Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތަޤުދީރު – 3

Vaahaka_by_Az
Vaahaka_by_Az Level 110 Stories
May 24, 2026 6 Mins Read
8 Comments

ފަހަތުން އިވުނު އަޑުން ސިހިފައި ޔަލްވީ ފަހަތަށް އެނބުރި ބަލާލިއެވެ. ”’ލިއަމް؟” ގަބޫލު ނުކުރެވިފައިހުރެ ޔަލްވީ ބަލާލީ ކުރިމަތީ ހުރި ލިއަމްއަށެވެ. ”ޔެސް! މީ މި ޖިމްގެ މެނޭޖަރ އަދި އޯނާރއަކީވެސް،ކިހިނެއްވީ؟” ބޮޑާ ގޮތަކަށް ލިއަމް އެހެން ބުނެލުމުން ޔަލްވީ މޫނަށް ވައްތަރުތަކެއް ޖައްސާލިއެވެ. ”އޯވްހް! ތީ ދޯ މެނޭޖާރ އަކީ! އެކަމް މިތާގެ ސްޓާފުންގެ ޑިސިޕްލިން ހާދަ ކަޑައޭ، މެނޭޖަރއަށްވެހުރެ ފުރަތަމަވެސް އަމިއްލަ ޖިމްގެ ސްޓާފުން ކޮންޓްރޯލް ކޮށްބަލަ.” ރުޅި އައިސްހުރެ ޔަލްވީ ދިޔައީ ހިތައް އައިއެއްޗެއް ލިއަމް އަށް ގޮވަމުންނެވެ. ”އެކްސްކިއުޒް މީ؟ ކިޔޭ އެއްޗެއް އެބަ އެނގޭތަ؟” ލިއަމް ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. ”ޔެސް! އެބަ އެނގޭ މިކިޔެނީ ކީކޭކަންވެސް، މިބުނަނީ މިޖިމްގެ އިންސްރަކްޓަރސްގެ ޑިސިޕްލިން ނެތް ވާހަކަ، ވީއައިޕީ ރޫމްގަ ހުރި މުސްކުޅިވަރުގެ މީހާގެ ވާހަކަ މިބުނީ، ހައު ޑެއަރ ހީ ކޮމެންޓު އޮން މައި ބޮޑީ! ފުރަތަމަ އަހަންނަކީ އޭނާގެ އުމުރުގެ މީހެއްނޫން، އެންޑް ހީ ވޯސް ޓްރައިން ޓު ސެކްޝުއަލީ ހެރެސްމީ ވިތް ދޯޒް ލަސްޓްފުލް ސްޓެއަރޒް!” ޔަލްވީގެ ރުޅިގަނޑު ދިޔައީ އިތުރަށް ގަދަވަމުންނެވެ. ލިއަމް އިތުރު އެއްޗެއް ނުބުނެ ހިމޭނުން ހުރީއެވެ. ލިއަމްގެ މޫނުމަތީގެ ކުލަވަރުން ވަރަށް ރުޅިގަދަވެފައި ހުރިކަން އެނގޭނެއެވެ. ޔަލްވީ އިތުރަށް މަޑުކުރުމެއްނެތި ދަބަސް ކޮޑުގައި އަޅުވާލަމުން ޖިމުން ނުކުތީއެވެ.

ވެފައި ހުރި ވަރުބަލިކަމާއި އައިސްފައި ހުރި ރުޅިން ޔަލްވީ ދަބަސް އެނދު މައްޗަށް ހޫރާލަމުން ފާޙަނާއަށް ވަނެވެ. އެތަށް އިރެއްވަންދެން ފެންމާގަނޑު ދޫކޮށްލައިގެން ޔަލްވީ ހުރީ ރުޅިގަނޑު ފިނިވޭތޯއެވެ. ހަމައަކަށް އެޅުމުން ގައިން ފެން ހިއްކަމުން ފާޙަނާއިން ނުކުމެ ޔަލްވީ ނޫކުލައިގެ ފައިފުޅާ ހަރުވާޅަކާއި އަތްކުރު އަޅި ކުލައިގެ ޓީޝާޓެއްލިއެވެ. ވެފައިހުރި ވަރުބަލިކަމުން އޮށޯވެލަން ބޭނުންވިޔަސް ފުރަތަމަ އެއްޗެއް ކެއުމަށް ބޭރަށް ނުކުތެވެ.

