެސް ކަމެއް ކޮށްލަކޮށްލައެވެ. މިހާރަކަށް އައިސް ޒޯހަން ވެސް ނިއާ އާއި ދުރުކަން އެނގުމުން އެކަމާއި ވެސް ނިއާ ރުޅި އަންނަނީ ޝިޔާރާ ދެކެއެވެ.

“އާނ މަންމާ. މިގެއަށް ބަދަލުވެވުނީމި. މަންމާ ވަރަށް ބިރުގަނޭ މިދަރިފުޅަކީ ޒޯހަންގެ ނޫންކަން އެނގުނިއްޔާ އަޅުގަނޑުގެ ދުވަސް ދިޔައީ. އަޅުގަނޑަށް ޒޯހަން ދެކެ ވަރަށް ލޯބި ވެވިއްޖެ. މަންމައަށް އެނގޭތަ! ކައިވެންޏަށް މިހާ ދުވަސް ވީއިރުވެސް ޒޯހަން އިސްނަގާ ނެތް އަޅުގަނޑަށް ދައުވަތެއް ދީފައެއް. ހުރިހާ ކަމަކަށް އިސް ނަގަން ޖެހެނީ އަޅުގަނޑު. ޒޯހަންގެ ހިތުން އަދިވެސް ނެތް އަޅުގަނޑަށް ޖާގައެއް” ފަހަތުގައި ނިއާގެ ވާހަކަތައް އަޑު އަހަން ހުރި ޝިޔާރާ އަށް ލިބުނު ހައިރާންކަމަކުން އަތުގައި އިން ބާލިދީ ދޫވެ ތިރިއަށް ވެއްޓުނެވެ. ސިހިފައި ނިއާ ފަހަތަށް އެނބުރުނު އިރު ކުރިމަތީގައި ދެލޯ ބޮޑުކޮށްގެން ހުރި ޝިޔާރާ ފެނުމުން ނުބައި ގޮތެއް ވިއެވެ. ނިއާގެ ކައިރިއަށް ޖެހިލާ މޫނުމަތީގައި އަޅުވާލީ ނިއާ އެކަމަށް ނުވިސްނައި ހުއްޓައެވެ. ވީތަދުން ނިއާ އަށް ރޮއެގަނެވުނެވެ. އެއްޗެއް ބުނަން ނިއާ އަނގަ ހުޅުވާލުމާއެކު ޝިޔާރާގެ ޝަހާދަތް އިނގިލި ކުރިއަށް ނެރެ އިންޒާރެއް ފަދައިން ނިއާއާއި ދިމާލަށް އިޝާރާތް ކުރުމަށްފަހު އެނބުރި ދާން ހިނގައިގަތެވެ. ބިރުން ހުރި ނިއާ ވަގުތުގެ ބޭނުންކޮށް ޝިޔާރާގެ ކުރި ބެއްދިއެވެ. “ކަލޭ އަހަރެންގެ ވާހަކަ ބުނަން. ކާކު ގަބޫލުކުރާނެ ކަމަށް. ކަލެއަށް އެނގޭތަ! ކަލޭތީ މޮޔައެއްކަން. ތިކަހަލަ ބޭކާރު މަސައްކަތްތައް ނުކޮށް ދޭބަލަ ބަދިގޭ މަސައްކަތް ކުރަން. އާން. ހިއެްވަރެއް ހުރިއްޔާ އަޑުއަހާ. މީ ޒޯހަންގެ ދަރިއެއް ނޫން. އެކަމަކު މިކުއްޖާ ދުނިޔެއަށް އުފަން ކުރާނީ ޒޯހަންގެ ދަރިއެއްގެ ގޮތުގައި. މި ކުއްޖާގެ ނަމުގެ ފަހަތަށް ވެސް އަންނާނީ ޒޯހަންގެ ނަން. ކަލޭ ކީއްކުރާނީ” ނިއާ އެހާ ޖެހިލުން ކުޑަކޮށް ވާހަކަދެއްކުމުން ޝިޔާރާ ވަރަށް ރުޅި ގަދަވިއެވެ. އަދި ނިއާ ފަހަތަށް ކޮށްޕާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.