ޔަލްވީ ކާގެއަށް ވަތްއިރު އާޔަތާއި ޔުވާން ސައިބޯން ތިއްބެވެ. ”ލޯބި، ކިހިނެއްވެފަ ތިހުރީ ހާދަ މޫޑީވެފައޭ” ޔަލްވީ ހުރި ގޮތް ފެނިފައި ޔުވާން ޔަލްވީ ގެނެސް ގޮނޑިއެއްގައި ބޭންދިއެވެ. ޔަލްވީގެ ބަޑި ފަޅައިގެން ދިޔައީ ޔުވާން މާ ގިނައިން ސުވާލުކުރަން ފެށުމުންނެވެ. އާޔަތު އައިސް ޔަލްވީގައިގައި ބައްދާލަމުން ޔަލްވީ ހަމައަކަށް އެޅުވޭތޯ ބެލިއެވެ. ”ދޫނީ އިޓްސް އޯކޭއޭ ދޮންބެކައިރީ ބުނަން ބޭނުން ނޫނިއްޔާ! އަވަހަށް ހުއްޓާލާ!” ޔުވާން ދެރަވެގެން ޔަލްވީގެ ދެލޯ ފޮހެލަދިނެވެ. ”ދޮންބޭ!” ރޮމުން ޔަލްވީ ވާހަކަ ދައްކަން ފެށިއެވެ. ޖިމްގައި ހިނގި ކަންތައް ޔަލްވީ ޔުވާން އަށް ކިޔައިދޭން ފެށިއެވެ. އެކަހަލަ ވިޔާނުދާ މީހުންގެ ބެލުމުން ޔަލްވީއަށް އަބަދުވެސް އުނދަގޫވެއެވެ. ކިތަންމެ ކުޑަ މިންވަރަކައް ނަމަވެސް އެކަހަލަ ކަމެއް ވެއްޖިއްޔާ ޔަލްވީ ގާތައް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. ޔަލްވީގެ ވާހަކަ ނިމުމުން ޔުވާން ރުޅިއައިސްހުރެ ފޯނު ހިފައިގެން ވަރަށް ބާރަށްގޮސް ޓެރަހަށްއެރިއެވެ.

ރޮއިރޮއިފަ ވަރުބަލިވެގެން ނިދާފައޮތް ޔަލްވީއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށްށެވެ. ޔަލްވީ މޯޅިއަކަށް ދެމިލާފައި ތެދުވެ ގަޑި ބަލާލިއިރު 14:15 ވަނީއެވެ. ފޯނުނަގައި ކަންފަތު ޖަހާލަމުން ޔަލްވީ ‘ހެލޯ’ އޭ ބުނެލީ ގުޅަނީ އޮފީސް ނަންބަރަކަށްވުމުން ޖެހިލުންވެ ހުރެއެވެ. ”ހެލޯ! ލައްބަ ވާހަކަ ދައްކަނީ ޔަލްވީ!” ފޯނުގައި ހުރެ ޔަލްވީގެ މޫނުމައްޗަށް ވެރިވަމުންދިޔަ ކުލަވަރުން ވަރަށް އުފާވެރި ހަބަރެއް ލިބުންކަން އެނގެއެވެ. ފޯންކޯލް ނިންމާލުމަށްފަހު ޔަލްވީ ދުވަމުން ގޮސް ޓީވީ ބަލަންއިން އާޔަތުގެ ގައިމައްޗައް ވެއްޓިގަތެވެ. “ސާބަހޭ! ޔައްލު އައި ކާންޓް ބްރީތް” ނޭވާ ނުލެވިގެން އާޔަތު ޔަލްވީ ކޮއްޕާ ބިންމައްޗައް ވައްޓާލިއެވެ. “އައުޗް! ތަދުވެއްޖޭ އާޔޫ” ބުރަކަށީގައި އަތްކާތަމުން ޔަލްވީ ލޯއަޅާލިއެވެ. “ކިހިނެއްވީތަ މާވަރަކަށް ތިނަށަނީ؟” އާޔަތު ޔަލްވީ އުޅޭގޮތުން ބޮލަށް އުނދަގޫވެގެން އެހިއެވެ. “އަޅޭ އާޔޫ އައިގޮޓް އެކްސެޕްޓެޑް ޓު މައި އިންޓަރވިއު” އުފަލުން ނަށަމުން ޔަލްވީބުންޏެވެ. “ވާއު! ކޮންގްރެޓްސް ޔައްލު، އަމް ސޯ ހެޕީ ފޮރ ޔޫ” އާޔަތު ޔަލްވީގައި ބައްދާލިއެވެ.

“ދެކުދިން ހާދަ އުފާވެފަ. ކިހިނެއްވީ؟” ޔުވާން އޮފީސް ނިންމާލާފައި ގެއަށް އައިސް ވަންނަމުން އަހާލިއެވެ. ވެގެން އުޅޭގޮތް އާޔަތު ކިޔާދިނުމުން ޔުވާން ޔަލްވީއަށް މަރުހަބާ ކިއެވެ. “ކޮންއިރަކު އިންޓަރވިއު އޮތީ؟” ސޯފާގައި އިށީނަމުން ޔުވާން އަހާލީ ޔަލްވީގާތުއެވެ. “މާދަމާ ހެނދުނު 10 ޖަހާއިރު” ޔުވާން ކައިރީ އިށީނަމުން ޔަލްވީ ބުންޏެވެ. “ގުޑްލަކް މައި ލަވް ޑޫ ޔުއަރ ބެސްޓް އިނގޭ” ހީލަމުން ޔުވާން ޔަލްވީ ކޮލުގައި ހިފާލިއެވެ. “ދޮންބެ ދޭ ފްރެޝް ވެލައިގެން ކާންއަންނަން، ޔައްލުގަނޑުވެސް ދޭބަލަ ދަތްއުނގުޅަން ޗީޑި ނިދާހޭލާގެން ކުނިވެފަ ތިހުރީ” މޫނުހަދާލަމުން އާޔަތު އެހެން ބުނީ ޔަލްވީ ރުޅި އަރުވާލާށެވެ. ” ހައް! ވަރަށް ފޫހިވޭ އާޔަތުގަނޑު” ތުންދަމާލަމުން ޔަލްވީ ކޮޓަރިއަށްވަނެވެ. ތިން މީހުން އެކުގައި ކައިނިމިގެން އާޔަތުއާއި ޔަލްވީ ރޭގަނޑު ބިރުވެރި ފިލްމެއް ބަލަން ރޭވިއެވެ. އާޔަތާއި ޔަލްވީ ކިތަންމެ ބިރުގަންނަ ދެކުދިންކަމުގައި ވިޔަސް ބިރުވެރި ފިލްމް ބަލަން ވަރަށް ފޯރިހުރެއެވެ.

ރޭގަނޑުގެ ވަގުތެވެ. ޔަލްވީހުރީ ބަދިގެތެރޭގައި ޕޮޕްކޯން ހަދާށެވެ. އާޔަތު ‘ޕޮޓޭޓޯ ފްރައިސް’ ހެދުމުގައި އުޅުނެވެ. ގޭގެ ބެލް ޖަހާއަޑު އިވެންފެށީ އެވަގުތުއެވެ. “ވެއިޓް…ޔައްލު އެބަދަން” ޔަލްވީ އަތްދޮވެލައިގެން ގޮސް ދޮރުހުޅުވިއެވެ. “އަނހާ! އަޒާން؟ހައި!” ކުރިމަތީގައި ހުރީ އަޒާންއެވެ. “ހެލޯ ޔަލްވީ! ކޮބާ ޔޫވީ؟” ހީލަމުން އަޒާން އެތެރެއަށް ވަނެވެ. “ދޮންބެ އެބައުޅޭ އެހެރަ ކޮޓަރީގައި” ހަތަރުވަނައަށް ހުންނަ ކޮޓަރިއަށް ޔަލްވީ އިޝާރާތް ކޮށްލިއެވެ. އަޒާންގޮސް އެކޮޓަރިއަށް ވަނެވެ. އެކޮޓަރިއަކީ ޔުވާން ގެ ގޭމިން ރޫމްއެވެ. ޔުވާންގެ އެކުވެރިންނާއެކު ގޭމްކުޅެން އެކޮޓަރި ހާއްސަކޮށްލެވިފައިވެއެވެ. އާޒާންގޮސް ވަތް ދިމާއަށް ކަޅިއަޅައިގެން އާޔަތު ހުއްޓެވެ. “ސާބަސް އާޔޫ! ތިހާވަރަށް ކަޅި ނާޅަބަލަ، ހީވަނީ ލޭބޯ ފުރޭތައެއްހެން” އާޔަތު ހުރިގޮތުން ޔަލްވީއަށް މަޖާވިއެވެ.