ދޮރުން ވަދެގެން އައި ޒޯހަން ފެނުމާއެކު ޝިިޔާރާ ދުވެފައި ގޮސް ޒޯހަންގެ ހަށިގަނޑުގައި އޮޅުލައި ގަތެވެ. ޒޯހަން އަށް ޝިޔާރާގެ ހަށިގަނޑުން ވަކިން ބަނޑު އިހުސާސް ވުމުން ގަޔާ ޝިޔާރާ ދުރުކޮށްލިއެވެ. “ގޮތްކުޑަ އަންހެނާ” ނިއާގެ އަޑުން މުޅިތަން ގުގުމާލިއެވެ. އިސާހިތަކު ކޮޓަރިތަކުން އެންމެން ނިކުމެ ސިޓިންގްރޫމަށް ޖަމާވިއެވެ. ބަދިގޭގައި އުޅުނު ލަތާ ވެސް ނިކުމެ ފެނުނު މަންޒަރަކުން ދެލޯ ބޮޑުވިއެވެ. ނިއާ އައިގޮތަށް އައިސް ޝިޔާރާގެ މޫނުމަތީގައި އެތިފަހަރެއް އަޅުވާލިއެވެ. ކަންފަތްމަތީގައި އަޅުވާލި އެތިފަހަރުގެ ތަދު ނުފިލަނިސް ދެވަނަ އެތިފަހަރު އަމާޒުކޮށްލިއެވެ. ދުރުގައި ހުރި ލަތާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. ނިއާ ކޮށްޕާލެވުނީ ބަނޑަށް ވެސް ބަލާލުމެއް ނެތިއެވެ. ޝިޔާރާ ލަތާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. ލަތާ ޝިޔާރާގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ރޮވިފައި ހުރެއެވެ. “ނިއާ ތިހިރީ ބީތާވެފަތަ؟ މީހެއްގެ ގަޔަށް އަތްލުމުގެ ހައްގު ނިއާ އަށް ދިނީ ކާކު؟ އެންމެ ފަހަރަކު ވެސް ވިސްނާނުލަންތަ ނިއާ ހުރި ހާލުގަ ކަން ޝިޔާރާ ވެސް……” ލަތާ ބަސް މެދުކަނޑާލީ ޝިޔާރާ ދެފަރާތަށް ބޯހަލުވާލުމުންނެވެ. “ޒޯހަން ހުރީ އެއްވެސް ބަހެއް ނުކިޔާ ޖެހި ބުދެއްހެންނެވެ. “މަންމަ އަށް އެނގޭތަ! މަންމަ ތިހާ ލޯބިވާކަށް މާރީތި އުޅުމެއް އުޅޭ އަންހެނެއް ނޫނޭ ތިއީ. އަޅުގަނޑު ދެންމެގަ އެފަޅިއަށް ދިޔައިރު މީނަ ހުރީ ފިރިހެނެއްގެ ގައިގަ ބައްދާލައިގެން. އަޅުގަނޑު ފެނުމުން އެފިރިހެން ސޮރު ރައްކާވީ” ލަތާގެ ހަށިގަނޑުން ދޫކޮށްލާ ޝިޔާރާ ދެފަރާތަށް ބޯތަޅުވާ އެކަމަށް އިންކާރު ކުރަމުން ދިޔައެވެ. “ނުކުރާނަން ގަބޫލެއް. ނިއާ ތިދައްކަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް” ލަތާ ޝިޔާރާ ދިފާއު ކުރިއެވެ. ޝިޔާރާ ޒޯހަން ކުރިމައްޗަށް ހުއްޓި ނިއާގެ ބަނޑުގައި އޮތީ ޒޯހަންގެ ކުއްޖެއް ނޫންކަމަށް ބުނަމުން ދިޔައެވެ. ޝިޔާރާ ބުނީ ކޯންޗެއްކަން ޒޯހަން އަށް އެނގުމާއެކު މީހާއަށް ހޭވެރިކަން ވެގެން ދިޔައެވެ. ޝިޔާރާގެ ދެކޮނޑުގައި ހިފާ ދުރަށް ކޮށްޕާލުމާއެކު މަތަވީ ފަހަތުގައި ހުރި ލަތާގެ ގައިގައެވެ. “މަންމާ މި އަންހެނާ ކައިރީގަ ބުނޭ. ރޭގަނޑުވެފައި ވަނިކޮށް މީދުވާލޭ ބުނިނަމަ ފަހަރެއްގަ ގަބޫލު ކުރެވުނީހޭ. ނިއާގެ ބަނޑުގައި އެވަނީ އަޅުގަނޑުގެ ދަރިއެއްކަން އަޅުގަނޑަށް ޔަގީންވޭ” ލަތާއާއި ދިމާލަށް އެނބުރި ޝިޔާރާ ރޮމުން އެއީ ދޮގުކަމަށް ބުނަމުން ދިޔައެވެ. “ދަރިފުޅާ ތިކަހަލަ ވާހަކަ ނުދައްކާ. ކުއްޖާގެ ބައްޕައަކީ ކާކުކަން އެންމެ ރަނގަޅަށް ސާބިތުކޮށްދެވޭނީ އެކުއްޖާގެ މަންމައަށް” ޝިޔާރާގެ ދެލޯ ފޮހެދެމުން ލަތާ ދިޔައިރު ނޭފަތުން ކުޑަކޮށް ލޭފައިބާފައި ހުރި ތަން ވެސް ލަތާގެ އަތުން ސާފުކޮށްލިއެވެ. ނިއާ ޒޯހަން ކައިރިއަށް ޖެހިލާ އަތުގައި ބައްދާލިއެވެ. ޝިޔާރާއަށް ދިނީ ފަތަހައިގެ ހިނިތުންވުމެކެވެ. ރުޅި ގަދަވެފައި ހުރި ޝިޔާރާ ދެވަނަ ފަހަރަށް ގޮސް ނިއާގެ ހަށިގަނޑުގައި ހިފާ ތަޅުވައިގަތެވެ. އެވަގުތު އެއީ ނޫރީ ވެސް ގެއަށް