އިރުކޮޅެއްފަހުން ޔުވާން ކޮޓަރިން ނުކުތެވެ. ފަހަތުން އަޒާންވެސް ނުކުމެގެން އައެވެ. “ޔައްލު ދޮންބެމެންވެސް ބައިވެރިކޮށްބަލަ ފިލްމް ބަލަން، ދޮންބެގެ ރޫމް ލައިޓް އަނދައިފި، މިރޭދެން ގޭމްއެއް ނުކުޅެވޭނެ” ޕޮޕްކޯން ކޮޅެއްކާލަމުން ޔުވާން ބުންޏެވެ. “ހޫން! މިހެންވެ ދޯ މި ނުކުތީ، އެކަމް ޝަރުތެއް އެބައޮތް. ދޮންބެމެން ޖެހޭނީ ކޯކް ގަންނަން ދާން” އާޔަތު ސަމާސަކޮށްލިއެވެ. ހެމުން އާޔަތު ބަލާލީ އަޒާންއަށްށެވެ. އެވަގުތު އަޒާންވެސް ހުރީ އާޔަތައް ބަލާށެވެ. އަޒާން މާގިނައިން އާޔަތަށް ބަލާކަން ފާހަގަވެގެން ލޯއަޅާލިއެވެ. “އަޒާން؟ ހިނގާދަމާ” ޔުވާން އަޒާންކޮނޑުގައި ޖަހާލުމުން ސިހިފައި ބާލާލިއެވެ. ޔުވާންއާއި އަޒާން ކައިރީހުރި ފިހާރައަކުން ކޯކް ގަތެވެ. “ބްރޯ ލިޔާއަށް ނުގުޅަންތަ؟” ޔުވާން އަހާލީ އެކުވެރިއެއްގެ ވާހަކައެވެ. “ނޫން މަގުޅިން އެކަމް އޭނަބުނީ ކުޑަކަމެއް ދިމާވެގެން މިރޭ ނާދެވޭނޭ” އަޒާން ލިފްޓުން ނުކުންނަމުން ބުޏެވެ.

4 މީހުން ފިލްމް ބަލަން ރެޑީވެލިއެވެ. ‘ނޯވަން ގެޓްސް އައުޓް އެލައިވް’ އަޅުވާލަމުން އެންމެން ސޯފާގައި ހަމަޖެހިލިއެވެ. އަޒާން އިށީނީ ވަކިން އިން ސޯފާގައެވެ. ޖެހިގެން ޔަލްވީއިން އިރު ޔުވާން އިނީމެދުގައެވެ. އާޔަތު އެންމެ އެކޮޅުގައި އިނީ އަޒާން ބަލާވަރުން އުނދަގޫވެގެންނެވެ. މޫވީ ފެށިގެން އިރުކޮޅަކު ރަނގަޅަށް ބެލުނެވެ. ބިރުވެރި ހިސާބަށް ދިޔައިރު އާޔަތުއާއި ޔަލްވީ ތިބީ ޔުވާންގައި ދެބޯވަހެން ތަތްކޮށްލައިގެނެވެ. ދެމީހުން އުޅޭގޮތުން އަޒާން ގާތަށް ހިނިއައެވެ. “ބޫވްހް!!!!……..” އެންމެ ބިރުވެރި ހިސާބުން ޔުވާން ބިރުވެރި އަޑަކުން ހަޅޭލަވައިގަތެވެ. “މަންމާތް!!!…” ގަތްބިރުން ހަޅޭއްލަވަމުން އާޔަތު ދުއްވައިގަތެވެ. ޔަލްވީ ދެކަންފަތުގައި އަތްއަޅައިގެން އިނދެ ހަޅޭއްލަވަނީއެވެ.

އާޔަތުގެ ފައި މޭޒުފައިގައި އަޅައިގެންފައި އިދިފުށަށްގޮސް ޖެހުނީ އަޒާންގެ ގައިމައްޗައްށެވެ. ހިނިއައިސްފައި އިން އަޒާންވެސް ދިޔައީ ސިއްސައިގެނެވެ. އަދިވެސް އާޔަތަށް ވާނުވާ ރޭކާނުލައެވެ. ދެކަންފަތްމަތީ އަތްއަޅައިގެން އޮވެ ކުރުސި ކިޔަވަނީއެވެ. ޔަލްވީއާއި ޔުވާން ގާތަށް އައީ ހިންޏެވެ. އާޔަތު އިންގޮތުން ނުހޭން ހުންނަ މީހާއަށްވެސް ހިނިގަނޑު ނުހިފެހެއްޓޭނެއެވެ. ”ބަލަ އާޔޫ، އެއީ އެވަރު ކަމެއްނޫނޭ! ޓީވީ ފަޅާފަ އޭތި ނުނުކުމެއޭ”. ހިނިގަނޑު މައިތިރިކޮށްލަމުން ޔަލްވީގޮސް އާޔަތު ނެގިއެވެ. ”ދެން ދޮންބެގަނޑާ! ވަރަށް ފޫހިވޭ” ލޯހުޅުވާލަމުން އާޔަތު މޫނުކުނިކޮށްލިއެވެ. ”އެހެންނޭވާނީ ބިރުން މޮޔަވާއިރުވެސް ބަލަންވާނެ ބިރުވެރި އެއްޗެހި” ހިނިގަނޑެއް ޖަހާލަމުން ޔުވާން އާޔަތު ކައިރިކޮށްލިއެވެ.
އާޔަތުގެ މޫޑު ގޯސްވުމުން އެންމެންވެސް ނިންމީ ދެން އިތުރަށް ފިލްމް ބެލުން ހުއްޓާލުމަށްށެވެ. ރޭގަނޑުގެ ކެއުމަށް އަޒާންވެސް ބައިވެރިވިއެވެ. ކައިނިމިގެން ޔުވާންގެ އެދުމުގެ މަތިން އަޒާން ޔުވާންގެ ކޮޓަރީގައި އެރޭ މަޑުކުރިއެވެ. ފުދޭވަރަކަށް ބޯކޮށް ވާރޭވެހޭތީއާއި އެކު ޔުވާންގެ އެދުމަށް އަޒާން މަޑުކުރަން އެއްބަސްވީއެވެ. އާޔަތާއި ޔަލްވީވެސް ގުގުރާ ވިދާވަރުން އެކަނި އޮންނަން ނުކެރިގެން އެއްކޮޓަރިއެއްގައި ނިދީއެވެ.

މޯޅިއަކަށް ދެމިލާފައި ޔަލްވީ ތެދުވެ ގަޑި ބަލާލިއިރު 7ޖެހީއެވެ. އޭރު އާޔަތު ގަދަ ނނިދީގައި އޮތެވެ. ފާހާނާއަށްވަދެ މޫނު ދޮވެލައިގެން ޔަލްވީ ނުކުތީ ސައި ހަދާށެވެ. އޭރު އާޔަތު ތެދުވެ ލޯގަނޑު ކުރިމަތީ ހުއްޓެވެ. ތުވާލިން މޫނު ހިއްކާލައި އިސްތަށިގަނޑުގައި ހުޅިއެއް ޖަހަމުން އާޔަތު ކައިރީ ސައިހަދަން އައުމަށް ބުނެ ޔަލްވީ ނުކުތީ ބަދިގެ ފަރާތަށްށެވެ. އާޔަތުވެސް އަވަސްކޮށްލައިގެން ކޮޓަރިން ނުކުތްއިރު ޔަލްވީ ބަދިގޭގައި އުޅެއެވެ. ދެބެންވެގެން ސައި ތައްޔާރުކޮށް ނިންމާލެވުނުއިރު 08:30 ވަނީއެވެ. ”ޔައްލު! ކިހާއިރަކު އިންޓަރވިއު؟” މޭޒުމައްޗަށް ސައި އަރުވަމުން އާޔަތު ޔަލްވީ ގާތު އެހިއެވެ. ” 10 ޖަހާއިރު އޮތީ، އަމް ސޯ ނާރވަސް” ޔަލްވީ އަތްމަތި އަވަސްކޮށްލަމުން އާޔަތަށް ބަލާލިއެވެ. ”ހޫން އެނގޭ ނާރވަސްވަރު، ތިއޮއް އަނގަގަދަ މީހާ މިހުރިހާއިރުވީއިރު އަނގައިން ނުބުނެ ހިޔާލަކަށް ގެއްލިފަ ތިހުންނަނީ، އަނެއްކާ ތިއުޅެނީ ދެފަޔަށް ހިނި އަރައިގެން އުޅޭހެން އެއްތާކު މަޑުން ނުހުރެވިގެން ވިއްޔަ” ޔަލްވީގެ ހަރަކާތްތަކަށް ބަލަން އާޔަތު ހުއްޓެވެ. ”ވާވް! ސައި ހަދާ ނިންމާލީތަ ދެކުދިން! ހާދަ އަވަހޭ ދޯ؟” ޔުވާން ކޮޓަރިން ނުކުމެ މޭޒުކައިރީ އިށީނެވެ.. ފަހަތުން އަޒާންވެސް އައިސް ޖެހިގެން އިން ގޮނޑީ އިށީނެވެ. ހުރިހާ އެންމެންވެސް ކެއި ވަގުތު މާގިނަ ވާހަކަތަކެއް ނުދައްކައެވެ. ޔަލްވީ ނުތަނަވަސްވެފައި ހުރިވަރުން އަނގައިން އެއްޗެއް ބުނެވޭ ވަރަށް ވުރެ ހާލު ދެރައެވެ. އާޔަތުވެސް އަނގަ ބަންދުވެފައި އިނީ ކުރިމަތީ އިން އަޒާން މާ ވަރަކަށް ބަލާކަން ފާހަގަވެގެންނެވެ. ހަމަހިމޭންކަންމަތީ ތިބެ 4 މީހުން ސައިބޮއި ނިންމާލިއެވެ. ”ދޮންބެމެން މިދަނީ އޮފީހަށް އިނގޭ! ޔައްލުދޫނި އޯލް ދަ ބެސްޓް އިނގޭ! އެންޑް އެހާ ބިރުން ނުހުންނާތި ބީ ބްރޭވް، އާޔޫވެސް ޓޭކްކެއަރ އިނގޭ!” ބޫޓަށް އަރަމުން ޔުވާން ދެކޮއްކޮއަށް ބަލާފައި ހީލިއެވެ. ޔުވާން އާއި އަޒާން ދިޔުމުން ޔަލްވީ ތަށިތަށް ނަގަންފެށިއެވެ. އާޔަތުވެސް ޔަލްވީއަށް އެހީވިއެވެ. ބަދިގެ ސާފުކޮށްލުމަށްފަހު ޔަލްވީ ގޮސް އެނދުގައި ޖައްސާލީ އިންޓަރވިއުއަށް ދިޔުމުގެ ކުރިން ހަމަޖެހިލާށެވެ. އާޔަތުވެސް ގޮސް އޮށޯވެލީ ކޮލީން ހޫވާރގެ ‘ރިމައިންޑަރސް އޮފް ހިމް’ ވާހަކަ ފޮތް ކިޔާށެވެ.