އައިސް ވަން ވަގުތެވެ. “ކިހިނެއްވެގެން މިއުޅެނީ” ނޫރީ ސުވާލުކުރީ މަންޒަރު ބަލަން ހުރި ޔަޝްމީއާއެވެ. “ބައްޕާ މިހިރަ އަންހެނާ ފިރިހެނަކާއެކު މިގޭ އެފަޅީގަ” ނިއާ ބުނަން ލަދުގަތްކަމަށް ހެދިއެވެ. “އައްޗީޑި. ލަދުން ބޯހަލާކު ވާވަރުވޭ. މީ މުޅިން ވެސް ލަތާގެ ކަންތައް” މީހަކު ކިޔާ އެއްޗަކަށް ނުބަލާ ޝިޔާރާ ޒޯހަން ކައިރިއަށް ޖެހިލާ އަތުގައި ހިފަން އުޅުނު ވަގުތު ޒޯހަންގެ އަތުގެ ހޫނުކަން ޝިޔާރާގެ ކަންފަތް ފިލާމައްޗަށް އަމާޒުކޮށްލިއެވެ. :”މަގޭ ދަރި” ލަތާއަށް ރޮއެ ގަނެވުނެވެ. ޝިޔާރާއާއި ދިމާލަށް ހިނގައިގަނެވުމާއެކު ނޫރީ ލަތާގެ އަތުގައި ހިފިއެވެ. ލިބުނު ހިތްހަމަޖެހުމަކުން ނިއާ އަށް ހީނލެވުނެވެ. ދުރުގައި ހުރި ޔަޝްމީ އަށް ޝިޔާރާ އާއި ދިމާލަށް ދުއްވައިގަތީ ނޫރީ ގޮވާލުމުން ވެސް އެކަމަށް އިޖާބަ ނުދީއެވެ. ބޮލަށް އެނބުރުން އަރާ ޝިޔާރާ ތިރިއަށް ވެއްޓުނެވެ. ޒޯހަން ޖެހި ވަގުތުން ފެށިގެން ޝިޔާރާ ހިމޭންވެއްޖެއެވެ.  ޓައިލްސްތައް މަތީގައި ބަހެއް ނުކިޔާ އެއްތަނަކަށް ކަޅި ހުއްޓިފައި އިނީ ވެދިޔަ ކަންތައް ގަބޫލު ނުކުރެވިފައެވެ. “މަގޭ އަންބެއްގޮތަށް ހުރެ ތިގޮތަށް ތެޅެން ލަދެއް ނުގަނޭތަ؟ ނޭނގެ ކިތައްރޭ ކަމެއް ވެސް ކޮޓަރިއަށް މީހުން ވެއްދީ. ކަލެއަށް ދެން މިގެއަކު ނުހުރެވޭނެ. ނިކުމޭ މިގެއިން. މިބުނީނުން ނިކުންނާށޭ” ޝިޔާރާގެ އަތުގައި ހިފާ ދަމަމުން ޒޯހަން ދިޔައީ އެއްވެސް ރަހުމެއް ނެތިއެވެ. ދޮރާށިން ބޭރަށް ނެރެ އެއްލާލުމާއެކު ހަމަ އެހާ އަވަހަށް ޒޯހަން ދޮރާށި ލައްޕާވެސްލިއެވެ. އެތެރަށް ވަނުމަށްފަހު ޒޯހަންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް އަމިއްލަ ދެއަތްތިލައަށް ވެސް ބަލާލިއެވެ. އަދި ގޭދޮރަށް ބަލާލުމަށްފަހު ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. ލޮލުން ކަރުން އައި ކަން ވެސް އެނގުނީ ކޯތާފަތް ހުރަސްކޮށް ދަތްދޮޅީކޮޅުން ވެއްޓުމުންނެވެ. އަދި އެތެރޭގައި ހުރި މީހަކަށް ބަލާ ވެސް ނުލާ މައްޗަށް އަރައިގެން ދިޔައެވެ. ނޫރީގެ އަތް ދަށުން ލަތާ ވީއްލިގަތެވެ. ” އަޅެ ތީ އިންސާނުންތަ؟ އެނިކަމެތި އަންހެންކުއްޖާގެ އޮތީ ކޮންކުށެއް؟ މާތް ރަސްކަލާނގެއަށް ބިރުވެތިކަމެއް ތިއިން ހިތެއްގަ ނެތީތަ؟ ފަސް އިނގިލި ފަސް ވަރުކަން ކިހާ ކަށަވަރު. ހަމަ އެހާ ކަށަވަރު މަށަށް އެމަންޖެ ބޮލުގަ ނިއާ އަޅުވަނީ ދޮގު ތުހުމަތު ތަކެއް ކަމަށް. އަހަރެން ފަހަރެއްގައި ވެސް އުއްމީދެއް ނުކުރަން ނިއާގެ ފަރާތުން މިވަރުގެ ދަށު ދަރަޖައިގެ އަމަލެއް ފެނިދާނެކަމަށް. ޝިޔާރާއަށް މިގޭގައި ޖާގަ ނެތިއްޔާ މަށެއް ވެސް ނޫޅޭނަން މިގޭގައި” ލަތާ ދޮރާށިން ނިކުންނަން ހިނގައިގަތެވެ. “ލަތާ މިގޭ ދޮރާށިން އެންމެ ފިޔަވަޅެއް ބޭރަށް އެޅިޔަސް ހަނދާންކުރާތި. އޭގެ ފަހުން ތީ މަގޭ އަންބެއްނޫންކަން” ލަތާގެ ފައިގާ ކަސްތޮޅު އެޅުނު ކަހަލައެވެ. އެނބުރި ކޮޓަރިއަށް ވަނީ ލޮލުން ފޭބި ކަރުނަތައް ފޮހެމުންނެވެ. އެންމެން ކޮޓަރިއަށް ވަނުމުން އަރުހަމް ބުނި ބުނުމަކަށް ޔަޝްމީ ދޮރާށިން ބޭރަށް ނިކުތީ ޝިޔާރާ ކޮބައިތޯ ބަލާލުމަށެވެ. ނަމަވެސް މުޅި މަގުގައި ވެސް ޝިޔާރާގެ ހިލަމެއް ވެސް ނެތެވެ.