ފާހާނައިން ނުކުމެ އިސްތަށިގަނޑު ހިއްކަމުން ޔަލްވީ ގަޑި ބަލައިލީ ތައްޔާރުވާވަރަށް ގަޑިއޮތްތޯއެވެ. ހެއަރ ޑްރައިއާއިން އިސްތަށިގަނޑު ހިއްކާލުމަށްފަހު ޔަލްވީ ލީ އަޅިކުލައިގެ އޮފީސް ޕޭންޓްސް އަކާއި ބްލަޝް ޕިންކް އަތްދިގު ޓޮޕެކެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި އޮތްއިރު ވަރަށް ރަސްމީ ގޮތެއް ހުއްޓެވެ. ހެދުމާއި ގުޅޭގޮތަށް ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ހާކާލިއެވެ. ޔަލްވީ ތައްޔާރުވެ ނިމުންއިރު 9:45 ވީއެވެ. ހުދުކުލައިގެ އޮފީސް ދަބަހެއް ކޮނޑުގައި އަޅުވާލަމުން ދަބަހާ ގުޅޭހެން ހުދުކުލައިގެ ކުޑަ ހީލްއަކަށް އެރިއެވެ. ގަޑީގެ ކުރިޔަށް ދިޔުމަށް ޔަލްވީ އަވަހަށް ޓެކްސީއެއް ލިބޭތޯ ނުކުތެވެ. ޔަލްވީ ގޭދޮރުމައްޗަށް ނުކުތްއިރު ކަޅުކުލައިގެ ކާރެއް ދޮރުމަތީ އޮތެވެ. ”ހެލޯ ޔަލްވީ މޭމް! މީ އަޒާން ސަރގެ ސެކްރެޓަރީ،އަޅުގަނޑު މިއައީ ޔުވާން ސަރ ބުނެގެން ޔަލްވީ މޭމް ޑްރޮޕްކޮށްލަދެން” ކާރުން ނުކުތް ކަޅު ސޫޓްގަ ހުރި ފިރިހެން މީހާ ތައާރަފްވެލިއެވެ. ޔަލްވީ ކުޑަކޮށް ހީލާފައި ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލިއެވެ.
ކާރުގޮސް މަޑުކޮށްލީ ‘އެލްޖޭ މެޑް ހޮސްޕިޓަލް’ ކުރިމަތީގައެވެ. ޔަލްވީ ކާރުން ފައިބައިގެން ގޮސް ކްލިނިކަށް ވަތްއިރު އިތުރު ދެމީހަކު ތިއްބެވެ. ރިޝެޕްޞަންގައި އިން ކުއްޖާ ޔަލްވީ ގާތު މަޑުކޮށްލުމަށް އެދުނެވެ. ޔަލްވީގޮސް އިންޓަރވިއުއަށް އައިސް ތިބި އިތުރު ދެމީހުން ކައިރީ އިށީނެވެ. ”ހާއި އަމް ޔަލްވީ” ޔަލްވީ ހީލާފައި ސަލާމަށް އަތްދިއްކޮށްލިއެވެ. ”ހާއި އަމް މަނާލް” ޖެހިގެން އިން ކުއްޖާވެސް ހިތްހެޔޮ ހިނިތުންވުމަކާއެކު ޔަލްވީ އާ ސަލާމްކޮށްލިއެވެ. މަނާލްގެ އިތުރުން އިން ކުއްޖާވެސް ތުއި ހިނިތުންވުމެއް ދިނެވެ. ”މީ މެހެކް” ބޮޑާގޮތަކަށް އެކުއްޖާ ތައާރަފްވެލިއެވެ. އިންޓަރވިއު އަށް އައިސުރެން އެކުއްޖާ ދިޔައީ ޔަލްވީ ދިމާއަށް ހަސަދަވެރިކަމުގެ ނަޒަރެއް ދެމުންނެވެ. އެކަމާ ޔަލްވީ މާބޮޑަށް އަޅައެއް ނުލައެވެ. ޔަލްވީ ބެލީ ހަމަޖެހިގެން އިނދެވޭތޯއެވެ. އެވީ ކުޑަ ވަގުތުކޮޅުތެރޭ އެދެކުދިންނާ ކޮންމެވެސް ވަރަކަށް ޔަލްވީ ވާހަކަ ދައްކާލިއެވެ. މެހެކް ހާލަކުން ބަހެއް ބުނެލައެވެ. ”ޔަލްވީ ޔާސިރު” ރިސެޕްޝަންގައި އިން ކުއްޖާ ޔަލްވީއަށް އިންޓަރވިއު ރޫމްއަށް ވަނުމަށް އިޝާރާތް ކޮށްލިއެވެ. ޔަލްވީ މަޑުމަޑުން ހިނގާފައި ގޮސް އިންޓަރވިއު ރޫމަށް ވަނެވެ. ބޮޑު މޭޒެއް ކުރިމަތީގައި 3 ފިރިހެނުން ތިއްބެވެ. ކަނާތްފަޅީގައި އިން މީހާ ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތްކޮށް ޔަލްވީ ގާތު އިށީންނަން ބުންޏެވެ. ތުރުތުރު އަޅާހާލު ޔަލްވީ ގޮސް އެގޮނޑީގައި އިށީނެވެ. ”ސޯ މިސް ޔަލްވީ! ރައިޓް؟” މެދުގައި އިން މީހާ ސުވާލުކޮށްލިއެވެ. ސިހިފައި ޔަލްވީ ބަލައިލީ ދަންނަ އަޑަކާ ވައްތަރުވީމައެވެ. އެތާތިބި އެންމެންގެ މޫނަށް ޔަލްވީ އަށް ބަލާލެވުނީ އަދި ކިރިޔާއެވެ. ދެފަޅީގައި ތިބީ ދެޑޮކްޓަރުންކަން އެނގުނީ އެދެމީހުންގެ މޭމަތީ ޑޮކްޓަރގެ ޓެގް ޖަހާފައި އިނުމުންނެވެ. ނަމަވެސް މެދުގައި އޭނީ ދެވަނަ މީހެއް ނޫނެވެ. ލިއަމް ޖުނޭދެވެ. ޖިމް އިންސްޓްރަކްޓަރ އެއް ގޮތުގައި ފުރަތަމަ ފެނުންއިރާއި ބަލާފައި މިހާރު ފެންނަލެއް ހާސްގުނަ ތަފާތެވެ. ކަޅުކުލައިގެ ސޫޓްއަކާއި އަޅިކުލައިގެ ޓައީއެއްގައި ލިއަމް ފެންނަލެއް ވަރަށްވެސް ހުވަފެނީއެވެ. ލިއަމްގެ ސްމާޓްކަމާއި ރީތިކަމަށް ހިތްނުލެބޭނެ އަންހެން ކުއްޖެއް މުޅި ރާއްޖޭގައިވެސް ހުންނާނެހެން ހިއެއްނުވެއެވެ.
ޔަލްވީ ސިހުނީ ލިއަމް ކަރުކެހިލުމުންނެވެ. ނުވާ ކަމަށް ހަދާފައި ޔަލްވީ އިސްޖަހާލިއެވެ. ފުރަތަމަ ޔަލްވީއާއި ސުވާލުކުރީ ދެ ޑޮކްޓަރުންނެވެ. އެއަށްފަހު ލިއަމް ސުވާލުކުރަން ފެށިއެވެ. ލިއަމްގެ ސުވާލުތަކުން ހީވަނީ ޔަލްވީއަށް ޖެއްސުމަށް އުޅޭހެންނެވެ. އިންޓަރވިއު އިން ފެއިލްކޮށްލަން އުޅޭ ކަހަލައެވެ. ނަމަވެސް ޔަލްވީ މާ ހުޝިޔާރެވެ. ލިއަމްގެ ހުރިހާ ސުވާލަކަށްވެސް ވަރަށް ފުރިހަމައަށް ޖަވާބު ދެމުން ގެންދިޔައެވެ. ނަމަވެސް ޔަލްވީގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ”އޯކޭ ޔަލްވީ ޔާސިރު! ޔުއަރ ހަޔަރޑް” ގޮނޑީގައި ހަމަޖެހިލަމުން ލިއަމް ޔަލްވީއާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. ކައިރީ ތިބި ދެ ޑޮކްޓަރުންނާ އެއްވަރަށް ޔަލްވީވެސް ހައިރާންވިއެވެ. އިންޓަރވިއު ރޫމްތެރޭގައި އިންދާ އެހާ އަވަހަށް ހަޔަރ ކޮށްލުމުން ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. ”ސޯ ޔޫ ކޭން ޖޮއިން ފްރޮމް ޓޮމޯރޯ” އަނެއްކާވެސް ގެއްލިފައި އިން ޔަލްވީ އަށް ބަލާލަމުން ލިއަމް ބުނެލިއެވެ. ”ޔެސް ތެންކިއު” ލުއި ހިނިތުންވުމެއް ދެމުން ޔަލްވީ ތެދުވެގެން ހިނގައިގަތެވެ.