 

ހަމަ އެރެއެވެ. ސިޓިންގްރޫމަށް ވެރިވެފައި ވަނީ ހިމޭންކަމެވެ. ޒޯހަން ތިރިއަށް ފޭބި ވަގުތު ހާލާ އާއި ޝަޒަން ގެއަށް ވަންނަނީއެވެ. ޒޯހަން ފެނުމުން ޝަޒަން ހިނިތުންވެލިއެވެ. އަދި ދެެއެކުވެރިން އެކަކު އަނެކަކާއި ސަލާންކޮށް ބައްދާލިއެވެ. އެވަގުތު އެތަނަށް އައި ނިއާ އަށް ޝަޒަން ފެނުމުން ނުބައި ގޮތެއް ވިއެވެ. ނޭނގޭ ކަމަށް ހަދަމުން ނިއާ ދިއްކޮށްލި ޖޫސްތަށި ޒޯހަން އެއްނޭވައިން ދަމާލިއެވެ. ގޭ އެކި ދިމާ ބަލަމުން ހާލާ ދިޔައީ ޝިޔާރާ ފެނޭތޯއެވެ. އެއްވެސް ތަނަކުން ނުފެނުމުން ޒޯހަން ކައިރިއަށް ހާލާ ޖެހިލާ ޝިޔާރާ ކޮބާތޯ ސުވާލުކުރިއެވެ. “ޝިޔާރާ ވާތަންތަން ޒޯން ބަލަންވީ ކީއްކުރަން. މިގޭގައި އުޅެމުން އޭނައަށް ނުވެގެން އުޅޭ ކަންތައް ކުރަން މިގެއިން ނެރެފިން” ހާލާގެ ބޮލުގައި މަރުތޭލަކުން ޖެހި ކަހަލަ އިހުސާސެއް ކުރެވިގެން ދިޔައެވެ. ޒޯހަން އަށް ބަލާލުމާއެކު އިސްޖަހާލިއެވެ. “ކޮބާ ބޮއްތަ…ބޮއްތާ….ބޮއްތާ” ހާލާގެ އަޑަށް ކޮޓަރިން ލަތާ ނިކުތެވެ. ލަތާގެ ދުޅަވެފައިވާ ލޮލާއި ނޭފަތް ފެނުމުން ހާލާ ހިތުގައި ޖެހުނެވެ. “ހާލީ ދަރިފުޅާ. މިގޭ އުޅޭ ނުބައި މީހުން ވެގެން ޝިޔާރާ ފަކީރު ނެރެ އެއްލާލައިފި. އެމަންޖެ އެހާލުގައި ދިޔަ ތަނެއް ވެސް ނޭނގެ. ބޮއްތައަށް މިއަދު މަޖްބޫރު. ޝިޔާރާ ހޯދަން މިގޭ ދޮރާށިން ބޮއްތަ ނިކުތުުން މަނާ” ލަތާ ހާލާގެ އަތުގައި ހިފައިގެން ހުރެެ ބުނެލިއެވެ. “އެހާލުގައޭ. ކޮންހާލެއްގަ ޝިޔާ ވީ” ހާލާ ހައިރާންވިއެވެ. “ދަރިފުޅާ! ޝިޔާރާ ނުބުނޭތަ؟ އެމަންޖެ އިނީ ބަލިވެ. ބަނޑަށް ތިންމަސް ވެއްޖެ. ދެން ވެސް ވަގުތުތައް ބޭކާރު ނުކޮށް ދޭބަލަ އެމަންޖެ ހޯދަން” ހާލާ އަވަސް އަވަހަށް ޝަޒަން އަށް ގޮވާލަމުން ގެއިން ނިކުންނަން ހިނގައިގަތެވެ. އަދި ދެވަނަ ފަހަރަށް ލަތާ ދިން ޝިޔާރާގެ ބައެއް ސާމާނުތައް ހިފައިގެން ގެއިން ނިކުންނަމުން ފަސް އެނބުރި ބަލާލީ ޒޯހަންއާއި ދިމާލަށެވެ. ޒޯހަން އާއި ދިމާލަށް އެއްޗެއް ބުނެނުލާ ހާލާ އަށް މިއަދު ކަރުން ފެންފޮދެއް ވެސް އެތެރެ ނުވާނެއެވެ. “އަހަރެން ހިއެއް ވެސް ނުކުރަން ޒޯހަން ތީ ތިހާ ނުލަފާ ހިޔަޅު މީހެއް ކަމަކަށް. ޝިޔާރާ ފަކީރު އެހާލުގައި އިންދާ ނެރެ ބޭރު ކުރިއރު ހިތެއް ވެސް އަޅެ ނެތީތަ؟ ކުލުނު އަރުއްވައިގަނެފަ ދޯ ތިހިރީ. ހަނދާންނެތުނީތަ އެލޯތްބަށް ނާށިގަނޑު ހިފައިގެން ސަލާން ޖަހަން ދުވި މަންޒަރު. ކަލެއަށް ދުނިޔެ ވެސް ލައުނަތް ދޭނެ. ދުވަހެއްގައި ވެސް ޝިޔާރާ ހޯދަން މަސައްކަތް ނުކުރާތި” ހާލާ ރުޅި އައިސްގެން ޒޯހަން އާއި ދިމާލަށް އިނގިލި ދިއްކޮށްލިއެވެ. “އޭތް ކަލޭ ތީ ކާކު މަގޭ ޒޯހަން އާއި ދިމާލަށް ހިތު ހުރި އެއްޗެއް ކިޔަން” ނިއާ ދެމެދަށް ވަދެ ހާލާއަށް އަޑުލިއެވެ. “ޝަޓަޕް ބިޗް… ކަލޭއަށްމިހާރު ތިހުރި މަގާމަށް އާދެވިފަ ތިހުރީ ޝިޔާރާގެ ސަބަބުން. ޒޯހަން މިއަދު ޝިޔާރާއަށް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް ޒޯހަންގެ އަންބަކަށް ކަލޭ ވީ ޝިޔާރާގެ ފަހުން. އެވެސް ޝިޔާރާ ރުހި ގަބޫލުވެގެން. ޒޯހަން ހިތުން ޝިޔާރާ އަށް ދިން މަގާމު ދުވަހަކުވެސް ކަލެއަށް ނުލިބޭނެ. ވަރަށް އަވަހަށް ކަލޭ މިގެއިން ފައްސާލާނަން” ހާލާ ރުޅި އައިއްސަ ހުރި ވަރުން ކިޔޭ ނުކިޔޭ އެއްޗެއް ވެސް ނޭނގެއެވެ. ޝަޒަން ގަދަކަމުން ހާލާ އަތުގައި ހިފާ ދަމަމުން ގެންދިޔައީއެވެ. ޒޯހަން އަށް އެއްވެސް އެއްޗެއް އަޑެއް ނީވޭ ކަހަލައެވެ. ޝިޔާރާގެ ނަން އިވޭ ކޮންމެ ފަހަރަކު ހިތަށް އުނދަގޫވަނީއެވެ. ހާލާ ހަޅޭއްލަވާ ނިމުމުން ޒޯހަން ހިމޭންކަމާއެކު ކޮޓަރިއަށް ވަން އިރު ނިއާގެ ދިފާއުގައި އެއްޗެއް ނުބުނާތީވެ ނިއާ ހުރީ އަނގަ ސަކަރާތްވެފައެވެ. “ޒޭން..