ރިސެޕްޝަންގައި އިން ކުއްޖާ ކައިރިން ބައެއް މައުލޫމާތު ސާފުކޮށް ހެދުމަށްފަހު ޔަލްވީ ގެއަށް ދިއުމަށް ނުކުންނަން ދިޔައީ އާޔަތަށް މެސެޖް ކުރަމުންނެވެ. ފޯނަށް ބަލަމުން ދިޔަ ޔަލްވީ ވެއްޓެން ދިޔައީ މީހެއްގައިގަ އަޅާފައެވެ. އެމީހަކު ޔަލްވީގެ ބަނޑުގައި އަތްނޭޅުވިނަމަ ޔަލްވީ ބަނޑުވަތަށް ގޮސް ވެއްޓޭނެއެވެ. ވާނުވާ ރޭކާލުމުން އިސްއުފުލާ ބަލާލި ޔަލްވީއަށް ހުއްޓުން އެރުނެވެ. ޔަލްވީއަށް ބަލަން ހުރެވުނީ އާޝޯހުވެފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Vaahaka_by_Az
Follow Me Written By

Vaahaka_by_Az

Level 110 Stories

Pages that feel like alternate realities, where every chapter feels personal!

Other Articles

Previous

ވަފާތެރިމަވީމޭ 2 (8)

Next

ހޯދަން ކަލާ 4

Next
May 24, 2026

ހޯދަން ކަލާ 4

Previews
May 24, 2026

ވަފާތެރިމަވީމޭ 2 (8)

8 Comments!

  1. Sheex says:
    May 24, 2026 at 5:16 pm

    V reethi MA
    Alhey yal hithah araane dhww mi liam gadaa hedhi neyvaa ves nuleveyey
    Hehe
    CW4THENEXTP
    Tc

    1. Vaahaka_by_Az Athufa_Zubeyr says:
      May 25, 2026 at 4:33 pm

      Yeah dhw liam is everywhere 😂

  2. zdmr says:
    May 24, 2026 at 5:22 pm

    omg can’t wait for the next ep

    1. Vaahaka_by_Az Athufa_Zubeyr says:
      May 25, 2026 at 4:33 pm

      💗💗

  3. Anonymous says:
    May 24, 2026 at 6:39 pm

    Omg what is wrong with Liam dhw 😭
    Also aayath and azaan soooooo cute 🥺
    Hope yalvee fall in love 💗
    Anyway,story vrh vrh reethi MA!!!
    When nextttt
    Lysm

    1. Vaahaka_by_Az Athufa_Zubeyr says:
      May 25, 2026 at 4:34 pm

      Ayath looks like she wants to stab azaan dhw 😂😭

  4. Anonymous says:
    May 26, 2026 at 6:38 am

    Heyyyy
    It’s been like 3 days
    When nextt

    1. Vaahaka_by_Az Athufa_Zubeyr says:
      May 26, 2026 at 1:07 pm

      Its up now

Comments are closed.

Next Episodeތަޤުދީރު – 4←


All Right Reserved!