މިބޮޑު މާލޭން ޝިޔާ ހޯދުމަކީ ފަސޭހަ ކަމެއް ނޫން. އެންމެ ފުރަތަމަ ހިނގާބާ ހޮސްޕިޓަލް ޗެކް ކޮށްލަން. ފަހަރެއްގަ ވެއްޓިފައި އޮތުމުން ބަޔަކު އޭނަ ހޮސްޕިޓަލަށް ގެންގޮސްވެސް ދާނެ. މިއޮތީ އައިޑީކާރޑް ވެސް” ކާރަށް އަރާ ހަމަޖެހިލެވުމާއެކު ޝަޒަންގެ މިސްރާބަކަށްވީ އެންމެ ފުރަތަމަ އޭޑީކޭއެވެ. ހަލުވި މިނުގައި ހިނގާފައި ދިޔަ ޝަޒަން އޭޑީކޭގެ އީއާރްއަށް ވަދެގެން ދިޔުމުން ދޮރުމަތީގައި ހާލާ ދެކޮޅަށް ހިނގަންފެށީ ޝަޒަން ހިފައިގެން ނިކުންނާނެ ޖަވާބެއް ނޭނގޭތީއެވެ. ދޮރުން ނިކުތް ޝަޒަން ހާލާގެ އަތުގައި ހިފައިގެން އެތެރެއަށް ވަދެ ޝިޔާރާ ބާއްވާލާފައި އޮތް އެނދު ކައިރީގައި ބޭންދިއެވެ. އެނދުގައި އޮތް ޝިޔާރާ ފެނުމުން ހާލާއަށް ރޮވުނެވެ. މޫނުމަތީގެ ދެފަރާތް ރަތްވެފައި ހުރިއިރު އެއްލޮލުގެ ބޮނޑިމަތި ވެސް ވަނީ ދުޅަވެފައެވެ. ބޭރުން ފެންނަން ހުރި ޒަހަމްތަކަށް ޑޮކްޓަރީ ފަރުވާ ލިބެން ފެށުމުން އެތެރެހައްޓަށް ލިބުނު އަރާމުގައި ޝިޔާރާގެ ދެލޯ ވަނީ މެރިފައެވެ. ޝަޒަން ޝިޔާރާގެ ހާލަތު އޮޅުން ފިލިވުމުގައި އުޅޭތަން ހާލާއަށް ފެނޭއެވެ. އިރުކޮޅަކުން ޝަޒަން ހާލާ ކައިރިއަށް އައިސް ވީގޮތް އޮޅުންފިލުވަދޭން ފެށިއެވެ. “އަންހެނެކޯ މިތަނަށް ގެނައީ. އެމީހާ ގޮށްސިއޯ. މަގުމަތީގައި ފެއިންޓްވެފައި އޮށްވަޔޯ ގެނައީ. އަދި ބުނި ބޭބީގެ ހާރޓްބީޓާއި ހުރިހާ ކަމެއް ވެސް ރަނގަޅޭ. ކީއްވެ ޑޮކްޓަރުން އެހެންބުނަންވީ. ޝިޔާ ޕްރެގްތަ؟” ޝަޒަން ހާލާއާއި ސުވާލުކުރިއެވެ. ހާލާ ބޯޖަހާލާ އެނގުނީ ބޮއްތަގެ ފަރާތުންކަމަށް ބުންޏެވެ. “ޒެން…. ޒޯހަން ކިހާ ގޯސް.. އޭނަ ޝިޔާއަށް މިދިނީ ކިހާ ބޮޑު ދެރައެއް؟ ކޮބާ ޝިޔާގެ ކުށަކީ؟ ޝިޔާ ޒޯހަން ކިހާ އިތުބާރެއްކުރި. މީ މަގޭ ވެސް ކުށް. ޒޯހަންގެ ހަޔާތަށް ދިއުމަށް ޝިޔާއަށް އެންމެ ބޮޑަށް ބާރުއެޅި މީހަކީ މަ. ޝިޔާ ކިހާ މަސައްކަތެއް ކުރި ދެކޮޅު ހަދަން. އަހަރެން ދުވަހަކުވެސް ޒޯހަން އަށް މާފެއް ނުކުރާނަން. ޒޯހަންގެ ދަރިއަކަށް ބަލިވެ އިންދާ ގެއިން ނެރެ އެއްލާލިއިރު އިންސާނިއްޔަތުގެ ކަންފުޅެއް ވެސް ނެތީތަ؟” ހާލާ ޒޯހަން އަށް އެއްޗިހި ކިޔަމުން ދިޔައިރު ރޮވެމުން ދިޔައެވެ. ހާލާގެ ކަރުނަތަށް ލޯތްބާއެކު ޝަޒަން ފޮހެލަދިނެވެ. “ނޫނޭ ހާލީ. ކޮންމެސް ކަމެއް އެބަ އުޅޭ. ޒޯން އެހާ ނުބައެއް ނުވާނެ. ޔަގީން މަށަށް މިކަމުގަ ނިއާ ކޮންމެސް ނުބައި ރޯލެއް އެބަ ކުޅޭ” ދެމީހުން ވެސް ސިއްސައިގެން ދިޔައި ޝިޔާރާ ކެއްސާލި އަޑަށެވެ. ހާލާ އަވަސް އަވަހަށް ޝިޔާރާ ކައިރިވެ ބޮލުގައި ފިރުމާލިއެވެ. ލަސްލަހުން ދެލޯ ހުޅުވާލި ޝިޔާރާއަށް އެސްފިޔަ ދޭތެރެން ހާލާ ފެނުމާއެކު ރޮވުނެވެ. ޝިޔާރާ އާއި ދިމާވި ކަންތައްތައް ކިޔާދޭން އުޅޭ ކަހަލަ ގޮތަކަށް އަނގަ ތަޅުވަން ފެށިއެވެ. “ހުރިހާ އެއްޗެއް ވެސް އެނގިއްޖެ. ބޮއްތަ ކިޔާދީފި. ޝިޔާ ދެރަނުވޭ. ހުރިހާ ރިޕޯޓްތަކެއް ލިބުނީމަ ޑިސްޗާރޖް ކުރާނެ. ޝިޔާ ދާނީ މަށާއެކު ހުޅުމާލެއަށް” ކައިރީގައި ހުރި ޝަޒަން ކައިރީގައި ހާލާ އެދުނީ މާމަ އަދި ސާރާއަށް ގުޅުމަށްފަހު ޝިޔާރާ އެގެއަށް ގެންދިއުމުގެ ހުއްދަ އެއް ހޯދުމަށެވެ. ޝަޒަން ގެނެސްދީފައި ހުރި ކުރުނބާތަކުން ޝިޔާރާއަށް ފެންފޮދެއް ދިނުމަށްފަހު ލަތާ ދީފައި ހުރި ހެދުންތަކުން ޝިޔާރާ އަށް ހެދުމެއްދީ ބަދަލު ކުރުމަށް ހާލާ އެދުނެވެ. ކޮޅަށް ތެދުވި ޝިޔާރާގެ ބޮލަށް އެނބުރުން އެރުމާއެކު ހާލާ ހިފަހައްޓާލިއެވެ. އަދި ހާލާގެ އެހީތެރިކަމާއެކު ފާހާނާއަށް ގޮސް ހެދުން ބަދަލުކޮށްލާ ޝިޔާރާ މޫނުމަތި  ވެސް ސާފުކޮށްލިއެވެ. މިހާރު ޝިޔާރާގެ މޫނުމަތި އުޖާލާ ވެއްޖެއެވެ. ނަމަވެސް ހިތާމައިގެ ތަސްވީރެއް ފަދައެވެ. ތުންފަތުގައި ހިނިތުންވުމެއް ނެތެވެ. ޒޯހަން ޝިޔާރާގެ މޫނުމަތީގައި ޖެހި މަންޒަރާއި އަތުގައި ހިފާ ދަމަމުން ގެއިން ބޭރު ކުރި މަންޒަރު ސިފަވުމާއެކު ދެލޯ ފެންކަޅިވެގެންދޭއެވެ. ހަމައެހާ އަވަހަށް ތުންފަތުގައި ދަތްއަޅާ ކަރުނަތައް އެރެއަށް ހިންދާލެވޭތޯ މަސައްކަތް ކުރެއެވެ. މިކަމުގައި ޒޯހަންގެ އެއްވެސް ކުށެއް ނެތް ކަން ޝިޔާރާ ހިތާ ފުރާނައިން ގަބޫލުކުރޭއެވެ. ނިއާ އާއި ނޫރީގެ ނުބައި ރޭވުންގަނޑުން ޒޯހަން ސަލަމާތް ކުރުމަށްޓަކައި މެކާހިޔާގެ ސްޓޯރ ރޫމުގައި ފޮރުވާފައި ހުރި ފެންފުޅިތައް މިނަރަލް ވޯރޓާއަށް ބަދަލުކުރީ ޝިޔާރާގެ ދެއަތުންނެވެ. ވީއިރު އެކަމުން ޒޯހަން އަށް އެއްވެސް އަސަރެއް ނުކުރީ ކީއްވެ ހެއްޔެވެ؟ ނިއާ އަށް ކޮންމެސް ގޮތަކުން އެކަން އެނގިގެން ޕްލޭން ބަދަލުކުރީ ކަމުގައި ޝިޔާރާ ޔަގީން ކުރިއެވެ.

ރަނގަޅު އެއްޗެހި ކެއުމަށާއި ބެޑް ރެސްޓް ކުރުމަށް ނަޞޭޙަތްތެރި ވުމަށްފަހު ޑޮކްޓަރުން ޝިޔާރާ ދޫކޮށްލިއެވެ. އަދި މަހަކު އެއްފަހަރު ގަވައިދުން ޑޮކްޓަރަށް ދެއްކުމަށް ބުންޏެވެ. ރަހިމަށް ލިބުނު ބޮޑު ގެއްލުން ރަނގަޅަށް ފޫނުބެއްދެނިސް ބަލިވެ އިނުމާއި ގުޅިގެން ޑޮކްޓަރުން ދިން ނަޞޭޙަތް ޝިޔާރާއަށް އިވުނީ އިންޒާރެއް ފަދައިންނެވެ. ޝިޔާރާ ބަލިވެއިނީ ޒޯހަން އާއި ދެމީހުން އެކަމަށް ތައްޔާރުވުމުން ނޫނެވެ. އެހެނަސް ރައްކާތެރިވުމުގެ ގޮތުން ވެސް ފިޔަވަޅެއް އެޅިފައެއް ނުވޭއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ހާދަހާވޭ ކުރާހިތް ސަމާސާ 13 ވަނަ ބައި

Next

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 10..

Next
April 9, 2016

ހައްގަކަށް ތީ މަގޭވުން ނިކަން ބޭނުމޭ 10..

Previews
April 9, 2016

ހާދަހާވޭ ކުރާހިތް ސަމާސާ 13 ވަނަ ބައި

31 Comments!

  1. Shaai says:
    April 9, 2016 at 11:20 am

    Vvvvv rythi mibaives. Ekamaku thankolheh kuru.

  2. Ushaali says:
    April 9, 2016 at 11:21 am

    mi baives kiyaala

  3. Ana says:
    April 9, 2016 at 11:35 am

    It is so heartbreaking. Why do shiya has to suffer so much? ???

  4. Ninni says:
    April 9, 2016 at 11:41 am

    Avahah nxt parts up kohdheebr
    Haadhr lahey up kuraaleh.. inthixaaru koh koh varubalivr iru mi vaahakaige part eh kiyaalan libenee.. huhh

  5. Aimsithu says:
    April 9, 2016 at 11:43 am

    Story up kuraaleh haadha lahey..
    Mi part ves varah reethi

  6. someone says:
    April 9, 2016 at 11:59 am

    rovijje….v v v sad n heart touching ???

  7. Ainy says:
    April 9, 2016 at 12:04 pm

    V lass upp kuraaleh thankolheh avahah upp kohbaa v nyc mi story …

  8. saaaaa says:
    April 9, 2016 at 12:32 pm

    Than kolheh avahah up kohbala pls pls pls pls pls pls ………..

  9. Zee says:
    April 9, 2016 at 12:50 pm

    V salhi next part thankolheh avahah up kohdheeba

  10. kundyy says:
    April 9, 2016 at 1:26 pm

    Haadha lahayyy dhwww mi stry ushaali update kuraaalehhhh….. avahahhah up kohbala…
    V nice ingeyyyyy

  11. sumone says:
    April 9, 2016 at 1:30 pm

    Ushaaalii … miadhu aneh bai up kohdhybaa … vvvvvv kiyaa hiyy vey eba .. plxxx .. waiting fr nxt part … vvvvvvvvvvvv rythi mi bai vss .. bst of luck ushaali

  12. angle says:
    April 9, 2016 at 1:54 pm

    jst thought of giving u guys an advice …………evves myhakah abadhaa abadhu vaahaka liyaakah vaguthu heydha nukureveyne ingey…kuran jehey ithuru ehen kanthah vse hunnane ey…so ehaaa avas kuran nubunahchey…..u guys shud understand dhw….misaalakah mykahu buniyyo theen kujjaku kairi komme dhuvahaka 2 chapter up koh dheyshey….can u????no u cnt….so first think about others life and comment ingey…pls dnt take wrong meaning …i jst wanted to give an advice….so i hope u guys will not repeat it..ok…

    1. AAA says:
      April 9, 2016 at 2:13 pm

      V rangalhu vaahaka eh

    2. Jia says:
      April 9, 2016 at 5:24 pm

      Totally agree with you.

  13. Anonymous says:
    April 9, 2016 at 2:36 pm

    ==Konmes Kuhjeh==

    Angle ge bahah thaaeedh..mi prt vs v reethi…waiting 4 the nxt prt

  14. Sama says:
    April 9, 2016 at 2:57 pm

    Hama rangalhah vx rovihje…v v v reethi mi story..

  15. ny says:
    April 9, 2016 at 3:20 pm

    Pis pis, mioh niaa eh dhww.. haadha foohiveyey.. hunna nubaikan…
    hurey adhi thi niaa ah vx shiyaa ah hedhi gothah hadhaane.. I will wait 4 dat day..

  16. someone says:
    April 9, 2016 at 3:56 pm

    wen i was reading this story i didnt realised a tear drop fell frm my eyes n rolled it down on my cheeks…???

  17. ken? says:
    April 9, 2016 at 4:36 pm

    masha allah…inthizaaruge vaguthuthah gunan fesheymi…heekuran vaguthu libey varakun avahaa up kohdheyne kamah…aslu readers mihaa varun kiyanee mi story reethi veema…eigothakahves ushaali ge life ge kanthah thah feel nukureveythyve ei noon..understand vey enmme paragraph eives type kuran vaguthu nagaane kan…ehhehe…so take ur time n v all will wait…☺

  18. Ifaa says:
    April 9, 2016 at 5:02 pm

    V heart touching,,, v nice mi part vx,, nxt part avahah up kohdheyne kamah hope kuran,,

  19. Aeyesha says:
    April 9, 2016 at 5:48 pm

    mi part vs V v v v reethi 🙂 n we all will wait for de nxt part . ifaa bunihen v heart touching .

  20. Nashidh says:
    April 9, 2016 at 10:40 pm

    Ushaaly aky v molhu hunaruveri vaahaka liyun theri eh. mashooru vaahaka liyuntherin Aisha & yasma aai ehvarehga hifahahttaaleveyne ushaaly ah. ehaaves molhu. bayaan kohdheefa huri goi ehaaves furihama. alhugandu mi vaahaka feshuneehsure kiyamun midhany. thigothuga kuriyah dhey. insha allah kaamiyaabu vaane…

  21. Mar Sha Marsha says:
    April 9, 2016 at 11:46 pm

    Vvvvvvvvv rythi… heart touchingggg… poor shiyaaaa!!!! I just want to kill this niaaa.. n noory ves nubai kan dhooo… shiya dhera nuvey ingey… kaamiyaabu vaany shiyaa ah.. insha allah! Ushaali.. u r just great!!!! Waiting waiting waiting n waiting

  22. SoMeOnE says:
    April 10, 2016 at 1:21 pm

    Mi vaahakaiga kithah part indheytha?
    Just asking

  23. Shim says:
    April 10, 2016 at 5:13 pm

    Up kohdybala avahah kiyaa hithun moya vany mioooooo

  24. Huna says:
    April 10, 2016 at 6:07 pm

    Ushaliiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii

  25. moony says:
    April 10, 2016 at 6:15 pm

    Avas kohbala

  26. Aish says:
    April 10, 2016 at 7:28 pm

    Vaahaka avahah up kohdheebela plx ushaaali

  27. riuman says:
    April 10, 2016 at 8:32 pm

    up koh dhee ba plx

  28. tink says:
    April 10, 2016 at 9:22 pm

    v reethi vaahakaeh angle buni vaahaka akee ves rangalhu vaahakaeh ! but ushaali kiyaa hithun key madhu vefa

  29. Aathi says:
    April 10, 2016 at 10:01 pm

    Alhe vaahakaage anebai konirakuntha reethikamun. Inthizaare nukureveyne pls avaha anebai upkodheeba

Comments are closed.

Next Episodeފުންއަސަރު 24←


All Right Reserved!